ގެއްލިދިޔަ ހަޔާތް….. 20
އިތުރު ވަގުތު ބޭކާރުނުކޮށް އެކޮޓަރިން މިންހާ ނެރުމަށްފަހު ގޭގެ ބޮޑު ދޮރާ ދިމާލަށް އެމީހުން ހިނގައިގަތެވެ. ރޮވިފައިވާ ހާލު ނިދާފައި އޮތް ނަރީމާއަށް މިންހާ ބަލާލިއެވެ. އެހީއަށް އެދި ގޮވަން ބޭނުންވިޔަސް އެފުރުސަތެއްވެސް މިންހާއަކަށް ނެތްކަހަލައެވެ.
“ އަވަހަށް ކާރަށް އަރުވާ…10 މިނިޓްތެރޭ ބަނދަރުމައްޗަށް ދާންޖެހޭނެ.. ބޭނުންހާ އިރެއް ވަންދެން ލޯންޗެއް ނޯންނާނެ… ކަމޯން ލެޓްސް ގޯ…“ އެތަނުން އެކަކު ގޮވާލި އަޑުއިވުނެވެ. އެވަގުތު އެތަނުން އެކެއްގެ ފައިން ޖެހިފައި ގޭތެރޭގައި ބަހައްޓާފައި ހުރި ބިއްލޫރި ފުޅިތަކެއް ވެއްޓުނެވެ. ބިއްލޫރިފުޅިތައް ތަޅައިގެން ދިޔަ އަޑަށް ގޭތެރޭގައި ހުރި ފަތްޖެހި އެނދުގައި ނިދާފައި އޮތް ނަރީމާއަށް ސިއްސައިގެންގޮސްފައި ހޭލެވުނެވެ. އެވަގުތު ފެނުނު މަންޒަރުން ނަރީމާގެ ހިތް ހުއްޓުނު ކަހަލައެވެ. އެނދު ކައިރީގައި އޮތް ފިލާގަނޑެއް އަތަށް ހެޔޮވަރުކޮށްލަމުން ދުވެފައި ގޮސް އެތަނުން އެކެއްގެ ބޮލުގައި ގައިގައި ހުރި ވަރެއް ލާފައި ނަރީމާ ޖެހިއެވެ. ވީތަދާއެކު އެމީހާއަށް ހަޅޭއްލަވައިގަނެވުނެވެ. އެވަގުތު ސިހިފައި އެންމެންވެސް ފަހަތް ބަލާލިއެވެ.
“ ދޫކުރޭ.. ހަމަ މިހާރު މިންހާ ދޫކޮށްލާ…“ ނަރީމާއަށް ހަޅޭއްލަވައިގަނެވުނެވެ. އަދި ކާރާ ދިމާލަށް ދުއްވައިގަނެވުނެވެ. އެހެނަސް ނަރީމާގެ ފިޔަވަޅަށް އެތަނުން ދެމީހަކު ހުރަސްއެޅިއެވެ.
” ކަލޭމެންނަކަށް ތިހެނެއް ނުދެވޭނެ… މީހެކޭ.. މީހެކޭ… ހެޔޮނުވާނެ…. އެހީވެދީ…“ ނަރީމާ އަޑުގެ ނެތް ތަނަށް ހަޅޭއްލަވައިގަތެވެ.
“ މީހަކު ނާންނަނީސް އޭނަގެ އަނގަ ބަންދުކުރޭ…“ ކާރު ދުއްވަން އިން މީހާގެ އަޑު ބާރުވިއެވެ. އެއާއެކު އެތަ ނުން ޖާނުން ވަރުގަދަކޮށް ހުރި މީހަކު ވަޅިއެއް ނަގާ ނަރީމާއާ ދިމާލަށް ދުއްވައިގަތެވެ. އެމަންޒަރު ބަލަން މިންހާ އޮތީ ގޮތް ހުސްވެފައިވާ ހާލުގައެވެ. އެވަގުތު މުޅި ތަނަށް ލޭ ބުރައިގެން ދިޔައެވެ. ދެލޯ ބޮޑުވުމާއެކު މިންހާގެ ހިތުގެ ތެޅުންވެސް ހުއްޓުނު ކަހަލައެވެ. ކާރު ދުއްވާލިއިރުވެސް މިންހާއަށް ހޭވެރިކަން ނުވާކަހަލައެވެ. ލޮލުން އޮހެމުންދިޔަ ކަރުނަތައްވެސް ހުއްޓުނެވެ.
އާ ދުވަހަކަށް އިރު އަރައިފިއެވެ. ރޭޝަމް ތައްޔާރުވަމުން ދިޔައީ އެންމެ ފަހު ޓެސްޓަށް ދިޔުމަށެވެ. އަތް ދަބަސް ކޮނޑުގައި އަޅުވާލަމުން ރޭޝަމް ކޮޓަރިން ނިކުތެވެ. ކޮލެޖާ ހަމައަށް ދެވުނުތަނާ ރޭޝަމްގެ ފޯނު ރިންގުވާންފެށިއެވެ.
” ރޭޝަ…މް….“ އެކޮޅުން ވާހަކަދެއްކީ ޒަފޫއެވެ.
“ ޒަފޫ.. ކިހިނެއްވީ ތިރޮނީ؟ …ޕްލީޒް ބުނެބަލަ..“ ރޭޝަމްގެ ހިތުގައި ނުތަނަވަސްވެރިކަމެއް އުފެދުނެވެ. ރޭޝަމްގެ އެސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޒަފޫއަށް ރޮވެންފެށުނެވެ.
” ބުނެބަލަ.. ކިހިނެއްވީތަ؟ ހެޔޮނުވާނެ.. އަހަރެން ވަރަށް ބިރުގަނޭ އެބަ…“ ރޭޝަމްގެ ދެލޯ ފެންކަޅިވިއެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ރޭޝަމްއަށް ޔަގީންވިއެވެ.
“ ނަރީމާއްތަ… ރޭގަ…“ ޒަފޫގެ އަޑު ބެދުނެވެ.
” މަންމައަށް ކިހިނެއްވީ؟؟؟؟“ ރޭޝަމްގެ އަޑު ބާރުވިއެވެ.
“ ނަރީމާއްތައެއް މިހާރު….މިދުނިޔެއަކު..ނެތް …“ޒަފޫ ވަރަށް ހިތްވަރުކޮށްފައި ބުނެލިއެވެ.
” ކީކޭ؟؟؟؟؟؟ ތީ ދޮގެއް.. ބުނޭ ތީ ދޮގެކޭ…. ޒަފޫ ވެސް ދެން ތިކަހަލަ ސަމާސާ ކުރާކަށް ނުވާނެއެއްނު…“ ރޭޝަމްއަށް ހަޅޭއްލަވައިގަނެވުނެވެ. އެވަގުތު މަގުމަތީގައި ތިބި އެންމެން ގެ ނަޒަރު ރޭޝަމްއަށް ހުއްޓުނެވެ.
” މިއީ ހަމަ ތެދެކޭ ރޭޝަމް… މިންހާ.. މިންހާ ގެންގޮސްފި އެމީހުން…“ ޒަފޫއަށް އިތުރަކަށް ވާހަކައެއް ނުދެއްކުނެވެ. އެވަގުތު ފޯނު ރޭޝަމްގެ އަތުން ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. ބޭއިޚްތިޔާރުގައި ދެކަކޫ މައްޗަށް ރޭޝަމްއަށް ތިރިވެވުނެވެ. އަދި އަޑުގެ ނެތް ތަނަށް ހަޅޭއްލަވައިގަނެވުނެވެ.އެއާއެކު ހުއްޓުމެއްނެތި ރޭޝަމްގެ ދެލޮލުން ކަރުނަ އޮހެރެންފެށިއެވެ. ގިސްލަގިސްލާފައި ރޭޝަމްއަށް ރޮވެމުންދިޔައެވެ. އެވަގުތު އެމަންޒަރު ބަލަން ހުއްޓިގެން ހުރި ކޮންމެ މީހެއްގެ ހިތަށް ވެސް އަސަރުކުރާނެއެވެ. ޒަފޫ ދެއްކި ވާހަކަތައް ގަބޫލުކުރަން ރޭޝަމްއަށް ދަތިވިއެވެ. ހިތްވަރުކޮށްފައި ފޯނު ނެގުމަށްފަހު ގެއާ ދިމާލަށް ރޭޝަމް ދުއްވައިގަތެވެ.
ގެއަށް ވަދެވުނުއިރު ޒާހިދު ސިޑިން ފައިބަނީއެވެ. ޒާހިދު ފެނުމާއެކު ރޭޝަމް ދުވެފައި ގޮސް ޒާހިދުގެ ގައިގައި އޮޅުލައިގަނެވުނެވެ. ބޭއިޚްތިޔާރުގައި ރޭޝަމްއަށް ބާރަށް ރޮއިގަނެވުނެވެ. ރޭޝަމް އެގޮތަށް ރޯތަން ފެނުމުން ޒާހިދުގެ ދެލޯވެސް ފެންކަޅިވިއެވެ.
” ކިހިނެއްވީ ތިރޮނީ؟؟؟ ބުނެބަލަ އަހަރެން ކައިރީ…“ ޒާހިދު ރޭޝަމް ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރިއެވެ. އެހެނަސް ރޭޝަމްއަކަށް ވާހަކައެއް ނުދެއްކުނެވެ. ރުއިންވީ ހައްތަހާވެސް އިތުރެވެ. ޒާހިދުގެ ގައިގައި ބައްދާލައިގެން ހުރެ އެތައް އިރެއް ވަންދެން ރޭޝަމް ރުޔެވެ.
“ ދެން ބުނެބަލަ ވީގޮތެއް.. ޕްލީޒް ރޭޝަމް..“ ޒާހިދު ލޯތްބާއެކު ރޭޝަމްގެ ބޮލުގައި ފިރުމާލިއެވެ.
” މަންމަ…. މަންމަ ރޭޝަމް ދޫކޮށްލާފަ ދިޔައީ… ދެން… ނުފެން ނާނެ މަންމައެއް…“ އަނެއްކާވެސް ރޭޝަމްއަށް ރޮވެން ފެށުނެވެ.
“ ކީކޭ ތިކިޔަނީ؟؟؟ ރީއްޗަށް ކިޔައިދީބަލަ.. ކާކު ކިޔައިގެން އުޅޭ އެއްޗެއްތަ ތީ..“ ޒާހިދަށް ގަބޫލުކުރަން ދަތިވިއެވެ.
” ޒަފޫ ގުޅާފަ ބުނީ ރޭގަ…. މިންހާ.. މިންހާވެސް އެމީހުން އަތުލައިފި…“ ރޭޝަމްއަށް ގިސްލެވެމުން ދިޔައެވެ. ޒާހިދުގެ ދެލޯ ބޮޑުވެގެންދިޔައެވެ.
“ އަހަރެން ބޭނުން ރަށަށް ދާން… ހެޔޮނުވާނެ… އަހަރެން ރަށަށް ގެންގޮސްދީ…“ ރޭޝަމް އާދޭހުގެ ރާގެއްގައި ބުނެލިއެވެ. އާނއެކޭ ބުނުމުގެ ގޮތުން ޒާހިދު ބޯޖަހާލިއެވެ.
ރަށާ ހަމައަށް ދެވުނުއިރު ރޮއި ރޮއި ރޭޝަމްގެ މޫނު ވަނީ އެއްކޮށް ދުޅަވެފައެވެ. ލޯންޗު ފާލަމާ ގާތްކޮށްލުމާއެކު ރޭޝަމް އަވަސް އަވަހަށް ލޯންޗުން ފޭބިއެވެ. ޒާހިދު ރޭޝަމްގެ އަތުގައި ބާރަށް ހިފާލިއެވެ. އެވަގުތު ޒާހިދުގެ އަތް ފޮޅުވާލަމުން ރޭޝަމް ގެއާ ދިމާލަށް ދުއްވައިގަތެވެ. ޒާހިދު ގޮވާ ގޮވާ ރޭޝަމްއަށް އަޑެއް ނީވުނުކަހަލައެވެ. އެހެންކަމުން ރޭޝަމްގެ ފަހަތުން ޒާހިދުވެސް ދުއްވައިގަތެވެ.
ގެއާ އަރާހަމަވިއިރު ގޭ ކައިރީގައި ރަށުގެ ހުރިހާ ރައްޔިތުން އެއްވެ ތިއްބެވެ. އެ އެންމެން ދުރުކުރަމުން ރޭޝަމް ގެއަށް ވަންނަން ދުއްވައިގަތެވެ. އެވަގުތު ރޭޝަމްގެ ފިޔަވަޅަށް ހުއްޓުން އެރީ ފުލުހުންގެ ދެމީހަކު ރޭޝަމްގެ ގައިގައި ހިފަހެއްޓުމުންނެވެ.
“ އަހަރެންގެ ގައިން ދޫކުރޭ.. އަހަރެން މަންމަ ކައިރިއަށް ދާން ބޭނުން.. އަހަރެންގެ ގައިން ދޫކުރޭ…“ މޮޔައަކު ފަދައިން ރޭޝަމް ހަޅޭއްލަވަމުންދިޔައެވެ.
“ ޕްލީޒް ކޮންޓްރޯލް ޔުއަރސެލްފް… މިއީ އާދައިގެ މަރެއް ނޫން.. އެހެންވީމަ ފުލުހުންގެ ތަހުގީގަށް ހުރަސްއެޅޭ ފަދަ ކަންތައް ނުކުރުމަށް އިލްތިމާސްކުރަން…“ އަންހެން ފުލުހަކު ރޭޝަމްއަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ. ރޭޝަމް ފެނުމާއެކު ޒަފޫ ދުވެފައި ގޮސް ރޭޝަމްގެ ގައިގައި އޮޅުލައިގަތެވެ. ޒަފޫ ފެނުމުން ރޭޝަމްއަށް ލިބުނީ އިތުރު ހިތްދަތިކަމެކެވެ. ރުއިންވީ ހައްތަހާ އިތުރެވެ. ރޭޝަމް ހަމައަކަށް އެޅުވޭތޯ ރޭޝަމް ގޮވައިގެން ޒަފޫމެން ގެއަށް ދިޔުމަށް ޒަފޫ ހިނގައިގަތެވެ. އެވަގުތު ޒާހިދު އައިސް އެގެއާ އަރާހަމަވަނީއެވެ.
ޒަފޫމެން ގެއާ ހަމައަށް ދެވުނުއިރުވެސް ރޭޝަމް ހަމައަކަށް ނޭޅެއެވެ. ޖޯލިފަތީގައި އިށީންނަމުން ރޭޝަމް ބޮލުގައި އަތްއަޅާލިއެވެ. “ހެޔޮނުވާނެ.. އަހަރެން މަންމަ ކައިރިއަށް ގެންގޮސްދީ…“ ރޭޝަމް އާދޭސްކުރަމުން ދިޔައެވެ.
” ފުލުހުންގެ ތަހުގީގަށް ބޭނުންވާ ކަންތައް ހޯދައި ނިމުނީމަ އެމީހުން ނަރީމާއްތަގެ ހަށިގަނޑު އަހަރުމެންނާ ހަވާލުކުރާނެޔޭ…. އޭގެ ކުރިން ރޭޝަމް އެތަނަށް ދިޔުން ރަނގަޅެއް ނޫން…“ އާމިރާ ރޭޝަމްއާ ޖެހިގެން ހުރި ޖޯލިފަތީގައި އިށީންދެލިއެވެ. އެވަގުތު ކުރިމައްޗަށް އައިސް ހުއްޓުނު ޒުވާނާ ފެނުމުން އާމިރާގެ ހިތުގައި އެތައް ސުވާލުތަކެއް އުތުރިއަރައިގަތެވެ.
” ޒާހިދު…“ އާމިރާއަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ. އެއަޑަށް ސިހިފައި ޒާހިދާ ދިމާލަށް ޒަފޫ ބަލައިލިއެވެ.
“ ކޮންމެއަކަސް ކަންތައް މިވީ ވަރަށް ދެރަކޮށް… އެކަމަކު އަހަރެން މި ހިތަށް އަރަނީ މިންހާ ވީ މިރަށުގަކަން އެމީހުންނަށް އެނގުނީ ކިހިނެއްބާއޭ…“ ރޮވިފައިވާ ހާލު އާމިރާއާ ދިމާލަށް ޒަފޫ ބަލާލިއެވެ. އެވަގުތު ޒާހިދުގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެއްވެސް ހަގީގަތެއް ރޭޝަމްއަށް އިނގޭކަށް ޒާހިދު ބޭނުމެއް ނޫނެވެ. ކަންތައްތައް މިފަދަ ގޮތަކަށް ވެގެންދާނެ ކަމަކަށް އެއް އިރެއްގަވެސް ޒާހިދު ހިއެއް ނުކުރެއެވެ. އެހެނަސް މިއަދު ވަގުތު ފާއިތުވެއްޖެއެވެ.
“އަހަރެންނަށް މައާފު ކުރޭ ރޭޝަމް.. އަހަރެން މިންހާގެ މައުލޫމާތު ދިނީ ހަމައެކަނި ރޭޝަމް އެމީހުންގެ ކިބައިން ސަލާމަތްކުރުމަށްޓަކާ.. އެހެނަސް މިއަދު ރޭޝަމްގެ ދެލޮލުން ތިއޮހެރޭ ކޮންމެ ކަރުނަތިއްކެއްގެ ޒިންމާ އަހަރެންވެސް އުފުލަންޖެހޭނެ… މިގޮތަށް ކަންތައްމިވީ އަހަރެންގެ ވެސް ސަބަބުން…“ ޒާހިދަށް ހިތާ ހިތާ ކިޔާލެވުނެވެ. އެހެނަސް ދުލުން ބުނެދެވޭނެހާ ހިތްވަރެއް ނެތެވެ. ރޭޝަމްގެ ހިތުގައި ނަފްރަތު އުފެދޭކަށް ޒާހިދު ބޭނުމެއް ނޫނެވެ. އެހެނަސް ހަގީގަތާ ކުރިމަތިލާންޖެހޭނެ ދުވަހެއް އަންނާނެކަން ގައިމެވެ. އެދުވަހަކުން ކަންތައް ވެގެން ދާނެ ގޮތް ހިތަށް ވެސް ގެންނަން ޒާހިދަށް އުނދަގުލެވެ. ފަހެ ރޭޝަމް ޒާހިދަށް މައާފް ކުރާނެބާވައެވެ؟ ނޫނީ މުޅި އުމުރަށްޓަކާ ލޯބިން ގުޅުނު ދެހިތެއް ވޭންދެނިވި އަލިފާންގަނޑެއްގެ ތެރޭގައި އަނދާ އަޅިއަށް ވެގެންދާނީ ހެއްޔެވެ؟
ފުލުހުންގެ ތަހުގީގަށް ބޭނުންވާ އެއްޗެހި ހޯދައި ނިމުމާއެކު ނަރީމާގެ ހަށިގަނޑު ރޭޝަމްމެންނާ ހަވާލުކުރެވުނެވެ. ހިނަވައި ކަފުންކޮށް ހުރިހާ ކަމެއް ނިމުނުއިރު ރޮއި ރޮއި ރޭޝަމް ގެ މުޅި މޫނު ވަނީ އެއްކޮށް ރަތްވެ، ދުޅަވެފައެވެ. މަންޒަރު ބަލަން ތިބި ކޮންމެ މީހެއްގެ ދެލޯ ކަރުނުން ފާއްދަމުން ދިޔައެވެ. އެހުރިހާ މަންޒަރެއް ބަލަން ދުރުގައި ޒާހިދު އިނީ ބަސް ހުއްޓިފައެވެ.
“ ދެން ނުރޮއި މަންމައަށްޓަކާ ހެޔޮދުއާ ކުރޭ ރޭޝަމް.. ކޮންމެ މީހަކީވެސް ނިމިދާނެ މީހެއް…“ އާމިރާ ރޭޝަމްގެ ބޮލުގައި ހަމްދަރުދީއާއެކު ފިރުމާލިއެވެ. އިރުއޮއްސި އަނދިރިވެގެން ދިޔައިރުވެސް ނަރީމާގެ މަހާނަ ކައިރީގައި ޖެހުނު ބުދެއްހެން އިށީންދެގެން އިނދެ ރޭޝަމްއަށް ރޮވެމުން ދިޔައެވެ. ދުރުގައި ރޮވިފައި ޒާހިދުވެސް އިނެވެ. ރޭޝަމްގެ ދެލޮލުން އޮހެމުންދިޔަ ކޮންމެ ކަރުނަތިއްކެއް ޒާހިދުގެ ހިތް ތޮރުފަމުންދިޔައެވެ.
ގެއާ ހަމައަށް ރޭޝަމް ގޮވައިގެން އާމިރާއާއި ޒާހިދަށް ދެވުނުއިރު ޒަފޫ އެގެއާ އަރާ ހަމަވަނީއެވެ. ރޭޝަމް ފެނުމާއެކު ޒަފޫ ގޮސް ރޭޝަމްގެ އަތުގައި ހިތްވަރުކުރާށޭ ބުނާފަދައިން ބާރަށް ހިފާލިއެވެ. އަނެއްކާވެސް ލޮލުން އޮހެން ތައްޔާރަށް ހުރި ކަރުނަތައް އޮއްބާލަމުން ރޭޝަމް ގެއާ ދިމާލަށް ބަލާލިއެވެ. އެވަގުތު ކިތަންމެ މަސައްކަތެއް ކުރިކަމުގައިވީނަމަވެސް ރޭޝަމްގެ ދެލޮލުން އޮހެންފެށި ކަރުނަތަކެއް ނުހުއްޓުވުނެވެ. ގިސްލަ ގިސްލާފައި ރޭޝަމްއަށް ރޮވެންފެށުނެވެ.
” ޒާހިދު.. މިވަގުތު ރޭޝަމްއަށް ޒާހިދުގެ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާނީ.. ދޭ އެމަންޖެ ގޮވައިގެން އެތެރެއަށް.. ދައްތަ އަންނާނަން ކާއެއްޗެއް ހަދާލައިގެން…“ އާމިރާ ޒާހިދާ ދިމާލަށް ބަލާލިއެވެ. ޒާހިދު ރޭޝަމްގެ އަތުގައި ހިފައިގެން އެތެރެއަށް ވަނެވެ. އެމަންޒަރު ބަލަން ޒަފޫ އިނީ ހިތްހަމަނުޖެހިފައިވާ ހާލުގައެވެ. ރޭޝަމް ޒާހިދަށް ކިތަންމެ އިތުބާރެއް ކުރިޔަސް ރޭޝަމްގެ އެންމެ ގާތް އެކުވެރިޔާ، ޒަފޫއަކަށް ޒާހިދަކަށް އިތުބާރެއް ނުކުރެވެއެވެ. ޝައްކުގެ ނަޒަރަކުން ޒަފޫ ޒާހިދަށް ބަލާލަމުން ގެއާ ދިމާލަށް ހިނގައިގަތެވެ.
ކޮޓަރިއަށް ވަދެ ރޭޝަމް އެނދުގައި އިށީނުމަށް ފުރުސަތު ދެމުން ޒާހިދުވެސް އެނދުގައި އިށީނެވެ. ފުން ނޭވާއެއް ބޭރުކޮށްލަމުން ޒާހިދު ރޭޝަމްގެ މިލާ މޯޅިވެފައިވާ މޫނުގައި ލޯބިން ބޮސްދިނެވެ.
” އަހަރެންގެ ހަޔާތުގެ އުފާ އެގެއްލިދިޔައީ…. އަހަރެންގެ ހަޔާތުގެ ދިރުން….“ ޒާހިދުގެ ގައިގައި ބައްދާލަމުން ރޭޝަމްއަށް ގިސްލެވެމުންދިޔައެވެ.
” ޕްލީޒް ދޫނީ… ތިވަރަށް ނުރޮއި.. އަހަރެންނަށް ހާދަ އަސަރެއް ކުރެޔޭ ދޫނީ ތިގޮތަށް ހިތުގަޖެހިފަ، ރޯތަން ފެނުނީމަ..“ ޒާހިދުގެ ދެލޯ ވެސް ފެންކަޅިވިއެވެ.
“ އަހަރެންނަކަށް ކެތެއް ނުވާނެ މަންމައާ ނުލާ… މަންމައާ ނުލާ އަހަރެން ކިހިނެއް މިކެހިވެރި ދުނިޔޭގަ އުޅޭނީ… އަހަރެންގެ ހުރިހާ ވެސް މީހަކީ މަންމަ.. މިއަދު މަންމަވެސް އަހަރެން އެކަނިކޮށްލާފަ އެދިޔައީ އަހަރެންގެ ހިތް ރޮއްވާލާފަ… ދެން މިދުނިޔޭގަ އަހަރެންގެ ހަމަ އެކަކުވެސް ނެތް…. އަހަރެންވެސް ދެން ބޭނުމެއް ނޫން މިދުނިޔޭގަ އުޅޭކަށް…“ ރޭޝަމް މޮޔައަކު ފަދައިން ވާހަކަދައްކަމުން ދިޔައެވެ.
” ނޫން ރޭޝަމް… ތިހެން ނުބުނޭ… އަހަރެން މިހިރީނު… އަހަރެން ދުވަހަކުވެސް ރޭޝަމް އެކަނިކޮށެއް ނުލާނަން… އަހަރެން އަބަދުވެސް ރޭޝަމްއަށް އެހީތެރިވެ، ލޯބި އޭގެ އިންތިހާއަށް ދޭނަން.. އަހަރެންނަށް އިތުބާރުކުރޭ…“ ޒާހިދު ރޭޝަމްއަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ.
” އަހަރެން އިތުބާރުކުރަމޭ….“ ރޭޝަމް ޒާހިދުގެ ގައިގައި ބާރަށް ބައްދާލިއެވެ. ޒާހިދުވެސް ރޭޝަމްގެ ގައިގައި ލޯތްބާއެކު ފިރުމަމުން ދިޔައެވެ.
“ ހިނގާ އަހަރެންނާއެކު މާލެ ދާން… މިތާގަ އުޅެގެން ރޭޝަމްއަށް ތިހިތާމައިން މިންޖެއް ނުވެވޭނެ…“ ޒާހިދު ރޭޝަމްގެ ދެލޮލަށް ބަލާލިއެވެ.
” ނޫން.. އަހަރެންނެއް ނުދާނަން… އެހެން ނޫނަސް މަންމައާއެކު އަހަރެންގެ ކިޔެވުންވެސް ނެތިގެން އެދިޔައީ… އަހަރެން ކިހިނެއް މާލެ ގޮސް ކިޔަވާނީ… އެހުރިހާ ޚަރަދެއް ބަލަހައްޓާނެ މީހަކު ނެތް…“ ރޭޝަމް އިސް އުފުލާލަމުން ލޮލުން އޮހެމުންދިޔަ ކަރުނަތައް ފޮހެލިއެވެ.
” އަހަރެން މިހިރީނު….. އަހަރެން ހުރިހާ ޚަރަދެއްވެސް ކުރާނަމޭ… ޕްލީޒް…“ ޒާހިދު އާދޭހުގެ ރާގެއްގައި ބުނެލިއެވެ.
“ ނޫން.. އޭރުން މީހުން ބުނާނީ ކީކޭ… އަހަރެން ބޭނުމެއް ނޫން ޒާހިދަށް ބުރައަކަށް ވާކަށެއް…“ ރޭޝަމް އެއްގޮތަކަށްވެސް އެގޮތެއް ބޭނުމެއް ނުވިއެވެ.
” އެހެންވެއްޖެއްޔާ ދެން އޮތީ އެންމެ ގޮތެއް…“ ޒާހިދު ހިނިތުންވެލަމުން ރޭޝަމްގެ ކޮލުގައި ހިފާލިއެވެ.
“ ކޮން ގޮތެއް؟“ ހައިރާޏްވެފައި ހުރެ ރޭޝަމްއަށް އަހާލެވުނެވެ.
“ މެރީ ކުރުން… އެއްބަސްތަ؟“ ޒާހިދުގެ މޫނުން އުފާވެރިކަން ފާޅުވަމުންދިޔައެވެ. (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
96 Comments!
Comments are closed.



Alhey hadharychey ummah
thanks any
vrythi. but mo. dhiyai dho 🙁
thanks
Salhi ?
thanks raya
hear is part 20 enjoy
This story is totally different from other stories. Very interesting. 🙂
thanks zxii
OMG.. This is tooooooo good.. Ummuah.. Juss love it.. Love u starfish.. N btw r u a boy?? 😉 😛 🙂
Starfish is a gurl :p
im a girl thanks maain
thanks mazu
Varah reethi.
thanks hairaan
Alhey starfish you mad me cry……. ? varah sad vehje…
Minhaa???????
Star fish plx plx save minhaa plx ?????
hihihiihi
thanks sana
Vrh nice… Ekamu adhi ves dhigu kollaba!!!! ???
kohnme dhuvahaku gehna varah mi genes dheni
thanks kyaara
Vreethi reethi…….?
thanks
V sali ,ekamaku mom dhiaeyma dho
thanks sai
Vvvvvvvv salhi
Alhey starfish ,u are the BEST story writer ever…Alhe hama really varah vess reethi..Ur work is just sooo BRILLIANT…Believe me, if i give awards to the writers in esfiya ,you are the writer who will get the 1 st place..Alheyy the story is tooo PERFECT to be true…It seems like its a real life seen happening infront of me,while reading the story…Just so romanting …I love it so much.I believe that ur THE BEST dhivehi story writer in Maldives….Hama huvaa..U ge stories thah kiyaa myhaku moya vaahaaves u ge story thah reeethi…Reehcheh noon ingey varah reethi…! LOVE U …ummwaaah
mazu u made me blush
love u 2
thanks 4 the lovely comment
V nice…dhn kihineh baa dhw vaany….reysham and zaahidh dhuruvaan jehihjehyaa v kadavaane….e dhemeehun haadha loehbey…
ebunaahen dhw
thanks meee
Haadha reechey.. Ekamu reysham ehaa varh nurohvaba??
ok
thanks aisha
???v dhera mom maraalyma minhaa vx gendhiyaeeee dheravey dhn iny fahu part tha
nooon adhi iben 5 noony 6 varakah part..
thanks chumpu
Cover foto akaa story akaa nugulhey
vrh lwbi mi part vc ..alhe haadha sweet propose eh ekury..plc save minhaa fakyru..e yna maru nuvaa kameh vc neynge..zaahidh gos police ah report kohbala…wat r u waiting for ?
hihihihihihii unaal remember he is also a criminal
thanks unaal
e thedheh… I forgot
hihihihihii
Alhey hama bunaa ne ekah cheh ves nei….masha Allah…lov it…???????
thanks lam
Varah reethi mibaives. Ekamaku varah dgeravehje resham mom naruv ma??
thanks
Varah varah reethi
thanks mai
Mi vaahaka akee Esfiya ga vx gavaidhun up Kuraa hama ekani vaahaka, mihenve mivaahaka v kiyaahiy veyy…. and v reethi vaahaka vx. 🙂
thanks me
v happy mi vaahaka kiyaa thy
Wow varah v v salhi vaahaka .hama rohvaalaafi
thanks asko
Wow v v v reethi alhe mirey adhi eh part up kohlla dhey nama dhw mihaaru kiyaahithun hurevenykee ves noon hama v v v obi love you starfish??????
thanks shai ekam maadhan hedhunu heylaa iru innanee vaahaka up vefa ey
vrh vrh reethi mi part ves.. LOVED IT……next part kon irakun up vaany??????
thanks roya
2morow mornin ge kurin up vaane
waiting for that…..hehehe
Mi kiyaafa oiy story eh
Aharemen nukiyamey adhi
ya rahtehsehge edhumuge mathin alun up kurani mi
hihihi black
Maseh nukiyan
Salhi….. ? whn nxt??
thanks juma
2morow mornin
But I love this story. ❤️❤️❤️
thanks eysha
V kuru mi part kon irakun nxt part
2morow mornin
Wow my luving starfish.. Anehka anehbai up kohdhiny dhw.. Thy hama number one igey.. Thivareh nethey hama bunelan jeheyny.. Thihaa best kuhjeh adhi naadhe migothah story up kohdheykah.. Anehka story aky ehaame molhu n ehaame rythi story eh.. V v v ves molhu masha Allah.. Luv u
shann haadha lahakun comment kuri reyeh anehka miadh buxy v tha
anyways thanks shann
Yes.. Thi hyvy hama rangalhah.. Thankolheh bxy vyma ehen e vy.. Ekam abadhuves story ah inthixaaru kuran igey
v ufaa vejje buxy koh ulemun vx vaahaka kiyaa thy
Wooooowww ??
thanxxxx
Starfish ge mivaahaka number 1
hihihii
thanks hairaan
Starfish ..21vana bayah inthizaaru kurany
thanks
Alhey.. mi navy ah haadha inthixaareh kurevey story ekey.. kohme dhuvahaku ethah faharaku story up vejje thoa beley☺ haadha reechey mi vaahaka… starfish thikuraa hiyvarah fahfashun shukuru dhannavan? tc.. lv u..
thanks navya
v ufaa vehjje navya kahala reader eh mi story kiyaathy thanks again
ekamaku haadha ava hakaavaahaka nimaalaashey thiulhenee v.reethi mebaives
dhn nimeyne dhw kohnme vaahaka eh vx.. kurin liyefa othyma dhn changeh nukureveyne ehnu.. mibuny dhigunukureveyne vaahaka..
thanks azoo
Negative comment nujahaneetha team kudhin
negetive comment kurintha
thi geyngu athu alhuvaalaafa emiihunnae hagu adabudeefa vaahaka ninmaalaathi eingeyy starfish
hiihii
thanks shaan
Varah reethi masha’allah ?
thanks mary
mihaaru 21 vana part up kuran jahssafin
Vvvvv nice ??????❤️
thanks anaa
21kiyaahithun nunidhaa. Kba up kohbala.
thanks hairaan
yes kbr tha nct part…
pending ga iny
Kobaathaaaaa next part
pending ga iny
Kobaatha next parrtttt ?
pending ga iny
Adhives up nuveyy… ?
pending ga iny