ރޭގަނޑުގެ ވަގުތެވެ.ލައިބާ އޮތީ އިސްރާ މެނާއެކީ ޕަބްޖީ ކުޅޭށެވެ. “އޭ މިއޮތީ ޑްރޮޕް..އާދޭ މިތަނައް…އޭ ބަލައިގެން..އެނެމީސް އުޅެފާނެ..”ލައިބާ އެހެން ބުނިތަނާ ކޮޓަރި ދޮރު ހުޅުވާފައި ލައިބާގެ އަންހެން ކޮއްކޮ ލައިޝާ ވަދުނެވެ.”ކީކުރަން ތިއައީ ދޮންތި ކޮޓަރިއަށް؟”ލައިބާ ޕަބްޖީގެ ސްޕީކާ އާއި މައިކް އޮފްކޮށްލިއެވެ.”އައިގެ ޗާޖާ ދެކުނިންތަ؟.އެ ގެއްލިގެން”ލައިބާ ނުފެނެއޭ ބުނުމުން ލައިޝާ އެކޮޓަރިން ނިކުތެވެ.އަނެއްކާ ވެސް ލައިބާ ޕަބްޖީ ކުޅެންފެށިއެވެ. “އޭ ލައީ.. އާޒިމް ބުނެފި ޔޫގެ ޕަބްޖީ އައިޑީ ދޭށޭ..”އިރުގަނޑެއް ފަހުން އިސްރާ އިނދެފައި ކުއްލިއަކަށް […]
މެންދުރުގެ އެންމެ އަވި ބާރު ވަގުތެވެ. ލައިބާ އިނީ ދިވެހި ވާހަކަފޮތެއް ހިފައިގެން ވާހަކަ ކިޔާށެވެ.ލައިބާއަކީ ވަރަށް ދިވެހި ވާހަކަ ކިޔާހިއްވާ ކުއްޖެކެވެ.އެހެންކަމުން ދުވާލަކު ވާހަކަ ފޮތެއް ލައިބާއަށް ގަނެދޭން ޖެހެއެވެ. “ލައީ..މިއޮއް އައީ އިސްރާމެން.. އެގޮއްޔެ މެނަށް ގަޑިކިޔާފަ ލައި ތީނީ ރެޑީވެސް ނުވެ..”ޒައިނާ ބަދިގޭން އެހެން ގޮވާލުމުން ލައިބާ އަވަހައް ރެޑީ ވާން އުޅެން ފެށިއެވެ.އިސްރާ އާއި އައިރާ އަދި އުޔޫނާ އަކީ ލައިބާގެ އެންމެ ގާތް ތިން ރަހުމަތްތެރިންނެވެ.މިއަދަކީ ބަންދު ދުވަހެއް ކަމުން […]
ރީތި އަވިދޭ ދުވަހެކެވެ.ރޭގަ ވިއްސާރަ ވެހުމުގެ ސަބަބުން މަގުތައް ވަނީ ހިރަފުސް އޮއްބާލައިފައެވެ. “އޭ ތިތާ އެބަހުރި މީހެއް…އޭ ޕިސް ޕިސް..ތިތަނައް ނުދާތި..މިއޮތީ ބަޑިއެއް އާދޭ ބޭނުމިއްޔާ…އޭ ތިއޮށް އަންނަ…””ދަރިފުޅާ ލައިބާ ކާކާ ތިވާހަކަ ދައްކަނީ ހާދަ ބާރަކަށް..މަންމަ މިއައީ ބަދިގޭގަ ހުރެފަ”ޒައިނާ އޭނާގެ 15 އަހަރުގެ ދިށީދަރި ލައިބާގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި ބުނެލި އެވެ.”ހުން އެއްކަލަ ޕާބޫޖީ ކުޅެނީ ދޯ..؟”ޒައިނާ އިރުކޮޅަކު ހުރެފައި އެހެން ބުނުމުން ލައިބާގެ ހިނިގަންޑު ދިޔައީ ފަޅައިގެންނެވެ.”މަންމާ ޕާބޫޖީ އެއް […]
ނޯޓް: މިއީ އަޅުގަނޑުގެ ރަހުމަތްތެރިއެއް ފަޅުރަށަކަށް އޭނަގެ އާއިލާއާއި އެކު ދިޔަ ދަތުރެއްގައި ދިމާވި ހާދިސާއެކެވެ. ރީތި އަވިދޭ ދުވަހެކެވެ.ފަތިހުގެ ފިނި ރޯޅިތަކުން ލިއްބައިދޭ ހިތްހަމަޖެހުމަކީ ދުލުން ބަޔާންކޮށްދެވޭނެ އިހުސާސް އެއް ނޫނެވެ. އެ ހުދު ދޮންވެލި ގަނޑުގައި އަނާ (ހިޔާލީ ނަމެއް)ގެ ފައި ޖެހުމުން އަނާއަށް ދެލޯ މަރާލެވުނެވެ.އިރުކޮޅަކު އެހެން ހުއްޓާ ކުއްލިޔަކަށް މީހަކު އަނާގެ އަތުގައި ހިފައިގެން ދަމައިގަތުމުން އަނާއަށް ހަޅޭއްލަވައި ގަނެވުނެވެ. އަނާގެ ކޮށްކޮ ކަމައްވާ އަފާ އަނާގެ އަތުގައި ހިފައިގެން ދަމާފަގެންގޮސް […]
އާދުވަހަކަށް އިރު އެރީ އައިލީ ލޯގަނޑު ކުރިމަތީގައި ރީތިވާން ހުއްޓައެވެ. “ލީން.. ނިމިއްޖެތަ.. މޯމް ބުނީ އަންނާށޯ ސައި ބޯން އަވަހަށް.”އައިލީ ރީތިވާން ހުއްޓާ ޝަބާ ކޮޓަރީގައި ޓަކިޖަހާލަމުން ބުންޏެވެ.”އާން…މި ނިމުނީ..” އައިލީ ކާގެއަށް ވަތް އިރު އެތާ މަދީ އޭނާ އެކަންޏެވެ.އެހެންކަމުން އޭނާ އަވަހަށް ގޮސް ގޮނޑީގައި އިށީނެވެ.އައިލީ އިށީނުމުން ކައިރީގައި ހުރި ސަކީލާ އައިސް ސައި އަޅަން ފެށިއެވެ. “ސްސް..އައުޗް..”ހޫނު އެއްޗެއް ފައިމައްޗަށް އެޅުމުން އައިލީއަށް ކުއްލިއަކަށް ތެދުވެވުނެވެ.އެއިރު ސަކީލާ އިސްޖަހައިގެން ހުއްޓެވެ. “ސާބަސް […]
އައިލީމެން ސައިބޯން ސައި ކޮޓަރިއަށް ދިޔައިރު ސައި ކޮޓަރީގައި އިށީންދެގެން ޝައިބާ އާއި އަދި އައިލީމެން ވަރުގެ އަންހެން ކުއްޖެއް އިނެވެ.މޭޒުކައިރީގައި ސަކީލާ ކޮޅަށް ހުއްޓެވެ. “މޯމް..ކޮބާ ޑޭޑް..ސައި ބޯން ނާންނަނީތަ..؟”ޝައިލް ގޮނޑީގައި އިށީންނަމުން ޒާހިރު ފެންނަން ނެތުމުން އަހާލިއެވެ. “ހަމަ ދެންމެ އެ ދިޔައީ ވިޔަފާރީގެ ކަމަކުއޭ ކިޔާފަ މާލެ..ދެތިންމަސް ވާނެއޭ ބުނީ..”ޝައިބާ ބުންޏެވެ.”ޑޭޑް ހާދަ ގޯހޭ.. އަޅުގަނޑު ގާތު ނުވެސް ބުނޭ..”ޝައިލް ދެރަވާކަމަށް ހަދާލިއެވެ.”އަދި މި ދޮންބެ އެބަ އެކްޓު ކުރެއެއްނު.. އެކްޓު ކުރަން […]
އެއަރޕޯޓް ދޮރުމަތީގައި ހުރި މެދު އުމުރުގެ ފިރިހެން މީހާ އިރުކޮޅަކާ އެތެރެއަށް ބޯ ދިއްކޮށްލައެވެ.ހީވާ ގޮތުން މީހަކު ނުފެނިގެންނެވެ.އިރުކޮޅަކުން އެތެރެއިން ހަމަ އެ އުމުރުގެ މީހަކާއި ޒުވާން އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ނުކުމެގެން އައިސް އޭނާ ގާތު މަޑު ކޮށްލިއެވެ. “ޒައިދު ކޮބާ ކިހިނެއްތަ..މިހާރު ވަރަށް ތަފާތު..އެހެންނު ވާނީ ކިހާ ދުވަހެއްފަހުން މި ބައްދަލު ވީ ދޯ..””އާނ..މަ ހަމަ ރަނގަޅު.. އައްސަދު ކިހިނެތް..މިތިބީތަ އެލީ މާން..ހާދަ ބޮޑު ވެއްޖެޔޭ ދޯ މިހާރު.. އަމަން ވައްތަރީ ހަމަ […]
ތިންމީހުުންވެސް މިސްރާބު ޖެހީ ތިންދިމާއަށެވެ.އެގޭގައި މުޅިއަކުން ތިން ކޮޓަރި ހުއްޓެވެ.އެހެންކަމުން ތިންމީހުންވެސް މިސްރާބުޖެހީ ތިން ދިމާއަށެވެ.ޔާނާގޮސް ފުރަތަމަ ޖެހުނު ކޮޓަރިނޫން ދެންއިން ކޮޓަރިއަށް ވަނުމުން އިބާއާއި ޒޯޔާ ކޮނޑުއަރުވާލުމައްފަހު ބައްތިން އަލިކުރަމުން ދެމީހުން އަނެއް ދެކޮޓަރިއަށް ވަނެވެ. ޒޯޔާ ކޮޓަރި އެކިފަރާތްފަރާތައް ބަލަނިކޮށް އެކޮޓަރީގައި އިން ވީލް ޗެއާ އެއްގައި އޮތް ބޮޑު ބުދެއް ފެނުނެވެ.”މީކާކު އެއްޗެއްބާ..މިތާގަމީހަކުނޫޅޭއިރު؟؟…ގެންދާނީ..ކާކައްތަ އެނގޭނީ..”ޒޯޔާ އެކަނިހުރެ ވާހަކަދައްކަމުން ދިޔައެވެ.އޭނާ މަޑު މަޑުން އެ ބޮޑު ބުދު ނެގިއެވެ.އޭތި އޮތީ އިންސާނެއްގެ ސޫރައަށް ފަރުމާކޮށްފައެވެ.އޭތި […]
ދަރުތައް ބެހެއްޓުމަށް ފަހު ހުރިހާކުދިން ފެން ވަރައިގެން ހަވީރުގެ ސައި ތައްޔާރު ކުރަންފެށިއެވެ.”އޭއި އަވަސް ކުރޭ.. މިހާރު އެއޮށް ފަންސާސް ވަނީ.. އަދި ތިޔަބައިމީހުން ތިތިބީ އަދިވެސް ޔުނީފޯމް ނުލައެއްނު..އަވަސް ކުރޭ.. އެސެންބުލީ އެބެއް..”ސަކަރާތުގައި ސައި ހަދަން ތިބި ޔާނާމެން ސިހުނީ ސާތިރާމިސް އައިސް އެހެން ބުނުމުންނެވެ. “މީ ކަމުދާ ޓީޗަރެއް ނޫން.. ގަޑިޖެހެން ފަސްމިނެޓައް ވީމަ އެބުނަނީ..ދެންއަޅެ ކަލޭމެން ބުނެބިލަ ގަޑިނުޖެހެނީސް ދެވޭތަ..”ސާތިރާމިސް ދިޔުމުން އެތަނުން ކުއްޖެއް ބުނެލިއެވެ.”ދޮގެއްވާ ނޫން ހާދަ ކަމުނުދެއޭ މަށަށްވިސް.”އެތަނުން އެހެންކުއްޖެއް […]