“ކޮން ވާހަކައެއް ބައްޕަ ކައިރީ ނުބުނާށޭތަ؟” ޖުނައިދު ދޮރުން ވަދެގެން އަންނަމުން ބުނެލި އަޑު އިވުނެވެ. ފަހަތުން ހައިތަމް ވެސް އައެވެ. “އަނހަ.. ސަޕްރައިޒެއް ވެސް މިބައްޕައަށް ދެވޭކަށް ނޯންނާނެ..” އަމީރާ މޫނުމަތީގެ ކުލަވަރު ވެސް ބަދަލު ކޮއްލިލެއް އަވަހޭ ހައިދަރުގެ ހިތަށް އެރިއެވެ. ވާނީ ވެސް އެހެން ނޫންހެއްޔެވެ؟ އުމުރު ދުވަހު ވެސް ކުރީ އެކަން ވިއްޔާއެވެ. މޫނުމަތީގައި އަޅައިގެން އެހެރަ މާސްކް ނެގޭކަށް ދެން މާގިނަ ދުވަހެއް ނެތެވެ. “ތެދެއް ދަރިފުޅު؟ ދެން އިތުރަށް […]
ދެތިން މިނިޓް ފާއިތު ވެގެން ދިޔަ ފަހުން ހައިދަރު ބޯ ހިއްލާލީ، ހިތް ނުފުރުނަސް އޮކްސިޖަން ކޮޅަކަށް ބޭނުންވީ ވަރުންނެވެ. އޭރު ޝައިނާގެ ނޭވާ ހުސްވެ، މަރު ނުވީ ކިރިޔާއެވެ. ހަށިގަނޑުގައި ވާހާ ލެއެއް އެމޫނު މައްޗަށް ޖަމާވެފައި ވާހެން ހީވެއެވެ. އެތުންފަތުގައިވީ ފިޔާތޮށި ކުލަ، މަޑު ރަތްކުލަ އަކަށް ބަދަލު ވެފައިވާ ތަން ފެނި ހައިދަރު މޮޔަވާ ގޮތްވިއެވެ. އެކަމަކު އިތުރަށް ކުރިއަށް ނުގެންދެވުނީ ކެބިންގެ ދޮރުގައި މީހަކު ޓަކި ޖަހާލުމުންނެވެ. ޝައިނާ އަވަސް އަވަހަށް […]
“ލިސިން ޔޫ..” ހައިދަރު ޝައިނާގެ ދެކޮނޑުގައި ހިފައި ތަޅުވައިގަތެވެ. “ޑޫ ޔޫ ތިންކް އައި ކެއަ އެބައުޓް ވަޓް ޔޫ ފީލް؟ ހްމް؟ ބުނީމަ ބުނާ ގޮތަށް ހަދައިގެން ހުންނަން ޖެހޭނީ..” ހައިދަރު މައިތިރިވީ އެދިމާލަށް ހިނގަމުން އައި ހައިތަމް ފެނިފައެވެ. “ނައު ސްމައިލް..” ހައިދަރު ޝައިނާގެ ގައިން ދޫކޮށްލިއެވެ. އޭރު ހައިތަމް އައިސް އަރާ ހަމަވަނީއެވެ. ޝައިނާ އަވަސް ހަރަކާތާއެކު ފޮހެލި ކަރުނަ، ހައިތަމްއަށް ނުފެނުނަސް، އެމޫނު މަތީގައިވި މާޔޫސްކަން އޭނާ ރީއްޗަށް ދުއްޓެވެ. “މަންމަމެން […]
ނަދާ ލައިގެން ހުރި އުސް ފައިވާނުގެ ކޮޅުން ބިންމަތީގައި އޮތް މަލަށް ފައިން އަރާ ޗިސްކޮށް ލުމަށްފަހު ދާން ހިނގައިގަތް އިރު، މޫނުމަތީގައިވީ ހަމަ ޖެހުމުގެ އަސަރެވެ. ތުންފަތް މައްޗަށް ވެރިވެފައި ވަނީ ވިހަގަދަ ހިނިތުންވުމެކެވެ. ޝައިނާ ގެއަށް ގޮސް ހެދުން ބަދަލު ކޮށްގެން އައިއިރު، ހައިދަރު އޮފީހުގައި ނޫޅޭތީ ހިތްހަމަ ޖެހުމެއް ލިބުނެވެ. ނާލާއާއި އަޒަލްގެ ގާތުގައި އޭނާ އިށީނީ ޖެހިލުން ވެފައި ހުރެގެންނެވެ. “ޝައި.. ދެން ކިޔައިދީބަ ވީގޮތެއް.. ތިއުޅެނީ މެރީ ކުރަންތަ؟..” އަޒަލް […]
ކާރު ޕާކްކޮށްލި އަޑާއެކު ދޮރާއި ދިމާލަށް ހިނގައިގަތް އަމީރާގެ ފިޔަވަޅުތައް ގަނޑުވީ، ހައިދަރުގެ ފަހަތުން ވަދެގެން އައި ތިން މީހުން ފެނިފައެވެ. ލޮލުގެ އުޖާލާކަން ގެއްލި، މޫނުމަތީގައި ރޫތައް ޖެހިފައި ވިޔަސް އޭނާއަކަށް އެ މަންމަ ނޯޅޭނެއެވެ. ހަސީނާއަށް ވެސް ވީ ހަމަ އެފަދަ ގޮތެކެވެ. ދެބަސް ވެވެން ނެތް ފަދައިން ކުރިމަތީގައި މިހިރީ އޭނާގެ ބަނޑުގައި އަޅައި ވިހެއި ފުރަތަމަ ދަރިފުޅެވެ. ޝައިނާ ވާނުވާ ނޭނގިފައި ހުރިއިރު، ފުއާދުއަށް ކޮންމެވެސް ވަރަކަށް ވީގޮތް ރޭކާލިއެވެ. އޭނާ […]
އެގޮތުގައި ޝައިނާގެ އިންތިޒާރުގައި ތިއްބާ ފެނުނީ ކެބިންއިން ނިކުމެގެން އަންނަ ތަނެވެ. މޫނު މިލާ މޯޅި ވެފައިވީއިރު، ދެލޯ ދުޅަވެ ރޮއިފައި ހުރިހެންވެސް ހީވެއެވެ. ނާލާ ދުވެފައި އައިސް ޝައިނާގެ އަތުގައި ހިފާލިއެވެ. އަޒަލްވެސް ހުރީ ވީގޮތެއް އެނގެން ބޭނުން ވެފައެވެ. ޝައިނާ އެކުވެރިންނަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ އޭނާ މިއައީ އަމިއްލަ ހުރިހާ އުފާތަކާއި ހުވަފެންތައް އަމިއްލަ އަތުން ކަފުންކޮށް ވަޅުލާފައެވެ. ދިރިއުޅުމުގައި މިހާތަނަށް ދިމާވި ކޮންމެ ކަމަކާ ކުރިމަތިލާ ކާމިޔާބު ކޮށްފައިވާއިރު، މިއަދު […]
“އޯހ ޝައިނާ.. ޔޫ އާ ސޯ ނައިވް.. ވަޓް އައި މެންޓް ވޯޒް، ޑޯންޓް ޕޭއި މީ އިން ކޭޝް.. ބަޓް ޕޭއި މީ.. އިން ކައިންޑް..” ހައިދަރު ޖުމްލައިގެ ފަހު އަކުރުތަށް ޝައިނާގެ ކަންފަތް ދޮށުގައި ވައި އަޑުން ކިޔާލިއިރު، ޝައިނާގެ ދެލޯ ބޮޑުވެގެން އައެވެ. “އަހަރެން ޝައިނާގެ ފަރާތުން ބޭނުން ވަނީ އެންމެ ކަމެއް..” ހައިދަރު ސީދާ ޕޮއިންޓަށް ދިޔައެވެ. “މެރީ މީ..” ޝައިނާއަށް އެއަޑު އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ. ފުންމައިގެން ތެދުވެވުނީ […]
ޖުނައިދު ޝައިނާއާއި ދިމާލަށް ބަލާލަމުން ފައިލް މޭޒުމަތީގައި ބޭއްވިއެވެ. އަދި މޭޒުމަތީގައި އޮތް ސިޓީއުރައެއް ނަގާ ޝައިނާގެ އަތަށް ދިއްކޮށްލިއެވެ. ޝައިނާ ސިޓީއުރަ ކަނޑައިގެން ބެލިއިރު ޕްރޮމޯޝަން ލެޓާއެކެވެ. ހައިރާންކަމާއެކު އޭނާ ހައިދަރުގެ މޫނަށް ބަލާލިއެވެ. މިއީ ކޮންކަމެއްހެއްޔެވެ؟ ”ކޮންކަމަކާ ބިރުންތަ މުޅި މީހާ ދާހިއްލާ ފޯވެފަ ތިހިރީ؟“ ޖުނައިދުއަށް ޝައިނާގެ މިޒާޖަށް އައިސްފައިވި ބަދަލު ފާހަނގަ ވިއެވެ. ”މި.. މިއީ ދެންމެ އޮފީހަށް އަންނަނިކޮށް މީހަކު ފަހަތުން ފާރަލަމުން އައީ.. އެހެންވެ ދުވެފަ އައީމަ ކަންނޭގެ.“ […]
ހައިދަރު ލިފްޓުން ބައްޕަގެ ކެބިން ހުންނަ ބަޔަށް ދިޔައެވެ. އިމާރާތުގެ އެކި ފްލޯތައް އެކި ބަޔަށް ބަހާލެވިފައި ވާއިރު، މީ އެޑްމިން ބަޔެވެ. ކެބިންގެ ދޮރާއި ދިމާލަށް ހިނގާފައިދިޔަ ހައިދަރުގެ ފިޔަވަޅުތައް މަޑުވީ، ކެބިންގެ ބޭރުގައި ހުރި ރިސެޕްޝަނުގައި އިން އަންހެން ކުއްޖާ ފެނިފައެވެ. އެއީ ހަމަ އެމޫނެވެ. ހަނދާން ނުނެތޭވަރަށް، ހައިދަރު ވަނީ ރޭގައި އެއަންހެން ކުއްޖާގެ ތަސްވީރަށް ބަލާފައެވެ. އިމާރާތުގެ މައިދޮރުން ވަންއިރު، އެތާގައިހުރި ރިސެޕްޝަނުގައި ތިބި ކުދިން ފަދައިން، މިކުދިންވެސް އޭނާ ފެނިގެން […]