ލީޒާ ގެޔަށް ދިޔަ މަގުމަތީ ޖީބާއް އަތް ލިއިރު ޖީބުގައި ގޭގެ ތަޅުދަނޑިފަތި ނެތްކަން އިނގުނެވެ. އަދި ހަނދާންވީ ޒާހިރު މެންގޭ ކާމޭޒުމާތީ ތަޅުދަނދިަފަތި ބައިންދާފައި އާދެވުނު ހަނދާނެވެ. ވަގުތުން ލީޒާ މިސްރާބު އަނަބުރާލުމަށްފަހު ޒާހިރު މެން ގެއާ ދިމާލައް ހިނގައިގަތެވެ. އޭރުވެސް ޒާހިރު ޝާމިން އަށް އަނިޔާ ކުރަމުން ގެންދެއެވެ.

4 ވަނަ ބައި

ލީޒާ ޒާހިރުމެން ގެ ގެޔާ ވަރަށް ގާތްވިއެވެ. ނަމަވެސް ލީޒާ ހުއްޓުމަކަށް އައެވެ. އެއީ ލީޒާ އަށް އައި ފޯނުކޯލަކާ ހެދިއެވެ. ލީޒާ ފޯނުކޯލާ ވާހަކަދައްކަން މަގުމަތީ މަޑު ކޮށްލިއެެވެ. އެހެންކަމުން ލީޒާއަކަށް ޝާމިން އަށް އަނިޔާކުރި ވަގުތު އެގެޔަކައް ނުދެވުނެވެ.

ޒާހިރު ޝާމިން އަށް އަނިޔާ ކުރުމައްފަހު ވަނީ ކޮޓެރިއަށެވެ. ޝާމިންވެސް ރޮމުން ރޮމުން ގޮސް ވަނީ ކޮޓެރިއަށެވެ. އޭރުވެސް ޒާހިރު ހުރީ ވަރަށް ރުޅި ގަދަވެފައެވެ. އިރުކޮޅެއްފަހުން ޒާހިރު ކޮޓެރިން ނިކުތީ ފޯނުކޯލަކައް ޖަވާބުދެމުންނެވެ. ” އަހަންނަށް ލާރި ލިބުންވަރަކަށް އެބަ ދައްކަމެންނު… މިދިޔަ މަހުގެ ލާރި ކޮޅު ނުދެއްކުނީ ކުންފުނި ވަރަށް ދައްކޮށް އުޅޭތީވެ. އަހަރެން ފަހުން ކަލެޔަށް ގުޅާނަން….ދެން ބާއްވަނީ “މިހެން ޒާހިރު ފޯނުގައި ނިކުންނަމުން ބުނި އަޑު ލީޒާ ގެއަށް ވަންތަނާ އިވުނެވެ. ލީޒާވެސް އެއްވެސް އެއްޗެކޭ ނުބުނެ ތަޅުދަނޑި ހިފައެިގެން އަވަހައް ދިޔައީއެވެ. ޒާހިރުވެސް އެވަަގުތު ދިޔައީ އޮފީހަށެވެ.

އިރުއޮއްސެ އަނދިރި ވެއްޖެއެވެ. އަދިވެސް ޝާމިން ކޮޓެރިންނެއް ނުނިކުމެއެވެ. ޒާހިރު ގެއަށް އައީ ކާށެވެ. ލީޒާ ނާންނާތީވެ ޒާހިރު އޮތީ ކޮޓެރީގަ މަޑުކޮއްލައިގެން ޓީވީ ބަލާށެވެ. އިރުކޮޅެއް ފަހުން ގޭތެރޭ މީހަކު އުޅޭހެން ހީވެގެން ޒާހިރު ބަލާލަން ނުކުތް އިރު ލީޒާ ކާއެއްޗެހި ހިފައިގެން އައިސް މޭޒުމަތީ ކާން ހަދަނީއެވެ. ” އާދެ އަވަހަށް ކާން “ޒާހިރު ނިކުތް ތަނާ ލީޒާ ބުންޏެވެ. ޒާހިރު ގޮސް މޭޒުދޮށުގައި އިށީންދެ ކާން ފެށިއެވެ. ” ކޮބާ ޝާމިން؟…ކާކަށް ނާދޭތަ؟ “ޝާމިން ފެންނަން ނެތުމުން ލީޒާ މިހެން ބުނެ ސުވާލު ކުރިއެވެ. ” މިރޭ ތަންކޮޅެއް ކުރިން ނިދުނީ ކަންނޭންގެ.. އަާޅާލާއެއްޗެއްނޫން.. “މިހެން ބުނެ ޒާހިރު ޖަވާބުދިނެވެ. ޒާހިރު މިހެން ބުނުމުން ލިޒާ އެއްވެސް އެއްޗެކޭ ނުބުނެ ދާން ހިނގައިގަތެވެ. އެވަގުތު ” ހާދަ އަވަހަކަށް މިޔަދު ތިދަނީ “މިހެން ޒާހިރު ލީޒާއާ ދިމާލައް ބުންޏެވެ. ” އާން…… މިޔަދު ކުޑަ މަސައްކަތަކު އުޅޭތީވެ…….އެހެންވެ މިދަނީ.. “މިހެން ބުނުމައްފަހު ލީޒާ ނިކުމެގެން ދިޔައީއެވެ. ޒާހިރު އިނީ ކާށެވެ.

ޒާހިރު ކައި ނިމެގެން ކޮންމެރެޔަކުވެސް ބޭރައް ނިކުންނަހެން މިރޭވެސްް ބޭރައް ނިކުނަން ރީތިވެލިއެވެ. ގައިގަ ހުވަނދު ކޮޅަކާ އެއްޗެހި ލައިގެން ބޭރައް ނިކުތެވެ. މި ގަޑިއަކީ މި ރަށުގެ މީހުން ވަރަށް ބޭރައް ނުނިކުންނަ ގަޑިއަކައްވުމުން މަގުމަތިން މީހަކު ފެންނާކައްވެސް ނެތެވެ. ހިނގަމުން ހިނގަމުން ދަނިކޮށް ފަހަތުން މީހަކު އަންނަހެން ޒާހިރުއަށް ހީވިއެވެ. ކުއްލިއަކައް ފަހަތުން އައި މީހާ ޒާހިރުގެ ބޮލުގައި ކޮންމެވެސް ކަހަލަ އެއްޗަކުން ޖެހިއެވެ. ވީނުވީއެއް ނޭންގެ ޒާހިރު ހޭނެތެގެން ވެއްޓުނެވެ.

ހޭވެރިކަން ވީއިރު ޒާހިރު ހުރީ ގޮނޑިއަކަށް ބަނދެފައެވެ. އަނދިރިކަމުން ތަނެއްދޮރެއް ނުފެނެެއެވެ. އައްސައިފަ ހުރި ގޮތުން ތެޅެވެސް ނުލެވެއެވެ. ވީ ކިހިނެއްކަމެއް އަދި އެތަނައް އައީ ކިހިނެއް ކަމެއްވެސް ޒާހިރުއަކަަށް ނޭންގުނެވެ. އޭރުވެސް ބޮލައް ދީފަވާ ހަމަލާއެއްގެ ސަބަބުން ޒާހިރު އަށް ހުރީ ވަރަށް ތަދުވެފައެވެ. އިރުކޮޅެއްފަހުން މީހަކު އެތަނައް އައި ހެން ޒާހިރުއައް ހީވިއެވެ. ބޮކިތައް ދިއްލުމާއެކު ޒާހިރު ދިޔައީ ސިއްސާ ގެންނެވެ. އެވަގުތު ތަނަކީ ކޮންތަނެއްކަން ޒާހިރުއައް އިނގުނެވެ. އެއީ ޒާހިރުގެ އަންހެނުން ހަނާ ގެ ނަންމަތީގައި ކުރިން ހުރި ގެސްޓުހައުސް އެއްގެ ކޮޓެރިއެކެވެ. ޒާހިރު ހުރީ ވަރަށްވެސް ހާސް ވެފައެވެ.

ކުރިމަތިން ފެނުނީ މީހެކެވެ. ޒާހިރު ދިޔައީ އެއައްވުރެވެސް ބޮޑައް ސިއްސައިގެންނެވެ. އެއީ ޒާހިރުދަންނަ މީހަކައް ވުމުންނެވެ.

އަދި ނުނިމޭ

35

4 Comments

  1. 🌹YEOJA🌹

    July 4, 2021 at 8:07 pm

    Vrh Sali mi part vxx as usual ❤️❤️
    Masha Allah ❤️❤️
    Keep it up
    Aleyyy leezaa ah nudevuny maa dhw ehnoonama zaahiru kibain shaamin salaamai vaane veehya
    Anyways vrh curious ingey next part ah
    Hope to see it soon 😃
    Stay safe 😃😃

    • Afraah adam

      July 6, 2021 at 12:45 am

      Thank you so much.
      Iraada kurehviyaa den in bai ves reethi vaane kamah umeedhukuran.
      Stay safe

  2. Huzkõ

    July 5, 2021 at 9:12 am

    V.v.v.reethi
    Kaakubaa ey mihithah aranee .maybe shaairaa
    Dhen in part ah inthuzaaru kuran.
    Thankolheh avahah dhen inbai upload kihdhehchey.please.
    Stay safe.

  3. Afraah adam

    July 6, 2021 at 12:47 am

    Thank you so much.
    Dhen in baiga ingeyne kaakukan ey. Umeedhu kuran dhen inbai ves reethivaanekamah. Vee enme avahakah upkohdheveythoa balaanan. Stay safe

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!