Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތްވެސް ދިނީމޭ 7

Sshau Level 110 Stories
July 4, 2021 One Min Read
0 Comments

ކައިލް ކުރިއަށްވުރެ ބޮޑަށް ޒިވާ އާއި ދިމާއަށް ގުދުވެލިއެވެ.    ކައިލް އެހެން ކަންތައް ކުރުމުން ޒިވާގެ ހިތް ކުރިއަށްވުރެއް ބާރަށް     ތެޅެންފެށިއެވެ.  ކައިލް ދެންކޮށްލި ކަމަކުން ޒިވާ އަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

*************************************************************************

” ހައްހައްހައްހާ” މައިހާގެ ހިނިގަނޑު ފަޅާގެން ދިޔައެވެ.                  ޒިވާ ދިޔައީ    ތަޅުވާގެންނެވެ. އެސްފިޔަތައް  ތަޅުވާލުމަށްފަހު    ރަނގަޅަށް ބަލާލިއިރު ކުރިމަތީގައި ހުރީ މައިހާއެވެ. ” މިހާރު އެހާ އަވަހަށް  ކައިލް އަށް ގޮވަންފެށީދޯ.  އެހެންނުން ވާނީ ދާހާ ހުރިހާ ތާކުން ފެންނަނީ ކައިލް ވިއްޔަ.”  ހެމުން ހެމުން މައިހާ ވާހަކަ ދެއްކި އިރު ޒިވާ އިނީ ލަދުން  ހަލާކުވާވަރު ވެފައެވެ. މައިހާ ކައިލް ކާރީގައިވެސް ބުނެފާނެއެވެ.  ޒިވާ އެހެން ހިތަށް އެރުމުން މައިހާ އަށް ގޮވާލި ވަގުތު ދޮރުން  އެތެރެއަށް ވަދެގެން އައީ ކައިލްއެވެ. ޒިވާ އަށް ކައިލް ފެނުމުން ބަލަހައްޓައިގެން  އިނދެވުނެވެ. ގަދަ ނޫކުލައިގެ ޓީޝާޓް އަކާއި ކަޅު ކުލާގެ  ސޯޓެއްގައި ހުރި ކައިލް ފެންނަނީ ވަރަށްވެސް ފުރިހަަމަ ކޮށެވެ. ކައިލް   ހިނގަމުން އައިސް ޒިވާގެ އެނދު ކައިރީ ހުއްޓުމުން މައިހާ  ފެށީ ދެންމެ ވީކަންތައް ކައިލްއަށް ކިޔާދޭށެވެ. ޒިވާ އިނީ ކައިލްގެ  މޫނަށް ބަލަން ނުކެރިފައެވެ. ލަދުން އިސްޖަހައިގެން އިން ޒިވާ ފެނުމުން  މައިހާ އެދެއްކީ ތެދު ވާހަކަކަން ކައިލްއަށް އެނގުނެވެ.

” ޒިވާ އަހަރެން އަންނާނަން މިތާ ކައިރި ފިހާރައަކުން ޖޫސް  ޕެކެޓެއް ގަނެގެން” ހެމުން ހުރެ މައިހާ އެހެން ބުނެލުމަށްފަހު  ނިކުމެގެން ދިޔައީ ޒިވާއަށް އެއްޗެކޭ ބުނުމުގެ ފުރުސަތެއްވެސް ނުދީއެވެ.

ކައިލް އާއި ޒިވާ އެކަނިވުމުން ޒިވާގެ ހިތް ތެޅެންފެށިއެވެ.  ދެއަތް ދެއަތާ މޮޑެމުން އިނދެ ޒިވާ ކައިލްއަށް ބަލާލި ވަގުތު ކައިލް   ވެސް ޒިވާ އާއި ދިމާއަށް ބަލާލިއެވެ. ކައިލް ހިނިތުން ވެލުމުން  ބަދަލުގައި ޒިވާވެސް ހިނިތުންވެލިއެވެ. ” އަހަރެން ނޫޅެން މައިހާ އެކިޔާދިން އެއްވެސް ކަހަލަ ކަމެއް  ކުރާކަށް. ވަރަށް ބިރުން ދޯ ތިއިނީ” ކައިލް މަޑުމަޑުން ހޭންފެށުމަށް  ފަހު ބުނެލިއެވެ. ޒިވާ އެއްޗެކޭ ނުބުނެ އަނެއްކާވެސް ހީލިއެވެ.

ފިހާރައަށް ދިޔަ މައިހާ ނާންނާތީ އެއީ މައިހާ އޭނާއަށް ދިން  ލަނޑެއްކަން ޒިވާއަށް އެނގުނެވެ. ކައިލްއަށް ވެސް އެކަން އެނގުމުން  ކުޑަކޮށް ހައިރާންވިއެވެ. މައިހާ އަކީ މަޑުމަޑުން ހުއްޓަސް ލާނެތް   މީހެއްކަަން ކައިލްއަށް އެނގުނެވެ. ޒިވާގެ މޫނަށް ބަލާލުމަށްފަހު ދެންވެސް ކައިލް ހަދިޔާކޮށްލީ ހިނިތުންވުމެކެވެ.

ހޮސްޕިޓަލުގައި މެންދުރު ނަމާދު ބަންގި ގޮވަންދެން ކައިލް އިނުމަށްފަހު        ގެއަށް ދިޔައީ މިސްކިތަށް ދިއުމަށް ފެންވަރާށެވެ. ޒިވާ ކައިރީގައި           ހަވީރު އަންނާނެ ކަމަށް ބުނުމަށްފަހު ކައިލް ނިކުމެގެން ދިޔުމުން ޒިވާ         އިނީ އުފަލުން ފޮޅިފައެވެ. ކައިލް ވެެގެން ދިޔައީ އޭނާ ހީކުރި ވަރަށްވުރެ      ރަނގަޅު މީހަކަށެވެ. މަންމަ ކަންތައް ކުރި ގޮތުމް ޒިވާ ހީކުރީ ކައިލް އޭނާ      ދެން ވާހަކަ ނުދައްކާނެކަމަށެވެ. ނަމަވެސް ކަންތައްވީ ޒިވާ ހީކުރި ގޮތަށްނޫން     ކަމުން އޭނާ އެކަމާ ވަރަށްވެސް އުފާވިއެވެ.

” ދަރިފުޅާ ކައިލް. ކޮންތާކަށް ތި ދަނީ؟ ” ކޮޓަރިން ނިކުމެގެން އައި ކައިލް   ފެނިގެން ކަމްލާ އަހާލިއެވެ.” ނަމާދަށް މިދަނީ. ކިހިނެއްވީތޯ މަންމާ؟ ”       ކައިލްގެ ޖަވާބު އިވުމުން ކަމްލާ ކުޑަކޮށް ހައިރާންވިއެވެ. ނަމަވެސް ދެވަނަ    ސިކުންތުގައި އެމޫނު މަތިން ފެނުނުީ އުފާވެރިކަމެވެ. ކައިލްގެ ދުލުން     ހިތަށްފެނިގެން ނަމާދަށޭ މިދަނީ ބުނާ އަޑު އަހާލަން ކަމްލާ ބޭނުންވާތާ   ކިތައްމެދުވަހެކެވެ. ކައިލްއަށް ކޮންމެވެސް ބަދަލެއް އައިއްސިކަން         ކަމްލާއަށް އެނގުނެވެ. “ކަމެއްވީކީ އެއް ނޫނުް. ދަރިފުޅު ބޭރަށް             ދާން އުޅޭހެން ހީވީމަ އަހާލީމި. ނަމާދުކޮށްގެން އާދޭ ގެއަށް ކާން.”          ކަމްލާ އެހެން ބުނެލުމުން ކައިލް ބޯޖަހާލުމަށްފަހު ގެއިން ނިކުމެގެން         ދިޔައީ މިސްކިތަށެވެ.

 

 

Share Article

Follow Me Written By

Sshau

Level 110 Stories

Other Articles

Previous

ނޭނގޭ!(16)

Next

ވަރުދާ -10

Next
July 4, 2021

ވަރުދާ -10

Previews
July 3, 2021

ނޭނގޭ!(16)


All Right Reserved!