Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިޒްނާ (1 ބައި)

Aaishaa Level 1
January 28, 2018 2 Mins Read
5 Comments

އުޑުމަތި ދިޔައީ ބަނަ ކުރަމުންނެވެ. އިރުއޮއްސޭ މަންޒަރު ބަލަން ގޮސް ތިބި ކުދިބޮޑު އެންމެން ގެޔަށް ދިޔުމަށް ހިގައިގަތެވެ. އެހެން އެންމެން އުޅޭ ގޮތަކަށް ފަރުވާލެއް ނުބަހައްޓާ އިޒްނާ އިންތާ އެކަނިމާ އެކަނި މަޑުމަޑުން އިނެވެ. އެންމެން ގޮސް ނިމިޖެވެ. މުޅި އަތިރިމަތި ހަމަހިމޭން ވިއެވެ. ގުދުރަތުގެ ހިތްގައިމު އަޑު ފިޔަވާ އެހެން އަޑެއް ނީވެއެވެ. އޭރުވެސް އިޒްނާ އެ އިންތާ އިނެވެ.

ފިނި ފިނި ފެން ތިކިތަކެއް އިޒްނާގެ ގަޔަށް ޖެހުމުން މުޅި މީހާ ފިނިވިއެވެ. އަދި ވާރޭގެ ހިތްގައިމް އަޑުން މުޅި ހިސާބު ގުގުމާލިއެވެ. އިޒްނާ ތެދުވެ ހިޔާ ހޯދުމަށް ދުއްވައިގަތެވެ. އަތިރިމަށްޗައި މާ ދުރުނޫން ހިސާބެއްގައި ހުރި ފަޅު ގެއެއްގެ ދޮރުމަތީ ހިޔާވާ ހިސާބުގައި މަދުކޮލިއެވެ. ވިސާރަ ހުޓާލާނެ އިރަކަށް އިންތިޒާރު ކުރަން ދޮރުމަތީގައި ހިޔަލުގަ ހުރި އިޒްނާ ސިއްސައިގެން ގޮސް ފަސްއެބުތި އެ ފަޅުގޭގެ އެތެރެއަށް ބަލާލެވުނީ މީހަކު ތުންގޮއްވާލި އަޑު އިވުމުންނެވެ.

އެވަގުތު ގޭގެ އެތެރެއިން ދެބައި އުމުރަކަށްދާ މީހަކު އިޒްނާ އާއި ދިމާލަށް އަންނަތަން ފެނުމުން ބިރުން ގޮސް މުޅި މީހާ ދާހިތްލަން ފެށިއެވެ. އެނބުރި ދުއްވައި ގަތުމުން އެމީހާ އައިސް އިޒްނާ ގައިގާ އެއް އަތުން ގައިގަ އަދި އަނެއް އަތުން އިޒްނާ އަޑު ބަންދުވާ ގޮތަށް އަގަމަތީގައި އަތް އަޅާ އުފުއްލާލައިގެން ގެންގޮސް އެ ގެގޭ އެތެރެއަށް ވެއްދިއެވެ. އެތެރެއައް ވަދެވުމާއި އެކު އިޒްނާ ބިންމައްޗަށް ވައްޓާލިއެވެ. ނުބައި ނުލަފާ ހިނިގަނޑެއް ޖަހާލުމަށް ފަހު އެމީހާ އިޒްނާގެ ލޫޅާފަތި ހަށިގަނޑު ނިވާ ކުރުމަށް ލައިގެން ހުރި ފިޔާތޮށި ކުލައިގެ ހެދުން ވީދާލިއެވެ. ދެން އިވިގެން ދިޔައީ އިޒްނާގެ ވޭނީ ރުއިމުގެ އަޑެވެ. އެމީހާގެ ބޭނުން ފުދުނީމަ ހަމަޖެހިލައިގެން އެތަނުން ނިކުމެގެން ދިޔައީއެވެ.

ޙާލިދާއި ޙައިފާ ސިޓިންރޫން ސޯފާގައި އިށީދެލައިގެން ތިބިއިރު ދެމީހުންގެ ނަޒަރު ވެސް އަމާޒު ވެފައިވަނީ ގޭގެ ބޭރުދޮރާއި ދިމާލަށެވެ. ޙައިފާ އިރު އިރުކޮޅާ ފާރުގައި ހުރި ގަޑި އާއި ދިމާލަށް ބަލާލައެވެ. ސިޓިންރޫމް ތެރޭގައި ދެކޮޅަށް ހިގާލަ ހިގާލަ ހުރި އިފާޝާ ދިޔައީ ހުއްޓުމެއް ނެތި މީހަކަށް ގުޅަމުންނެވެ.

މުޅި ސިޓިންރޫމްގައި ވެރިވެފައި އޮތް ހަމަހިމޭން ކަން ފިލުވާލީ ޙައިފާގެ ނުތަނަވަސް ވެފައިވާ އަޑުންނެވެ. “ކޮބާތަ އިޒްނާ؟ އަދި ވެސް ފޯނެއް ނުނަގާތަ؟ މިހާރު އެހެރަ ގަޑިން ދިހައެއް ޖަހަނީ. އަޅެ ސައިހާއަށް ގުޅާބަލަ. މޫދު ކައިރިއަށް ގޮސް ދެން ދާނީ އެ ގެޔާށޭ ބުނި.”

މަންމަގެ އެދުމުގެ މަތިން އިފާޝާ ސައިހާއަށް ގުޅާލިއެވެ. ދެތިން ފަހަރަކު ރިންގު ވުމަށްފަހު ސައިހާ ފޯންނެގިއެވެ. ސައިހާގެ ފަރާތުން ލިބުނީ އުންމީދު ކުރި ފަދަ ޖަވާބެއް ނޫނެވެ. ސައިހާ ބުނި ގޮތުގައި އިޒްނާ ހަވީރު މެސެޖް ކޮއްފައި ވިއްސާރަ ވާން އުޅޭތިވެ ނުދާނެ ވާހަކަ ބުނިއެވެ. އަދި އޭގެ ފަހުން ސައިހާއަށް އިޒްނާ އެއްވެސް ހަބަރެއް ނުވާ ވާހަކަ ވެސް ސައިހާ ބުނިއެވެ.

Share Article

Follow Me Written By

Aaishaa

Level 1

Other Articles

Previous

ވަންހަނާ (އެގާރަވަނަ ބައި)

Next

މިލަ ހަނދުވަރު

Next
January 28, 2018

މިލަ ހަނދުވަރު

Previews
January 28, 2018

ވަންހަނާ (އެގާރަވަނަ ބައި)

5 Comments!

  1. Icy♡ says:
    January 28, 2018 at 3:30 pm

    WOW

  2. Jeyz says:
    January 28, 2018 at 3:33 pm

    Me 2 nd

  3. Friends says:
    January 28, 2018 at 4:28 pm

    Salhi .ekam stry vvv kuru dhw next part
    .dhigukoh dhiybala

  4. އެކުވެރިޔާ says:
    January 28, 2018 at 5:52 pm

    Buni noon.. bunyeve.. imlaa kuh rangalhu kohlaa.. nice

  5. Pinky shifoo says:
    January 29, 2018 at 4:52 pm

    Nice

Comments are closed.


All Right Reserved!