އަނެއް ކޮޅުން އީމަންގެ މޫނުމަތިން ފެންނަން ހުރި އަސަރު ބަޔާން ކޮށްދޭން ދައްޗެވެ. ހީވަނީ މަރުވެފައިވާ ހިތަކަށް އާރޯކަމެއް ލިބެން އުޅޭކަމުގެ ފަހިމަގު ފެނިފައި ވާހެންނެވެ. “އީމަން!” ޔާނާއަށް ބުނެލެވުނެވެ. އީމަން މަޑުމަޑުން ޔާނާއާ ދިމާއަށް ހިނގައިގަތުމުން ޔާނާ ދުވެފައި އައިސް އީމަންގެ ގައިގައި އޮޅުލައިގަތެވެ. ކެތްނުކުރެވިގެން ބާރުބާރަށް ރޯން ފެށުނެވެ. އިތުރަށް ކަރުނަތަށް ނުހިފެހެއްޓުނީއެވެ. ކެތްތެރިކަން ކޮޅުންލީއެވެ. ނާމާންކަމުގެ ޖަންގައްޔެއްގައި ހަތަރު އުދަރެސް ފެނުޖެހިފައި ވަނިކޮށް ޔާނާއަށް އީމަން ފެނުމުން ސިފަވީ ސަލާމަތުގެ އައްސޭރި ޚުދު […]
ރަހާ ބިރުން އިނދެ ނަދީމް އަށް އެމީހާ ދައްކަމުން ދިޔައެވެ. އެކަމަކު ނަދީމް އެއްވެސް ވަރަކަށް އެކަމާ ހާހެއް ނުވެއެވެ. ” ރަހާ ނެތޭ އެތާ އެކަކުވެސް. ކާކު ފެނިގެންތަ ތިއުޅެނީ ” ނަދީމް ރަހާގެ ދެއަތުގަ ހިފާ ހަލުވާލަމުން ބުންޏެވެ. އެއްފަހަރު އެމީހާއަށް އަނެއްފަހަރު ނަދީމް ރަހާ ބަލަމުން ދިޔައެވެ. ނޫނެކެވެ. އެތާ މީހަކު އެބަހުއްޓެވެ. އެކަމަކު ނަދީމް އަކަށް އެމީހަކު ނުފެނެއެވެ. ރަހާ ގާތު ހަމަޖެހުމަށް އެދި ނަދީމް ބުނަމުން ދިޔައެވެ. ބިރުން އިން […]
“ހޫމް..މިހާރު ތިހެން ދުރުން ބަލައިލައިގެން ހިތްހަމަ ޖައްސާލާ…ފަހުން އަދި މާ ކައިރިން ދޮނާއަށް ބެލޭނެ ދޯ..” އެތަނުގައި އިން ޒާރާ ލައިޝާގެ އަތުގައި ކުޑަކުށް ޖަހާލުމަށްފަހު އެހެން ބުނުމުން ދެން ތިބި ކުދިންވެސް އޭނާއާއި ބައިވެރިވިއެވެ. އެމީހުން ކިޔަމުން ދިޔަ އެއްޗެހި ވަރަށް ރަނގަޅަށްވެސް ނާހިލްއަށް އިވުނެވެ. ކުޑަކޮށް ހެވިފައި ހުރެ އޭނާ މިޞްރާބު ޖެހީ ގޭގެ ބޮޑު ދޮރުން ނުކުތުމަށެވެ. އޭރު ޒޫނާ އަތަށް ކޮތަޅުތަކެއް ލައިގެން ހުރެ ގެއަށް ވަންނަން އައެވެ. “މަންމާ…އިރުކޮޅެއް ވެއްޖެ […]
މަސައްކަތު ބައްދަލުވުމުގެ ދައުރުތަކުގެ ތެރެއިން ދައުރެއް ދެންމެ ހަމަ ނިމުނީއެވެ. މެންދުރު ނަމާދު ވަގުތު ޖެހެން ބާކީ އޮތީ ފަނަރަވަރަކަށް މިނިޓެވެ. ކޮފީއެއް ބޯލަން ދާން، އަހަރެން އޭނާއަށް ޚިޔާލު ހުށައެޅީމެވެ. ލިބިފައިވާ ވަރުބަލިކަމަށް ކުޑަ ލުޔެއް ހޯދާލުމުގެ ގޮތުންނެވެ. އެ ޚިޔާލު އޭނާއަށް ވެސް ކަމުދިޔައެވެ. ހޮޓަލުގައި ހުންނަ ކޮފީޝޮޕާ ދިމާއަށް އަހަރެމެން ހިނގައިގަތީމެވެ. ކޮފީޝޮޕްގެ ކަނެއްގައި ހުރި މޭޒެއް ކައިރީ އަހަރެމެން އިށީނީމެވެ. މޭޒު ހުރީ ހިމޭން އެކަހެރި ހިސާބެއްގައެވެ. އަހަންނަށް މުޞްޢަބް އެނގުނީ […]
އެތެރޭގައިވެސް ވަނީ ފުޅިބައްތީގެ ފަނޑު އަލިކަމެވެ. ފަނުން އަޅާފައިވާ ކޮޓަރިއެއް ކަހަލަ ތަނެކެވެ. ކޮޓަރީގެ މެދުން ފަނުންހުރި ޕާރޓިޝަނެއްކަހަލަ ބައެއް ހުރުމުން ދެބައިވަނީ ވަކިވެފައެވެ. ޕާރޓިޝަނުގެ އަނެއްފަރާތުން އަލިވަމުން ދިޔުމުން ފުޅިބައްތިފަދަ އެއްޗަކުން ދިއްލާލައިފައިވާކަން އެނގެއެވެ. ޔާނާ ހިނގާލާފައި ގޮސް ޕާރޓިޝަން ހުރަސްކުރުމާއެކު ދެފައި ގަނޑުވިކަހަލައެވެ. މެޔަށް ހީވީ ހޫނު ފެންއެއްޗެއް އޮއްސާލިހެންނެވެ. ވަށައިގެން ނަޒަރު ހިންގާލެވުނު އިރު މޫނުމަތިން ހާސްކަމާއި ބިރުވެރިކަން ފެންނަމުން ދިޔައެވެ. ކުރިމަތީގައި ހުރީ ހުދުކުލައިގެ ބެޑްޝީޓްއަޅައި މަތީގައި ފިނިފެންމަލުގެ ފިޔައިން ޒީނަތްތެރިކުރެވިފައިވާ […]
ހަމަ އެހިނދުން ރާއިންގެ ކަންފަތްމަތީ އައިނައިތަނެއް ނޭނގި އައި ފަޒީލާ އަތުގަ ހުރި ބާރެއްލާފަ ޖެހިއެވެ. ” ރާއިން ބުނަން ރަނގަޅު ވާހަކައެއް. ނާފިޒު ގައިގަ އިނގިލި ކުރި ޖައްސާލުމުގެ ކުރިން އެންމެ ފުރަތަމަ އަމިއްލަ އަނބިމީހާގެ ފަތިފުށާ އުޅުން ހުރިގޮތް އޮޅުންފިލުވާ. ނާފިޒު މިގެއަށް އައި ފުރަތަމަ ދުވަހު ވެސް ނާލީގެ ހުރިހާ ވާހަކައެއް އަހަންނަށް ވަނީ ކިޔާދީފަ. މިހުރިހާ ދުވަހެއްވަންދެން އެއްޗެއް ނުބުނެ މަޑުކުރީ އާއިލާގެ ހަމަޖެހުމަށްޓަކާ ” ފަޒީލާ ދައްކަމުންދިޔަ ވާހަކަތައް އެއްގޮތަކަށްވެސް […]
މާދަމާ އަކީ އަހަރެން އިންޑިއާ އަށް ފުރަން ހަމަޖެހިފައިވާ ދުވަހެވެ. މަންމަގެ އެދުމުގެ މަތިންނެވެ. މިހިތާމަތަކާ ދުރަށްދެވޭތޯއެވެ. އެކަމަކު ދާހިތެއްވެސް ނެތެވެ. ޝާހިދުގެ ސަބަބުންނެވެ. މަންމަމެން ކިތަންމެ ގަބޫލަސް އަހަރެންނަކަށް ޝާހިދަކާ ނުރުހެވޭނެއެވެ. ޝާހިދަކީ ކިޔަވައިގެން ހުރި މުއްސަނދި އާއިލާއެއްގެ ކުށްޖެއްކަމުން މަންމަބޭނުންވަނީ އަހަރެން ޝާހިދާ ގުޅޭށެވެ. ޝާހިދުވެސް އަހަރެންނާ ވަރަށްގަބޫލެވެ. އޭނާގެ އަމަލު ތަކުންނާއި ވާހަކަތަކުން އެކަން ވަރަށް ރަނގަޅަށް އެނގެއެވެ. ޝާހިދު އަބަދުވެސް އުޅޭނީ އަހަރެމެންގެ ގޭގައެވެ. އަހަރެންނަށް މިހާރު މިހުރެވުނީ ދެކަފިވެފައިވާ މަގެއްގެ […]
ނިހާމް ވަޤުތުގެ ބޭނުން ހިފިއެވެ. ދަނޑިވަޅު ބަލާފަ ސިޔާއިން ދިމާލަށް ހިނގާގަތެވެ. ************************************* ޭއޭ! ނިހާމް ކޮންތާކަށް؟ ފައިސަލް ނިހާމް ހިނގާގަތުމުން އަހާލިއެވެ. ނުފެނޭތަ؟ އެއިނީއެއްނު މަގޭ ޖާން. ސިޔާ ކައިރިއަށް ގޮއްސަ މިއަންނަނީ މަޑުކުރައްޗޭ ތިތާ! ނިހާމް އަވަސް އަވަހަށް ސިޔާ ކައިރިއަށް ދިޔައެވެ. ހެލޯ! އޯކޭތަ މަމިތާ އިށީނަސް؟ ނިހާމް ސިޔާ ކައިރިއަށް ގޮސް އަހާލިއެވެ. އޯކޭ އެކަމަކު ތިކާކު؟ ކުރިއަކުން މި ރަށަކުން ނުދެކެން! ސިޔާ އެނުދަންނަ މޫނު ފެނުމުން ހައިރާންވެ ހުރެ […]
(ކުރީ ބައިން ވާނުވާ ކިރިޔާ އިނގޭ ހިސާބުން ފެށިގެން) އަހަރެން ނަގާ ސޯފާމަތީގައި ބޭއްވީވެސް އޭނައެވެ. އަހަރެން ކަޅި ޖަހައެއްނުލަމެވެ. އޭނަގެ މޫނަށް ބަލަހައްޓައިގެން އޮތުމުން ލިބެމުންދިޔަ ހިތްހަމަޖެހުމުގެ މަސްތުގައި އަހަރެން މުޅި ޖާން އޭނާއާއި ހަވާލުކޮށްލައިގެން އޮތީއެވެ. އިސާހިތަކު، އޭނަ އަހަރެންގެ ނެޕީ ބަދަލުކޮށްލިއެވެ. އަހަރެންވެސް، މަންމަވެސް، ބޭބެވެސް، ގޭގަ ގެންގުޅޭ މަރީތާވެސް ، އަހަރެންގެ ބުޅާވެސް އޮތީ ހަމަހައިރާންވެފައެވެ. ބުޅާގެ މޫނަށް ބަލާލިއިރު ސިފަވެގެންދިޔައީ އަހަންނަށް ކުރެވެމުންދިޔަކަހަލަ އިހުސާސެއް އެއަށްވެސް ކުރާހެންނެވެ. މުޅި މޫނުގެ […]