މެންދުރު ފަސްވި ފަހުން އަހަރެން ކޮޓަރިން ބޭރަށް ނުކުތީ ބަނޑުހައި ވާ ވަރުން ނޯވެވިގެންނެވެ. މަންމަ ވީ މިއަދު ރަށުގެ ހުރިހާ އަންހެން ވެރިންނަށް އަމާޒު ކޮށްގެން ބާއްވާ ސާފު ކުރުމުގެ ޕުރޮގްރާމްގެ ދަށުން ރަށުތެރެ ސާފް ކުރަން ގޮހެވެ. ކޮއްކޮ ވެސް ވާނީ ޓިއުޝަން އަށް ގޮހެވެ. ގޭގައި މިހުރީ އަހަރެން އެކަނިކަމުން ގޭތެރެއަށް ވެރިވެފައި ވަނީ މަރުގެ ހިމޭން ކަމެވެ. މަޑު މަޑުން ކާ ކޮޓަރިއަށް ގޮސް ފުރިޖުން އާފަލު ޖޫސް ޕެކެޓެއް ނަގާ، […]
އަހަރެންގެ ލޮލަށް މަންޒަރު ފުސް ވަމުން ދިޔައީ ޖަމާވަމުން ދިޔަ ކަރުނައިންނެވެ. އެހެން ނުވާންވީ ކީއްވެހެއްޔެވެ؟ އަހަރެންގެ އިހްސާސް ތަކާއި ކުޅެލުމަށް ފަހު އެއްވެސް ކުށެއްނެތި ޒަޔާން އަހަރެން ދޫކޮށްލާފައި ދިޔައީ އަހަރެންގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖަހާފައެވެ. އެންމެ ފަހުން އޭނާގެ ދަރިޔަކަށް ބަލިވެ އިންކަން އެނގިހުރެވެސް މި ދުނިޔެ އަށް އަހަރެންނާ އަހަރެންގެ ދަރިފުޅު ގިނަވާން ދޫކޮށްލިއިރު އެ ހިލަ ހިތުގައި ރަހުމުގެ ކަންފުޅެއްވެސް ނެތެވެ. މިއަދު ދެން ވަކި އަހަރެން ހޯދަން […]
ދުވަސްތައް ފާއިތުވަމުން ގޮސް މިއަދު މިވަނީ ހުރިހާ ކަމެއް ބަދަލު ވެފައެވެ. ދުވާލުގެ އަލިކަން ދެކުމުގެ ކުރިން ރޭގަނޑުގެ އަދިރިކަން ދެކެން ޖެހޭނެއޭ މީހުން ބުނެ އުޅެއެވެ. ބަނަ ދުވަސްތަކަކަށް ފަހު މިއަދު އަހަރެންގެ ހަޔާތުގެ އުދަރެހަށް އަނެއްކާވެސް އުންމީދުގެ އަލިކަން އެޅެމުންދާ ކަމުގެ އިހުސާސް އެބަ ކުރެވެއެވެ. ބީވެގެންދިޔަ ތަން އަލުން އަނބުރައެއް ނުހޯދޭނެއެވެ. ނަމަވެސް އަލުން އާ ފެށުމަކުން ފަށާ، ދިރިއުޅުމުގެ ބައްތެލީގެ ސަމުގާ ހިފާ މުޅިން އާ މިސްރާބަކަށް ދަތުރު ފެށިދާނެއެވެ. އެ […]
ކޮޓަރި ދޮރުހުޅުވާލުމުން އެންމެންގެ ސަމާލުކަން އަހަރެންނަށް ހުއްޓުނެވެ. އެވަގުތު ޝިޔާނާ އާއި ވާހަކަ ދައްކަން ހުރި ނަރުސް ކުއްޖާ އައިސް އަހަރެން ގާތު ހުއްޓެމުން އޭނާ އަތުގައި އޮތް ފައިލަށް ބަލައިލާފައި ވާހަކަ ދައްކަން ފެށިއެވެ. ” ޑޮކްޓާރ، ޝީ އިޒް ސްޓޭބަލް ނައު. ” އަހަރެން ބޯ ޖަހާލުމަށްފަހު ނަރުސް ކުއްޖާ ގާތު ޑިސްޗާރޖް ޕޭޕާރ ރެޑީ ކޮށްލަން ބުނީމެވެ. އަހަރެންނަކީ ނަފްސާނީ ބަލީގެ ހާއްސަ ޑޮކްޓަރެކެވެ. އަދި ޝިޔާނާ އެއީ އަހަރެންގެ ވީއައިޕީ ޕޭޝަންޓް […]
މިހާރު ބޯއްޓު ލަފާ ތަނަށް އައި އެންމެން ހެން ގެއަށް ގޮސް ނިމިއްޖެއެވެ. ނަމަވެސް ޝިޔާނާ އެ އިން ގޮތަށް އިން ތަނުން ގުޑާ ވެސް ނުލާއިނެވެ. އާދައިގެ މަތިން މިއަދުވެސް އަހަރެން ޝިޔާނާ ގޮވައިގެން ނުކުތީ ހަވީރު ފިންޔަށް ބަންދަރަށެވެ. ބޯއްޓު ލަފާ ތަނަށް ކޮންމެހެން ހަދާފައިވެސް ޝިޔާނާ ގެންނަން އަހަރެންނަށް މަޖުބޫރު ވެއެވެ. ފާއިތުވެ މި ދިޔަ 2 އަހަރު ދުވަހު ކަންތައް ވަމުން އައީ މިހެންނެވެ. އޭނާ އެ ކުރާ އިންތިޒާރަށް ނިމުމެއް […]
އާދައިގެ މަތިން މިއަދުވެސް އަހަރެން އިނީ ބާޒާރުމަތީގައި ކުނާ ގަނޑެއް އަޅައިގެންނެވެ. އެތާ އިނދެ ފެންނަ ކޮންމެ މީހަކު ގާތުން އެހީއަށް އެދި ސަލާން ޖެހުމަކީ އަހަރެން ދިރިއުޅުމަށް ކުރަމުން އަންނަ މަސައްކަތެވެ. މެންދުރުން ފަސްވެއްޖެއެވެ. ބަނޑުހައި ވެގެން މީހާ ހާންތިވާ ވަރު ވަނީއެވެ. އެހެނަސް ކާނެ އެއްޗެއް ގަނެވޭނެހާ ވެސް ނެތީމަ އަދިވެސް މީހަކު އަތުން ލާރި ކޮޅެއް ލިބިދާނެ ކަމުގެ އުންމީދުގައި އަދިވެސް އިނދެވުނެވެ. ކާނެ އެއްޗެއް ގަނެވޭނީ ވެސް ލާރި ކޮޅެއް ލިބިގެންނެވެ. […]