ކާތް ނިންމާލުމަށް ފަހު މައިރާއަށް ވާހަކަ ދައްކަން އިން އެލީޝާ 9 އެއްޖެހުމުން ދިޔައީ ނިދާށެވެ.ފުންނިންޖެއްގެ ތެރޭގައި އޮތް އެލީޝާއަށް ހޭލެވުނީ އޭނާއަށް ހުވަފެނުގައި ފެނުނު އެއްޗެއްގެ ސަބަބުންނެވެ.އޭނާ އަށް އެ ފެނުނު ހުވަފެނާމެދު އޭނާ ވިސްނާލިއެވެ.އޭނާ އަށް ޒިވާން ހުވަފެނުގައި ފެންނަންވީ ކިއްވެ ހެއްޔެވެ؟އަނެއްކާ މައިރާ އެބުނީ ތެދު ހެއްޔެވެ؟ނޫނެކެވެ.އެހެންނެއް ނުވާނެއެވެ.އެހެންވާންވި ސަބަބައެއް ވެސް ނެތެވެ.އެނާ ޒިވާން ދެކެ ރުޅިއާދެވެ.ޒިވާން އެލީޝާގެ ހުވަފެނުގައި ޒިވާން ފެނުމުން އެލީޝާ އަށް ބޭއިޙްތިޔާރުގައި އިތުރަށް ޒިވާން ދެކެ ރުޅިއަދެވުނެވެ. […]
ދުވަހަކީ ހޯމަ ދުވަސްކަމުން ހަތަރު ކުދިން ވެސް ޕުރެޖެކްޓް ހަދަން ނިންމީ ބުދަ ދުވަހު އެލީޝާ މެންގޭގައި ކަމުން އެލީޝާ ހުރީ ތަންކޮޅެއް ހިންހަމް ނުޖެހިފައެވެ.ހަތަރުކުދިންވެސް މަޝްވަރާ ކޮށް ނިންމުމަށްފަހު އެކުއްޖެއްގެ ދަބަސް ހިފައިގެން ގެއަށްދާން ނިކުތީ އެކީގައެވެ.”ބާއި ޒިވާން އެންޑް އަމަން”މައިރާ ގޭޓާ ހަމައަށް އެރުމަށް ފަހު ޒިވާންއަށާއި އަމަން ބަލާލުމަށްފަހު ބުނެލިއެވެ.”ބާއި”ޒިވާން އަށާއި އަމަން އަށް އެއްފަހަރާ ބުނެވުނެވެ.”ހެހެ..ދެން ދަނީ އިނގޭ”މައިރާ އެހެން ބުނުމަށްފަހު، އެލީޝާގެ އަތުގައި ހިފާ އެތަނުން ދިޔައެވެ.މައިރާމެން ދިޔަތަނަށް ހެވިފައި […]
ކުރީގެ އެޕިސޯޑުގެ ތެރެއިން * ދެ އެކުވެރިން ކޮލެޖަށް ދެވުމުން ސިޑިން މައްޗައް އަރާ ކްލާހަށް ވަނެވެ.ކްލާހަށް ވަންނަން ނެގި ފިޔަވަޅުމަތީ އެލީޝާ ހުއްޓުނީ ކްލާހުގައި އިން ފިރިހެން ކުއްޖާ ފެނުމުންނެވެ.އެލީޝާ އަވަހަށް ނެންގޭކަމަށް ހަދާ ފަހަތުން ގޮނޑިއެއްގައި އިށީނެވެ.އޭރު ވެސް އެލީޝާ ހުރީ އެތެރޭން ރުޅިގަނޑު ކޮންޓުރޮލް ކޮށްގެނެވެ.ޒިވާން އަށްވެސް އެލީޝާ ފެނުމުން ވީ އެވަރެވެ.”މައި،އޭނަ ވެސް ކިޔަވަނީ މި ކޮލެޖުގަތަ”އެލީޝާ އެނާ ގާތުގައި އިން މައިރާ ކައިރީގައި ބުންޏެވެ.”މަށަށް ހީވަނީ ނަފްރަތު ލޯއެއްބަށް ހެން […]
ފަތިހުގެ ހިތްގައިމު ވަގުތު ނިދާފަ އޮތް އެލީޝާއަށް ހޭލެވުނީ އޭނާގެ ފޯނު އެލާމުވާ އަޑަށެވެ.ފެންވަރާ،ނަމާދު ކޮއްލައިގެން ދިޔައީ އޭނާގެ އެންމެ ގާތް އެކުވެރިޔާއަށް ގޮވުމަށެވެ.”މައި،އިޓްސް ޓައިމް ފޯ ދި ޕުރޭޔާ”އެލީޝާ މައިރާގެ ކޮޓަރި ދޮރުގަ ޓަކިޖަހާލިއެވެ. މައިރާ ދޮރުލުޅުވާފައި ނަމާދު ކޮށްފީމޭ ބުންޏެވެ.”މިއަދު ކޮންކޮޅަކުންބާ އިރުއެރީ””ދެން ހެވޭ މަލާމަތް ނުކުރިޔަސް،އެނީވޭ ހިނގާ ސައި ހަދަން ދައްތައަށް ހެލްޕްވާން”ދެކުދިން ބަދިގެޔަށް ވަތް އިރު އެލީޝާގެ މަންމަ ނަފީސާ ބަދިގެ ތެރޭގައި ސައި ހެދުމުގައި އުޅުނެވެ.”ދައްތާ،އެއްވެސް ހެލްޕެއް ބޭނުންތަ”މައިރާ ބަދިގެ […]