ކުށަކާނުލާ.. (ފަހު ވަނަ ބައި)
“އަޔާން އަހަންނަށް ލަނޑުދީފަ ފިލީ. އަހަރެންގެ ވީރާނާ ވެފައިވާ ހިތަށް ދިރުން ގެނެސްދިނީ ޝާމް. އަހަރެން ޝާމް ދުވަހަކުވެސް ދުލެއް ނުކުރާނަން. އަހަރެން އަޔާން ދެކެ ލޮތްބެއް ނުވަން. ދެން ނުވެސް ވާނަން. ފުރަތަމަ ލޯބިވީމަ އަޔާންގެ ހިޔާލު ކުރެވުނަސް އަޔާންދެކެ އަލުން ލޮތްބެއް ނުވެވޭނެ. އެއަށްވުރެ ބޮޑަށް އަހަރެން ޝާމްދެކެ ލޯބިވޭ. އާން. އަހަރެން ލޯބި ވަނީ ޝާމް ދެކެ. ހަމައެކަނި ޝާމްދެކެ” ސިކުނޑި ތެރޭ އެނބުރުނު ހިޔާލުތަކުން އަހަރެންގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އެފަދަ ހިޔާޅުތަކެއްގައި އޮއްވައި ނިދުނު އިރެއްވެސް ނޭނގުނެވެ.
ރޭގަނޑު ފުރުމަށް ހަމަޖެހުމުން އަހަރެމެން އުޅުނީ ފޮށިތައް ބަންދު ކުރުމަށެވެ. ދީބާއާއި ދެމީހުން އަވަދިނެތި ހެދުންތައް ފަތްޖަހަމުން ދިޔައިމެވެ. “ނީ ދޭބަ ހުޅުވަން” ބެލް އެޅިއަޑަށް ދީބާ ބުނެލިއެވެ. އަހަރެން ގޮސް ދޮރު ހުޅުވާލީމެވެ. “އަޔާން؟” ދޮރުމަތީގައި ހުރި އަޔާން ފެނުމުން އަހަރެންގެ މޫޑު މުޅިން ބަދަލުވިއެވެ. “އަޔާން ކިއްކުރަން ދެން ތިއައީ؟ ކުރެވުނު ކަންތައް އަދިވެސް ކުޑައީތަ؟” ހަރުކަށި އަޑަކުން ދީބާ ބުނެލިއެވެ. “ޕްލީސް ދީ. އިހަށް އަޑު އަހާ. އަހަރެން މިއައީ މާފަށް އެދެން” އަޔާން ވާހަކަ ދައްކަން ފެށިއެވެ. “ކޮން މާފެއް. ކުރިން ދުވަހަކުވެސް މާފަށް އެދުނެއްނު. މާފެއް ނުލިބޭނެ ދެން ދޭ” ދީބާގެ އަޑަކަށް ބަދަލެއް ނާދެއެވެ. “ދީބާ.. އަހަރެން އަޔާންއާ ވަހަކަ ދައްކާނަން.. ” ދީބާގެ ކޮނޑުގައި އަތް އަޅުވާލަމުން އަހަރެން ބުނީމެވެ. “ނީ. އަހަންނަށް ތި ދެމީހުން ތިހާ ލޯބިވާކަން އެނގުން ނަމަ ދުވަހަކުވެސް އެހެން ނުބުނީމުސް. އަހަރެން ބޭނުމީ ނީ އުފަލުގަ ހުންނަން. އަހަންނަށް އެއްފަހަރެއް ކަމަށް މާފު ދީ. ޕްލީސް. އަހަރެން ދެން ދުވަހަކުވެސް ތިމީހުންގެ ކުރިމައްޗަކަށް ނާރާނަން. ދުވަހަކުވެސް ނީއަކަށް އަހަރެންގެ މިމޫނެއް ދެން ނުފެންނާނެ. ޕްލީސް ފޮގިވް މީ” އިސް ދަށަށް ޖަހައިގެން ހުރެ އަޔާން ވާހަކަ ދެއްކިއެވެ. އަހަރެން ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. ދީބާއަށް ބަލައިލީ ހަދާނެ ގޮތެއް ނުވިސްނުމުންނެވެ. ދީބާ ބޯ ހޫރުވާލިއެވެ. “އަހަންނަށް އެނގޭ މާފުދޭން އުނދަގު ވާނެކަން. ނުދިނަސް ގަބޫލު ކުރެވޭ.” އަހަރެންގެ ފަރާތުން ޖަވާބެއް ނުލިބުމުން އަޔާން ބުނެލިއެވެ. “އަޔާން. އަޔާން ވިސްނުނީތީ އަހަރެން ވަރަށް އުފާވެއްޖެ. އަހަރެން އަޔާންއަށް މާފުވެސް ކޮށްފިން. އެކަމަކު މިހިތުގަ ޖެހުނު ލަކުނަކީ ދުވަހަކުވެސް ނުފިލާނެ ލަކުނެއް. އަހަންނަށް ރަނގަޅީ އަޔާން ދެން ދުވަހަކުވެސް ނުފެނުނިއްޔާ. އަހަރެންގެ ޖަވާބު ބަދަލު ނުވަނީސް ދެން ދޭ” ހަށިފުރާ ނޭވާއެއް ބޭރު ކޮއްލަމުން އަހަރެން ބުނީމެވެ. “ތެންކްސް. ތެންކްސް އަ ލޮޓް. ހެވް އަ ހެޕީ ލައިފް ވިތް ވިޝާމް” ޝުކުރު އަދާ ކުރުމަށްފަހު އަޔާން ހިނގައިގަތެވެ. އަހަރެން ދޮރު ލެއްޕާލުމަށްފަހު ފޮށި ބަންދުކުރުމައިގެން ކުރިއަށް ދިޔައިމެވެ.
“ކޮބާ ގެނޭ ފޮށިތައް. އަހަރެން އަންނަން ދެން މަޑުކޮއްލިނަމަ.” ފޮށި ހިފައިގެން ތިރިއަށް ފޭބުމުން ވިޝާމް ބުންޏެވެ. “މިދެން އެހާ ބަރެއް ނޫނޭ. ދެން ވެސް ކާރެއް ވޭނެއް ހުއްޓުވާބަލަ. ލަސްވެސް ވެއްޖެ މިހާރު.” ވޭނެއް ލިބޭތީ އަތް ނަގަމުން އަހަރެން ބުނީމެވެ. އެއަރޕޯޓަށް ދެވުމާއެކު އަހަރެން ގުޅީ މަންމައަށެވެ. “ހަލޯ. މިއުޅެނީ ފްލައިޓަށް އަރަން. ރިޝްވެސް ގެންނައްޗޭ.”
ހުޅުލޭ އެއަރޕޯޓަށް ބޯޓު ޖެއްސުމާއެކު އަހަރެން އުފަލުން ފޮޅުނު ކަހަލައެވެ. ދުވަސްތަކަކަށްފަހު މަންމަ ފެންނަނީއެވެ. “މަންމަ ފެންނާތީތަ ސައުވީސް ދަތް ދައްކައިގެން ތި އިނީ؟” ވިޝާމް ސަމާސާ ކޮއްލިއެވެ. “ދެން ޝާމް. އުފާވާނެ އެއްނު. ޝާމް ނުވޭތަ އުފަލެއް. ހާދަ ދުވަހެކޭ މަންމަ ނުފެންނަތާ” ތުން ދަމާލަމުން އަހަރެން ބުނީމެވެ. “އަހަރެން ބަލައެއް ނާންނާނެ. ސަޕްރައިޒެއް ދޭންވެގެން ނުބުނަން. ކޮބާތަ ދީބާ. އަދިވެސް ނިދާފަ ކަންނޭގެ.” ދީބާއާ ދިމާއަށް ވިޝާމް އެނބުރިލިއެވެ. “އޭތް. ހޭލަބަލަ”
“ނީ.!!!” ފަހަތުން އައިސް ރިޝާ ހަޅޭއްލަވައިގަތް އަޑަށް އަހަރެން ދިޔައީ ސިއްސައިގެންނެވެ. “ރިޝް” ރިޝާ ގައިގައި ބައްދާލުމަށްފަހު ދެމީހުނަށް ފުންމަން ފެށުނެވެ. “ކޮބާ މަންމަ” މަންމަ ކޮބާތޯ ބަލައިލަމުން އަހަރެން އަހާލީމެވެ. “އެހެރަ އަންނަނީ” ފެރީ ޓާރމިނަލާ ދިމާއަށް ރިޝާ އިނގިލި ދިއްކޮއްލިއެވެ. މަންމައާއި ބައްޕައަށް ސަލާން ކޮއްލުމަށްފަހު ދީބާއާއި ވިޝާމް ތައާރަފް ކޮއްދިނީމެވެ. “މީ ދީބާ. މީ ވިޝާމް. މީ މައި މޯމް އެންޑް ޑޭޑް. ދެން މީ ރިޝާ. ރިޝް” ވިޝާމްގެ ނަން ބުނުމާއެކު ރިޝާ ކަރުކެހެން ފެށިއެވެ. އަހަރެން ރިޝާއާ ދިމާއަށް ލޯ އަޅާލީމެވެ. ފަހަތުން ދީބާއާއި ވިޝާމް ހޭން ފެށިއެވެ.
“ނީ. މަ ދަނީ. އެހެރީ ސިސް ބަލާ އައިސް. އަދި ވާނެ ދިމާވާން” މާލެއަށް ފެރީ ލެފުމާއެކު ދީބާ ބުނެލިއެވެ. “މަވެސް ދިޔައީ. ބާއީ. ލަވް ޔޫ” ދީބާ ހިނގައިގަތުމުން ވިޝާމް އަހަރެންގެ ކަންފަތް ދޮށުގައި ބުނެލިއެވެ. ” އޭތް. ކޮން ޗުކުޗުކެއް ތި ލައްވަނީ؟” ރިޝާއަށް މަޑަކުން ނުހުރެވުނެވެ. “ނީ ގެ ބެސްޓް ފްރެންޑް ހާދަ އަނގަ ގަދަ އޭ ދޯ. ނީއާ މުޅިން އިދިކޮޅު” އެއްމިޔަނަކުން ހީލަމުން ވިޝާމް ބުނެލިއެވެ. ބޯ ޖަހާލުމަށްފަހު އަހަރެން ވިޝާމްއަށް ބާއި ކިޔާލީމެވެ. “ވަރަށް ހޮޓު. ހަހަހަ” ވިޝާމް ދިޔުމާއެކު ރިޝާ ޖެއްސުން ކުރަން ފެށިއެވެ. “މަންމަ ކައިރީ ބުނަންތަ އަޅެ ދަނބިދަރިއޭ އެދިޔައީ” “ދެން ރިޝާ!!” ރިޝާ ފަހަތުން ދުއްވައިގަންނަމުން އަހަރެން ބުނީމެވެ.
ގެއަށް މަގުމަތީގައި އަހަރެން ވިޝާމްގެ ވާހަކަ މަންމަމެނަށް ކިޔާދިނީމެވެ. ވިޝާމްއަކީ ކޮންކަހަލަ ކުއްޖެއްކަމާއި އާއިލާގެ މީހުންގެ ކޮންމެސް ވަރަކަށް ބުނެދިނީމެވެ. ދޭތެރެއަކުން ރިޝާ އަނގަވެސް ބާނައެވެ. ހަމައެކަނި ނުބުނަނީ އަހަރެމެން ދެމީހުން ރައްޓެހި ވެގެން އުޅޭ ކަމެވެ.
ގެއަށް ދެވުމާއެކު ފެންވަރާ ތައްޔާރުވެލައިގެން އަހަރެން ފޭބީ ތިރިއަށެވެ. އޭރު މަންމަ ހުރީ ކާން ތައްޔާރުކޮއްފައެވެ. ވިޝާމް އަންނަ ވާހަކަ ބުނުމުން އަހަރެންގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އިރުކޮޅަކާ ގަޑިއަށް ބަލައިލެވެއެވެ. “ދަރިފުޅު ކީއްވެފަ ސިޑިމަތީ ތިހުރީ؟ އާދޭ ކާން. ބައްޕަވެސް އެއިންނެވީ ދަރިފުޅު ނައިސްގެން” މޭޒުމަތީ ތަށިތައް އަތުރަމުން މަންމަ ބުނެލިއެވެ. “ވިޝާމް އަންނާތީ” މޭޒުކައިރީ އިށީންނަމުން އަހަރެން ޖަވާބު ދިނީމެވެ. “އެއައީ ކަންނޭގެ” ބެލް އެޅީ އަޑަށް މަންމަ ބުނެލިއެވެ. ވިޝާމް ވަނުމާއެކު އަހަރެންނަށް ނޭވާ ހިފަހައްޓާލެވުނެވެ. އެތަނުން ފިލައިގެން ދާން ވެސް ހިތަށް އެރިއެވެ. އަނެއްކާ މަންމަ ބުނާނީ ކީކޭބާއެވެ. ބައްޕަ ގަބޫލު ވާނެބާއެވެ. އަހަރެން އިނީ ބިރުން ވިރިވިރިއެވެ. “މި ގަޑި އޯކޭ ދޯ އަހަން؟” ކައިރީގައި ހުރި ގޮނޑީގައި އިށީންނަމުން ވިޝާމް ބުނެލިއެވެ. އަހަރެންގެ މޫނު ލަދުން ރަތްވިއެވެ. ކައި ނިމުމާއެކު ވިޝާމް ވާހަކަ ދައްކަން ފެށިއެވެ. “އަޅުގަނޑު މިއައީ ކުޑަ ވަރަށް ބޮޑު ކަމަކު.” ވިޝާމްގެ އަޑުގައި ތުރުތުރު އެޅުމެއް އެކުލެވިފައިވިއެވެ. ވިޝާމް އިތުރު އެއްޗެއް ބުނަންދެން މަންމައާއި ބައްޕަ ބަލަހައްޓައިގެން އިނެވެ. “ނީ އާ ކައިވެނި ކުރަން ހުއްދަ ލިބޭތޯ” އިސްދަށަށް ޖަހާލަމުން ވިޝާމް ބުނެލިއެވެ. “ދަރިފުޅު ގަބޫލުތަ؟ ބައްޕައަށްވުރެ ބޮޑަށް ދަރިފުޅަށް އެނގޭނީ.” އަހަރެން މަޑުމަޑުން ބޯ ޖަހާލީމެވެ. “ދަރިފުޅަށް މައްސަލައެއް ނެތިއްޔާ ބައްޕަ ބުނާނީ ހަމަ އަވަސްކުރާށޭ” ބައްޕަގެ އެ ޖުމްލައިން އަހަރެން ތެދުވެ ކޮޓަރިއަށް ދުއްވައިގަތީމެވެ. “އެމަންޖެ އެ ލަދުގަތީ” އަހަރެން ދާން ހެދުމުން މަންމަ ބުނާ އަޑުއިވުނެވެ.
ކޮޓަރިއަށް ގޮސް މޫނުމަތީ ބާލިސް އަޅާ ހަޅެއްލަވައިގަތީމެވެ. އުފަލުން ހަދާނެ ނުހަދާނެ ގޮތެއް ނޭނގި ހުއްޓައި ވިޝާމް ކޮޓަރިއަށް ވަނެވެ. “ޝާމް! އައިމް ސޯ ސޯ ހެޕީ” ވިޝާމް ފެނުމާއެކު އަހަރެން ވިޝާމްގެ ގައިގައި ބައްދާލީމެވެ. ވިޝާމްވެސް ނުހަނު ލޯބިން އަހަރެން ގަޔާލާ ބޮނޑިކޮއްލިއެވެ. “މީ ޓޫ. ޑޭޑް ހާދަ ފަސޭހައިން އޯކޭ ވެއްޖޭ ދޯ. އަހަރެންނާ ބެހޭގޮތުން ސުވާލެއްވެސް ނުކުރެ. ” އަހަރެންގެ ނިއްކުރިއަށް ބޮސްދެމުން ވިޝާމް ބުންޏެވެ. “ހެހެ. އަހަރެން ވަރަށް ވައި ޖެހީމޭ އައި މަގުމަތީ. އެހެން ނޫނަސް އަހަރެންގެ އެއްވެސް ނިންމުމަކަށް ދެކޮޅެއް ނުހަދާނެ” އަހަރެން ވިޝާމްއާ ހަތަރުކަޅި ހަމަ ކޮއްލީމެވެ.
ދެއާއިލާއިންވެސް ނިންމީ އަހަރެމެން ފުރުމުގެ ކުރިން ކައިވެނި ކުރުމަށެވެ. ކައިވެނީގެ ކަންތައް ހަމަޖެހިގެން ދިޔައީ ހީކުރި ވަރަށްވުރެވެސް އަވަހަށެވެ. ރިޝާގެ ކަމަކަށް އޮންނަނީ އަބަދު ދިމާކުރުމެވެ. ދުވަހަކީ ރަންކިޔުމަށް ހަމަޖެހުނު ދަވަހެވެ. ގޭތެރެ ރީތިކުރުމަށް އާއިލާގެ އެންމެންވެސް އިއިސް ތިއްބެވެ. “މަންމަ ވަރަށް އުފާވެ ދަރިފުޅުގެ މޫނުމަތިން ތި ހިނިތުންވުން ނުކެނޑޭތީ” އަހަރެންގެ ބޮލުގައި ފިރުމާލަމުން މަންމަ ބުނެލިއެވެ. “ދެން ދައްތާ! ނުވެގެން އުޅޭ ކަންތައް ވާން ފެށީމަ ކިހާ އުފާވާނެ. އަނެއްކާ އެއުޅެނީ ޖަވާހިރެއް ލިބެން ވިއްޔާ. ހީވަނީ ހަމަ ފިލްމްސްޓާރެއްހެން” މަންމަގެ ޖުމްލައަށް ވިއްދާ ރިޝާ ބުނެލިއެވެ. އެއަޑަށް ގޭތެރޭ ތިބި އެންމެންވެސް ހޭން ފެށިއެވެ. އަހަރެން އިނީ ލަދުން ބުނާނެ އެއްޗެއް ނޭނގިފައެވެ. “ކިހާވަރަކަށްތަ ވިކެން ތިއުޅެނީ؟ ލައްކައަކަށް ވުރެ ކުޑަނުކުރާތި” ހިނި ގަނޑެއް ޖަހާލަމުން އަނެއްކާވެސް ރިޝާ ބުނެލިއެވެ.
އެރެއެވެ. ރަންކިޔުމަށް ވިޝާމް ގެއަށް އައި އިރު އަހަރެން އިނީ ކޮޓަރީގައި ތައްޔާރުވެލައިގެންނެވެ. “އޭތް! ޕްރިންސް އައިސި. ހިނގާ ތިރިއަށް” ކޮޓަރީގެ ދޮރު ހުޅުވާލަމުން ރިޝާ ބުލިއެވެ. އަހަރެން ރިޝާގެ ފަހަތުން ތިރިއަށް ފޭބީމެވެ. އޭރު އެންމެންވެސް ތިބީ އަހަރެންގެ އިންތިޒާރުގައެވެ. ރަން ކިޔަނީ ކިހާވަރަކަށްތޯ ގާޒީ އެހުމުން އަހަރެން ވިޝާމްއާ ދިމާއަށް ބަލައިލީމެވެ. އެވަގުތު ވިޝާމް ހިނިތުންވެލިއެވެ. “ފަސްހާސް ފައްސަތޭކަ ފަންސާސް ފަހެއް” ރަނުގެ އަގު ކިޔާލުމުން ގޭތެރޭއިން އަތްތިލަ ބަޑީގެ އަޑު އިވިގެންދިޔައެވެ. އައިސްތިބި މެހެމާނުނަށް ސައި ދިނުމަށްފަހު މީހުން މަދުވާން ފެށިއެވެ. “އޭތް ދާކަށް ނުވޭ؟ އަނބި ގަބޫލް ކުރީމެކޭ ނޫނޭޔޭ ދެންމެ ބުނީ” ވިޝާމް އައިސް އަހަރެން ކައިރިއަށް ހުއްޓުމުން ރިޝާ އަނގަތަޅަން ފެށިއެވެ. “މީނައަކާ ހެދި ނޯންނާނެ ކަމެއް ކުރެވޭކަށް މިދަނީ. އޯކޭނު.” މާބޮޑަށް ރިޝާ އުނދަގޫ ކުރަން ފެށުމުން ވިޝާމް ދާން ހިނގައިގަތެވެ.
ހަފްތާއެއް ފަހެވެ. އަހަރެން ތައްޔާރުވަމުން ދިޔައީ ކައިވެނީގެ ހަފްލާއަށެވެ. ވިޝާމް ނިންމާފައި އޮތީ ދަރުބާރުގޭގައި ކައިވެނި ކުރުމަށްފަހު އެތާ ޕާޓީ ބާއްވާ ގޮތަށެވެ. “ވާއު. ނީ ހާދަ ކިޔުޓޭ މިރޭ. ހީވަނީ ހަމަ ހޫރު ޕަރީއެއްހެން” ރިޝާ އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. “އަހަރެން ވަރަށް އުފާވެފަ މިރޭ މިހުރީ. ކޮންގްރާ. އަބަދުވެސް ތިހެން ހިނިތުންވެފަ ހުންނާތި” ރިޝާ ހުރީ އަހަރެންގެ އަތުގައި ހިފާލައިގެންނެވެ. ލޯގަނޑު ކުރިމައްޗަށް އަރާ އަހަރެން ބަލައިލީމެވެ. ހުދު ކުލައިންނާއި ދަނބުލައިން ޖަރީވެފައިވާ ވެޑިންގް ޑްރެސް ލައިގެން ހުރި އިރު ހީވަނީ މުޅިން އެހެން މީހެއްހެނެވެ.
ދަރުބާރުގެއަށް އަހަރެން ވަދެގެން ދިޔަވަގުތު އެންމެން ބަލަން ފެށިއެވެ. އަހަރެން އެކި ދިމަދިމާ ބެލީ ވިޝާމް ފެނޭތޯއެވެ. ވިޝާމް ފެނުމާއެކު އަހަރެންގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ހުދު ކުލައިގެ ކޯޓެއް ލައިގެން ވިޝާމް ހުރިއިރު ވަރަށްވެސް ފުރިހަމައެވެ. ޒުވާން ކޮންމެ އަންހެން ކުއްޖެއްގެވެސް ހިތް ކަތިލާހާވެއެވެ. އާއިލާގެ އެންމެން ހަމަވުމާއެކު ކައިވެނީގެ ހަފްލާ ފެށިގެން ދިޔައެވެ. އަހަރެން އިނީ ލަދުން އިސްދަށަށް ޖަހާލައިގެންނެވެ. ވިޝާމް ދެނޭވާ އެއްނޭވާއިން އަހަންނާ ދިމާއަށް ބަލާލައެވެ. “އަނބި ގަބޫލް ކޮއްފިން” ވިޝާމްގެ ދުލުން ބޭރުވި ލަފުޒުތަކާއެކު ހޫން އަތްތިލަބަޑީގެ އަޑު މުޅި ހޯލުގައި ގުގުމާލިއެވެ. އަހަރެންގެ ލޮލުން އުފާވެރިކަމުގެ ކަރުންއެއް ވެއްޓުނެވެ. އަހަރެންގެ ހަޔާތް އުޖާލާވީއެވެ. އަބަދަށް ފެހިވީއެވެ. ކުށަކާނުލާ ލިބުނު ހިތްދަތިކަމަށް ނިމުމެއް އައީއެވެ. ނިމުމެއްނުވާ ސުވަރުގެއަށް ދެވުނީއޭ ހީވިއެވެ. އެހިނދު ވިޝާމް އަހަރެންގެ އަތުގައި ހިފާލާ ފިއްތާލިއެވެ. އަދި ފުން މާނައެއް ދޭހަވާ ނަޒަރަކުން ބަލައިލިއެވެ. އަބަދުވެސް ކަލާޔާއެކީ ވާނަމޭ ބުނީފަދައަކުންނެވެ.
7 Comments!
Comments are closed.
nice
baeh bas bahuge spelling nubaikoh huree ehenve ekan angaalan ,eg.. loehbeh noon kiyanee loabeh
sure thnks.. will keep in mind
thanks
WOW. finishing was great.i didn’t think that it will be that much nice.i love it. all please start a new story.
thank u eba liyan story eh dhigukon up kuran vegen lasvany
Vaahaka feshy cigarette bomun.Nee keehve cigarette bonfeshy…n I thought hiyaaleh kamah….