. މަޑުމަޑުން ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ. އެތެރޭގައިވެސް ވަނީ ފުޅިބައްތީގެ ފަނޑު އަލިކަމެވެ. ފަނުން އަޅާފައިވާ ކޮޓަރިއެއް ކަހަލަ ތަނެކެވެ. ކޮޓަރީގެ މެދުން ފަނުންހުރި ޕާރޓިޝަނެއްކަހަލަ ބައެއް ހުރުމުން ދެބައިވަނީ ވަކިވެފައެވެ. ޕާރޓިޝަނުގެ އަނެއްފަރާތުން އަލިވަމުން ދިޔުމުން ފުޅިބައްތިފަދަ އެއްޗަކުން ދިއްލާލައިފައިވާކަން އެނގެއެވެ. ޔާނާ ހިނގާލާފައި ގޮސް ޕާރޓިޝަން ހުރަސްކުރުމާއެކު ދެފައި ގަނޑުވިކަހަލައެވެ. މެޔަށް ހީވީ ހޫނު ފެންއެއްޗެއް އޮއްސާލިހެންނެވެ. ވަށައިގެން ނަޒަރު ހިންގާލެވުނު އިރު މޫނުމަތިން ހާސްކަމާއި ބިރުވެރިކަން ފެންނަމުން ދިޔައެވެ. ކުރިމަތީގައި ހުރީ […]
“ދޮންބިސް ދެން ތިހާ ވަރަކަށް އިމޯޝަނަލް ވާނެ ކަމެއްނެތް…ރުޅިއައިމަ ނުވެސް ބުނެވޭނެ ބުނަން އައި ވާހަކަވެސް..އަޞްލު ދޮންބެ ރުޅި ނައިނަމަ ބުނީމުސް ހަމަ މިހާރު….އިނގޭތަ؟…. ލައިގެ ވާހަކައެއް” ޒަވުޝް ހިނިގަނޑަކުން ނިންމާލިއެވެ. “އޭތް…ވަޓް…އިޓްސް އަބައުޓް ހާރ….ޓެލް މީ..” ޒަވުޝް ދެންމެއަކު ބުނެލި ޖުމުލައަކުން ނާހިލްގެ ހިތުގެ ތެޅުން އަވަސްވެލިއެވެ. “ނުބުނާނަން ހަމަ..ބުނޭ ރުޅި އެއްނޫނޭ ކޮއްކޮއާާ…” ޒަވުޝް އަދިވެސް އުޅުނީ ނާހިލް ތަޅުވާލާށެވެ. “އެންމެ ރަނގަޅޭ..ދޮންބެ ރުޅިއެއްވެސް ނަާދެ..ދެން ބުނެބަލަ ލައި ކިހިނެއްވީތަ؟ ޑިޑް ޝީ ޓެލް […]
މެންދަމުގެ ވަގުތުގަ ނާލީ އަށް ހޭލެވުނީ ފޯން ރިންގުވާ އަޑަށެވެ. ގުޅަނީ ނުޝޫ މަންމަ އެވެ. ޕާޓީއަކަށް ދިޔަ ނަމަވެސް އެންމެ ލަސްވެގެންވެސް ބާރަ ޖެހުމުގެ ކުރިން ގެއަށް އަންނަ ނުޝޫ ދަންވަރު ދޭއްޖެހިއިރުވެސް ގެއަށް ނައިސް ގެންނެވެ. ނުޝޫ މަންމަ އެކޭ އެއްގޮތަށް ނާލީ އަށްވެސް ލިބުނީ ހައިރާން ކަމެވެ. ނުޝޫގެ ރައްޓެހިންގެ ތެރެއިން އެންމެ ގާތްކޮށް އުޅޭ މީހަކީ ނާލީކަން ނުޝޫ އާއިލާ މީހުންނަށް އިނގޭތީއެވެ. ނާލީ ފޯން ބޭއްވުމަށްފަހު ރާއިން އަށް ގޮވާ […]
ސިޔާޒާ އޮތީ އެނދުމަތީގަ ފޮތެއް ހިފައިގެން ކިޔަންށެވެ. ކުއްލިއަކަށް ސިޔާޒާގެ ފޯން ރިންގްވާން ފަށައިފިއެވެ. ފޯން ބަލާލިއިރު ނުދަންނަ ނަންބަރެކެވެ.ސިޔާ އަޅާނުލާ ފޮތް ކިޔަން ފަށާފިއެވެ. އަނެއްކާވެސް ފޯން ރިންގްވާން ފެށުމުން ފޯން ނަގާފަ ހަލޯ އޭ! ބުނެލިއެވެ. ********************************** ތި ސިޔާތަ؟ އެކޮޅުން ވާހަކަ ދެއްކި ފިރިހެނަކު އަހާލިއެވެ. އާނ މި ސިޔާ! އެކަމަކު ތީ ކާކު ކަމެއް ނޭނގުނު! ސިޔާ ހައިރާންވެ ހުރެ އަހާލިއެވެ. މީ ނިހާމް. އެކަމަކު ހީވަނީ މީ ކާކު ކަމެއް […]
ހަމަދެންމެ އެއިވުނީ ގަޑިން މެންދަމު ބާރަޖެހި އަޑެވެ. ވިރާޝާ އަކަށް ނުނިދުނެވެ. އޭނާ ނިދޭތޯ ވަރައްމަސައްކަތް ކޮށްފިއެވެ. އެކަމަކުވެސް ކާމިޔާބުވާ ގޮތެއްނުވިއެވެ. ރަތްކުލައިގެ ފަނޑު އައްޔެއް ކޮޓަރިއަށް ވެރިވެފައި ވުމުގެ ސަބަބުން އިތުރަށް ވިރާޝާގެ ހިތް ބިރުގަނެ ހާސްކުރުވާފައިވެއެވެ. އޭނާ ބޯ އަޅައިގެން އޮތް ބާލީސް ވަނީ ތެމި ފޯވެފައެވެ. މަޑުމަޑު ގިސްލުމެއްގެ އަޑު މުޅި ކޮޓަރި ތެރެއަށް ފެތުރިފައި ވެއެވެ. ވިރާޝާ ރޮއިރޮއި ހަލާކުވާން ކައިރިވެއްޖެއެވެ. އޭނާގެ ހިތް ހަލާކުވެއްޖެއެވެ. ސިކުނޑި ވަނީ ވަރުބަލިވެފައެވެ. މުޅިމީހާ […]
“މަންމާ. އަހަރެން ބޭނުމެއް ނޫން އާއިޒުއާ ގުޅޭކަށް. އަހަރެން އޭނަ ދެކެ ކުޑަމިންވަރަަކަށްވެސް ލޯތްބެއް ނުވަން. އެއީ ތިހީކުރާކަހަލަ ރަނގަޅުމީހެއް ނޫން. އޭނަ އެހުރީ މަންމަމެންގެ ލޮލުގައި އަނދުން އަޅުވާފަ. މަންމާ. ހެެޔޮނުވާނެ. މިކައިވެނި ހުއްޓުވައިދީ.” ޔާނާ ރޮމުން ވާހަކަ ދައްކަމުން ދިޔައިރު ހާމިޒާއަށް ހުރެވުނީ ދެލޯބޮޑުކޮށްލައިގެންނެވެ. އޭނޭގެ ފުރާނަފަދައިން ލޯބިވާ ދަރިފުޅުގެ ހިތަށް ކޮށްފައިވާ އަސަރު އިހްސާސްކުރެވި ބުނާނެ އެއްޗެއް ނޭނގިފައެވެ. ޔާނާ ހުރިހާ ވާހަކަތަކެއް ކިޔައިދޭން ފެށިއެވެ. އާއިޒު ކަންކުރާ ގޮތުގެ ވާހަކައެވެ. މަންމަމެންގެ […]
އަލަތު ކައިވެނިކުރެވޭ ދުވަހަކީ ކޮންމެ މީހެއްގެ ހަޔާތުގަވެސް އަންނާނެ އެންމެ އުފާވެރި ދުވަހެވެ. އެދުވަހަށްޓަކައި ފޮނި އިންތިޒާރު ތަކެއް ނުކުރާ މީހަކު ނުހުންނާނެއޭ ބުނުމަކީ ގޯހަކަށް ނުވާނެ އެވެ. އެގޮތުގެ މަތީން އަހަރަކަށްވުރެ ގިނަ ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ރަހާ އާ ނަދީމްގެ ކައިވެނި ކުރިއެވެ. ލޯބިން އެކުގައި އުޅުމަށް ވައުދު ތަކާ އަހުދުތައް ވެ ހުވަފެންތައް ދެކެމުން ދިޔަ ދެޒުވާނުންގެ މޫނުމަތިން ފާޅުވަމުން ދިޔައީ އުފާވެރިކަމާ ހިނިތުންވުމެވެ. އަލަތު ކައިވެނީގެ ސަބަބުން ނަދީމްވެސް […]
ކުއްލިއަކަށް ނާލީ ސިއްސައިގެން ދިޔައީ މީހަކު ލޯމަތީ އަތްއެޅުމުންނެވެ. ” ކާކު.. ރާއިން ހާދަ އަވަހަކަށް މިއަދު ތިއައީ ” ނާލީ އަށް ކުރެވުނީ ކުއްހީއެކެވެ. ” ލޯބިވާ ފިރިމީހާގެ ބީހުންވެސް ނޭނގޭދޯ ” މަލާމާތް އެކުލެވޭ ގޮތަށް ނާފިޒު ބުނަމުން ނާލީގެ ލޯމަތިން އަތް ނެގިއެވެ. ” ކަލޭ ތީ ހާދަ ގޮތްކުޑަމީހެކޭ ދޯ. ލަދެއްވެސް ނުގަނޭތަ އަހަރެންނާ ކައިރިވާން ” ނާލީ އައިރުޅިން އިންތަނުން ތެދުވިއެވެ. އަވަހަށް ކޮޓަރިއަށް ދިއުމަށް ދާން ހިނގައިގަތް ވަގުތު […]
ަދުވަހަކީ އުޑުމަތި ސާފު ، ރީތި ދުވަހެކެވެ. ޖެހޭ ފިނި ރޯޅިން ހިތަށް ހަމަޖެހުން ލިބެއެވެ. މި ފަދަ ހިތްގައިމު ދުވަހެއް ލިބެނީ މަދު ދުވަހަކު އެވެ. ސިޔާޒާ އޮތީ ކޮންމެވެސް ޙިޔާލީ ދުނިޔެއަކަށް ގެއްލިފައެވެ. އޭނާ ގެ މޫނު މަތިން ސިފަވަނީ މާޔޫސީ ކަމެވެ. ސިޔާޒާ އަކީ ލ.ފޮނަދޫ އަށް އުފަން ، އިބްރާހިމް އާއި ސަކީނާ އަށް ލިބިފައިވާ ހަމައެކަނި އަންހެން ދަރިފުޅެވެ. ނަމަވެސް ސިޔާޒާ ވަރަށް ކުޑައިރު ސަކީނާ ވަނީ ނިޔާވެފައެވެ. ސިޔާޒާ […]