Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންމަގެ ޑައިރީ 15 ވަނަ ބައި (މާފުކުރާށެވެ)

xaash Level 110 Stories
February 15, 2014 5 Mins Read
10 Comments

ދަރިފުޅާއެވެ. އެ ގަނޑު ފެނުމާއި އެކީ މަންމަގެ ހިތައް ބިރުވެރިކަން ވަނެވެ. ސަކިންތަ ލިޔެފައިވާ ލިޔުމެއްކަން އެނގުމުންނެވެ. ވަކި މީހަކަށް އެޑްރެސްކޮށްފައި ނެތީމައެވެ. މަންމަގެ ބޮޑު ސިއްރުގެ ވާހަކަ ލިޔެފައި އޮވެދާނެތީއެވެ. ރޯމަހެއްހެން މަންމަގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އެނދުގައި އިނދެ އެ ގަނޑު ކިޔަމުންދިޔައިރު މަންމަގެ ދެތައް ތުރުތުރު އަޅާވަރުން ގަނޑުވެސް ވެއްޓޭވަރު ވެއެވެ.

ސަކިންތަ ލިޔެފައިވާ ލިޔުން ކިޔަން އެހާ ބިރުގަތީ ކީއްވެކަން މަންމައަށް ބުނެދޭކަށް ނޭނގެއެވެ. މަންމައާއި ދަރިފުޅު ހާސްވާންވީ އެއްވެސް އެއްޗެއް އެ ގަނޑަކު ނެތެވެ. އޭގައި ވަނީ މަންމައާއި ދަރިފުޅު އުފާކުރަންވީ ވާހަކައެކެވެ. ފެށުމުގައި މަންމަ އިނީ ދެރަވެ ރޮވިފައެވެ. ބިރުންގޮސް ތުރުތުރު އަޅާފައެވެ. އެކަމަކު ކިޔާނިމުންއިރު މަންމަގެ ހިތާމައަށް ކުޑަނަމަވެސް ލުއިކަމެއް ލިބުނެވެ. ހިންހަމަޖެހުމެއް ލިބުނެވެ. އޭގައިވަނީ މަންމައާއި ދަރިފުޅުގެ ކުރިމަގަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަށް ހައްލެއް ހޯދައިދީފައެވެ. ދަރިފުޅުގެ ހައްޤުގައި މަންމަ ފިކުރުކުރި ކަންތަކަށް ލުޔެއް ލިބުނެވެ. ދަރިފުޅާއެވެ. ސަކިންތަ މި ދުނިޔެއާއި ވަކިވެގެން ދިޔައީ މަންމައާއި ދަރިފުޅަށް މަގު ތަނަވަސްކޮށްދީފައެވެ. ސަކިންތަގެ ފެންވަރުން އުޅެވޭނެގޮތް  ހޯދައިދީފައެވެ. ސަކިންތަ ލިޔެފައިވަނީ އެވާހަކަތަކެވެ. ސަކިންތަގެ މިލްކިއްޔާތުގައި ވާހާއެއްޗެއް މަންމައާއި ދަރިފުޅަށް ހިބަކޮށްދިން ވާހަކައެވެ. ސަކިންތަގެ ގެއާއި ގެދޮރު މަންމައާއި ދަރިފުޅަށް ލިޔެ ހިބަކޮށްދީފައި މިދުނިޔެއާއި އަލްވަދާއު އެކީ އެފަކީރުގެ އެނިކަމެތިކަމުގައިވެސް އަހަރެން ދެމައިންނަށް އެހީތެރިކަމުގެ ގޮތުން ކޮށްދެވެން އޮތް ހުރިހާކަމެއް ކޮށްދީފައެވެ. އުޅޭނެ ތަނެއް ނެތިގެން ނުކުމެގެން ދާންޖެހިދާނެކަމުގެ ބިރުވެރިކަން ފިލީ އެ ލިޔުން ފެނުމުންނެވެ.

އެ ލިޔުން ކިޔާ ނިމުމާއި އެކީ މަންމައަށް ލިބުނު އުފަލެއްގެ ބޮޑުކަމުން މަންމައަށް ދަރިފުޅާއި ދިމާއަށް ބަލާލެވުނެވެ. ރާޝިދުގެ އުނގުގާ ދަރިފުޅު އިނީ މިވާ އެއްވެސްކަމެއް ނޭނގޭހާލުގައެވެ. ރޯންވެސް ހޭންވެސް ނޭނގޭ ހާލުގައެވެ. ދަރިފުޅާއި ދިމާލަށް ބަލާލަމުން މަންމައަށް ހިންހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އަދި އެ ލިޔުން ގެނެސް މޭގައި ޖައްސާ ބާރުކޮށްލެވުނެވެ. މިމަންޒަރު ބަލަން ވަރަށް ގާތުގައި ރާޝިދު ހުރެފައި މަންމަގެ ގާތަށް އައިސް މަންމަގެއަތުގައިވާ ގަނޑު ނަގާ ކިޔަންފެށިއެވެ. އަދި ކިޔާނިމުމާއި އެކީ މަންމައަށް ހިތްވަރު ދިނެވެ. މި ދުނިޔެއަކީ ވަގުތީ ތަނެއްކަން ހަނދާންކޮށްދިނެވެ. މި ލިބުނު ހަދިޔާއާއި އެކީ ކުރިއަށް ގޮސް މާޒީއިން އިބުރަތް ހާޞިލުކުރުމަށް ނަސޭހަތްތެރިވެ އޯގާތެރި ފިރުމުންތަކަކުން މަންމައާއި ދަރިފުޅުގެ ގައިގައި ފިރުމަމުން ދިޔައެވެ. އިންސާނިތްޔަތުކަމުގެ އެންމެ މަތީ ދަރަޖައަށް އޭނާގެ އެހީތެރިކަން ގެންދިޔައެވެ.

ދަރިފުޅާއެވެ. މީގެ ދުވަސްކޮޅެއްކުރިން މަންމައަކީ ސާފު ބޯކިރު ފޮދެއްހާ ތާހިރު މީހެކެވެ. އެ ބޯކިރުފޮދުގެ ތެރެއަށް ވައްޓާލި ހަމަ އެންމެ ދެލިކޮޅެއް މުޅި ބޯކިރުފޮދު ކަޅުކުރަމުން ދާހެން މަންމަގެ މުޅި ހަޔާތް މިދަނީ ކަޅުވަމުން ބަނަވަމުންނެވެ. އުފާވެރިކަމެއް ލިބެނީކަމުގައި ހަމަ އުންމީދު ކުރެވޭ އިރަށް މަތިމައްޗަށް ހިތާމަވެރިކަން މިދަނީ ވެރިވަމުންނެވެ. ރާޝިދުގެ ލޯބި ގަބޫލުކޮށް ލިބުނު ހިންހަމަޖެހުމުގެ އުފާވެރިކަން ފާހަގަކުރަން ޖެހުނީ، ހަމައެރޭ އެ ނުލަފާ މީހާގެ ވަކިތަކުގައި އަނެއްކާވެސް ބަނދެވިގެން އޮވެގެނެވެ. ޖެހިގެން އައިދުވަހު އުފުލަން މި ޖެހުނީ އެއަށްވުރެވެސް ހިތާމަވެރި ނިކަމެތި ކަމެކެވެ. ސަކިންތަ މި ދުނިޔެއާއި އަލްވަދާއު ކިޔުމުގެ ބަދުނަސީބު މަންމަގެ ދިރިއުޅުން ވަށާލިއެވެ. އެކަމަކު މަންމަގެ ހިތްވަރަކަށް ކުޑަވެސް ބަދަލެއް ނުގެންނަމެވެ. ދަރިފުޅުގެ ހައްޤުގައެވެ. ދެން ކުރިމަތިވާނެ ދެރަ ބަދުނަސީބު ކަމެއްގެ ކުޑަ ބޮޑުމިނެއްވެސް ނޭނގޭ ހާލުގައި އުފާވެރިކަމަށް އުންމީދުކުރަމުންނެވެ.

ދަރިފުޅާއެވެ. އަޑުއަހާށެވެ. ސަކިންތަ ނިޔާވިކަމުގައި ވިޔަސް ރާޝިދުގެ ފަރާތުން މަންމައާއި ދަރިފުޅުގެ ދިރިއުޅުމަށް ލިބެމުން އައި އެހީތެރިކަމާއި އެއްބާރުލުމަށް ކުޑަވެސް ބަދަލެއް ނައިސް ކުރިއަށް ދިޔައެވެ. ދެމައިންނަށާއި ގޭތެރެއަށް ކުރަން ޖެހޭހާ ޚަރަދެއް ކުރަމުން ދިޔައެވެ. ބައެއް ފަހަރަށް އެއީ ބޭކާރު ޚަރަދޭ ހިތައް އަރާވަރަށްވެސް ޚަރަދު ކުރަމުން ދިޔައެވެ. މުއްސަދިންގެ ގޭގައި ހުންނާނެ ހުރިހާ އެއްޗެއްކަހަލަ ގޮތަކަށް ގެއަށް ހޯދާ ހަމަކުރަމުން ދިޔައެވެ. ޓީވީއާއި ލެޕްޓޮޕާއި ކެމަރާ ފަދަ އެއްޗެހި ހޯދާ ނިންމާލީއަކީ ނޫނެވެ. އެންމެ ފެޝަން އަންނައުނާއި ގޭތެރޭގައި ހިފާ ގެންގުޅޭ ފަހުގެ އާލާތްތައް ހޯދައިދިނެވެ. ކޮޓަރިއާއި ސިޓިންރޫމްވެސް ޒަމާނީ ފެންވަރަށް ތަރައްގީކޮށް އެންމެ ފަހުގެ ބޮޑެތި ފަރުނީޗަރުތައް ވައްދާ ފުރިހަމަކުރިއެވެ. މި ހުރިހާކަމެއް ކުރަމުން ދިޔައިރު ރާޝިދު އެއީ ސަފާރީއެއް ބަނުބަށް އައިސް ހުރި މީހެކޭވެސް އޭނާގެ ހިތައް ނާރާކަހަލައެެވެ. އެކަން ހަނދާން ކޮށްދިނުމަށް މަންމަ ކުރި މަސައްކަތްތަކަށްވެސް އޭނާ މާ ބޮޑު ފަރުވާލެއް ނުބެހެއްޓިއެވެ. ދާންވީމާ ދާނީ ކަމުގައި ބުނަމުން ދިޔައެވެ. އަދި މަންމަ އޭނާއާއި އެކީ ހުރިހާ ދުވަހަކު އޭނާ ދާން ނުޖެހޭނެކަމުގައި ބުނަމުން އައެވެ. އޭނާގެ އިހުސާންތެރިކަން ހުރިގޮތުން އޭނާގެ ކަންކަމުގައި ކޮޅުފައިން ޖަހަން ނުކެރިގެން މަންމަވެސް މަންމަގެ ހިތުގެ ހިންހަމަޖެހުން ހޯދަމުން ދިޔައީ މަންމަގެ ދިރިއުޅުމަށް އަވަލާފައިހުރި ނުބައި މީހާއާއި ސިއްރުންނެވެ. ކައިވެނިކުރަން ބޭނުންކަމުގައި ދެމީހުންވެސް ބުނަމުން އެކަމަށް ތައްޔާރުވަމުން އައީ އެދުވަހުގެ އުފަލާއި ހިންހަމަޖެހުން ހޯދުމަށެވެ. އަދި ރާޝިދުގެ ހިމާޔަތް ލިބުމުން އެމީހާގެ އަނިޔާވެރިކަމުން ސަލާމަތް ވެވޭނެ ކަމުގައި ވިސްނަމުންނެވެ.

ދުވަސްތައް މިގޮތުގައި ފާއިތުވަމުން ދިޔައެވެ. ސަކިންތަ މަރުވިތާ އަހަރެއްހާ ދުވަސް ވީއިރު މަންމައާއި ރާޝިދުގެ ގުޅުންވެސް ދިޔައީ ބަދަހިވަމުންނެވެ. ކައިވެންޏަކާއި ދޭތެރޭ ވިސްނަމުން ދިޔައީމެވެ. ކުދިކުދި ތައްޔާރީތައްވެސް ވަމުންނެވެ. ދަރިފުޅަށްވެސް އެންމެ ރަނގަޅު ގޮތަކަށް ވާނީ އޭރުން ކަމުގައި ވިސްނަމުންނެވެ.

ދަރިފުޅާއެވެ. މަންމަގެ ދިރިއުޅުމުގައި އުފާވެރިކަން ހިމެނިފައި އޭރު އޮތީ ހަމައެކަނި ދަރިފުޅާއި ރާޝިދުގެ ފަރާތުންނެވެ. ދަރިފުޅުގެ ތިންވަނަ އުފަންދުވަސް ފާހަގަކުރުމަށް ރާޝިދު އެދުމުން މަންމަ އެކަމަށް އެއްބަސްވީވެސް ހަމަ އެސަބަބަށްޓަކައެވެ. އޭނާއާއި ދަރިފުޅާ އޮތް ގާތް ގުޅުމުގެ ސަބަބުންނެވެ. މަންމައާއި ރާޝިދުގެ ގުޅުމުގެ ސަބަބުންނެވެ. އެކަމަކު ކަންތައްތައް ބަދަލުވާނެ ވަގުތެއް އެނގޭ ހަމަ އެކަކުވެސް ނުހުންނާނެ ކަމުން މަންމަގެ ދިރިއުޅުން ވެސް އަނެއްކާވެސް އެނބުރެއްފެށިއެވެ. ދަރިފުޅުގެ އުފަންދުވަސް ފާހަގަކުރަން ތައްޔާރުވަމުން އައިކަމުގައިވިޔަސް ރާޝިދުގެ އުޅުމަށް ބަދަލުއަންނަކަން ފާހަގަ ކުރެވެން ފެށިއެވެ. ބަސްމަދުވެ އޭނާގެ ސަމާސާ ގޮތްގަނޑު ކެނޑެން ފެށިއެވެ. މަންމައާވެސް އޮންނަ ގުޅުމަށް ބަދަލު އަންނަކަން ފާހަގަ ވާންފެށިއެވެ. ދެމީހުން ދޭތެރޭ އޮތް ގުޅުން ހީނަރުވާން ފެށުމުން މަންމަ އެކަމާއި ވާހަކަދައްކަން ފެށީމެވެ.

ރާޝިދު އިނީ ސިޓިން ރޫމްގައި ސޯފާގައި އިށީދެލައިގެނެވެ. އިސްޖަހާލައިގެން ކަމަކާއި ފިކުރުކުރާށެވެ. މަންމަވެސް ބަދިގޭގައި އުޅެފައި ކޮޓަރިއަށް ވަންނަން ދަނިކޮށް ރާޝިދު އޭނާގެ ހުވަފެނީ އާލަމުގައި ފިކުރުކުރަން އިންތަން ފެނުމުން ފުރުޞަތުގެ ބޭނުން ހިފަން މަސައްކަތް ފެށީމެވެ. ރާޝިދުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާލައިގެން އޭނާގެ ކަކުލުގައި އަތްއަޅުވާލީމެވެ. އޭނާ ޖަހައިގެން އިން އިސް އުފުލާލުމަށް މަންމަގެ އަތުން މަސައްކަތް ކުރީމެވެ. ހަތަރުކަޅި ހަމަކޮށް އިނދެ މަންމަ ރާޝިދު އާއި ސުވާލުކުރަމުން ދިޔައީމެވެ. “ރާޝް. ބުނެދީބަލަ ކޮންކަމަކާތަ ތިހާވަރަށް ތި ވިސްނަނީ؟ ރާޝްއަށް ހާދަ ބޮޑުބަދަލެކޭ ތިއަންނަނީ؟ އަނެއްކާ ނިޝް އަށް ކަމެއް ގޯސްކޮށް ކުރެވުނީތަ؟ ރާޝް ތިހެން އިންނާތީ ނިޝް ވަރަށް ކަންބޮޑުވޭ” މަންމަގެ ސުވާލުގެ ޖަވާބު ދިނުމަށް ރާޝިދު ފެށިގޮތުންވެސް އޭނާ މަންމައަށް ކަންތައްތަކެއް އޮޅުވާލަން މަސައްކަތް ކުރާކަން އެނގުނެވެ. އެކަމަކު އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. ފެންކަޅިވެފާ އިނދެ ރާޝިދު މަންމައަށް ޖަވާބުދިނެވެ. “ނިޝް. ރާޝްއަށް ކަމެއް ނުވޭ. ރާޝް ވާހަކައެއް ބުނަން ބޭނުން” ރާޝިދު މިހެން ބުނުމާއި އެކީ މަންމަގެ މޭގަނޑު ބާރަށް ތެޅެން ފެށިއެވެ. އަވަސް އަވަހަށް ރާޝިދު ބުނަން ބޭނުން އެއްޗެއް ބުނުމަށް ބުނީމެވެ. ކޮންމެ ވާހަކައެއްދެއްކިޔަސް ޝައުގުވެރިކަމާއި އެކު އަޑުއަހާނެކަމުގައި ބުނީމެވެ. “ނިޝް. ރާޝް އެބަޖެހޭ ދުވަސްކޮޅަކަށް މާލެ ކޮޅަށް ގޮސްލަން. ނިޝް އެކަނިވާނެތި މި ވިސްނެނީ. އެކަމަކު ނޯ ޗޮއިސް. ސަފާރީވެސް ނިމުނީ. އެހެންވެ ކޮންމެހެންވެސް އެބަޖެހޭ ދާން. ރާޝް ދިޔަސް އެއްވެސް ކަމަކަށް ދަތިވިޔަ ނުދޭނަން. ގުޅާނަން. އޯކޭތަ؟” ރާޝިދު އޭނާ ދާންޖެހޭވާހަކަ ބުނަމުން ދިޔައީ ފެންކަޅިވެ ހާސްވެފައިވާ ހާލުގައެވެ. އޭނާގެ ދުލުން ނުކިތް އެންމެ ފަހުން ޖުމުލައަކަށްވެސް ވީ އަދިވެސް މަންމައަށް ޖަވާބު ނުލިބޭ ޖުމުލައެކެވެ. ރާޝިދު އެންމެ ފަހުން ބުނެލީ އޭނާއަށް މާފުކުރާނެކަމަށް އުންމީދުކުރާކަމުގައެވެ. އެހެން ބުނީ ކީއްވެކަމެއް އަދި އަދަށް ދާންދެންވެސް މަންމައަށް ނޭނގެއެވެ.

ރާޝިދަކީ މަންމަ މިހާތަނަސް ދުން އެންމެ ރަނގަޅު ހިންހެޔޮ މީހާއެވެ. އޭނާ މަންމަގެ ގާތުގައި މާފަށް އެދެން ޖެހޭ ސަބަބެއް މަންމައަކަށް ނޭނގުނެވެ. އެކަމަކު އެނގޭ ކަމަކީ ރާޝިދު ދިޔައީ އޭނާގެ ހިތާ ދެކޮޅަށް ކަމެވެ. އަންނާނަމޭ ބުނެފާކަމެވެ. އެކަމަކު އޭނާ އެނބުރިއެއް ނާދެއެވެ. ވަޢުދާ ޚިލާފުވީއެވެ. މަންމަގެ އެ ހުވަފެންތައް އަނދާ އަޅިއަށް ވާނޭ ކަމުގައި މަންމަ ދުވަހަކުވެސް ހިޔެއް ނުކުރަމެވެ. ރާޝިދުގެ އެ އޯގާތެރިކަމުގެ ފަހަތުގައި އޮޅުވާލުންތަކެއް ވާނޭކަމުގައި މަންމައަށް އަދިވެސް ގަބޫލު ނުކުރެވެއެވެ. ކައިވެނިކުރަންވެގެން އެވަރަށް ތައްޔާރުވެ ވަޢުދާއި އަހުދުވެފައި ބަދަލުވާނެކަމުގައި ހީވެސް ނުކުރެވެއެވެ. އަންނާނަމޭ ބުނެފާ ދިޔަކަމުގައިވިޔަސް ނައި ސަބަބެއް އަދިވެސް ނޭނގެއެވެ. އެކަމަކުވެސް އޭނާ ވަޢުދުވިގޮތައް އަދިވެސް މަންމައާއި ދަރިފުޅުގެ ހުރިހާ ޚަރަދެއް ބަލަހައްޓަނީ އޭނާއެވެ. މަންމައަށްވެސް އިތުރު މީހެއްގެ އެހީތެރިކަން ލިބިފައި ނުވާތި ރާޝިދުގެ އެހީގައި ހިފަން މަޖުބޫރުވިއެވެ.

ރާޝިދު ވަކިވުމާއި އެކީ މަންމަގެ މުޅިހަޔާތް ހިތާމައިގެ ސާލު ލިއެވެ. ކުރީގެ އެކަނިވެރި ނިކަމެތި ހާލަށް މަންމަ ރުޖޫއަވިއެވެ. ފައިސާއިން ލިބެންވާ އެހީތެރިކަން ރާޝިދު ދިންކަމުގައިވިޔަސް އިތުރު އެއްވެސް އެހީއެއް އަޅާލުމެއް އެކަކުގެ ފަރާތުންވެސް ނުލިބޭން ފެށުމުން މަންމަގެ ހިތާމަ އިތުރުވިއެވެ. ބަލިހާލު ބޮޑުވާންފެށިއެވެ. މަންމަގެ ދިގު އުމުރު ކުރުވާން ފެށިކަމުގެ އަލާމާތްތައް މަންމަގެ ދިރުއުޅުމުން ފެންނަންފެށިއެވެ. މަންމަގެ ލޯބިލޯބި ދަރިފުޅާއެވެ. މަންމަ ނެތް ދުނިޔެއެއްގައިވެސް ދަރިފުޅު ހިތްވަރާއި އެކު ކާމިޔާބު ދިރިއުޅުމެއް ހޯދާށެވެ.

މަންމަގެ ލޯބިވާ ދަރިފުޅާއެވެ. މަންމަ ދަރިފުޅުދެކެ އިންތިހާއަށް ލޯބިވެއެވެ. ދަރިފުޅަށް ހުރިހާ އުފަލެއް ހޯދައިދިނުމަކީ މަންމަގެ ހުރިހާވެސް އުންމީދެވެ. މަންމަގެ ހަޔާތުގެ ކޮންމެ ސިކުންތެއްވެސް ދަރިފުޅާއިއެކު ހޭދަކުރީ ދަރިފުޅަށް އުފާވެރި ބާއްޖަވެރި ކާމިޔާބު ދިރިއުޅުމެއް ހޯދައިދިނުމުގެ ފުރިހަމަ އުންމީދުގައެވެ. ދަރިފުޅާއެވެ. މަންމައަށް މާފުކުރާށެވެ.  މި ޑައިރީގެ އެހީގައި ދަރިފުޅު ބޭނުންވި ގިނަ ސުވާލުތަކެއްގެ ޖަވާބު މިހާރުވާނީ ލިބިފައެވެ. ދަރިފުޅު ކުރި ބައެއް ސުވާލަށް މަންމަވާނީ މަންމައަށް މަޖުބޫރުވުމުގެ ސަބަބުން ދޮގުހަދާފައެވެ. ދަރިފުޅުގެ ބައްޕަވީ ނިޔާވެފާކަމުގައި މަންމަ ބުނަމުން އައީ ސްކޫލުގައި ކުދިން ބައްޕަގެ ވާހަކަ ދެއްކުމުން ދަރިފުޅުވެސް ބައްޕައަކަށް ބޭނުންވާނޭވަރު މަންމައަށް އިހުސާސްކުރެވޭތީއެވެ. އަދި ދަރިފުޅުގެ ތުއްތު ތުއްތު ސިކުނޑިއަށް މި ހަގީގަތާއި ކުރިމަތިލާން އޭރު ހިތްވަރު ނުހުންނާނެތީއެވެ. ދަރިފުޅާއެވެ. ދަރިފުޅުގެ ބައްޕަ ދުނިޔޭގައި އެބަހުއްޓެވެ. އެއީ ދަރިފުޅަށްވެސް އެނގޭ މީހެކެވެ. ދަރިފުޅު ދަންނަ މީހެކެވެ. މަންމައާއި ދަރިފުޅަށް އެހާލު ޖައްސާފާ އޭނާ ހުރީ އަހަރެމެން ދެމައިންގެ ހުރިހާ ކަމެއް ފެންނަހިސާބުގައެވެ. ދުރުގައި ބަލަހައްޓައިގެނެވެ. ދަރިފުޅާއެވެ. މަންމައަށް މާފުކުރާށެވެ.

ޝާލީކުޑަވަގުތުކޮޅަކަށް ޑައިރީ ކިޔުން ހުއްޓާލިއެވެ. އަދި އޭނާގެ ރަތްވެފައިވާ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލަމުން އޭނާގެ މަންމަ އުޅުނު ހާލާމެދު ހަމްދަރުދީވެ އެކަމާއި ވިސްނާލިއެވެ. އަދި އިރުކޮޅެއްފަހުން އަނެއްކާވެސް ޑައިރީ ކިޔަން ފެށިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

xaash

Level 110 Stories

Other Articles

Previous

އެކުގައިވާން އެދެމޭ… 3

Next

ހިތުގާ ފޮރުވާލަ ދޭށޭ 2ވަނަ ބައި

Next
February 15, 2014

ހިތުގާ ފޮރުވާލަ ދޭށޭ 2ވަނަ ބައި

Previews
February 14, 2014

އެކުގައިވާން އެދެމޭ… 3

10 Comments!

  1. aju says:
    February 15, 2014 at 2:25 am

    Vara reethi

  2. lady gaagaa says:
    February 15, 2014 at 11:14 am

    awwn dhen alhe kaakutha ehn headhi
    suspense haadha bodey 🙁

  3. deathxx. says:
    February 15, 2014 at 2:14 pm

    V v reethi
    .

  4. mau says:
    February 15, 2014 at 9:15 pm

    އަޅެ އެއްފަހަރު ނަމަވެސް ބުނެބަ ނަޝް އަށް ތިހާލު ޖައްސަނީ ކީއްވެކަން.

  5. zeenaa says:
    February 17, 2014 at 10:02 pm

    Varah reethi.
    Avahah up kohlah chey

  6. nubunaanan kaaku kameh says:
    February 18, 2014 at 9:48 am

    Aneh baii kiyaaa hithun keh madhu vefa >.<

  7. hanoof says:
    February 18, 2014 at 5:00 pm

    vvv reethi story bt maa lahun up vany.. 🙁 thtx the problem..

  8. ދައްތި says:
    February 22, 2014 at 11:24 am

    haadha lahunney mi vaahaka up kuranee… vakihisaabakah liyefa migothah hadhan keekurantha alhe vaahaka liyanee

  9. mary says:
    February 25, 2014 at 10:07 am

    heiiiiii..koba vaahakaige aneh part haadha lahey up kuraaleh avaskollaba…plzzzzzzzzzzz….plzzzzzzz….

  10. zamy says:
    February 26, 2014 at 2:03 pm

    Koba aneh part haadha lahey dhw update
    Plz plz plz plz pl plz plz plz plz plz plz update soon

Comments are closed.

Next Episodeމަންމަގެ ޑައިރީ 16 ވަނަ ބައި (ރީއިޑަ)←


All Right Reserved!