Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިހިތުގެ ލޯބި

🌹YEOJA🌹 Level 610 Stories100 Login100 Comments
November 30, 2021 6 Mins Read
4 Comments

އިރުގެ އަލިކަމުން މުޅިދުނިޔެ އަލިކޮށްލީ މާލޭގެ މަގުތައް ހަލަބޮލިކޮށްލަމުންނެވެ. ކޮންމެ ދުވަހެކޭ އެއްފަދައިން ދެކޮޅަށް ސްކޫލަށްދާން ހިނގަމުން ދާ ބެލެނިވެރިންނާ ދަރިންވަރުން ވެސް މަގުމަތީ ވަކި މަދެއް ނޫނެވެ. ވަޒީފާ އަށް ދާ މީހުންވެސް މަގުމަތިން ފެންނަމުން ދެއެވެ. މި ހަލަބޮލި މާހައުލުގައި މަގުގެއްލިފައިވާ މުސާފިރެއް ފަދައިން ހިނގަމުން ދިޔަ ލަމްހާ އަށް ކޮންމެ މީހަކުވެސް ބަލައިލައެވެ. މީހުންގެ ނަޒަރުން ކަސިޔާރު ވާން މި އަންހެން ކުއްޖާ މަސައްކަތް ވެސް ނުކުރާފަދައެވެ. ލޮލުން ކަރުނައަންނަމުން ދިޔައިރު ހުރިހާ ކަރުނަތިއްކެއް ބޮޑު އެއްތިއްކަށް ވެގެން އެ ދޮންމޫނުގައި ބޮސްދެމުން ތިރިއަށް ފައިބަމުން ދިޔައެވެ. މަޑުމަޑު ގިސްޖެހުމެއްގެ އަޑެއް އެމާހައުލުގައި ހިފާލާފައިވިއެވެ. ލޯބިވާ މަންމަގެ ޖަނާޒާގާ ބައިވެރިވުމަށްފަހު ވެޅުލެވުމާއެކު އެކަނިވަގުތުކޮޅެއް ހޭދަކޮށްލުމަށް ލަމްހާ އެތަނުން ދުރަށްޖެހެލީއެވެ. އަހަރުދުވަހުގެ ބަލިމަޑުކަމުގާ އުޅެފައި ލަމްހާގެ މަންމަ މިދުނިޔެ ދޫކުރީ ލަމްހާ އެކަނިވެރި ކުރުވާފައެވެ.

މަޑުހިނގުމެއްގައި ހިނގަމުން ދިޔަ ލަމްހާ އަށް ކައިރީ ހުރި ފާރުގައި އަތްޖައްސާލެވުނީ ބޮލަށް އެރި ތޫނުތަދާއެކުއެވެ. ރޭހަތަރުދަމު ރުޔުމާ ހިތާމަކުރުމުގާ ހޭދަކުރި ލަމްހާ އަށް ކެއުންބުޔުމެއް ނެތެވެ. ބަނޑުހާ ހޫނުކަން އިޙްސާސްވާހާ ވަރަށްވުރެ އެފަކީރަށް ލިބިފައިވަނީ ދެގުނަ ހިތާމައެވެ. އިސާހިތަކު ކަނޑާ ވައްޓާލި ރުކެއް ފަދައިން ލަމްހާ ވެއްޓެން ދިޔަނަމަވެސް ފަހަތުން އައި ޒުވާން ފިރިހެން ކުއްޖާ ހުޝިޔާރުކަމާއެކު ލަމްހާ ގެ އުނަގަނޑުގާ އަތްއަޅުވާލިއެވެ. ނުސާފު މަންޒަރެއް ފަދައިން ލަމްހާ އަށް ހާސްވެފައިވާ އެޒުވާނާގެ މޫނުފެނެލިއެވެ. ދެންވީނުވީއެއްނޭގި ، ގަނޑިއިރަކަށް ފަހު ލަމްހާ އަށް ހޭލެވުނު އިރު ވެސް ބޮލުގާ ތޫނުތަދެއް ހުއްޓެވެ. ވަށާ ނަޒަރު ހިންގާލާ މާހައުލު ދެނެގަންނަން އިރުތަކެއް ނެގިނަމަވެސް ލަމްހާ ގެ ނަޒަރު ހުއްޓުނީ ގާތުގާ ކޮޅަށް ހުރި ނުދަންނަ ޒުވާނާއަށެވެ. ” ރަނގަޅުތަ ؟ ޑޮކްޓާރ ބުނުއްވީ ގައިގާ ހަކަތަ ހުސްވުމުގެ ސަބަބުން ވީކަމެއް ކަމަށް ،” ލަމްހާ އަށް ތެދުވަން އެހީތެރިވެލަމުން ޒުވާނާ ބުނެލިއެވެ. ” ތީކާކު ، އަހަރެން މިތަނަށް އައީ ކިހިނެއް؟” ބަލިއަޑަކުން ލަމްހާ ބުނެލިއެވެ. ” އަހަރެންމީ ރައިޝާން ،  ތިކުއްޖާ މަގުމައްޗަށް އެނބުރުން އަރާގެން ވެއްޓުނީ އަހަރެން ކައިރިއަށް އެހެންވެ ހޮސްޕިޓަލަށް ގެނެވުނީ ،އެން ތީކާކު ؟ ” ކަންހިނގާދިޔަގޮތް ރައިޝާން ޙުލާސާކޮށްކިޔާދިނެވެ.

” މީ ލަމްހާ ، ވެދެއްވި އެހީއަށް ޝުކުރިއްޔާ ، އުނދަގޫކޮށްލެވުނީތީ މާފަށް ވެސް އެދެން ” ކުޑަކޮށް ލަދުގަނެފައިވާ ހާލު ލަމްހާ ބުނެލިއެވެ. ފުރަތަމަ ފަހަރަށް ލަމްހާ ރައިޝާން އަށް ނަޒަރު ހިންގާލިއެވެ. ފަންއިސްތަށިކޮޅެއް ލިބިފައިވީއިރު ހުރީ މައްޗަށް ހިއްލާލާފައެވެ. ދޮންހަންގަނޑެއް ލިބިފައިވެއެވެ. ލައިގެން ހުރި އޮފިޝިއަލް އެއްޗެހީގެ ސަބަބުން ވަޒީފާއަށް ދާންތައްޔާރުވެފައި ހުރި މީހެއްކަން ފާހަގަވެއެވެ. ލަމްހާގެ ހިތްތެޅެލީ އޭނާ އަށް ވެސް ނޭނގިއެވެ. އެތެރެހައްޓަށް ތަފާތުގޮތެއް ވެލިއެވެ. ހިޔާލީ ދުނިޔެއިން ލަމްހާއަށް ނިކުމެވުނީ ޑޮކްޓަރު އައުމުންނެވެ. ” މިހާރު ދެން ރަނގަޅު ، އެކަމް ރަނގަޅަށް ކާންވާނެ މީހާގެ ހަށިގަނޑުވަނީ ވަރަށް ވީކްވެފާ ، ދެން އެންމެ ރަނގަޅު ދިޔަޔަސް ” ލަމްހާ ޗެކްކޮށް ހެދުމަށް ފަހު ޑޮކްޓަރ ބުނެލިއެވެ.

” އެހަށް ފެންނަނީ ލަމްހާ އަހަރެންނާއެކު ކާންދާން ، އެކަނި ފޮނުވާލާކަށް ހިތެއް އެއްބަހެއް ނުވޭ ” ލަމްހާގެ ދެލޮލަށް ބަލައިލަމުން ރައިޝާން ބުނެލިއެވެ. އިތުރު ގޮތެއް ނެތުމާއެކު ރައިޝާން ގެ ތޫނު ބެލުމުން ސަލާމަތް ވުމަށްޓަކާ ބޯޖަހާލަމުން ލަމްހާ އިސްޖަހާލިއެވެ. ކައިރީ ހުރި ރެސްޓޯރެންޓް އަކަށް ވަދެ ކާއެއްޗަކަށް އޯޑަރުޖަހާލިއެވެ. ” ލަމްހާ ގޭމީހަކަށް ގުޅާލުން ރަނގަޅުކަންނޭގެ ދޯ އެކަނި ގެއަށް ދިޔުމަށްވުރެ ” ފެންތަށިން ކޯވަރެއް ބޯލަމުން ރައިޝާން ބުނެލިއެވެ. ވަގުތުން ލަމްހާގެ ސިކުނޑިއަށް މަންމަގެ މަރުގެ ހާދިސާވަނެވެ. ދެލޯފެންކަޅިވީ އެސްފިޔަޖަހާލާ ހާ އަވަހަށެވެ. ކަރުނަތައް ހިންދަން މަސައްކަތް ކުރަމުން ލަމްހާ އިސްޖަހާލިއެވެ. ” އަހަރެން އާއިލާއެއް ނުހުރޭ ، ހުރީވެސް ހަމައެކަނި މަންމަ ، އެކަމް އެ މަންމަ ވެސް އަހަރެންނާ ވަކިވެ މުޅިޢުމުރަށް ލޯމަރާލާފި ” ކުރަކިވެފައިވާ އަޑަކާއެކު ލަމްހާ ބުނެލިއެވެ. ރައިޝާންގެ ދެލޯބޮޑުވެގެން އައުމާއެކު އެހިތުގައި ލަމްހާ އަށްޓަކާ ހަމްދަރުދީ އުފެދުނެވެ. ” އަމް ސޮރީ ޓުހިޔާ ދެޓް ” ދެއަތްދެއަތާ މޮޑެލަމުން ރައިޝާން ބުނެލިއެވެ. ” އިޓްސްފައިން މަރަކީ އަންނާނެ އެއްޗެއް ކޮންމެ މީހަކަށްވެސް ” ލޮލުން ފައިބަމުން ދިޔަ ކަރުނަތިކިތައް ފޮހެލަމުން ލަމްހާ ބުނެލިއެވެ. އެވަގުތުވީ ކާއެއްޗެހި އާވަގުތުކަމުން ދެމިހުންވެސް ކާންފެށިއެވެ. ކައިނިންމާގެން ދެމީހުންވެސް ނިކުމެލީ ހިތްހަމަ ޖެހިފައި ހުރެއެވެ. ދެމީހުންގެ ދެމެދު އެކުވެރިކަން އުފެދިފައިވީ ނަމަވެސް ދެމީހުންގެ ހިތުގައި ވަނީ އެހެންއެއްޗެކެވެ. ލޯބިއެއީ ކޯންޗެއްކަން ނޭނގޭ ރައިޝާންގެ ހިތުގައިވެސް ވިންދެއް ޖަހާލިއެވެ. ފުރަތަމަ ނަޒަރުން ލޯބިވާކަންވެސް ދެމީހުން ޤަބޫލުކޮށްލިއެވެ.

ހަމަހިމޭން ވެފައިވާ ގޭތެރެ އަށް ލަމްހާ ނަޒަރު ހިންގާލިއިރު އެމޫނުމަތި ވަނީ މިލާފައެވެ. މަންމައާ އެކު ހޭދަކުރެވުނު އެތައް ދުވަހެއް ލަމްހާގެ ސިކުނޑީގައި ޓަކިޖަހާލިއެވެ. މަޑުފިޔަވަޅުތަކެއް ނަގަމުން ލަމްހާ ވަދެލީ ޖެހިގެން ހުރި އޭނާގެ މަންމަ ގެ ކޮޓަރިއަށެވެ. ކޮޓަރީގެ އެކިދިމަދިމާލަށް ނަޒަރު ހިންގަމުން ލަމްހާގޮސް އެނދުގައި އޮށޯވެލީ އެކިހަނދާންތައް އާލާކޮށްލަމުންނެވެ. އިސާހިތަކު އެދޮލޯމެރެމުންގޮސް ނިދީގެ ފުންކަނޑަކަށް ގެނބިގެންދިޔައެވެ.

ހަވީރުގެ ވަގުތެވެ. މީހުންގެ ހިތްތައް ފިނިކޮށްލާފަދަ ރީތިވައިރޯޅި ޖެހެމުންދިޔައެވެ. މަޑުހިނގުމެއްގައި ލަމްހާގޮސް ހުއްޓުނީ ހުރި ހަމަ އެކަނި އެކުވެރިޔާގެ ގޭދޮށަށެވެ. އޭނާ ވީނުވީއެއް ނޭނގި ހޯދާފާ ހުންނާނެކަން އިނގޭތީއާއެކު އެކުވެރިޔާ ގެ އެހީ ބޭނުންވާ ވަގުތުކަމުން އެގެއަށް ދިޔުން އެއީ އެންމެ ރަނގަޅުގޮތުގައި ލަމްހާ ނިންމީއެވެ. ދޮރުގެ ބެލް އެޅުމާއެކުހެން އެތެރެއިން ދޮރިހުޅުވާލީ ލަމްހާގެ އެކުވެރިޔާ ނަޝްފާއެވެ. ” ލަމް، ކޮންތާކުތަ އުޅުނީ، އަހަރެން ހާދަހޯދާލީމޭ ، ލަމްވެސް އުޅޭނީ މީހުން ކަންބޮޑުކޮށްލަން ވިއްޔަ ، ހަމަ އަސްލަށް ހާދަ ބިރެއް ގަތޭ ” ލަމްހާގައިގައި ބައްދާލަމުން ނަޝްފާ ހުރިހާ އެއްޗެއް އެއްފަހަރާ ކިޔާލިއެވެ. ” ސޮރީ ނަޝް ވަރަށް ބޮޑަށް ސޮރީ ، އަހަރެން މިހާރު އޯކޭއޭ ، ކަންބޮޑުނުވާއްޗޭ ” ލަމްހާ ބުނެލިއެވެ. ” ހިނގާ އެތެރެ އަށް މަންމަ ވެސް އެބައިން ލަމްގެ ހަބަރެއް ނުވެގެން ހާސްވެފާ ” ލަމްހާ ކޮނޑުގާ އަތް އަޅުވާލަމުން ނަޝްފާ އެތެރެ އަށް ހިނގާގަތެވެ.

ހަވީރުގެ ވަގުތު ނަޝްފާ ކައިރި ހޭދަކުރުމަށްފަހު އެގެއިން ލަމްހާ ނިކުމެގެން ދިޔައީ އިރުއޮއްސެން ހެދުމުންނެވެ. އާދައިގެ ހިނގުމެއްގައި ލަމްހާ ދިޔަނަމަވެސް ފައިދޮށް ނުބަލާ ދިޔުމުގެ ސަބަބުން ފައިއޮޅިގެން ވެއްޓެން ދިޔަނަމަވެސް މިފަހަރުވެސް ރައިޝާންގެ އަތްމައްޗަށް ވެއްޓުމީ އެއީ ލަމްހާގެ ނަސީބުކަމެއް ނުވަތަ ބަދުނަސީބުކަމެއް ނޭނގެއެވެ. ” ލަމްހާ ” ލުއިހިނިތުންވުމަކާ އެކީ ރައިޝާން ބުނެލީ ލަމްހާ ސީދާކޮށްލަމުންނެވެ. ” މިހާރު އަބަދު މަގުމަތީވެއްޖެއްޔާ އޮންނަން ވަނީ އަހަރެން އަތްމަތީދޯ ” ލާނެތް ރާގަކަށް ރައިޝާން ބުނެލީ އެތްމިޔަކަނިން ހީލަމުންނެވެ. ވަގުތުން ޖަންބުކުލަ އަރައިގެން ދިޔަ ކޯތާފަތް ފޮރުވުމަށް ލަމްހާ އަނެތްފަރާތައް އެނބުރި ހިނގާގަންނަމަވެސް ދެފައިގައި ކަސްތޮޅުއެޅުވުނީ ރައިޝާން އޭނާގެ އަތުގެ މުލަށްދަނޑީ ހިފުމުންނެވެ. ” ހާދަ އަވަހަކަށް ދަނީ ، އެއްޔެ ލަމްގެ ނަންބާރ ވެސް އަތްލަން އަހަރެން ހަނދާން ނެތުނީއޭ” . ރައިޝާން ބުނެލީއެވެ. ލަމްހާ ރައިޝާން ދިއްކޮށްލި ފޯނުގާ އޭނާގެ ނަންބަރު ޖަހާދިނުމަށްފަހު ކުޑަވަގުތު ކޮޅަކު އެތާ ރައިޝާން ކައިރި ހުރެލީވެސް އޭނާގެ ހިތުގެ އެދުމަށް އިޖާބަދިނުމަށެވެ. ދެމީހުންގެ ހިތުގައި އެކެއްޗެއް ވީނަމަވެސް ހިތުގެ ތެރެއިން އިޙްސާސްތައް ބޭރުކޮށްލަން ބޭނުން ނުވާފަދައެވެ. ” އެހެންމާ މާދަންރޭ ފައިނަލް އިނގޭ ރެސްޓޯރެންޓް އަށްދާން ، އަހަރެން ލަމް ކައިރި ދައްކަން ޖެހޭ މުހިންމު ވާހަކަ އެއްވެސް އެބައިން ” އެންމެ ފަހުން ކެތްނުލަވާގެން ރައިޝާން ބުނެލީ އެ ހިތުގެ ރާނީ އެހެންމީހެއްގެ ހައްޤަކަށް ވުމުގެ ކުރިން އޭނާ ގެ އަމިއްލަ މިލްކަކަށް ހަދަން ބޭނުންވެފައި ހުރި މިންވަރުންނެވެ. ” އޯކޭ އަހަރެން ހުންނާނަން އެއިޓް ތާރޓީ އަށް ތައްޔާރުވެގެން ” ހިނިތުންވުމަކާއެކު ލަމްހާ ބުނެލީ ރައިޝާން ދައްކަން އުޅޭ ވާހަކަ އަކާމެދު ޝައުޤުވެރިވާ ހާލުއެވެ.

އަމާން އޮމާން ކަންމަތީ ޖެހިގެން އޮތްދުވަސް ފެށިގެން ދިޔަނަމަވެސް އެހެން ދުވަސް ދުވަހެކޭ ހިލާފަށް ލަމްހާގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަމާހެދި ދުވަހުގެ ބޮޑުބާ ހޭދަކުރަން ޖެހުނީ ވިސްނުމުގައެވެ. ވަޒީފާގެ މާހައުލުންވެސް ކުޑަކޮށް ދުރުވެލުމަށް ޗުއްޓިނެގުނު މޮޔަ ހިތަށްއަރާފައި އެކަމާ އަމިއްލަ ނަފްސަށް  ލަމްހާ ކުދިކީލެއްވެސް ވަކި މަދެއް ނޫނެވެ.

ދަނބުކުލައިގެ އަބާޔާ ހެދުމަކާ އެއާގުޅޭގޮތުން އަޅާފައި އިން މާޖެހި ޝޯލްގެ ސަބަބުން މިރޭ ލަމްހާގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިވާފަދައެވެ. އެތްކޮށްތައްޔާރުވެ ނިމުމާއެކު ލުއި ހިނިތުންވުމަކާއެކު ލަމްހާ ބޭރަށް ނިކުންނަމަވެސް ކަމެއްވާން އުޅޭކަމުގެ ސިގްނަލްއެއް ލަމްހާގެ ހިތުގެ އެތްކަނަކުން ދެމުންދިޔައެވެ.

ދުވާރުމަތީ ހުންނަތާ ދެވަރަކަށް މިނެޓްފަހުން ރައިޝާން ސައިކަލުގާ އަންނަ ތަން ފެނުމާއެކު ހެން ލަމްހާ ހިނިތުންވެލަމުން އަތުން ހަނާއަޅާލިއެވެ. ރައިޝާންވެސް ހިނިތުންވުމެއް ރައްދުކޮށްލިކަން ލަމްހާ އަށް އިނގުނެވެ. ހިތުގެ ތެޅުން ބާރުވަމުން ދާހާލު ލަމްހާ ހިތާވީފަޅީ އަތް އަޅާލަމުން ރައިޝާން އާ ދިމާލަށް ބަލައިލިވަގުތުވީ ގޯޅިގަނޑުން އައި ޕިކަޕުގާ ޖެހި ސައިކަލުގާ އިން ރައިޝާން ދުރަށް ވިއްސާގެން ދިޔަވަގުތަށެވެ. ތަންކޮޅެއް ދުރުގައި ހުރި ހޮޅިދަނޑީ ޖެހި ރައިޝާން މަތަވިއިރު ސިކުންތެއް ނުވަނީސް އެތަނުގާ ލޭގެ ކޯރެއް ދެމިގެން ދިޔައެވެ. ލަމްހާ އަށް ހުރެވުނު ތަންވެސް ނޭނގުނުކަހަލައެވެ. ހަޅޭލަވާގަންނަމުން ފައިގާ ހުރި ބާރެއް ލަމުން ރައިޝާން ކައިރި އަށް ދުއްވައިގަތެވެ. މަރަށް ތެޅިތެޅިފައި އޮތްމީހެއް ފަދައިން ރައިޝާން ކުޑަކުޑަ ކޮށް ލޯހުޅުވާލީ ހިތްވަރުކޮށްލަމުންނެވެ. ” ރައިޝާން ޕްލީޒް ލޯހުޅުވާގެން އޮވެބަ، އަހަރެން މިހާރު މިގެން ގުޅަނީ އެންބިޔުލާންސްއަށް ،” ރޮވެމުންދާ ހާލު ލަމްހާ ބުނެލިއެވެ. ” ނޫ..ނޫން ، ލަމް، އަ..އަހަރެން ދައްކާ ވަ..ވާހަކަ އަޑުއަހާބަލަ ” ލަމްހާގެ އަތުގާ ހިފާލަމުން ރައިޝާން ބުނެލިއެވެ. އެއިރު ހުދު ލަމްހާ ވެސް ވަނީ ލެއިން ތަތްތެޅިފައެވެ. ” އަހަރެން ދެން ސަލާމަތް ވާނެ ކަމުގެ އުންމީދެއް ނެތް، އަހަރެންގެ މަރު ކައިރީގާ ވާހެން ހީވަނީ ، އަހަރެން ލަމް ކައިރި ބުނެލަން އޮތް ހަމައެކަނި ވާހަކަ އަކީ ..އައިލަވްޔޫ ، އަހަރެން ވަރަށް ލޯބިވޭ ލަމްހާ ދެކެ ޢުމުރަށް ލަމް އާއެކު ހޭދަނުކުރެވުނު ނަމަވެސް އަހަރެން މަރުވެދާނީ ހިތްހަމަޖެހިފާވާ ހާލު ” ހިތްވަރުން ރައިޝާން ބުނެލިއެވެ. ލަމްހާ އަށް ބާރަށް ރޮއެގަނެވުނެވެ. ރައިޝާން ގެ ލޯބީގާ ހުދު އޭނާ ވެސް ވަނީ ދީވާނާ ވެފައެވެ. އެ ލޯބީގެ އުފާވެރިކަން ހާސިލް ނުވަނީސް މިޖެހުނީ ވަކިވެދާށެވެ. މަންމަ ގެ މަރަށް ހަފްތާ އެއް ނުވާއިރު އަނެތްކާ އޭނާ ލޯބިވާ އެކަކު އޭނާ ދޫކޮށްދަނީއޭ ވެސް ހިތަށް އަރަމުން ދިޔައެވެ. ހިތުގައި އުތުރި އަރާފައިވާ ޝަކުވާތައް ކަރުނައިގެ ސިފައިގާ ބޭރުކުރަމުން ވެސް އެހިތަށް ހިތްހަމަޖެހުމެއް ލިބިދާނެ ހެނެއް ހީނުވެއެވެ. ” އަހަރެންވެސް ރައިޝާން ދެކެ ވަރަށް ލޯބިވޭ ޕްލީޒް ޑޯންޓްގޯ ” ލަމްހާ ބުނެލިއެވެ. ހިނިތުންވެލަމުން ރައިޝާން ފުންނޭވާއެއްލިއެވެ. އެވަގުތުވީ އެތަނަށް އެންބިޔުލާންސް އައިވަގުތެވެ. ހިތާހިތުން ލަމްހާ އަށް ޝުކުރުވެރިވެވުނެވެ. ބޮޑެތި ޒަޙްމްތައް ރައިޝާން އަށް ލިބިފައިވާތީ ޑޮކްޓަރުންވެސް ވަނީ އުންމީދުކަނޑާލާ ހިސާބަށް ގޮސްފައެވެ. އެހެންނަމަވެސް އެމީހުންގެ ފަރާތުން ދެވެން އޮތްހާ ފަރުވާއެއް ރައިޝާން އަށް ދެމުން ދިޔަ އެވެ.

އޮޕަރޭޝަން ތިޔޭޓާ ކައިރި ހުރި ގޮނޑީގާ ލަމްހާ އިން އިރު ކައިރީ ރައިޝާންގެ ކުޑައާއިލާ ތިއްބެވެ. ދެގަނޑިއިރު ފަހުން ޑޮކްޓަރުން ނިކުމެގެން އައިއިރު އެމީހުންގެ މޫނުމަތީގާ ވާ އަސަރުން ލަމްހާ ގެ ހިތުގައި ނުތަނަވަސް ކަމުގެ ރާޅެއް ބިންދާލިއެވެ. ދެލޮލުން ކަރުނަ ހިލެންފެށީ އެހާމެ އަވަހަށެވެ. ” ރައި..ރައިޝާން ކިހިނެއް ؟ ” ތުރުތުރުލާ ހާލު ލަމްހާ އަށް އަހާލެވުނެވެ. ޑޮކްޓަރު ފުންނޭވާ އެއް ދޫކޮށްލަމުން ލަމްހާ އާ ކައިރީ ޖަވާބަކަށް އުންމީދުކޮށްގެން ތިބި އާއިލާ ފަރާތްތަކަށް ބަލައިލިއެވެ. ” އަލްޙަމްދްލިއްﷲ، އުންމީދު ވެސް ނުކޮށްހުއްޓާ ރައިޝާން ގެ ފުރާނަ އެސަލާމްވީ ، ތިހުރިހާ އެންމެން ގެ ދުޢާތައް އިޖާބަކުރުއްވީ ، ބޮޑެތި އިންޖަރީސް ލިބިފައިވީ ނަމަވެސް މަންތް އެއްތެރޭ ރިކަވާ ވާނެކަމަށް މިބަލަނީ އަދި ހެއެއްނާރާ އިންޝާﷲ ވަރަށް އަވަހަށް ހޭއަރާނެ ” ހިނިތުންވެލަމުން ޑޮކްޓަރު މިހެން ބުނެ އެތަނުން ދިޔައެވެ. ލަމްހާ އަށް ލިބިފައިވާ އުފާ ދެގުނައެވެ. އުންމީދުގެ ހުޅުކޮޅު ރޯވެލިއެވެ. އެތައް ފަހަރަކު ﷲ އަށް ޙަމްދުކުރެވުނެވެ.  ކައިރީ އިން ރައިޝާން ގެ މަންމަ ޒުހުރާ ލަމްހާ ގައިގައި ބައްދާލިއެވެ. ” ރައިޝާން ގެއިން ނިކުންނަމުން ވެސް ދިޔައީ ލަމްހާ ގެ ވާހަކަ ދައްކާފާ ލަމްހާ ޙާސިލް ކުރަން ވަރަށް ތައްޔާރުވެގެން ދިޔައީ ” ލަމްހާ އާ ދުރަށް ޖެހިލަމުން ޒުހުރާ ބުނެލިއެވެ. ހިނިތުންވެލަމުން ލަމްހާ އިސްޖަހާލިއެވެ.

ފަތިސް ނަމާދު ކޮށްލުމަށް ފަހު ލަމްހާ އެނދުގައި އޮތް ރައިޝާން އަށް ބަލައިލިއެވެ. އޭނާ އެތާ މަޑުކުރަން ނިންމާފައިވާތީ އާއިލާ ގެ އެހެން އެންމެން ގެއަށް ދިޔައީ ހެދުނުން އަންނަން ނިންމާގެންނެވެ. ރައިޝާން ކައިރި ގޮނޑީ އިށީދެލަމުން ލަމްހާ ރައިޝާންގެ އަތުގާ މަޑުމަޑުން ހިފަހައްޓާލިއެވެ. ” އުންމީދު ނުކޮށްހުއްޓާ އަހަރެންނަށް ރައީ އަނެތްކާ އެލިބުނީ ، އަހަރެން އަބަދުވެސް ލޯބިވާނަން ރައީދެކެ ، ދެން އަހަރެން ނުތަޅުވާ ތެދުވެބަލަ ” ފެންކަޅިވެފާ ވާ ހާލު ލަމްހާ ބުނެލިއެވެ. ” އައި ރިއަލީ ލަވްޔޫ ރައީ ” އަނެތްކާވެސް ލަމްހާ ބުނެލީ ނުހަނު އަސަރާއެކުއެވެ. ” އައި ލަވްޔޫޓޫ ބޭބީ ” އިވިގެން ދިޔައަޑާއެކު ލަމްހާ އަށް ދެލޯބޮޑުކޮށްލަމުން ރައިޝާން އާދިމާލަށް ބަލައިލެވުނުއިރު ހިނިތުންވެލައިގެން އޮތް ރައިޝާން ފެނި ލަމްހާ އަށް ވެސް ހިނިތުންވެލެވުނެވެ. މަޑުމަޑުން ރައިޝާންގެ ގައިގައި ބައްދާލަމުން އެކޯތާފަތަށް ބޮސްދިނީ ނުހަނު ލޯބިންނެވެ. ” ދެން ދުވަހަކު ވެސް އަހަރެން ބިރުނުގަންނަވާނުލާތި އިނގޭ ތިހެން ” ލަމްހާ ބުނެލިއެވެ. ” ލަމް ދެކެވާ ލޯބީގެ ބާރުން އަހަރެން މަރުގެ ތުންފަތްނަތިން ސަލާމަތް ވީފަދަ ” ލަމްހާގެ އަތުގާ ހިފާލަމުން ރައިޝާން އެހެން ބުނެލިއެވެ. ހިނިތުންވެލަމުން ލަމްހާ ރައިޝާން ގެ އަތްމަތީ އަނެއް އަތްބާއްވާލިއެވެ. ” އިންޝާ ﷲ ދެން ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް، އަހަރުމެން ދެމީހުން ވަނީ އެކުގާ އުފާވެރިކަން މަތީ ، ލަވްޔޫ ސޯމަޗް މޯރ” ހިނިތުންވެލަމުން ރައިޝާން ބުނެލިއެވެ.

(ނިމުނީ)

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

ހޮޓެލްގެ ސިއްރު 5

Vihavi hayaai
Next

ވިހަވި ހަޔާތް

Next
Vihavi hayaai
November 30, 2021

ވިހަވި ހަޔާތް

Previews
November 30, 2021

ހޮޓެލްގެ ސިއްރު 5

4 Comments!

  1. ?YEOJA? says:
    November 30, 2021 at 5:54 pm

    Hlwwww my dear readerssss❤️❤️
    Long timeee righttt… Swry for that
    Missed u allll ❤️❤️
    ISA will upload an stry again after my term test
    Keep waitting❤️❤️
    Hope u all love this stry ❤️❤️
    Have a great day❤️❤️
    Stay safe ❤️❤️❤️

  2. Devil quiin says:
    November 30, 2021 at 7:15 pm

    wow.. yeoja ge vaahaka eh dhw???.vrh reethi ingey mi stry vs ❤❤.waiting for ur next stry..??

  3. Eevss says:
    November 30, 2021 at 8:49 pm

    finally yeoja ge stry eh up vehjjeh?.vrh reethi ingey mi stry vs..waiting for your next stry..
    miss u soo much
    stay safe
    stay home
    take care

  4. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    December 1, 2021 at 7:16 pm

    eyyy dhaithaaa.. cl up nukurevigen miulheny hama wifi kanthakaa kan engeynu.. ma miulheny kuru vhk eh vahttaalan kamah

Comments are closed.



All Right Reserved!