ޖާހަތުމެން ގޮސްވަނީ ކާކޮޓަރިއަށެވެ. ސައިބުއިމާއިގެން މަޝްއޫލުވެފައި އިން ޔާނާ ފެނި އާއިޒުއާއި ޖާހަތުގެ ފިޔަވަޅުތައް ގަނޑުވިކަހަލައެވެ. “ޔާނު!!؟؟” ހައިރާންވެފައި ޖާހަތަށް ބުނެލެވުނެވެ. ޔާނާއަށް އަޑުއިވި އެދިމާއަށް ބަލައިލެވުނެވެ. “މިއަކީ ޒާންގެ އަންހެނުން. އިޔާނާ.” މަރީނާއަށް ޖާހަތުގެ އަޑު އިވުނު ނަމަވެސް ކުރިއަށް ޖެހި ޔާނާ ތަޢާރަފްކޮށްދިނެވެ. ޔާނާ ހިނިތުންވެލިއެވެ. ޖާހަތު މޭޒުކައިރީގައި މަޑުކޮށްލިއެވެ. އާއިޒުވެސް އިނީ ޔާނާގެ މޫނަށް ބަލާށެވެ. ޖާހަތު ފަރުވާތެރިކަމާއެކު ޔާނާގެ މޫނަށް ބަލައިލިއެވެ. ޔާނާއާ ވައްތަރުގޮތެއް ހުއްޓަސް ތަފާތުތަކެއްވެސް އެބަހުއްޓެވެ. ކުއްލިއަކަށް ދުރުން […]
ވަރަށްވެސް ރީތި ހިތްގައިމު ރެއެކެވެ. އުޑުމަތީގައިވާ މަދު ކުދިކުދި ވިލާކޮޅުތައް އުޑުމަތީގެ އެކިސަރަހައްދުތަކަށް ބެހިލާފާވާއިރު އުޑުމައްޗަށް ސްޕްރޭ ކޮށްފައިވާ ހުދު ތިކިތަކެއްހެންވާ ތަރިތަކުގެ ސަބަބުން އެރޭގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވެއެވެ. ދާދިކައިރިން ފެންނަން އޮތް ހުޅުލޭގެ އަލިކަންވަނީ އެމަންޒަރު ބަލާ މީހުންގެ ހިތްތަކަށް ހިތްހަމަ ޖެހުން ގެނެސްދޭ ފުރިހަމަ މަންޒަރަކަށެވެ. އެއާއިއެކު ހުޅުލޭގެ ރަންވޭއަށް އިރު އިރުކޮޅާ ޖައްސާ ނަގަމުންދިޔަ ފްލައިޓްތަކުގެ މަންޒަރަކީވެސް ހިތްތަކަށް އިތުރު ހިތްހަމަޖެހުމެއް ގެނެސްދެމުން ދިޔަކަމެކެވެ. ފަހި ދުވެލީގައި ފެރީ ދަތުރު […]
ފްލައިޓަށް އެރުމުގެ ކުރިން ޔާނާ ޒާންއަށް ގުޅިއެވެ. ކާރުކައިރީގައި ހުމަޔޫންއާވާހަކަ ދައްކަން އިން ޒާން ފޯނު ވައިބްރޭޓްވާން ފެށުމުން ބަލައިލިއިރު ޔާނާ އެވެ. އެއްފަރާތަކަށް ޖެހިލުމަށްފަހު ފޯނު ނެގިއެވެ . ޔާނާ ޒާންއަށް އޭނާ ރާއްޖެ އަންނަން އުޅޭ ވާހަކަ ބުންޏެވެ. ޒާން ކަންބޮޑޫވެފައި ދެކޮޅުހެދިއެވެ. ނަމަވެސް ދެން ކެންސަލް ނުކުރެވޭނަކަން އެނގުމުން އެއްބަސްވިއެވެ. “ކިހިނެތްވީ؟ ހާދަ ކަންބޮޑުވެފަ؟” ފޯނުބޭއްވުމަށްފަހު އައި ޒާން ކައިރިން ހުމަޔޫން އެއްސެވެ. “އާނ. ވައިފް އެބައާދޭ މިކޮޅަށް. ކުއްލިއަކަށް އަންނަންޖެހިގެން. އެކަމަކު […]
“ދެން ކަލެއަށް ސަލާމަތެއް ނުވެވޭނެ.” ހުމާމު ބޯމައްޗަށް ވާސްނަގައި ޖެހުމަށް ތައްޔާރުވެލިއެވެ. ޖާހަތުއަށް ލޯމަރާލެވުމާއެކު ބޮލުގައި އަތް އަޅާލެވުނެވެ. ދެން ސަލާމަތްނުވާނެކަމުގެ އިހުސާސްކުރެވި ރޯންފެށުނެވެ. ހުމާމު ގައިހުރި ބާރެއް ލާފައި ޖާހަތުގެ ބޮލާ ދިމާއަށް ފޮނުވާލިއަތުގައި ޒާންއަށް ހިފަހައްޓާލެވުނީ ކިރިޔާއެވެ. ހުމާމަށް ހައިރާންކަމާއެކު ބަލައިލެވުނެވެ. ޒާންއާއި ޝިޔާމްގެ އިތުރުން ޝާމް ވެސް ކޮޓަރިއަށްވަދެއްޖެއެވެ. ހިމޭންކަން ވެރިވުމުން ޖާހަތުއަށްބަލައިލެވުނެވެ. އެންމެ ފަހަތުގައި ހުރި ޝާމް ބޮކި ދިއްލާލިއެވެ. މުޅިތަން އަލިވެގެން ދިޔައެވެ. ޝިޔާމްގެ މޫނުމަތިންފެންނަމުން ދިޔައީ އަނގުރުއަލިފާންކުލައެވެ. ފަހަތުގައި […]
“ތިބުނަނީ އެރޭ، މިތަންމަތީގައި ހިނގި ކަން ހަނދާންކުރާށޭތަ؟” އީމަން އެނދާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ސުވާލުކޮށްލިއެވެ. “އެކަމަކު ހަޤީޤަތަކީ އެރޭ އަހަރެންގެ ފަރާތުން ރީމްއަށް ލިބުނީ ދަރިއެއް ނޫންކަން. އެރޭ އަހަރެންނަށް ރީމްގެ ތި ރީތި ސޫރައިގެ ފަހަތުގައި ފޮރުވިފައިވާ މުޑުދާރު އަންހެނާ ފެނުނީ.” އީމަން ރީމްއާ ހަތަރުކަޅިހަމަކޮށް ބުނެލިއެވެ. ރީމްއަށް ސާފެއްނުވިއެވެ. އަދި ހަމަ އެހެންމެ އީމަން އެގޮތަށް ވާހަކަ ދައްކަމުން ދިޔުމުން ވަނީ ހައިރާންކަން ލިބިފައެވެ. “ނޭނގޭ ދޯ މިދައްކަނީ ކޮންވާހަކައެއް ކަމެއް؟ […]
ޒާންއާއި ހުމަޔޫންގެ އިތުރުން އާއިޒު ތިބީ ޒާންމެންގެ ގޭގެ ފާރުބުރިމަތީގައެވެ. ޒާން އިނީ ޝިޔާމް ގުޅުމުން ވާހަކަ ދައްކާށެވެ. ހުމަޔޫންއާ އާއިޒު ތިބީ އަޑުއަހާށެވެ. “ކީކޭތަ ޝިޔާމް ބުނީ؟” ފޯނު ބޭއްވި ޒާންކުރެން އާއިޒު ސުވާލުކޮށްލިއެވެ. “މިރޭ އެގޭގަ އޮތް ހަފްލާއަކަށް ދަޢުވަތު ދިނީ. ބުނީ ވަރަށް ހާއްސަ ހަފްލާއެކޭ. އެހެންވީމަ ކޮންމެ ހެނެއްވެސް އައިސްދޭންވާނެޔޭ.” ޒާން ބުނެދިނެވެ. “އަނެއްކާ ކޮންކަމެއްބާ؟” އާއިޒު ކަންބޮޑުވިއެވެ. “ހާސްނުވޭ އާއިޒު. އެތަނުގަ ޒާން ހުންނާނެއެއްނު. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.” ހުމަޔޫން […]
އީމަންއަށް ލިބުނު ހައިރާންކަމެއްގެ ސަބަބުން ލޯބޮޑުކޮށްލެވުނެވެ.”ވަޓް؟؟” “އާނ. މިހުރިހާ ކަމަކީ އީމަންއާ ހެދި ވާކަންތައްތައް. އީމަން ރީމްއަށް މަޖުބޫރުކުރީމަ ރީމް އެހެން ކަންތައް ކުރަން އެއުޅެނީ. ރީމް ނުހުޓުވިއްޖެނަމަ އަހަރެން ދުވަހަކުވެސް އީމަންއަށް މަޢާފެއް ނުކުރާނަން ، ހަނދާންކުރާތި.” ޔާނާ ރުޅިވެރިކަމާއެކު ވާހަކަ ދެއްކުމަށްފަހު ކުރިއަށް ހިގައިގަތެވެ. ވާނުވާ ނޭނގިފައި ހުރި އީމަންވެސް ޔާނާގެ ފަހަތުން ހިނގައިގަތެވެ. އޭނާގެ މޫނުމަތިން ހައިރާންކަން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުވެއެވެ. ރީމް އިނީ ޑޮކްޓަރުގެ ކޮޓަރީގައެވެ. ޔާނާއާއި އީމަން […]
ޖާހަތުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހުމާމު ވާހަކަ ނުދައްކާ މަޑުކޮށްލިއެވެ. އެކޮޅުން ވާހަކަ ދައްކަންދެނެވެ. “ހަލޯ؟؟!! އަނެއްކާ ގުޅީ؟ އަހަރެން ބުނީމެއްނު ބިޒީ އޭ. ފަހުން ގުޅާނަމޭ.” އެކޮޅުން ޝާމްގެ އަޑު އިވުނެވެ. ހުމާމު ޔަޤީންކުރަން ދަތިވެފައި އަޑުއަހަން އިނެވެ. “ހަލޯ؟؟ ހަލޯ” ވާހަކަ ނުދެއްކުމުން އެކޮޅުން ޝާމް ގޮވާއަޑުއިވެއެވެ. ހުމާމު ފޯނު ކަނޑާލިއެވެ. އެއަށްފަހު ކޮންޓެކްޓްސް ހުޅުވައިގެން ނަމުގެ ޑީޓެއިލްސް ބެލިއެވެ. “ޝާމްބެ؟” ލިބުނު ސިހުމާއެކު ހުމާމަށް ބުނެލެވުނެވެ. ޖާހަތުއަށް އިނދެވުނީ ހަދާނެގޮތެއް ނޭނގިފައެވެ. “ޝާމްބެއާ […]
“ކީކޭ؟؟!!؟!؟!” ޔާނާއަށް ބުނެލެވުނެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓުނެވެ. “އާނ! ތިއީ ޔާނާ.” ރީމް ލޮލުންފައިބަމުންދިޔަ ކަރުނަތިކިތައް ފޮހެލަމުން އަނެއްކާ ޔަޤީންކޮށްދިނެވެ. “އެކަމަކު…. އެކަމަކު ކިހިނެތް ތިކަން އެނގެނީ؟” ޔާނާއަށް ސުވާލުކޮށްލެވުނެވެ. “ޔާނާގެ ހިތުގައި ހިނގަމުންދާ އިހުސާސްތައް ހެއްކަކަށް ނުފުދޭތަ؟” ރީމް ސުވާލުކޮށްލިއެވެ. “އެކަމަކު…..” ޔާނާއަށް އަދިވެސް ގަބޫލުކުރަން ދަތިވަނީއެވެ. “ޔާނާ! އިތުރަށް ސުވާލުނުކުރޭ. މިއީ ހަޤީޤަތް. ދެން އަހަރެންނަށް ކަމެއްކޮށްދީ!؟!؟!” ރީމް ޔާނާގެ ސުވާލުތައް މެދުކަނޑާލަމުން އެދުނެވެ. “ކޮންކަމެއް؟” ޔާނާ ހައިރާންވެފައި ސުވާލުކޮށްލިއެވެ. “މާންގެ […]