“ދެން މިހެން ތިބެނީތަ ހިންގަގަަ ހިނގައި ގަންނަން..”އެމީހުން ތިބިތާ ތިބުމުން ކިޔާރާ ހިނގައި ގަންނަމުން ބުންޏެވެ.ކިޔާރާ ފަހަތުން އަނެއް ދެމީހުންވެސް ހިނގައިގަތީ އަވަހަށް ދިޔުމުގެ ބޭނުމުގައެވެ. ތިންމީހުން ވާހަކައިގައި ތިބެ ނައުފާ މެން ގެއާއި ހަމަވިއެވެ.”ކީކުރަން ނައު މެން ގެއަށް..؟؟”ރަައުފާ އާއި ރައުލާ އެގެއަށް ވަންނަން އުޅުމުން ކިޔާރާ އެމީހުންގެ އަތުގައި ހިފެހެއްޓި އެވެ.”އެބަ އަންނަން އެއުޅޭ ތަތްމަރު ގޮވައިގެން..އޭނަ ބުންޏޭ އޭނަ ގޮވައިގެން ދާށޭ..އެހެންވެ..”ރައުލާ އަވަސް އަވަހަށް ބުނެލި އެވެ.”ދޮންތަ ވެސް ތަ..؟އެކަމް ދޮންތަ މަޑު […]
ލީޒާ ގެޔަށް ދިޔަ މަގުމަތީ ޖީބާއް އަތް ލިއިރު ޖީބުގައި ގޭގެ ތަޅުދަނޑިފަތި ނެތްކަން އިނގުނެވެ. އަދި ހަނދާންވީ ޒާހިރު މެންގޭ ކާމޭޒުމާތީ ތަޅުދަނދިަފަތި ބައިންދާފައި އާދެވުނު ހަނދާނެވެ. ވަގުތުން ލީޒާ މިސްރާބު އަނަބުރާލުމަށްފަހު ޒާހިރު މެން ގެއާ ދިމާލައް ހިނގައިގަތެވެ. އޭރުވެސް ޒާހިރު ޝާމިން އަށް އަނިޔާ ކުރަމުން ގެންދެއެވެ. 4 ވަނަ ބައި ލީޒާ ޒާހިރުމެން ގެ ގެޔާ ވަރަށް ގާތްވިއެވެ. ނަމަވެސް ލީޒާ ހުއްޓުމަކަށް އައެވެ. އެއީ ލީޒާ އަށް އައި ފޯނުކޯލަކާ ހެދިއެވެ. […]
ވަރަށް ގިނައިރު ވިސްނަން އޮވެފައި އަޝްލީން ނިންމީ ރާކިން ކައިރިއަށް މާފަށް އެދެން ދާންށެވެ. އޭރު ދަންވަރު ބާރަ ޖަހަނީއެވެ. ހުދުކުލައިން ޑިޒައިން ކޮށްފައިވާ ކަޅުކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖީންސްއެއް ލައިގެން ލޯގަނޑު ކުރިމަތީގައި އަޝްލީން ހުއްޓުނެވެ. އެއްވެސް މޭކަޕެއް ނުކޮށް ފުން ނޭވާއެއް ލާފައި އަޝްލީން ކޮޓަރިން ނިކުތެވެ. ހިތް ދިޔައީ ބާރު ބާރަށް ތެޅެމުންނެވެ. ލަސްތަކެއްނުވެ އަޝްލީންއަށް ރާކިންމެންގެއާއި އަރާ ހަމަވިއެވެ. ދޮރު ހުރީ ތަޅުލާފައެވެ. ނަމަވެސް ފާރުމަތިން ފުންމާލައިގެން އަޝްލީން އެގެއަށް ވަދުނެވެ. […]
ކުރީގެ އެޕިސޯޑުގެ ތެރެއިން * ދެ އެކުވެރިން ކޮލެޖަށް ދެވުމުން ސިޑިން މައްޗައް އަރާ ކްލާހަށް ވަނެވެ.ކްލާހަށް ވަންނަން ނެގި ފިޔަވަޅުމަތީ އެލީޝާ ހުއްޓުނީ ކްލާހުގައި އިން ފިރިހެން ކުއްޖާ ފެނުމުންނެވެ.އެލީޝާ އަވަހަށް ނެންގޭކަމަށް ހަދާ ފަހަތުން ގޮނޑިއެއްގައި އިށީނެވެ.އޭރު ވެސް އެލީޝާ ހުރީ އެތެރޭން ރުޅިގަނޑު ކޮންޓުރޮލް ކޮށްގެނެވެ.ޒިވާން އަށްވެސް އެލީޝާ ފެނުމުން ވީ އެވަރެވެ.”މައި،އޭނަ ވެސް ކިޔަވަނީ މި ކޮލެޖުގަތަ”އެލީޝާ އެނާ ގާތުގައި އިން މައިރާ ކައިރީގައި ބުންޏެވެ.”މަށަށް ހީވަނީ ނަފްރަތު ލޯއެއްބަށް ހެން […]
” އެ.އެ. އެއީ ރައްޓެއްސެއް. އުފަންދުވަހުގެ ތަހުނިޔާކިޔަން ގުޅީ” ފުރަތަމަފަހަރަށް ވަރުދާ އޭނަގެ މަންމައަށް ދޮގުހެދިއެވެ. ” އުފަންދުވަހު ގެ ތަހުނިޔާއޭ؟ މާދަމާއެއްނު އަދި އުފަންދުވަސް” ނާހިދާ ބުނެލިއެވެ. ” ބާރަޖެހީމައި ދެން އަނެއްދުވަހަށް ވީނު” ވަރުދާ ބުނެލިއެވެ. ” އެހެންވިއްޔާ ހެޕީ ބާތްޑޭ” ނާހިދާ ބުނެލިއެވެ. ” ޝުކުރިއްޔާ. ކީއްވެ ހޭލައި ތިއުޅެނީ؟” ވަރުދާ އެހިއެވެ. ” ފެންފޮދެއް ބަލައި އައީ . ދަރިފުޅު މީހަކާއި ވާހަކަދައްކައި އަޑު އިވިގެން މި ގޮވައިލީ” ނާހިދާ ބުނެލިއެވެ. […]
ކައިލް ކުރިއަށްވުރެ ބޮޑަށް ޒިވާ އާއި ދިމާއަށް ގުދުވެލިއެވެ. ކައިލް އެހެން ކަންތައް ކުރުމުން ޒިވާގެ ހިތް ކުރިއަށްވުރެއް ބާރަށް ތެޅެންފެށިއެވެ. ކައިލް ދެންކޮށްލި ކަމަކުން ޒިވާ އަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ************************************************************************* ” ހައްހައްހައްހާ” މައިހާގެ ހިނިގަނޑު ފަޅާގެން ދިޔައެވެ. ޒިވާ ދިޔައީ ތަޅުވާގެންނެވެ. އެސްފިޔަތައް ތަޅުވާލުމަށްފަހު ރަނގަޅަށް ބަލާލިއިރު ކުރިމަތީގައި ހުރީ މައިހާއެވެ. ” މިހާރު އެހާ އަވަހަށް ކައިލް އަށް ގޮވަންފެށީދޯ. އެހެންނުން ވާނީ ދާހާ ހުރިހާ ތާކުން ފެންނަނީ ކައިލް ވިއްޔަ.” ހެމުން ހެމުން މައިހާ ވާހަކަ ދެއްކި އިރު ޒިވާ އިނީ ލަދުން ހަލާކުވާވަރު ވެފައެވެ. މައިހާ ކައިލް ކާރީގައިވެސް ބުނެފާނެއެވެ. ޒިވާ އެހެން ހިތަށް އެރުމުން މައިހާ އަށް ގޮވާލި ވަގުތު ދޮރުން އެތެރެއަށް ވަދެގެން އައީ ކައިލްއެވެ. ޒިވާ އަށް ކައިލް ފެނުމުން ބަލަހައްޓައިގެން އިނދެވުނެވެ. ގަދަ ނޫކުލައިގެ ޓީޝާޓް އަކާއި ކަޅު ކުލާގެ ސޯޓެއްގައި ހުރި ކައިލް ފެންނަނީ ވަރަށްވެސް ފުރިހަަމަ ކޮށެވެ. ކައިލް ހިނގަމުން އައިސް ޒިވާގެ އެނދު ކައިރީ ހުއްޓުމުން މައިހާ ފެށީ ދެންމެ ވީކަންތައް ކައިލްއަށް ކިޔާދޭށެވެ. ޒިވާ އިނީ ކައިލްގެ މޫނަށް ބަލަން ނުކެރިފައެވެ. ލަދުން އިސްޖަހައިގެން އިން ޒިވާ ފެނުމުން މައިހާ އެދެއްކީ ތެދު ވާހަކަކަން ކައިލްއަށް އެނގުނެވެ. ” ޒިވާ އަހަރެން އަންނާނަން މިތާ ކައިރި ފިހާރައަކުން ޖޫސް ޕެކެޓެއް ގަނެގެން” ހެމުން ހުރެ މައިހާ އެހެން ބުނެލުމަށްފަހު ނިކުމެގެން ދިޔައީ ޒިވާއަށް އެއްޗެކޭ ބުނުމުގެ ފުރުސަތެއްވެސް ނުދީއެވެ. ކައިލް އާއި ޒިވާ އެކަނިވުމުން ޒިވާގެ ހިތް ތެޅެންފެށިއެވެ. ދެއަތް ދެއަތާ މޮޑެމުން އިނދެ ޒިވާ ކައިލްއަށް ބަލާލި ވަގުތު ކައިލް ވެސް ޒިވާ އާއި ދިމާއަށް ބަލާލިއެވެ. ކައިލް ހިނިތުން […]
ޒޯޔާ ހެމުން އައިސް ޒެނީޝް ކުރިމަތީ ހުއްޓިލިއެވެ. ޒެނޝް އައްވެސް ހެވުނެވެ. ޒޯޔާއާއި ޒެނީޝް ސޯފާގައި އިށީނީ ދެންމެ ހިނގި ކަންތައް ކިޔާ ދޭން ޒެނީޝް ގާތު އެ ދެމުން ނެވެ. ވީގޮތް ކިޔާ ދިން އިރު ދެމީހުން ވެސް ތިބީހެވިފަ އެވެ. ކުއްލިއަކަށް ދޮރު ހުޅުވާލާފައި ނާއިފް އަނެއްކާވެސް ވަދުނެވެ. “ޒޯޔާ! މިރޭ ތި ދެމީހުން އެއްކޮޓަރީ ނިދާ! މާދަން އިރު […]
ހަތަރުވަނަބައި ފީނަކަށް ހެދިފައިވާ ކެޔޮގަސްތަކުގެ ކައިރީ އަލީމާ މަޑުކޮށްލިއެވެ. “ބަލަ އަހަރެން އަހަރެންގެ ދަރި އަލީމާ ކަލެޔާ ދެވީ ކަލޭގެ މުދަލުން ވަކިވަރެއް ދޭންބުނެގެންނޭ….. ކަލޭ ކީއްވެހޭ ހަނދާންނެތުނީ” އަލީމާގެ ބައްޕަގެ ދުލުން މިޖުމްލަ ނިކުތުމާއެކީ އަލީމާއަށް އަނގަމަތީ އަތްއަޅާލެވުނެވެ. އަލީމާގެ ބައްޕަ އަލީމާ ހުމޭމްއާއި ދެވީ ހުމޭމްގެ މުދަލުން އެއްބައިދޭގޮތަށް ކަމެއް ކުރިޔަކުން އަލީމާއަކަށް ނޭނގެއެވެ. މައިންބަފައިން ދަރިން ހޯދަނީ ދަރިން ވިއްކަންހެއްޔެވެ؟ ހަމަގައިމުވެސް މިފަހަރު މިވީ އެހެންނެވެ. އަލީމާއަށް ބާރަށް ގިސްލެވެން ފެށުނީ ހިތަށް […]
“ކިޔާ ހާދަ އުފާ ވާނޭ ދޯ..ކިޔާގެ ފަސްޓް ބާތްޑޭ ޕާރޓީ ވިއްޔަ..”ރައުލާ އުފާވެލައިފާ ބުންޏެވެ. “އައްދޭ ދެކުދިން ކޮން ވާހަކަ އެއް ދައްކާލަނީ..މަންމަ ގާތު ނުބުނާނަންތަ..”ރައުލާގެ ވާހަކަތައް ހުއްޓުނީ ރައީފާ އައުމުންނެވެ. “މަންމަގާތު ބުނެފާނަން..އެކަމް ކިޔާގާތު ނުބުނާމަތިން..”ރައީފާއަށް ކިޔާރާ ނަން އަޑު އިވުމުން ފާޑަކަށް ފޫހިވެފަ ރުޅިއައެވެ.”ހުމް ނުބުނާނަމޭ..”އެހުރިހާކަމެއް މޫނުމަތިން ނުދައްކާ ހިނިތުން ވެލިއެވެ. “މިއުޅެނީ ކިޔާ އަށް ސަޕްރައިޒް ބާތްޑޭ ޕާރޓީ އެއް ބާއްވަން ޕްލޭން ކޮށްގެން..ހަނދާންކޮށް ކިޔާ ކައިރީގަ ނުބުނާތި..”އެވާހަކަ ރައީފާ ގާތު ބުނުމުން […]