Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލަފްޒު (ފުރަތަމަބައި)

Tanager Level 1
February 12, 2014 7 Mins Read
13 Comments

ޒިމްނާ

 3 ހަފްތާ ފަސް

    އަހަރެންނަށް އެންމެ ފުރަތަމަވެސް އިވުނީ ދޮރު ހުޅުވުން އަޑެވެ. ނަމަވެސް އެކައްޗެއްވެސް އަހަރެންނަކަށް ނުއެއް ފެނެއެވެ. ވަށައިގެން އަނދިރިއެވެ. ދޮރެއްގެ ސިފައަށް އިން ތަނަކުން އަންނަ އަލި ފިޔަވައެވެ. އަހަރެން މަޑުން ހިނގަން ފެށީމެވެ. އެއަލިން އެފަރާތުން އެކައްޗެއްވެސް ނުފެނެއެވެ. ދެން ކުއްލިއަކަށް ވަދެވެނީ ހުދު ކޮޓަރިއަކަށެވެ. އެނދުގައި އަހަރެންނަށް ބިރުވެރި ވައްތަރަކަށް ބަލަން ތިބި ދެމީހުން އަހަރެންނަށް ފެނުނީ ދެނެވެ.  ހުސެއިންއާއި މާޔާއެވެ.

   އަހަރެންނަށް ސިއްސައިގެން ގޮސް ހޭލެވެނީ އެލާރމްގެ އަޑަށެވެ. އަހަރެން ހުރީ ދަލުން ތަތް ތެޅިފައެވެ. އަބަދެކޭވެސް ފަދައިންނެވެ. މިވީ ތިން ހަފްތާގައި އަހަރެންނަށް މިކަހަލަ ހުވަފެން ފެނުނު ވަރުގެ އަދަދު ބުނަންވެސް ނޭނގެއެވެ. ވަގުތާއި އެކު އަހަރެން ހީކުރީ މި ކަންތައް ފަނޑުވާނީ ކަމަށެވެ. ނަމަވެސް ހިތުގައި އަޅަމުންދާ ވޭން ހީވަނީ ދުވަހުން ދުވަހަށް އިތުރު ވާ ހެންނެވެ. އެހެންވިޔަސް އަހަރެން މި ހުރިހާ ވާހަކައެއް ބަހައްޓާނީ އަމިއްލަ ހިތުގައި ވަޅުލައި ކަޝްފު ކޮށްފައެވެ.

    ލުޖެއިންއަކަށް މިކަމެއް ނާންގާނަމެވެ. އޭނާއަށް އެނގުނަކަ ނުވެސް ދޭނަމެވެ. އަހަރެން އެންމެ ބޭނުންވި ދުވަހު އަހަރެންގެ އަތުގައި ހިފާ ސާލާމަތުގެ އައްސޭރިއަށް ގެންގޮސް ދިނީ ލުޖެއިންއެވެ. އެ ވޭން ދެނިވި ހާދިސާ ހިނގިރޭ ލުޖެއިން ނުގުޅި ނަމަ އަހަރެން ހަދާނެ ގޮތެއްވެސް ނޭނގެއެވެ. އަހަރެންނަށް އެނގެއެވެ. އަހަރެންނަށްޓަކައި އޭނާގެ އަމިއްލަ ޖާނުވެސް ދޭނެކަމެވެ. ކަމަކަށް އިތުރަށް އެދުމަށް އަހަރެން ލަދު ގަންނަނީއެވެ. އަމިއްލަ “ޑިގްނިޓީ” ސަލާމަތުން ބަހައްޓާށެވެ.

    އަހަރެންގެ އަމިއްލަ އުފަން ރަށުގައި އަހަރެން އުޅޭނެ ގެއެއް ނެތެވެ. އަމިއްލަ މަންމައާއި ބައްޕައާއި އަހަރެން މިއީ ނެތް މީހަކަށް ހަދައިފިއެވެ. އަހަރެން ނަމަވެސް ހަދާނީ އެހެން ކަންނޭނގެއެވެ. ތިމާގެ ދަރި ތިމާ އާއި ނުރުހުމުގައި ކައިވެނިކޮށްގެން ދިޔުމުން އެކަކުވެސް މަޢާފެއް ނުކުރާނެއެވެ. އަހަރެންނަށް މިވީ ހުރިހާ ކަމެއް މިވީ އަހަރެންގެ ސަބަބުންނެވެ. އަހަރެންގެ ބަރުބާދީ ހޯދީ އަހަރެން އެކަންޏެވެ. ކުށްވެރި ކުރަންވީ އަހަރެންނެވެ. އަހަރެންގެ މޮޔަ ހިތެވެ.

   ތެދުވުމަށްފަހު އަހަރެން އަވަސްގޮތަކަށް ފެން ވަރައި ތައްޔާރުވެލީމެވެ. ފުރަތަމަ ދުވަހު ސްކޫލަށް އަހަރެން ލަސް ވާކަށް ބޭނުމެއް ނޫނެވެ. އޮފީސް ވައްތަރު ޖަހާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް އާދައިގެ ވައްތަރެއް ޖަހާކަށްވެސް އަހަރެން ބޭނުމެއް ނޫނެވެ. ބޯ ހުޅިއަކަށް ޖެހުމަށްފަހު އަހަރެން އަތް ދިގު ކަޅު ދޫ ހެދުމެއް ލީމެވެ. އެއަށްފަހު ބާރު ޖިންސެއް ލީމެވެ. އަދި ގަވާއިދުން ބޭރެއް ނުވެއެވެ.

   އޭލެވެލް އިން ރަނގަޅު ނަތީޖާއެއް ލިބުމަކީ އަހަރެންގެ ނަސީބެވެ. އަހަރެން ގޭގައި ބޭކާރު ވެފައި އިންނާކަށް ބޭނުމެއް ނޫނެވެ. ނަތީޖާގެ ގޮތުން އަހަރެންނަށް ފަސޭހަ ކަމާއި އެކު އަހަރެންނަށް ހުސްވެފައިވާ ވަޒީފާ އަހަރެންނަށް ލިބުނެވެ.

   ކޮޓަރިން ދަބަސް ހިފައިން ނުކުތް އިރު ލުޖެއިންގެ މަންމަ ބަދިގޭގައި އުޅޭއަޑު އިވެއެވެ. ބޮޑު ގެއެއްގައި އުޅޭ ހަމަ އެކަނި ދެމީހުންނަކީ އެއީއެވެ. ދެން އަހަރެންނެވެ. “މަންމާ.” އަހަރެން ބަދިގެއަށް ވަންނަމުން ލުޖެއިންގެ މަންމައަށް ގޮވާލީމެވެ. އާއެކެވެ. އަހަރެންވެސް ޖެހެނީ ލުޖެއިންގެ މަންމައަށް މަންމަ ކިޔާށެވެ. ވިސްނާލުމުން، ލުޖެއިންއަށް އޭނާގެ މާތް ރީތި އަޙްލާގު ލިބުނީ ކިހނެއްކަން އެނގެއެވެ. މަންމަ އެހާ މާތް ވެއްޖެއްޔާ ދަރިފުޅުވެސް އެހާ ރަނގަޅުވާނެއެވެ.

   “ނުކުމެ މިތަނުން. ވަސް ދުވާނެ ހެދުމުން. ސްކޫލަށް ދާއިރު ގައިން ގަރުދިޔަވަސް ދުވަންޏާ ކަމަކު ނުދާނެ.” މަންމަ ރޮށި ދަމަން ހުރެ ނުބަލާ ބުންޏެވެ. އަހަރެންނަށްވެސް ހޫނުކުރަން އުދާފައި ހުރި ގަރުދިޔަ ތެލި ފެނުނެވެ. “އައިސް އަހަރެން މެންދުރަށް ކައްކާނީ! މިޔަދު ނިމޭނެ ކުރިން. މަންމަ މެންދުރު ބަދިގެއަށް ނުވަންނާތި.” އަހަރެން ނުކުންނަމުން ބުނީމެވެ.

   ކާގެ އައިސްއަލަމާރިން ކިރު ޕެކެޓު ނަގަމުން އަހަރެން ތައްޓަކަށް އެޅީމެވެ. ކިރުތަށި ބޯން އިށީނުމާއި އެކު ބޯކަހަމުން އަންނަ ލުޖެއިން އަހަރެންނަށް ފެނުނެވެ. ބޮކްސާރއެއް އެކަނި ލައިން ހުރި ލުޖެއިން އަދި އެހުރީ ނިދާފައެވެ. އޭނާއަކަށް އަހަރެންނެއް ނުފެނެއެވެ. ނަމަވެސް އަހަރެން ކިރުތަށި ބޮއެ ނިންމާލާ ތެދުވިއިރު އޭނާ ހުރީ އަހަރެންނަށް ބަލާށެވެ. މޮޔައެއްހެން ހިނިތުން ވެގެންނެވެ. އަދިވެސް ލޮލަށް ބަރުވެފައި ހުރިކަން އެނގެއެވެ. “ގުޑްލަކް އިނގެ. ވަރަށް ރީތި.” އަހަރެން ވަގުތުން ކޯ ރަތްވިއެވެ. ލުޖެއިން އަބަދުވެސް ތަޢުރީފް ކުރާނެއެވެ.

    ލުޖެއިންއަށް އަންހެން ކުދިންނަށް ގަދަރު ކުރަން އެނގެއެވެ. އޮޅިގެންވެސް ހުސެއިން އަހަރެންނަށް ހެދި ކަހަލަ އެއްޗެއް އަންހެން ކުއްޖަކަށް ނުހަދާނެއެވެ. ދެން، ލުޖެއިން އަހަރެންނަށް އޭނާގެ ލޯބީގެ ވާހަކަ މީގެ އަހަރެއް ކުރިން ބުނީމައި އަހަރެންނަށް އެއްބަސް ނުވެވުނީ ކީއްވެ ހެއްޔެވެ؟ އަހަރެންނަށް މި މާތް ޒުވާނާދެކެ ލޯބި ނުވެވުނީ ކީއްވެ ހެއްޔެވެ؟ އޯހ.. އައި ރިމެމްބަރ. އަހަރެން އޭރު ހުރީ އެހެން މީހަކާއި ހެދި ހޭބަލި ވެފައެވެ. “ތެންކިޔު.” އަހަރެން ބުނުމަށްފަހު އަވަހަށް ނުކުމެގެން ދިޔައީއެވެ.

    އަތިރި މަގުން ހިނގަމުން އަހަރެން ދިޔައީ ސްކޫލާއި ދިމާލަށެވެ. ރޭގައި ލުޖެއިން އަހަރެން ލާދެއިން ސައިކަލުގައި އަންނާނެ ވާހަކަ ބުންޏެވެ. އަހަރެން ވަގުތުން އިންކާރު ކުރީމެވެ. ވަރަށް ވަރުން އެބަހުސް އަހަރެންގެ ކޮޅަށް ގެނައީމެވެ. ހެނދުނުގެ ރީތި އޮމާން ފިނި ވައިން އަހަރެންގެ މޫޑު ތާޒާ ކުރަމުން ދިޔައެވެ. އަހަރެންނަށް ހިތްހަމަ ޖެހުމެއް ގެންނަމުން ދިޔައީ ވައެވެ. ތަންކޮޅެއް ދުރުން ޖަހަމުން ދިޔަ ރާޅުގެ އަޑުންނެވެ. ސްކޫލު އަތިރި ކައިރީ އިންނަ ކަމަކީ މިވަގުތު ކޮޅަށް ނަސީބެކެވެ.

      ސްކޫލަށް ވަތް އިރު އަހަރެން ހުރީ ފުދޭ ވަރަކަށް ހިތްހަމަ ޖެހިފައެވެ. ނަމަވެސް ހުރިހާ ހަމަ ޖެހުމެއް ވަގުތުން ވަޔަށް ބުރައިން ދިޔައީ އޮފީހުން އަހަރެން އައި ކަމަށް ސޮއި ކޮށްގެން ނުކުތް އިރަށެވެ. ތިން ޓީޗަރެކެވެ. އަހަރެންނަށް ވައްތަރަކަށް ބަލާފައި ވާހަކަ ދައްކަނީއެވެ. އަހަރެން ވަގުތުން އިސް ޖެހީމެވެ. ރަށްރަށުގެ މައްސަލައަކީ އެއީއެވެ. އެންމެނަށް އެންމެން އެނގޭނެއެވެ. އެންމެން އެންމެންގެ ވާހަކަ ދައްކާނެއެވެ. އަހަރެންނަށް އެމީހުން ދައްކަނީ ކޮން ވާހަކައެއްކަންވެސް އެނގެއެވެ.

    އަހަރެންނެއް އެއްޗެކޭ ނުބުނަމެވެ. އަހަރެންނަށް ދުވަހަކު އެއްޗެކޭ ނުބުނެވޭނެއެވެ. އަހަރެންނަކީ މީހުންގެ ތެރޭ ވާހަކަ ދައްކާ މީހެއް ނޫނެވެ. އެވަގުތު ކޮޅުގައި އަހަރެންނަށް އަހަރެންގެ އެކަނިވެރިކަން އެނގުނެވެ. އަހަރެން އެއް އިރެއްގައި އެކުވެރިން ކަމުގައި ދެކުން ކުދިން މިހާރު އަހަރެންގެ ފުރަގައުގައި ކުރަނީ މަލާމާތެވެ. ނަމަވެސް އަހަރެން މައްސަލައެއް ނުޖައްސާނަމެވެ.

    ޓީޗަރުންނަށް ހާއްސަ ފާހާނައަށް އަހަރެން ގޮސް ވަނީމެވެ. ބާރު ބާރަށް މޫނު ދޮވުނީ އަހަރެންގެ ލޮލުން އަންނަ ކަރުނަ އަހަރެން ބަލަން ބޭނުން ނުވީމައެވެ. ނަމަވެސް ހަމަ މޫނުގައި ހުންނަ ފެންތައް ފައިބަން ފަށާއިރަށް އަހަރެންގެ ލޮލުން އަންނަ ކަރުނަ ފެނެއެވެ. ލޯ ހުރީ ރަތްވެފައެވެ. މަށަށް މިކަން ވާނެ. މަށަށް މިކަން ވާނެ. މަށަށް މިކަން ވާނެ. އެކި ދިމަ ދިމާލުން ހިތްވަރު ބަނދެ އެއްކޮށްލަމުން އެންމެ ފަހުން ރުއިން ހުއްޓާލީމެވެ. ޓިޝޫ އަކުން މޫނު ފޮހެލުމަށްފަހު ލޮލުގައި ގަދައަށް ވަށައިން ކަޅުކުލަ އުނގުޅީމެވެ.

    ފުން ނޭވާއެއް ލަމުން އަހަރެންނަށް ލޯގަނޑުން ބަލާލީމެވެ. “އައި ކެން ޑޫ ދިސް!” މަޑުމަޑުން އަމިއްލައަށް ބުނުމަށްފަހު އަހަރެން ފާހާނައިން ނުކުތީމެވެ. މަޑުމަޑުން އަހަރެން ގޮސް ސްޓާފް ރޫމަށް ވަނީމެވެ. އޭރު އެތިން މީހުން ތެރެއިން ދެމީހަކު މޭޒެއް ކައިރީ ތިއްބެވެ. އަހަރެން ފެނުމާއިއެކު އެމީހުން ބަލަން ފެއްޓެވެ. ބާޒެއް އޭނާގެ މަސް ޝިކާރަ ކުރުމަށް ބަލާ އުޞޫލުންނެވެ. އަހަރެން އިސް ޖަހައިން ގޮސް ވަކިން އިށީނީމެވެ. ފައިލްތައް އަހަރެން ބަލަން އިނީމެވެ. “އަޑުއެހިން.” އަހަރެން ވަގުތުން އިސް އުފުލާލީމެވެ.

   ކުރިމަތީ ރީތި ކޮށް ހުއްޓިލލައިގެން އޭރު އެދެމީހުން ކުރެ އެކަކު ހުއްޓެވެ. އަހަރެންނަށް އަހަރެން ރަށުގެ މީހުންގެ ނަން އިނގެން ވާނުން ހެއްޔެވެ؟ އަހަރެން އަނގައެއް ނުހުޅުވަމެވެ. އޭނާ ޖުމްލަ ނިންމަންދެން އިންނާނީއެވެ. “މޮޅުވާން ވެގެން ނުގަބޫލަށް ކައިވެނިކޮށް ފަސްމަސްވެސް ނުވަނީސް އޭނާ މަކަރު ހެދި ވާހަކަ. އެ ތެދެއްތަ؟” އޭނާ އެއްސެވެ. ޖަވާބުވެސް އޭނާއަށް އެނގެއެވެ. އަހަރެންނަށް އެ ކުރަނީ މަލާމާތެވެ. އެއަށްފަހު އޭނާ ހިނިގަނޑެއް ޖެހުމަށްފަހު އޭނާ ކުރިން އިން ތަނަށް ދިޔައެވެ.

   ބާކީ ބައި ގަޑީއިރު އަހަރެން އިނީ ފައިލްގައި ހުރި އެއްޗެއް ކިޔާ ކަމަށް ހެދިލައިގެންނެވެ. ނަމަވެސް ރަނގަބީލުގެ އަޑު ކަންފަތުގައި ޖެހުމާއި އެކު އަހަރެން ވަގުތުން ދުއްވައި ގަންނަ އުޞޫލުން ނުކުތީމެވެ. ގޮސް އަހަރެން ވަންނަންވީ ކްލާހަށް ވަނީމެވެ. އަހަރެންނަށް އޮތީ ދިވެހި ކިޔަވައި ދިނުމެވެ. ނަސީބަކުން ކުޑަ ގްރޭޑަކަށެވެ. އެހެން ކަމުން އެހާ ހާހެއް ނުވެއެވެ.

   މިޔަދު ވަރު ލުއި ދުވަހެއް އަހަރެންގެ ޝެޑިއުލްއަކު ނެތެވެ. އެއާއި ޚިލާފް ބުރާސްފަތި ދުވަސް. އަހަރެންނަށް ހެނދުނު އަންނަ ގޮތަށް ނިމޭނީ ހަވީރެވެ. ނަމަވެސް އަހަރެން ކުޑަ ކުދިން ދެކެ ވަރަށް ލޯބިވެއެވެ. އެހެން ކަމުން އެ ވަގުތުތަށް ކުރުވާނެ ކަމަށް ހީކުރަމެވެ.

   ހަތެއްގެ ދެކްލާހަށާއި އަށެއްގެ ކްލާހަކަށް ކިޔަވައި ދިނުމަށްފަހު އަހަރެން ގެއަށް ދިޔައީމެވެ. ގެއަށް އައި އިރު އަދި ދިހަގަޑި ބައިވެސް ނުވެއެވެ. އެހެން ކަމުން ފެން ވަރާލުމަށްފަހު އަހަރެން އަވަސްކޮށްލައިން އައީ ބަދިގެއަށެވެ. ކަބަޑުތަކާއި އައިސް އަލަމާރި ހާވާލަމުން ހަދާނެ އެއްޗެއް ވިސްނާލީމެވެ. ޗީޒް އެބަހުއްޓެވެ. ޕާސްޓާ ޕެކެޓެއް ކަބަޑަކުން ދުށީމެވެ. ދެން ހުންނާނީ އާންމު އެއްޗެއްސެވެ.

   ފެން ތެލި އުދުމަށްފަހު ޕާސްޓާ ޕެކެޓު އަޅާލީމެވެ. އެވަގުތު މީހަކު ދޮރުގައި ޓަކި ޖެހިއެވެ. އަހަރެން އަތް ފޮހެލަމުން ދޮރު ހުޅުވަން ދިޔައީމެވެ. އޭރު ދޮރު ކުރިމަތީ ސްކޫލުގެ ޕިއޯން ހުއްޓެވެ. ސިޓީ އުރަ ތަކެއް ހޭވުމަށްފަހު އަހަރެންގެ ނަން އުރައިގައި ޖަހާފައި އިން ސިޓީ އުރައެއް ދިނެވެ. “މިއީ؟” އަހަރެން އެހީމެވެ. “ނޭނގެ މިރޭ ކޮންމެވެސް މީޓިންގ އެއް އޮތް ވާހަކަ.” އެއާއި އެކު އޭނާ އެނބުރި ހިނގައިގަތެވެ. “ތެންކިޔު” ޕިއޯން މާ ދުރުގައި ހުރުމުން އަހަރެންނަށް ބުނަން ޖެހުނީ ވަރަށް ބާރަށެވެ. އޭނާވެސް އެނބުރި ހިނިތުން ވުމެއް ދީފައި އަނެއްކާވެސް އެނބުރި ހިނގައި ގަނެއްޖެއެވެ.

   ސްކޫލްގެ ޕްރިންސިޕަލް ބަދަލު ކުރާ ވާހަކަ އަހަރެން ރަށަށް އައީއްސުރެ އިވެއެވެ. ފަހަރުގައި އެކަމުގެ ވާހަކަ ދައްކަން ކަންނޭނގެއެވެ. “ހާދަ ވަސްގަނޑު މީރޭ. ކޯއްޗެއް ތި ހަދަނީ.” ލުޖެއިންގެ މަންމަ ގެއަށް ވަންނަމުން ބުންޏެވެ. “އެހެންތަ؟ އަދި ނުވެސް ފަށަންވީ.” އަހަރެން މަސައްކަތް ކުރަން ހުރެ ބުނީމެވެ. “ކޮންތާކުން ތި އައީ؟” އަހަރެން އެހީމެ. “މި އައީ މާލެއިން އައި ބޯޓު ދަށަށް ގޮސް. އެކޮޅުން އަރުވާފއި ހުރި އެއްޗެހި ތަކެއް ހިފައިން” މަންމަ ބުންޏެވެ.

   “އެހެން ދޯ. ލުޖެއިން އަށް ގޮވާ. ކާން ހެދުނީމި. އޭރަށް ވާއިރަށް މޭޒުމަތި ތައްޔާރު ކޮށްލާނަން.” އެއަށް ފަހު އަހަރެން މޭޒުމަތި ތައްޔާރު ކުރަން ފެށީމެވެ. ލުޖެއިންވެސް ވަދެއްޖެއެވެ. ތިން މީހުން ކެއިން ނިންމާލިއިރު އަހަރެން ހުރީ ހިތް ހަމަ ޖެހިފައެވެ. “ދަރިފުޅަކަށްވެސް ނޭނގޭތަ މިކަހަލަ އަނތްބެއް ގެއަށް ގެންނަން؟” ލުޖެއިން ކައިރީ މަންމަ އެއްސެވެ. އަހަރެން ވަގުތުން ލުޖެއިންގެ މޫނަށް ބަލާލީމެވެ.

   އެ ހިނދުކޮޅު އަހަރެންނަށް އެއްޗެއް އެނގުނެވެ. ލުޖެއިން އަހަރެން ދެކެ އެއް އިރަކު ލޯބި ވި ކަން އެނގެއެވެ. އަދިވެސް އަހަރެން ދެކެ ވާކަން އެނގުނީ އެވަގުތުގައެވެ. ލުޖެއިން ކޯރަތްވެ އިސް ޖެހީއެވެ. ފާޑަކަށް ހިނިއައިސް ހުރިތަން އަހަރެން ދުށީމެވެ. އަމިއްލަ ނަފްސު ދެކެ ނުގަންނަ ވަރަށް އަހަރެން ލަދު ގަތީ ދެނެވެ. ލުޖެއިންއަށް ކޮންމެވެސް ގޮތަކުން އަހަރެންނަށް މި ވެވެނީ އަނިޔާއެއް ނޫން ހެއްޔެވެ؟ ހުސެއިން އަށް ފަހު އަހަރެންނަށް މީހަކު ދެކެ ލޯބިވާކަށް ފަސޭހަ އެއް ނުވާނެއެވެ. އަހަރެން ވަރިވި ކަމުގައި ވިޔަސްވެސް ހެވެ.

   ނަމަވެސް ހުސެއިން އާއި އަހަރެންނާ ހުރި ތަފާތަކީ މިހާރު ކޮބާ ހެއްޔެވެ؟ އަހަރެންވެސް މިނަގަނީ މީހެއްގެ މައުސޫމް ކަމެއްގެ ނާޖައިޒް ފައިދާއެއް ނޫން ހެއްޔެވެ؟

    ހަވީރު ވަންދެން އެއަށްފަހު އަހަރެން ގޭގެ ކޮންމެވެސް ކޫސަނި ކަމެއްގައި ވަގުތު ދުއްވާލީމެވެ. ހެދުން ފަތްޖެހުމާއި އަތުރާފައި ހުރި އެއްޗެހިތަށް އަލުން އެތުރީއެވެ. އެއީވެސް ހަމަ ކަންތަކާއި ނުވިސްނުމަށެވެ. ނަމަވެސް ހަވީރު ވުމާއިއެކު އަހަރެން ހުރީ ވަރުބަލިވެފައެވެ. ހިތުގައި އޮތީ ފެންވަރައިން އޮށޯންނަންށެވެ. ނަމަވެސް އަބަދަކު ގެއަކުވެސް ނުހުރެވޭނެއެވެ.

    އެހެން ކަމުން އާދައިގެ ގޮތެއް ހަދާލައިގެން އަހަރެން ދިޔައީ އަތިރިއާއ ދިމާލަށެވެ. ހިތަށް ހިތް ހަމަޖެހުން ގޮނޑުދޮށަށް ޖަހާ ރާޅުތަށް ގެނެސްދެއެވެ. ރީތި ވައިރޯޅިތަށް އުނދަގޫތަށް ފިލުވައި ދެއެވެ އަހަރެން ދެރަވިޔަސް ދަނީ އަތިރިއަށެވެ. މިޔަދުވެސް އަހަރެން ބޭނުމީ އެހައްލެވެ.

    ވެލިގަނޑުގައި ޖައްސާލުމާއި އެކު އަހަރެންގެ ހުރިހާ ސުވާލު ތަކަކާއި ޝަކުވާ ތަކެއް ބެރުވާން ފެއްޓެވެ. މަޑުމަޑުން އަހަރެން ރޮމުން ދިޔައީމެވެ. އަހަރެންނަށް ކުރެވުނު ކަންތައް ތަކާއި މެދުގައެވެ. މަޢާފަށް އެދެންވީ ކިތަންމެ ބައެއް އެބަ ތިއްބެވެ. ނަމަވެސް އަހަރެންނަށް އަހަރެންގެ މަންމަ އަދި ބައްޕައާއި ހަތަރު ކަޅި ހަމަ ކުރަން ނުކެރުމުގެ އިތުރުން އެމީހުން އުޅޭ މަގަކުން ހިނގާލަންވެސް ނުކެރޭނެއެވެ. އަދި މި ވީ ދުވަސް ތަކުގެ ތެރޭގައި ނުފެނުމަކީ އަހަރެންގެ ނަސީބެވެ. އެމީހުންގެ ފަރާތުން އަހަރެންނަށް މަޢާފް ލިބޭނެ ކަމެއްވެސް ނޭނގެއެވެ.

   ބަޔަކުގެ ހުނުމުގެ އަޑަށް އަހަރެން ވަގުތުން ތެދުވީމެވެ. ދެލޯ ފޮޅާލަމުން އަހަރެން ބަލާލީމެވެ. އެއްކަލަ ދެ އަންހެން ކުދިންނެވެ. ޝިޔާޒާ އާއި ފަރުހަތެވެ. ނަމަވެސް އިތުރު އެހެން މީހަކުވެސް ހުއްޓެވެ. ފިރިހެން ޒުވާނެކެވެ. ނަމަވެސް މިރަށު މީހެއް ނޫނެވެ. އެހެނަސް ދެކުން ވައްތަރެއް ޖަހަނީ ކީއްވެހެއްޔެވެ؟

    އޭނާއަށް އަހަރެން ފެނުނެވެ. އޭނާ ވަގުތުން ހުއްޓުނެވެ. އެއާއި އެކު ތުންފަތަށް ވެރިވީ މީހަކު މަރުވާފަދަ ރީތި ހިނިތުން ވުމެވެ. އަހަރެން އޭނާ ދަންނަނީ ކީއްވެ ހެއްޔެވެ؟ ހަނދާން ނުވާންވީ ކީއްވެހެއްޔެވެ؟ އިރުކޮޅަކުން ފެނުނީ އޭނަ އަހަރެންނާއި ދިމާލަށް ދުވެފައި އަންނަތަނެވެ. އެއްޗެއް ވިސްނުމުގެ ކުރިން އަހަރެންގެ ކުރިމައްޗަށް އޭނާ ހުއްޓުނެވެ. އެއާއި އެކު އަހަރެންގެ ގައިގައި އޭނާ އޮޅުލައި ގަތެވެ. އެހާ ހިސާބުން ނިމުނީއެވެ. އަހަރެންނަށް ހަނދާނެއް ނުވިއެވެ. ކޮންމެ މީހަކު ވިޔަސް އަހަރެންނެއް އޭނާއެއް ނުދަންނަމެވެ. ދަނަސް ހެވެވެ. އަހަރެންނަކަށް މިހާރަކު އޭނައެއް ނޭނގެއެވެ.

   އަހަރެން އޭނާ ފޮޅާލީމެވެ. އޭނާގެ ދެލޮލުން ފެނުނީ ހައިރާން ކަމެވެ. ނަމަވެސް އޭނާ ދެލޯ ބޮޑުވީ އޭނާގެ ކޮލުގައި އަހަރެން ޖެހުމުންނެވެ. އަހަރެން ހިޔެއް ނުކުރަމެވެ. ހަމަ ޖެހުނީއެވެ. މަޢާފަށް އެދެން ބޭނުމެއް ނޫނެވެ. “މީހަކާ ސަލާން ކުރާ ގޮތް ވެއްޖެޔާ އަހަރެން ބޭނުމެއް ނޫން ތިގޮތެއް.” އެއާއި އެކު އަހަރެން އެތަނުން ދުއްވައިގަތީމެވެ.

   ގެއަށް އައި އިރުވެސް އަހަރެން އަތް ތުރުތުރު  އަޅައެވެ. ނަމަވެސް މޫނުމަށްޗަށް “ފޭކު” ހިނިތުން ވުމެއް ލުޖެއިން ފެނުމާއި އެކު ޖަހާލީމެވެ. ލުޖެއިން ހާސް ކުރުވާކަށް އަހަރެން ބޭނުމެއް ނޫނެވެ. މިހާރުވެސް އަހަރެންނާއި ދޭތެރޭ އޭނާ މާ ބޮޑަށް ފިކުރު ކުރެއެވެ. ލުޖެއިންއަށް އެއްޗެއް ޝައްކު ވުމުގެ ކުރިން އަހަރެން ކޮޓަރިއަށް ވަދެ އޮތީއެވެ. ގިނަ އިރުތަކެއް ބަންޑުން އަހަރެން އެނދުގައި އޮތީމެވެ. އެއީ ކާކުބާއެވެ. އަހަރެން މި ކުރި ކަމަކީ އެންމެ ރަނގަޅުގޮތެއް ނޫންކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް އަހަރެން އެވަގުތު ވިސްނީ ރަނގަޅަކަށް ނޫނެވެ.

   ހަތެއް ޖެހުމާއި އެކު ލާނެ އެއްޗެއް ނެގުމަށްފަހު އަހަރެން ފެންވަރަން ވަނީމެވެ. ފާހާނައިގައިވެސް ވިސްނަން ހުރެފައި އަހަރެން ނުކުމެ ތައްޔާރު ވެލީމެވެ. ހާއްސަ ބައްދަލު ވުމެކެވެ. އަހަރެން ލުމަށް ގަސްދު ކުރީ ކަޅު ކުލައެވެ. އަނެއްކާވެސް މެއެވެ. ނަމަވެސް މިފަހަރު އަތްކުރު ގަމީހެކެވެ. އެއާއި އެކު އަޅި ޖިންސެކެވެ. މިފަހަރުވެސް ސްކިން ޓައިޓެވެ.

   އަވަސް އަވަހަށް އަހަރެން ސްކޫލަށް ދިޔައިރު ޓީޗަރުންތަށް އެއްވަނީއެވެ. އެންމެ އެއްވަރު ދުވެއްޔެއްގައި ލެބަށް ވަންނަނީއެވެ. އަހަރެންވެސް ވަނީމެވެ. އަތުރާފައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އަހަރެން ވަކިން ފަހަތުގައި އިށީނީމެވެ. ޓީޗަރުންގެ ދުވެލި މަޑުވުމުން ކުރީބަރިން ސުޕަރވައިޒަރ ތެދުވިއެވެ. “މިރޭ މި ގެނެވުނީ މި ސްކޫލްގެ އައު އެސިސްޓެންޓް ޕްރިންސިޕަލްގެ ވާހަކަ ދައްކާލުމަށް. އިރުކޮޅަކުން އަންނާނެ. މަޑު ކޮށްލައްވާ!” އެހެން ބުނުމާއި އެކު އޭނާ އިށީނެވެ.

   ގިނަ އިރުތަކެއް ނުވެ ލެބްގެ ދޮރު ހުޅުވުނެވެ. ހުރިހާ އެންމެންގެ ނަޒަރު އެ ދިމާލަށް ދިޔައެވެ. “ހެލޯ! ސޮރީ ލަސްވީމަ.” އޭނާ ބުންޏެވެ. އަހަރެން އޭނާއަށް ބަލާލީމެވެ. މުޅިތަން ފިނިވި ކަހަލައެވެ. އަހަރެން އިން ގޮތަށް ގޮނޑީގައި ގަނޑުވިއެވެ. ނޫން، ނޯ ވޭ.. އަހަރެމެންގެ އައު އެސިސްޓެންޓު ޕްރިންސިޕަލަކީ އޭނައެވެ. އަހަރެން މިޔަދު އަތިރި މަތިން، އެމީހެއްގެ ކޮލުގައި ޖެހި މީހާއެވެ. ވަޒީފާގެ ފުރަތަމަ ރޭ ސްކޫލުން ކަނޑާލާނީ ކަންނޭނގެއެވެ.

(ނުނިމޭ)

Tags:

އިޙްސާސް

Share Article

Follow Me Written By

Tanager

Level 1

އަޅުގަނޑު ލިޔާ ވާހަކައިގައި ކުށް ނުހުރެ ދިޔުމަކީ ވާނޭ ކަމެއް ނޫނެވެ. ނަމަވެސް އަޅުގަނޑު ލިޔަނީ ތިޔަ ބޭފުޅުންގެ އަލީގައި އަޅުގަނޑު ރަނގަޅު ލިޔުންތެރިއަކަށް ވުމަށެވެ.

Other Articles

Previous

ހިތް މި އެދޭ ސޫރައޭ ތީ މަގޭ 7 ވަނަ ބައި

Next

އެކުގައިވާން އެދެމޭ… 1

Next
February 13, 2014

އެކުގައިވާން އެދެމޭ… 1

Previews
February 11, 2014

ހިތް މި އެދޭ ސޫރައޭ ތީ މަގޭ 7 ވަނަ ބައި

13 Comments!

  1. Tanager says:
    February 12, 2014 at 5:13 pm

    ހީކުރަން މި ދިގުމިން އެންމެ ރަނގަޅު ކަމަށް.
    ވާހަކައިގެ ދެން އިން ބަޔަށް އިންތިޒާރު ކުރާނެ ކަމަށް ހީކުރަން…
    🙂

  2. amaany says:
    February 12, 2014 at 5:46 pm

    nice
    next part kon dhuvahakun up vaany jaishan

  3. amaany says:
    February 12, 2014 at 5:48 pm

    Tanager
    swry v bodah
    jaishan liyaa kahala vhk liyaathy ehen evy
    jaishan and tanager
    are you the same person

    1. Tanager says:
      February 14, 2014 at 4:32 pm

      ތެންކިޔު އަމާނީ… އާދެ ހަމަ އެކަކު…
      ދެން އިން ބައިވެސް ކިޔާނެ ކަމަށް ހީކުރަން.. 🙂

  4. me says:
    February 12, 2014 at 9:00 pm

    v nice, nubunyas wait kuramey eva next part ah, mi dhigu mi hama baraabaru, bt avahah up kohdhehchey,,,.

  5. me says:
    February 12, 2014 at 9:01 pm

    v nice, nubunyas wait kuramey eb
    a next part ah, mi dhigu mi hama baraabaru, bt avahah up kohdhehchey,,,.

    1. Tanager says:
      February 14, 2014 at 4:33 pm

      ތެންކިޔު މީ.. ވީހާވެސް އަވަހަކަށް އަޕް ކުރާނަން.. 🙂

  6. Aju says:
    February 12, 2014 at 10:02 pm

    Yes now better , heevanee buni dhuvaha vureves avaha hen thi up kuree , ehenvejjeyyaa v boda thanks , kiyuntheringe faadukiyunthaka ragalhu badhal genes dheytheeves v ragalhu , migothuga kuriya dhaanekama hope kuran

    1. Tanager says:
      February 14, 2014 at 4:34 pm

      ޝުކުރިއްޔާ އަޖު…. ވަރަށް ބޮޑަށް. ތި ދެއްވި ހިއްވަރަށް 🙂

  7. lady gaagaa says:
    February 13, 2014 at 10:07 am

    vrh reathi mi bai
    i really appreciate dhigu koh geneshini ma 🙂
    story vrh reathi
    next part avha up kodheythi igey

    1. Tanager says:
      February 14, 2014 at 4:39 pm

      ތެންކިޔު ބޮޑޫކޮށް ގާގަ.. 🙂

  8. Tanager says:
    February 17, 2014 at 6:27 pm

    Thursdayga Tune In Kohlavvaathi Mi vaahaka Kiyan Beynunvaa Beyfulhun
    Shukuru Thhi Dhey Tharuhybah
    🙂

  9. GuDu says:
    September 26, 2015 at 5:45 am

    Unique.. like u said kuh nethi eh nudhey.. 😉 ekam hama v.furihama.. 😀

Comments are closed.


All Right Reserved!