“ކީކޭ؟ އެހެން މީހަކަށޭ؟ ކާކު؟ ކާކުހޭ އެއީ؟” އާއިޒް ޔާނާގެ ދެއަތުގައި ހިފައި ތަޅުވައިގަތުމުން ޔާނާ ސިހިގެން ދިޔައެވެ. ނަމަވެސް މިއީ އޭނާ ބިރުގަންނަންޖެހޭ ވަގުތު ނޫންކަން އަމިއްލަ ނަފްސަށް ވިސްނައިދީ ހިތްވަރު ކޮށްފައި ޖަވާބު ދިނެވެ. “އާނ. އެހެން މީހަކަށޭ. އަހަރެން ލޯބިވަނީ އެހެން މީހެއްދެކެ. މިއީ އިއްޔެއަކު މިއަދަކު ވީކަމެއް ނޫން. އަހަރެން ސްކޫލް ދައުރުއްސުރެ އޭނާ ދެކެ ލޯބިވަން. މިހިތަކު އެހެން މީހެއްދެކެ ލޯބިވާކަށް އެއްވެސް ތަންކޮޅެއް ނެތް. މާފުކުރޭ އާއިޒު. އަހަރެންނަށް […]
“ދަރިފުޅާ މާހިން…ތެދުވެބަލަ…” ޒަރީނާ މާހިން އަަށް ގޮވަމުން ގޮސް މާހިންގެ ކޮޓަރީގެ ދޮރުފޮތިގަނޑު ކަހާލުމަށްފަހު އައިސް މާހިންގެ ގައިމަތީ އޮތް ރަޖާގަނޑު ހިއްލާލިއެވެ. އެވަގުތު ކޮޓަރިތެރެއަށް އެޅިފައިވާ އިރުގެ އަލި މާހިންގެ މޫނަށް އެޅުނެވެ.އަޅެ މަންމާ…ކުޑައިރުކޮޅެއް…ޕްލީޒް…އިރުކޮޅަކުން މި ތެދުވަނީއޭ.. ނިދާހޭލައިގެން އެނދުމަތީ އރުކޮޅާކު އޮވެފައި ނޫނީ މާހިން ނުތެދުވާނެއެވެ.އެއީ މާހިންގެ އެންމެ ކުޑައިރުއްސުރެ ވެސް އާދައެވެ. އެހެންކަމުން ޒަރީނާވެސް އޭނާގެ ފިރިމީހާ އޮފީހަށް ދިއުމުގެ ކުރިން ސައި ތައްޔާރު ކުރުމަށް ދިޔައެވެ. ޒަރީނާ އަކީ މާލޭގެ ތަނަވަސް […]
ޙަފްލާ ފެށިގެން އެކި ގޮތްގޮތުން ފާހަގަ ކޮށްލެވޭ މުވައްޒަފުންނަށް އެވޯރޑް ދިނުން އޮތެވެ. މިގޮތުން ލަޔާއަށްވެސް އެންމެ ޚިދުމަތްތެރި މުވައްޒަފުގެ އެވޯރޑްގެ އިތުރުން އޮފީހަށް ރީތިނަން ހޯދައިދޭ މުވައްފު ކަމުގައި ވެސް އެވޯރޑް ލިބުނެވެ. އެއީ ލަޔާއަކީ އަބަދުވެސް އެހެންތަންތަނުން އޮންނަ ވާރކް ޝޮޕްތަކުގައާއި ކުޅިވަރު މުބާރަތް ތަކުން އޮފީސް ކުރިއަރުވަން މަސައްކަތްކުރާ ކުއްޖެކެވެ. ލަޔާ ސްޓޭޖް މައްޗަށް އަރާ ކޮންމެ ފަހަރަކު ޝަހުމްއަށް ލަޔާއާއި ދިމާއަށް ކަޅި ހުއްޓާނުލައި ބަލަހައްޓައިގެން އިނދެވެއެވެ. އެއިން ކޮންމެ ފަހަރަކު […]
” ރާއިން އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން ” ނާލީ ބޭނުންވަނީ އެވިޔާނުދާ ނާފިޒު އަކީ އެއީ ކަން ރާއިން އަށް އަންގާށެވެ. ” ރާއިން ނާ.. ނާފިޒު” ނާލީ އަށް ނާފިޒު ގެ ނަންވެސް ބުނެވުނީ އެހާ އުނދަގުލުންނެވެ. ” ކީކޭ ނާފިޒު އަނެއްކާ ކީއްކުރީ… ނާލީ ބުނޭ ” ” ރާއިން ނާފިޒު އަކީ……….. ” ނާލީގެ ޖުމްލަ ފުރިހަމަ ކުރެވުމުގެ ކުރިން ރާއިންގެ ފޯން ރިންގުވާން ފެށިއެވެ. ފޯނު ބޭއްވުމަށްފަހު […]
” ދައްތަބޭ މިއަދު އަންނަނީހެން ހީވަނީ ” ނާލީ މިގެއަށް މިއައި ކުޑަ ދުވަސްކޮޅު ތެރޭވެސް އަދި އެއްފަހަރުވެސް ދައްތަގެ ފިރިމީހާ އެއް ނާދެއެވެ. އާރިފާ ބުނިގޮތުން ވިއްޔާ އެއީ ވަރަށް މަދުން ގެއަށް އައިސް އުޅޭ މީހެކެވެ. އާރިފާ އެހެންނޫނަސް އެމީހަކާ އެހާ ގަޔާވާހެނެއް ނާލީއަކަށް ހިއެއް ނުވެއެވެ. އެއީ ކީއްވެގެންތޯ އަހާލާ ހިތް ނާލީ ވިއެވެ. އެކަމަކު އެންމެން ސައިބޮއިގެން ދަންދެން ނާލީ މަޑުކުރިއެވެ. ރާއިން އޮފީހަށްދާން ނުކުންނަމުން ނާލީގެ ބަނޑުގަ ވިކާލިއެވެ. އެމަންޒަރު […]
އެއްކަމެއް ރާއިން އަށް ޔަގީނެވެ. ނާލީ އަށް ވަރަށް ބޮޑު ކަމެއް ދިމާވެއްޖެއެވެ. އެހެންނޫނީ ނާލީ އަށް ރާއިން އާ އެގޮތަށް ވާހަކަ ދައްކާކަށް ނުކެރޭނެއެވެ. ރާއިން ނާލީ ގޮވައިގެން ގޮސް މަޑުކުރީ ގެއެއްގެ ދޮރު މައްޗަށެވެ. ނާލީ އެއްފަހަރު އެގެއަށް އަނެއްފަހަރު ރާއިންގެ މޫނަށް ބަލާލިއެވެ. ” ހާސްނުވޭ މިއީ އަހަރެންގެ ރައްޓެއްސެއްގެ އެޕާޓްމެންޓް އެއް. އޭނަ ވީ ދުވަސްކޮޅަކަށް ރާއްޖެއިން ބޭރަށްގޮސް. އަހަރެންގެ ގެއަށް ދާން ނާލީ ޖެހިލުންވާނެތީ މިތަނަށް މިއައީ ” ރާއިން […]
ނާލީ ވަރަށް ގިނަ ގޮތްގޮތަށް ވިސްނުމަށްފަހު ދުވަހަކުވެސް ނުގުޅަން ހުރި ނަންބަރަކަށް ގުޅާލިއެވެ. ހަމަ ޔަގީނުންވެސް އެއީ ނާލީއަށް އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން އޮތް މީހަކަށް ވާތީއެވެ. ދެފަހަރު ގުޅި އިރުވެސް ފޯނެއް ނުނެގިއެވެ. އިތުރަށް މާޔޫސްވަމުން ދިޔަ ނާލީ އިންތިހާއަށް ދެރަވިއެވެ. ކިތަންމެ ހިތްވަރު ކުރަން މަސައްކަތް ކުރި ނަމަވެސް އެދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ކޮޓަރީ ދޮރުގަ ދެފަހަރު ތިންފަހަރު ޓަކި ދިން އިރުވެސް ނާލީ ހަމަ އިންގޮތަށް އެނދުމަތީ އިނެވެ. ޓަކި ޖަހާނީ […]
ކޮޓަރީގެ ދޮރުގަ މީހަކު ޓަކިދިން އަޑައް ނާލީ ދިޔައީ ސިއްސައިގެންނެވެ. ” ނާލީ.. ދޮރުހުޅުވަބަލަ..” ދޮރުހުޅުވާލުމާ އެކު ފެނުނު މަންޒަރުން ނާލީގެ ދެލޯ ވަގުތުން ފެންކަޅި ވިއެވެ. ނާލީ އަށް އަޅާލާނެ މީހަކު ނެތްދުވަހު އެހީތެރިވެދިން މީހާ އެފަދަ ހާލެއްގަ ހުރިތަން ފެނުމުން ނާލީގެ ހިތަށް އިންތިހާއަށް އަސަރު ކުރުވިއެވެ. ހާނިސާގެ ދޮން މޫނު ވަނީ ރަތްވެ ދުޅަވެފައެވެ. އެދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ހޭވިފައިވާ އިސްތަށިގަނޑުގެ އެއްބައި ވަނީ މޫނުމައްޗަށް ވެއްޓިފައެވެ. ނާލީގެ ހިތަށް […]
އައި ރުޅިން ދެފަޔަށް ބާރުލާފަ ހިނގާލާފަ ގޮސް ހުއްޓުނީ ނާލީގެ ކުރިމަތީގައެވެ. ބިރުގަނެފަ ހުރި ނާލީ އަށް ފަހަތަށް ޖެހިލެވުނީ ހާނިސާ ގެ ފަރާތުން ކުރިމަތިވެދާނެ ކަމަކަށް ވިސްނާފައެވެ. އެކަމުގެ ސަބަބުން ވެސް ހާނިސާ ގާތަށް އައީ އިތުރަށް ރުޅިއެވެ. ” ކިހާ ދެރަކަމެއް. އަހަރެން ކީއްކޮށްފާނެތީތަ އަހަރެން ފެންނަ އިރަށް ބިރުވެރި އެއްޗެއް ފެނުނީމަ ދާހެން ފިލަން ތިއުޅެނީ ” ހާނިސާ ގެ ޖުމްލަ ތަކުން ނާލީ އަށް ރޮވެން ފެށިއެވެ. ” އަހަރެން ހަމަ […]