Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ތިޔަ ލޯތްބަށް އެދެމޭ 2 – 13

Baby Devil Level 610 Stories100 Stories
July 4, 2021 5 Mins Read
0 Comments

ވަރަށް ގިނައިރު ވިސްނަން އޮވެފައި އަޝްލީން ނިންމީ ރާކިން ކައިރިއަށް މާފަށް އެދެން ދާންށެވެ. އޭރު ދަންވަރު ބާރަ ޖަހަނީއެވެ. ހުދުކުލައިން ޑިޒައިން ކޮށްފައިވާ ކަޅުކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖީންސްއެއް ލައިގެން ލޯގަނޑު ކުރިމަތީގައި އަޝްލީން ހުއްޓުނެވެ. އެއްވެސް މޭކަޕެއް ނުކޮށް ފުން ނޭވާއެއް ލާފައި އަޝްލީން ކޮޓަރިން ނިކުތެވެ. ހިތް ދިޔައީ ބާރު ބާރަށް ތެޅެމުންނެވެ. ލަސްތަކެއްނުވެ އަޝްލީންއަށް ރާކިންމެންގެއާއި އަރާ ހަމަވިއެވެ. ދޮރު ހުރީ ތަޅުލާފައެވެ. ނަމަވެސް ފާރުމަތިން ފުންމާލައިގެން އަޝްލީން އެގެއަށް ވަދުނެވެ. ގޭތެރޭގައި ވަނީ މަރުފަދަ ހިމޭންކަމެވެ. އަޝްލީންއަށް ރާކިންގެ ކޮޓަރި އިނގޭތީ އަވަސް އަވަހަށް ގޮސް އެކޮޓަރިއަށް ދެމިގަތެވެ. ” ކިން… ” ރާކިން ސޯފާގައި އަރާމުކޮށް ނިދާފައި އޮތްތަން ފެނުމުން އަޝްލީންއަށް ގޮވާލެވުނެވެ.

**13 ވަނަ ޕާޓު**

އަޝްލީން ރާކިން ކައިރިއަށް ގޮސް ސޯފާގެ ކުރިމަތީގައި ދެކަކޫ ޖަހައިގެން އިށީނެވެ. އަދި އެ އަތުގައި ހިފާލިއެވެ. ރާކިން ހަރަކާތް ކޮއްލާފައި ކުޑަކޮށް ލޯ ހުޅުވާލިއެވެ. ދެވަނަ ސިކުންތުގައި ރާކިން ދެލޯ ބޮޑުކޮށްލާފައި ފުންމައިގެން ތެދުވިއެވެ.” އަޝް… ކީއްތިކުރަނީ މިތާ؟.. ” ރާކިން ހައިރާންވެ ހުރެ އަހާލިއެވެ.” ކިން.. އައިމް ސޯ ސޮރީ… އަހަރެންނަށް އިނގިއްޖެ އަހަރެންނަށް ވަރަށް ބޮޑު ކުށެއް ކުރެވުނުކަން… ވަރަށް ބޮޑަށް ސޮރީ… އަހަރެންނަށް މާފު ކޮށްދީ ކިން.. ” އަޝްލީންއަށް ރޮވުނެވެ. ރާކިން އެސްފިޔަ ވެސް ޖަހާނުލައި ހުރީ ޝޮކެއްގައެވެ.” އިޓްސް އޯކޭ…. މަގޭ ހިތް އަބަދުވެސް އަޝްއަށް ހެޔޮވާނެ.. ”

” ތެންކްސް ކިން…. ” އަޝްލީން ރާކިންގެ ގައިގައި ބައްދާލިއެވެ. އެވަގުތު ރާކިންގެ ހިތް އުފަލުން ނަށާލިއެވެ.” އަސްލު ކީއްވެ އަޝްލީން ތިއައީ… މަގޭ ދެކެ ލޯތްބެއް ނުވެއޭނުން ބުނީ.. ” ރާކިން އަހާލިއެވެ.” އޭރު ނޭނގޭ ލޯތްބަކީ ކޮން އެއްޗެއްކަމެއް… ކިން ދަސްކޮށްދިނީ… ތެންކްސް އަގެއިން.. ” އަޝްލީން ހިނިތުންވެލިއެވެ.” ޑްރަގް ޔޫސްކުރުން ހުއްޓާލަންވީނުން… ” އަޝްލީން ސޯފާގައި އިށީނެވެ. ރާކިން ފުން ނޭވާއެއް ލާފައި އަޝްލީންއާއި ދިމަ ބަލާލިއެވެ.” ހްމްމް.. ” ރާކިން އަމިއްލަ ނަފްސަށް ވައުދުވިއެވެ.

” ހިނގާބަލަ ހިނގައިލަން ދާން… މިރޭ ވަރަށް ސްޕެޝަލް ރެއެއް މީ.. ” އަޝްލީން ރާކިންގެ އަތުގައި ހިފައިގެން ކުޑަދޮރު ކައިރިއަށް ޖެހިލިއެވެ.” ކެރޭތަ ސެކަންޑް ފްލޯ އިން ފުންމާލަން… ” ރާކިން އަހާލިއެވެ.” ޔެސް… އަޝް ބިރެއް ނުގަނޭ… އިނގޭ ކިން ވެސް ބިރު ނުގަންނަކަން… ” އަޝްލީން ބުންޏެވެ.” ހެހެ.. އިނާ ވެސް އުޅޭނީ ހަމަ ތިހެން… ބިރެއް ނުގަންނާނެ އެއްވެސް ކަމެއް ކުރާކަށް… ” ވަރަށް ގިނަ ދުވަސްތަކަކަށް ފަހު ރާކިންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އަދި ދެމީހުން އެކީ ފުންމާލިއެވެ.

އެރޭ އެއްކޮށް އަޝްލީން އާއި ރާކިން ހޭދަކުރީ މަޖާ ކުރުމުގައެވެ. މީގެފަހުން ޑްރަގް ބޭނުން ނުކުރާނެކަމަށް އަޝްލީންކައިރީގަ ވެސް ވައުދު ވެފައެވެ.” އަޝް… ސުވާލެއް އަހާލަންތަ.. ” ގެއަށް އައި މަގުމަތީގައި ރާކިން އަހާލިއެވެ. އަޝްލީން އަހާށޭ ބުންޏެވެ.” އަލްވާ ކޮބާތަ މިހާރު.. ” ރާކިން އަޝްލީން އާއި ދިމަ ބަލާލިއެވެ.” ގޭގަނުން… އަނެއްކާ ކިހިނެއްވީ… ” އަޝްލީން ބުންޏެވެ.” މާއިން ބައްދަލް ކޮށްލަން ބޭނުން ވާތީ.. ” ރާކިން ހީލަމުން ބުންޏެވެ.

ހެނދުނު ހޭލައިގެން އިންޝާ ތައްޔާރުވީ ރާކިން ކައިރިއަށް ހުރިހާ އެއްޗެއް އޮޅުންފިލުވަން ދާންށެވެ. ކޮފީ ޖޯޑެއް ހިފައިގެން ރާކިންގެ ކޮޓަރީގެ ކުޑަދޮރުގައި ޓަކި ޖަހާލަމުން ވަދުނެވެ. އޭރު ދޮރާއި ފުރަގަހަށް ވާގޮތަށް ރާކިން އިށީނދެ އިނެވެ.” ކީއް ކޮށްލަނީ.. ” އިންޝާ ކޮޓަރިއަށް ވަދެފައި ދޮރު ޖަހާލިއެވެ.” ކަމެއް ނުކުރަން… ” ރާކިން ބޮލަށް ދިޔައީ ފާޑެއްގެ އުނދަގޫ ތަކެއް ވަމުންނެވެ.” ސުވާލެއް އަހާލަންށޭ މި އައީ.. ” އިންޝާ ރާކިން ކައިރީގައި އިށީނެވެ.” އަޝްލީން އަކީ ކާކުތަ… ތިއްތި ޑްރަގް ޔޫސް ކުރަނީ ކީއްވެ… ” އިންޝާ ކޮފީތަށި ރާކިންއަތަށް ދިނެވެ.” އަޝްލީން އެއީ އަހަރެންގެ ޖީއެފް… އިނާގެ ދޮންބެ ވަރު ކުއްޖެއް… މިހާރު ޑްރަގް ބޭނުން ނުކުރަން ނިންމައިގެން މިހުރީ… ” ރާކިން ކުޑަ ހިނިތުންވުމަކާއެކު ޖަވާބުދިނެވެ.

” އެހެންތަ… އިނާއަށް މީޓް ކޮށްލެވިދާނެ ތަ އަޝްލީންއާ… ” އިންޝާ އަހާލީ އެނދުމައްޗަށް ދެފައި ލަމުންނެވެ.” ތީ އެއްވެސް ކަމެއް ނޫން.. ކޮލެޖް ކައިރީގަ އިންނަ ގޯޅިން ވަންނައިރަށް ދެވަނައަށް އިންނާނީ އެގެ…” ރާކިން ކިޔާދިނެވެ.” މިއަދު މެންދުރުން އިނާ ދާނަން.. ” އިންޝާ އެނދުން ތެދުވެފައި ކޮޓަރިން ނިކުތެވެ.

” މިޝް… ހިނގާބަލަ ތާކަށް ދާން އަހަރެންނާއެކީ… ” މިޝްޔާގެ ކޮޓަރިއަށް ވަންނަމުން އިންޝާ ބުންޏެވެ. އޭރު މުޅި ކޮޓަރިތެރޭގައި ވަނީ ބީ.ޓީ.އެސް ގެ ލަވައެއްގެ އަޑެވެ. މިހާރަކަށް އައިސް މިޝްޔާ އުޅެނީ މާވަރަކަށް ބީ.ޓީ.އެސް އަށް ފޯރިހިފައިގެންނެވެ. ކޮޓަރީގެ ފާރުގައި ވެސް ވަނީ ‘ ބީ.ޓީ.އެސް އާރމީ ‘ އަކުރުތައް ހިއްޕާފައެވެ.

އިންޝާ ގޮސް ލަވައިގެ އަޑު ތަންކޮޅެއް މަޑުކޮށްލިއެވެ.” ހްމްމް ދާނަމޭ… ” މިޝްޔާ ކަންނެތް ގޮތަކަށް އެނދުން ތެދުވިއެވެ.” އޭއި 7 ބޯއި ފްރެންޑް ގެންގުޅޭ ގާރލްސް ކޮބާ ދޮންބެގެ ސްޕާރީ ފޮށި… ” މާއިން މިޝްޔާއަށާއި އިންޝާއަށް ޖެއްސުމަށް ބުންޏެވެ. މިޝްޔާ ރުޅި އައިސްގެން ގޮސް ފަޅައިގެންދާ ވަރު ވިއެވެ.” ދެން ދޮންބޭ… އެމީހުންގެ ފޭންއެކޭ މީ… އެއީ ބީއެފް އެއް ނޫން.. ” މިޝްޔާ ތުން ދަމާލިއެވެ.” އެކްސްކިއުޒް މީ ދޮންބޭ… އައިމް ނޮޓް ދެޓް ފޭން… އިނގޭ ދޯ ދޮންބެއަށް މީ ވީބް އެއްކަން ..ދެން ކީއްކުރާކަށް ތި މަލާމާތް ކުރަނީ.. ” އިންޝާ ވެސް ތުން ދަމާލިއެވެ.” އިނގޭ އެކަމް ހަމަ ޖެއްސުން ކޮށްލާހިތްވީ… ފެނުންތަ ދެން… ” މާއިން އަނގަ ހަދާލިއެވެ.” ނޯޕް ނުފެނޭ… ” މިޝްޔާ އެހެން ބުނުމުން މާއިން މިސްރާބުޖެހީ ދޮރާއި ދިމާއަށެވެ. ނަމަވެސް ދޮރާއި އަރާ ހަމަނުވަނީސް އިންޝާ ވާހަކަ ފެށިއެވެ.” އިނގޭތަ މިޝް… މިއުޅެނީ އަލްވާ މެންގެއަށް ދާން… މިޝް ވާނެ ދާން.. ”

” އޭނ ؟؟ކީކޭ ؟؟އަލްވާއޭ؟ ކޮންއިރަކު އެގެއަށް ދަނީ؟؟ ކީއްކުރަން ދަނީ؟؟ ދޮންބެ ވެސް ގޮވައިގެން ދޭބަލަ… ” މާއިން ފަހަތަށް އެނބުރުނެވެ.” ސާބަހޭ ދޮންބޭ… ކިހިނެއްތިވީ… އަނެއްކާ ތިއްތިގެ ޖީއެފްއަށް ހިތްކީތަ؟… ” އިންޝާ ހެމުން އަހާލިއެވެ. ” ނޫން އަޝްލީންއެއް ނޫން… ” މާއިންއަށް ބުނެވުނެވެ.” ދެން ކާކު؟ އަލްވާ؟؟.. ” މިޝްޔާ މާއިންއާއި ދިމަ ބަލާލިއެވެ. މާއިން ބޯ ކަހާލާފައި ފަހަތަށް އެނބުރި ދާން ހިނގައިގަތެވެ. އޭރު މިޝްޔާ އާއި އިންޝާ ހޭއަޑު އިވެއެވެ. އަމިއްލަ މޮޔަ ކަމާމެދު މާއިންއަށް ވެސް ހެވުނެވެ. ހާސްވާކަށް ނުޖެހޭނެ ވިއްޔާއެވެ. އިޝާން އަދި ރާއިލްއަށް ވެސް އެ ދުވަހު ވީ ކަންތައް އިނގޭނެއެވެ.

އެދުވަހު އަލްވާ މެންގެއަށް އިންޝާމެން ދިޔައީ މާއިން ގޮވައިގެންނެވެ.” އަޝްލީންތަ..” ބޭރު ޖޯލިފަތީގައި އިން އަޝްލީން ފެނުމުން އިންޝާ އަހާލިއެވެ.” ހްމް ކިހިނެއްވީ… ” މާއިން އަށް ބަލާލަމުން އަޝްލީން ޖަވާބުދިނެވެ.” ހަމަ ގޮވާލަން މި އައީ ތިއްތިގެ ޖީއެފްވީމަ… ” މިޝްޔާ ހިނިގަނޑެއް ޖަހާލިއެވެ. މާއިން ދެލޯ ބޮޑުވިއެވެ. އަޝްލީން އެހާ އަވަހަށް ވިސްނުން ބަދަލް ކުރީ ހެއްޔެވެ؟ މާއިން އުފާވެސް ވިއެވެ.

” އެހެން ދޯ… އިށީނދޭ… ” އަޝްލީން މޫނު ކުޑަކޮށް ރަތްވިއެވެ. މާއިން އަޝްލީންއާ ޖެހިގެން އިން ޖޯލީގައި އިށީނެވެ. އެވަގުތު އަޝްލީން ފޯނު ހުޅުވާލިއެވެ. މާއިން ހިތް އަވަސްވީ އަޝްލީން އާއި އަލްވާ ، އަޝްލީންގެ ފޯނުގެ ހޯމް ސްކްރީން ގައި އިނުމުންނެވެ. މި ހަތަރު އަހަރު ތެރޭގަ އަލްވާ ހުރީ ވަރަށް ބަދަލުވެފައެވެ. ކުރީގައި ދޮންކޮށް އޮންނަ ހަންގަނޑު އޮތީ އެއަށްވުރެ ދޮންވެފައެވެ. ކުރީގައި ހުރި ވަރަށް ވުރެ މިހާރު ވަނީ ދިގުވެފައެވެ. ކުޑަކޮށް ފަލަކޮށް އޮތް ހަށިގަނޑު މިހާރު ވަނީ ލޫޅާފަތި ހަށިގަނޑަކަށް ވެފައެވެ. ކުރުކޮށް އޮތް އިސްތަށިގަނޑު އޮތީ ބުރަކަށްޓާ ހިސާބަށް ދިގުކޮށްފައެވެ. މަޑު ޗޮކްލެޓް ކުލައިގެ ލޯ އެއަށްވުރެ މަޑުހެން ހީވެއެވެ. ހީލާފައި އިން އިރު ކޮލުގައި ‘ ޑިމްޕަލް ‘ އެއް ވެސް އިނެވެ. މާއިން ހިތާއި ހިތުން އަލްވާއަށް ތައުރީފު ކޮށްލެވުނެވެ.

” ދޮންބޭ ކޮން ހިޔާލެއްގަ.. ” މިޝްޔާ މާއިންގެ ލޯ ކުރިމަތީގައި އަތް ހޫރާލިއެވެ.” އެހ؟.. ޮީކީކޭ މިޝް..؟.. ” މާއިން ސިހިފައި ބަލާލިއެވެ.” އަޅާ ނުލާ… ކޮބާތަ އަލްވާ.. ” އިންޝާ މާއިން އާއި ދިމަ ބަލާލީ ހެމުންނެވެ.” އަލް.. އާދެބަ… ” އަޝްލީން ގޮވާލިއެވެ. ” ކިހިނެއްވީ ދޮންތީ… ” އަލްވާ ދޮރޯށިން ބޭރަށް ނިކުތެވެ. މާއިން އަށް ބަލާލެވުނީ އަލްވާ އާއި ދިމައެވެ. މޫނުން ފެންނަން ހުރީ މައުސޫމް ކަމެވެ. ކުރިއަށް ވުރެ މިހާރު އަލްވާ ރީއްޗެވެ.

” އިނާ އަހާލީމަ ގޮވާލީ… މަޑު ކޮށްލައްޗޭ އެބަ އަންނަން ޖޫސް ހިފައިގެން… ” އަޝްލީން ޖޯލިން ތެދުވަމުން ބުންޏެވެ.” ނޫނޭ ތިއްތިބެދައްތާ މި އައީ ކައިގެންނޭ.. ” މިޝްޔާ ހީގަތެވެ. އަޝްލީން ލަދުން ގޮސް ހަލާކުވިއެވެ.” އޭ ދެން ގޮސްލީ އޭ އިނގޭ… ބާއި.. ” މާއިން ހިތް އަވަސް ވާން ފެށުމުން އެތަނުން ދާން ބޭނުންވިއެވެ.” މަ މީ ހާދަ ކަޑަ މީހެކޭ… ފިރިހެނެކޯ އެކަމް މިހިރީ ވާވަރު.. ހީވަނީ އަންހެނެއްހެން… ހާދަ މޮޔައޭ.. ކިންއަށާ ޝާންއަށް އިނގިއްޖެއްޔާ ހުންނާނެ ފޯރި… އަދި މިހިރަ އިނާ އާ މިޝް ވެސް މީ ދިމާކުރަން އެއްވަނަ.. ” މާއިން ޖޯލިން ތެދުވަމުން އަމިއްލަ ނަފްސާއި ވާހަަކަ ދެއްކި އެވެ.” އޯކޭ ބާއި… ” އަޝްލީން ހީލިއެވެ.

” ދޮންތީ އެއީ މާއިންތަ.. ” އަލްވާ ސުވާލުކޮށްލިއެެވެ.” އާނ އެއީ މާއިން.. ” އަޝްލީން ޖަވާބުދިނެވެ.” ހާދަ ރީއްޗޭ މިހާރު… ” އަލްވާ ހިތުގައި މާއިން އާއި މެދު އާ ވިންދެއް ޖަހަންފެށިއެވެ.” ތި ވީނުން… ” އަޝްލީން ހޭން ފެށިއެވެ.” ދެން ދޮންތީ… ވަރަށް ފޫހި… ” އަލްވާ މޫނު ކުނިކޮށްލިއެވެ.” ހެހެ.. ދޮންތި ދަނީ މިއުޅެނީ ބޮލަށް ތަދުވާތީ… ” އަޝްލީން ކޮޓަރިއަށް ވަނެވެ.

” ކިން ކޮން އިރަކު އަޝްލީން އާ ރައްޓެހިވީ…؟؟!!!!!.. ” މާއިން އައިސް ރާކިންގެ ކޮޓަރިއަށް ވަންނަމުން ބާރަށް އަހާލިއެވެ.” ތިއަށް ވުރެ މަޑުން ނޭހެނީތަ ހަމަ… ” ރާކިން ފުންމައިގެން ތެދުވީ އިތުރު މީހަކަށް އެ ވާހަކަ އަޑުއިވިދާނެތީއެވެ.” ރޭގަ އޭ ރައްޓެހި ވީ.. ” ރާކިން ބުންޏެވެ.” އެހެން ދޯ.. މިއަދު އެނދުން ވެސް ނުތެދުވާ ދުވަހެއްތަ.. ” މާއިން ގޮސް ކުޑަދޮރުގެ ފޮތިގަނޑު ކަހާލިއެވެ.” ހްމްމް… ބޮލަށް އުނދަގޫ ވާތީ މިއުޅެނީ… ” ރާކިން އޮށޯތެވެ.” އެ އަނެއްކާ ކިހިނެއްވީ.. ” މާއިން އަހާލިއެވެ. ރާކިން ދެލޯ މަރާލިއެވެ.” އެ ކަން މަ ހުއްޓާލައިފިން އެހެންވެ ވަރަށް އުނދަގޫވޭ.. ” ރާކިން ފުން ނޭވާއެއް ލިއެވެ.
– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Baby Devil

Level 610 Stories100 Stories

Other Articles

Previous

އެލީޝާ (2)

ކުލުނުނެތް ލޯބި
Next

ކުލުނުނެތް ލޯބި 4

Next
ކުލުނުނެތް ލޯބި
July 4, 2021

ކުލުނުނެތް ލޯބި 4

Previews
July 4, 2021

އެލީޝާ (2)



All Right Reserved!