Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތްދަތި ދުވަސްތައް 17

Lily Level 210 Stories
July 3, 2021 2 Mins Read
0 Comments

“ކިޔާ ހާދަ އުފާ ވާނޭ ދޯ..ކިޔާގެ ފަސްޓް ބާތްޑޭ ޕާރޓީ ވިއްޔަ..”ރައުލާ އުފާވެލައިފާ ބުންޏެވެ.

“އައްދޭ ދެކުދިން ކޮން ވާހަކަ އެއް ދައްކާލަނީ..މަންމަ ގާތު ނުބުނާނަންތަ..”ރައުލާގެ ވާހަކަތައް ހުއްޓުނީ ރައީފާ އައުމުންނެވެ.

“މަންމަގާތު ބުނެފާނަން..އެކަމް ކިޔާގާތު ނުބުނާމަތިން..”ރައީފާއަށް ކިޔާރާ ނަން އަޑު އިވުމުން ފާޑަކަށް ފޫހިވެފަ ރުޅިއައެވެ.”ހުމް ނުބުނާނަމޭ..”އެހުރިހާކަމެއް މޫނުމަތިން ނުދައްކާ ހިނިތުން ވެލިއެވެ.

“މިއުޅެނީ ކިޔާ އަށް ސަޕްރައިޒް ބާތްޑޭ ޕާރޓީ އެއް ބާއްވަން ޕްލޭން ކޮށްގެން..ހަނދާންކޮށް ކިޔާ ކައިރީގަ ނުބުނާތި..”އެވާހަކަ ރައީފާ ގާތު ބުނުމުން ރައީފާގެ ތުންފަތަށް ވެރިވީ ވިހަ ހިނިތުން ވުމެއް ކަން ގައިމެވެ.ނަމަވެސް އެތަނެއް ރައުފާ އާއި ރައުލާ އަކަށް ނުފެނެއެވެ.އެއީވެސް ރައީފާގެ ނަސީބެވެ.

ރައީފާ ކޮޓަރިއަށް ވަދެ ފުރަތަމަވެސް ގުޅާލީ އުޝާއަށެވެ.”ހަލޯ..އޭ އެ ކިޔާރާ އުފަންދުވަސް ފާހަގަ ކުރާކަން އެނގޭތަ..؟”ރައީފާ އެކޮޅުކޮޅުން ހަމަ ފޯނު ނެގުމާއެކު ރައީފާ ބުނެލި އެވެ.”ހުމް އެނގޭ..ދެން މަ ނަށަންވީތަ އޭނާ ޕާޓީ ބޭއްވީއޭ ކިޔާފަ..”އުޝާ ފަރުވާ ކުޑަ ރާގަކަށް ބުނެލި އެވެ.”ބަލަ ތިހާރަ ބޯ ގަޅިޔާ ވިސްނަބިލަ..އެރޭ އަހަރުމެނަށް އޭނައށް ކަމެއް ކުރެއްވިދާނެ ދޯ..”ރައީފާ ފޯނު އަނެއް ކަންފަތައް ބަދަލު ކޮށްލިއެވެ.

“އޯހް އެހެންދޯ..އާން މަށަށް އެނގިއްޖެ ވަރަށް ފައްކާ ޕްލޭނެއް…އެމީހުން އެ ޕާޓީ ބާއްވަން ޕްލޭން ކުރީ ނައުފްމެން ގޭގަ..އެހެންވީމާ އަހަރެމެންގެ ޕްލޭން އަކީ…………..”އުޝާ އޭނަގެ ޕްލޭން ކިޔައި ދިނެވެ.

ދުވަހަކަށް ފަހު ދުވަހެއް ފާއިތުވަމުން ގޮސް މިއަދަކީ ޖުލައި ނުވައެކެވެ.

“ހަލޯ ދޮންތާ ކޮންތާކު ތިއުޅެނީ.. އަހަރެން ފޫހިވެގެން މިއުޅެނީ.. އެއުޅޭ ރައުވެސް ނުނަގާ ފޯނެއް.. ހިނގާ ދާން ތުނޑިއަށް ގޮސްލާފަ އަންނަން.”ކިޔާރާ ފޫހިވެގެން ތެޅިތެޅިފަ އެންމެ ފަހުން ރައުފާއަށް ގުޅާލިއެވެ.”ސޮރީ ކިޔާ މިގަޑީގަ މީނީ ފްރެންޑަކާ ބައްދަލު ކުރަން އައިސް.. ރައުއްކޮ ވެސް އެބަހުރި.. އޯކޭ ބައި”ކިޔާރާ އެއްޗެކޭ ބުނުމުގެ ކުރިން ރައުފާ ފޯނު ކަނޑާލި އެވެ.ދެން ކިޔާރާ ގުޅާލީ ނައުފާ އަށެވެ.

“ހަލޯ ނައޫ ޕްލީސް ޕްލީސް އަހަރެންނާއެކީ ހިނގާބަ ތުނޑި އަށް ދާން.. ފޫހިވެގެން މިޔޮށް މަރުވަނީ..”ދެތިން ފަހަރު ރިންގުވުމުން ނައުފާ ފޯނު ނެގި އެވެ.”ސޯ ސޮރީ ބެސްޓީ.. މިއުޅެނީ މަންމަ ރަށްޓެހިބަޔަކު އައިސްގެން.”ނައުފާވެސް ބިޒީ ކަމަށް ބުނުމުން ކިޔާރާ ސޯ ފައިގާ އިއްތާލިއެވެ.އެހެން އިންދާ އޭނާއަށް ނިދިގެން ސޯފާއަށް ވެއްޓުނެވެ.

ރައީފާ ކޮޓަރިން ނިކުމެ ސިޓިންރޫމްއަށް ދިޔައެވެ.ސޯފާކައިރީގައި ހުއްޓުނު ރައީފާއަށް ނިދިފައި އޮތް ކިޔާރާ ފެނުނެވެ.

ކިހާ މައުސޫމް ކުއްޖެއް ހެއްޔެވެ.އެކުއްޖާގެ ކުށަކީ ކޮބާ ހެއްޔެވެ.އެމީހުން އެކުއްޖާ ފަކީރަށް އެހެން ހެދުމުން އޭނައަށް ލިބެނީ ކޮން ފައިދާއެއް ހެއްޔެވެ.

ރައީފާގެ ހިތައް އަރަމުން ދިޔަ އެއްޗިހިން އޭނާ ދެފަރާތަށް ބޯ ހަލުވާލިއެވެ.

“ކިޔާރާ ކަލޭ މިރެއަށް ބިންގަނޑު އަޑިއަށް ދާން ތައްޔާރުވޭ..”ރައީފާ ނުލަފާ ގޮތަކަށް ކިޔާރާއަށް ބަލައިލި އެވެ.

“އޭ ކިޔާ މިރޭ މަށާ އެކީ ރައްޓެހިކުއްޖެއްގެ ޕާޓީ އަކަށް ދާން ހިނގާބަ.. އާނ މިއޮތީ ހެދުން..މީ ހަމަ ކިޔާ އަށް ހާއްސަކޮށް ފެހި ހެދުމެއް..މިރޭ އެއިޓް އަށް ރެޑީވޭ.. ދޮންތަ ވެސް ދޭ”ރައުލާ ކިޔާރާ އަތައް ދަނބުކުލައިގެ ރީތި މެކްސީއެއްދެމުން ބުނެލި އެވެ.ކިޔާރާވެސް ހުރީ އެހެދުން ރީތި ކަމުން ބަސް ހުއްޓިފައި އެވެ.އޯކޭ އޭކިޔާފައި ކިޔާރާ އޭނަގެ ކޮޓަރިއަށް ވަނީ ހަތެއް ޖަހާފައި ވުމުން އަށެއް ޖަހަން ވާއިރަށް ފެންވަރާ ރެޑީވާށެވެ.

ކިޔާރާ ރެޑީވެގެން ލޯގަނޑު ކުރިމައްޗަށް ހުއްޓި އަދިއެއްފަހަރު ފަރިބަލާލައި އޭނަގެ ކަޅުކުލައިގެ ހީލްއަށް އަރާލިއެވެ.ކިޔާރާ އެހެދުމުގައި ފެންނަނީ ފަލަކުން ނެއްޓިގެން އައި ތަރި އެއްހެނެވެ.އެ ކުރު އިސްތަށިކޮޅު ވަނީ ކޮނޑަށްވުރެ ތިރިއަށް އެއްވަރަށް ކޮށާލައިފާ ކަނާއަތް ފަރާތުގައި ރީތި މާކޯޅިއެއްލައިފާވާ ކްރީމްކުލައިގެ ދައްޗެއް ޖަހާލައިފައެވެ.

ކޮޓަރިން ބޭރަށް ނިކުތުމުގެ ކުރިން އޭނަގެ ގުޑް ގާލް ސެންޓުފުޅިން ގަޔަށް ޖަހައިލިއެވެ.

“ވާއު ކިޔާ..ޔޫ ލުކް ބިއުޓިފުލް..”ކިޔާރާގެ އިންތިޒާރުގައި ސޯފައިގާ ތިބި ރައުލާއާއި ރައުފާ ކިޔާރާ ބުނުމުން ދެލޯ ބޮޑުކޮށްލަމުން އެއްފަހަރާ ބުނެވުނެވެ.އެއަށްފަހު އެންމެނަށް އެއްފަހަރާ ހެވެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Lily

Level 210 Stories

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ހަތްވަނަ ބައި)

Next

މަންމަ

Next
July 3, 2021

މަންމަ

Previews
July 3, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ހަތްވަނަ ބައި)



All Right Reserved!