Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ވީމޭ ތި ހަނދާނުގައި- 2

lynderrr Level 1
November 29, 2021 3 Mins Read
0 Comments

ކޮޓަރި ދޮރުހުޅުވާލުމުން އެންމެންގެ ސަމާލުކަން އަހަރެންނަށް ހުއްޓުނެވެ. އެވަގުތު ޝިޔާނާ އާއި ވާހަކަ ދައްކަން ހުރި  ނަރުސް ކުއްޖާ އައިސް އަހަރެން ގާތު ހުއްޓެމުން އޭނާ އަތުގައި އޮތް ފައިލަށް ބަލައިލާފައި ވާހަކަ ދައްކަން ފެށިއެވެ. ” ޑޮކްޓާރ، ޝީ އިޒް ސްޓޭބަލް ނައު. ” އަހަރެން ބޯ ޖަހާލުމަށްފަހު ނަރުސް ކުއްޖާ ގާތު ޑިސްޗާރޖް ޕޭޕާރ ރެޑީ ކޮށްލަން ބުނީމެވެ. އަހަރެންނަކީ ނަފްސާނީ ބަލީގެ ހާއްސަ ޑޮކްޓަރެކެވެ. އަދި ޝިޔާނާ އެއީ އަހަރެންގެ ވީއައިޕީ ޕޭޝަންޓް އެކެވެ.  ފާއިތުވެ މިދިޔަ ދެ އަހަރު ދުވަހު އޭނާ އެ އަންނަނީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ. މާ ބޮޑު ކުރިއެރުމެއް ލިބިފައި ނެތަސް ކުރިއާއި ހިލާފަށް އަހަރެންނާއި ވާހަކަ ދައްކާ ކަންކަން ހިއްސާ ކުރާ ކަމީ އަހަރެން ގަބޫލު ކުރާ ގޮތުގައި އަހަރެންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.

“ޝިޔާ، ދެން ތެދުވޭ. ތީ ބަލި ކުއްޖެއް ނޫނެއްނު. ކިޔާން ވެސް އިންނާނީ ދަތުރު ވަރުބަލިވެފަ. އަދި ނުވެސް ކަން ދޯ ކިޔާން؟ ” ކިޔާން އަށް ދޯ ދެމުން އަހަރެން ބުނެލީމެވެ. ބަސް އަހާ ކުޑަ ކުއްޖެއް ފަދައިން ޝިޔާނާ އަހަރެންގެ ބަހަށް ތެދުވެ އެނދުގައި އިށީނދެ ހިނގާށޭ ދާން، މިހެން ބުނެ އަހަރެންނާއި ދިމާލަށް ހިނިތުންވެލިއެވެ. ޝިޔާނާ މެން ގެއަށް ފޮނުވާލުމަށް ފަހު އަހަރެން ހޮސްޕިޓަލުގައި މަޑު ކޮށްލީ އަދި ބަލަން ޖެހޭ އިތުރު ބަލި މީހުން ވެސް ތިބީމައެވެ. އާއިލާގެ ވެސް އިތުރު މީހަކު ނެތުމާއެކު ޝީޔާނާގެ އެހެނިހެން ހުރިހާ ކަމެއް ވެސް ބަލަހައްޓަނީ އަހަންނެވެ. ނުވިތާކަށް އޭނަ ހުންނަނީ ވެސް އަހަރެންނާއެކު އަހަރެންގެ ގޭގައެވެ.

ދުވަސްތައް އޭގެ ހަލުވި މިނުގައި ދުވަހަކަށް ފަހު ދުވަހެއް ފާއިތު ވަމުންދެއެވެ. ކިޔާން އައިތާ ވެސް 6 ވަރަކަށް މަސް ވަނީއެވެ.  ކުރިން އަބަދު މާޔޫސް ވެފައި ހުންނަ ޝިޔާނާގެ މޫނު މަތިން މިހާރު ފެންނަން ހުންނަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. އެ ތުންފަތުން ހިނިތުންވުން ފަނޑުވާ ވަގުތެއް ނާދެއެވެ. ޝިޔާނާގެ ބައްޔަށް އަހަރެންގެ ފަރުވާ އިން ލިބިފައިނުވާ އެތައް ކުރިއެރުމެއް މިހާރު ވަނީ ލިބިފައެވެ. މި ހުރިހާ ކަމެއްގެ އަސްލަކީ ވެސް ކިޔާންއެވެ. ކިޔާން އެނބުރި އައުމުން މި ވަނީ ހުރިހާ ކަމެއް ވެސް ބަދަލު ވެފައެވެ. މީގެ ކުރިން ޝިޔާނާ އާއި ދިމާއަށް މޮޔައޭ ކިޔާ ދިމާކޮށް ބަދު ބަސްތައް ބުނަމުން އައި މީހުންގެ ދޫ ތަކުގައި ވެސް ވަނީ ކަސްތޮޅުއެޅުވިފައެވެ. އެތައް ދުވަހެއްގެ ހިތާމައަށް ފަހު އެ ފަކީރުގެ ދިރިއުޅުމަށް މިހާރު އެ ވަނީ ބަހާރު މޫސުމް އައިސްފައެވެ. މި އުފާވެރި ދުވަސްތަކުގައި ވެސް އަހަރެންގެ ހިތް ނުތަނަވަސް ވަނީ ކީއްވެ ހެއްޔެވެ؟  އެ ދެ މީހުން އެއްކޮށް ފެންނަ ކޮންމެ ވަގުތަކު އަހަރެންގެ ހިތުގެ ހަމަޖެހުން ގެއްލެނީ ކީއްވެ ހެއްޔެވެ؟ އަހަރެން ވާންވީ އުފާ ނޫން ހެއްޔެވެ؟ މިހާ ދުވަހުގެ ބޭސް ފަރުވާއިން ނުކުރެވުނު ކަމެއް ކިޔާން އެނބުރި އައުމުން މި ވަނީ ވެފައެވެ. އަހަރެން ވާންވީ ކިޔާން އަށް ޝުކުރުވެރި ނޫން ހެއްޔެވެ؟ ނަމަވެސް ބޭނުންވިޔަސް އޭގެން އެއްވެސް އިހުސާސެއް އަހަރެންނަކަށް ނުކުރެވެއެވެ. އޭގެ ބަދަލުގައި ގެއަށް ނައިސް އުޅޭ ވަގުތު ގިނަވާން ފެށިއެވެ. ޝިޔާނާއާއި އޮތް ގާތް ގުޅުން ވެސް މަޑު މަޑުން ބަދަލު ވާން ފެށިއެވެ. ވާހަކަ ދެއްކޭ ވަގުތު މަދުވާން ފެށިއެވެ. އެކަމާ ކޮންމެ ދުވަހަކު އޭނާ ޝަކުވާ ކުރެއެވެ. ނަމަވެސް ބިޒީ ކަމުގައި ބުނެ އަހަރެން އެ ވާހަކަ އޮއްބާލަމެވެ.

ދުވަހަކީ އަހަރެންގެ އޮފް ދުވަހެކެވެ. ކުރާނެ ވަކި އެހެން ކަމެއް ނެތުމުން އަހަރެން އަދިވެސް އޮތީ އެނދުމަތީގައެވެ. މަޑު މަޑުން ކޮޓަރި ދޮރުހުޅުވުނު އަޑަށް އަހަރެން މޫނުމަތީގައި ބާލީސް އަޅައި މޫނު ފޮރުވާލީމެވެ. ” ޝިޔާއަށް އިނގޭ ހޭލާކަން ތިއޮތީ.” އިވުނީ ޝިޔާނާގެ މަޑުމައިތިރި އަޑެވެ. އަހަރެންގެ ހިތް ތެޅިލިއެވެ. އެ މޫނު ދެކިލާ ހިތްވިއެވެ. ތެދުވަން ކިތައްމެ ހިތް އެދުނަސް އަހަރެން އެ އޮތް ގޮތަށް އޮތީމެވެ. މިހާރަކަށް އައިސް އަހަރެންނަށް ޝިޔާނާ ފެނުމުން ކުރެވޭ އިހްސާސްތަކުން މި ވަނީ އަމިއްލަ ނަފްސަށް ބާރު ނުފޯރުވޭވަރު ވެފައެވެ. އޭނާ އަހަރެން މަގަތުގައި އިށީންދެފައި އަހަރެން އަތުގައި ޖަހާލަމުން އަނެއްކާ ވެސް ގޮވާލިއެވެ. ޝިޔާނާ ގެ މި ކުޑަ ހަރަކާތުން އަހަރެންގެ ހަވަނަ ހިއްސުވެސް ހޭލައްވާލި ފަދައެވެ. އޭސީގެ ފިނިން ފިނިވެފައިވާ އަހަރެންގެ ހަށިގަނޑުގައި އެ ހޫނު އަތުން ބީހިލުމުން މުޅިގައިން ހީބިހި ހިލުވާލިއެވެ. ސިހިފައި އަހަރެންނަށް ތެދުވެވުނެވެ. އެއްފަޅިއަކަށް ވައްޓާލައިފައި އޮތް އިސްތަށިގަނޑުގެ ސަބަބުން އޭނާގެ ދޮން ކަނދުރާއިން އެއްބައި ހާމައަށް ފެންނަން އޮތެވެ. އަދި އިސްތަށިގަނޑު ތެރެއިން ދޭތެރެއަކުން ފެން ތިއްކެއް އެ ދޮން ކަނދުރާގައި ބޮސްދެމުން ދިޔައެވެ. އަހަރެންނަށް ބޭއިހްތިޔާރުގައި ހިންދިރުވާލެވުނެވެ. އެ ފެން ތިކިތަކާ މެދު ވެސް ހިތުގައި ހަސަދަ އުފެދުނެވެ. އެއީ އަހަރެންނަށް ވީނަމަ ކޮން ފަދަހެއްޔެވެ. ” އޭ އަދިވެސް ރަނގަޅަށް ނުހޭލެވެނީތަ؟ ނޫނީ އަހަރެން ފެންނަނީ ހަންޑިއެއް ސިފައިގަތަ.؟ އެހެންޔާ ތެދުވި ގޮތަށް ތި އިނީ ގަބު ވެފައި ވިއްޔަ.” ހެމުން ހެމުން ޝީޔާނާ ބުނެލިއެވެ. ހަމަ ރަނގަޅަށް ވެސް އަހަރެން ލަދުގަނެއްޖެއެވެ. ހިތުގައި އޮތް އެއްޗެއް ނޭގުނަސް އަހަރެން ޝިޔާނާ އާއި ދިމާލަށް ބަލަން އިން ގޮތް ސިރެއް ނުވާނެތާއެވެ. މަޑު މަޑުން އަމިއްލަ އަށް ބޮލުގަ ޖަހާލެވުނީ ކުރެވުނު ކަމަކުންނެވެ. ” ޝިޔާ ކަމަކުތަ؟” ވާހަކަ އޮޅުވާލަމުން އަހަރެން ވާހަކަ ދައްކަން ފެށީމެވެ. ” އާން ޔެސް، ހަނދާން ނެތިފަ މި އިނީ. ހެނދުނު ސައި ބޮއެގެން މިތާ ކައިރި އޮތް ފަޅު ރަށަށް ދާން މިއުޅެނީ. އެހެންވެ ރެޑީ ވާން ބުނަން ވެގެން މި އައީ. އެންޑް ފޯ ޔުއާރ ކައިންޑް އިންފޯރމޭޝަން ނޯ އެކްސެޕްޓެއް ނުކުރަން. ދަބަސް އެހުރީ ރެޑީ ކޮށްފަ، ލާ އެއްޗެހި އެ ހުރީ ނަގާފައި، އާދޭ ފެންވަރައިގެން ސައިބޯން ” ފަތިވަރެއް ހެން އޭނާ ހުރިހާއެއްޗެއް ކިޔާލިއެވެ. “ކޮން އިރަކު ތި ހުރިހާ ކަމެއް ކުރީ؟ ” ހައިރާންވި ވަރުން އަހަރެންނަށް އަހާލެވުނެވެ. ” ރޭގަ. ޝިޔާ ކާން ގޮވަން އައި އިރު އޮތީ ނިދިފަ، ދެން ހިތަށް އެރީ އެއްޗެހިތައް ރެޑީ ކޮށްލަން. ފަހުން ކޮޓަރިން ނުކުންނަމުން ބްލޭންކެޓު ވެސް އަޅައިދީފަ ދިޔައީ. ބޭބީއެއް ހެން ޝިޔާގެ އަތުގައި ހިފަހައްޓާފަ ނުދާށޭ ކީމަ ނިދެންދެކަށް ޝިޔާ އިނިން ޝާމް ކައިރި. ޝާމް ހަނދާނެތް ނެތްތަ؟ ޝިޔާ ހީކުރީ ބިރުވެރި ހުވަފެނެއް ފެނުނީ ކަމަށް. ޝިޔާނާގެ ވާހަކައިން އަހަރެންގެ ބަސް ހުއްޓުނެވެ. އެންމެ ފަހުން ނިދީގައިވެސް އަހަރެންގެ އިހްސާސްތައް މައިތިރި ނުވީތާއެވެ.

ނުނިމޭ…..

Share Article

Follow Me Written By

lynderrr

Level 1

Other Articles

Vaanan umurah
Previous

ވާނަން އުމުރަށް( 4)

Next

ހައިދަރު-2

Next
November 29, 2021

ހައިދަރު-2

Previews
November 29, 2021

ވާނަން އުމުރަށް( 4)

Vaanan umurah


All Right Reserved!