“އެހެންތަ! އެއީ ކޮންކުއްޖެއް؟” ޝިޔާމް އިތުރަށް އޮޅުން ފިލުވިއެވެ. ޝާމް އިސްޖަހާލިއެވެ. ޝާމްގެ ލަދުރަކިކަން ފެނި ޝިޔާމް ހީނގަތެވެ. “އެއީ… އެއީ. އެއީ މިރަށު ކުއްޖެއް ނޫން. މާލެ ކުއްޖެއް. ބޭބެއަށް ނޭނގޭނެ.” ޝާމް ބުނެލިއެވެ. “އެހެންތަ؟ އެންމެ ރަނގަޅު. އެހެންވީމަ ބޭބެ ބޭނުން ތިކުއްޖާއާ ބައްދަލުކޮށްލަން.” ޝިޔާމް ތެދުވެގެން އައިސް ޝާމްގެ ކޮނޑުގައި ހިފާލަމުން ބުނެލިއެވެ. އަދި އެތެރެއަށް ވަދެގެން ދިޔައެވެ. ފަރީދާވެސް ޝިޔާމްގެ ހިޔަނިހެން ހުރެގެން ދިޔައެވެ. ސިޓިންރޫމުގައި ޝާމްއާއި ހުމާމު އެކަނިވީއެވެ. ޝާމްގެ […]
އީމަން އެވާހަކަތައް އަޑުއަހަން އިނުމަށްފަހު ތެދުވެގެން ރީމް ކައިރިއަށް އައެވެ. ރީމްގެ ކޯތާފަތްމަތީގައި ހުރި ކަރުނަ ތިކިތައް ފުހެލަދެމުން މަޑުމަޑުން ހިނިތުންވެލިއެވެ. ރީމްގެ ހިތް އުފަލުން ނަށައިގަތެވެ. މޫނުމަތި އުޖާލާ ވެގެން ދިޔައެވެ. “ރީމް! އަހަރެން އެންމެ ފުރަތަމަ ދުވަހުވެސް ތިހެން ބުނީމެއްނު. އެކަމަކު އެކަމާ ދެކޮޅު ހެދީ ހަމަ ރީމް. އެހެންވީމަ ތި ޝައްކަކީ ވަކި މިއަދު އުފެދެންޖެހޭނެ ޝައްކެއް ނޫން. އަހަރެންނަށް ހަމަ ޔަޤީން ތި ޝައްކު ރީމް ހިތުގައި މާ ކުރިންވެސް އުފެދިފައިވާނީ. […]
އަހަރެން ހިތުގައި އެއްވެސް ނުތަނަވަސްކަމެއް ރުޅިވެރިކަމެއް ހާސްވުމެއްވެސް ނެތެވެ. އަހަރެން ހުރީ ޝާންޓޭ ރަށުގައި ނެތްކަން އެނގުމުން ހަމަޖެހިފައެވެ. ގޭ އިންފާރު ތެރެއަށް ވަދެވުމާއެކު މަންމަ ވާހަކަ ދައްކާ އަޑުއިވުނެވެ. އެހެންކަމުން ސަލާމް ގޮވައިނުލައި ގޮސް ދޮރު މައްޗަށް އެރީމެވެ. ހިނިތުންވެލަމުން ސިޓިންގ ރޫމް ތެރެއަށް ނަޒަރު ހިންގާލީމެވެ. އެޔާއެކު އަހަރެންގެ މެޔަށް ފިނިފެން އެއްޗެއް އޮއްސާލި ކަހަލަ އިޙްސާސެއް ކުރެވިގެން ދިޔައެވެ. ވަގުތުން މީހާ ގަނޑުވެ ހިނިތުންވުން ފިލާ ހިގައްޖެއެވެ. އެތެރެއަށް ލީ ނޭވާ ބޭރަށް […]
ހަރްވިންދުގެ ޝައްކު ބޮޑުވަމުން ދިޔައެވެ. އެނާ ރީމްއާ ސުވާލުކުރުމުން އެމޫނުމަތިން ބަދަލުވަމުންދިޔަ ކުލަ ނިކަން ރަނގަޅަށް ފާހަގަ ކުރެވިފައިވެއެވެ. މިކަމުގައި ރީމްގެ އަތެއްވާކަމަށް ވަރަށް ބޮޑަށް ޝައްކުކުރެވިއްޖެއެވެ. އަނެއްކާ އީމަންގެ ބަޔާނާ ރީމްގެ ޖަވާބުތަކާ ތަފާތެވެ. “އެހެންވީމަ ބޮޑަށް ބެލެވެނީ މީ ހަމަ ރާވައިގެން ކުރެވިފައިވާ ކަމެއްކަމަށް، ބާބޫ އެހެންވީމަ ދެން ކަންތައް ކުރަންވީ ގޮތާއިގެން ކުރިއަށް ދޭ. އަހަރެން ވަރަށް އަވަހަށް ނަތީޖާ ބޭނުން.” ހަރްވިންދު ބުނެލިއެވެ. ޝިފާއަށް ގެއަށް އާދެވުނީ ހަވީރުގައެވެ. އެންމެ ފުރަތަމަވެސް […]
ދިއްދޫއަކީ މިކަހަލަ އެތަކެއް ހިތި ހަނދާންތަކެއް ވަޅުލެވިފައިވާ ރަށެކެވެ. އަހަރެން އެރަށު ފަސްގަނޑުގައި ފައިޖެހުމާއެކު އެއިން ކޮންމެ ހަނދާނެއް އާވާނެކަން ޔަޤީނެވެ. އެހަނދާންތަކާ ގުޅުންހުރި އެތަކެއް ތަންތަނެއް ފެންނާނެއެވެ. އެމާޒީގެ މަންޒަރުތައް ލޯކުރިމައްޗަށް ސިފަވާނެއެވެ. އެހެންވިޔަސް އަހަރެންގެ ދުޢާއަކީ މާޒީގައި އަހަރެންގެ އިތުބާރު ވެއްޔާ މޮޑެލި އެކެއްގެ ސޫރަވެސް ނުދެއްކެވުމެވެ. އަހަރެން ދިއްދޫ ފަސްގަނޑުގައި ފައި ޖައްސާލީވެސް އެއުންމީދާއެކުއެވެ. ނަމަވެސް ތަޤުދީރުގައި އެއިން މީހަކާ ބައްދަލުވުމަށް ލިޔެވިފައިވާނަމަ އެކަން އެގޮތަށް ހިނގާނެކަން ކަށަވަރެވެ. އަހަރެން ރަށަށް ފޭބި […]
ޖާހަތުއާ ޝިފާ ތިބީ ކާމޭޒުކައިރީގައި މެންދުރުގެ ކެއުމަށް އިންސާފުކުރާށެވެ. ހޫނުކަންމަތީގައި ހުރި ގަރުދިޔަ ބޯތަށްޓާއި ބަތްކަހަނބުގެ އިތުރުން މޭޒު މަތި ފަޅުފިލުވާ ދީފައިވަނީ މަހުގެ މެޔާއި ބޮލާއި އަދި ބަނޑުސާމާނުން ފުރިފައިވާ މަސްލޯގަނޑާއި ކުޑަ ބޯތަށީގައި ހުރި ތޮޅިމިރުހާއި ލުބޯފަޅިތަކާއި ފިޔާއަރިތަކުންނެވެ. ޝިފާގެ މަންމަ ތަށްޓަކަށް އަޅައިގެން ގެނެސް ބެހެއްޓި ކާށި ފޮތިތަކުން ކެއުމަށް އިތުރު ފުރިހަމަ ކަމެއް ގެނުވިފަދައެވެ. ދެމީހުންވެސް ކެއުމާއިގެން މަޝްއޫލުވެގެން ތިއްބައި ކުއްލިއަކަށް ޖާހަތުގެ ހިޔާލަށް އައީ އޭނާއާ ޝާމްގެ ރޭވުންގަނޑެވެ. ޕްލޭނަށް […]
ވާހަކަ އަޕްޑޭޓް ވާންޖެހޭ ދުވަހުގައި އަޕްޑޭޓް ނުކޮށްދެވުނީތީ ހުރިހައި ކިޔުންތެރިން ހިތްހަމަ ޖައްސާލުމަށްޓަކައި މިބައި އަވަހަށް އަޕްޑޭޓްކޮށްދިނީ!! 54 ވަނަ ބައިގައި “އަހަރެން” ގެ ނަމުގައި ކޮމެންޓްކޮށްފައިވާ ކުއްޖާއަށާއި ދެންވެސް ވާހަކަ އަޕްޑޭޓް ނުވެގެން ރުޅިން ތިބި ހުރިހާ ކުދިންނަށް މިބައި ހާއްސަކޮށްލަން/ “އަވަހަށް ތައްޔާރ……….” އީމަންގެ ޖުމުލަ ފުރިހަމަ ނުވަނީސް އިޔާނާ ފާހާނާއަށް ވަނެވެ. އިޔާނާގެ މި އަވަސް ހަރަކާތުން އީމަންއަށް ހައިރާންކަން ލިބުނެވެ. އިޔާނާ ތައްޔާރުވެގެން ނިކުތް އިރު އީމަން އިނީ އެނދުގައެވެ. އިޔާނާ […]
“އީމް” ފިނިވެފައިވާ އިޔާނާގެ ހަށިގަނޑަށް އީމަންގެ ހަށިގަނޑުގެ ހޫނުކަން އިހުސާސްވާންފެށުމާއެކު ލިބުނު އަރާމަކުން މަޑުމަޑުން އަނގައިނިކުތް އާހް އަކާއިއެކީ އީމަންގެ ނަން އިވުނެވެ. އެއީ ޔާނާ އީމަންއާ މުހާތަބުކުރާގޮތަށެވެ. އީމްއެވެ. ދެބަދޭތެރޭގައި އޮތް އީމަންއަށް މިއަޑު ވަރަށް ސާފުކޮށް އިވިގެން ދިޔައެވެ. ވަގުތުން ދެލޯ ހުޅުވާލެވުނެވެ. ޝައުގުވެރިކަމާއެކީގައި އިޔާނާއަށް ބަލަން އޮވެވުނީ އަދި އެއްފަހަރު އެއަޑު އަހަން ބޭނުންވެގެންނެވެ. އީމަން މަޑުމަޑުން އިޔާނާގެ ކޯތާފަތުގައި އަތް ފިރުމާލިއެވެ. “އީމް!” އިޔާނާގެ ދުލުން އަނެއްކާވެސް އެއަޑު އިވިގެން ދިޔައެވެ. […]
ގެއަށް އައިސް ވަން ވަގުތު ފެނުނު މަންޒަރުން ޝަޒީގެ ދެލޯ ބޮޑުވެގެން ދިޔައެވެ.ކުރިއަށް އަޅަން ނެގިފިޔަވަޅު ފަހަތަށް އަޅާލެވުނެވެ.ޝަޒީގެ ތިންއަހަރުގެ ކުޑަކުޑަ ކޮއްކޮ ވަޅިޔަކުން އާފަލެއް ފަޅަން އުޅުނު މަންޒަރު ފެނުމުންޝަޒީ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ.އަވަހަށް ގެއަށްވަދެ ފޮތްތައް ސިޓިންގްރޫމް މޭޒުމަތީ ބެހެއްޓުމަށްފަހު ޝާޒު ކައިރިއަށް ގޮސް މަޑުކޮއްލިއެވެ.”ދޮންތި ފަޅާދޭނަން ގެނޭ ދޮންތި އަތަށް” ނަސީބަކުން ޝާޒު ވަރަށް ފަސޭހައިން ޝަޒީއަތަށް ވަޅިޔާއި އާފަލް ދިނެވެ.”ކޮބާ މަންމަ؟ ކީއްވެ ކޮއްކޮ މަންމަ ކައިރީ ނުބުނީ؟ ޝަޒީ […]