” އަހަރެންވެސް….. ޔާނާ ބޭނުން……………. ” ފަހުދަށް ބުނެވުނެވެ. އޭނާއަށް އެތާ މަޑުކުރާނެ ހިތްވަރެއް ނުލިބުނެވެ، އަވަސް އަވަހަށް ނުކުމެގެން ދިޔައެވެ. ޔާނާ ރޮމުން ރޮމުން ސައިމަންގެ މޭގައި ލައްވިއެވެ.
” ލޯބި… ދެން ނުރޮއި.. ހިނގާ ކޮޓަރިއަށް.. ފްރެޝްވެގެން ދާން ހިނގާ… ” ސައިމަން ޔާނާގެ ބުރަކަށީގައި ފިރުމާލިއެވެ. އަދި ލޯމައްޗަށް ވެއްޓިފައި ހުރި އިސްތަށިކޮޅުތައް އެއްފަރާތްކޮއްލަމުން ނިތްކުރީގައި ބޮސްދިނެވެ.
” އޭނަ ކީއްކުރަން އަނެއްކާ އަހަރެންގެ ދިރިއުޅުން ހަލާކުކުރަން އެއައީ؟ ” ޔާނާ ސައިމަންގާތު އެހިއެވެ.
” އޭނައަށް ކުރެވުނު ކުށުގެ އިހްސާސްވެގެން އެ އައީ… ދެން އެކަމާ ނުވިސްނާ… ” ސައިމަން ބެލީ ޔާނާ ހަމައަކަށް އެޅުވޭތޯއެވެ.
” އޭނަ އަހަރެމެންގެ ދިރިއުޅުމަށް ………………”
” ނޫން ދޫނީ… މިހާރު ތިވިސްނަނީ މާ މައްޗަށް. އޭނަ އެހެނެއް ނަހަދާނެ.. ” ސައިމަން އަދިވެސް ބެލީ ޔާނާ ހިތްހަމަޖައްސައި ދެވޭތޯއެވެ. އެހެނަސް ސައިމަންވެސް ހުރީ ވަރަށް ބޮޑަށް އުދާސްވެފައެވެ.
*************************************
ބާރުދުވެލީގައި ދުއްވަމުން ފަހުދުގެ ހިޔާލުތައް އެނބުރެމުން ދެއެވެ. އޭނާ ގޮސް ސައިކަލް މަޑުކޮއްލީ ކާނިވަލްގައެވެ. އޭރު އާމިރު ފަހުދުގެ އިންތިޒާރުގައި އިނެވެ.
” ދެން އެކަމާ ނޫޅޭށޭ ބުނަން ބޭނުމީ………”

އާމިރުނަސޭހަތްތެރިވެދިނެވެ.
” އަހަރެންވެސް ވަރަށް ވިސްނައިފިން.. އަހަރެންނަށް ދޭންވާ ހައްޤު އަދަބު ޔާނަ ދީފި…” ސިނގިރޭޓެއް ދަމާލަމުން ފަހުދުބުންޏެވެ.
” ކައިވެނި ކުރަނީ..އެއްކޮށްވެސް އަހަންނާ ދުރަށްދަނީ…ޔާނާގެ ދުލުން އަހަންނާޢި ދިމާއަށް އެ ކީ ހުރިހާ އެއްޗަކުން އަހަރެން ވަރަށް މާޔޫސްވާގޮތްވި.. ޔާނާ އިއްޔެ އާއި ޖެހެންދެންވެސް އަހަންނަށް އިންތިޒާރުކުރި ވާހަކަ ބުނުމުން ވަރަށް ހިތަށްވެސް ތަދުވެއްޖެ. މިހާރު ހިތަށް އަރާ ހަޤީޤަތް ހޯދަން މަސައްކަތް ކުރެވުނު ނަމައޭ.. ޔާނާގެ ވާހަކަތައް ޤަބޫލު ކުރެވުނު ނަމައޭ… ”

ފަހުދުފެންކަޅިވުމުންއާމިރުވެސްވަރަށްދެރަވިއެވެ.
” ދެން… އަޅާނުލާށޭ ބުނެވޭނީ… އެއްފަހަރު ޔާނާގެ ދިރިއުޅުން ހަލާކުވެއްޖެ ފަހުދުގެ ސަބަބުން. ދެން އެކުއްޖާ އުޅުނަދީ،،،، އެ ދެމެދަށް ނުވަދޭ! ”!

އާމިރު އަނެއްކާވެސް ވާހަކަ ދެއްކިއެވެ. ފަހުދު އެއްޗެއް ނުބުނެ އިރުކޮޅަކު އިނުމަށްފަހު ބުނެލިއެވެ.
” އާނ… އަހަރެން ދެން ދުވަހަކުވެސް ޔާނާގެ ކުރިމައްޗަކަށް ނުދާނަން… އެކަމަކު… އޭނަ އަހަރެންގެ ކުރިމައްޗަށް އަންނާނެ ދުވަހެއްގެ އިންތިޒާރުގަ ހުންނާނަން……….”

ފަހުދު ގެ ޖުމުލައިން އާމިރު ހައިރާންވިއެވެ.
” މުޅި އުމުރު ހުސްކޮށްލަން؟ އެންމެ އަންހެން ކުއްޖަކަށްޓަކާ؟ ”
” އެއީ އެންމެ އަންހެންކުއްޖަކަށްވުރެންވެސް އަހަންނަށް މާ މުހިއްމު ކަމެއް… އެއީ އަހަރެންގެ މުޅި ދިރިއުޅުން..  ” ފަހުދު ދެވަނަ ސިނގިރޭޓް ހުސްކޮއްލުމަށްފަހު ދުރަށް ހޫރާލިއެެވެ.
***************************
ލިޔުޝާ އިނީ ވަރަށް އުފާވެފައެވެ. ދޮންބެ ޔާނާ ކަހަލަ ރަނގަޅު ކުއްޖަކާއި ގުޅުމުންނެވެ. ރަށުގައި ތިބި އާޢިލާގެ އެންމެންނަށް ގުޅަމުން އުފާވެރިކަމާއި އެކު ވާހަކަ ދައްކަމުން ދެއެވެ. މަންމަމެންވެސް ތިބީ ނުހަނު އުފަލުންނެވެ. ފޯން ބާއްވަމުން ސޯފާގައި އިން ސައިމަންގާތު ލިޔުޝާ ބުނެލިއެވެ.
” މަންމަ ބުނީ ފަހަރި ގެންނާށޯ އަވަހަށް… ”
” ނޫން.. މަންމަ ގާތު ބުނޭ ފަހަރި ފޮނުވޭނީ ދޮންބެ އާއި އެކުގައޭ… ” ސައިމަން މަޖާވެލިއެވެ. އޭރު ބަދިގެ ތެރެއިން މީރު ބުއިމެއް ތައްޔާރުކޮއްގެން ޔާނާ އާދެއެވެ.
” ދޮންބޭ… ހިނގާ މިރޭ ކާންދާން… ” ލިޔުޝާ އެހެން ބުނިވަގުތު އޭނާއަށް ފޯނެއް އައުމުން ތެދުވެގެންް ދިޔައެވެ.
” އެވާނީ އޭނާގެ ބިޓަށް… ” ސައިމަން ހެމުން ހެމުން ބުނެލިއެވެ.
ހަމަ އެވަގުތެވެ. ޝާހު އާއި ނޫރީން އައިސް ވަނެވެ. ޔާނާ އުފަލުން ގޮސް ނޫރީންގައިގައި ބައްދާލިއެވެ.
” މަރުހަބާ! ” ޝާހު ޔާނާއަށް ސިޓީ އުރައެއް ދިއްކޮއްލިއެވެ. ޔާނާ އެވަގުތު އެ ކަނޑާލި އިރު އޭގައި އޮތީ ދިހަހާސް ރުފިޔާގެ ޗެކެކެވެ. ޔާނާ ދެލޯބޮޑުކޮއްލަމުން ޝާހުއަށް ބަލާލިއެވެ.
” ކޮއްކޮއަކަށްޓަކައި ބޭބެއަށް ތިވަރު ކޮއްދެވެން ވާނެ! ” ޝާހުގެ ރަނގަޅުކަން ފެނި ސައިމަންވެސް ހާސްވިއެވެ.
” ޝާހު! އަހަރެމެން ޕާރޓީ ނުބޭއްވީ ޔާނާ ނުޤަބޫލުވީމަ… ” ސައިމަން އަވަސް އަވަހަށް ބުނެލިއެވެ.
” އަސްލު އެއީ ވަރަށް ބޮޑު ވޭސްޓެއް.. ” ނޫރީން ހީލަމުން ބުނެލިއެވެ.
” ހޫނ… މި އަންހެން ވެރިންނަށް ހީވާނީ އެހެން އަބަދުވެސް،،،، ” ޝާހު މަޖާވެލާފައި ނޫރީންއަށް ބަލާލަމުން ބުނެލިއެވެ.
” އައްސަލާމްއަލައިކުމް.. ” ވަދެގެން އައީ ޒީފާ އާއި ހަމްދޫންއެވެ.
” ވަޢަލައިކުމުއް ސަލާމް..” ސައިމަން ސަލާމްބަލައިގަތުމާއި އެކު ހިނިތުންވިއެވެ. ހަމްދޫންގެ އަތުގައި އޮތް ބޮޑު ފާރްސަލް ޔާނާއަތަށް ދިއްކޮއްލުމުން ޔާނާ ހިނިތުންވެލިއެވެ. އަދި ތޭންކްޔޫ އޭ ބުނެ މޭޒުމަތީގައި ބެހެއްޓިއެވެ. އެންމެން ތިބީ މަޖާ ވާހަކަ ދައްކާށެވެ.
” ވަރަށް މީރު މި ޖޫސްވެސް…….. ” ހަމްދޫން ހެމުން ހެމުން ބުނެލިއެވެ.
” މަށަށް އެންމެ މީރީ ފެން.. ” ފެން ތަށި ދަމާލުމަށްފަހު ޝާހު ބުނެލިއެވެ.
” ޒީފާ! ލޯބިގަނޑާ ދެން ޔާނާ އެވީ އަހަރެމެންގެ ފަހަރިއަށްދޯ…….. ” ހަމްދޫން އެހެން ބުނުމުން ޒީފާ ހިނިތުންވެލިއެވެ. ‘
” ޔާނާ ވާނެ އަހަރެމެން ގެއަށްވެސް ދާން.. އަބަދު ގޭގަ އިންނާނެ ކަމެއް ނެތް.. އެނގޭތަ؟ މިދިޔަ ހަފްތާ އެއްކޮށް އަހަރެމެން އުޅުނީ ރަށަކަށްގޮސް.. ވަރަށް މަޖާ…” ޒީފާ ހެމުން ހެމުން ކިޔާދިނެވެ ޔާނާ ވަރަށް ޝައުޤްވެރި ވިއެވެ،
” ދަތުރު؟ އަޅެ މަވެސް ވަރަށް ދާހިތްވޭ… ވަރަށް މަޖާދޯ.. ” ޔާނާ އާއި ޒީފާ އެވާހަކައިގައި ތިބި އިރު ފިރެހެން ވެރިންވެސް މަޖާ ވާހަކައެއްގައި ތިއްބެވެ.
” އާނ… އެނގޭތަ ޔާނާ.. ދަތުރުގޮސް އުޅެނިކޮށް އެރަށު މޫދަށް މަގޭ ބުރުގާ ވެއްޓި ގެއްލުނީ……. ”
” ބުރުގާ ގެއްލުނިއްޔޭ… ؟ ” ނޫރީން ގަޔާވެލަމުން ބުނެލިއެވެ.
” ހޫމ… ހަމްދޫން އާއި އެކު މާފޮޅުވަން ފިނޮޅުމަތީގަ ތިބީ… ބުރުގާ ނެގީ ބޯ އޮމާންކޮއްލަން.. އޮޔާ ދިޔައީ… އެކަމަކު މަ ފިރިމީހާއަށް އެ ހޯދުނު ކަމަކަށް ނުވި،، އެހެން ދެކުއްޖަކު އައީ ބުރުގާ ހިފައިގެން…. ” ޒީފާގެ އަޑު ހަމްދޫންއަށް އިވުމުން ހަމްދޫން ބުނެލިއެވެ.
” އޭ ދެން މަ ފަޟީޙަތް ނުކޮށް ހިނގާދަމާ…. ” އެންމެންވެސް ދިޔުމަށް ނުކުތެވެ.އެވަގުތު ލިޔުޝާ ގެއަށް ވަނެވެ.
” ކޮންތާކުން؟ ” ސައިމަން އަހާލިއެވެ.
” ސިޑިމަތީ އިނީ ފޯނެއްގައި… ”

 ލިޔުޝާބުނެލިއެވެ.
” އޭ! ފަހަރި މިރޭ މަ އެކަންޏޭ ނިދަންޖެހޭނީ… ” ލިޔުޝާ ހެމުން ހެމުން ކޮޓަރިއަށް ވަނެވެ.ޔާނާވެސް ހީގަތެވެ. ލިޔުޝާއަށްކަޅިއަޅާލަމުންނެވެ.
” ދޫނި އަވަސް ހިނގާބަލަ! ” ސައިމަން ޔާނާގެ ފުރަގަހުގައި ހުރެގެން އިރު އިރުކޮޅުން ބުނަމުން ދިޔައެވެ،
” ދެން؟ މި ތަށިތައް ދޮވެލާފަ……. ” ޔާނާ ހީލިއެވެ. ބަދިގޭގައި ހުރެފައި ސައިމަން ސިޓިންގ ރޫމަށް ނުކުމެ ހިނގާލަހިނގާލަހުއްޓެވެ.
ޔާނާ އައުމުން އަވަސް  އަވަހަށް ކޮޓަރި ދޮރުމަތީ ހުއްޓުމަށްފަހު ބުނެލިއެވެ.
” ލޯމަރައިގެން ދޫނީ……….. ” ޔާނާ ގެ ލޮލުގައި ސައިމަން އަތް އެޅިއެވެ. އަދި އޭނާގެ އުނގަނޑުގައި އަނެއް އަތް އަޅުވާލުމަށްފަހު ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.
” ސަޕްރައިޒް………………………… ” ސައިމަން ޔާނާގެ ލޮލުން އަތް ނެގީ ހިނިތުން ވަމުންނެވެ. ވަރަށް އުފަލުންނެވެ.
އެހެނަސް ކަންތައްވީ ސައިމަން ހީކުރިގޮތަކަށް ނޫނެވެ. ޔާނާ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނާގެ މޫނުމަތިން ސަޕްރައިޒް ވެފައި ވާކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށްނެތެވެ. އޭނާ މަޑުމަޑުން ފަހަތަށް ޖެހެންފެށިއެވެ. ސައިމަން ހުރީ ހައިރާންވެފައެވެ. އޭނާ ކޮޓަރިއަށް ބަލާލުމަށްފަހު ޔާނާގެ މޫނަށް އަނެއްކާވެސް ބަލާލިއެވެ.
” ނޫން… އަހަރެން މިކޮޓަރިއަކަށް ނުވަންނާނަން. ނޫން.. ”

 ޔާނާ ދުވެފައި ސިޓިންގ ރޫމަށް ނުކުތެވެ. ފަހަތުން ބާރު ބާރަށް ސައިމަންވެސް ނުކުތެވެ.”

 ޔާނާ! މަޑުކޮއްބަލަ! ޔާނާ! ” ސައިމަން ޔާނާގެ އަތުގައި ހިފާ އޭނާ އާޢި ދިމާއަށް ދަމައިގަތެވެ. ބާރުބާރަށް ޔާނާ ގޮސް ސައިމަންގެ މޭގައި ޖެހުނެވެ.
” ކިހިނެތްތަވީ؟ ” އިސްޖަހައިގެން މޫނު ފޮރުވައިގެން ހުރި ޔާނާ ގާތު ސައިމަން އެހީ ހާސްވެ ހުރެއެވެ. ޔާނާ ސައިމަން އާއި ދުރަށް ޖެހުނެވެ. އަދި ބަލާވެސް ނުލާ ދުވެފައި ކަހަލަ ގޮތަކަށް ބޭރަށް ނުކުތެވެ. ޔާނާ ތިރިއަށް ފައިބަމުން ދިޔައީ ސިޑިންނެވެ. ސައިމަންވެސް އޭނާގެ ފަހަތުން ފައިބަމުންދެއެވެ.
” ޔާނާ! ޕްލީޒް.. ވީގޮތެއް ބުނެބަލަ! ” ސައިމަންގެ އެއްވެސް ސުވާލަކަށް ޖަވާބުދިނުމެއް ނެތި ލޮލުން ކަރުނަ ފޮހެމުންޔާނާފޭބިއެވެ.
ދެމީހުންނަށް މަގުމައްޗަށް ނުކުމެވުނެވެ. އޭރު ދޮރުމަތީގައި ނުދަންނަ ފިރެހެންކުއްޖަކު  ސައިކަލެއްގައި އިނެވެ. ސައިމަންއަށް ސަމާލުކަމެއް ނުދީ ޔާނާ އެކުއްޖާގެ ސައިކަލް ފަހަތަށް އެރިއެވެ. ސައިމަންއަށް ޤަބޫލުކުރަން ދަތިވިއެވެ.
” ޔާނާ؟؟ ” ސުވާލުގެ ނަޒަރަކުން ސައިމަން ބުނެލިއެވެ. އޭނާ ބާރުބާރަށް ޔާނާގެ އަތުގައި ހިފިއެވެ.
” ނުދެވޭނެ! ” ސައިމަންގެ އެހެން ބުނުމުން އެ ޒުވާނާ ސައިކަލް ސްޓާޓްކުރިއެވެ. ޔާނާ އަދިވެސް ސައިމަންގެ މޫނަށް ބަލާވެސް ނުލައެވެ. މޫނުމައްޗަށް އިސްތަށިތައް ވެރިފައި ހުރުމުން އެމޫނުން ދޭހަވާ ކަމެއްވެސް ސައިމަންއަކަށް ނޭނގުނެވެ. ޔާނާގެ އަތުން ސައިމަން ދޫކޮއްލީ ޔާނާ ނުފޭބީމައެވެ.އޭނާވެސް އަވަސް އަވަހަށް އޭނާގެ ސައިކަލަށް އެރިއެވެ. ޖީބުގައި އޮތްތަޅުދަނޑިނަގާ ސްޓާޓް ކޮއްލެވުނުއިރު ޔާނާއިން ސައިކަލް ވެސް ސްޓާޓްކޮއްފިއެވެ.
އެ ސައިކަލް ދުއްވާލުމުން ސައިމަންވެސް އެމީހުންގެ ފަހަތުން ދުއްވަމުން ދެއެވެ. އެމީހުންނަށް ނޭނގޭ ގޮތަށެވެ.
ޔާނާ އިން ސައިކަލް ހުއްޓާލީ ” ކޮރަލް ހޮޓެލް ” އަށެވެ. އެއީ މާލޭގައި ނަން މަޝްހޫރު ބޮޑު ގެސްޓް ހައުސްއެކެވެ. ސައިމަންގެ ސައިކަލް ދުރުގައި މަޑުކޮއްލައިގެން ހުއްޓެވެ. ޔާނާ އެ ޒުވާނާ އާއި އެކު އެ ގެސްޓް ހައުސްއަށް އެ އައީ ކީއްކުރަންހެއްޔެވެ؟ ޔާނާއަށް އެ ހިތްވަރު އެ ލިބުނީ ކޮންގޮތަކުން ހެއްޔެވެ؟ އެމީހުންނަށް ނޭނގި ސައިމަން އެ ތަނަށް ވަނެވެ. އޭރު ޔާނާ އާއި އެ ޒުވާން ފިރެހެންކުއްޖާ ސިޑިންއަރަމަންދެއެވެ. ސައިމަން ބަލާލީ ރިސެޕްޝަނަށެވެ. ލިފްޓް ހުއްޓާ އެދެމީހުން ސިޑިން އެރުމުން ސައިމަން ގެ ހިތް އަނެއްކާވެސް ނުތަނަވަސް ވާން ފެށިއެވެ. މަޑުމަޑުން ސައިމަންވެސް ސިޑިން އެރިއެވެ. ޔާނާގެ ހަޤީޤަތަކީ ކޮބާބާވައޭ ހިތައް އެރިއެވެ. އެންމެފަހުން ދޮރެއް ހުޅުވާލުމަށްފަހު އެދެމީހުން އެތެރެއަށް ވަތްތަން ސައިމަންއަށް ފެނުނެވެ. ސައިމަންގެ ދެލޮލުން ކަރުނަތައް ފައިބައިގަތެވެ. ޔާނާ އޭނާއަށް އެހާ ބޮޑު އޮޅުވާލުމެއް އޮޅުވާލަންވީ ކީއްވެހެއްޔެވެ؟ ކައިވެނި ކުރުމަށްފަހު އޭނާ އެގޮތަށް އެ އުޅެނީ ކީއްވެގެންހެއްޔެވެ؟ ގަސްދުގައި ސައިމަންގެ ހިތްހަލާކު ކޮއްލަންވީ ކީއްވެހެއްޔެވެ؟ އޭނާ ދެލޯ ފުހެލުމަށްފަހު، ލޯ މަރާލަމުން ބާރުބާރަށްގޮސް ތުރުތުރުއަޅާ އަޑަކުން ތަޅުގައި ހިފިއެވެ.
” ސަޕްރައިޒް………… ” އެންމެން އެއްކޮށް ބުނެލިއެވެ. ސައިމަންއަށް ލިބުނީ ސިހުމެކެވެ.
” ކޮޓަރިތެރޭގައި ތިބީ ޔާނާ އާއި ލިޔުޝާ އަދި އެ ފިރެހެން ކުއްޖާއެވެ. އެނދު އޮތީ މާމެލާމެލިން ޒީނަތްތެރިކޮއްފައެވެ. މުޅި ކޮޓަރި ވަނީ ރަތްފިނިފެންމަލުން ޖަރީކޮއްފައެވެ. ރީތި ކޮޓަރިއެކެވެ. ސައިމަން މުޅި ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ.
” ދޮންބެ އާއި ފަހަރިއަށް އަހަރެމެން ދެމީހުންގެ ފަރާތުން ދިން ހަދިޔާއެއް މީ…… ”

 އެ ޒުވާނާއަށް އިޝާރާތްކުރަމުން ލިޔުޝާ ބުނެލިއެވެ.
” މީ………؟ ” ސައިމަން އެހިއެވެ.
” މީ މޯޑް.. ދޮންބެގެ ޅިޔަނު……..” ހެމުން ހެމުން ލިޔުޝާ ބުނެލިއެވެ. ސައިމަން އެތެރެއަށް ވަނީ ޔާނާއަށް ކަޅި އަޅަމުންނެވެ.ޔާނާ ކުޑަކޮށް ބިރުވެސް ގަތެވެ.
” މީ ހަމަ ވަރަށް ބޮޑު ރޭވުމެއް… ޔާނާއަށް ހެވޭ ވަރުން ކިރިޔާ ބަސްޓްނުވީ.. އެކަމަކު އެކްޓިންގ ހަމަ ސްޕާރބް….” މޯޑް ގޮނޑީގައި އިށީންނަމުން ބުނެލިއެވެ. ޔާނާ ހީލިއެވެ. އަދިވެސް ސައިމަން އެއްޗެއް ނުބުނެއެވެ.
” ދޮންބެ ކީއްވެ ވާހަކަ ނުދައްކަނީ؟ ރުޅި އައީތަ؟ ” ލިޔުޝާ އެހިއެވެ. ސައިމަން ބޯ ހޫރާލިއެވެ.
” ނޫން… ވަރަށް ވަރަށް ބޮޑަށް ތެންކްސް…..” ލިޔުޝާގެ ބޮލުގައި ފިރުމާލަމުން ސައިމަން ބުނެލިއެވެ.
” ދެން ހިނގާ ދަމާ ލިޔު…….. ދޮންބެ އަހަރެން ލިޔު ގެއަށް ގެންގޮސްދޭނަން އިނގޭ……. ” މޯޑް ތެދުވަމުން ބުނެލިއެވެ. ލިޔުޝާ ޔާނާއަށް އެއްލޯ މަރާލާ ދިމާކޮއްލަމުން ނުކުތެވެ. ސައިމަން ބަލާލީ ޔާނާއަށެވެ. ޔާނާ އިސްޖަހާލިއެވެ. ސައިމަން އަޅާވެސް ނުލާނުކުމެގެން ގޮސް އިށީނީ ކޮޓަރީގެ ކުޑަ ސިޓިންގ ރޫމުގެ ސޯފާގައެވެ.
” ސޮރީ ލޯބި،،، ” ޔާނާ މަޑުމަޑުން ބުނެލިއެވެ. ސައިމަންގެ ކައިރީގައި އިށީންނަމުންނެވެ.
ސައިމަން އެއްވެސް އެއްޗެއް ނުބުނެއެވެ.
” ސޮރީ……. އަހަރެންނަށް ނުކެރުނީ އެވަރުން ލިޔު އާދޭސް ކުރީމަ ނޫނެކޭ ބުނަން……… ” ޔާނާ ކުށް ޤަބޫލުކުރިއެވެ.
އެވަރުންވެސް ސައިމަން އެއްޗެއް ނުބުނެއެވެ.
” ދެން ޕްލީޒް………..” ޔާނާ ސައިމަންގެ އަތްމަތީ އަތްބާއްވާލިއެވެ.
” ޔާނާއަށް އެނގޭތަ މިރެއަށްޓަކާ އަހަރެން ރާވާފައިވާ ކަންތައްތައް….. ރޫމްގައި އެހުރީ ޔާނާއަށް އެންމެ ރީތި ފެހި ކުލަ ލައިފައި.. ޔާނާއެންމެ ބޭނުންވާ ގޮތަށް އެރޭންޖްމަންޓް ޗޭންޖްކޮއްފަ… އަދި އަހަންނަށް އެނގުނު ގޮތަކަށް ބެޑްވެސް ހެދިން.. އަހަރެން ބޭނުންވީ އަހަރެންގެ އަމިއްލަ މަސައްކަތުން ރޫމަށް ޗޭންޖެއް ގެންނަން.. އެކަމަކު ރޫމުގެ ދޮރުމަތީ ހުރެފައި ރޫމަށް ނުވެސް ވަދެ ނުވަންނާނަމޭ ކިޔާފަ ދިޔައީމަ، އެވަގުތު އަހަރެންނަށް ކުރާނެ އަސަރެއް ޔާނާއަކަށް ނުވިސްނޭތަ؟ އެވަރު ނުވެގެން ފިރެހެނެއްގެ ސައިކަލް ފަހަތަށް އަރާ ގެސްޓް ހައުސްއަކަށް ވަނީމަ އަހަރެންނަށް ލިބޭނެ ޝޮކެއް ނޭނގޭތަ؟ ” ސައިމަން ތެދުވެ ބެލްކަންޏަށް ދިޔައެވެ. ޔާނާ އޭރުވެސް އިނީ ސޯފާގައެވެ. ކުޑަ އިރުކޮޅަކު ވިސްނަން އިނުމަށްފަހު ޔާނާ ވެސް ބެލްކަންޏަށް ދިޔައެވެ.
ފަހަތުން ގޮސް، ސައިމަންގެ ގައިގައި ބައްދާލަމުން ޔާނާ ބުނެލިއެވެ.
” ހިނގާ ލޯބިގެ ރޫމަށް ދާން… އަހަރެންވެސް ވަރަށް ވަރަށް ބޭނުންވި ވަންނަން… އެކަމަކު ލިޔު ބުނީމަ…………. ”

ސައިމަންގެ ބަނޑުގައި ހިއްޕާލައިފައިވާ ޔާނާގެ ދެއަތް ނައްޓާލަމުން ސައިމަން ފުން ނޭވާއެއް ދޫކޮއްލިއެވެ. ޔާނާ ހުރީ އިންތިހާއަށް ދެރަވެފައެވެ. ސައިމަންގެ އުއްމީދުތަކުގައި ކޮޅުފައިން ޖެހުނީކަމަށް ހިތައެވެ. ޔާނާ މަޑުމަޑުން ފަހަތަށް ޖެހެމުންގޮސް ކޮޓަރިއަށްވަނެވެ. އޭނާ އެނދުމަތީ އިށީނދެ އިނދެގެން ރޮމުންދިޔައެވެ.
” އަނެއްކާވެސް މޮޅު އެކްޓެއް ޖައްސަނީތަ؟ ” ސައިމަން މަޑުމަޑުން ބުނެލި އަޑަށް ޔާނާ ބަލާލިއެވެ. ޔާނާ ދެލޮލުން ކަރުނަ ފޮހެލުމަށްފަހު ބުނެލިއެވެ.
” އެއްވެސް އެކްޓެއް ނުދައްކަން… އަހަރެން ސައިމަންގެ ކުރިމަތީގައި ބަހައްޓަން ބޭނުން ނުވަންޏާ ބުނޭ… އަހަރެން އައިތަނަކަށް ގޮސްދާނަން… ” ޔާނާ ކޮޅަށް ތެދުވެ އަނެއްފަރާތަށް އެނބުރުނެވެ.
” ތީ އަހަރެން މޫދުން ހޮވި ކުއްޖެއް! އެހެންވީމަ ތިކުއްޖާ އެހެން އެއްވެސް މީހަކަށް ނުލިބޭނެ! ”

 ސައިމަން ސިއްރުސިއްރުން ބުނެލިއެވެ. ޔާނާގެ ކަންފަތްދަށުގައެވެ. ޔާނާ ލަދުގަތެވެ. އިސްޖެހުނެވެ. މޫނުގައި އަތްއެޅުނީ ސައިމަންގެ ހޫނު ނޭވާ އިހްސާސްވުމުންނެވެ. ސައިމަން ޔާނާގެ ކުރިމައްޗަށް އެރިއެވެ. މަޑުމަޑުން މޫނުން އަތްނެގިއެވެ. ޔާނާ ހުރީ ލޯމަރާލައިގެންނެވެ.. ޔާނާގެ ދެލޮލުން ފައިބައިފައިވާ ފެންތައް ސައިމަންގެ ދެއަތުން ފުހެލަދިނުމަށްފަހު ސައިމަން ޔާނާގެ ނިތްކުރީގައި ބޮސްދެމުން ބުނެލިއެވެ.
” މިހާ ލޯބި ލޯބި ކުއްޖެއް ލިބުނުކަން އެއީ އަހަރެންގެ ނަސީބު… ” އެޖުމްލަ އާއި އެކު ޔާނާ ލަދުން ފުރަގަސްދިނެވެ. އަނެއްކާވެސް ސައިމަން ޔާނާގެ ގައިގައި ބައްދާލިއެވެ. ޔާނާގެ ތުންފަތަށް ހިނިތުންވުން ވެރިވެގަތެވެ. ސައިމަން މަޑުމަޑުން ޔާނާ އޭނާގެ އަތްދަނޑިމައްޗަށް ލައިގެން ގެންގޮސް އެނދުމަތީގައި ބާއްވާލަމުން އެނދުމަތިން ރަތްކުލައިގެ ފިނިފެންމަލެއް ނެގިއެވެ. އަދި ޔާނާގެ މޫނުގައި މަޑުމަޑުން ޖައްސާލިއެވެ. ޔާނާ ދެލޯމަރައިގެން ހިނިތުންވަމުން ދެއެވެ. މަލުގެ ފިޔަތަކުން ޔާނާގެ ކަނދުރާގައި ފިރުމަމުންދެއެވެ. ޔާނާ ދުރަށް ފުރޮޅިގަތެވެ. ސައިމަން އެނދުގައި އޮށޯވެލި އިރުވެސް ޔާނާ އޮތީ ބަންޑުންނެވެ. ލަދުންނެވެ.
” ލޯބި ކީއްވެ ތިފަރާތަށް އެނބުރި ތިޔަ އޮތީ؟ ބަލާލަބަލަ މިފަރާތް؟ ” ސައިމަންގެ ލޯބިވެތި އަޑުން ޔާނާ ބަލާލިއެވެ. އޭރު ސައިމަންގެ ލޯ މެރެމުންދަނީ ޔާނާގެ ބޭނުމުގައެވެ. ޔާނާ މަޑުމަޑުން ސައިމަން އާއި ދާދި ގާތަށް ޖެހިލިއެވެ. އަދި ސައިމަންގެ އަތުގައި އޮތް ފިނިފެންމާ ދަމައިގަނެ ލަދުރަކި ގޮތަކަށް ބަލާލިއެވެ. ޔާނާގެ ރީތި ހަށިގަނޑަށް ބަލަމުން އޭނާ އެދެމުންދަނީ އެ ހަށިގަނޑުން މީރުކަން ހޯދުމަށެވެ. އެނދުމަތީގައި ހުރި ރަތްފިނިފެންމާ ފިޔަތަކުން މުށެއް ނަގާ ޔާނާގެ މޫނުމައްޗަށް އޮއްސާލިއެވެ. ޔާނާ ލޯބި ލޯބިން ހިނިތުންވެލިއެވެ.
*********************
އާދުވަހަކަށް އިރު އެރުމާއި އެކު ޔާނާއަށް ހޭލެވުނު އިރު ސައިމަން އިނީ ދުރުގައި އިށީނދެލައިގެންނެވެ. ޔާނާއަށް ބަލާށެވެ. ޔާނާ ލަދުގަތެވެ. އޭނާއަށްވެސް ބެލެނީއެވެ.
” ކީއްވެ ތިބަލަނީ؟ ” ޔާނާ މަޑުމަޑުން ސުވާލުކޮއްލިއެވެ.
” މާތް ﷲގެ ކުޅަދުންވަންތަކަން ހިތައް އަރާފަ އަހަރެން އުފާކުރަން… އަހަންނަށް ތިކަހަލަ ނަސީބެއް ދެއްވީތީ ޝުކުރު ކުރަން.. ” ސައިމަން ހިނިތުން ވެލަމުން ބުނެލިއެވެ.
ޔާނާވެސް ހީލިއެވެ. ސައިމަން ތެދުވެ ޔާނާގާތު އިށީނދެލިއެވެ. ޔާނާ އަދިވެސް އޮތީއެވެ.
” ހަނދާންވޭތަ ރޭގަ……..” ސައިމަން ޔާނާ ލަދުގަންނަވާލީ ގަސްތުގައެވެ. ޔާނާ ސައިމަންގެ މޭގައި ގޮށްމުށުން ވަރަށް ލޯބިން ޖަހާލިއެވެ.
ހުނުމުގެ އަޑުން މުޅި ކޮޓަރި ގުގުމާލީ އުފާވެރިކަމާއި އެކުގައެވެ.
****************************
ފަހުދު ކޮޓަރީގެ ދެކޮޅަށް ހިނގާލަހިނގާލަ ހުއްޓެވެ. ފުލުފުލުން ސިނގިރޭޓް ބޮމުންދެއެވެ. އޭނާގެ ބޯ ހާސްވެއްޖެއެވެ. ރޭގެ ނިދި ނުލިބުމުން ބޮލުގެ ރިހުންވެސް އިތުރުވެފައިވެއެވެ. އޭނާ ބޭނުންވަނީ މާލެ ދޫކޮއްލުމަށްފަހު ރަށަށް ދިޔުމަށެވެ. މަންމަ ގާތު ހުރުމަށެވެ. މަހަށް ގޮސްގެންވެސް ނޫނީ ރަށުމީހުން ކުރާ މަސައްކަތްތައް ކޮށްގެންވެސް ރުފިޔާ ހޯދިދާނެޔޭ ފަހުދު ހިތައް އަރަމުންދެއެވެ. ކުއްލިއަކަށް އޭނާގެ ނަޒަރު ހުއްޓުނީ އެނދުމަތީގައި އޮތް ފޯނާއި ދިމާއަށެވެ. މަންމައަށް ޔާނާގެ ޚަބަރު ދޭނެ ހިތްވަރެއް ނެތް ޙާލުވެސް އޭނާ ފޯން ނެގިއެވެ. ހަމަ އެވަގުތެވެ. ނާސިހާ ގެ ކޯލެއް އައެވެ.
” ފަހުދު…. ” ނާސިހާގެ އަޑުގައި އެކުލެވިފައިވަނީ ހިތާމައިގެ ކުލަވަރެވެ.
” ކީކޭ…. ކިހިނެތްވީ ނާސިހާ؟ ” އަތުގައި އޮތް ސިގިރޭޓް އަލިކެނޑިއަށް ފިއްތާލަމުން ފަހުދު އިށީނެވެ.
” ފަހުދު… ޖަމިއްތަ…. ޖަމިއްތަ ނިޔާވެއްޖެ! ” ނާސިހާގެ އަޑުން ފަހުދަށް ތެޅިގަނެވުނެވެ. މީހާ ހުއްޓުމަކަށް އައެވެ.
” ފަހުދު… ހިތްވަރު ކުރޭ! … ކޮންމެވެސް އެއްޗެއް ބުނެބަލަ! ” ފަހުދަށް ވާނެގޮތް އެނގޭތީ ނާސިހާ ރޮވެމުން ބުނެލިއެވެ.
” އަހަރެން ބޭނުން ދާން….. ރަށަށް ދާން.. ” ފަހުދުގެ ތުންފަތް ހަރަކާތް ކޮއްލިއެވެ.
” ފަހުދު…. ފޯން އެބަދެން އިބްރާހިމްބޭ އަތަށް…” އަވައްޓެރިއަކު އަތަށް ފޯން ދިއްކޮއްލަމުން ނާސިހާ ބުނެލިއެވެ. އޭރުވެސް ފަހުދު އިނީ ގަބުވެފައެވެ.
” ފަހުދު…. ކެތްތެރިވޭ! މަންމަގެ މޫނުދެކެން އަވަހަށް އާދޭ! އެ މައިމީހާގެ މޫނެއް ދެނެއް ނުފެންނާނެ! ކުއްލި ގޮތަކަށް ނިޔާވީ..” އިބްރާހީމްބެގެ އަޑުގައިވެސް ހިތާމަ އެކުލެވިގެން ވެއެވެ.
” އަހަރެން ދާނަން… ” ފަހުދު ފޯން ކަނޑާލުމަށްފަހު، އެނދުމަތީ ޖައްސާލިއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ރޮނގަކަށް ފާއްދަމުން ދިޔައެވެ.
****************************
ހަނިމާދޫއަށް މަތިން ދިޔުމަށްފަހު، ހަމަ އެރޭ ހއ ކެލަޔަށް ފަހުދު ދިޔައެވެ. އޭރު މަންމަގެ ކަށުކަމާ ކެމީގެ ހުރިހާ ކަމެއްވަނީ ނިމިފައެވެ. މަންމަގެ މޫނު ފެނުނު ހިނދު ފަހުދަށް ރޮވުނެވެ. ނަމަވެސް އޭނާ ކެތްތެރިވިއެވެ. މަންމައަށް ހެޔޮ ދުޢާ ކުރަން ފެށުނެވެ. ފަހުދުގެ ދެފައި ތުރުތުރު އަޅައެވެ. މަންމަ ނިޔާވުމުން ދުނިޔެއަށް ފަހުދު އެކަނިވެރިވީކަންވެސް އިހްސާސްކުރެވުނެވެ. އަދި މަންމައާއި މެދު ކަންތައްކުރެވިފައިވާ ގޮތްގޮތް ހަނދާންވުމުން އަމިއްލަ ނަފްސުވެސް އޭނާކުށްވެރިކުރެއެވެ. ޖަމީލާގެ މޫނު އެންމެ ފަހު ފަހަރަށް ބަލާލުމާއި އެކު ފަހުދު އެތަނުން ނުކުތީ ލަގޮނޑި އަތަށް ލައިގެންނެވެ.
*****************************
” އަހަރެން މާދަމާ ފުރަން.. ” ނާސިހާ ގާތު ފަހުދު ބުނެލިއެވެ.
” ވަޒީފާގަ އުޅެންޏާ ތިހެން ވާނީވެސް… ” ނާސިހާ ހުރީ އެގޭ ދޮރުމަތީގައެވެ.
” ފަހުދު… އަހަންނަށް އެނގޭ މިހާރު ފަހުދަށް ކުރާނެ އަސަރު.. އެކަމަކު އަހަރެން އަހާލާހިތުން…….”
” ޔާނާގެ ވާހަކަ ދޯ؟ ދެން އަޅާނުލާ.. އެއީ މީހެއްގެ އަތްބެއް…. ” ފަހުދު ސިނގިރޭޓެއް ރޯކޮއްލަމުން ބުނެލިއެވެ.
ނާސިހާ ހުރީ ވިސްނާލާށެވެ.
” ޔާނާ މީހަކާ އިނުމަކުން އަހަރެން ޔާނާއަށް ކުރާ އިންތިޒާރަކަށް ބަދަލެއް ނާންނާނެ! ” ފަހުދު އެހެން ބުނުމުން ނާސިހާ ހައިރާންވިއެވެ. ފަހުދުގެ ހިތުގައި ޔާނާއަށްޓަކައި ވީ ލޯބި އަދިވެސް އޭގެ ޖާގައިގައި ވާކަން ނާސިހާއަށް އެނގުނެވެ.
” އަހަރެން ކޮންމެ މަހަކަުވެސް ފޮނުވާނަން 500 ރުފިޔާ! މިގޭދަށް ބަލާ ސާފުކޮއްދޭތި އިނގޭ! ” ފަހުދު ހިނިތުންވެލިއެވެ.
” އާނ.. ތިކަމާ ފަހުދު ނުވިސްނާ.. އަހަރެން މިގެ ސާފުކޮށް ހަދާނަން…. ” ނާސިހާ ވެސް ހީލަމުން ބުނެލިއެވެ.
******************************
ސައިމަން އާއި ޔާނާ ގެއަށް އައެވެ، ޔާނާގެ ލޮލުގައި އަތް އަޅައިގެން ސައިމަން އޭނާގެ ރޫމަށް ޔާނާ ވެއްދިއެވެ.
” ވާއު…. ” ޔާނާ ކޮޓަރި ތެރޭގައި އެނބުރިލިއެވެ. ޔާނާ އާއި ސައިމަންގެ ރީތި ޕޯސްޓަރެއް ބިތެއްގައި ހަރުކޮއްފައިވާއިރު ޕާރސަލް ކޮއްފައިވާ ކުޑަކުޑަ ފޮށިގަނޑެއް އެނދުމަތީ އޮތެވެ.
” މީ.. ކޯއްޗެއް؟ ” ޔާނާ އެނަގަމުން އުފަލުން އަހާލިއެވެ.
” ތީ.. ކަނޑާލަބަލަ! ” ސައިމަން ވެސް އެނދުގައި އިށީނެވެ.
ޔާނާ ހިނިތުންވުމާއި އެކު ކަނޑާލިއިރު ޑައިމަންޑް ފަށެކެވެ.
” ވާއު.. އިޓްސް ބިޔުޓިފުލް….. ” ޔާނާ ސައިމަންއަށް ބަލާލިއެވެ. ލޯބިގޮތަކަށެވެ. ސައިމަން ޔާނާގެ އަތުން އެ ފަށް ނެގުމަށްފަހު ޔާނާ ގޮވައިގެން ލޯގަނޑު ކުރިމައްޗަށް ހުއްޓުނެވެ. އަދި ބުރަކަށިމައްޗަށް ވައްޓާލައިފައިވާ ޔާނާގެ ފަންފަން އިސްތަށިގަނޑު އެއްފަރާތްކޮއްލުމަށްފަހު އެފަށް އަޅުވާލަދިނެވެ. އަދި ޔާނާގެ ދޮން ދޮން ބުރަކަށީގައި ތުންފަތް ޖައްސާލުމުން ޔާނާ ދެލޯ މަރާލުމަށްފަހު އެނބުރުނެވެ.
” ކިހިނެތް…. ޝުކުރު އަދާކުރާނީވެސް؟ ”
” ޝުކުރުއަދާ ކުރަން ޖެހޭނެތަ؟ އަހަރެން ބޭނުންވާ ކޮންމެ އިރަކު ކޮންމެ ވަގުތަކު އަހަރެންނަށް ތި ލޯބި ލޯބި މޫނު ފެންނަފަށުގައި ހުރެދީ… އެވަރުން ފުދޭނެ… ” ސައިމަން ޔާނާގައިގައި ބައްދާލިއެވެ. ޔާނާ އުފަލުން ފޮޅިގަތެވެ.
” އޭތް! ފޮނިވެފަތަ؟ ތިހެން ނުހުރެ ދޭބަލަ އަލަމާރި ހުޅުވާލަން.. ” ސައިމަން ޔާނާގެ ބޮލުގައި ޖަހާލަމުން ބުނެލިއެވެ. ސައިމަންގެ މޭމަތިން ބޯނަގަމުން ޔާނާ ބުނެލިއެވެ.
” ދެން ކޮން ސަޕްރައިޒެއްބާ؟ ” ޔާނާ ހެމުން ހެމުން ގޮސް އަލަމާރު ހުޅުވާލި އިރު އޭގައި އޮތީ ދެ ޓިކެޓެވެ.
” ހަނީމޫން؟ ” ޔާނާ ސަޕްރައިޒްވެ ހުރެ އަހާލުމުން ސައިމަން ބޯ ހޫރާލިއެވެ.
” ނޫން…. އަބަދަށް…. ރާއްޖެ ދޫކޮށް ބަދަލުވާން……….. ” އެ ޖުމުލައިން ޔާނާގެ މޫނު ބަނަވެގެން ދިޔައެވެ.ޔާނާގެ މޫނުމަތިން އުފާވެރިކަމެއް ނުފެނުނެވެ. ސައިމަން މަޑުހިނގުމެއްގައި ގޮސް ޔާނާ އާއި ދާދި ގާތުގައި ހުއްޓުނެވެ. އަދި ވަރަށް ލޯބިން ޔާނާގެ ދަތްދޮޅީގައި ހިފާލަމުން ބުނެލިއެވެ.
” މެލޭޝިއާއަށް .. ”
ޔާނާ ދެލޯބޮޑުކޮށްގެން ހުރެ ބުނެލިއެވެ.
” މެލޭއަށޭ…؟؟ ” ސައިމަން ބޯޖަހާލިއެވެ.
” އާނ.. ކިހިނެތްވީ؟ ކޮއްކޮވެސް ދެން މީހަކާ އިންނާކަށްނު އެއުޅެނީ… އޭރުން އެކޮޅުން އަހަންނަށް ޖޮބްވެސް ލިބޭނެ.. ކުންފުނީގެ ބްރާންޗެއް އޮންނާނެ އެކޮޅުގަ.. ކޯސްވެސް ފުރިހަމަ ކުރެވޭނެ… ” ސައިމަން ރާވާލާފައިހުރި ކަންތައް އެނގުމުން ޔާނާ ހައިރާންވިއެވެ.
” އެކަމަކު އަހަރެން ރާއްޖެ ދޫކޮށް ދާހިތެއް ނުވޭ.. ކޮންމެ ގޮތެއްވިޔަސް މަންމަމެން އަހަރެންނާ ގުޅުން ކަނޑައިގެން އުޅުނަސް، އެމީހުންގެ ލޭގެ ގުޅުމެއް ނުކެނޑޭނެ.. އެމީހުންގެ މި ފަސްގަނޑޫ ދޫކޮށް ދާކަށް ބޭނުމެއްނޫން…” ޔާނާގެ ޖުމުލައިން ސައިމަން ހީލަމުން ބުނެލިއެވެ.
” އެހެންވިއްޔާ އަހަރެން ބޭނުން މިހާރުން މިހާރަށް ޔާނާގެ ރަށަށް ގޮސް މަންމަ މެންނާ ބައްދަލްކުރަން…… ތިހެން ނުކެރިފަ ހުރެގެން ވާނެތަ؟ އަހަރެން މިއީ ޔާނާގެ ފިރިމީހާކަންވެސް އަންގައިދޭން ބޭނުން.. ގާޟީ ވަލީދީގެން މެރީ ކުރިކަންވެސް އަންގަން ބޭނުން.. ކޮންދުވަހެއް މިގޮތަށް މިވާހަކަ ދައްކާތާ.. ދެން ނުޤަބޫލު ނުވާތި…..” ސައިމަން އެނދުގައި އިށީނުމުން ޔާނާ ބުނެލިއެވެ.
” އަހަރެންވެސް ބޭނުމީ ތިގޮތް… ” އެ ޖުމުލައިން ސައިމަން ހީލިއެވެ.
*****************
ވަށައިގެންވަނީ އެކަނިވެރިކަމާއި ފަޅުކަމެވެ. އަނދިރިކަމާއި ބަނަކަމެވެ. ހިތާމަތައް ކޮނޑުއަޅައިގެން އުޅެންޖެހޭނީ ކޮންދުވަހަކު ކަމެއްވެސް ނޭނގެއެވެ. އެކަމަކުވެސް އެއްވެސް ފަރުވާލެއް ނެތެވެ. ޔާނާ އާއި އެއްފަސް ގަނޑެއްގައި ހުރުމުންވެސް ހިތައްލިބޭ ހަމަޖެހުން ބޮޑެވެ.
ބާލީހުގައި ބައްދާލައިގެން އޮއްވާ ފަހުދުގެ މޫނުމައްޗަށް ފެންތިކިތިކި އެޅުމުން ސިހިފައި ތެދުވި އިރު ގައިގައި ތުވާލި އޮޅާލައިގެން ފަހުދުގެ ކުރިމަތީގައި ޔާނާ ހުއްޓެވެ. އިސްތަށިގަނޑުން ފައިބަމުންދާ ފެންތިކިތައް ފަހުދުގެ މޫނަށް އެޅުމަށްފަހު ފަހުދު ތެދުވުމުން ލަދުރަކި ގޮތަކަށް ހީލަހީލާ ހުރެ ފަހުދާއި ދިމާއަށް ބަލަމުންދެއެވެ. ފަހުދު ޔާނާގައިގައި އަތްޖައްސާލުމަށް އަތްދިއްކޮއްލި ވަގުތު ޔާނާގެ ރީތި ސޫރަ ލޯމަތިން ގެއްލުނެވެ. ފަހުދަށް ބާރަށް ލޯމަރާލެވުނެވެ.
އެއީ ޢާއްމުކޮށް ޔާނާ ކުރާކަމެކެވެ. ފަހުދު ހޭލައްވާލާނީ ޔާނާގެ އިސްތަށިގަނޑުން ފައިބާ ފެންތިކިތަކުންނެވެ. ފަހުދުގެ ލޮލުން ކަރުނަ ހިލުނެވެ. މިގޮތަށް މުޅި ޙަޔާތް ވޭތުކުރަންވީ ހެއްޔެވެ؟ ހަނދާނުން ހިތް ފުރާލަންވީހެއްޔެވެ؟ އެންމެ ކުށަކުން މުޅިއުމުރަށް އޭގެ އަދަބު ލިބެން ހުންނަން ވީހެއްޔެވެ؟ ޟަމީރު ކިތަންމެ ވިސްނައިދިނަސް ހިތް ބޭނުންވަނީ އެގޮތުގައި ހުންނާށެވެ.
*************************
ޔާނާގެ ރަށަށް ސައިމަންއާއި އެކު އޭނާ ދިޔައީ ވަރަށް ދާހިތުންނެވެ، ވަރަށް ބޭނުންވެގެންނެވެ، އެތައް ދުވަހަކށްފަހު ލޯބިވާ އާއިލާ އާއި ބައްދަލުވާނެކަމުގެ އުއްމީދުގައެވެ. ޔާނާ ހުރީ ޔާނާގެ ގޭގެ ދޮރުމަތީގައެވެ. އޭނާ ހުރީ ތުރުތުރު އަޅާ ޙާލުގައެވެ. ސަލާމްގޮވާލުމުން ގޭތެރެއިން ނުކުތީ ޔާނާގެ ބައްޕައެވެ. އަހަރުތަކަކަށްފަހު ބައްޕަ ފެނުމުން ޔާނާގެ ލޮލުން ކަރުނަތައް ހިލިގަތެވެ. ޔާނާ ފެނުމާއި އެކު ބައްޕައަށް ހުއްޓެވުނެވެ. ބައްޕަގެ އެދެލޮލުން ބައްޕާއޭ ކިޔާ ގޮވާލުމަށް ޔާނާއަށް މަޖުބޫރުކުރުވައެވެ.
” ބައްޕާ… ” ރޮވިފައި އެހެން ގޮވާލުމާއި އެކު ބައްޕަގެ އަތް އުފުލާލެވުނީ ޔާނާގެ މޫނުމަތީގައި ޖެހުމަށެވެ. ނަމަވެސް އެ އަތް ހައްޔަރު ކުރީ ސައިމަންއެވެ.
ސައިމަންގެ އަތުން އަތް ދަމައިގަންނަމުން ބައްޕަ ބަލާލިއެވެ. އެއީ ފަހުދެއް ނޫނެވެ.
” މީ… ؟ ”
” އަހަރެން މީ ސައިމަން.. ޔާނާގެ ފިރިމީހާ… ޔާނާގެ ކުރީގެ ކައިވެނި ރޫޅުނީ… ” ސައިމަންގެ ޖުމުލައިން ހަރުކަށި ކަމާއި އެކު ބައްޕަ ޔާނާއަށް ބުނެލިއެވެ.
” ހަމަ މިހާރު ތި އައި ތާކަށްދޭ……… ” ބައްޕަގެ ޖުމުލަ އާއި އެކު ޔާނާ ބާރަށް ރޯންފެށިއެވެ.
” އަހަރެންގެ ދަރިއެއްނޫން ތީ……… ” ލޮލުން އަންނަ ކަރުނަތައް ފޮހެމުން ބައްޕަ ވާހަކަދެއްކިއެވެ
” ނޫން ބައްޕާ…. ތިހެން ނުބުނޭ… މަންމާ! މަންމާ….. ” ޔާނާ ބާރަށް މަންމައަށް ގޮވިއެވެ. ސައިމަން ހުރީ ޔާނާގެ ދެކޮނޑުގައި ހިފަހައްޓައިގެންނެވެ.
” ކަށްވަޅުގައި އޮންނަ މީހަކަށް އަޑެއް ނީވޭނެ.. ” ބައްޕަގެ އެ ވޭންދެނިވި ޖުމުލައިން ޔާނާއަށް ހުއްޓުމެއް އައެވެ.
” މީގެ އަހަރެއްގެ ކުރިން ކަލެ އާއި ހެދި ހިތާމަކޮށްކޮށް މަންމަ މަރުވީ…. އެނގޭތަ އެނގޭތަ ކިހާ ވޭނެއްގަ އުޅެފަކަން؟ އެއްވެސް ޖުމްލައެއް އަނގައިން ބޭރުނުކޮށް އެއް އަހަރު ވަންދެން އިން.. އެވޭނުގަ އުޅުނީ އަހަރެންވެސް.. ”

ބައްޕަ މަތި ބަލާލަމުން ދެލޯމަރާލިއެވެ. އޭރުވެސް ޔާނާ ރޮނީއެވެ. ލޯބިވާ މަންމަ ނުފެނި ނިމިދިޔައީއެވެ. އޭނާއަށްޓަކައެވެ. ޔާނާގެ ހިތް އެ މައިމީހާގެ މައްޗަށް ރަހުމުން ފުރުނެވެ. ސައިމަން ޔާނާގެ އަތުގައި ހިފާލަމުން ދެފަރާތަށް ބޯހޫރާލިއެވެ.
” ބައްޕާ!….” ސައިމަންގެ ޖުމުލަ އަޑުއަހަން ބޭނުން ނުވެގެން ބައްޕަ ބުނެލިއެވެ.
” ނޫން.. ދަރިފުޅާ ތި އަންހެން ކުއްޖާ ގޮވައިގެން އައި ތަނަކަށްދޭ… އަހަރެންނަށް އޭނާ ފެންނަ ކޮންމެ ފަހަރަކު އޭނާގެ މަންމަ މަތިން ހަނދާންވެ އޭނަ ދެކެ ރުޅި އާދެވޭނެ.. ” ބައްޕަ އިތުރު އެއްޗެއް ނުބުނެ ގެއަށް ވަނުމުން ސައިމަން ޔާނާގެ އަތުގައި ހިފަމުން ދިޔުމަށް އެދުނެވެ.
” ސައިމަން… ” ޔާނާ ރޮމުން ރޮމުން ސައިމަންގެ މޭމަތީ ބޯއަޅާލިއެވެ. ދެމީހުންވެސް އެކުގައި ގެއިން ނިކުންނަން ހިނގައިގަތެވެ.

*************************

މާލެ އައިސް އުޅެން ފެށުމުން ޔާނާގެ ހިތާމަތަކަށް ލުޔެއް ލިބުނެވެ. ސައިމަންގެ އޯގާތެރިކަމުން އޭނާ އެއްވެސް ކަމަކާ ވިސްނާކަށެއް ނުޖެހެއެވެ. ލޯބިވާ މަންމައަށް އޭނާ ހެޔޮދުޢާ ކުރެއެވެ. އެނޫން ގޮތެއް ނެތްކަން އޭނާއަށް އެނގެއެވެ.
” ހިނގާ ދާން……….” ފޮށި ހިފައިގެން ނުކުމެ ސައިމަން ބުނެލިއެވެ.
” ލިޔު ވީ ޑިޔުޓީގަ.. މަންމަވެސް ގުޅި.. ބުނި ވަރަށް ހިތްހެޔޮ ކުރާށޭވެސް…. ” ފޯން ސައިމަން އަތަށް ދިއްކޮއްލަމުން ޔާނާ ބުނެލިއެވެ.
” އެހެންތަ؟ މަންމަ މިހާރު ދެފަހަރު އެގުޅީ.. ވަރަށް ދެރަވެފަ ހުންނަނީ ވެސް… ” ސައިމަން ފޮށި ދަމަމުން ޔާނާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.
ކާރުގައި ޔާނާ އިންނަނީ ވަރަށް މަޑުންނެވެ. ސައިމަން ޔާނާގެ އުނގުގައި އަތްބާއްވާލިއެވެ. ޔާނާ ލުއި ހިނިތުންވުމަކާއި އެކު ބަލާލިއެވެ.
“ހަމަ އަހަރަކު އެއްފަހަރުތަ ރާއްޖެ އާދެވޭނީ……؟ ” ޔާނާ ސުވާލުކުރިއެވެ
” ހޫމް،،،،،،، އެއީ އަބަދު އާދެވޭހާ ކައިރި ހިސާބެއް ނޫނޭ މެޑަމް ޖީ….” ސައިމަން ހުރީ ވަރަށް އުފާވެފައެވެ.
ފެރީޓާމިނަލަށް ކާރު ކައިރި ކުރި ތަނުން އަވަސް އަވަހަށް ޔާނާ ފޭބިއެވެ. ކާރުން ފޭބުމަށްފަހު ދަބަސް އަޅުވާލާ ހަމަޖެހިލިއެވެ. އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ކުރިމަތީގައި ހުރީ އާމިރެވެ. އޭރު ފެރީއަށް ފޮށިތައް އަރުވަން ސައިމަން ހުއްޓެވެ.
” ކޮންތާކަށް ފުރަނީ؟ ” އާމިރު އަހާލިއެވެ.
” ކިހިނެތްވީ؟ ” ބަދަލުގައި ޔާނާވެސް ކުރީ ސުވާލެކެވެ.
” ކަމެއްނުވެ.. ހަނީމޫނަށްތަ؟ ” އާމިރު އެހެން އެހުމުން ޔާނާ ހީލިއެވެ.
” ނޫން… ބަދަލުވަނީ މެލޭޝިއާއަށް… ” ހަމަޖެހިލާފައި ހުރެ ޔާނާ އެބުނި ޖުމުލައިން އާމިރުއަށް ތެޅިގަނެވުނެވެ.
” އޭނ… ؟ ” އާމިރުއަށް އެހެން ބުނެވުނު އިރު ސައިމަން އެހިސާބަށް އަރާ ހަމަވަނީއެވެ.
” ހިނގާ… ” ސައިމަން ބުނެލިއެވެ.
” ސައިމަން.. މީ އާމިރު.. ފަހުދުގެ ރައްޓެއްސެއް.. ” ޔާނާ ހިނިތުންވެލަމުން އެހެން ބުނި އިރު އާމިރު ހުރީ ވަރަށްބޮޑަށް އުދާސްވެފައެވެ. ފަހުދަށް ވާނޭގޮތް ނޭނގޭތީއެވެ.
” ހައި!” ސަލާމް ކޮއްލަމުން ސައިމަން ބުނެލިއެވެ.
” ދަނީ އިނގޭ އާމިރު… ” ޔާނާ ސައިމަންގެ އަތުގެ މުލައްދަނޑީގައި ހިފާލަމުން ހިނގައިގަތެވެ.
އާމިރު ހުރީ ގުޑިވެސް ލާން ނޭނގިފައެވެ. އެމީހުން ފެރީއަށް އެރިތަނުން އޭނާ ފަހުދަށްގުޅިއެވެ.
” އޭތް! ޔާނާ މެލޭއަށް ދާން ފުރައިބަ! އެއްކޮށް ޗޭންޖްވަނީ…….” އާމިރު އަވަސް އަވަހަށް އެހެން ބުނުމުން ފަހުދު ހާސްވިއެވެ.
” ވަޓް!؟؟؟ މަ މިދަނީ ”
” އޭތް.. މޮޔަވީތަ؟ ކޮންތާކަށް؟ މަޑުކޮއްބަލަ! ” އާމިރު ފަހުދު މައިތިރި ކުރަން މަސައްކަތްކުރިއެވެ.
” ޔާނާ ހުއްޓުވަން…….” މޮޔައެއް ފަދައިން ފަހުދު ބުނެލިއެވެ.
” ޕިސް… ހޭއަރާބަލަ! ތިހާވަރުން ނޫޅެބަލަ! މަ މިދަނީ ތިގެއަށް……” އާމިރު ފޯން ކަނޑާލިއެވެ.
*************************
”  އާމިރުގާތު ބުނިންތަ މެލޭޝިއާއަށް ޗޭންޖްވާ ވާހަކަ؟ ” ސައިމަން ޔާނާގާތު އެއްސެވެ،
” ހޫމ… ” ޔާނާ މަޑުމަޑުން ހޫނ އަޅުވާލިއެވެ.
” ދޫނިއަށް އެނގެ އެއްނު އޭނައަށް އިނގުނިއްޔާ ފަހުދުއަށް އެނގޭނެކަން… ” ލޯތްބާއި އެކު ސައިމަން ބުނެލިއެވެ. އަސްތާއެވެ. ސައިމަން ހަސަދަވެރިވީބާވައެވެ؟ ޔާނާގެ އެއްވެސް މައުލޫމާތެއް ފަހުދަށް ލިބެން ބޭނުން ނުވަނީބާވައެވެ؟ޔާނާ ގެއްލި ދާނެތީ ސައިމަން ބިރުގަންނަނީ ހެއްޔެވެ؟

23

10 Comments

 1. shai

  March 7, 2014 at 10:56 pm

  ah geh;idhaane thyy biru gahnaane thaa dho dhn mi vaahaka ga yaanaa ah shaiman ah dhuru nukuraathi….. dhurukohfihyaa my salaa ge supporter eh nun…. dhn fahudhu ah ehn baiveriyaku hoadha dyfa ninmaalaa…… v biru gahnan fahtaafi shaiman ah yaanaa gehlidhaanethy……. bye salaa gud nyt nice part

  • lady gaagaa

   March 8, 2014 at 3:00 pm

   nun salaaa
   saiman accident kohlaafa maraalaafa fahudhaa yaanaa r gulhuvaa
   dhen yaana ah saimange kuhjhaku hoadhadhy
   fahudha kudhin nulibey goi hadhaafa

  • Salaa

   March 8, 2014 at 5:52 pm

   heheheh… haaaas nuvey shai… yaana sad vaa gotheh nahadhaaanan…. hehehe majaa comnteh ingey

 2. shai

  March 7, 2014 at 11:01 pm

  yes!!! yageen bitugahnaane kan ehaa varun hoadhi loibeh………. dhn shaiman ah yaana gehluna nudheythi plx plx salaaaaaaaaaaaaaa loabi eiee haadha varu gadha ehchekey ehnme asarugadha hisaab ga mihar thi ithy dhn fahudhu ah ehn meehaku dhyfa dhn avahah ninmaalaa i miss my frndx love story so much when i read this salaa gud nyt t.c

 3. samaa

  March 7, 2014 at 11:05 pm

  vvvvv nice…waitnggg fr da nxt prt……

 4. aroo

  March 7, 2014 at 11:06 pm

  vvvvvvvvv nice next part avahah up kohladhehchey salaaaa keep it up…

 5. Saraaa

  March 7, 2014 at 11:21 pm

  Vvvvvvvv NYC dhn next part kn irakun …. Keep it up…. Gud myt swat drums tccc

 6. veera

  March 7, 2014 at 11:26 pm

  Vara nice

 7. samaa

  March 7, 2014 at 11:31 pm

  vvvvvvvvvvvvv rythi mi bai vxxxx….vaitng 4 da nxt prt……

 8. layaal

  March 8, 2014 at 11:46 am

  wow !! v v v reethi

Comments are closed.