Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތްދަތި ދުވަސްތައް 18

Lily Level 210 Stories
July 4, 2021 2 Mins Read
2 Comments

“ދެން މިހެން ތިބެނީތަ ހިންގަގަަ ހިނގައި ގަންނަން..”އެމީހުން ތިބިތާ ތިބުމުން ކިޔާރާ ހިނގައި ގަންނަމުން ބުންޏެވެ.ކިޔާރާ ފަހަތުން އަނެއް ދެމީހުންވެސް ހިނގައިގަތީ އަވަހަށް ދިޔުމުގެ ބޭނުމުގައެވެ.

ތިންމީހުން ވާހަކައިގައި ތިބެ ނައުފާ މެން ގެއާއި ހަމަވިއެވެ.”ކީކުރަން ނައު މެން ގެއަށް..؟؟”ރަައުފާ އާއި ރައުލާ އެގެއަށް ވަންނަން އުޅުމުން ކިޔާރާ އެމީހުންގެ އަތުގައި ހިފެހެއްޓި އެވެ.”އެބަ އަންނަން އެއުޅޭ ތަތްމަރު ގޮވައިގެން..އޭނަ ބުންޏޭ އޭނަ ގޮވައިގެން ދާށޭ..އެހެންވެ..”ރައުލާ އަވަސް އަވަހަށް ބުނެލި އެވެ.”ދޮންތަ ވެސް ތަ..؟އެކަމް ދޮންތަ މަޑު ކުރަގަ އަހަރެން ކައިރީ..”ކިޔާރާ އެކަނި ހުންނަން ނުކެރިގެން ބުނެލި އެވެ.

ރައުފާ ކުޑަ އިރުކޮޅަކު ވިސްނާލިއެވެ.”އަމް.. ކިޔާ ދޮންތަ މިދަނީ ފާހާނާ އަށޭ”.”ދެން ތިހެންވީއިރު ރައު މަޑު ކޮށްފަ ދޮންތަ ފާހާނައަށް ގޮސް ނައު ގާތު ބުނެލާ..މަ ބިރު ގަނޭ އެކަނި ހުންނަން.”ކިޔާރާ އެހެން ބުނުމުން ރައުލާ މަޑު މަޑުން އޯ ނޯ އޭ ބުނެލި އެވެ.”އަމް..ނޫނޭ ކިޔާ..މިމި.. މަވެސް..މީ..މަވެސް ފާހާނާ އަށާ އެއްކޮށް މިދަނީ..””އެބުނާހެން ދެން ކިޔާ މިތާ މަޑު ކޮށްލަބަ..އަންނާނަމޭ ވަރަށް އަވަހަށް..އޮންލީ ތްރީ މިނެޓް..އޯކޭ ދޯ..ނާންނާނެ ކިޔާ ކާލާކަށް..އަޔަސް އަންނާނީ ނައުފް ކިޔާ އެއްޗެއް..ހީހީ..ހިނގާ ރައުއްކޮ..”ރައުފާ އާއި ރައުލާ ދިޔުމުން ކިޔާރާ އެތާހުރި ގަހެއްގެ ދަށުގައި އިން ޖޯއްޔެއްގައި ޖައްސާލިއެވެ.

އޭގެ ފަސްވަރަކަށް މިނެޓް ފަހުން ރައުލާގެ މެސެޖެއް އައުމުން ކިޔާރާ އެ ހުޅުވާލިއެވެ.”މިސިސް ކިޔާރާ ?..އޭ ކިޔާ އާދެބަ ވަރަށް އަވަހަށް.. މައްޗަށް އެނގޭ.. އަހަރެމެން މިހުރީ މަތީ ސިޓިންރޫމްގަ..ކުޑަ އިރުކޮޅެއް ވާނެތީ މިބުނީ.. ޖަލްދީ ކަރޯ..އާޖާއިޔޭ..?”ކިޔާރާ އެމެސެޖް ކިޔާ ނިންމާފައި ދެއަތައް ބޯ ހޫރަމުން ގެއަށް ވަންނަން މިސްރާބު ޖެހިއެވެ.

ރައުލާ ބުނިފަދައިން ކިޔާރާ އެރީ ދެވަނަ ފަންގިފިލާ އަށެވެ.އެތާގައި އެއްވެސް އަލިކަމެއް ނެތެވެ.”ރައޫ.. ދޮންތާ..ނައޫ..”ކިޔާރާ އެތެރެއަށް ވަންނަން ނެގި ފިޔަވަޅު ހުއްޓުނީ އެތަން ކުއްލިއަކަށް ދިއްލުމުންނެވެ.”ސަޕްރައިޒް.. ހެޕީ ބާތްޑޭ ޓޫ ޔޫ ހެޕީ ބާތްޑޭ ކިޔާ..”. ރައުލާ ،ރައުފާ،ނައުފާ،ނައުހާން،ޒާން،ނައުހާން،ނާޔާ އަދި ނާހާ އެއްއަޑަކުން ހަޅޭއްލަވައި ގަންނަމުން ބުންޏެވެ.ހިމޭނުން ހުރީ ހަމަ އެކަނި އުޝާ އެވެ.އޭނާ ހުރީ ފާޑަކަށް ފޫހިވެފަ އެވެ.

ކިޔާރާ ހުރީ ވަރަށް އުފަލުންނެވެ.އޭނައަކަށް އެއީ އޭނާގެ އުފަން ދުވަސް ކަން ހަނދާން ވެސް ނެތެވެ.ނަމަވެސް އޭނަގެ ރަށްޓެހިން އޭނަގެ އުފަން ދުވަސް ހަނދާން ހުއްޓެވެ.

އެތަން ވަނީ ދަނބުކުލައިގެ ފުއްފާ ހަމުންނާއި އެކި ވައްތަރުގެ ކަރުދާހުން ޒީނަތްތެރިކޮށްފައި އެވެ.ފާރުގެ އެއް ބިތު މެދުގައި ގާ ތަކެއް ހެން ޕާރުސަލް ތައް އަތުރާލައިފާ ހުއްޓެވެ.

“ތެންކިއު ގާއީޒް.. ތެންކިއު ސޯ މަޗް..މީ ދޯ މިދެމީހުން މިއަދު މާ ނުފެންނަ ކަމަކީ..”ކިޔާރާ ގޮސް ރައުފާ އާއި ރައުލާ ގައިގާ ބޮނޑިއެއް އަޅާލިއެވެ.ނަމަވެސް މަޑު މަޑުންނެވެ.

“ހެޕީ ބާތްޑޭ ކިޔާ..”ނައުފާ ކޮޓަރިއަށް ވަދެ ނުކުތްއިރު އަތުގައި ހުދު،ދަނބު އަދި ފިޔާ ތޮށި ކުލައިގެ ކޭކެއް އޮތެވެ.އރ ކޭކު އެޅީ ނައުފާ އާއި ރައުލާ އަދި ރައުފާ ކަން އެނގުމުން ކިޔާރާ އަނގަ ހުޅުވުނެވެ.ވާނީވެސް އެހެން ތާއެވެ.އެ ކޭކު އެހާވެސް ރީއްޗެވެ.

“ކިޔާ އަވަސް ކޭކު ފަޅާ..އޭރަށް ޕިއްޒާ އާއި އެއްޗިސް ކެވޭނީ..އަހަރެން ބަނޑު އެބަ ރޮއޭ މިހާރު ހައި ވެގެން.”ރައުލާ ބަނޑުގައި އަތް ކާތާކަމުން އެހެން ބުނި ގޮތުން އެންމެން އެއްފަހަރާ ހީގަތެވެ.

ކިޔާރާ ކޭކު ފަޅާ ފަހަރަކު މީހަކަށް ލެވިއެވެ.ނައުފްގެ އަނގައަށް ކޭކް ލެވިވަގުތު ރައުލާ އެތަން ފޮޓޯ ނަގާލިއެވެ.އެތަން ފެނުމުން އުޝާ ތުން އަނބުރާލިއެވެ.

އެމީހުނައްކައިގެން މަޖާ ކޮށްފައި ގެއަށް ދާން ހިނގައި ގަނެވުނީ ބާރަވެސް ޖެހިފަހުންނެވެ.

ވަކިހިސާބަކަށް ދެވުނު ތަނާ ކިޔާރާއަށް ލޯ މަތީގައި އަތް ހުރަސް ކޮށްލެވުނީ ގަދަ އައްޔެއް އެޅުމުންނެވެ.

“ކިޔާ!!!!”ރައުލާ އާއި ރައުފާ ބަލަބަލާ ހުއްޓާ ކުއްލިއަކަށް ވަރަށް ބާރަށް އައި ކާރެއް ކިޔާރާ ގައިގާ ޖެއްސި އެވެ.ކިޔާރާ ދިޔައީ މާ ދުރައް ވިއްސައިގެނެވެ.

ކިޔާރާ ގައިގާ ކާރު ޖެހުމާއެކު އޭނާގެ ހަބަރު ހުސްވިއެވެ.

“ކިޔާ..ކްކް..ކިޔާ!!..ކިޔާ ޕްލީސް ޕްލީސް އޯޕަން ޔޯ އައިސް.. ކިޔާ.. ކިޔާ ޔޫ ކާންޓް ގޯ.”ރައުލާ ކިޔާރާގެ ބޯ އޭނާގެ އުނގައް ލާފައި މޮޔައެއް ހެން ކިޔާރާ އަށް ގޮވަމުން ދިޔަ އެވެ.އޭނަ އެވަގުތު އިނީ ބޯ ސަކަރާތް ވެފައެވެ.ބަލާ މީހަކަށް ހީވާނީ ރައުލާ އަކީ މޮޔައެއް ހެންނެވެ.

ފެނުނު މަންޒަރުން ޝޮކެއްގައި ހުރި ރައުފާއަށް ހޭވެރިކަންވުމުން އަވަހަށް އެމްބިއުލާންސްއަށް ގުޅިއެވެ.

ކިޔާރާ ހޮސްޕިޓަލަށް ގެންގޮސް އެމަޖެންސީ ރޫމައް ވެއްދިއެވެ.ޑޮކްޓާ ނުކުތުމާއެކު ރައުލާ އާއި ރައުފާ އެދިމާއަށް ދިޔަ އެވެ.ޑޮކްޓާގެ މޫނުމަތިން ފާޅުވާންހުރި އަސަރުތަކުން ކަންތައް ރަނގަޅު ނޫންކަން އެނގުމުން ދެމީހުނައް އަނެއްކާ ރޮވުނެވެ.”އައި ކާންޓް ޓެލް އެނީތިން ރައިޓް ނައު.”

“ޑޮކްޓަރ ހައު އިޒް ޝީ…؟”އޭގެ ދެތިން ގަޑިއިރު ފަހުން ޑޮކްޓަރ ނިކުތުމުން ގޮނޑިބަރީގައި ތިބި ރައުލާއާއި ރައުފާ ފުންމައިގެން ތެދުވިއެވެ.

“ޝީ އިޒް ފައިން.. ބަޓް.. އައި ތިންކް..””ވަޓް ޑޮކްޓަރ..”ޑޮކްޓަރ ނުބުނެ ހުއްޓާލުމުން ރައުފާ އަވަހަށް ބުނެލި އެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Lily

Level 210 Stories

Other Articles

ކުލުނުނެތް ލޯބި
Previous

ކުލުނުނެތް ލޯބި 4

Next

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (އަށްވަނަ ބައި)

Next
July 4, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (އަށްވަނަ ބައި)

Previews
July 4, 2021

ކުލުނުނެތް ލޯބި 4

ކުލުނުނެތް ލޯބި

2 Comments!

  1. Shaiba Fathuhulla says:
    July 4, 2021 at 6:31 pm

    Thee raa ungoofaaru meehehtha……?? ??

  2. Shaiba Fathuhulla says:
    July 4, 2021 at 6:32 pm

    Anyways… This story is very nice i like it can’t wait for the next part… ☺️☺️❤️

Comments are closed.

Next Episodeހިތްދަތި ދުވަސްތައް 19←


All Right Reserved!