ލައިޝާ ބާރު ހިނގުމެއްގައި ބަދިގެ ބަޔަށްގޮސް ނާހިލްއަށް ސައިހަދައިދީފައި ޒޫނާ ގެ ގާތަށް ގޮސް އޭނާ ގެއަށް ދާން ޖެހިއްޖެ ކަމުގައި ބުންޏެވެ. ނަމަވެސް ދެންވެސް ލައިޝާއަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. ޒޫނާ އެދުނީ ނާހިލްއާއެކީ ސައި ބޮއެގެން ދެކުދިން އެކުގައި ނާހިލްމެންގެ ކާރުގައި ދިއުމަށެވެ. ނާހިލްއަށް އެ އަޑު އިވުމާއެކު އޭނާގެ ހިތް އުފަލުން ނަށައިގަތެވެ. އެއީ ލައިޝާގެ ކައިރީގައި ވުމަށް އެދިއެދި ހުއްޓައި އޭނާގެ މަންމަ އެ ކޮށްދިން ކަމަކީ ހިތްވަރު އެލިފައިވާ ނާހިލްއަށް […]
“ހޫމް..މިހާރު ތިހެން ދުރުން ބަލައިލައިގެން ހިތްހަމަ ޖައްސާލާ…ފަހުން އަދި މާ ކައިރިން ދޮނާއަށް ބެލޭނެ ދޯ..” އެތަނުގައި އިން ޒާރާ ލައިޝާގެ އަތުގައި ކުޑަކުށް ޖަހާލުމަށްފަހު އެހެން ބުނުމުން ދެން ތިބި ކުދިންވެސް އޭނާއާއި ބައިވެރިވިއެވެ. އެމީހުން ކިޔަމުން ދިޔަ އެއްޗެހި ވަރަށް ރަނގަޅަށްވެސް ނާހިލްއަށް އިވުނެވެ. ކުޑަކޮށް ހެވިފައި ހުރެ އޭނާ މިޞްރާބު ޖެހީ ގޭގެ ބޮޑު ދޮރުން ނުކުތުމަށެވެ. އޭރު ޒޫނާ އަތަށް ކޮތަޅުތަކެއް ލައިގެން ހުރެ ގެއަށް ވަންނަން އައެވެ. “މަންމާ…އިރުކޮޅެއް ވެއްޖެ […]
“ދޮންބިސް ދެން ތިހާ ވަރަކަށް އިމޯޝަނަލް ވާނެ ކަމެއްނެތް…ރުޅިއައިމަ ނުވެސް ބުނެވޭނެ ބުނަން އައި ވާހަކަވެސް..އަޞްލު ދޮންބެ ރުޅި ނައިނަމަ ބުނީމުސް ހަމަ މިހާރު….އިނގޭތަ؟…. ލައިގެ ވާހަކައެއް” ޒަވުޝް ހިނިގަނޑަކުން ނިންމާލިއެވެ. “އޭތް…ވަޓް…އިޓްސް އަބައުޓް ހާރ….ޓެލް މީ..” ޒަވުޝް ދެންމެއަކު ބުނެލި ޖުމުލައަކުން ނާހިލްގެ ހިތުގެ ތެޅުން އަވަސްވެލިއެވެ. “ނުބުނާނަން ހަމަ..ބުނޭ ރުޅި އެއްނޫނޭ ކޮއްކޮއާާ…” ޒަވުޝް އަދިވެސް އުޅުނީ ނާހިލް ތަޅުވާލާށެވެ. “އެންމެ ރަނގަޅޭ..ދޮންބެ ރުޅިއެއްވެސް ނަާދެ..ދެން ބުނެބަލަ ލައި ކިހިނެއްވީތަ؟ ޑިޑް ޝީ ޓެލް […]
ޙަފްލާ ފެށިގެން އެކި ގޮތްގޮތުން ފާހަގަ ކޮށްލެވޭ މުވައްޒަފުންނަށް އެވޯރޑް ދިނުން އޮތެވެ. މިގޮތުން ލަޔާއަށްވެސް އެންމެ ޚިދުމަތްތެރި މުވައްޒަފުގެ އެވޯރޑްގެ އިތުރުން އޮފީހަށް ރީތިނަން ހޯދައިދޭ މުވައްފު ކަމުގައި ވެސް އެވޯރޑް ލިބުނެވެ. އެއީ ލަޔާއަކީ އަބަދުވެސް އެހެންތަންތަނުން އޮންނަ ވާރކް ޝޮޕްތަކުގައާއި ކުޅިވަރު މުބާރަތް ތަކުން އޮފީސް ކުރިއަރުވަން މަސައްކަތްކުރާ ކުއްޖެކެވެ. ލަޔާ ސްޓޭޖް މައްޗަށް އަރާ ކޮންމެ ފަހަރަކު ޝަހުމްއަށް ލަޔާއާއި ދިމާއަށް ކަޅި ހުއްޓާނުލައި ބަލަހައްޓައިގެން އިނދެވެއެވެ. އެއިން ކޮންމެ ފަހަރަކު […]
– 3 އޭޕްރީލްގެ ބަޔާއި ގުޅޭ – “ވަރަށް ސަޕްރައިޒް ދޯ ލައި…. މަންމައަށް ފެނުނޭ ލައިގެ ފޮޓޯތައް…ނާހިލް ވަރަށް ސިއްރުން ގެންގުޅޭނީ..އެކަމަކު ނާހިލްގެ ކޮއްކޮ ޒަވުޝްއަށް ސިއްރުން އެއްޗެއް ނުގެންގުޅެވޭނެ. އެއީ މަންމަމެންނަށް އެނގުނު ގޮތަކީ. އޭރުވެސް މަންމަ ނުދެނެހުރިން މިއީ އަހަރެމެންގެ ދަރިއެއްފަދަ ކުއްޖެއް ކަމެއް.” ޒޫނާ ހިނިއައިސް އިނދެ، ކިޔައިދޭންފެށިއެވެ. އެހެނަސް ފޮޓޯތަކެކޭ ބުނި އަޑު އިވުމުން ލައިޝާއަށް ނާހިލްއަށް އަވަސް ނަޒަރެއް ދެވުނެވެ. ކުއްވެރިއެއް ފަދައިން ނާހިލް އިސް ޖަހަލުމުން ލައިޝާއަށް […]
– 30 މާރޗްގެ ބަޔާއި ގުޅޭ – “ރަނގަޅު ކަމެއް ތީ ބޭބޭ…އެކުއްޖާ ތިކަހަލަ ކަމަކާއި ވިސްނާކަށް ޚިޔާލެއްވެސް ކުރި ހެނެއް އަޅުގަނޑަކަށް ހިޔެއް ނުވޭ…އެކަމަކު ރަނގަޅު ކުއްޖެއް ހޯދުމަކީވެސް އެހާ ފަސޭހަކަމެއް ނޫނެއްނު ބޭބޭ…ލައި ހިތްހަމަ ޖެހެނީ ކޮންކަހަލަ ގޮތަކަށް އުޅެ ކުދިންނެއް ކަމެއްވެސް އެނގެނީއެއްނޫނެެއްނު…ދެން ހަދަން ވީގޮތަކީ….ހޫމް.. އަޅުގަނޑަށް ތިކަންތައް ދޫކޮށްލައްވާ ބޭބެ…”ފައިގާ ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. “ލައި އާ ވަރަށް އެކަށީގެންވާ ކުއްޖެއް އެބަހުރި…ޢާއިލާވެސް ހަމަ ވަރަށް ރަނގަޅު…” ފައިގުގެ އެ […]
– 12 މާރޗްގެ ބަޔާއި ގުޅޭ – އެއަށްފަހު، ދެކުދިންނަށް ޒުވާންކަމުގެ ޖޯޝުގައި ވެވުނު ލޯބި ވެސް ނުލިބުނެވެ. ނަމަވެސް ލައިޝާ ޢަޒުމް ކަނޑައެޅީ، ގޭގެ އެއްވެސް މީހަކަށް، އަދި ހަމަ ރަޙްމަތްތެރިއަކަށްވެސް އޭނާގެ ހިތުގެ ޙާލު ނޭނގުމަށެވެ. ބައްޕައާއި ކޮއްކޮގެ ހިތާމަތަކަށް އިތުރު ބަރުކަމެއް ނުދިނުމަށެވެ. އޭރުން ފެށިގެން ނާހިލްއައީ އެކި ގޮތްގޮތުން ލައިޝާއަށް ބްލެކް މެއިލްކޮށް އުނދަގޫ ކުރަމުންނެވެ. މިކަންތައް ނާހިލްގެ ބައްޕައާއި ހަމައަށް ގެންދިއުމަށް އެތައްފަހަރަކު ލައިޝާގެ ޙާލާއިމެދު ޙަމްދަރުދީވާ އެތައް ބަޔަކު […]
– 04 މާރޗްގެ ބަޔާއި ގުޅޭ – މާލެއައި ފަހުން ދިމާނުވެގެން އުޅުން ޝަހުމްއާއި ލަޔާއަށް ދިމާވެވުނީ އޭގެ ތިންދުވަސް ފަހުންނެވެ. އޮފިހުން ކޮންމެރެޔަކު ލަހުން ގެއަށް އާދެވުމާއިއެކު ނަމާދު ކޮށްލާތަނުން ލަޔާއަށް ނިދެނީއެވެ. އެފް. ބީގައި ޝަހުމް ބުނާއެެއްޗަކަށް ޖަވާބެއް ދެވެނީވެސް ފޯނުން އެސް. އެމް. އެސް އެެއްގެ ސިފައިގައެވެ. އެހެންކަމުން މިއަދު ލަޔާ ބެލީ އޭނާއާއި ޙަވާލު ކުރެވިފައިވާ މަސައްކަތްތައް ނިންމާލުމަށްފަހު، ޝަހުމްއަށް އޭނާ އިނީ އޮންލައިންކަމުގައި ބުނެ މެސެޖް ފޮނުވާލިއެވެ. މާގިނައިރެއްނުވެ ޝަހުމްގެ ވާހަކަތައް […]
– 22 ފެބްރުއަރީގެ ބަޔާއި ގުޅޭ – މިއަދު މާލެއަށް އައި ގޮތަށް ޝަހުމް އަށް ވިސްނެނީ އޭނާގެ ރެޕެންޒިލް މަތިންނެވެ. އެކުއްޖާ އެފް.ބީ އިން ޗެޓް ކުރާއިރުވެސް ދުވަހަކުވެސް ފޮޓޯއެއްހާ ހިސާބުވެސް ލާފައިވާ ތަނެއް ނުފެނެއެވެ. އެކަމަކުވެސް އެ ކުއްޖެއްގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ބޮޑެތި ބަދަލު ތަކެއް އަންނަމުންދާކަން ޚުދު ޝަހުމްއަށްވެސް އިނގެއެވެ. އެތައް ދުވަސްތަކެއް ބޭކާރު ގޮތުގައި ހޭދަކުރެވިއްޖެކަމަށް އޭނާވެސް ޤަބޫލުކުރެއެވެ. އެ އަންހެން ކުއްޖާ ނޭނގިނަމަވެސް ވަރަށް ބޮޑަށް އޭނާގެ ދިރިއުޅުމާއި […]