Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް މި އެދޭ ސޫރަ އޭ ތީ މަގޭ 8 ވަނަ ބައި

Salaa Level 210 Stories100 Comments
February 14, 2014 8 Mins Read
13 Comments

” އަހަރެންނަށް އަސްލުވެސް ލޯބިވެވިއްޖެ.. ޔޭސް.. އައި އެމް އިން ލަވް…   އައި ލަވްޔޫ ޔަޝްމީ،،،،،،،،،” ހުރިހާ އެންމެން ސިހިގެންދާވަރަށް ނިކް އަޑުގެ ކޮޅަށް ގޮވާލިއެވެ.

*********************

ޔަޝްމީއަތުން ދޫވެގެން ދިޔައީ އޭނާގެ އޭނާގެ ލިޕްސްޓިކެވެ.

” ދެން.. ފިސްވިތަ އަޅޭ.. މަގޭ ލިޕްސްޓިކް…” ޔަޝްމީ ގުދުވެލާފައި އެ ނަގަމުން ބުނެލިއެވެ. އޭނާ ލޯގަނޑަށް ބަލާލި އިރު މޫނުމަތި އެހާ ފުރިހަމަ ހެނެއް ހިއެއް ނުވެއެވެ.

” ދެން ނުކުރާނަން… ” ޔަޝްމީ ފޫހިގޮތަކަށް ފުނާއަޅަން އިނެވެ، އޭރު ޑްރެސިންގ ޓޭބަލް މަތީގައި އޮތް އޭނާގެ ފޯން ރިންގްވަމުންދެއެވެ،

” މި ނުކުންނަނީ..” އެހެން ބުނެލުމަށްފަހު އޭނާ ފޯން ކަނޑާލިއެވެ. އަވަސް އަވަސް ކޮއްލައިގެން ކޮޓަރިން ނުކުމެވުނީ ދޮންބައްޕަގެ ކުރިމައްޗަށެވެ،

” މާ ރީއްޗެއް ވެގެން ކޮންތާކަށް ތި ދަނީ؟ ރޭގަނޑު ތަންތަނަށްގޮސް ރީތި ބޮނޑިއެއް ބޮއިގެން އައީމަ މަށެއް ކަލޭ މިގެއަކަށް ނުވައްދާނަން.. ހަނދާންކުރާތި… މަ ނުބުނާނަން ވަކި އިރަކަށް ގެއަށް ވަންނާށެކޭ.. އެކަމަކު އުޅެންވީ ގޮތް އެނގެންޖެހޭނެ..” ބައްޕަގެ ހަރުކަށި އަޑުން އިއްވަމުންދިޔަ ޖުމުތައް އަޑުއެހުމަށްޓަކައި ޔަޝްމީ މަޑުމަޑުން ހުއްޓެވެ.  އޭރު މުއާޒްވެސް އައިސްހުއްޓުނެވެ. ބައްޕަ ކިޔާ އެއްޗެއް ކިޔާފަ ދިޔުމުން މުޢާޒް ބުނެލިއެވެ.

” ކޮންތާކަށްތަ ދާން ތިއުޅެނީ؟ ބިޓެއް ކައިރިއަށްތަ؟ ” މުއާޒް އެހެން ބުނުމުން ޔަޝްމީ ރުޅިއަންނަ ގޮތް ހަދާލިއެވެ.

” ބުނެބަލަ! ސިސް ގައިމުވެސް ބިޓެއް ހުންނާނެ.. ނުބުނަން ތިހުންނަނީ ދޯ.. މިހާ ފްރެންޑްކޮށް އުޅޭ އިރުގައިވެސް ޕާރސަނަލް ކަމެއް ޝެއަރ އެއް ނުކުރާނެ.. ” މުއާޒް ޔަޝްމީގެ ކުރިމަތީގައި ހުއްޓުމުން ޔަޝްމީ ހީގަތެވެ.

” ހޫމ.. މުއާވެސް ބިޓެއް ހުރެއެއްނު.. ދެން އަހަރެންވެސް ބިޓެއް ނެގިއްޔާ ވާނީ ކީއްތަ” ޔަޝްމީ މާ ނޫންކަމަށް ހެދިފައި ދޮރާއި ދިމާއަށް ހިނގައިގަތުމުން މުއާޒް ހޭންފެށިއެވެ. ޔަޝްމީ ވެސް އެނބުރި ބަލާލަމުން ހޭންފެށިއެވެ. ދޮރުން ބޭރުވުމާއި އެކު ދޮރުމަތީގައި އޮތް  އިމްރާންގެ ކާރު ފެނުމާއި އެކު ޔަޝްމީގެ ހިތް ނުތަނަވަސްވިއެވެ. އޭނާ ހުއްޓުމުން އިމްރާން ކާރުގެ ބިއްލޫރިގަނޑު ތިރިކޮއްލިއެވެ، އަދި ޔަޝްމީއަށް ބަލާލަމުން ބޮލުން އަންނާށޭ ބުނެލިއެވެ. ޔަޝްމީ އިސްޖަހައިގެން ހުރެ ހިނގައިގަތެވެ.

” ކިހިނެތްވީ؟ ” އިށީނުމާއި އެކު އިމްރާން އެހިއެވެ. ކަންފަތްބުޑަށް އިސްތަށިކޮޅެއް ގެންނަމުން ޔަޝްމީ ބޯ ހޫރާލީ ކަމެއް ނުވެޔޭ ބުނާފަދަ ގޮތަކަށް ހީލަމުންނެވެ. އިމްރާންވެސް ހީލިއެވެ. ކާރު ގޮސް މަޑުކޮއްލީ މާބުލް ރެސްޓޯރެންޓް ދޮރުމައްޗަށެވެ.

” އަހަރެން ނެތް ކާހިތެއް..” ބޭ އިޚްތިޔާރުގައި ޔަޝްމީއަށް ބުނެވުނެވެ. އިމްރާންއަށް ލިބުނީ ކުއްލި ސިހުމެކެވެ. އޭނާ އަވަސް އަވަހަށް ދުއްވާލިއެވެ.

” ކިއްވެ ކާހިތްނުވަނީ؟ ” އިމްރާން ނުތަނަވަސްވިއެވެ. ޔަޝްމީ އިނީ ބޭރު ބަލާށެވެ.

” ކަމެއްނުވޭ.. އަހަރެން ގެއަށް ދާން ބޭނުން.. ” ޔަޝްމީ ހިތްބިރުގަންނަންފެށީ އިމްރާން ހުރިހާ ގޮތަކުންވެސް ޔަޝްމީ ގާތްކުރަން އުޅޭތީއެވެ. އިމްރާން އެއްވެސް އެއްޗެއް ނުބުނެއެވެ. ކެތްތެރިކަމާއި އެކު އޭނާ މިސްރާބްޖެހީ ޔަޝްމީގެ ގެއާއި ދިމާއަށެވެ.

ޔަޝްމީ ގޮވައިން އޭނާ ދުއްވާލަން ދާހިތްވެއެވެ. ރެސްޓޯރަންޓް ތަކަށް ގެންދަން ބޭނުމެވެ. ކުރިން އޭނާ ހީކުރީ ޔަޝްމީ އަކީ ވަރަށް ތަފާތު ކުއްޖެއް ކަމަށެވެ. އެހެނަސް މިހާރު އޭނައަށް އެނގޭ އެއްޗަކީ ޔަޝްމީ އޭނާ އާއި ގަޔާ ނުވާކަމެވެ. އޭނާ އާއި މެދު ހިތްހަމަ ނުޖެހޭ ކަމެވެ.

ކާރުން ފައިބަމުން ޔަޝްމީ އިމްރާންއަށް ބަލާވެސް ނުލައެވެ. އިމްރާންއަށް މިހާރު ޔަޤީންވެއްޖެއެވެ. ޔަޝްމީ ކުޑަކޮށްވެސް އިމްރާންދެކެ ލޯތްބެއް ނުވެއެވެ.

****************************

ދީނާ އުޅޭ ތަނެއް އެއްވެސް ގޮތަކަށް އިމްރާންއަކަށް ނޭނގުނެވެ. ބޮޑުދައިތައަށް ހުރިހާ އެއްޗެއް ކިޔައިދިނުމުން ބޮޑުދައިތަވެސް ދީނާ ދެކެ ވަރަށް ރުޅިއައެވެ. އަދި ދީނާ އިމްރާން ދޫކޮއްލަން ކެރޭނީ ވަރަށް ގޯސްވީމައޭ ވެސް ބޮޑުދައިތަ ބުނެފައިވެއެވެ. އިމްރާންއަށް އެކަނިވެރިކަން އިހުސާސްކުރެވެން ފެށިއެވެ. ޙަޔާތުގެ ބައިވެރިޔަކު އޭނަވެސް ބޭނުންވެއެވެ. އުފަލާ އަރާމު ދޭނެ ބައިވެރިޔަކުވެސް ބޭނުމެވެ. އިމްރާން އުޅޭ ގެ ފަޅުފިލުވާދޭނެ އަތްބަކުވެސް ބޭނުމެވެ. އެ ހުރިހާ ކަމެއްވެސް ފުރިހަމަ ކުރުމަށް އޭނާ ބޭނުންވަނީ ޔަޝްމީލައްވައެވެ. ފޯން ނަގާ ޔަޝްމީގެ ފޮޓޯއަށް ބަލަން އޮވެވުނެވެ. އިމްރާންގެ ހިތް ދެފަޅިނުވަނީސް އެ ހުރިހާ ކަމެއް ހައްލު ކުރަން އޭނާ ބޭނުމެވެ. ދެލޯ މަރާލަމުން ޔަޝްމީއަށް ގުޅިއެވެ،

އެނދުމަތީ ބަންޑުން އޮވެ ރޯން އޮތް ޔަޝްމީ ބަލާލީ ކައިރީގައި އޮތް ފޯނަށެވެ.

” އިމްރާން.. ޕްލިޒް ލީވް މީ އެލޯން………” ފޯން ނުނަގާ އޮވެ މަޑުމަޑުން އޭނާއަށް ބުނެވުނެވެ. ނަމަވެސް މާގިނައިން ގުޅާތީ ޔަޝްމީ އެ ފޯންނެގިއެވެ.

” ވިލް ޔޫ މެރީ މީ……..”

” ވަޓް؟؟؟”  ޔަޝްމީ ސިހުނީ އިމްރާންގެ އެ ޖުމުލައިންނެވެ. ޔަޝްމީއަށް އެނދުންވެސް ފޭބުނެވެ. އިމްރާން އޮތީ ޔަޝްމީ ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ.

” ކީއްވެ އެއްޗެއް ނުބުނީ؟ ” އިމްރާން ވާހަކަ ދެއްކީ ޔަޝްމީ ގެ ފުށުން ޖަވާބެއް ނުލިބުނީމައެވެ.

” މެރީ އޭ؟ ހާދަ އަވަހަކަށް؟ ” ޔަޝްމީ ބޮލުގައި އަތްއަޅާލިއެވެ. އަދި ފާރުގައި ލައްވެލިއެވެ.

” ހޫމް.. އަވަހެއްނޫން.. އަހަރެން ބޭނުން ވީހާވެސް އަވަހަކަށް ޔަޝްމީ ގެންނަން… ” އިމްރާން ވާހަކަދެއްކިއެވެ. ސާދާ ގޮތަކަށެވެ. ހަދާނެގޮތް ހުސްވެފައިވާ ޔަޝްމީ ކޮޓަރިތެރޭގައި އެނބުރެނިއެވެ.

” އަހަންނަށް އަދި މާ އަވަސް…. ” ޔަޝްމީ ބުނެލިއެވެ. އިމްރާން ގޮތްދޫ ކުރާނެބާއޭ ހީކުރަމުންނެވެ.

” މިޔަދު މާ އަވަސް… މާދަމާ ކީކޭބާ ބުނާނީ؟ ޔަޝް ބޭނުންތަ ކޮންމެ ދުވަހަކުންވިޔަސް އަހަންނާ މެރީ ކުރަން؟ ” އިމްރާން ބޭނުމީ ޔަޝްމީގެ ޔަޤީންކަމެވެ. ޔަޝްމީގެ ދެލޯ މެރިގެން ދިޔައެވެ. އޭނާއަށް އިނގިލީގައި ދަތްއަޅާލެވުނެވެ.

” އަހަރެން……….. ތެދަށް ބުނަންޏާ ބުނެވޭނީ އަދިވެސް އިމްރާންދެކެ ލޯތްބެއް ނުވެވެޔޭ… އިމްރާން…. އަހަންނަށް މަޢާފްކުރޭ…. ” ޔަޝްމީ އެހިސާބަށް ބުނިވަގުތު އިމްރާން ފޯންކަނޑާލިއެވެ. އަދި މޭމަތީގައި ފޯން ބޭއްވުމަށްފަހު ދެލޯ މަރާލިއެވެ. އޭނާގެ ހިތުގައި ބިންވަޅު ނެގިފައިވާ ޔަޝްމީގެ ލޯބި ފަނާކޮއްލަން ބޭނުންވަނީވެސް ޔަޝްމީއެވެ،

ޔަޝްމީ އެތައް ފަހަރަކު އިމްރާންއަށް ގުޅިއެވެ. އިމްރާން ފޯން ނުނެގީ އިތުރަށް ދެރަވާނެތީއެވެ.

” އިމްރާން ފޯން ނަގާބަލަ! އަހަރެން ބުނަން ބޭނުންވާ ވާހަކަތައް އަޑުއަހާބަލަ…” ފޯނަށް ބަލަން އިނދެ ޔަޝްމީ ބުނަމުންދެއެވެ، އެންމެ ފަހުން އިމްރާން ފޯން ނުނެގުމުން ޔަޝްމީ ފޯން ނިއްވާލިއެވެ.

**********************

އިމްރާން އަވަސް އަވަހަށް ތެދުވިއެވެ. އަދި އަލަމާރިން ގަމީހެއް ނަގައި ލަމުން ލަމުން ކޮޓަރިން ނުކުތެވެ. އޭނާގެ ހަރަކާތްތައް އަވަހެވެ. އަވަސް އަވަހަށް ގޮސް ކާރަށް އެރިއެވެ. ކާރުގައި އިން އިރުވެސް ލޮލުން ކަރުނަ ފޮހެމުން ފޮހެމުން އޭނާގެ ހިތް ވިރުވަމުންދެއެވެ. އޭނާއަށް ކަންތައްކުރެވެން މިއުޅެނީ ރަނގަޅަށްތޯ އެތައް ފަހަރަކު އަމިއްލަ ނަފްސާ ސުވާލުކުރުމުންވެސް އެދެވޭ ޖަވާބެއް ނުލިބުނެވެ.

” އަހަރެން މާލެ ވެސް މިއައީ މިއަދު……… ހިއެއް ނުކުރަން އިމްރާން ތިހާ އަވަހަށް އަހަންނާ ބައްދަލް ކުރަން އަތުވެދާނެ ކަމަކަށް……” ނިކް ވާހަކަ ދެއްކީ އިމްރާނާއެވެ. އިމްރާން ހުރި ގޮތް ފެނުމުން ނިކް ސުވާލު އުފެދުނެވެ.

” ކޮބާ ކައިވެނި ކުރީތަ؟ ” އެހާ އެކުވެރިކޮށް އުޅުނު ނިކް މިޔަދު ވާހަކަ ދައްކާ އިރު ހީވަނީ ވަރަށް ދުރު ދެމީހުން ހެންނެވެ. ވާނީވެސް އެހެންތާއެވެ. ދެމީހުންނަށް ލޯބިވެވުނީ އެކަކު ދެކެއެވެ. އެކަކު އަނެކަކަށް ރުހެވޭނީ ކިހިނެތް ހެއްޔެވެ؟

” ކައިވެންޏޭ؟ ” އިމްރާން ސިހުނެވެ. ނިކް ބުމަ އަރުވާލިއެވެ.

” ހޫމ.. ޔަޝްމީ އަހަރެންނާ އެންމެ ފަހުން ދިމާވި ދުވަހު ބުނި ކައިވެނި ކުރަން އުޅޭވާހަކަ… ” ނިކް އެހެން ބުނުމުން އިމްރާން ހިތް މަރުވެގެން ދިޔައެވެ.

” ލޯބި ނުވެވޭ އިރު ކޮން ކައިވެންޏެއް؟ ” އިމްރާން ހިންދިރުވާލިއެވެ.

” ވަޓް؟ ރުޅިވީތަ؟ ” ނިކް ބޭނުންވީ އެ ދެމީހުންގެ ގުޅުން އޮތް ހިސާބެއް އޮޅުން ފިލުވާށެވެ. އިމްރާން ކަންތައްވީގޮތް ކިޔައިދިނެވެ، ނިކް އުފަލުންގޮސް އިމްރާން އާއި ކަރާކަރު މަހާލިއެވެ.

” ހުވާތަ؟ ޔަޝްމީ އަހަރެންދެކެ އެހާ ލޯބިވާއިރުވެސް އަހަރެން ކީއްވެތަ އޭނާ އާއި ދުރަށްދާން ބޭނުންވީ؟ އަޅެ އިންމަ އަހަންނަށް އޭނަ ހޯދަދީ.. ނޫނީ ބައްދަލްވެވޭ ގޮތެއް ހަދާދީ… ޕްލީޒް” ނިކް އަވަސް އަރުވާލިއެވެ.އޭނާ ވީހާވެސް އަވަހަކަށް ޔަޝްމީ ހާސިލްކުރަން ބޭނުންވިއެވެ.

” ހާސްނުވޭ.. މިރޭ 9 އަށް އަހަރެން ޔަޝްމީ ފޮނުވާނަން އާރޓިފިޝަލް ބީޗަށް… އޯކޭ..” އިމްރާން ބޭނުންވީ ޔަޝްމީއަށް އޭނާ ލޯބިވާ މީހާ ހޯދައިދޭށެވެ.. ހިތް ގަންބާލަމުން އިމްރާން އެ ނިންމި ނިންމުމަކީ އޭނާއަށް ހިތްދަތިކަން ލިބުނު ކަމެކެވެ.

******************

ކައިގެން އައިސް ޔަޝްމީ ފޯން ހުޅުވިއެވެ. އަދި ވިސްނާލަން އިނދެފައި އަނެއްކާވެސް އިމްރާންއަށް ގުޅިއެވެ.

” އިމް…ރާން…؟ ” ޔަޝްމީއަށް ބުނެވުނެވެ. ފޯންގައި ހަމަ ހިމޭންވަގުތުކޮޅެއް ދިޔައެވެ.

” މިރޭ 9އަށް އަރޓިފިޝަލް ބީޗަށް ގޮސްދޭތި ވަރަށް މުހިއްމު ކަމަކު… އަހަންނަކަށް ބަލައެއް ނުދެވޭނެ…..” އިމްރާން އެހެން ބުނުމަށްފަހު ފޯން ބޭއްވިއެވެ. އޭނާއަށް ކުރަން މިއުޅޭ ކަމާއި މެދު ހިތުގެ އަޑިން ހިތާމަކުރެއެވެ، ނަމަވެސް އޭނާއަށް ޔަޝްމީގެ ލޯބި ދުވަހަކުވެސް ނުލިބޭނެކަން ޔަޤީނެވެ. އިމްރާން ބައްދަލްކުރަން އެ އުޅެނީ ކީއްކުރަން ކަމެއް ޚުދު ޔަޝްމީއަކަށްވެސް ނޭނގެއެވެ. ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރެފައި ޔަޝްމީ ވިސްނަމުންދެއެވެ. އޭނާ މިރޭ އިމްރާން އާއި ވަރަށް ގިނަ ވާހަކަ ދައްކަން ބޭނުމެވެ. ހިތުގައިވާ ހުރިހާ އެއްޗެއް ކިޔައިދޭން ބޭނުމެވެ. އިމްރާން ބައްދަލްކުރަން އެދުމުން ޔަޝްމީގެ ހިތަށް ލުޔެއް ލިބުނެވެ،

**********************

ކާރަކަށް އަރައިގެން ޔަޝްމީ ބީޗަށް ދިޔައެވެ. އެކި ދިމަ ދިމާ ބަލަމުން ފޯން ނަގާ އިމްރާނަށް ގުޅާލިއެވެ.

” އަހަރެން މިހުރީ އިމްރާން ބުނި ތަނަށް އައިސް… އިމްރާން ކޮބާ؟ ” ޔަޝްމީ އެހިއެވެ.

” ޔަޝް… ތިތާ މަޑުކޮއްލާ!! ޔަޝްގެ ހުރިހާ އުއްމީދެއް ހުރިހާ ހުވަފެންތަކެއް މިރޭ ހާސިލްވާނެ….” އިމްރާންގެ އަޑުގައި އާހެއް އެކުލެވިގެން ވެއެވެ. ރިހުމެއް އުފެދިފައިވާކަން ޔަޝްމީ ދެނެގަތެވެ. ޔަޝްމީ ނުތަނަވަސް ވާން ފެށިއެވެ.

” އިމްރާން… ކޮންތާކު ތިހުރީ؟ އަހަރެންނަކަށް ނުފެނޭ އިމްރާންއެއް…” ޔަޝްމީ އެކި ދިމަ ދިމާ ބަލަމުންދެއެވެ.

” އަހަރެން… އަހަރެން މިހުރީ ގޭގަ.. ކޮޓަރީގަ…” އިމްރާން ބެދެމުން ބެދެމުން ކަހަލަ ގޮތަކަށް ބުނެލިއެވެ. ޔަޝްމީގެ ދެލޯ ބޮޑުވިއެވެ. އެއްޗެއް ބުނަން ވާއިރަށް އިމްރާން ފޯން ކަނޑާލިއެވެ. ޔަޝްމީ ގުޅަން މަސައްކަތް ކުރި ނަމަވެސް އިމްރާން ފޯނެއް ނުނެގިއެވެ. އިމްރާން ދެއްކި ވާހަކަތަކާއި މެދު ވިސްނާލަން ކުޑައިރުކޮޅަކު އެތާ ހުއްޓާ ޔަޝްމީއަށް ސިހުން ލިބުނީ އޭނާގެ ކޮނޑުގައި މީހަކު އަތްޖައްސާލުމުންނެވެ. އަވަސް އަވަހަށް ފަހަތް ބަލާލިއިރު ކުރިމަތީގައި ހުރީ އޭނާގެ ހިތުގެ ބައިވެރިޔާއެވެ. ހިތްއެދޭ ޒުވާނާއެވެ ލޯ ދުށުމަށް އެދި އެދި ހުރި ހިތުގެ ރަސްގެފާނެވެ. އިޝްޤީ ނަޒަރަކުން ލޯބިވެތި ގޮތަކަށް ޔަޝްމީއަށް ބަލަހައްޓައިގެން ދާދި ގާތުގައި ހުއްޓައެވެ. ޔަޝްމީގެ މޫނުމަތިންވެސް އުޖާލާކަން ފެންނަން ފެށިއެވެ. އޭނާގެ އަތުތެރެއަށް ބޮނޑިވެގަންނަން ހިތްއެދެން ފެށިއެވެ. ކުރިއަށް ވުރެންވެސް މިހާރު ނިކް ރީއްޗެވެ، ނުފެނި އެތައް ދުވަހެއް ވަންދެން ހުރުމަށްފަހު ނިކް ފެނުމުން ޔަޝްމީ ބޭނުންވަނީ މުޅި ރޭ އޭނާގެ ކައިރީގައި ވޭތުކޮއްލުމަށެވެ. އެހާވެސް ލޯބިވެއެވެ.

އެ ލޯބީގެ އޮއިވަރުން ބޭރުވާން ގިނަވަގުތެއް ނުނެގިއެވެ. އެ އުފާވެރި މޫނު ބަދަލުކޮއްލާކަށް ގިނަ އިރެއް ނުވިއެވެ. އިސާހިތަކު ޔަޝްމީގެ ރީތި މޫނަށް ތޫފާނެއް އައި ފަދައެވެ. އޭނާ ނިކްއަށް ފުރަގަސް ދިނުމަށްފަހު ބުނެލިއެވެ.

” ކީއްކުރަން މިތަނަށް ތިއައީ؟ ” ޔަޝްމީ ތުރުތުރު އަޅަން ފެށިއެވެ. ނިކް ޔަޝްމީގެ ކުރިމައްޗަށް އެރިއެވެ. ޔަޝްމީ އިސްޖެހީ ނިކް އާއި ދިމާއަށް ބަލަން ބޭނުން ނުވާތީއެވެ.

” ޔަޝްގެ ލޯތްބަށް އެދި ސަލާންޖަހަން… އަހަރެންނަށްވެސް ޔަޝްދެކެ ވަރަށް ލޯބިވެވިއްޖެ… ” ނިކްގެ އަސަރުގަދަ ޖުމުލަތައް އަހަން ޔަޝްމީއަށް ކެތްވަނީކީ ނޫނެވެ. އޭނާ އަބަދުވެސް އަހަން ބޭނުންވި ޖުމުލަތައް ނިކްގެ ފަރާތުން އިވެމުން އެދަނީ ވަގުތު ފާއިތުވީ ފަހުންނެވެ. ޔަޝްމީއަށް ރޮވޭގޮތްވިއެވެ.

” އަހަރެންނަށް ޔަޝް ނުލިބޭނެޔޭ ހީވެގެން ތައިލެންޑަށް ބަދަލުވިން.. އެކަމަކު އެތަނުގަވެސް އަހަންނަކަށް ކެތެއްނުވި.. އެތާ އެ ހޭދަވި މަހެއްހާ ދުވަސްތެރޭގަ އަހަންނަށް ޔަޤީން ވި އަހަންނަށް ހަޤީޤީ ލޯބި ވެވުނީ ޔަޝްދެކެ ކަމަށް.. އަހަރެން ރާއްޖެ އައީ ޔަޝް ދެކިލަން.. އަހަރެން ހީކުރިން އިމްރާންގެ އަތްބެއްގެ ގޮތުގައިކަމަށް ހުންނާނީ.. އެކަމަކު ޚުދު އިމްރާން އަހަރެން ގާތަށް އައިސް ހުރިހާ އެއްޗެއް ކިޔައިދިން،،، ތަޤްދީރުގައި ޔަޝް ލިބެން އޮތީ އަހަންނަށް ކަމުން މިހެން މިވީ…” ނިކް ފަޒާގެ ތެރެއަށް ނަޒަރު ހިންގާލުމަށްފަހު ފުންނޭވާއެއް ދޫކޮއްލިއެވެ. ޔަޝްމީ އަވަސް ނޭވާތަކެއް ދޫކުރަމުންދެއެވެ.

” ކޮން ހުރިހާ ވާހަކައެއް؟ ” ޔަޝްމީ އަވަސް އަވަހަށް އެހީ ނިކް އާއި ދިމާއަށް ބަލާލަމުންނެވެ.

” ޔަޝް ލޯބިވަނީ އަހަރެންދެކެ ކަމާ ޔަޝް އުޅެން ބޭނުންވަނީ އަހަރެންނާ އެކީގަކަން..އަދި އިންމަ އާއި އެކު އުޅުނު މަހެއްހާ ދުވަހު އިންމައަށް ޔަޝްގެ ފަރާތުން އެއްވެސް ލޯތްބެއް އަދި އަޅާލުމެއްވެސް ނުލިބޭވާހަކަ… ކައިވެންޏަށް އެދުނީމަ އެކަމާ އިންކާރު ކުރީވެސް އަހަރެންދެކެ ވާ ލޯބިންކަމަށްވާތީ.. އަދި ޔަޝް އަމިއްލައަށްވެސް އިންމަ ދެކެ ލޯބި ނުވެވޭ ވާހަކަ އިންމަ ކައިރީ ބުނި ވާހަކަވެސް ބުނި.. އެހެންވެ އިންމަ ބޭނުންވީ ޔަޝްގެ ލޯބި ޔަޝްއަށް ހޯދައިދޭން….” ނިކް ވާހަކަ ދައްކަމުން ދިޔަ އިރު ޔަޝްމީގެ ލޮލުން ކަރުނަ އޮހޮރަމުންދެއެވެ. ނިކްއަށް އެ މަންޒަރު ފެނި އަވަސް އަވަހަށް ދެއަތުން ޔަޝްމީގެ މޫނުގައި ފިރުމާލިއެވެ.  ޔަޝްމީ ނިކްގެ އަތުގައި އަތްޖައްސާލަމުން ނިކްގެ މޫނަށް ބަލާލިއެވެ. އަދި މަޑުމަޑުން ބުނެލިއެވެ.

” އަހަންނަށް ކަމެއް ކޮއްދީފާނަންތަ؟ ” އެހާ ދެރަވެފައި ޔަޝްމީ ހުރުމުން ނިކްވެސް ހިތުގައި  ޖެހޭގޮތްވިއެވެ.

” ހޫމ… އަވަހަށް ބުނޭ..”

” އިމްރާންއަށް ގުޅާފަ އޭނަ މިތަނަށް ގެނެސްދީބަލަ… ” ނިކްއަށް ޔަޝްމީގެ މޫނަށް ބަލާލެވުނެވެ.

” ޕްލީޒް…” ޔަޝްމީ އަނެއްކާވެސް އެދުނެވެ. ނިކް ފޯން ނެގުމަށްފަހު ތަންކޮޅެއް ދުރަށް ޖެހިލިއެވެ.

” ވަރަށް ނާންނަން އުޅުނު… ޔަޝް ބުނިއްޔޭ ބުނީމަ އެބަ އާދެ….” ނިކް ބުނެލިއެވެ. އޭނާ އެހުރީ ވަރަށް ބޮޑަށް ނުތަނަވަސް ވެފައެވެ. ޔަޝްމީގެ ހަމަހިމޭންކަމުން ނިކްއަށް އަސަރުކުރަމުންދެއެވެ. ދެމީހުންގެ ދެމެދު އެއްޗެއް ނުބުނެ އިރުތަކެއް ވާންފަށައިފިއެވެ.

” ޔަޝް… ” ނިކް މަޑުމަޑުން ގޮވާލީ މޫދާއި ދިމާއަށް ބަލަން ހުރި ޔަޝްމީއަށެވެ، ޔަޝްމީ ނިކްއަށް ބަލާވެސް ނުލާ ހުމް އެކޭ ބުނެލިއެވެ.

” އުފަލެއް ނުވޭތަ؟ އަހަރެމެން ދެމީހުން ބައްދަލްވީމަ؟ ” ނިކް ކުޑަކޮށް ހަމަޖެހޭގޮތް ދައްކާލަމުން ބުނެލިއެވެ. ޔަޝްމީ ނިކްއަށް ބަލާލިއެވެ. ޖެހެމުންދާ ވަޔާއި އެކު އޭނާގެ އިސްތަށިގަނޑުވެސް ނަށަމުންދެއެވެ. ޔަޝްމީ ވިސްނަމުންދަނީ ކީކޭކަން ނޭނގޭތީ ނިކް ވަރަށް ބޮޑަށް ކަންބޮޑުވަމުންދެއެވެ،

އެއްލި ކަޅިއަކުން ޔަޝްމީއަށް އިމްރާން އަންނަތަން ފެނުނެވެ. އޭނާ ލައިފައިވާ ކަޅުކުލައިގެ ގަމީހާއި ފަޓްލޫނުން އޭނާގެ ހިތާމަތައް ބޭރަށްވެސް ހާމަވާން ހުރިތަން ޔަޝްމީ ދުށްޓެވެ. ޔަޝްމީ ދުރަށް ބަލަމުންދާގޮތުން ނިކްވެސް ބަލާލިއެވެ.

އިމްރާން އައިސް ހުއްޓުމުން ވަރަށް ރަނގަޅަށް އިމްރާންގެ މޫނަށް ޔަޝްމީ ބަލާލިއެވެ. އިމްރާން ދުރަށް ބަލަމުންދިޔައީ ހިތައް ވާ ތަދަކުންނެވެ.

” ކީއްވެ މިހެން ތި ހެދީ ؟ ” ޔަޝްމީ ރޮވެގޮތްވަމުން އެހިއެވެ. ނިކްއަށް ވާނުވާ ނޭނގޭ ކަހަލަ ގޮތަކަށް ބަލާލީ އިމްރާނަށެވެ.

” އަހަރެންނަށް އަންގާވެސް ނުލާ އިމްރާން ބޭނުންވާހާ ގޮތަކަށް ހުރިހާ ކަމެއް ނިންމަންޖެހޭތަ؟ ” ޔަޝްމީއަށް މިފަހަރު ރޮވުނެވެ. އޭނާ ދެލޮލުން އަންނަ ކަރުނަތަކަށް ސަމާލުކަން ނުދީ އިމްރާންގެ ކުރިމައްޗަށް އެރިއެވެ. އިމްރާންގެ ލޮލުތެރެއިން ވިދަމުންދާ ކަރުނަތައްވެސް ޔަޝްމީއަށް ފެނެއެވެ.

” އިމްރާން…. ޖަވާބު ދީބަލަ….” ޔަޝްމީގެ އަޑު ބާރުވިއެވެ. ނިކް އަދިވެސް ހުރީ ޔަޝްމީ ބުނަން އުޅެނީ ކީކޭ ކަމެއް ނޭނގިގެން ކަންބޮޑުވެފައެވެ.

” އަހަރެން ޔަޝް ބޭނުންވާތީ ކައިވެންޏަށް އެދުނީ… އެކަމަކު ޔަޝް އެވަގުތުވެސް ބުނީ އަހަރެންދެކެ ލޯތްބެއް ނުވެވުނޭ….ދެން އޭގެ މާނައަކީ ކޮބާތަ ޔަޝް؟ މަހެއް ވެގެން ދިޔައިރުވެސް އަހަރެންދެކެ ކުޑަކޮށްވެސް ޔަޝް ލޯތްބެއް ނުވޭ.. ލޯބިނުވާ މީހަކާ ގުޅިގެން އުޅެން އުނދަގޫ ވާނެކަން އަހަންނަށްވެސް އެނގޭ… އެހެންވެ އަހަރެން ކީއްކުރަން އަހަރެންގެ ދިރިއުޅުމުގަ ޔަޝް ކަސްތޮޅު އަޅުވައިގެން ގެންގުޅެންވީ؟ އަހަންނަށް އެކަމަށް އޮތީ ކޮންހައްޤެއް..؟ ” އިމްރާން މަޑުމަޑުން ބުންޏެވެ. ޔަޝްމީއަށް އިތުރަށް ރޮވުނެވެ.

” އިމްރާންއަށް އޮތީ ކޮން ހައްޤެއް އަހަރެން މީސްމީހުންނާ ގުޅުވަން މަސައްކަތް ކުރަން؟ ބުނެބަލަ ކޮން ހައްޤެއް އޮތީ.. ؟؟” އެ ޖުމުލައިން އަސަރު ކުރީ ނިކްއަށެވެ. ނިކް އަށް ލޯމަރާލެވުނެވެ.

” އެދުވަހު އަހަރެން ދެއްކި އެއްވެސް ވާހަކައެއް އިމްރާން ނޭހީމެއްނު… އަހަރެން އިމްރާންދެކެ ލޯތްބެއް ނުވެވެޔޭ ބުނި ތަނުން ފޯން ކަނޑާލީ.. އަހަރެން ދައްކަންވެފަ ހުރިވާހަކަތައް ދައްކަން ފުރުސަތުވެސް ނުދިން… ދެން މިރޭ މިތަނަށް އަންނަން ބުނީމަ އަހަރެން މިއައީވެސް އިމްރާން އާއި ވާހަކަ ދައްކަން ބޭނުންވާތީ… ” ޔަޝްމީ މޫނުމަތިން ކަރުނަތައް ފޮހެލިއެވެ. އަދި އިމްރާންއަށް ބަލާލިއެވެ.

” އެނގޭތަ އެދުވަހު އަހަރެން ބުނަން އުޅުނީ ކީކޭ ކަން؟ އަހަރެން އިމްރާންއާއި މެރީކުރަން ބޭނުން.. އެކަމު އަދިވެސް އަހަންނަށް ލޯބި ނުވެވޭތީ އަހަންނަށް ވަގުތު ކޮޅެއް ދޭށޭ ބުނަން އުޅުނީ.. އެގޮތް އިމްރާން ބޭނުން ނުވަންޏާ މެރީ ކޮއްފަވެސް އަހަރެން ލޯބިވާން މަސައްކަތް ކުރާނަމޭ ބުނަން އުޅުނީ… ފަހުންވެސް އަހަރެން ވަރަށް ގުޅިން.. އެކަމު އިމްރާންއަށް އަހަންނަށް އަނގައިން ބުނެލާނެ ވަގުތެއްވީ މިތަނަށް އަންނަން ބުނަންވެގެން،،،،،،،،، އިމްރާން ކީއްވެ ތިހެން ހެދީ؟ ” ޔަޝްމީ ދެރަވެފައި ހުރި ވަރު އިމްރާންއަށް އެނގުނެވެ. އަދި ދެކޮޅުބަލާ ނުލާ އޭނާއަށް ނިންމުނު ނިންމުމަކީ ބޭކާރު ކަމެއްކަން އެނގިއްޖެއެވެ. ނަމަވެސް ނިކްއަށް ދައްކާނީ ކޮން މުނެއް ހެއްޔެވެ؟ ނިކް ހުރީ އިސްޖަހައިގެންނެވެ. އޭނާ އިރުއިރުކޮޅުން ދުރަށް ބަލާލައެވެ. އޭނާގެ މޫޑު މުޅިން ހިނގައްޖެއެވެ.

” ޔަޝްއަށް އެނގެ އެއްނު ނިކް ޔަޝް ދެކެ ލޯބިވާކަން… ޔަޝްވެސް ލޯބިވަނީ ނިކް ދެކެ… ދެން ކީއްވެތަ ލޯބި ނުވާއިރުގައިވެސް ޔަޝް އަހަރެން ބޭނުންވަނީ…….؟” އިމްރާންގެ ހިތުގައި އަބަދުވެސް އުފެދޭ ސުވާލެއް އޭނާ ނިކްގެ ކުރިމަތީގައިވެސް ކުރިއެވެ. ޔަޝްމީ ނިކްއަށް ބަލާލަމުން ބުނެލިއެވެ.

” އެއީ މިޔަދު އަހަންނަށް ހުރި ގޮތް…. ” ޔަޝްމީ އެހެން ބުނުމާއި އެކު ލުތްކެއް ޖަހާފަދައިން ނިކް އައިސް ޔަޝްމީގެ ދެކޮނޑުގައި ހިފާ ބާރުބާރަށް ބުނެލިއެވެ.

” ކޮން ގޮތެއް؟ ޔަޝްމީއަށް ހުރީ ކޮންގޮތެއް؟؟ އަހަރެން މިހާ ލޯބިވާއިރުވެސް އަދި ޔަޝްމީ އަހަރެންދެކެ ތިހާ ލޯބިވާއިރު އަހަރެންގެ ކައިރިއަށް ނާންނަން ތިއުޅެނީ ކީއްވެ؟ ކޮން މަޖުބޫރެއް އޮވެގެން؟ “

” އާނ އަހަންނަށް މަޖުބޫރު.. އަހަންނަށް މަޖުބޫރު ކުރުވީ ނިކްގެ މަންމަ،،،،،،،،،،،” ބިރު ގަނެފައިވާ ވަރުން ޔަޝްމީއަށް ބުނެވުނެވެ. ނިކްއަށް ޔަޝްމީގެ ގައިން ދޫކޮއްލެވުނެވެ. އޭނާއަށް ޤަބޫލުނުކުރެވޭފަދަ ގޮތަކަށް ޔަޝްމީއަށް ބަލާލިއެވެ. އިމްރާން ޔަޝްމީގެ ގައގައި ހިފަހައްޓާލިއެވެ.

” މަންމަ އޭ؟؟؟؟” ނިކްއަށް އަހާލެވުނެވެ. ޔަޝްމީގެ ލޮލުން ފައިބަމުންދާ ކަރުނަތަކުންނާއި އޭނާ ގިސްލަމުންދާވަރުން އިތުރު ހެއްކެއް ނިކް ބޭނުމެއް ނުވިއެވެ. ޔަޝްމީގެ މޫނުމަތިންވެސް އެ މަޖުބޫރީ ފެނެއެވެ. އެއީ ފުރަތަމަ ޔަޝްމީއަށް ނިކް ފެނުމާއި އެކު އޭނާގެ މޫނު އުޖާލާވި ގޮތާއި ލޯބިން ފުރުވާލި ގޮތްގަނޑު ފަހުން ބަދަލުކޮއްލީ އެ މަޖުބޫރީގެ ސަބަބުންކަން ނިކްއަށް ފާހަގަކުރެވުނީ އަދި ކިރިޔާއެވެ.

Share Article

Follow Me Written By

Salaa

Level 210 Stories100 Comments

my facebook page: https://www.facebook.com/pages/Stories-by-Salaa-Xifah-Angel/157114861119810

Other Articles

Previous

އެކުގައިވާން އެދެމޭ… 1

Next

ހިތުގާ ފޮރުވާލަދޭށޭ ( 1 ވަނަ ބައި )

Next
February 14, 2014

ހިތުގާ ފޮރުވާލަދޭށޭ ( 1 ވަނަ ބައި )

Previews
February 13, 2014

އެކުގައިވާން އެދެމޭ… 1

13 Comments!

  1. na says:
    February 14, 2014 at 7:34 am

    hehehehehe v salhi salaa kniraku nik ge mom yash kairi ah dhiyae???? v salhi next part ah inthizaru kuran….haadha dhera ey ekakuves happy eh nuvey…enmen ves rone,….. mihaaru koba dheena..eyna v knthaku?

  2. salaa says:
    February 14, 2014 at 9:06 am

    hi na.. hehe yash ekan sirru koffa othy? loabi loabi kiyuntherinnah ves sirru kuriyyo 🙂 dheenaa veethan ves ingeyne.. story adhi nunimeye koifulhaa.. but v sad news eh ebaoi.. mivaahaka mi hisaabun kuda koh madu jehunymi.. me ah mi vaahaka upload kurevuny save kurevifa invaru rangalhah balaa nulaa.. iny mihaa hama ah.. kurin ves bunymehnu dw mee araamagu site ga me upload kuri vaahaka ekey.. . e site ah v dheragotheh vegen vaahaka thah gelluny.. so mi vaahakaige anehbai me ah libunuhaa avahakah genesdheynan.. fans keep in touch pls.

  3. me says:
    February 14, 2014 at 11:19 am

    alhe c kntha salad??/ v kada, vaahaka v salhi, waiting 4 d next part

  4. shiny says:
    February 14, 2014 at 12:11 pm

    ?????????? do you know my FB ID salaaa

  5. na says:
    February 14, 2014 at 12:39 pm

    alhey wait khlaanan…v kiya hithun mihunnanee ves……i will miss this story….salaa ah igey tha story liya iru haadha nidhi adhe ey….inna thanuga idhegen liye ninmaalan ves jeheyne….keep it up salaa wll wait for next part….

  6. aju says:
    February 15, 2014 at 2:41 am

    Salaa, haadha dheragothekey thivee , dhen neyge dho anebbai libeyne dhuvahevves

  7. fathun says:
    February 18, 2014 at 3:49 pm

    Alhey so sad… v v v v nyc wahaka neh.. waitin fr da next part soon…

  8. shai says:
    February 21, 2014 at 1:51 pm

    Aneah bai genasdyba avahah,,,, v kiyaahithun

  9. saai says:
    February 26, 2014 at 4:20 pm

    ..salaa me athuga edbaoi full story download kohfa

    1. Salaa says:
      February 26, 2014 at 8:52 pm

      ASLUGA VES THA SAAI>> PLSSSSSS SEND ME>>>>>> [email protected] ah mail kohdheee plssssss

  10. zamy says:
    February 26, 2014 at 4:22 pm

    Plz plz plz plz plz plz plz update kodhibala arvaha mihaaru kyhaa dhuvahe mikahal storie tha mihaalahun update kuran yaa kyaahe kadana .plz plz plz pl plz plz updated soon

  11. zam says:
    February 26, 2014 at 4:24 pm

    Plz plz plz update kodhibala arvaha mihaaru kyhaa dhuvahe inthisaaru kuraa thaa

  12. saai says:
    February 26, 2014 at 10:41 pm

    (: .i send you the full story. like that story alot

Comments are closed.


All Right Reserved!