ފުރާވަގުތު ކައިރިވަމުންދިޔަ ވަރަކަށް އަހަރެންގެ ހިތަށް ނޭނގޭ އިހުސާސްތަކެއް ވެރިވަމުން ދިޔައެވެ. އަހަރެންގެ ދަތުރު އެރެހަށްޓަށް އައިސްތިބި ދެތިން ރަހުމަތްތެރިން ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ތިއްބެވެ. ކުއްލިއަކަށްއައިސް ކުރިމަށްޗަށް އެހުއްޓުނީ ހަމަގައިމުވެސް އަހަރެންނަށް އާމޫނެއްނޫނެވެ. އެއީ އަހަރެންގެ ލޯބިވެރިޔާ ނިހާމެވެ. ނިހާމް ފެންކަޅިވެފައިިވާ ލޮލަކުން އަހަރެންނާ ދިމާއަށް ބަލަލައިލިއެވެ، އަހަރެންނަށް އިސްޖަހާލެވުނެވެ. ނިހާމް ފެނުމާއެކު އަހަރެންގެ ކުރިމަށްޗަށް ސިފަވީ އަހަރެނެގެ ހިތްދަތި މާޒީއެވެ. އަހަރެންނަކީ މާލޭގެ ގަދަރުވެރި އާއިލާއެއްގެ ހުރިހަމައެކަނި އަންހެން ކުއްޖާއެވެ. އަދި އެންމެ ހަގު […]
” އުމުރަށްވެސް އެކީގައި އުޅޭނަމޭ ބުނެފައި…ކީއްވެ ނުހާ…ކީއްވެ… އަހަންނަށް ނުހާއަށް ދެވުން ލޯބީގަ އުނިކަމެއް ވަނީތަ؟..” ލުފްޝާންގެ އަޑުގައިވާ ރިހުން ހަމަ ރަނގަޅަށްވެސް ފާޅުވަމުން ދިިޔައެވެ. ” އާހް..އާހް..” ފަރީނާގެ ހޭ އެެރުމާއިއެކުހެން ބޮލަށް ލިބިފައި ހުރި ޒަހަމްގެ ވޭން އެޅިއެވެ. ދެއަތުން ބޮލުގައި އަތް އަޅަމުން ދެފަރާތަށް ރަނގަޅަށް ބަލައިލިއެވެ. އޭނާ އޮތީ އޭނާގެ ކޮޓަރީގައެވެ. ކުއްލިއަކަށް ހަނދާންވީ ޝާމިލް އާއި ނުހާގެ މަތިންނެވެ. އެދެމީހުން މަތިން ހަނދާން ވުމާއިއެކުހެން ފުންމައިގެން އެނދުން ތެދުވެވުނީ ކިހިނެއް […]
ޒާހިދާ އިހުނަށްވުރެ ރުޅިގަދަވިއެވެ. އެއައި ރުޅިގައި ފަރީނާގެ އިސްތަށިގަނޑުގައި ހިފާ ބާރުކޮށްލަމުން މޭޒުގައި ބޯޖެއްސިއެވެ. އެއާއިއެކު ފަރީނާގެ ލޯމައްޗަށް އަނދިރިވަމުންގޮސް އެކޮށްހެން އަނދިރިވެ ލޯމެރުނެވެ. ” އޭތް..ކަލޭމެން ދެން އަވަހަށްއާދޭ….އެކަމަކު މިގެއަށް ކަލޭމެން ވަންނަތަން އިތުރު އެއްވެސް މީހަކަށް ފެނިގެން ނުވާނެ…ސާފުވެއްޖެ…” ޒާހިދާ ފޯން ބާއްވަމުން ގަޑިއަށް ބަލައިލިއެވެ. ޒާހިދާ ގޭތެރޭގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓާ ވަރުގަދަ ހެން ހީވާ ދެފިރިހެނުން ގެއަށް ވަނެއެވެ. އެމީހުން ފެނުމާއިއެކު އަވަސް އަވަހަށް އެމީހުން އެތެރެއަށް ވައްދާފައި […]
– 12 މާރޗްގެ ބަޔާއި ގުޅޭ – އެއަށްފަހު، ދެކުދިންނަށް ޒުވާންކަމުގެ ޖޯޝުގައި ވެވުނު ލޯބި ވެސް ނުލިބުނެވެ. ނަމަވެސް ލައިޝާ ޢަޒުމް ކަނޑައެޅީ، ގޭގެ އެއްވެސް މީހަކަށް، އަދި ހަމަ ރަޙްމަތްތެރިއަކަށްވެސް އޭނާގެ ހިތުގެ ޙާލު ނޭނގުމަށެވެ. ބައްޕައާއި ކޮއްކޮގެ ހިތާމަތަކަށް އިތުރު ބަރުކަމެއް ނުދިނުމަށެވެ. އޭރުން ފެށިގެން ނާހިލްއައީ އެކި ގޮތްގޮތުން ލައިޝާއަށް ބްލެކް މެއިލްކޮށް އުނދަގޫ ކުރަމުންނެވެ. މިކަންތައް ނާހިލްގެ ބައްޕައާއި ހަމައަށް ގެންދިއުމަށް އެތައްފަހަރަކު ލައިޝާގެ ޙާލާއިމެދު ޙަމްދަރުދީވާ އެތައް ބަޔަކު […]
އަހަރެން އެރޭނިދީ އަނެއްދުވަހަށް އިންތިޒާރު ކުރަމުންނެވެ. ބޭބީ މަންމަމެންނާއި އަހަރެން ހަވާލުކުރީ ކުރާހިތަކުންނޫނެވެ. ބޭބީ ދޫކޮށް އަހަރެން ދާހިތެއް ނުވިއެވެ. އަހަރެން ފުރަން އެއަރޕޯޓަށް ދިޔައީ އެންމެންގެ ހެޔޮދުޢާއާއިއެކުއެވެ. ގޭގެއެންމެނަށް އަހަންނަކީ ލާރާކަން އެނގޭތީއެވެ. އަހަރެން ރާއްޖެއަންނަން ފުރީ ވަރަށް ތައްޔާރުވެގެންނެވެ. އެލެކްސްއަށް ސަޕްރައިޒެއް ދިނުމުގެ ގޮތުންނެވެ. އޭނާއަށް ވަރަށްބޮޑު ހަދިޔާއެއް ހިފައިގެންނެވެ. އަހަރެން ހުރިހާދުވަހު ލިޔުނު ސިޓީތައް ހިފައިގެންނެވެ. ފޮޓޯތައްވެސް ހިފައިގެންނެވެ. ރާއްޖެއައިސް ދެމީހުންދިޔައީ ރިސޯޓަށެވެ. ދެމީހުންތިބީ ކުރީގައިވެސް ތިބިގޮތަށެވެ. ދެމީހުން ދެކޮޓަރީގައެވެ. ތަޤްދީރު ނިޔާކުރިގޮތުން […]
އަހަރެން ގޮޑިއަށްވެއްޓުނެވެ. ފެންކަޅިވެފައިވާ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތުމާއިއެކު ރޮއެގަނެވިއްޖެވެ. ގްރޭންޑްމާ ހާސްވިއެވެ. އަހަންނަކީ ކާކުހޭ އެހީ ދެނެވެ. އަހަރެން ފަސްޖެހުމެއްނެތި މިއީ މާމަގެ ލާރާކަމަށް ބުނީމެވެ. އަހަރެންގޮސް މާމަގެ އުނގުތެރެއަށް ވެއްޓި ރޮއެގަތީމެވެ. ބާރަށެވެ. އޭރު މާމަގެ ހަށިގަނޑު ތުރުތުރު އަޅަމުންދިޔައެވެ. މާމަ އަހަރެންގެ ގައިގައި އޮޅުލާފައި ބޮސްދެމުންދިޔައެވެ. އެލެކްސްގެ އެހީގައި މާމަ އަހަރެން ހޯދާތާ އެތައްދުވަހެއް ވެއްޖެކަމަށް މާމާ ބުންޏެވެ. މަންމަޔާއި ބައްޕަ ނިޔާވީ ރާއްޖެއިން އެމީހުން ލަންޑަނަށް އައި މަގުމަތީކަންވެސް މާމަ ބުންޏެވެ. […]
ދެން ފިޔަވަޅު އަޅަންވީ ކުރިއަށް ކަމެއް ނޫނީ ފަހަތަށް ކަމެއް ލުފްޝާން އަކަށް ނުވިސްނުނެވެ. މަޑުމަޑުން ފަހަތަށް ޖެހެވެން ފެށިއެވެ. ނުހާގެ އެމައުސޫމް މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަން މިއަދު ލުފްޝާންގެ ހިތަށް ހެރެމުން ދިޔަ ތީރު ތަކެއް ފަދައެވެ. ލުފްޝާން އެނބުރި ހިނގައި ގަންނަށް އުޅެނިކޮށް ލުފްޝާން އަށް ފެނުނީ ބަދިގެއާއި ދިމާލަށް އަންނަމުން ދިޔަ ޒާހިދާ އެވެ. އަވަސް އަވަހަށް ލުފްޝާންއަށް ބަލައިލެވުނީ ނުހާ މެންނަށެވެ. އޭރުވެސް ޝާމިލް އިނީ ނުހާ އަތުގައި ހިފަހައްޓައިލައިގެންނެވެ. […]
ކުރިމަތީގައި ލާނެއް ގޮތަކަށް ހިނިތުންވެލައިގެން ޖިންސުގެ ދެޖީބަށް އަތް ޖަހާލައިގެން އެހުރީ، އެހެން އެއްވެސް މީހެއް ނޫނެވެ. އާއިޒު އެވެ. ފާއިތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި އައިޒުވަނީ ހާމިޒާއާއި ނޫހުގެ ހިތް ފަތަހަކޮށްފައެވެ. އެމީހުންގެ ރުހުން ހޯދާފައެވެ. ފަތަހަ ނުކުރެވިފައި އޮތީ ހަމައެކަނި ޔާނާގެ ހިތެވެ. ޔާނާ ދެލޯ ބޮޑުކޮށްލައިގެން އާއިޒު އަށް ބަލަން ހުރި ގޮތުން އާއިޒު ހިނި އައިސްހުރެ ޔާނާ އާ ދިމާއަށް ހިނގައިގަތެވެ. އާއިޒު ކައިރިއަށް އަންނަތަން ފެނުމުން ޔާނާ ދުރަށް […]
“އީމަން” ޔާނާއަށް އަތް ދިއްކޮށްލުމަށްފަހު ގޮވާލެވުނެވެ. ކުލާހުގައި ތިބި ހުރިހާ އެންމެން އެއްކޮށް ޔާނާއަށް ބަލައިލިއެވެ. ޖާހަތު ޔާނާގެ ކޮނޑުގައި އަތް ބާއްވާލައިގެން ބަލައިލި ގޮތުން ޔާނާގެ ހިތުގެ ހާލަތު ވަރަށް ރަނގަޅަށް އިހުސާސް ކުރެވޭ ފަދަ ނަޒަރަކުންނެވެ. އެވަގުތަކީ ލެކްޗަރަރ ކްލާސްވެސް ނިންމާލެއްވި ވަގުތެވެ. ޔާނާ އަވަސް އަވަހަށް ފޮތްބައި ހިފައިގެން ކިލާހުން ނުކުމެގެންގޮސް މަގުމައްޗަށް ނުކުތެވެ. ޔާނާގެ ފަހަތުން ޖާހަތު ދުވަމުން އައިސް ޔާނާ ހުއްޓުވިއެވެ. އެވަގުތު ޔާނާގެ ދެލޮލުން ހޯސްލާފައި މުތީތަކެއްފަދަ ކަރުނަ […]