ރަސްފަންނަށް މަޑުކޮށްލާ ފައި އަތްދަބަހުގައި އޮތް ފޯނު މާޝާ ނެގީ ގަޑި ބަލާލާށެވެ. ފައިހާ އާއި ފާރިޝްގެ ފަސް މިސްޑްކޯލް އިނެވެ. އަޒާން އެ ފޯނަށް ބަލާލީ މާޝާ މާ މަޑު މަޑުން އިނީމަ އެވެ. އަޒާން ވެސް ފޯނު ނަގާ ސްކްރީނަށް ބަލާލިއެވެ. “ފައިއްކޮ އަދި ޅިޔަނު” ގެ މިސްޑް ކޯލް ތަކެއް ހުއްޓެވެ. އަޒާންގެ އެދުމުގެ މަތިން މާޝާ އަޒާން އާއި އެކު ފުރަތަމަ ދިޔައީ އެގެއަށެވެ. ****************************** ނަތާޝާ ގިސްލަ ގިސްލާފާ ރޯ […]
” މިއީ ސާރ ގެ ކެބިން… ވަންނަވާ.. މިވަގުތު ނެތް އެއްވެސް ޕޭޝަންޓް އެއް ބެލުމަށް ހަމަޖެހިފައެއް..” ރީތި ހިނިތުންވުމަކާ އެކު އެ ކުއްޖާ އެހެން ބުނެލުމަށްފަހު އެތަނުން ދިޔައީ ނާޔާ އިޔާޝް އަށް މުޙާތަބު ކުރި ގޮތުން އެކަނި ވެސް އެ ދެމެދުގައިވި ޙާއްސަ ގުޅުން ދެނެގަނެވުމުން ހެން ހީވިއެވެ. އެ ކުއްޖާ ދިއުމުން ނާޔާ ކުޑަކޮށް ހަމަ ޖެހިލުމަށްފަހު ފުންކޮށް ދެތިން ނޭވާ އެއް ލިއެވެ. އެއަށްފަހު ޓަކި ޖެހުމެއްނެތި ކެބިންގެ ދޮރު ހުޅުވާލީ […]
އަހަރެންމީ ކޮރޯނާ ވައިރަސްއެވެ.އަހަރެންގެ މަންމައަކީ ޗައިނާގެ ވުހާން ސިޓީއެއެވެ. 2019ވަނަ އަހަރު އަހަރެން އުފަންވުމާއެކު އަހަރެން އެންމެ ފުރަތަމަވެސް ޗައިނާގެ ތަފާތު ތަންތަނާއި މީހުން ބަލާލިމެވެ. ނަަމަވެސް އެވަރުންވެސް އަހަރެންނަކަށް ނުފުދުނެވެ. އެެހެންކަމުން އަހަރެން ނިންމީ މުލި ދުނޔެ ބަލާއިލާށެވެ. މިހާރު އަހަރެން ނުދާތަނެއް މަދުވާނެއެވެ. ދިމާނުވާ އެއްކަކުވެސް ނުހުންނާށެވެ. އެންމެންނަށް ހުންނާނީ އަހަރެންމީ ކާކުކަން ދައްކާފައެވެ. އަހަރެން އެތައް ބަޔެއްގެ ފުފާނަ ދުވާލީމެވެ. އެމީހުންނަކަށް އަހަރެންނާ ދޭތެރެގައި ކުރެވޭނެ ކަމެއް ނެތެވެ. އެއްވެސް މީހަކަށް އަދި […]
އެރޭ އެކްސްޓްރާ އަށް އިންޝާ އާއި މިޝްޔާ ދިޔައީ ލުޔާ އާއި އެކީގައެވެ. އިންޝާ އެކި ދިމަ ދިމަ ބަލަމުން ދިޔައީ ނާޔާ ފެނޭތޯއެވެ.”އެއޮށް ވައްދަނީ… ” ލުޔާ ބުންޏެވެ. އިންޝާ އަށް ހަމަބިމަށް އާދެވުނީ ދެނެވެ. އަވަސް އަވަހަށް މިޝްޔާ އާއި އެއްކޮށް ހިނގައިގަތީ ސަފު އޮތް ދިމާއަށެވެ. އެވަގުތު މިޝްޔާގެ ލޮލުގައި އަޅައިގަތީ މާ ދުރުދުރުން އައި ނާޔާއެވެ.”އޭއި އިނާ އެހެރަ އަންނަނީ ނާ…” މިޝްޔާ ނާޔާ ދައްކާލިއެވެ. ނަމަވެސް އޭރު ވަރަށް ގިނަކުދިން […]
ކުއްލިއަކަށް ކަންފަތުގައި ޖެހުން އަޑަކީ ކޮޓަރި ދޮރުގައި މީހަކު ޓަކިޖަހައި އަޑެވެ. އަލްތާފް ގޮސް ކޮޓަރި ދޮރު ހުޅުވައިލިއެވެ. ދޮރުމަތީ ހުރީ ވަރުދާއެވެ. އެ ހިސާބުން އަލްތާފްއަށް ހޭލެވުނެވެ. އަލްތާފްއަށް ފެނުނީ ހުވަފެކެވެ. އަދި ހެނދުނެއް ނުވެސް ވެއެވެ. އަދި ދަންވަރެވެ. އަލްތާފް އަލުން ނިދަން އޮށޯތެވެ. އަދި ހާރުކާން ހޭލާންވެސް ޖެހޭނެއެވެ. “އަލްތާފް އަލްތާފް ” އާމިނާ ގޮވަންފެށިއެވެ. އަލްތާފް ހޭލިއެވެ. ދެލޯ އުނގުޅަންފެށިއެވެ. ” ދަރިފުޅާ ހާރުކާން ތެދުވޭ” އާމިނާ ބުނެލިއެވެ. އަލްތާފް ފާޙާނާއަށްވަދެ […]
ޖަވާބުގައި އަހުމަދުބެ ބުނީ އަހަރެންގެ މަންމަގެ ވެސް އުފަން ރަށެވެ. އެއީ ރ.މީދޫއެވެ. އަހަރެން އެ ވާހަކަ އަހުމަދުބެ ގާތު ބުނީމެވެ. އަހުމަދުބެ އަހަރެންނަށް ހިނިތުންވެލުމެއް ދިނުމަށް ފަހު އެތަނުން ތެދުވި އެވެ. އަހަރެންވެސް އެތަނުން ތެދުވެގެން ގޮސް ކޮޓަރިއަށް ވަނީމެވެ. އޭރު އަންހެނުން ވަރަށް އަރާމުގައި ނިދާފައި އޮތެވެ. އަހަރެންވެސް ފެންވަރައިގެން އައިސް ނިދަން އޮށޯތީމެވެ. އޭގެ އަނެއް ދުވަހު އަހަރެން ހޭލި އިރު އަންހެނުންނެއް ނެތެވެ. އަންހެނުން ބަދިގޭގައި ކަމަށް ހިތަށް އަރުވާލުމަށްފަހު އަހަރެން […]
އަހަރެމެން ގެއަށް އައިކަން އެނގުމުން ސައި ބޯން އައުމަށް ބުނެ ބަދިގެއަށް ވަނެވެ. ސައި ބޮއެ ނިމުމަށްފަހު އަހަރެމެން އެންމެން ތުނޑިއަށް ހިނގާލަން ދިޔައެވެ. އެންމެން އެންމެނާ ސަކަރާތް ޖަހަމުން ތުނޑީގައި ހިނގަމުން ދިޔައިރު ގަޑިން އިރުއޮއްސި އަނދިރި ވާން ގާތް ވެއްޖެއެވެ. އެންމެންވެސް އަވަސްވެގަތީ ގެއަށް ދާން މިސްރާބު ޖެހުމަށެވެ. ގެއަށް އައިސް ވަނުމަށްފަހު އެންމެންވެސް އެމީހެއްގެ ކޮޓަރިއަށް ވަދުނެވެ. އަހަރެންވެސް އަންހެނުންނާ އެކު ގޮސް ކޮޓަރިއަށް ވަނީމެވެ. ފެންވަރައި ފްރެޝް ވެލާނީ ފަހުން ކަމަށް […]
ހަވީރުގެ ވަގުތެވެ. ވޯޓާރ ކްރިސްޓަލް ގޭގެ ތެރެ ވަނީ އަޑުގަދަ ވެފައެވެ. ޝައިމާ އާއި ޝިމާންގެ އިތުރުން ޝަައިމާގެ ފިރިމީހާ އާއި ސާޖިދު އަދި ޒިޔާނާ އިނީ އޮލަ ވާހަކައެއްގައެވެ. ޝިމާން އިރުކޮޅަކާ ބޯ ކަހާލާގޮތުން އެ މީހުން އެ ދައްކަނީ ޝިމާންގެ ވާހަކަކަން އެނގެއެވެ. އިރުކޮޅަކު އެންމެން އެ ގޮތުގައި ތިބުމަށްފަހު ޒަރާ ސައި ހެނދުނު ވާހަކަ ބުނުމުން އެންމެން ގޮސް ސައިބޯން އެރިއެވެ. “ޒަރާ ދޭބަލަ މިޝްޔާއަށް ގޮވަން.. މެންދުރު ވެސް ނުކައި އެމަންޖެ.. […]
“އަފާ.. މިކަމުގެ ތެރެއަށް ނުވަދެބަލަ.. އަހަންނަށް އޭނަ ކޮންމެ ކަމެއް ކުރިއަސް އަފާއަށް ކޮން ބެހޭ ކަމެއްތަ..!! ޖަސްޓު.. ޕުލީސް ލީވް މީ އެލޯން..!! މިތަނުން ދޭ. ދެން ނާންނާތި.. ގެޓް އައުޓް!! ” އަފާގެ އަތަށް ބާރުކޮށްލަމުން ޔީޝާ އެހެން ބުނީރު އެމޫނުމަތީ ރުޅިވެރިކަން ވިއެވެ. ޔީޝާގެ އަޑުގައި ހުރި ހަރުކަށިކަން ފެނިފައި އަފާ ބިރުގަތެވެ. އެއީ ހަމަ އޭނާ ރައްޓެހި ޔީޝާ ބާއޭ އަފާ ހިތަށް އެރިއެވެ. އަފާއަށް އެއްޗެކޭ ނުބުނެވެނީސް ޔީޝާ އަފާ […]