އެކުގައިވާން އެދެމޭ… 20
މަޑުމަޑުން އިސް ޖަހާލުމަށްފަހު ލިމްނާ ސިޓީއުރަ ނަގާ އޭގެތެރޭގައި އޮތް ކާޑު ނަގާ ހުޅުވާލިއެވެ. އެވަގުތު އޭނާގެ މައުސޫމް ދެލޯ ބޮޑުވެ ކުރިމަތީގައި ހުރި ޝާންއާއި ދިމާއަށް ބަލާލީ ހައިރާންކަމުން ފުރިގެންވާފަދަ ގޮތަކަށެވެ. އުންމީދުވެސް ނުކޮށް ހުއްޓާ އެކަހަލަ ޚަބަރެއް ލިބުމުން ލިމްނާއަށް ހުރެވުނީ ބުނާނެ ހަމަ އެކައްޗެއްވެސް ނޭނގިފައެވެ. ދުނިޔޭގައި ކަންތައްތައް ބަދަލުވެގެންދަނީ ކިހާ އަވަހަކަށް ހެއްޔެވެ؟
“ޝާން މެ.. މެރީ ކުރަނީތަ؟..” ލިމްނާއަށް ވާހަކަދެއްކުނީ ހައިރާންކަމާއިއެކުއެވެ. އެވަގުތު އެމޫނަށް ވެފައި ހުރިގޮތް ފެނުމުން ޝާންގެ ހިތްވެސް އަޑުންއަޑުނަގާ ރޮއިގަތެވެ. އެހެންނަމަވެސް ފުންނޭވާއަކާއިއެކު އޭނާ ބޯ ޖަހާލީ ހަގީގަތާއި ކުރިމަތިލާށޭ ބުނާފަދަ ގޮތަކަށެވެ.
“މްމް..ހހ.. ކޮންގްރެޖުލޭޝަންސް.. ހޫ އިޒް ދި ލަކީ ގާރލް؟..” ލިމްނާ ކަރުނަތައް ފޮރުވުމަށްޓަކައި އަވަސް އަވަހަށް އެސްފިޔަ ޖަހާލަމުން ހިނިތުންވެލިއެވެ. ޝާންގެ ކުރިމަތީގައި އޭނާ ހިތްވަރުދެރަ ކުރަން ނޫޅޭފަދައެވެ.
“ދެން ޕާޓީއަށް ދިޔައިމަ އެނގޭނެއެއްނު.. އަސްލު އެރޭންޖްޑް ކައިވެންޏެއް.. އައި ވޯންޓް ޓު މޫވް އޯން..” ޝާން ފަރުވާތެރިކަމާއިއެކު ލިމްނާގެ މޫނަށް ބަލާލަމުން ބުނެލިއެެވެ. އެވަގުތު ލިމްނާ އިސްއުފުލާލަމުން ޝާންއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އަދިވެސް އެތައް މެސެޖެއް ލޮލުން ލޮލަށް ދަތުރު ކުރާފަދައެވެ.
“ޔޫ ޝުޑް.. ހަމަ ޔަގީނުންވެސް ޕާޓިއަށް ދާނަން.. ސީ ޔޫ..” ދެފަރާތަށް ބޯ ހޫރާލުމަށްފަހު ހިނިތުންވެލަމުން ލިމްނާ ވާހަކަަދެއްކިއެވެ.
“އޯކޭ.. އެހެންވީމަ ދެން ގޮސްލަނީ.. މިހާރު އެހެން ހުރިހާ ކުދިންނަށް އިންވައިޓް ކޮށްފިން.. ލިމްއާ ގެއިން ދިމާ ނުވީމަ ސީދާ އަތަށް ދޭންވެގެން މިއައީ.. ސީ ޔޫ..” ޝާން ހިނިތުންވެލަމުން އެތަނުން ނުކުތުމަށް ހިނގައިގަތެވެ. އެވަގުތު ލިމްނާ ގޮނޑީގައި އިށީނދެލަމުން ދެއަތުން މޫނު ފޮރުވާލިއެވެ.
މެންދުރުގެ ބްރޭކް ނިންމާލުމަށްފަހު ވިޝާ އޮފީހަށް އައީ ވިކާޝްއާއިއެކުގައެވެ.
“ދޮންބެވެސް އޮފީހަށް ވަދެލާފަ ދާނީ..” ވިޝާއާއިއެކު އެތެރެއަށް ހިނގައިގަންނަމުން ވިކާޝް ބުނެލިއެވެ. ހަގީގަތުގައި އޭނާ ބޭނުންވީ ލިމްނާ ދެކިލާފައި ދިއުމަށެވެ. ދެމީހުން ހިނގާލާފައި ދޮރާއި ހަމަވީވަގުތު ވެގެން ދިޔައީ އެތެރެއިން ޝާންވެސް ނުކުތް ވަގުތަށެވެ. ޝާން ފެނުމާއިއެކު ވިޝާއާއި ވިކާޝްގެ މޫނުންވެސް ފެނުނީ ހައިރާންކަމެވެ.
“ހޭއި ވިޝޫ.. އައި ފޮގޮޓް އެބައުޓް ޔޫ.. ވިކީ ސަރގެ ސިސްއެއްކަން އެނގުނު ޚަބަރުތަކުން.. ހެހެ.. އެހެންވީމަ މިއޮތީ ތިދެކުދީންނަށް.. ސީ ޔޫ ދެއަރ..” އެމީހުން ފެނުމާއިއެކު ޝާން އަވަސް އަަވަސް އަރުވާލާފައި ވިޝާގެ އަތަށް ސިޓީއުރަ ދިނުމަށްފަހު ހިނގައިގަތީ އެމީހުންގެ ހިތުގައި އެތައް ސުވާލުތަކެއް އުފައްދާފައެވެ.
“ވަޓް؟..” ޝާން ދިއުމާއިއެކު ވިޝާއާއި ވިކާޝް އެކަކު އަނެކަކުގެ މޫނަށް ބަލާލުމަށްފަހު ބުނެލިއެވެ.
“އެއީ މިއޮފީހުގައި އުޅުނު ކުއްޖެއް ދޯ.. އެކަމު މިފަހަރު އައިފަހުން ނުފެނޭ..” ވިކާޝް ހަނދާން ކޮށްލާފަދަ ގޮތަކަށް އެހެން ބުނލިއިރު ވިޝާ ހުރީ ސިޓީއުރައިގެ ތެރެއިން ނެގި ކާޑާއި ދިމާއަށް ބަލަހައްޓައިގެންނެވެ.
“ޝާން ވެޑްސް… ނަތޫ؟..” ވިޝާގެ މޫނުމަތީގައިވީ ހައިރާންކަމެވެ.
“ޝާން މެރީ ކުރަނީތަ؟.. ވަޓް؟.. ހހ.. ލިމްމް..” ކާޑު ކިޔާލުމަށްފަހު ހިތައް އެރި އެއްޗަކުން ވިޝާ އަވަސް އަވަހަށް އޮފީހުގެ ތެރެއަށް ދެމިގަތްއިރު ވިކާޝް ހުރީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައެވެ. އެތަނަށް ލިމްނާގެ ނަން އެއައީ ކޮން ހައިސިއްޔަތަކުން ބާވައެވެ.
ވިޝާ އެތެރެއަށް ވަތްއިރު ލިމްނާ އިނީ ގޮނޑީގައި ބޯ ޖައްސާލައިގެން ލޯ މަރާލައިގެނެްނެވެ. އެމޫނުމަތީގައިވާ މާޔޫސްކަން ވަގުތުން ވިޝާއަށް ނަގައިގަނެވުނެވެ. މީހަކު އައިކަން އެނގުމުން ލިމްނާ މަޑުމަޑުން ލޯ ހުޅުވާލިއެވެ. އެވަގުތު ކުރިމަތީގައި ހުރި ވިޝާއާއިއެކު އޭނާގެ އަތުގައި އޮތް ކާޑު ފެނުމުން ވިޝާގެ ބޭނުމަކީ ކޮބާކަން ލިމްނާއަށް ވިސްނި ހިނިތުންވެލިއެވެ.
“އޭމް ފައިން ވިޝޫ..” ލިމްނާ ހިނިތުންވެލަމުން ވިޝާ އަށް ބުނެލިއެވެ.
” މަށަށް އެނގޭ އޯކޭ ނޫން…” “އޭމް އޯކޭ…” ވިޝާ ލިމްނާގެ ވާހަކަ ގަބޫލު ނުކުރާގޮަތަކަށް ބުނެލަން އުޅުނު ޖުމްލަ މެދުކެނޑުނީ އަނެއްކާވެސް ލިމްނާ ވާހަކަ ދެއްކުމުންނެވެ. އެވަގުތު ވިޝާގެ މޫނުމަތީގައިވާ ހަމްދަރުދީ ލިމްނާ ހިފަހައްޓައިގެން ހުރި ކަރުނަތައް ބޭރުކޮށްލަން އުޅޭފަދައެވެ.
“އާރ ޔޫ ޝުއަރ؟..” ވިޝާ އަނެއްކާވެސް އަހާލިއެވެ. ލިމްނާ ދެރަވާނެކަން އޭނާއަށް ޔަގީން ކުރެވެއެވެ. އެހެންނަމަވެސް އޭނާގެ ހިތްވަރަށް ވިޝާވެސް ހިތާއިހިތުން ތަޢުރީފް ކުރިއެވެ.
” އާއެކޭ ވިޝޫ.. ބަލާބަ އޭމް އޯކޭ.. ކުޑަކޮށް ދެރަވޭ.. އެކަމު މިއެއްނު ރިއަލިޓީ އަކީ.. އައި ހޭވް ޓު އެކްސެޕްޓް ދިސް..ހަމަ ރަނގަޅަށްވެސް އޯކޭ.. ދެން ދޭބަލަ.. އާލިކް ސަރ ގުޅަންވެސް ގުޅި ވިޝޫ ބްރޭކަށް ދިޔަ ގަޑީގަ..” ލިމްނާ މަސައްކަތް ކުރަމުންދިޔައީ ވިޝާ އެތަނުން ފޮނުވާލުމަށެވެ. މާގިނައިރު ވިޝާ އެތަނުގައި ހުންނަން ވެއްޖެއްޔާ އޭނާގެ ބަޑި ފަޅައިގެން ހިނަގއިދާނެއެވެ.
“އޯކޭ.. އެކަމު އޭމް އޯލްވޭޒް ދެއަރ..” ވިޝާ ހިތްހެޔޮ ހިނިތުންވުމަކާއިއެކު އޭނާގެ ކެބިންއާއި ދިމާއަށް ހިނގައިގަތުމުން ލިމްނާ ފުންނޭވާއަކާއިއެކު ލޯމަރާލިއެވެ. އެއަށްފަހު ދެން ލޯ ހުޅުވާލުމުން އޭނާއަށް ފެނުނީ އުންމީދުވެސް ނުކުރެވޭ މަންޒަރެކެވެ.
ވިޝާ އޭނާގެ ކެބިންއަށް ގޮސް ގޮނޑީގައި އިށީނދެލުމަށްފަހު ލޯ މަރާލިއެވެ. ލިމްނާގެ ހިތައް ކުރާނެ އަސަރު އޭނާއަށް ވަރަށް ރަނގަޅަށް އިހުސާސް ކުރެވެއެވެ. އެހެންނަމަވެސް އޭނާއަށް ލިމްނާއާއިމެދު ފުރިހަމަ ޔަގީންކަން އެބައޮތެވެ. އެއީ ހިތްވަރުގަދަ، ކަންތައްތަކާއި ކުރިމަތިލާން ދަންނަ ކުއްޖެކެވެ. ވިޝާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ލޯ ހުޅުވާލާ ނަޒަރު ހުއްޓާލީ ފަޅުވެފައިވާ އާލިކްގެ ގޮނޑިއަށެވެ. އާލިކްގެ ޚިޔާލާއި ދުރުރގައި އެންމެ ދުވަހެއްގެ އެންމެ މިނެޓެއްްވެސް އޭނާއަކަށް ހޭދައެއް ނުކުރެވެއެވެ. ހިތުގެ މައްޗަށް ބާރުފޯރުވައިގެން މަތިމަތިން ހިނިތުންވެފައި ހުއްޓަސް އޭނާގެ މައުސޫމް ހިތްވަނީ ކެކުޅުންތަކުން ފުރިފައެވެ. އޭނާގެ ހިތުގައި އާލިކްއަށްޓަކައިވާ ލޯބި ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އެހެންނަމަވެސް އޭނާގެ އަމިއްލަ ނަފްސަށްވެސް އެކަންވަނީ ސިއްރު ކުރަން ޖެހިފައެވެ. އޭނާއަކީ ޒައިދުގެ މީހެކެވެ. އެހިތުގައި އާލިކްގެ ނަމުގެ މައްޗަށް ޒައިދުގެ ނަން ފަވާލަން ޖެހޭނެއެވެ. އެސްފިޔަ ޖަހާލުމާއިއެކު ލޮލުން ވެއްޓުނު ކަރުނަތިކި ވިޝާގެ އޮމާން ކޯތާފަތުގައި ބީހިލިއެވެ. ސިންގަޕޫރަށް ދިޔަފަހުންވެސް ދުވާލަކު އެތައް ފަހަރަކު އާލިކް ވިޝާއަށް ގުޅައެވެ. އެތައް މެސެޖެއް ކުރެއެވެ. ލޯބިވާވަރު ހާމަކޮށްދީފައި އެތައް ވާހަކައެއް ދައްކައެވެ. ވިޝާގެ ހިތުގައިވާ އެލޯބި ފަނޑުވެގެން ދިޔަދޭން އާލިކް ބޭނުން ނުވާފަދައެވެ. އެހިތުގައިވާ އެއްޗެއްވެސް އޭނާއަށް އެނގޭ ފަދައެވެ. އެތައް ފަހަރަކު އޭނާ ލޯބިވަނީ ޒައިދުދެކެ ކަމުގައި ބުނެ އޮޅުވާލަން މަސައްކަތްކޮށްފިއެވެ. އެހެންނަމަވެސް އާލިކް އޭނާއަށް ގުޅާ ގުޅުން މަދެއް ނުވިއެވެ. އާލިކް ގުޅުމުން އުނދަގޫ ވާކަމަށް ބުނުމުންވެސް ހުއްޓައެއްނުލިއެވެ. އެކަންތައް ހުއްޓާލާތޯ ވިޝާ އެތައް ގޮތަކުން ވާހަކަ ދެއްކިއެވެ.
“މިދެމެދުގައި އޮންނާނީ ހަމައެކަނި ވެރިއަކާއި މުވައްޒަފަކާއި ދެމެދު އޮންނަ ގުޅުން.. އޮފީހުގެ ކަމެއްގައި ނޫނީ އަޅުގަނޑަށް ނުގުޅިއްޔާ ވަރަށް ރަނގަޅު..” އެއީވެސް ވިޝާގެ ދުލުން އާލިކްއާއި ދިމާއަށް ބުނެލި ބަސްކޮޅެކެެވެ. އެހެންނަމަވެސް އާލިކްގެ މަސައްކަތަށް ބުރުލެއް ނާރައެެވެ. އެންމެފަހުން ވިޝާ ނަމްބަރުވެސް ބަދަލުކުރިއެވެ. އޭނާ އެނަމްބަރު އޮފީހަކަށްވެސް ނުދެއެވެ. އޮފީހުގެ ކަމެއްގައިނަމަ ގުޅަން ބުނެފައިވަނީ ވިކާޝްގެ ފޯނަށެވެ. އޭގެފަހުން އޮފީސް ފޯނަށް އެކި އެކި ބަހަނާތަކުގައި އާލިކް ގުޅާލެއް އިތުރުވެގެންދިޔައެވެ. އޭނާ އެހެން ކަންތައް ކުރުމުން ވިޝާއަށް އުނދަގޫ ވާވަރު އޭނާއަށް ނޭނގެނީ ހެއްޔެވެ؟ އެހިތުން އެލޯބި ފޮހެލަން މަސައްކަތް ކުރިވަރަކަށް އާލިކް ހުރަސް އަޅަނީ ކީއްވެގެން ހެއްޔެވެ؟ އެހާވެސް ބޮޑަށް އޭނާދެކެ ލޯބި ވަނީ ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް ވިޝާ މަސައްކަތް ކުރަމުންދަނީ އެހިތުގައި އުފެދިފައިވާ އިހުސާސްތަކަށް ފަސް އަޅާ ފޮރުވާލެވޭތޯއެވެ.
ޚިޔާލުތަކުގައި ގެއްލިފައި އިން ވިޝާއަށް ހަމަހޭވެރިކަންވީ މޭޒުމަތީގައި ބާއްވާފައި އޮތް އޭނާގެ ފޯނު ވައިބްރޭޓްވެލުމުންނެވެ. މަޑުމަޑުން ކަރުނަ ފޮހެލަމުން އޭނާގެ ފޯނު ބަލާލިއިރު އައިސްފައިވަނީ ޒައިދުގެ މެސެޖެކެވެ.
“އައި މިސް ޔޫ ބިއުޓިފުލް..” މެސެޖް ކިޔާލުމާއިއެކު އޭނާގެ އަސަރުގަދަ ތުންފަތަށް ވެރިވީ ހިތި ހިނިތުންވުމެކެވެ. ޒައިދު އޭނާދެކެ ވާ ތެދުވެރި ލޯބި އިހުސާސްވާ ކޮންމެ ފަހަރަކުވެސް އެހިތުގައި އުފެދެނީ ރިހުމެވެ. އޭނާގެ ރަހުމްކުޑަ ހިތުގައި އެތެދުވެރި ލޯބީގެ ހުޅުކޮޅު ނުދިއްލިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ ވިޝާ ދެފަރާތަށް ބޯ ހޫރާލިއެވެ.
“އައި މިސް ޔޫ ޓޫ..” ޒައިދުގެ މެސެޖަށް ޖަވާބުދިނީ ހަމައެކަނި ވިޝާގެ އިނގިލިތަކާއި ފޯނެވެ. އޭނާގެ ހިތާއި ފުރާނަ އެވަގުތުވެސްވަނީ މުޅީން އެހެން ދުނިޔެއެއްގައެވެ.
“ހޫ އިޒް ޝާން؟..” ވިކާޝް ބަލަހައްޓައިގެން ހުރީ ސީދާ ލިމްނާގެ ދެލޮލަށެވެ. އޭނާގެ އަޖައިބެއްފަދަ ފެހި ދެލޮލުގެ ތޫނުކަމާއި މޫނުމަތީގައިވާ ސީރިއަސްކަން ލިމްނާގެ ހިތުގެ ހިނގުން ބާރުކޮށްލިއެވެ. ސީދާ ސީދަލަށް ކޮށްލި ސުވާލަށް ދޭނެ ޖަވާބެއް ނޭނގިފައި ވިކާޝްގެ މޫނަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނީ އެހެންވެގެންނެެވެ.
“ލިމްމް.. ހޫ އިޒް ހީ؟..” ވިކާޝްގެ ސުވާލު ތަކުރާރުކޮށްލިއެވެ.
“އެ.. އެއީ މި އޮފީހުގަ ވޯރކް ކުރި ކުއްޖެއް.. ހަނދާނެއް ނެތްތަ؟..” ލިމްނާ އިސް ޖަހާލަމުން ވާހަަކަ ދެއްކިއިރު ކޮންމެވެސް ކަމެއް ފޮރުވަން އުޅޭކަން އެމޫނުމަތިން ސާފުކޮށް ދޭހަވެއެވެ.
“އެކަން އެނގޭ.. އެކަމު ލިމްއާ އޭނައާ އޮތް ކަނެކްޝަން ނޭނގެނީ..” ވިކާޝް ކައުންޓަރު މަތީގައި އަތްބާއްވާލަމުން ލިމްނާއާއި ގާތަށް ޖެހިލިއެވެ. އެވަގުތު ލިމްނާއަށް ބޭއިޚްތިޔާރުގައި ވިކާޝްގެ މޫނަށް ބަލާލެވުނެވެ. އޭނާގެ އެތޫނު ދެލޮލުގެ ބާރު މިއަދު އިތުރަށް ގަދަވެފައިވާފަދައެވެ.
“މައި އެކްސް ބޯއިފްރެންޑް.. ދެމީހުން ތެލެސީމިއާ ކެރިއަރުންނަށް ވީމަ ރުޅިވިތާ އަދި މާގިނަ ދުވަހެއް ނުވޭ..” ލިމްނާ ކެރިހުރެ ވިކާޝްގެ ސުވާލަށް ޖަވާބު ދިނީ އެމޫނަށް ބަލަަހައްޓައިގެން ހުރެއެވެ. އެވަގުތު އެއަޑުގައި އުފެދިން ދިޔަ ރިހުން ވިކާޝްގެ ހިތައް ގޯނާކޮށްލިއެވެ.
“ޔޫ…” ވިކާޝް އިތުރަށް ވާހަކަ ދައްކަން އުޅުނު ވަގުތު އެކަމަށް ހުރަސް އެޅިގެން ދިޔައީ އެތަނަށް އޮފީހުގެ އެހެން މުވައްޒަފަކު އައުމުންނެވެ. ކުޑަ ވަގުތު ކޮޅަކު ލިމްނާގެ ހަރަކާތްތަކަށް ބަލަން ހުރުމަށްފަހު އޭނާ ދިޔައީ ވިޝާގެ ކެބިންއާއި ދިމާއަށެވެ.
“އެކަމު ދޮންބެ ކީކުރަން ލިމްގެ ނަމްބަރު ހޯދަނީ؟..” ވިޝާގެ އަޑުގައި ހުރީ ޖެއްސުމުގެ ރާގެކެވެ. ވިކާޝް އެތަނަށް ވަންގޮތަށް ލިމްނާގެ ނަމްބަރު ހޯދަން އުޅެންފެށި ގޮތުން ވިޝާ ގާތަށް ހިނިވެސް އައެވެ.
“ދެން ވިޝޫ ކީކުރަންތަ ބަލަނީ.. ވީ އަރ ލައިކް.. މިހާރު ރައްޓެހިން ވީމަ ނަމްބަރު އެނގެން ޖެހޭނެއެއްނުން..” ވިކާޝް ދެކޮޅަށް ހިނގާލަ ހިނގާލާ ހުރެގެން ވާހަކަ ދައްކަމުން ދިޔައިރު ވިޝާ އިނީ އަނގަމަތީގައި އަތް އަޅައިގެންނެވެ. ވޭތުވެދިޔަ މަދު ދުވަސްކޮޅުގައި ވިކާޝްގެ ފުށުން ލިމްނާއާއި ގަޔާވާ ކަމުގެ އަސަރުތައް ވިޝާއަށްވަނީ ފާހަގަވެފައެވެ. ނަމަވެސް އޭނާގެ ފަރާތުން އެކަހަލަ އިޝާރާތެއް ނުވުމުން އެއީ ހީވި ހީވުމެއް ކަމުގައި ބަލާ ވިޝާ އެ ޚިޔާލު ދޫކޮށްލީއެވެ. އެހެން ނަމަވެސް މިހާރު އެއީ މުޅިން ރަނގަޅު ހީ އެއްކަން ވިޝާއަށް ޔަގީން ވެއްޖެއެވެ. އެކަމާ އޭނާ އިންތިހާއަށް އުފާވެސް ވެއްޖެއެވެ.
“ދޮންބޭ.. ޝީ ވިލް ބީ ޕާރފެކްޓް ފޯރ ޔޫ..” ކަރުދާސް ކޮޅެއްގައި ލިމްނާގެ ނަމްބަރު ޖަހާލުމަށްފަހު ވިކާޝްއަށް ދިއްކޮށްލަމުން ވިޝާ އެހެން ބުނެލީ އެއްލޯ މަރާލަމުންނެވެ. އެއާއިއެކު ވިކާޝް ލޯބޮޑުކޮށްލަމަުން ވިޝާއާއި ދިިމާއަށް ބަލާލީ އޭނާގެ ސިއްރު ބޭޒާރުވީކަން ޔަގީންވުމުންނެވެ. އެހާ ވަރަށް ސިއްރުން އުޅުނީމަވެސް ވިޝާއަށް އެނގުނީ ހެއްޔެވެ؟ ވިކާޝްގެ މޫނުމައްޗަށް ވީގޮތުން ވިޝާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އެއާއިއެކު އިތުރު އެއްޗެއް ނުބުނެ ވިކާޝް ނުކުމެގެން ދިޔައީ ބޯ ކަހަމުންނެވެ.
“ކަމްމޯން ވިކާޝް..ޝީ އިޒް ނޮޓް އޭން އިޑިއަޓް ލައިކް ޔޫ..” ވިކާޝް އަމިއްލަ ނަފްސަށް ބުނެލިއެވެ. އެއާއިއެކު އަތުގައި އޮތް ކަރުދާސް ކޮޅަށް ބަލާލަމުން ހިނިތުންވެލައިގެން ހުރެ އޮފީހުން ނުކުމެގެން ދިޔައީ ލިމްނާއަށްވެސް ހިނިތުންވުމެއް ދީފައެވެ.
އެރޭ ޝާންގެ ކައިވެނި ޕާޓީއަށް ލިމްނާ ދިޔައީ ވިޝާއާއި ވިކާޝްއާއި އެކުގައެވެ. ދަރުބާރުގޭގައި ބޭއްވިފައި އޮތް ހުދާއި ނޫކުލައިގެ ޕާޓީގައި ޝާންމެންގެ ދެމަފިރިން ފެންނަނީ ނުހަނު ޗާލުކޮށެވެ. ވިޝާ ވިކާޝް ގާތުގައި ލިމްނާއަށް ސަމާލުވެލުމަށް އަންގާފައި އެތެރެއަށް ވަދެގެން ދިޔައީ އެމީހުންގެ ކުރީންނެވެ. އޭރޔ އެތެރެއަށް ވަންނަމުން ދިޔަ ލިމްނާގެ ފިޔަވަޅުތަކަށް ހުއްޓުން އެރާފައި ހުރީ ޝާންއާއި އެކީގައި ހޭދަކުރެވުނު ދުވަސްތައް އޭނާގެ ހަނދާނަށް އަންނަން ފެށުމުންނެވެ. ކިތަންމެ ހިތްވަރު ކުރަން އުޅުނަސް އޭނާގެ ލޮލުގައި ކަރުނަ ގިނަވިތަން ގާުތުގައި ހުރި ވިކާޝްއަށް ފެނުނެވެ.
“އައި.. އައި ކާންޓް..” އެންމެފަހުން ލިމްނާ ވިކާޝްގެ މޫނަށް ބަލާލަމުން ތުރުތުރު ލަމުންދިޔަ އަޑުން މުޚާތަބު ކުރިއެވެ. އޭނާގެ ލޮލުގައި ގިނަވެފައިވާ ކަރުނަތައް ހީވަނީ ދެންމެ ދެންމެ ފައިބައިގެންފާނެހެންނެވެ.
“ޔޫ ކޭން..” ވިކާޝް ލިމްނާއަށް ޓިޝޫއެއް ދިއްކޮށްލަމުން އޭނާގެ ފިނިވެފައިވާ އަތްތިލައިގައި ހިފާ ބާރުކޮށްލިއެވެ. އެވަގުތު ލިމްނާގެ ހިތައް ލިބިގެން ިދޔައީ ބަޔާން ކުރަން ނޭނގޭފަދަ ހަމަޖެހުމެކެވެ. މަޑުމަޑުން ކަރުނަ ފޮހެލަމުން ވިކާޝްގެ އަތުގައި ބާރަށް ހިފަހައްޓާލުމަށްފަހު ހިނިތުންވެލިއެވެ.
ލިމްނާއާއި ވިކާޝް އަތު ގުޅުވާލައިގެން އަންނަތަން ފެނުމުން ޝާންގެ ހިތުގައި އެހެން ކަހަލަ އިހުސާސްތަކެއް ހިނގައިގަތެވެ. އެހެން ނަމަވެސް އޭނާ ހިނިތުންވެލަމުން ލިމްނާމެންނާއި ކުރިމަތިލީ އުފާވެރި މޫޑެއްގައި ހުރެއެވެ. އެދެމެދުގައި ހޭދަވެގެންދިޔަ ކުޑަ ވަގުތުކޮޅު ލިމްނާއަށް އިތުރަށް ވިކާޝްގެ އަތަށް ބާރުކޮށްލެވުނީ ކީއްވެގެން ކަމެއް އޭނާއަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ވިކާޝްގެ އެ ގާތްކަން އޭނާއަށް ހަމަޖެހުން ގެނުވައިދިންކަމެވެ.
ޕާޓީ ނިންމާލުމަށްފަހު ލިމްނާވެސް ފުރަތަމަ އައީ ވިޝާމެންގެ ގެއަށެވެ. މިރޭ ޕާޓީގެ ތެރޭގައި ވިކާޝްގެ ފަރާތުން ލިބުނު ސަމާލުކަމާއި ގާތްކަމުގެ ސަބަބުން ލިމްނާގެ ހިތުގައިވާ އުދާސްތައް ވަނީ އެތައް ތނެއް ކުޑަވެފައެވެ. އަނެއްކޮޅުން އެދެމީހުންގެ ގާތްކަން ފެނި ވިޝާ ހުރީ ނުހަނު އުފަލުންނެވެ. އޭނާ ސިއްރު ސިއްރުން ވިކާޝްގެ ގާތުގައި “ޔޫ ކޭން ދޫ އިޓް” އޭވެސް ބުނެލި އަދަދެއް ނޭނގެއެވެ.
“ދޮންބެ ދާންވީނުން ލިމް ގެއަށް ލާދޭން.. ވިޝޫ ވަރަށް ނިދާލަން ބޭނުންވެފަ މިހުރީ..” ވިކާޝްއާއި ލިމްނާވެސް ބުނާ އެއްޗަކަށް ބެލުމެއްނެތި ވިޝާ ދުވެލާފައި ސިޑިން އަރައިގެން ދިޔައީ ވިކާޝްގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނެސްދީފައެވެ. އޭރު ލިމްނާ ދެއަތް ޖޯޑުކޮށްލައިގެން އިސްޖެހިފައި ހުރީ ލަދުގަނެފައެވެ.
“ހިނގާ..” ވިކާޝް އަތުން ދޮރާއި ދިމާއަށް އިޝާރާތް ކޮށްލަމަުން ވާހަކަ ދެއްކިއިރު އެ ފިރިހެންވަންތަ އަޑުގައިވަނީ ލޯތްބާއި ކުލުނުގެ އިންތިހާއެވެ. އެއަޑާއިއެކު ލިމްނާއަށް ހިނގައިގަަނެވުނީ އޭނާގެ ހިތްވެސް އެކަމަށް އެދެމުންދާތީއެވެ.
ދެމީހުން ކާރުގައި ލިމްނާގެ ގެއަށް ދަތުރު ކުރަމުންދިޔައިރު ދެމީހުން ކުރެ އެކަކުވެސް އަނގައިންނެއް ނުބުނެއެވެ. އެސްފިޔަތައް ތިރިކޮށްލައިގެން ލިމްނާ އިންއިރު، އެ ސާދާ ރީތި މޫނަށް ވިކާޝްގެ ނަޒަރު ހުއްޓުނީ ކިތައް ފަހަރު ކަމެއްވެސް ނޭނގެއެވެ. ވިކާޝްއަށް ޔަގީންވާ އެއްކަމަކީ އެ ސާދާ އަންހެންކުއްޖާއާއި އޭނާގެ ހިތް ގަޔާވާކަމެވެ. އޭނާ ފެނުމުން އެހިތުގައި އުފާވެރި ރާގެއް ކުޅެލާކަމެވެ. އަނެއްކޮޅުން އުމުުރުން 28 އަހަރާއި ގާތްވެފައިވާއިރު ޒަވާޖީ ހަޔާތެއް ފެށުމަކީވެސް ކުރަން ޖެހިފައި އޮތްކަމެކެވެ. އެކަމަށްޓަކައި އޭނާ އަބަދުވެސް ބޭނުންވީ އަޚްލާގު ރަނގަޅު މަޑުމައިތިރި އަންހެން ކުއްޖެކެވެ. ލިމްނާއަކީ އެފަދަ ކުއްޖެކެވެ. ގޮތް އެނގޭ، އިތުބާރު ކުރެވޭ ކުއްޖެކެވެ. ހިތްހެޔޮ މިޒާޖެއްގެ ވެރިއެކެވެ. އޭނާގެ ސާފު ޠާހިރު ހިތާއި ކުޅެލެވުނު ހަމައެކަނި ކުއްޖާއެވެ. ވީއިރު އޭނާގެ ހަޔާތުގެ ބައިވެރިއަކަށް ވުމަށް އެއަށްވުރެ ރަނގަޅު ކުއްޖެއް ވާނެހެއްޔެވެ؟
ހިތައް އަރަން ފެށި އެއްޗަކުން ވިކާޝްއަށް ކުއްލިއަކަށް ކާރުގެ ބުރަކި ޖައްސާލެވުނެވެ. އެއާއިއެކު ލިމްނާވެސް ސިހިފައި ބަލާލީ ވީގޮތެއް ނޭނގިގެންނެވެ. އޭރު އަދި އޭނާގެ ގެއާއި އަރާ ހަމައެއް ނުވެއެވެ.
“ކިހިނެތްވީ؟..” ލިމްނާ ވިކާޝް އިންގޮތުން މަޑުމަޑުން އޭނާގެ އަތުގައި ހިފަހައްޓާލީ ކަންބޮޑުވެފައި އިނދެއެވެ. އޭރު ކާރުގެ ފަހަތުން އައި ދުއްވާ އެއްޗެހިތަކުގެ ބަރުގޮނުގެ އަޑު ގަދަވަމުން ދެއެވެ. ވިކާޝް ލިމްނާގެ ސުވާލަށް ޖަވާބު ދިނުމެއްނެތި އެއްފަރާތެއްގައި ކާރު ޕާކުކޮށްލުމަށްފަހު އެމޫނަށް ބަލާލީ ވިސްނުންތެރި ނަޒަރަކުންނެވެ. އެ ދެލޮލުގައިވާ ކަންބޮޑުވުން ފެނި ވިކާޝްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
“ހިތަށްއެރި އެއްޗަކުން..” ވިކާޝް ސީޓުގައި ހަމަޖެހިލަމުން ލިމްނާގެ މޫނަށް ބަލާލީ އާދަޔާ ޚިލާފު ގޮތަކަށެވެ. އެ ތޫނު ތޫނު ނަޒަރުން އެ ނާޒުކު އަންހެންކުއްޖާގެ ހިތުގެ ތެޅުން ދިޔައީ ގަދަވަމުންނެވެ. ތެދެކެވެ. ވިކާޝްގެ އާދަޔާ ޚިލާފު ހަރަކާތްތަކާއި ބެލުންތައް އޭނާގެ ހިތައް ގޯނާ ކުރަނީއެވެ. އަބަދުވެސް އޭނާއަށް ރީތި ފެހިދެލޮލުގެ ވެރިޔާ އެއިނީ ނުހަނު ގާތުގައި އޭނާގެ ސީދާ މޫނަށް ބަލަހައްޓައިގެންނެވެ. ލިމްނާގެ އަތްފައި ފިނިވެ ތުންފަތުގައި މަޑުމަޑު ތުރުތުރެއް އުފެދިއްޖެއެވެ. ހިތްވަރުކޮށްފައި އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ވަގުތު އޭނާގެ އުނަގަނޑުގައި ވިކާޝްގެ އަތް ބީހިލުމުން އެހިތް ހީވީ އުދުއްސައިގަނެފާނެ ހެންނެވެ.
“ލިމްމް..” ވިކާޝްގެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ. އެއްއަތުން ލިމްނާގެ އުނަގަނޑުގައި ހިފަހައްޓާލައިގެން އިނދެ އަނެއްއަތުން ލިމްނާގެ ޖޯޑުކޮށްލެވިފައިވާ ފިނިދެއަތްތިލައިގައި ހިފަހައްޓާލިއެވެ. އޭރު ލިމްނާއަށް އިނދެވުނީ އެސްފިޔަ ޖަހާލަންވެސް ނޭނގިފައެވެ. އޭނާގެ ހިތް ނެގި ނެގިފައި ޖެހެމުން ދިޔައިރު ވާންއުޅެނީ ކިހިނެއްކަމެއް އެއް ގޮތަކަށްވެސް ނުވިސްނެއެވެ.
“ލިމްމް.. ވިލް ޔޫ މެރީ މީ؟..” ހަދާނެ ގޮތެއް ނޭނގިފައި އން ލިމްނާއަށް ވިކާޝް ބުނެލި އެއްޗަކުން ލަމުން ދިޔަ ނޭވާވެސް ވަކިހިސާބެއްގައި ތާށިވީފަދައެވެ. ބޮޑުކޮށްލި ލޮލާއި އެއްވަރަށް އަނގަވެސް ހުޅުވާލަމުން އޭނާ ވިކާޝްއާއި ހަތަރުކަޅި ހަމަކޮށްލިއިރު އެމޫނުގައިވަނީ ހިތްދަމައިގަންނަ ފަދަ ޖާދުވީ ހިނިތުންވުމެކެވެ.
ނުނިމޭ
14 Comments
Comments are closed.
Vvvvvvvvvvvvvv reethi
wow toooooooooooooooooooooo nice i luv it.
v v v v reethi
wow this is beautiful layaa ur a good writter…… dhn avahah aal ah vishaa dyba eyrun v v v v v v salhi vaane eyrun eiee magey life
Nice one
masha allah ,,,,, vvvvv nice engey layaa….
limna cmon say yes!!!!! vvv reethi mibaives
vvvv nice layaa waiting 4 the next part
Vvvv nice waiting for the next part
ahaaaaaaaaaaaaaa salhi kamaa ey…vikash n lim ge baithah ves v salhii…hama emme beynun vaa gotha layaa vaahaka thigendhanee…keep it n luv u…
v v v v v v nyc
wow!!!! nice waiting for the next part <3
kbaatha mirey nehtha ehn bayeah v v v v boring avahah upload kohdhyba
eventhough i am a teenager bt vikaash nd lim ge story my life aa v v vattharu…thnx alot