
ކުށަކާނުލާ.. (13 ވަނަ ބައި)
އަޔާން އަހަރެންގެ ކޮނޑުގައި ހިފާ ގަޔާ ދިމާއަށް ކައިރި ކޮއްލިއެވެ. “އައި ލަވް ޔޫ އަ ލޮޓް.” އެވަގުތު ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔައެވެ. އަހަރެންނަށް އަޔާންގެ އަތް ފޮޅުވާލާ ފަހަތަށް ޖެހެވުނެވެ. “ޝާމް..” ވިޝާމް ހުރީ އަހަރެމެންނާ ދިމާއަށް ބަލަހައްޓައިގެންނެވެ. އަހަރެން ވިޝާމްއާ ދިމާއަށް ދުއްވައިގަތީމެވެ. ވިޝާމް ދޮރު ލައްޕާ ލުމަށްފަހު ހިނގައިގަތެވެ. “ޝާމް މަޑުކޮއްބަލަ” އަހަރެން ގޮވާލުމާއެކު ވިޝާމްގެ ހިނގުން އަވަސްވެގެން ދިޔައެވެ. އަހަރެން ވިޝާމްގެ ފަހަތުން ދުވަމުން ދިޔައިމެވެ. ވިޝާމް ފަސްއެނބުރި ބަލާވެސް ނުލައެވެ. “ޝާމް މަޑުކޮއްބަލަ. އަޑު އަހާބަލަ” އަހަރެން ވިޝާމްގެ އަތުގައި ހިފާ އަނބުރާލަމުން ބުނީމެވެ. އޭރު ވިޝާމްގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. “އިތުރަށް ކޮންވަހަކައެއް ނީ. އަހަންނަށް ފެނުނޭ. މީހަކު ބުނި ނަމަވެސް އަހަރެން ގަބޫލެއް ނުކުރީމުސް. އެކަމަކު ލޮލުން ދެކެ އަތުން ހިފީމަ ކިހިނެތް ގަބޫލް ނުކޮށް ހުންނާނީ ދެން. މިހާރު އިނގިއްޖެ ރޭގަ ދެމީހުން އެއްކޮން އެއްގަޑިއެއްގަ ގެއްލުނު ސަބަބުވެސް. ނީ އެއްފަހަރުވެސް އޮޅުވާނުލާ އަހަރެން ކައިރީ ރިއްޗަށް ބުނި ނަމަ..” ވިޝާމް ހުއްޓުމެއްނެތި ކިޔަމުންދިޔައެވެ. “ޝާމްއަށް ތިހީވަނީ ރަނގަޅަކަށް ނޫނޭ. ޕްލިސް ޝާމް. އަޑުއަހާ ބަލަ. އަހަރެން ހުރިހާ ވަހަކައެއް ކިޔާދޭނަން.” އަހަރެން ވިޝާމްގެ އަތުގައި ހިފާލާ ގަޔާ ކައިރި ކޮއްލީމެވެ. “ނޯ ނީޑް ޓު އެކްސްޕްލެއިން އެނީތިން” އަހަރެންގެ އަތުން އަތް ދެމިގަތުމަށްފަހު ވިޝާމް ހިނގައިގަތެވެ. އަދި ޓެކްސީއަކަށް އަރާ ނައްޓާލިއެވެ. އަހަރެންނަށް ރޮވެން ފެށުނެވެ. ވިޝާމް ގެއްލުނީ ކަމަށް ހީވާން ފެށިއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަހަރެން ކޯތާފަތް ތެތްމަމުން ދިޔައެވެ. އަތުގެ ނުފުށުން ކަރުނަތައް ފުހެލުމަށްފަހު، ގެއާ ދިމާއަށް މިސްރާބު ޖެހީމެވެ. މަޑު ހިނގުމެއްގައި ގޮސް ކޮޓަރިއަށް ވަންއިރު އަޔާންއާއި ދީބާވެސް ތިއްބެވެ. ދީބާ ހުރީ ފޮއްޓަށް އެއްޗެހި އަޅާށެވެ. އަޔާން ފެނުމާއެކު އަހަރެންގެ ރުޅި ކޮންޓްރޯލް އިން ނެއްޓިއެވެ. ބާރު ހިނގުމެއްގައި ގޮސް އަޔާންގެ ގަމީހުގެ ގިރުވާނުގައި ހިފައިގަނެވުނެވެ. “ކަލޭ ކިހިނެތް ހަދާނަމޭ ހިތާތަ ތިއުޅެނީ؟ އަހަރެންގެ ދިރިއުޅުން ބަރުބާދު ކޮއްލެވުނު ވަރު ކުޑައީތަ އަދިވެސް؟ ކިއްކުރަން ކަލޭ އަނެއްކާ ތި އައީ. ﷲ ގެ ރަސްކަންފުޅައްޓަކައި ނަމަވެސް އަހަރެން ދޫކޮއްލަބަލަ. ހެޔޮ ނުވާނެ.” އަހަންނަށް އަޑު ނަގާ ރޮވެން ފެށުނެވެ. ކަކޫމައްޗަށް ތިރިވެވުނެވެ. “ނީ؟ ކިހިނެތް ވި؟ ޝާމް އެއްޗެކޭ ބުނީތަ؟ އަޔާން ކިއްތަކުރި؟” ދީބާ އައިސް އަހަރެންގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ. “އަޔާން.. ކިހިނެތްތަވި؟ އަހަންނަށް ހަމަ ޔަގީން އަޔާނަށްވެސް ވީގޮތް އެނގިއްޖެކަން.” އަހަރެންގެ ފަރާތުން ޖަވާބެއް ނުލިބުމުން ދީބާ ދެން ސުވާލު ކުރީ އަޔާނާއެވެ. އަޔާންވެސް އަނގައިން ނުބުނެ އިސްދަށަށް ޖަހައިގެން ހުރީއެވެ. “ތިމީހާ ކައިރީ ބުނޭ އަހަރެންގެ ލޯ ކުރިމަތިން ދުރަށް ދާށޭ. މީގެ ފަހުން އަހަރެންގެ ދިރިއުޅުމަށް ކަލޭ ހިޔަނި އެޅުނަސް ހަނދާންކުރާތި!” ގިސްލަމުން އަހަރެން ބުނެލީމެވެ. އަޔާން އިތުރު އެއްޗެއް ނުބުނެ ނިކުތުމަށް ހިނގައިގަތެވެ. “ނީ… އަޔާން.. އިހަށް މަޑުކޮއްބަލަ.. ނީ..” އެއްފަހަރު އަހަންނަށް އަދި އަނެއްފަހަރު އަޔާނަށް ބަލާލަމުން ދީބާ ބުނެލިއެވެ. ދީބާގެ އަޑަށް ސަމާލުވުމެއްނެތި އަޔާން ނުކުމެގެން ދިޔައީއެވެ.
“ނީ.. އަޅެ ތިވަރަށް ނުރޮއި ވީ ގޮތެއް ކިޔާ ދީބަލަ. ޕްލީސް” ދީބާ އާދޭހުގެ ރާގަކަށް ބުނެލިއެވެ. އަހަންނަށް ދީބާގެ ގައިގައި ބައްދާލެވުނެވެ. “އަހަންނަށް ބޭވަފާތެރިވި މީހަކީ އަޔާން ދީބާ.. އެއީ ހަމަ މިއަޔާން…” ކުރިއަށްވުރެ ބާރަށް ރޮއި ގަންނަމުން އަހަރެން ބުނީމެވެ. ދީބާ އިނީ ދެލޯ ބޮޑުވެފައެވެ. ދީބާގެ އެދުމުގެ މަތިން އެދުވަހު އަހަރެން ހުރިހާ ވަހަކައެއް ދީބާއަށް ކިޔައިދިނީމެވެ. އަދި ފަހުން ކަންތައްވި ގޮތްވެސް ކިޔައިދިނީމެވެ. “އަޅެ އަހަރެން ދެން ކިހިނެތް ހަދާނީ.. ވިޝާމް އެދިޔަ ތަނެއްވެސް ނޭގެ. އަހަރެން ގޮވާ ގޮވާ މަޑެއްވެސް ނުކުރި. އަހަރެން އަޔާން ދެކެ ލޮއެއްބެއް ނުވެޔޭ މިހާރު.” އަހަރެންގެ ރުއިމަކަށް ބަދަލެއް ނާދެއެވެ. “ނީ. ހިތްވަރުކުރޭ. ޝާމް އަދި އަންނާނޭ. އަހަރެން ޝާމްއާ ވަހަކަ ދައްކާނަން. އަހަރެން ހިއެއް ނުކުރަން އަޔާން އެއީ އެހާ ގޯސް މީހެއް ކަމަކަށް. ދެން ނުރޮއި ހުއްޓާލާ. އަހަރެން އެބަ ޝާމްއަށް ގުޅަން.” ދީބާ އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. އަދި ތެދުވެ ވިޝާމްއަށް ގުޅަން ފެށިއެވެ. އެތަކެއް ފަހަރު ގުޅުމުންވެސް ވިޝާމް ފޯނެއް ނުނެގިއެވެ. އަހަރެންގެ ހާސްކަންވީ އިތުރެވެ.
އިރުއޮއްސުނުއިރުވެސް ވިޝާމްގެ ހަބަރެއް ނުވިއެވެ. ފޯނެއްވެސް ނުނަގައެވެ. ވިޝާމް އުޅޭ އެޕާޓްމެންޓް ވެސް ބެލިއްޖެއެވެ. ދާނެހެން ހީވާ ހުރިހާ ރައްޓެހިންގެ ގެއަށްވެސް ދެވިއްޖެއެވެ. އެންމެ ފަހުން އަހަރެމެން ނިންމީ އެރޭ ނުފުރުމަށެވެ.
އަހަރެން އިނީ ވިޝާމް މެންގެ ގޭގެ ދޮރުމަތީގައެވެ. ވިޝާމް އާދޭތޯއެވެ. އަހަރެން ވިސްނަމުން ދިޔައީ ވިޝާމް ދާނެހެން ހީވާ ތަންތަނާމެދުގައެވެ. “މީ އަހަންނަށް މެލޭގަވެސް އެންމެ ކަމުދާ ތަން. ރޭގަނޑު އަދި މިތަން ވަކިން ހިތްގައިމުވާނެ އޮންނަލޭ” ވިޝާމްއާ ބައްދަލު ކުރި ރެއެއްގައި ވިޝާމް ބުނި އެއްޗެއް އަހަރެންގެ ހަނދާނަށް އައެވެ. އެއީ މިސަރަހައްދާ އެހާ ކައިރި ތަނެއް ނޫނެވެ. އަހަރެން އަވަސްއަވަހަށް ޓެކްސީއެއް ހުއްޓުވާ އެޕާކަށް ދިޔައިމެވެ. ޕާކަށް ދެވުމާއެކުހެން އަހަރެން ވަށައިގެން ހޯދަން ފެށީމެވެ. އެކި ދިމަދިމާ ބެލުމަށްފަހުވެސް ވިޝާމް ނުފެނުމުން މާޔޫސް ކަންމަތީ އެތާގައި ހުރި ބެންޗެއްގައި އިށީނީމެވެ. އެވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ ކޯރު ކައިރީ ހުރި ގަހެއްގެ ދަށުގައި އިން ވިޝާމެވެ. ފުރަތަމަ ބަލައިލީ ޝާއްކުވެގެންނެވެ. ކައިރިވަމުން ދިޔަވަރަކަށް އެއީ ވިޝާމްކަން ޔަގީންވިއެވެ. “ޝާމް.” ލޮލަށް ޖަމާވެފައިވާ ކަރުނަތައް ބަންޑުންވެގެން ދިޔައީ ހިނދުކޮޅެއް ތެރޭގައެވެ. ވިޝާމް އަހަންނާ ދިމާއަށް ބަލައިލިއެވެ. ވިޝާމްއަށް ބަލައިލުމުންވެސް ރޮވެފައިވާ ވަރު ވަޒަންވެއެވެ. “އެންމެ ފަހަރަކު އަހަރެންގެ ވާހަކަ އަޑު އަހާ. ހެޔޮ ނުވާނެ.” ރޮމުން ރޮމުން އަހަރެން ބުނީމެވެ. ވިޝާމް އެއްޗެކޭ ނުބުނެ އިނީއެވެ. ކިޔާނެ އެއްޗެއް ކިޔާށޭ ބުނާކަހަލައެވެ. “އަހަންނާ އަޔާންގެ އެއްވެސް ގުޅުމެއް ނެތް. އެއީ މާ ކުރީގެ ކަމެއް. އަހަރެން ބުނީމެއްނު މީހަކު ބޭވަފާތެރިވީ އޭ. ޝާމްއާ ފުރަތަމަ ދުރުން އުޅުނީވެސް އެހެންވެ އޭ. އެމީހަކީ އަޔާން” އަޔާންގެ ނަން ބުނުމާއެކު ވިޝާމް އަހަންނާ ދިމާއަށް ބަލައިލީ ގަބޫލް ނުކުރެވޭ ފަދައަކުންނެވެ. އަހަރެން ވާހަކަ ކުރިއަށް ގެންދިޔައިމެވެ. “އަޔާން ފުރަތަމަ ފެނުނު ދުވަހު އަހަރެން ނުބުނީ ޝާމްގެ ބެސްޓީއަކަށް ވާތީ. ތިދެމީހުންގެ ގުޅުމަށް ބުރޫއަރުވަން އަހަރެން ބޭނުންނުވީ. އަހަރެން ހިއެއް ނުކުރަން ޝާމްގެ ގާލްފްރެންޑްކަން އެނގިހުރެ އޭނަ އަހަރެންނާ ދޭތެރޭ އެހެން ދެކިފާނެ ކަމަކަށް. އެހެން ނޫނަސް މީ ނިމިފަ އޮތް ކަމެއްވިއްޔަ. ރޭގަ އަހަރެން އަވަހަށް ގެއަށް އައީވެސް އަޔާން ހުރީމަ. އުނދަގުވާތީ. ވޮޝްރޫމަށްވެސް ދިޔައި އަޔާން ނުފެންނަ ހިސާބަށް ދާން. އަޔާންއާ ބައްދަލު ކުރާކަށް ނޫން. އަހަރެން މިހާރު ލޯބިވަނީ ޝާމްދެކެ. އޭނަދެކެ ކުޑަކޮންވެސް ލޮތްބެއް ނުވޭ.” އަހަރެން ވިޝާމްގެ ކޮނޑުގައި ބޯއަޅާލީމެވެ. “ދެން މިޔަދުއޯ؟” ވިޝާމް ކުރީ ސުވާލެކެވެ. “އަޔާން އައީ ދީބާއާއެކު. ދީބާ ފެންވަރަން ދިޔަ ގަޑީ އޭނަ މާފަށް އެދުނީ. ދެން ބުނީ އެނބުރި އަންނާށޯ. ހީ ވޯންޓް މީ ބެކް އޯ. އަހަރެން ބުނިން ނޫނެކޭ. އެކަމު އޭނަ އަހަރެންގެ ކޮނޑުގަ ހިފި ވަގުތު ޝާމްއަށް އާދެވުނީ. އަހަރެން މިދައްކާ ވަހަކަ ގަބޫލް ނުކުރެވެންޏާ އަޔާން ކައިރީވެސް އަހާ. ނޫނީ ދީބާ ކައިރީވެސް އަހާ. އެކަމަކު ތިހެން އަހަރެން ދުކޮއްފަ ނުދޭ” އަހަރެން ވިޝާމްގެ އަތުގަ ހިފާ ގަޔާ ކައިރިކޮއްލީމެވެ. “އައި ޓްރަސްޓް ޔޫ. އައިމް ސޮރީ. އައިމް ސޮރީ.” ވިޝާމް އަހަރެންގެ ގައިގައި އޮޅުލައިގަތެވެ. “އަހަންނަށް ގޯސްކޮން ހީކުރެވުނީ. ސޮރީ. ފެނުނު މަންޒަރުން ސިކުނޑި ބުނެދިނީ އެހެން އެއްޗެއް. އައި ލަވް ޔޫ ނީ. އައި ކާންޓް ލިވް ވިތްއައުޓް ޔޫ.” އަހަރެން އުފަލުން ފެންކަޅިވިއެވެ. އަދި ވިޝާމްގެ ގައިގައި ނުހަނު ބާރަށް ބައްދާލީމެވެ.
ވިޝާމްއާއެކު ވަގުތު ކޮޅެއް ހޭދަ ކުރުމަށްފަހު ގެއަށް ދިޔުމަށް އަހަރެމެން ހިނގައިގަތީމެވެ. އޭރުވެސް ވިޝާމް ހުރީ އަހަރެންގެ އަތުގައި ހިފަހައްޓާލައިގެނެވެ. ގެއާ ހަމައަށް އާދެވެންދެންވެސް ދެމީހުންގެ ދެމެދު މާގިނަ ވާހަކައެއް ނުދެކެވެ. އަހަރެން ކޮޓަރިއަށް ވަންއިރު ދީބާ ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. “ނީ؟ ކޮންތާކުން ތިއައީ؟ ފޯނުވެސް ނިވާލައިގެން.. އަހަރެން ކިރިޔާ ބިރުން ހަލާކު ނުވީ” އަހަރެން ފެނުމާއެކު ދީބާ ބުންޏެވެ. “އަހަރެން ދިޔައީ ޝާމް ކައިރިއަށް. ނަސީބަކުން ހުރިހާ ކަމެއް އޯކޭ ވެއްޖެ މިހާރު.” މާނޭވާއެއްލަމުން އަހަރެން ބުނީމެވެ. “އަސްލުތަ؟ ނަސީބެއްނު. އަހަރެން އޭރުވެސް ބުނީމެއްނު އޯކޭ ވާނެޔޭ. ނީ މާބޮޑަށޭ ހާސްވީ.. ދެންވެސް ހިނގާ ކާން. މަށަށް ހަމަ ޔަގީން މިއަދު އެކައްޗެއްވެސް ނުކައިކަން ތިހުރީ” މޭޒުމަތީ އަތުރާފައިހުރި ތަށިތަކާ ދިމާއަށް ހިނގައިގަންނަމުން ދީބާ ބުނެލިއެވެ. ވެފައިހުރި ބަނޑުހައި ހޫނުކަންވެސް އިހުސާސްވި ދެނެވެ. ދީބާ ފަހަތުން އަހަރެންވެސް ހިނގައިގަތީމެވެ. އެރޭ ދެމީހުންވެސް ކެއީ ނުހަނު ހިތްހަމަޖެހިގެން ހުރެއެވެ.
“އަދި މިހުރީ ހަނދާން ނެތިފައޭ. ނީ މަންމަ ގުޅި. އަހަރެން ބުނީ މަށަށް ކުޑަ ކަމެއް ދިމާވީމަ ނީވެސް މަޑިކޮށްލިއްޔޭ. ވީގޮތް ކިޔާދިނިއްޔާ މާބޮޑަށް ހާސްވެދާނެތީ ނުބުނީ.” ނިދަން އޮށޯންނަމުން ދީބާ ބުނެލިއެވެ. “ތޭންކްސް ދީބާ. އަހަރެން ވަރަށް އުފާވެ ދީބާ ކަހަލަ ރޫމްމޭޓެއް ލިބުނީމަ” އަހަރެން ދީބާއާ ދިމާއަށް އެނބުރިލީމެވެ. “އެއްކަލަ ނީ. ޑޯންޓް ބީ ސޯ އީމޯ. އަދި އެއުޅޭ އަޔާންވެސް ސައިޒަށް ކަނޑަން ޖެހޭނެ މާދަން. އެކަން އަހަރެން ކުރާނަން. ނީ ދެން އެހާ ބޮޑަށް ފިކުރު ނުކުރޭ. ގުޑް ނައިޓް. ވަރަށް ނިދި އެބާދެ.” ދީބާ ނިދުމުން ވެސް އަހަންނަށް އޮވެވުނީއެވެ. ނިދީގެ ކަންފުޅެއްވެސް ނެތްފަދައެވެ. އަޔާން މިއަދު އުޅުނީ ކިއްކުރަންބާއެވެ. ލޯ މަރާލާއިރަށް އަހަންނަށް އަޔާންގެ ހަރަކާތްތައް ސިފަވަމުން ދިޔައެވެ. އަނެއްކާ އަޔާން އަސްލުވެސް ބަދަލުވީބާއެވެ. އަޔާން އަހަރެން ދެކެ އަސްލަށްވެސް ލޯބިވަނީބާއެވެ. “ނޫން ނޫން..” އަޔާންއާ މެދު ފިކުރު ކުރެވެން ފެށުމުން އަހަންނަށް ބުނެލެވުނެވެ. އަހަރެން އަޔާނާމެދު ވިސްނައިގެން ނުވާނެއެވެ. ވިޝާމް ފަދަ މާތް މީހެއް އަހަރެން އަޔާން ކަހަލަ ބޭވަފާތެރިއަކަށްޓަކާ ދޫކޮއްލަންވާނެ ހެއްޔެވެ. މިފަދަ އެތަކެއް ހިޔާލުތަކެއްގައި އޮއްވާ ފޯނު ރިންގުވާން ފެށިއެވެ.
ވިސްނާލުމެއް ނެތި އަހަރެން ފޯނު ނެގީމެވެ. ގަޑިން ވީ ވަރެއް ކުޑަކޮންވެސް ހަނދާނެއް ނެތެވެ. “ހަލޯ؟.. ނީ.. ޕްލީސް ކަމް ބެކް” އެކޮޅުން ވާހަކަ ދެއްކީ އަޔާނެވެ. އަހަރެންގެ ދެލޯ ބޮޑުވިއެވެ. ތެދުވެ އިށީނދެވުނެވެ. އަޔާން މިގަޑީ އެގުޅީ ކިއްކުރަން ހެއްޔެވެ. “އަޔާން މޮޔަވީތަ؟ ” އަހަންނަށް ބުނެވުނީ އެވަރަށެވެ. “އާން. އަހަރެން މޮޔަވެއްޖެ. ނީ ނުލިބިއްޖެޔާ އަހަރެން ދުނިޔޭން މޮޔަވާނެ. އަހަރެންގެ އަތުން ނީ އެދުވަހު ގެއްލުނީ. އެކަމަކު އަހަންނަށް އަދި އެއް ޗާންސް ދީ. އަހަރެން ނީއަށް ދުވަހަކު ނުލިބޭހާ އުފާ ދޭނަން.” ދެން އިވުނީ އަޔާންގެ ރުއިމުގެ އަޑެވެ. އަހަރެން ގަބުވެފައި އިނީއެވެ. މީގެ ކުރިން ދުވަހަކުވެސް އަޔާން ރޯތަނެއްވެސް އަހަރެން ނުދެކެމެވެ. މިރޭ ނުފެނުނަސް އަޔާން ހަމަ ރޮނީކަން ޔަގީނެވެ. އައަޑުގައިވަނީ ރިހުމެއް އުފެދިފައެވެ. އިރުކޮޅަކުން ފޯނު ކެނޑުނެވެ. އަހަރެން ފޯނު ކަންފަތުގައި ޖަހައިގެން އިން ގޮތަށް އިނީއެވެ. އަޔާންއާ މެދު އަނެއްކާވެސް ވިސްނެން ފެށިއެވެ.
7 Comments!
Comments are closed.
nee……. nudhaathi ayaan kairiyah…foohi meeheh e-ee……
AZUMY HADHA KOMENTU LIAA KUJEKEY…..MI VAHAKA NIKUNALE MA LAHY
e ayaan gaathah nee nufonuvachey aal. ey varah moya meeheh 😛
den ayaan ah nudheythi nee ehnoonee ma foohivedhane pls den mivahaka eh nukiyanah ehnviyya adi gaboolehves nukureveyne mee reethi vahaka eh kamakah … hageegathah kameh hinganya ehnvanaan jeheynee
wait for the next part it willl up soon nd thanks fr ur support kyp readingg
މާ ލަހީ އަޕް ކުރާ ލެއް… އަވަހަށް އަޕް ކޮށްދީބަ……
kyvetha esfiyain vahakanunikunany…..aneka nidhytha??????????????please avaha vahakaeh genesdheebaaaaaaaaaaaaaaaaaaaa