
ގެއްލިދިޔަ ހަޔާތް….. 16
އެގޮތަށް 20 ފަހަރު ފޯނު ރިންގުވީތަނާ ރޭޝަމްއަށް ސިހިފައި ފޯނަށް ބަލާލެވުނެވެ. ނުދަންނަ ނަމްބަރަކަސް އެކާ ގިނައިން ގުޅާފަ އިނުމުން ދެވިސްނުމެއްގައި އޮވެ ރޭޝަމް އެކޯލަށް ޖަވާބުދިނެވެ.
” ޖަނާހުއޭ މީ….ހާދަ ވަރަކަށް ގުޅިއްޖެއޭ …“އެކޮޅުން ވާހަކަދެއްކީ ޖަނާހުކަން އެނގުމާއެކު ރޭޝަމްއަށް ގިސްލެވެންފެށުނެވެ.
“ ރޮނީތަ؟ ކިހިނެއްވީ؟ ޕްލީޒް ބުނެބަ ރޭޝަމް ޕްލީޒް..“ ހާސްވެފައިހުރެ ޖަނާހު ސުވާލުކުރިއެވެ. އެއާއެކު ރޭޝަމްގެ ރުއިން ވީ އިތުރެވެ.
” އަޅެ އާދޭސްކޮށްފަ މިއަހަނީ ޕްލީޒް ވީ ގޮތެއް ބުނެބަލަ…“ ރޭޝަމް ރޯއަޑު އަހާކަށް ޖަނާހަކަށް ކެތެއްނުވިއެވެ.
” އަހަރެން ވަރަށް ވަރަށް ލޯބިވޭ… ވަރަށް ބޮޑަށް..“ ރޭޝަމްގެ އަޑު ބެދުނެވެ. އިވުނު ޖުމްލައިން ޖަނާހުގެ ހިތް އުފަލުން ފުރުނު ކަހަލައެވެ. ޖަނާހު ރޭޝަމްދެކެ ކިތަންމެހާ ވެސް ލޯބިވެއެވެ. އެހެނަސް ރޭޝަމްގެ ހިތުގެ ގޮވުން ނޭނގޭތީ ނުބުނެ ހުރީއެވެ.
” ހަމަ އަސްލުވެސްތަ؟“ ޖަނާހު ސީރިއަސްކަމާއެކު އަހާލިއެވެ.
“ އާނ… އަހަރެން އޭނަދެކެ ވަރަށް ލޯބިވޭ … “ރޭޝަމްގެ ދުލުން އެހެން މީހެއްދެކެ ލޯބިވާ ވާހަކަ އަޑުއިވުމާއެކު މީގެ ހިނދުކޮޅެއް ކުރިން ޖަނާހުގެ ހިތަށް ލިބުނު ހަމަޖެހުން ނެތިގެން ދިޔައެވެ. ހިތަށް ހީވީ ތޫނު އެއްޗެއް ހަރާލިހެންނެވެ.
” ކާކު އެނަސީބުވެރިއަކީ؟ އަހަރެން ކައިރީވެސް ބުނެބަލަ..“ ފެންކަޅިވެފައިވާ ހާލު ޖަނާހު ހިތްވަރުކޮށްފައި ވާހަކަދެއްކިއެވެ.
“ އެއީ ޒާހިދު..މިގޭ ކުއްޖެއް …“ރޭޝަމްއަށް އަދިވެސް ރޮވެމުން ދިޔައެވެ.
” ދެން ކޮބާ މައްސަލައަކީ؟ ކީއްވެ ތިރޮނީ؟ އޭނަ ލޯބިނުވަނީތަ؟“ ޖަނާހުގެ ހިތް އަވަސްވިއެވެ.
“ ނޫން.. އޭނަވެސް ލޯބިވޭ… އަހަރެން ލޯބިވާ ވަރަށް ވުރެވެސް މާބޮޑަށް…އެކަމަކު…“ ރޭޝަމްއަކަށް ކުރިއަކަށް ނުދެވުނެވެ.
” އެކަމަކު ކިހިނެއްވީ؟“ ޖަނާހުގެ އަޑުގައި މާޔޫސްކަމެއް އެކުލެވިފައި ހުއްޓެވެ.
“ އޭނައަކީ އަނިޔާވެރިއެއް…. ދުނިޔެވީ ފާފަތަކުގެ ތެރެއަށް ގެއްލި ހުސްވެފައިވާ މީހެއް… އަހަރެން ކިހިނެއް އޭނަގެ މީހަކަށް ވާނީ.. މަންމަ ގަބޫލެއް ނުވާނެކަން ޔަގީން …އެހެން ނޫނަސް ޒަފޫވެސް މިކަމާ ދެކޮޅު… އަހަރެން ކިހިނެއް ދެން ހަދާނީ؟ ޕްލީޒް އަހަރެންނަށް އެހީވެދީ…. އައި ރިއަލީ ލަވް ހިމް.. ތީ ޒަފޫއަށްފަހު ދެން އަހަރެންގެ ހުރި އެންމެ ގާތް އެކުވެރިޔާއެއްނު ….“ ރޭޝަމްއަށް ގިސްލެވެމުންދިޔައެވެ.
“ އާނ.. އަހަރެން އެހީވާނަން …އަބަދުވެސް ވާނަން..“ ޖަނާހު ގެ އެތެރެހަށި ފަނާވަމުންދިޔަ ކަހަލައެވެ. ތިމާ ލޯބިވާ މީހާގެ ދުލުން އެހެން މީހެއް ދެކެ ލޯބިވާ ވާހަކަ އަޑުއިވުމީ ދުނިޔޭގަ ލިބޭނެ އެންމެ ވޭންދެނިވި އެއް ހިތާމަކަން ޔަގީނެވެ.
“ އަހަރެން ކިހިނެއް ހަދަންވީ؟“ އުއްމީދުން ފުރިގެންވާ ރާގެއްގައި ރޭޝަމް އަހާލިއެވެ.
” ޒާހިދު ކަހަލަ ދިރިއުޅުމުގެ މާތް މަޤްސަދު ގެއްލިފައިވާ މީހަކާ އެކީ އުފާވެރި މުސްތަގުބަލެއް ރޭޝަމްއަށް ހަމަ އަސްލަށްވެސް އެބަ ފެނޭތަ؟ “އިރުކޮޅަކު ވިސްނަން ހުރުމަށްފަހު ޖަނާހު ސުވާލުކޮށްލިއެވެ. ޖަނާހުގެ އެސުވާލުން ރޭޝަމް ސިއްސުވާލިއެވެ. ލޯބީގެ ޚިޔާލީ ދުނިޔެއިން ރޭޝަމްއަށް ނިކުމެވުނު ކަހަލައެވެ. މުސްތަގުބަލާމެދު ވިސްނަން ރޭޝަމްއަށް މަޖުބޫރުވިއެވެ. ހިނދުކޮޅަކަށް ނަމަވެސް ލޯބީގެ އަވައިގައި ޖެހުނީތީ މޮޔަ ހީވާންފެށިއެވެ.
“ ނޭނގެ.. އަހަރެން އެކަމާ ވިސްނާލަން ވަގުތު ބޭނުން..“ ފޯނު ކަނޑާލެވުމާއެކު އަނެއްކާވެސް ރޭޝަމްއަށް ރޮވެންފެށުނެވެ. ނިދުނުއިރު ތިންގަޑި ބައިވަނީއެވެ.
އާދުވަހަކަށް އިރުއެރުމާއެކު ފުރަތަމަވެސް ރޭޝަމް އަވަސްވެގަތީ ޓެސްޓަށް ތައްޔާރުވުމަށެވެ. ކުރިއަށް އޮތް ހަފްތާގައި ޓެސްޓު އޮތުމުން އެކަމަށް ހުރިހާ ވަގުތެއްހެން ހުސްކުރުމަށް ރޭޝަމް ބޭނުންވިއެވެ. ރޭޝަމް ކަހަލަ ނިކަމެއްޗެއްގެ ދަރިއަކަށް މާލޭގައި ކިޔަވަން ލިބޭ ފުރުސަތަކީ އަބަދު ލިބޭނެ ފުރުސަތެއް ނޫންކަން ރޭޝަމް އަބަދުވެސް ހަނދާންކުރެއެވެ. ކޮންމެ މަޔަކުވެސް ދަރިން ބަލައި، ބޮޑުކޮށް، ކިޔަވައިދެނީ ވަރަށް ވެސް ފޮނި އުއްމީދުތަކަކާ އެކީގައެވެ. އެ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރަނީ ވަރަށް ވެސް މަދު ބައެކެވެ. އޭގެތެރޭގައި ހަމަގައިމުވެސް ރޭޝަމް ހިމެނޭނެއެވެ.
ދެލޯ އުނގުޅަމުން ޒާހިދު ގޮސް ސޯފާގައި ޖައްސާލީ ކަންނެތް ކަމާއެކީގައެވެ. ޓީވީ ރިމޯޓު ނަގަމުން ބަދިގޭގައި އިން ރޭޝަމްއަށް ޒާހިދު ބަލާލިއެވެ. އެވަގުތަކީ ރޭޝަމްއަށްވެސް ޒާހިދަށް ބަލާލެވުނު ވަގުތެވެ. ރޭޝަމްއާ ހަތަރުކަޅި ހަމަވުމާއެކު ޒާހިދުގެ ހިތަށް ލިބިގެންދިޔަ ހަމަޖެހުން ބަޔާންކުރަން ވެސް ދައްޗެވެ. ޒާހިދުގެ އެފިރިހެންވަންތަ ބެލުމުން ސަލާމަތްވުމަށް ރޭޝަމް އަވަސް އަވަހަށް އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ.
“ ބޭބެ.. މާލްއަކަށް ނޭނގުނު މި ވޯރކްޝީޓު ހަދާކަށް… މާލްއަށް މީތި ހަދަންވާގޮތް ބުނެދީބަ ޕްލީޒް..“ ރޭޝަމްއަށް ގެއްލިފައި އިން ޒާހިދަށް ހޭވެރިކަންވީ މާލްގެ އަޑަށެވެ.
” އާނ… ދައްކަބަލަ ތީތި…“ ޒާހިދު ހަމަޖެހިލަމުން ވާހަކަދެއްކިއެވެ. މާލް އަވަސް އަވަހަށް ޒާހިދު އަތަށް ވޯރކްޝީޓު ދެމުން ސޯފާގައި އިށީނެވެ. ފަރުވާތެރިކަމާއެކު މާލްއަށް އެވޯރކްޝީޓު ހަދަންވާ ގޮތް ޒާހިދު ކިޔައިދެމުން ދިޔައެވެ. އެމަންޒަރު ބަލަން ރޭޝަމްއަށް ހުރެވުނީ ހިނިތުންވުމަކާ އެކީގައެވެ.
“ ހޭއި… ރޭޝަމް.. ގްރޫޕް ސްޓަޑީއަކަށް އަންނަންވީނު އަހަރުމެން ގެއަށް… ޝަޒޫމެންވެސް އަންނާނެ…“ އެކޮޅުން ވާހަކަދެއްކީ ރޭޝަމް ކްލާސް ކުއްޖެކެވެ.
” އާނ.. ދާނަން… ގޮސްގެންތާ ފައިދާއެއްވެސް ވާނީ… ކޮންއިރަކު ދާންވީ؟“ ހިނިގަނޑެއް ޖަހާލަމުން ރޭޝަމް ބުނެލިއެވެ.
” މިރޭ 8 ގަ..އޯކޭ…“ އެކޮޅުން އެހެން ބުނެލުމަށްފަހު ފޯނު ކަނޑާލިއެވެ.
ރޭގަނޑުގެ ވަގުތެވެ. ރޭޝަމް އިނީ ފިލާވަޅުތައް ދަސްކުރާށެވެ. ކުއްލިއަކަށް ފޯނު އެލާރމްވި އަޑަށް ސިއްސައިގެން ގޮސްފައި ރޭޝަމްއަށް ފޯނަށް ބަލާލެވުނެވެ. އެމަންޒަރު ބަލަން ހެވިފައި މާލް އިނެވެ. ރޭޝަމް އަވަސް އަވަހަށް ފާހާނާއަށް ފެންވަރަން ވަނެވެ. ތައްޔާރުވެ ނިމުނުއިރު 8 ޖަހަން ފަސް މިނިޓަށް ވެއްޖެއެވެ. އަވަސް އަވަހަށް ދަބަސް ކޮނޑުގަ އަޅުވާލަމުން ރޭޝަމް ގެއިން ނިކުތެވެ. އެގެއާ ހަމައަށް ދެވުނުއިރު އެންމެންވެސް ހަމަވެއްޖެއެވެ.
އެވަގުތުކޮޅުގެ ބޭނުން ވަރަށް ރަނގަޅަށް ރޭޝަމް ހިފިއެވެ. ގެއްލިގެންދާ ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫންކަން އަބަދުވެސް ރޭޝަމް ހަނދާނުގައި ބަހައްޓައެވެ.
ގެއަށް ދިޔުމަށްޓަކައި ރޭޝަމް ހިނގައިގަތް އިރު ވަރަށް ތުނިކޮށް ވާރޭ ވެހެމުން ދިޔައެވެ. އެހެންކަމުން އަވަހަށް ގެއަށް ދިޔުމަށްޓަކައި ރޭޝަމް ހިނގުން ބާރުކޮށްލިއެވެ. އެހެނަސް ގެއާ އަރާ ހަމަނުވަނީސް ވަރަށް ބޯކޮށް ވާރޭ ވެހެންފެށިއެވެ. ތެމެން ބޭނުން ނުވާތީވެ އަވަސް އަވަހަށް ފިހާރައަކަށް ރޭޝަމް ވަނެވެ. ބައިގަޑި އިރުވީއިރުވެސް ވާރެއެއް ނުހުއްޓިއެވެ.
” އެސްކިއުޒް …11 ޖަހައިފި… ފިހާރަ ބަންދުކުރަންވެއްޖެ“ ފިހާރައިގަ އިން ބޭރު މީހަކު އެހެން ބުނުމުން ރޭޝަމް ފިހާރައިން ބޭރަށް ނިކުތެވެ. އޭރު ކޮންމެވެސް ވަރަކަށް ވާރޭ ތުނިކޮށްލައިފިއެވެ. އެފިހާރައާ ގެއާ އެހާ ދުރު ނޫންކަމުން ރޭޝަމް ގެއާ ދިމާލަށް ދުއްވައިގަތެވެ. ގެއާ އަރާހަމަވީއިރު ރޭޝަމްވަނީ މުޅިން އެއްކޮށްހެން ތެމިފައެވެ. އަވަސް އަވަހަށް އެތެރެ އަށް ވަނުމަށް ފިޔަވަޅެއް އަޅާލިތަނާ ރޭޝަމްގެ ކޮނޑުގައި މީހަކު އަތް އެޅިއެވެ. ސިހިފައި ފަހަތް ބަލާލެވުނުއިރު ފެނުނު މޫނުން ރޭޝަމްގެ ހިތް ތެޅިގަތެވެ.
” ޒާހިދު ކައިރިއަށްތަ މާ ބާރަކަށް ތިދަނީ؟“ އަސްމާ ވާހަކަދެއްކީ ރުޅިވެރިކަމާއެކީގައެވެ. އަސްމާއާ އެއްކޮށް އެހެން އަންހެން ކުއްޖަކުވެސް ހުއްޓެވެ. ޒުވާބު ކުރަން ބޭނުން ނުވާތީ ރޭޝަމް އަނގައިން ނުބުނެ ހުރީއެވެ.
“ ކަލޭ ހީކުރީ ކަލެއަށް ޒާހިދު ޖަހައިގަނެވޭނެ ކަމަށްތަ؟ ކަލޭތީ ކާކު ޒާހިދާއެކު އުޅެން…“ އަސްމާ ވާހަކަދެއްކީ ހަރުކަށިކަމާއެކީގައެވެ.
“ އަހަރެންނަކާ ޒާހިދަކާ ނޯންނާނެ ތިހީކުރާ ކަހަލަ އެއްވެސް ގުޅުމެއް.. އެނީވޭއިޒް.. ވާރޭ ވެހޭ އެބަ.. ދެން އަހަރެން ދަނީ“ ރޭޝަމް ވާހަކަދެއްކީ މަޑުމައިތިރިކަމާއެކީގައެވެ.
“ ތިހެނެއް ނުދެވޭނެ… ކަލެއާ ޒާހިދާ އޮންނަނީ ކޮން ގުޅުމެއްކަން އަހަރެންނަށް ކިޔައިދީފަ ދެވޭނީ…“ އަސްމާގެ އަޑު ގަދަވިއެވެ.
” ނުޖެހޭނެ ކަލެއަކަށް އެއްވެސް އެއްޗެއް ކިޔައިދޭކަށް…“ ޒާހިދުގެ އަޑަށް އަސްމާ އަދި ރޭޝަމްއަށް ފަހަތް ބަލާލެވުނެވެ. ވާރެއާ ތެމި ފޯވެގެން އިންއިރު ޒާހިދު ވަރަށްވެސް ހިތްގައިމެވެ.
“ އެކީއްވެ؟ ޒާހިދު ހާދަ އަވަހަކަށް ތިހަނދާން ނައްތާލީ…“ އަސްމާ ޒާހިދާ ކައިރިއަށް ޖެހިލިއެވެ.
”2 އަހަރާ 6 މަސް ދުވަސް މަދުތަ؟ އަހަރެން ކަލެއަށް މިއަދު ނަފްރަތުކުރަން…“ ޒާހިދު ރުޅިވެރިކަމާއެކު އަސްމާއަށް ބަލާލިއެވެ.
” ނޫން.. ތިހެން ނުބުނޭ.. އަހަރެންނަށް މައާފްކުރޭ.. އަހަރެން މިއަދު ވަރަށް ލޯބިވޭ.. ޕްލީޒް ލެޓްސް ގެޓް މެރީޑް..“ އަސްމާގެ ލޮލުން ކަރުނަ އޮހެރެމުންދިޔައެވެ.
“ ތިގޮތަށް އަހަރެން އާދޭސްކުރި ދުވަސް ހަނދާންވޭތަ؟ އަހަރެންގެ މިހިތުގައި އޭރު ލީ ޒަޚަމްތައް އަދިވެސް އެބަހުރި.. އަހަރެން މޮޔައަކު ފަދައިން ތީނަގެ ފަހަތުން ރެއާދުވާލު މާލޭ މަގުމަތީގައި ދުވި ހަނދާނެއް ނުވޭތަ؟ މީހުން އަހަރެންނަށް ކިހާ މަލާމާތެއްކުރި.. އެކަމަކު ތި ހިލަ ހިތަކަށް އަސަރެއް ނުކުރިއޭ.. އޭރު ނުވި ލޯތްބެއް މިހާރަކުވެސް ނުވާނެ…. އަހަރެންގެ ކުރިމަތިން ދުރަށް ދޭ..“ ޒާހިދުގެ ދެލޯ ފެންކަޅިވިއެވެ. ރޭޝަމްއަށް ޒާހިދަށް ބަލަހައްޓައިގެން ހުރެވުނީ ފެންކަޅިވެފައިވާ ހާލުގައެވެ.
“ އަސްލު ތިއެއް ނޫން މައްސަލައަކީ..މަ އްސަލައަކީ އެއަންހެންކުއްޖާ ގަނޑު…އޭނަ އެއީ ދެން ކާކު ޒާހިދު ތިވަރުވާން…“ އަސްމާ ރުޅިވެރިކަމާއެކު ރޭޝަމްއަށް ބަލާލިއެވެ.
” ބުނަން ވާހަކައެއް.. ރޭޝަމްއާ ދިމާލަށް އެކައްޗެކޭވެސް ބުނެގެން ނުވާނެ …“ ޒާހިދުގެ ލޭހޫނުވިއެވެ.
” ބުނާނަން… ކީއްކުރެވޭނީ… އޭނަ އެއީ ޒާހިދުގެ ކާކުތަ؟ ބުނެބަލަ…. އޭނައާ ދިމާލަށް އެއްޗެހި ކީމަ ކޮބާތަ މައްސަލައަކީ؟“ އަސްމާ ހަސަދަވެރިކަމާއެކު ރޭޝަމްއާ ކައިރިވެލިއެވެ.
“ އެއީ ކަލޭ ބަލަންޖެހޭ ކަމެއް ނޫން… މަގޭ އަތުން ފައިން ގޯހެއް ނެހެދެނީސް މިތަނުން ދާން އުޅޭ..“ ޒާހިދުގެ އަޑު ގަދަވެގެންދިޔައެވެ.
” ހާދަ ލޯތްބެކޭ ދޯ ތިވަނީ އޭނަ ދެކެ… ޒާހިދަކާ ނުވެސް ގުޅޭ…“ އަސްމާ ގޮތް ދޫކުރާކަށް ބޭނުމެއްނުވިއެވެ.
“ އާނ.. އަހަރެން ލޯބިވޭ ރޭޝަމްދެކެ.. ވަރަށް ވަރަށް ލޯބިވޭ..އަޑުއިވިއްޖެތަ؟؟؟؟“ ޒާހިދަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ. ރޭޝަމްއަށް ގަބޫލުކުރަން ދަތިވިއެވެ. ހައިރާންވެފައި ޒާހިދާ ދިމާލަށް ރޭޝަމްއަށް ބަލާލެވުނެވެ.
ޒާހިދުގެ އެބަސްތައް ހީވީ އަސްމާގެ ހިތް ތޮރުފާލިހެންނެވެ. ވޭންދެނިވި ރިހުމެއް އެހިތުގައި އުފެދެމުންދިޔައެވެ .ގަބޫލުކުރަން ދަތިވެފައި ޒާހިދާ ދިމާލަށް އަސްމާ ފުން ނަޒަރަކުން ބަލާލިއެވެ.
” އަސްމާ ބުނާ ގޮތުން ނަމަ އަހަރެންނާ ގުޅެނީ ހަމަ އެކަނި އަސްމާ.. ދެން ކީއްވެ އެދުވަހު އަހަރެންގެ އެއްވެސް ކުށެއްނެތި އަހަރެން ދޫކޮށްލާފަ ދިޔައީ… އަހަރެންގެ މުޅި ދިރިއުޅުން ފަނާވެގެން ދިޔައީ ހަމަ ތީނަގެ ސަބަބުން…. އަހަރެން މިއަދު އުފާކުރަން އަހަރެން ތީނަ ދެކެ ވީ ލޯބި ނަފްރަތަށް ބަދަލުވީތީ… ތީނައަށްވުރެ އެތައް ގުނައެއް ރޭޝަމް މާ ރަނގަޅު.. މާ ރީތި..މާ ފުރިހަމަ…“ ޒާހިދު ރޭޝަމްއާ ދިމާލަށް ބަލާލިއެވެ.
އަސްމާގެ ދެލޯ ފެންކަޅިވިއެވެ. އެދުވަހު ޒާހިދުގެ ލޯތްބަށް ގަދަރުނުކުރެވުނީތީ މިއަދު އަސްމާ ކިތަންމެހާވެސް ދެރަވެއެވެ. އެހެނަސް މިއަދު ވަގުތު ފާއިތުވެއްޖެއެވެ. މާ ބޮޑަށްވެސް މެއެވެ. އެތަނުގައި އިތުރަށް އެންމެ ހިނދުކޮޅަކަށްވެސް ކެތް ނުކުރެވޭނެކަން ޔަގީންވުމާއެކު އަސްމާ އެތަނުން ދިޔައެވެ. ޒާހިދު ރޭޝަމް ގާތަށް ހުއްޓުމާއެކު ރޭޝަމް އަވަހަށް ސިޑިން މައްޗަށް އަރުމަށް ދުއްވައިގަތެވެ. އެވަގުތު ޒާހިދު ރޭޝަމްގެ އަތުގައި ހިފަހެއްޓިއެވެ. ޒާހިދުގެ އެފިނި އަތް ރޭޝަމްގެ އަތުގައި ބީހިލުމާއެކު ރޭޝަމްގެ ހުރިހާ ނާރުތަކަށްވެސް އަސަރުކުރުވިއެވެ. މަސްތީ ނަޒަރަކުން ޒާހިދު ރޭޝަމްގެ ދެލޮލަށް ބަލާލިއެވެ.
” އަހަރެންގެ ހަޔާތަށް އައިސްދީފާނަންތަ؟“ ޒާހިދު މަޑުމަޑުން އަހާލިއެވެ.
” ނޫން..ނޫން …“ ޒާހިދުގެ އަތް ފޮޅުވާލަމުން ރޭޝަމް ފަހަތަށް ޖެހުނެވެ.
“ ޕްލީޒް.. އަހަރެންނަށް އިތުބާރުކުރޭ….“ ޒާހިދު ހިތްވަރުކޮށްފައި ވާހަކަދެއްކިއެވެ.
” ކިހިނެއް ތިކަހަލަ މީހަކަށް އަހަރެން އިތުބާރުކުރާނީ؟؟؟ ޒާހިދު އެންމެ ފުރަތަމަ އަމިއްލަ ނަފްސަށް އިތުބާރުކޮށްބަލަ..“ ރޭޝަމްގެ ދެލޯ ފެންކަޅިވިއެވެ.
” އެންމެ ފަހަރަކު ނަމަވެސް އަހަރެން ދައްކާ ވާހަކަ އަޑުއަހާފާނަންތަ؟ އަހަރެންނަށް ފުރުސަތެއް ދީފާނަންތަ ޕްލީޒް…“ ޒާހިދު އާދޭހުގެ ރާގެއްގައި ބުންޏެވެ. ޒާހިދު ދައްކާ ވާހަކަތައް މިއަދު އަޑުއަހަން ރޭޝަމް ބޭނުންވެއެވެ. އެހެނަސް ހިތް ބިރުގަނެއެވެ. ޖެހިލުންވަނީއެވެ.
” ޕްލީޒް..ޕްލީޒް…އެންމެ ފުރުސަތެއް ދީ …“ ޒާހިދު ތަކުރާރުކޮށް އާދޭސްކުރުމުން ރޭޝަމް އެކަމަށް އެއްބަސްވިއެވެ.
ކޮޓަރިއަށްވަދެ އެއްޗެހި ބަދަލުކުރުމަށްފަހު ރޭޝަމް ހިނގައިގަތީ ޒާހިދުގެ ކޮޓަރިއާ ދިމާލަށެވެ. ޒާހިދު އެދުނު ފުރުސަތު ޒާހިދަށް ދިނުމަށެވެ. އެކޮޓަރިން އެތެރެއަށް ރޭޝަމް އެވަންނަނީ ޒާހިދު ދެކެ ރޭޝަމް ވާ ލޯބި ރޭޝަމްގެ ބަލިފަޔަކަށް ވިޔަ ނުދިނުމަށް ނިންމައިގެންނެވެ.
ކޮޓަރީގެ ދޮރު ހުރީ ހުޅުވާފައިކަމުން މަޑުމަޑުން ރޭޝަމް އެތެރެއަށް ވަނެވެ. ކޮޓަރީގެ ތެރޭގައިވާ ފަނޑު އަލިކަމުގެ ތެރެއިން
ޒާހިދުގެ ހިލަމެއް ވޭތޯ ރޭޝަމް ވަށައިގެން ބަލާލިއެވެ. ޒާހިދުގެ ހިލަމެއް ނުވުމުން ރޭޝަމް އެތެރެއަށް ވަދެ އެކޮޓަރި ތެރެއަށް
ފުން ނަޒަރަކުން ބަލާލިއެވެ. ޒާހިދުގެ ދުނިޔެއަކީ އެއީއެވެ. އެދުނިޔެތެރެއަށް ރޭޝަމް ކަހަލަ ކުއްޖަކު ވަންނާނީ ކިހިނެއް
ހެއްޔެވެ؟ ރޭޝަމްގެ އާދައިގެ، އުފާވެރި ދިރިއުޅުން ޒާހިދުގެ ފަނާކުރުވަނިވި، އަނދިރި ދުނިޔެއާ ގުޅުވާލައިފިނަމަ ރޭޝަމްގެ މުޅި
ހަޔާތް ގެއްލިގެން ހިނގައިދާނެކަމުގެ ބިރު ރޭޝަމްއަށް ހީވަމުން ދިޔައެވެ.
ކުއްލިއަކަށް ފާހާނައިގެ ދޮރު ހުޅުވާފައި ނިކުތް ޒާހިދު ފެނުމާއެކު ރޭޝަމްގެ ހަށިގަނޑުގެ ލޭދައުރުވުން
އަވަސްވިއެވެ. ކަޅު ކުލައިގެ ސޯޓެއް ލައިގެން ހުރިއިރު ޒާހިދުގެ ފިރިހެންވަންތަ، ތަނަވަސް ހަށިގަނޑަށް ބޭއިޚްތިޔާރުގައި
ރޭޝަމްއަށް ބެލެން ފެށުނެވެ. ބޮލުގެ އިސްތަށިގަނޑުން ފެން ހިއްކަމުން ޒާހިދު އައިސް ރޭޝަމްގެ ކުރިމަތީގައި
ހުއްޓުނެވެ. އޭރުވެސް ކަޅިވެސްޖަހާނުލާ ރޭޝަމްއަށް ޒާހިދަށް ބެލެމުންދިޔައެވެ. ރޭޝަމްއަށް ހޭވެރިކަންވީ ޒާހިދުގެ ފިނި އަތްތިލަ
ރޭޝަމްގެ އަތުގައި ބީހިލުމުންނެވެ. އެއާއެކު ރޭޝަމްއަށް ފަހަތަށް ޖެހެވުނެވެ.
” ތޭންކްސް ވަރަށް ބޮޑަށް އަހަރެންނަށް ފުރުސަތެއް ދިނީތީ..“ ޒާހިދު އެނދުގައި އިށީންދެލިއެވެ.
“ ތި ދައްކަން ބޭނުންވާ ވާހަކަތައް އަވަހަށް ދެއްކިއްޔާ ރަނގަޅު… އަހަރެން ވަރަށް ނިދިއާދޭ އެބަ..“ ހިތާ ދެކޮޅަށް ރޭޝަމް ބުނެލިއެވެ.
” މިތާ އިށީންދެބަލަ…. އޭރުންނެއްނު ހަމަޖެހިގެން ވާހަކަ ދެއްކޭނީ…“ ޒާހިދު ރޭޝަމްގެ މޫނަށް ބަލާލިއެވެ. ޖެހިލުންވެހުރެ ރޭޝަމް ގޮސް އެނދުގައި އިށީނެވެ.
“ އަހަރެން ވަރަށް ލޯބިވޭ ރޭޝަމްދެކެ.. އަހަރެން ހިއެއް ނުކުރަން އަހަރެންނަށް ދެވަނަ ފަހަރަށް މީހެއް ދެކެ ލޯބިވެވިދާނެ ކަމަކަށް… އެކަމަކު މިއަދު އަހަރެންނަށް ލޯބިވެވިއްޖެ… އަހަރެންގެ މި ލޯތްބަށް ރޭޝަމް އޯގާތެރިކަމުގެ އަތެއް ދިއްކޮށްލަފާނަންތަ ޕްލީޒް…“ ޒާހިދު ވާހަކަދެއްކީ ސީދާ ރޭޝަމްގެ ދެލޮލަށް ބަލަހައްޓައިގެން ހުރެއެވެ. ޒާހިދުގެ ދުލުން ރޭޝަމްދެކެ ލޯބިވާ ވާހަކަ އިވުމުން އެހިތަށް ލިބުނު ހިތްހަމަޖެހުން ވަރަށް ވެސް ބޮޑެވެ. އެހެނަސް ރޭޝަމްގެ ސިކުނޑި ރޭޝަމްއަށް ވިސްނައިދެމުން ދިޔަކަހަލައެވެ. ޒާހިދުގެ ދެލޮލުން ފާޅުވަމުންދިޔަ ހިތްދަތިކަމާ އާދޭސް ރޭޝަމްއަށް ބަލާކަށް ފަސޭހައެއް ނުވިއެވެ. ޖަވާބެއް ދިނުމުގެ ބަދަލުގައި ރޭޝަމް އެނދުން ތެދުވިއެވެ. (ނުނިމޭ)
Note: mi vaahaka hussain kiyaamy haku alugandu id ah vadheethaahuri part thakeh nagai gen eynaage namugai new id akun update koh, alugaduge bain e part dlt kurumuge sababun alugandu uluny mi vaahaka nerun e masala halu vanden medu kadaalaaseve. Nama vx gina kiyutheringe edhumuge mathin aa id akun vaahaka up kuran mi feshee eve.
.Mi vaahaka ah kurin libunu kahala supporteh libeyne kamah ummeedh kurameve.
69 Comments!
Comments are closed.
Yey me first dhw???
ya dhww
Wow…. thnkx love…. vrh reethi ???? maybe e vedhaane dhw esfiya in dhimaavaa massala akah vx? ? Comment thah vx dhany vrh gina faharu kohgeney. .. ehnve ehn mi buny?? n whn nxt part? ?? Waitingssss ❤❤❤❤
mihaaru up kuran jahssaifin
Finally…adhi nuves kiyan
avahah kiyaalaafa reethyaa comment kohla
finally…I love it..
thanks
mihaaru part 15 iny magey id in up kuri kamah e kyve ?
hear is part 16 enjoy..
Starve vedhaane admin ah araafa in error akahves. So let it be and carry on with this beautiful story
Dear starfish,
Nobody hacked your ID. It was an error from our side. We apologise for the inconveniences. If any such thing happens in the future please contact us directly . For details call us on 7997991.
Yes libeyne
kykey black beauty
Heevaa gothun support libeyne kamah e bunee…
thanks black beauty
thanks black beauty and shaai
Haadha goas meehekey dhw thi hussain akee.. ??????.. Btw story is superb.. Ummuah.. Kon irakun next part?? ??❤❤
mirey mihaar iben badal vefa husain ge nan starfish ah part 15 ga…e kyhve baa
Koniraku 17..varah reethiii…
maadhan hedhunu noony mirey dhanvaru mihaaru up kuran jahssaafin
V salhi …. Mi part… ?
thanks rsh
Very nice story eh mee…waiting for next part???
thanks usha
mi part vc vrh lwbi
starfish dont worry aharumen ge support abadhuvc libeyne inshallah..
ehn adhi hassan thakuru ais foolhi kandaalan ulhunas aharumen nugannane bireh..ma vrh nehti e hassanu dheke..
hihihhii
thanks for ur support unaal
Alhey v salhi mi story.. next part nukiyai nuvx nidheyne kanneyge.. 🙂 🙂 🙂 😉 plxx Mirey dhanvaru up kohdhyba.. Plx :-(:-(
tanks
Mi vaahaka up nuvegen lolaka nidhives naadhey, vaahaka v furihama kiyamun dhaairu hama sifa vaa kahala. Kon irakun next part. Vvvvv kiyalaa hithun mi huryy avas kolaachey plx plx plx……❤❤❤❤❤
Vahaka hama as usual vrh nice… Aslu ves reyshamah e’ aee janaahge callehtha!!!! anyways vaahaka hama superb… When is next part…. ???
thanks kyaara
Starfish. I appreciate your courage. I love this story. Waiting for next episode. Love u.
thanks leen love u 2
Vvvvvvvvvvvvv reethi . Thanks up kureethy.
Star fish around 25 noony 30 part vrh nerehcheyyy…. This story is fab… Plx ☹☹☹☹
try kuraanan thanks kyaara
Vvvvvvvvvvvvvvvvvvvvv salhi ?????
thanks
Alhey thank you so so much you are best…………..this part hama obinexx to the max….?????? When next part? Keep it up dhooni gandaa…….
thanks sana
Wow shann loabi starfish alun Aeetha.. Khonireh mi story ah inthixaaru kuraathaa.. Thivareh nethey adhives hama bunelen jeheyny.. Mivaruge story eh adhi mivy haathaaku nudheken.. Ehaaves best.. Luv u
thanks shann
love u 2
v v v v v nice mi vaahaka. ??
thanks
V v v v v reethi keep it up.. ?
thanks
Vvvv v habbu….nxt part avahah up kohdhee starfish…lov it…best hama….
thanks
Hadha reechey mi partvx..Masha Allah.. Keep it up!??
thanks
Wow v reethi Story… ??
thanks
Kon irakun tha next part annany?
mirey noony maadhan
Hama habeys. Varah salhi
thanks
Star dhyba star ge fb ID
my star eh noon starfish mee
Next part avahah up kohdheeba starfish. Vvvvv reethi mi part vess
tanks
Haadha lahey dhw up vaaleh. .. Waitin..???
tanks
adhivc pending ga tha
hmm
haadha reethi yey….
thanks raaya
aharen mivaahaka kyn thankiolheh kurin vex….
This is not so nice…. ur not a good story writer starfish .. ehaa salhi eh noon v sorry???