ހަތަރުވަނަބައި ފީނަކަށް ހެދިފައިވާ ކެޔޮގަސްތަކުގެ ކައިރީ އަލީމާ މަޑުކޮށްލިއެވެ. “ބަލަ އަހަރެން އަހަރެންގެ ދަރި އަލީމާ ކަލެޔާ ދެވީ ކަލޭގެ މުދަލުން ވަކިވަރެއް ދޭންބުނެގެންނޭ….. ކަލޭ ކީއްވެހޭ ހަނދާންނެތުނީ” އަލީމާގެ ބައްޕަގެ ދުލުން މިޖުމްލަ ނިކުތުމާއެކީ އަލީމާއަށް އަނގަމަތީ އަތްއަޅާލެވުނެވެ. އަލީމާގެ ބައްޕަ އަލީމާ ހުމޭމްއާއި ދެވީ ހުމޭމްގެ މުދަލުން އެއްބައިދޭގޮތަށް ކަމެއް ކުރިޔަކުން އަލީމާއަކަށް ނޭނގެއެވެ. މައިންބަފައިން ދަރިން ހޯދަނީ ދަރިން ވިއްކަންހެއްޔެވެ؟ ހަމަގައިމުވެސް މިފަހަރު މިވީ އެހެންނެވެ. އަލީމާއަށް ބާރަށް ގިސްލެވެން ފެށުނީ ހިތަށް […]
ތިންވަނަބައި ނަމަވެސް އީނާލްގެ ބޮލުގައި ފިރުމާލަ ފިރުމާލައޮތް އަލީމާ ގެ ލޮލަށް ނިދި އައުމުގެ ބަދަލުގައި ސިފަވަމުންދަނީ އޭނަގެ ހަޔާތުން ފާއިތުވެ ގޮސްފައިވާ ކަޅުދުވަސްތަކެވެ. (މާޒީ) ބައްޕަގެ އެދުމަށް ފުރަގަސްދޭކަށް އަލީމާއަކަށް ނުކެރުނެވެ.ހިތުގައި އަތް އަޅާލަމުން ހުމޭމްއާއި ކައިވެނިކުރުމަށް އާބަސްދީފިއެވެ.ބައްޕަގެ ނިންމުން ބަދަލު ނުވާނެކަން އަލީމާޔަށް އެގޭތީވެސްމެއެވެ. ރަޖަބުމަހުގެ 12 ވީ އަންގާރަވިލޭރޭ އަލީމާޔާ ހުމޭމް ގެ ކައިވެނި ކުރެވިއްޖެއެވެ. ދުވަހަކުވެސް އެރަށުގައި ކައިވެނި ހަފްލާއެއް ނުބާއްވާހާ ފުރިހަމައަށް އަލީމާގެ ދެމަފިރިންގެ ކައިވެނި ހަފްލާ ބޭއްވިގެން ދިޔައެވެ. […]
ދެވަނަބައި ހިތި މާޒީ އެހަނދާންތައް ސިކުނޑީގައި ކޮށްޓަމުން ދިޔައީ އުދަނގޫކުރާފަދަ ގޮތަކަށެވެ ***** (މާޒީ) އުމުރުން 14 އަހަރު ފުރިފައިވީއިރު އަލީމާއަށް ލިބެމުން އައީ ހަމައެކަނި ބައްޕަގެ ލޯތްބެވެ. އަލިީމާގެ އުމުރުން 13 އަހަރުގައި މަންމަ ނިޔާވީ ބަލިއެނދުގައި އޮވެއެވެ. މާ ފުދުންތެރިވެމަންމަ މިދުނިޔޭގައި ނެތްނަމަވެސް އަލީމާ ދިރިއުޅެމުން އަންނަނީ އުފަލާއި ހިތްހަމަޖެހުން ލިބިގެންނެވެ. އުމުރުން 14 އަހަރު ފުރިފައިވީއިރު އަލީމާއަކީ ބުރުސޫރަ ރީތި ހިތްތިރި އަންހެންކުއްޖެކެވެ. އެއްއުމުރެއްގެ ކުދިންނާއެކު ކުޅެން އުޅޭއިރުވެސް އަލީމާއަކީ ރީތިކަމުން ހޮވާލެވޭ […]
ކުޑަ ކުދިންތައް އެއްކޮށްގެން ރަށުގެ ބޮޑުމަގުގައި ފޯރިއާއިއެކު ފަންކުޅެމުންދިޔަ އީނަލްގެ ތުނިތުނި ތުންފަތުގައި ވަނީ ފުޅާ ހިނިތުންވުމެކެވެ. މަގުގެ އެއްފަރާތުން ދުވަމުންދިޔަ އީނަލްގެ ދުވުން ހިނދަކަށްވުރެ ހިނދެއް ބާރުވަމުން ދިޔައީ އީނަލްގެ ފަހަތުން އީނަލްގެ ގައިގައި އަތްލަން ދުވަމުން އައި ކުއްޖާއަށް އަތުނުވުމުގެ ގޮތުންނެވެ. މަގުގެ ދެފަރާތުގައި ހެދިފައިވާ މިދިލި ގަސްތަކުން ދޮންވެގެން ބިމަށް ފައިބައިފައިވާ ފަތްތައް ފައިދަށުގައި މުގުރަމުން ދުވަމުން ދިޔަ އީނަލް ރުކެއްގެ ދަށުގައި ހުއްޓިލިއެވެ. ރުކުގައި ލެނގިލަމުން ފުންނޭވާތަކެއް ބޭރުކުރަމުން ދިޔަ އީނަލް […]