Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނެނގި ހިތޭ ތި އަތުލީ 20

Star Level 310 Stories100 Comments100 Login
December 21, 2017 4 Mins Read
46 Comments

ބެލް ޖަހާއަޑަށް ދޮރުހުޅުވަން ދިއައީ އަމީނާއެވެ. މައުވަން އިނީ ސޯފާގައި ޓީވީ ބަލާށެވެ. މަލާކް އުޅުނީ ބަދިގެ ތެރޭގައެވެ. ދޮރުހުޅުވާލާފައި އަކްޔަން ފެނުމާއެކު އަމީނާ އެތެރެއަށް ވަނުމަށް ދައުވަތު ދިނެވެ. އެއާއެކު އެމީހުން އެތެރެއަށްވަނެވެ. މައުވަން ދޮރާދިމާލަށް ކަޅި ހިންގާލިއިރު އެތެރެއަށް ވަދެގެން އައި ދެޒުވާނުން ފެނިފައި ކޮޅަށް ތެދުވެވުނެވެ. މީ މައުވަން އެއްގޮތަކަށްވެސް ވެދާނެކަމަށް އުއްމީދު ކުރި ކަމެއްނޫނެވެ. މައުވަން ހާސްވިއެވެ. އަދި އެއަށްވުރެ އަވަހަށް ފަހަތްބަލާލީ މަލާކް ފެންނަ ހިސާބެއްގައި ހުރި ތޯއެވެ. މަލާކް ފެންނަން ނެތުމުން ހިތްހަމަ ޖެހުމުގެ ނޭވާއެއް ލިޔެވެ. ” އަނހާ އަންގާވެސް ނުލާ. ކިހިނެއްވީ އަނެއްކާ ދެމީހުން ތިއައީ. ހިނގާބަލަ ކޮފީއެއް ބޯލަންދާން. މިތާ ކައިރީގަ ހުންނާނޭ ވަރަށް ފައްކާތަނެއް” މައުވަން އެމީހުންނަން އިށީންނަންވެސް ނުބުނެ އަވަހަށް އުޅުނީ އެމީހުން ގޮވައިގެން ގެއިން ނިކުމެވޭތޯއެވެ. “ދަރިފުޅާ ދެން ފުރަތަމަ ފަހަރަށް މިގެއަށް އައީމަވެސް އެއްޗެއްނުދީ ގޮވައިގެން ދާންތަ ތިދަނީ. ގެއިން އެއްޗެއް ބޯލައިގެންވެސް ދެވިދާނެއްނު” އަކްޔަންމެނަންވުރެ ކުރިން ވާހަކަ ދެއްކީ އަމީނާއެވެ. “އެބުނާހެން. ދޮންބެ ދައްތަ ނުލާހިކު މީރުވާނެ ކޮފީހަދާލެ ” އަކްޔަން ބޭނުންވީ މަޑުކުރާށެވެ. އަދި ދެމީހުން ގޮސް ސޯފާގައި އިށީނެވެ. އޭރުވެސް މައުވަންހުރީ ކޮޅަށެވެ. ދެއަތް ދެއަތާ މޮޑެލަ މޮޑެލަ ހުރީއެވެ. “ކޮބާ ދޮންބެ ދައްތަ” އަކްޔަން އެހިއެވެ. އެއާއެކު އަމީނާ މަލާކަށް ގޮވާލިއެވެ. ދަރިފުޅާކިޔާފައެވެ. އެވަގުތު މަލާކްއައިސް ހުއްޓުނެވެ. އޭރުއަދި މަލާކަށް ނިއަމް އެއްނުފެނެއެވެ. ސޯފާގައި އިށީދެ އިންގޮތުންނެވެ. “ދޮންބެ ދައްތަ އަތުން ކޮފީއެއްބޯހިތުން މިއައީ”އަކްޔަން މިހެން ބުނެލުމާއެކު ޓީވީއަށް ނަޒަރު ދީގެން އިން ނިއަމް ބަލާލިއެވެ. ދެލޯ ބޮޑުކޮށްލަމުން “ވަޓް” އޭ ބުނެ ނިއަމަށް ތެދުވެވުނީ ކޮޅަށެވެ. ބުމަ ގޮއްޖެހިފައިހުރި އިރު އަނގަވެސް ހުރީ ހުޅުވިފައެވެ. އޭނަ ހުރީ ކުރިމަތިން ފެންނަ މަންޒަރު ޤަބޫލްކުރަން މާ ބޮޑަށްވެސް ދަތިވެފައެވެ. “ޔެސް. ޝީ އިޒް މައި ވައިފް. އައި އެމް ސޮރީ” މައުވަން ލަސްލަހުން ބުނެލިއެވެ. މަލާކް އަށް ކުރެވުނު ކަމަކީ އިސްޖަހާލުމެވެ. “ޝިޓް” އަކްޔަން ބުނެލިއެވެ. ނިއަމްއަށް އަދި ދޮންބެގެ ފައިވް ނޭނގޭކަމެއް އަކްޔަންއަކަށް ނޭނގެއެވެ. އެނގޭނަމަ އޭނަ މިއަދު ނިއަމް ގޮވައިގެން މިތަނަކަށް ނައީހެވެ. ނަސީބަކުން އޭރު އަމީނާ އެތަނުން ގޮސްފިއެވެ. “މިއޮއް ހުރިހާ ދުވަހަކު” ދެފަރާތަށް ބޯހޫރާ ލަމުން ނިއަމް ބުނެލިއެވެ. އޭނަ ހުރީ މައުވަން ކަންތައް ކުރިގޮތުން ރުޅިއައިސް ހިތްހަމަ ނުޖެހިފައެވެ. “ލުކް. އަހަރެން ބުނަން އުޅުނިން. އެކަމް ކަންވީގޮތުން ނުބުނެވުނީ” މައުވަން ހާމަކުރިއެވެ. އަތުގެ އިޝާރާތުން ހުއްޓާލުމަށް ނިއަމް އެންގިއެވެ. އަދި އޭނަ  ނިކުމެގެން ދިޔައީއެވެ. ނިއަމް ހިތްހަމަ ނުޖެހުނީ އެއްކޮށް އުޅެ ތިންމީހުން އެކަކު އެނެކަކާ ގުޅުން ބަދަހި ވެފައި ވާރިރުވެސް އޭނައަށް އެކަން ސިއްރުކުރީމައެވެ. އަނެއްކޮޅުން މަލާކްއޭކިޔައިގެން އޭނަ ވާހަކަތައް ދައްކާއިރުވެސް މައުވަން އެކަން ހާމަނުކުރީތީއެވެ. އަނެއްކޮޅުން މަލާކް ބައިންދައިގެންވެސް އޭނަވަނީ މަލާކްގެ ވާހަކަ ދައްކާފައެވެ. އަކްޔަންވެސް އަވަހަށް އެގެއިން ނިކުމެގެން ދިޔައީއެވެ. އޭނައަށް ނުވެސް އެނގިހުރެ ވަރުގަދަ ކަންތައްގަނޑެއް ކޮށްލެވެއްޖެވިއްޔާއެވެ. މައުވަންވެސް އަކްޔަން ހުއްޓުވާކަން ނޫޅުނެވެ. ސޯފާގައި އިށީދެގެން އިނީއެވެ. މަލާކް ހުރީ އެހުރިތާ ކޮޅަށެވެ.

ގެއަށްގޮސް އަކްޔަން ސޮރީ ޖަހާފައި މައުވަންގެ ފޯނަން މެސެޖްކުރިއެވެ. މައުވަން އެއީ އަކްޔަންގެ ކުށެއްނޫންކަމަށް ބުނެ ރިޕްލައި ކުރިއެވެ. މައުވަންއެވަގަތު އިތުރަށް ނިއަމް އާގުޅާކަށް މަސައްކަތެއް ނުކުރެއެވެ. އޭނަ ނިންމައިގެންހުރީ އެރޭގެ ވަގުތެއްގައި ނިއަމް އުޅޭ އެޕާޓްމެންޓަށް ގޮސް އެކަން ވީގޮތް އޮޅުން ފިލުވާދިނުމަށެވެ.

ނިއަމް އޮތީ ލައިހާ އަށް ގުޅައިގެން މިއަދުގެ އެ ހާދިސާ ކިޔައިދޭށެވެ. ލައިހާއަށްވެސް ކުށްވެރި ކުރެވުނީ މައުވަންއެވެ. އަދި އޭނައަށްވެސް މަލާކަކީ ޑޮކްޓަރެއްކަން އެނގުނީ އަކްޔަންގެ ފަރާތުން ކަން ހާމަކުރިއެވެ. އަދި މައުވަން އޭނަގެ އަންހެނުންނަން ވީތީ އޭކިޔާފަ މަލާކްއާއި ވާހަކަ ދެއްކުމުގެ ފުރުސަތެއް ދީފައި ނުވާކަމަށާ އަދި އޭނަ ގާތުވެސް މަލާކްގެ ވާހަކަ އެއްވެސް ވަރަކަށް ނުދައްކާ ކަމަށް ބުނެލިއެވެ. އެހެންވެ އޭނަވެސް މަލާކްގެ ވާހަކަ ނުދައްކާކަމުގައި ބުނެލިއެވެ. ނިއަމް ހާމަކުރި ގޮތުގައި އިއްތިފާގަކުން ވިއަސް މައުވަންއަށް ލިބިފައިއެހިރީ ޖަވާހިރެކެވެ.

މައުވަން އެރޭ ނިއަމްގެ އެޕާޓްމެންޓަށް ދިޔައެވެ. ނިއަމް އެތަށް ޝަކުވާތަކަކަށް ފަހު މައުވަންގެ ވާހަކަ ކުރިއަށް ގެންދަން ފުރުސަތު ދިނެވެ. އެއާއެކު މައުވަން ވާހަކަތައް ކިޔާދޭންފެށިއެވެ.އަދި އޭނައަށްވެސް މަލާކް އެއީ ޑޮކްޓަރެއްކަން އެނގުނީ ނިއަމް އިންޓްޑިއުސް ކޮއްދޭން އައިދުވަހުކަމަށް ބުނެލިއެވެ. ނިއަމްއަށް ޤަބޫލް ނުކުރެވެންޏާ މަލާކްގާތު އެހުމަށްވެސް ބުނެލިއެވެ. ނިއަމް ބުނެލީ މައުވަންގެ ވާހަކަތަށް ޤަބޫލް ކޮށްފިން ކަމުގައެވެ. އަދި އޭނަ މަލާކްއާއި ދޭތެރޭ ކުރިން ކަންތައް ކުރިގޮތާއި މަލާކްގެ ކުރިމަތީގައި ލުބާ އާއި އެކު އުޅުނު ގޮތުގެ ވާހަކަތައްވެސް ކިޔާދިނެވެ. “އެކަމު އަހަންނަން މިހާރު މަލާކްދެކެ ލޯބިވެވިއްޖެ” މައުވަން އިތުރަށް ބުނެލިއެވެ. މިފަހަރުވެސް ނިއަމްއަށް ލިބުނީ ސްޕްރައިޒް އެކެވެ. މައުވަންއާއެކު އޭނަ އުޅޭތާ އެތަށް އަހަރެންވެގެން ދިޔައިރުވެސް އޭނަ ކުއްޖަކު ދެކެ ލޯބިވާކަން ހާމަ ކޮށްފައެއް ނެތެވެ. ނިއަމް އަބަދުވެސް މައުވަންއަށް ނަސޭހަތްދެނީ ސީރިއަސް ނުވާނަމަ ކުދިންނާ ރައްޓެހި ނުވުމަށެވެ. މައުވަން އަބަދުވެސް ބުނާ ވާހަކައަކީ ލޯބި ވެވުނީމައި ހުއްޓާލާނެކަމުގައެވެ. ނިއަމް މައުވަންއަށް މަރުޙަބާ ކިޔައި ދެމީހުން ކުޑަކޮށް ބައްދާލިއެވެ. “އެކަމަކު މަލާކް ހިއެއްނުވެ ލޯބި ވާހެނެއް. އަދި އަހަރެންވެސް ނުއެއްބުނަން” މާޔޫސް ކަމާއެކު މައުވަން ބުނެލިއެވެ. “އަންހެންކުދިން ހިތާ ކުޅެން ނުލާހިކު މޮޅުމީހެއްނުތީ. ޔަޤީން ކުޑަ ދުވަސްކޮޅެއް ތެރޭ މަލާކް އައިސް އޮންނާނީ ތި އުނގުތެރޭކަން” ނިއަމް ބުނެލިއެވެ. ” ނޯ. ޝީ އިޒް ޓޯޓަލީ ޑިފަރެންޓް” ހުވެފެނީ ގޮތަކަށް  މައުވަން އިއްވާލިއެވެ. މައުވަންގެ ބުރަކަށީހައި ޖަހާލަން ނިއަމް ބުނެލީ ތިހިރީ ރަނގަޅަށްވެސް އާވާރާ ފެވަކަމުގައެވެ. މައުވަން މަލާކްދެކެ ލޯބިވާކަން މަލާކަށް ސިއްރުކޮށްދިނުމަށް އެދެމުން މައުވަން އެބުރި ގެއަށް ދިޔައެވެ.

ކުޑަ ދުވަސް ކޮޅެއްތެރޭގައި މުޅި ހޮސްޕިޓަލް ތެރޭގައި މައުވަން އާއި މަލާކް އެއީ ދެމަފިރީން ކަމުގެ ވާހަކަތަށް ފެތުރުނެވެ. އަދި މިހާރު އެއީ އެއްމެންވެސް ދަންނަ ޚަބަރަކަށް ވަނީވެފައެވެ. އެއީ މައުވަން ބޭނުންވި ގޮތެވެ. އޭރުން އޭނައަށް ހޮސްޕިޓަލް ތެރޭގައިވެސް މިނިވަން ކަމާއެކު މަލާކްއާއި ވާހަކަ ދެއްކޭނެއެވެ. އަދި އެކަމާ މަލާކް ކުރާނެ ޝަކުވާއެއްވެސް ނޯންނާނެއެވެ.

އަދިވެސް މަލާކް އާއި މައުވަން އުޅެނީ އަމީނާގެ ކައިރީގައެވެ. މައުވަން އިސްވެ ގެއަށް ބަދަލުވާ ވާހަކަ ނުދައްކާތީވެ މަލާކްވެސް އަދި އަޅާނުލާ ހުރީއެވެ. މައުވަންހުރީ ލުބާ އެގޭގައި އުޅޭތީ ކޮންމެހެން އެގެއަށް ދާން ބޭނުންނުވެފައެވެ.

އެއްދުވަހެއްގެ ހަވީރެވެ. މައުވަން ދިޔައީ މަލާކް ގޮވައިގެން އޭނަގެ އެއަށެވެ. ފުރަތަމަވެސް ދިމާވީ ޔަޒާންއާއެވެ. “ހެއި. ޕްރިންސަސް” ޔަޒާން ބުނެލިއެވެ. މައުވަންގެ ކުރިމަތީގައި ޔަޒާން އެނަމުން މުޚާތަބު ކުރުމުން މަލާކަށް އުނދަގޫވިއެވެ. ޔަޒާން އަށް ހިނިތުންވުމެއް ދިނެއްކަމަކު އެއަށްވުރެ އަވަހަށް ބަލާލެވުނީ މައުވަންގެ މޫނަށެވެ. އެ މޫނުން އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. އެހެންނަމަވެސް މައުވަން ހުރީ ހިތްހަމަނުޖެހުފައެވެ.

އިރުކޮޅަކުން ނަސީމާ ގޮވީ އެއްމެނަން ސައިބޯށެވެ. އެއާއެކު އެއްމެން ކާގެއަށް ޖަމާވިއެވެ. ސައިބޮއެ ނިމިގެން ހުރިހާ ޒުވާނުން ނިކުތީ ގޯތިތެރެއަށް އަނގަތަޅާލާށެވެ. ވަގުތުގެ ބޭނުން ހިފައި ޔަޒާން މަލާކް އާއި އެކު އެހެންމީހުންނާއި ދުރައްޖެހެލިއެވެ. އަދި އޭނަ އޮޅުން ފިލުވަން ބޭނުންވާ ކަންތައްތަކެއް ހުރިކަމުގައި ބުނެލިއެވެ. މަލާކް ދެބަހެއް ނެތި ބޭނުންއެއްޗެއް އެހުމަށް ބުނެލިއެވެ. އޭރު އެމަންޒަރު ބަލަން ދުރުގައި މައުވަން ހުރި ކަމެއް އެދެމީހުން ނުދެނެ ހުއްޓެވެ. ޔަޒާން އެހީ މައުވަންއާއި ކައިވެނި ކުރަން ޖެހުނު ގޮތެވެ. މަލާކް އޮޅުންފިލުވައި ދިނެވެ. އެކަމަކު އެދެމީހުންގެ މެދުގައި ގުޅުމެން ނޯންނަކަން ޔަޒާންއާ ހިއްސާކުރަން މަލާކް ބޭނުމެއް ނުވުއެވެ. އެހެންވެ  އޭނަ އެކަން ސިއްރު ކުރިއެވެ. ޔަޒާން ބުނިގޮތުގައި މައުވަންއަކީ މަލާކް އާއި އެކަށީގެންވާ ވަރުގެ މީހެއްނޫނެވެ. މަލާކަށް މައުވަންއަށް ވުރެ މާރަނގަޅު ބައިވެރިން ލިބޭނެއެވެ. އެއަށް ރައްދެއް މަލާކް ނުދެއެވެ. ދެން ޔަޒާން ބުނެލީ ކުރިން އޮތް އެކުވެރިކަން ބާއްވަން ބޭނުން ކަމަށެވެ. މަލާކް އެކަމަށް އެއްބަސް ވެލިއެވެ. އިތުރަށް ދެމީހުން ދެއްކީ ކުރީގައި ކިޔަވަން އުޅުނު ދުވަސްވަރު ހިނގާފައިވާ މަޖާ ކަންތަކުގެ ވާހަކައެވެ. އެ ވާހަކަ ތަކުގެ ތެރެއިން ދެމީހުން ހެމުން ސަކަރާތް ޖަހަމުން އެކަކު އެނެކަކުގެ ކޮނޑުގައި ޖަހާލާ ހަދައެވެ. މި މަންޒަރު ބަލަންހުރި މައުވަން ކިތައްމެ ހިތްހަމަނުޖެހި ފައި ހުއްޓެއްކަމަކު އެކަން ހާމަކުރާކަށް ނުކެރުނެވެ.

އިރުއޮއްސި ބަންގޮ ގޮވުމުން ގެއަށް ދާންވެއްޖެ ކަމަށް ބުނެ މައުވަން މަލާކަށް ގޮވިއެވެ. އޭރުވެސް ދެމީހުން ތިބީ ވާހަކައިގައެވެ. އިއޮއްހުރިހާއިރެއް ވެގެން ދިޔައިރުވެސް އިތުރު ބަޔަކު އެތާއުޅުނު ކަމެއް އެމީހުންނަން ނޭނގޭކަހަލައެވެ.

މައުވަން ނަމާދު ކޮށްގެން ގެއަށް އައިއިރު މަލާކް އިނީ އެދުގައި އިށީދެގެން ހެޑްބޯޑްގައި ލެނގި ލައިގެންނެވެ. ހިނިތުންވެ އިނދެ ފޯންނުން ޓައިޕްކުރަމުން ދާތީވެ އެއިނީ ކޮންމެސް މީހަކާ ވާހަކަ ދައްކަންކަން އިނގެއެވެ. މައުވަންގޮސް އިށީނެވެ. މަލާކް ފައި ޖެހޭ ނުޖެހޭ ހިސާބުގައެވެ. “ހާދަ ހެވިފަ” މައުވަން އަހާލިއެވެ. ” މި ޔަޒާން ގަނޑު ކިޔާއެއްޗެހިންނެއްނު” އެއްވެސް ޚިޔާލެއް ފިކުރެއްނެތި މަލާކް ބުނެލިއެވެ. މައުވަން ހިތްހަމަ ނުޖެހުނެވެ. އަދި އިތުރަށް އެއްޗެއް ނާހައެވެ. އަދި ލެޕް ހިފައިގެން ކޮޓަރީގައި އިން ގޮނޑިއެއްގައި ޖައްސާލިއެވެ. ފަނަރަ ވަރަކަށް މިނިޓް ވެގެން ދިޔައިރުވެސް މަލާކް އެއިންގޮތަށް އެތާއިނެވެ. ކެތްނުވެގެން ކޮފީއެއް ހަނދާ ދިނުމަށް މައުވަން އެދުނެވެ. މަލާކް ތެދުވެގެން ހިނގައި ގަތީވެސް ފޯނުން ޓައިޕް ކުރަމުންނެވެ. މައުވަންވެސް ފަހަތުން ދިޔައެވެ.

ކޮފީ ހަދަނިކޮށް އަމީނާވެސް އައެވެ. އަދި ކޮފީ ބޯން ތިބީ ތިންމީހުން އެކުގައެވެ. މަލާކް ދޭތެރެ އަކުން ޔަޒާންއަށް ރިޕްލައި އެއްކޮށްލައެވެ. މައުވަން އިނީ ކެތްކޮށްލައިގެންނެވެ. “ދަރިފުޅާ ކާކައްތަ މާވަރަކަށް ތި މެސެޖް ކުރަނީ” ކެތްނުވީ އަމީނާއަށެވެ. “މަންމާ މީ އެއްކަލަ ޔަޒާން. އެނގޭތަ މައުވަންގެ ކަޒިން ކޮއްކޮއެކޭ އޭނައަކީ” މަލާކް ތަފްސީލީ ޖަވާބެކެވެ. އަމީނާ  އެހެން ހެއްޔޭބުނެ ދިޔައީ ތަށިދޮވެލާށެވެ.

މައުވަންހުރީ އޭނަގެ ހިތުގެ އިހްސާސް މިރޭ މަލާކްއަށް އިއްވާލުމަށް ނިންމައިގެންނެވެ. އެހެންވެ ތަންކޮޅެއް އަވަހަށް ގެއަށް އައެވެ. އޭރު ހިނގާލާފައި ޔަޒާންއާއި މަލާކް ގެއިން ނިކުމެގެން ދަނީއެވެ. މަލާކް ހުއްޓުވަން ބޭނުންވިއެއްކަމަކު އެކަމަށް އޭނަ ނުކުޅޭދުނެވެ. މަލާކް އައި އިރު މައުވަން އޮތީ ނިދާށެވެ. “ކޮންތާކުން ތި އައީ؟” މައުވަން އަހާލިއެވެ. “މިއައީ ބޭރަށް ގޮސްލާފައި ޔަޒާން އާ އޭނަގެ ކޮއްކޮ އާއި އެކީ. ގުޅާފަ ދިޔައީ މައުވަންގެ ދޯން އޮތީ ނިވާލާފައި” މަލާކްގެ ވާހަކަ ދެއްކުން ހުރި ގޮތުންވެސް އޭނަ ހިތްހަމަ ޖެހިފައި ހުރިވަރި މައުވަންއަށް އިޙްސާސްވެއެވެ. “އާދެބަލަ އިށީންނަން އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަންބޭނުން” މައުވަން ތެދުވެ އެނދުގައި ހަމަޖެހެލަމުން ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star

Level 310 Stories100 Comments100 Login

Other Articles

Previous

ގެއްލިދިޔަ ހަޔާތް….. 18

Next

ގެއްލިދިޔަ ހަޔާތް…. 19

Next
December 22, 2017

ގެއްލިދިޔަ ހަޔާތް…. 19

Previews
December 21, 2017

ގެއްލިދިޔަ ހަޔާތް….. 18

46 Comments!

  1. Friends says:
    December 21, 2017 at 6:50 pm

    First dhw.

    1. Star says:
      December 22, 2017 at 11:15 am

      Yes

  2. Friends says:
    December 21, 2017 at 6:55 pm

    Masha allah stry v salhi.
    When next part.
    Keep it up dear.
    Waiting 4 next part.
    Gud nyt dear.????

  3. Lizzyy Mejji says:
    December 21, 2017 at 6:57 pm

    Nashko Nash Raifa Rayya ?

  4. Shiu says:
    December 21, 2017 at 7:12 pm

    VaahakaVarah kuru adhi ehaa lahun up ves kuranee

    1. Star says:
      December 22, 2017 at 11:17 am

      I’m sorry. I agree with you.

  5. Rish says:
    December 21, 2017 at 7:15 pm

    V v nice next part thankolheh avahah genesdhehchey plx adhi thankolheh dhigu kohlaathi waiting waiting

  6. Sheen says:
    December 21, 2017 at 7:16 pm

    Haadha lahun fiyajaha tharieh mee.
    Story v salhi.
    Thankolhe ginain genesdheebala plz

  7. Black beauty says:
    December 21, 2017 at 7:17 pm

    Kury thankolheh varah reethi avahah up kohla dhehchey

  8. Black beauty says:
    December 21, 2017 at 7:18 pm

    Keehve ehaa lahun up kuraairuves dhigu nukohlanee

  9. Mary says:
    December 21, 2017 at 7:25 pm

    Varah furihama????????????Next part avahah up koh dhey thi

  10. Aisha says:
    December 21, 2017 at 7:33 pm

    Keeve tha ehaa lahee adhi haadha kurey thankolheh avas koh genes dheefinama haadha rangalhey

  11. Juma says:
    December 21, 2017 at 7:34 pm

    Wow maasha allah story is super… vaahaka juma akahh kurehhnunn…hama dhigu vv inthixaaru kureveyy vaahaka ehh mee luv…ehenn next part luv

    1. Juma says:
      December 21, 2017 at 7:35 pm

      Whenn

  12. ajumal says:
    December 21, 2017 at 7:37 pm

    kada eh nun kiya kiya indhaa enimuny reethi ekamaku kuree dhigukolla dhinun varah bodah edhen

  13. azoo says:
    December 21, 2017 at 7:51 pm

    thihaakuru kon ehaa lahun vaahaka ngenesdheneyy aa ragalhee ekan v.reethi

  14. Abhy says:
    December 21, 2017 at 7:53 pm

    Inthizaru kuraa varuves nuvey kuru kamun. Maa kuru koh genesdhenee. Dhen vv foohi. Ekamaku varah reethi mi vaahaka kuriah dhaa goi. Dhen faharakun than kolheh dhigu kollaathi.

  15. Anonymous says:
    December 21, 2017 at 8:09 pm

    varah foohi mi vaahaka up kuraaleh maalasveema kiyaahithehnuvey mihaaru anehkaa ehaakuru

  16. Rau says:
    December 21, 2017 at 8:51 pm

    Oh cool❤

  17. Yal says:
    December 21, 2017 at 8:56 pm

    neyge dhen avahah up koh dhheeba next part

  18. Ishoo says:
    December 21, 2017 at 9:16 pm

    I luv this storyy… v v v reethi?

  19. Kitty ❤️ says:
    December 21, 2017 at 9:51 pm

    Alheyy thihaa lahun up kohdhey Iru dhigukoh genas dhen keeh..
    12 hrs Nidhi Hama kohfa vess vaahaak dhigu koh grnas dhen v nun.. ?
    Vaahaka reethi ehnve dhigu kohgrhnan mi edhevenee vess ❤️

    1. Naaz says:
      December 22, 2017 at 7:38 am

      The thing is she has to sleep 12 hours dhen baaky oiy 12 hours ga she has to do go to job and do the household chores!
      She don’t have time to write the story!
      Ehenve ehaa kurukoh genes dhenee 2 dhuvas kohffa up kuraa iruga ves!
      To make us guys happy oa writer in tha kolheh kurin dhuvaheh ga comment ga jahaafa ehaa kuru koh gennnanee!
      I dnt know how we are happy ehaa kuru koh geneima!
      Pispis
      Kyk bunannee dho!
      This writer is … ?
      Other writers are way better! Kiyuntherin ge faadu kiyun balaingane eyah amalu kuraane! I haven’t seen a writer like this in my whole life!

    2. Amin says:
      December 22, 2017 at 8:57 am

      Y don’t u start writing naaz.. Learn how to digest.. If ure unhappy dn go on write.. We readers will read.. Ungrateful ppl. I dnt know any of the writers here.. But we readers we need to appreciate the works of others. Typical Maldivians are seriously ungrateful..
      And the story is awsome..keep on going dears.. Hateers are gonna hate.. Theyr giving negative comment because they wanna read the. Whole story at once..one thing I got is ure doing a wonderful job n most of the readers like ure story. And good luck. Hope to c an exciting episode soon..

    3. Kitty ❤️ says:
      December 22, 2017 at 10:56 am

      Yeah dhw.. Mee vaa vareh writer eh.. vaahaka liyanyaa kiyutherin happy vaane gotheh balan vaane dhw.. readers happy nuvaane vaahaka dhigu koh grhnan bunaa Iru vess kurukohgenas genn eh.. evess 2 days fahun up kuraa Iru vess ?

    4. Kitty ❤️ says:
      December 22, 2017 at 10:58 am

      Hehe Mee vareh ge writer eh ?
      Vaahaka lahun grhna iru dhigu koh grnaima readers happy vaanee

  20. roya says:
    December 21, 2017 at 10:24 pm

    vhk varah reethi…. thankolheh avahah up kohla dhehchey….
    kiyaa hithun indha vhk nimeny vex…….

  21. Shaa says:
    December 21, 2017 at 10:39 pm

    When is next part’ ?

  22. Blue beauty says:
    December 21, 2017 at 10:49 pm

    Nice keep it up….
    Konirakun dhen next part up kohdheny …????

  23. Nyy says:
    December 21, 2017 at 10:57 pm

    Vrh rythu ingey alhey kon jrakun tha malaak ah ingeyny mauvan loabi vaakan .vrh las next part nikunadhen avahah up koh dhehchey

  24. Angel says:
    December 21, 2017 at 11:28 pm

    Keehve ehaa slw ee up kuraaleh mi vaahaka… mi story daily up kohdheyn v nun alhe.. btw storyy v nice

  25. Kamana says:
    December 22, 2017 at 8:43 am

    Vaahaka v reethi. Mivaahaka genes denee kon duvas thakaku tha

  26. Nus says:
    December 22, 2017 at 10:35 am

    Mihurihaa comment taka 1me javaabey libun eden

  27. Star says:
    December 22, 2017 at 11:20 am

    Thank you all for reading my story and for the comments also. Next episode I’m trying to upload today

    1. Aki says:
      December 22, 2017 at 12:33 pm

      thanks star

  28. Aakkyy says:
    December 22, 2017 at 11:33 am

    Dhigu kohlahchey plsss. Me v rythi story eh.

  29. Elyshaa says:
    December 22, 2017 at 12:02 pm

    Avahah genes dheyba next part thankolheh dhigukoh v rythi mi story ????????

  30. Zee says:
    December 22, 2017 at 12:51 pm

    Alhe mi vaahaka haadha lahey up kuraaleh.anehka mi part maa kuru.ekam v reethi

  31. Rsh says:
    December 22, 2017 at 1:51 pm

    V Salhi mi part ves…

  32. Smilee says:
    December 22, 2017 at 2:31 pm

    I think instead of criticising the writer we should just thank her for the wonderful story. Thank you star for the wonderful story… 🙂

    1. Fathimath says:
      December 22, 2017 at 6:35 pm

      I agree with you? thanks a lot star… i love this stry…

    2. Someone says:
      December 22, 2017 at 8:36 pm

      U r right..

  33. Black beauty says:
    December 22, 2017 at 3:11 pm

    Kobaatha dharifulhaa aneh part

  34. Shaya says:
    December 22, 2017 at 8:56 pm

    Kobaa

  35. Shimy says:
    December 22, 2017 at 9:22 pm

    Yes I agree with u Smilee☺.. waiting for the nxt part…

  36. Black beauty says:
    December 23, 2017 at 7:36 am

    Adhives upeh nuveytha alhe varah foohidhn aneh baiga vaagoi handhaan netheyfahun mi up koh dhenee?

Comments are closed.

Next Episodeނޭނގި ހިތޭ ތި އަތުލީ 21←


All Right Reserved!