“ދަރިފުޅާ މާހިން…ތެދުވެބަލަ…” ޒަރީނާ މާހިން އަަށް ގޮވަމުން ގޮސް މާހިންގެ ކޮޓަރީގެ ދޮރުފޮތިގަނޑު ކަހާލުމަށްފަހު އައިސް މާހިންގެ ގައިމަތީ އޮތް ރަޖާގަނޑު ހިއްލާލިއެވެ. އެވަގުތު ކޮޓަރިތެރެއަށް އެޅިފައިވާ އިރުގެ އަލި މާހިންގެ މޫނަށް އެޅުނެވެ.އަޅެ މަންމާ…ކުޑައިރުކޮޅެއް…ޕްލީޒް…އިރުކޮޅަކުން މި ތެދުވަނީއޭ.. ނިދާހޭލައިގެން އެނދުމަތީ އރުކޮޅާކު އޮވެފައި ނޫނީ މާހިން ނުތެދުވާނެއެވެ.އެއީ މާހިންގެ އެންމެ ކުޑައިރުއްސުރެ ވެސް އާދައެވެ. އެހެންކަމުން ޒަރީނާވެސް އޭނާގެ ފިރިމީހާ އޮފީހަށް ދިއުމުގެ ކުރިން ސައި ތައްޔާރު ކުރުމަށް ދިޔައެވެ. ޒަރީނާ އަކީ މާލޭގެ ތަނަވަސް […]