“އެއީ ކޮން އަންހެން ކުއްޖެއް ؟ ޔަގީނުންވެސް އާލްއަށް ވަރަށް ޙާއްސަ ކުއްޖެއް އެއީ…ދެން ކީއްވެ އަހަރެން ފެންނަ އިރަށް ނުވާކަމަކަށް ތި ހެދޭނީ ؟ ” އާލްއަށް ކުރިމަތިވަމުން ދިޔަ ރޫޔާގެ ސުވާލުތަކުން ދިޔައީ ބޯހާސް ކުރުވަމުންނެވެ. އެނދުމަތީގަ އޮތް އަންހެން ކުއްޖާއަށް ބަލާލަމުން އާލް އިޝާރާތް ކުރީ އެކޮޓަރީގައި ހުރި ބެލްކަންޏަށް ދިޔުމަށްށެވެ. އެއާއެކު ލަސްކުރުމެއް ނެތި ރޫޔާ ބެލްކަންޏާއި ދިމާއަށް ހިގައިގަތްތަން ފެނުމުން އާލްގެ ފަރާތުން ޖަވާބެއް ބޭނުންވާ މިންވަރު ހާމަވެގެން […]
ގުގުރާ ވިދަނީއެވެ. ވައިގަދަ ކަމުންގޮސް ހީވަނީ ގަސްތައް އޭގެ މުލުން ލުހިގެން ގޮސްފާނެހެންނެވެ. ނަމަވެސް ވެހެމުން ދިޔަ ބޯވާރޭގަނޑު ތެރޭގައި ހުއްޓުން އަރާފަ ހުރި އަންހެން ކުއްޖާއަށް މިއިން އެއްވެސް ކަމަކުން އުނދަގޫ ވާހެން ހިޔެއްނުވެއެވެ. މަގުމައްޗަށް ސަމާލުކަމެއް ނުދީ ހިނގަމުން ދިޔަ އިރު އެކްސިޑެންޓް އެއް ވެދާނެ ކަމުގެ އެއްވެސް ބިރެއްނެތް ކަހަލައެވެ. ” ކީއްވެ ؟… ކީއްވެ ؟” ކުއްލިއަކަށް މަގުމެދުގައި ހުއްޓެމުން އެއަންހެން ކުއްޖާ އަމިއްލަ ނަފްސާއި ސުވާލުކުރަން ފެށިއެވެ. […]
ފެންވަރައި ނަމާދުކޮށް ނިމުނު ތަނާހެން އަމާންއަށް ވަރުބަލިކަން އިޙްސާސް ކުރެވުނެވެ. އެހެންކަމުން ކުޑަކޮށް އަރާމު ކޮއްލުމުގެ ނިޔަތުގައި އަމާން އެނދުގައި އޮށޯއްވެލިއެވެ. އިސާހިތަކުން އަމާންއަށް ނިދުނީ ނިދަން ބޭނުން ނުވެފައި ވަނިކޮއްށެވެ. ހުވަފެނީ ޢާލަމަށް އާދެވުމާއެކު އަމާން ވަށައިގެން ބަލައިލިއެވެ. ކުރިމަތީގައި ދެބުރިއަށް ނަގާފައިހުރި ގެއެއް ފެނުނެވެ. އެ ގެއާއި ދިމާއަށް އަމާންއަށް ހިނގައިގަނެވުނީ އެވެސް އިޙްތިޔާރަކާ ނުލައެވެ. ގޭ ދޮރުހުޅުވައި އެތެރެއަށް ވަތް ތަނާހެން ކުޑަ އަންހެން ކުއްޖަކު އައިސް އަމާންގެ ފަޔުގައި އޮޅުލައިގަތެވެ. ” […]
*އެތައް އިރެއް ގެ މަސައްކަތަށް ފަހު ޖެނީއަށް އަތުގައި އައްސާފައި އޮތް ވާގަނޑު މުހެވުނެވެ. އެހެންކަމުން ފަސޭހަ ކަމާއެކު ފަޔުގައި އައްސާފައި ހުރި ވާގަނޑު މޮހެލަމުން ޖީބުގައި އޮތް ފޯނު ނެގިއެވެ. އަދި އެ ކޮޓަރި ގަނޑުގައި ކުޑަދޮރެއް ހުރިތޯ ބެލިއެވެ. ކުޑަދޮރެއް ނެތް ކަމުގައި ވިޔަސް ފެންލައިޓް އެއް ހުއްޓެވެ. އެހެންކަމުން ޖެނީ އަވަހަށް ކޮޓަރީ ދޮރުގައި ތަޅުކަމުން އެއްފަރާތެއްގައި ހުރި މޭޒު އުނދަގޫކަމާއެކު ފެންލައިޓް ކައިރިއަށް ގެންދިޔައެވެ. * ކޮޓަރީކަނެއްގަ ހުރި ގޮނޑި […]
ގަޑިން 10 ޖެހީއެވެ. ޖެނީގެ ހަބަރެއް ނުވާތީ އައިލީން ހުރީ ކަންބޮޑުވެފައެވެ. އެތައްފަހަރަކު ފޯނު ކުރެވިއްޖެއެވެ. މެސެޖު ވެސް ކުރެވިއްޖެއެވެ. ނަމަވެސް ޖެނީ އެއިން އެކައްޗަކަށް ވެސް ޖަވާބެއް ނުދެއެވެ. ކޮޓަރީ މެދުގައި ދެފަރާތަށް ހިނގާލަހިނގާލަ ހުރި އައިލީން އެންމެފަހުން ހައިޒަލްއަށް ގުޅައިލިއެވެ. ” ޖެން އެބަ އުޅޭތަ ގޭގަ ؟” ހާސްވެފައި ހުރެ ސުވާލު ކުރުމާއެކު އައިލީންއަށް ލިބުނީ އެދެވޭ ކަހަލަ ޖަވާބެއް ނޫނެވެ. ” ނޫން ޖެން ދިޔައީ އައި މެންގެއަކައް ނު” އިތުރަށް […]
*އިރުއޮއްސެން ކައިރިވުމުން އަތިރިފަރާތުގައި ލޯބީގެ މާފޮޅުއްވަން ތިބި ޝިފާ އާއި ހައިޒަލް ގެއާއި ދިމާއަށް ހިނގައިގަތެވެ. ދެމީހުން އަތުގުޅުވައިގެން ތިބިއިރު އެ ދެމެދުގައި ވާ ލޯބި ސާފުކޮއް ފެންނަމުން ދިޔައެވެ. ހައިޒަލްގެ ކޮންދުމަތީގައި ބޯ އަޅައިގެން އޮތް ޝިފާ ހުރި ފިޔަވަޅު މަތީގައި ހުއްޓުނެވެ. އެއިރު ފުދޭވަރަކަށް ގެއާއި ކައިރި ވެއްޖެ އެވެ. * ” ކިހިނެއްވީ ޑާރލިން ؟… ކީއްވެ ތި ހުއްޓުނީ ” ޝިފާ ކުއްލިއަކަށް ހުއްޓުމުން ހައިޒަލް ސުވާލު ކޮއްލިއެވެ.” ހައި […]
ޖެޓީތެރޭގައި އޮތް ދޯންޏައް ސާމާނު އަރުވަމުން ދިޔައިރު ހުރިހާ އަންހެންކުދިން ތިބީ އެއްފަރާތެއްގަ ފިރިހެންވެރިންނާއި ދިމާއަށް ކުދިކިޔަންށެވެ. ކުދިކިޔުމުގައި އެންމެ ފުރިހަމަގޮތު ބޭނުން ހިފަމުންދިޔައީ ޖެނީ އާއި އައިލީންއެވެ. ހުރިހާ ސާމާނެށް ދޯންޏައް އަރުވައި ނިމުމުން ފިރިހެންވެރިން ދޯންޏައް އެރިއެވެ. އަދި އަންހެންކުދިންތައް އެރުމަށް އެހީތެރިވެދިނެވެ. ދޯނީގައި ކަންކަން ހަމަޖައްސަމުގައި ހައިޒަލް އާއި ޙުސާން އުޅުނެވެ. އެހެންކަމުން އަންހެންކުދިން ދޯންޏައް އެރުމަށް އެހީތެރިވެދިނީ އަމާންއެވެ. ޝިފާ އާއި އައިލީން ދޯންޏައް އެރުވުމަށްފަހު ތަންކޮޅެއް ދުރުގަހުރި ޖެނީއަށް ގޮވައިލިއެވެ. […]
ރޭގަނޑު ގެ ކެއުން ނިންމާލުމަށްފަހު ކޮޓަރިއަށް ވަތް ޖެނީ އަވަސްވެގަތީ އެންމެ ފަހުން ސްކޫލް އިން ދިން ފިލާވަޅު މުތޯލިޔާ ކުރުމައްށެވެ. 1 ގަޑީރު ފޮތްކިޔުމުގައި ހޭދަ ކުރުމަށްފަހު ޖެނީ ތުވާލި ހިފައިގެން ފާހަނަ އަށް ވަނީ ނިދުމުގެ ކުރިން ގައި ދޮވެލުމަށްޓަކާއެވެ. އެހާ ގިނައިރު ފާހާނާގައި ހޭދަ ނުކޮށް ޖެނީ އަވަހަށް ފާހާނާއިން ނިކުތެވެ. އަދި އަލަމާރި ތެރެއިން އޮރެންޖް ކުލައިގެ ” ލީ ފޭބިޔުލެސަ” ޖަހާފައި އިން އަތް ކުރު ޓީޝާޓް އަކާއި ހަރުވާޅެއް […]
*” ޔާ ޔޫ ބޯތް އާރ ރައިޓް…. ގާރލްސް ގޯ ބްރޭކް ސަމް ހާރޓްސް… ވެލް އެކްސެޕްޓް ފޯރ ޝިފް ” ހައިޒަލް މިހެން ބުނުމާއެކު ޖެނީ އުނަގަނޑުގައި ދެއަތް ވިއްދާ ލިއެވެ. އަދި ބުނެލިއެވެ.” ކީއްވެ ޝިފާ އަށް ތިހެން ތި ބުނީ ؟ ” ހައިޒަލް އާއި ދިމާއަށް ލޯ ކުޑަކޮށް ގެން އިނދެ އަހާލުމުން ހައިޒަލް ބުނެލިއެވެ.” އެއީ މަންޖެ އާ އައި އަށްވުރެ ކުޑަ ވީމާ ” ހައިޒަލް ޝިފާ އާއި […]