Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ތާރާ…2

fiza Level 1
March 5, 2014 6 Mins Read
11 Comments

މިރާންގެ އަޑުކަރުތެރޭ ތާށިވެގެންދިޔައީ ތާރާގެ ރީތި އަޑުން މިއުޒިކާއި އެއްވަރަށް ކިޔަންފެށިލަވައިންނެވެ. ރެއިލިންގައި  އަތްއަޅުވާލަމުން މިރާން ރަގަޅަށް ހަމަޖެހިލިއެވެ. ހާދަ އަސަރުގަދަ ލަވައެކެވެ. އެލަވައިގެ ކޮންމެ ލަފްޒެއްވެސް މިރާންގެ ހިތުގައި ބިންވަޅުނެގެމުންދިޔައެވެ.

“އެރޭ ހާދަ ރުއިމޭ ހަނދާންވޭ އެމަންޒަރު                                                            ދުށިން ދާދި ކައިރިން ނިދާލާފަވާތީ

ހިތައް ކެއްނުވީއްޔޭ ފުރާ ލޯމިކަރުނުން                                                             ހުރީ ރޯލަ ރޯލާ ހަނދާންއާވަނީއްޔޭ                                                   ހީލާނުހޭ އެއްފަހަރު ހީލަދީ                                                                   ހިތްހީވިޔޭ ކިޔާ ރޮނީ ވަކި ނުވޭ                                                 ނުލިބޭނޭ އަލުން ހިތަކަށް އުފަލެއް                                                               ހިނިތުންވެ ގޮވާ ހެންހީވެ ދުރުން                                                 ބަލާލީމަ ތަސްވީރު ހަނދާންއާވަނީއްޔޭ                                                             ދުށިން ދާދި ކައިރިންނިދާލާފަވާތީ

ވިއްސާރަ ތޫފާނަކަށް ވީއެރޭ                                                                 ގިސްލާރުއީ ވީގޮތުންނޭ އެރޭ..                                                  ފެނުމެއް އަލަކުން ހަމަގައިމު ނުވޭ                                                             ގެންދާށެ ރޮމުން ބުނެލީމެ އެކީ                                                     ހުރީ ކާކުހޭ އަދު މިތާ ހެޔޮއެދޭނޭ                                                               ދުށިން ދާދި ކައިރިންނިދާލާފަވާތީ

ތާރާއޭނާގެ މައިންބަފައިން މަތިން މާބޮޑަށް ހަނދާންވާރެއެކެވެ. އެލަވައަކީ އޭނާ އެމީހުންމަތިން ހަނދާންވާ ކޮންމެފަހަރަކު ކިޔާ ލަވައެވެ. އެލަވައިގައި ކިޔާ ކޮންމެ ލަފްޒެއްވެސް އެއީ އޭނަގެ ހިތުގެ ގޮވުމެވެ. ކަނޑުމަތީ ހިނގިނުރައްކާތެރި އެކްސިޑެންޓުގައި އޭނާގެ މައިންބަފައިން މިދުނިޔެއަށް ދޫކޮށްފައި ދިޔައީ ހީވެސް ނުކުރާހާ ހިތްދަތި ގޮތަކަށެވެ. ތާރާ ލަންކާއިން އައި ދުވަހު އޭނާބަލާ އެއާޕޯޓަށް ދިޔަ މަގުމަތީ ފެރީ ލޯންޗަކާއި ޖެހި ،އެއެކްސިޑެންޓުގައި އެމީހުންވަކިވެގެން ދިޔައީ މުޅުއުމުރަށް އެމީހުންގެ މަރުގެ ޒިންމާ އޭނާގެ ބޮލުގައި އަޅުވާފައެވެ. ބޭބެވެސް އަދި އެހެން ހުރިހާއެންމެންވެސް ދެކުނީ އެއީ އޭނާގެ ސަބަބުން ހިނގި ކަމެއްގެ ގޮތުގައެވެ.

ކުއްލިއަކަށް ތާރާގެ ހަރަކާތްތައް ހުއްޓުނީ ނޭފަތުގައި ހަރުލި ފިރިހެން ސެންޓުވަހުންނެވެ.  އެއާއެކު އެތަނުގައި އޭނާފިޔަވައި އެހެން މީހަކު ހުރިކަން ތާރާއަށް ޔަގީންވިއެވެ.

“ކީއްވަ ލަވަ ހުއްޓާލީ… ވަރަށް ރީތި ލަވަކީގޮތް..” އިވިގެންދިޔަ ހިތްގައިމު ފިރިހެންވަންތަ އަޑުން ތާރާގެ ހުރިހާލޯލިތައް ކޮޅަށްޖެހުނު ކަހަލައެވެ. ހާދަ ރީތި އަޑެކެވެ. އަޑާއެއްވަރަށް އެމީހަކުވެސް ރީތިވާނެއޭ ތާރާގެ ހިތައް އެރިއެވެ. އަޑުއައީ ޖެހިގެންހުރި ބެލްކަނިންކަމުން އެއީ އެބައިގާ އުޅޭ މީހެއްކަން ތާރާއަށް ވިސްނުނެވެ. އެއާއެކު ކުރިއަށްވުރެ ބޮޑަށް ލޯމަރާ ތަގުޅިކޮށްލިއެވެ. ލޯހުޅުވިޔަސް އޭނާއަށް އެމީހަކު ފެންނާނީކީ އެއްނޫނެވެ. އެމީހަކަށް އޭނާއަކީ ލޯފަން މީހެއްކަން އެގޭކަށް އެވަގުތު ތާރާ ބޭނުމެއްނުވިއެވެ.

ތާރާގެ އެހަރަކާތުން މިރާންގެ މޫނަށް ހިނިތުންވެރިވެގެންދިޔައެވެ. އެމޫނޫ ފެންްނަމުންދިޔައީ ކުރިއަށްވުރެވެސް މާމައުސޫމް ގޮތަކަށެވެ. ކުއްލިއަކަށް މިރާންގެ ކޮޓަރީދޮރުގައި މީހަކު ޖާހާއަޑުއިވުމުން މިރާންގެ އަގައިން “ޝިޓް” އެބަސްނިކުތީ ބޭއިހްތިޔާރުގައެވެ. މިގަޑީގައި އެކޮޓަރިއަށް އަންނާނީ ސާހިލްއޭ ހިތައް އެރުމުން ،ދެބުމަ ގޮތްޖަހާލިއެވެ. އެތެރެއަށް ވަދެގެން ދިޔައީ އެއަންހެންކުއްޖާ ކައިރީ އެބަ އަންނަމޭ ބުނެލަމުންނެވެ.

މިރާން ދިޔަކަން ޔަގީންވުމާއެކު ތާރާ އަވަސް އަވަހަށް ކޮޓަރިއަށް ވަދެ ދޮރުތަންޑުވެސް އަޅުވާލިއެވެ. އަނެއްކާ އޭނާއަކީ ނުފެންނަ މީހެއްކަން އެގިގެން އެމީހަކު އަތުވެދާނެ ހެއްޔެވެ. ތާރާގެ ސިކުނޑިއަށް ނުބައި ހިޔާލްތައް ވެރިވަމުންދިޔައިރުވެސް އޭނާއަށް އެއްކަމެއް ޔަގީންވިއެވެ. އެއިވުނު ހިތްގައިމު އަޑު އޭނާގެ ހުރިހާ ހިއްސުތަކާ ކުޅެލައިފިކަމެވެ. އެބައަންނަމޭ ބުނެލީ ވެސް އެހާ ފިރިހެންވަންތަ ގޮތަކަށެވެ. ތާރާ ބޭރަށް ނިކުމެލާހިތްވެސް ވިއެވެ. އެހެންނަމަވެސް އޭނާގެ ހާލަތު ހަނދާންވުމުން އެއީ ކުރަން ރަގަޅު ކަމެއް ނޫންކަން އޭނާގެ ސިކުނޑިވިސްނައިދިނެވެ. ފިރިހެނުންނަށް މިޒަމާނުގައި އިތުބާރު ކުރާކަށް ނުވާނެވެ. އަދި އެވެސް ނުވެސް ދަންނަ މީހަކަށެވެ. ނިދަން އަރާއޮތްއިރުވެސް ތާރާގެ ކަންފަތުގައި ހަރުލާފައި ހުރީ އެޒުވާނާގެ ހިތްގައިމު އަޑެވެ. ދޮރޮހުޅުވާލިއިރު މިރާން ހީކުރިގޮތާ ހިލާފައް ދޮރުމަތީ ހުރީ ހަނީފާއެވެ. ހަނީފާގެ މޫނުމަތިން ފެނުނު ކުލަވަރުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން މިރާންދެނެގަތެވެ.

“ހަފީ މަންމާ ކިހިނެތްވީ؟…” ހަނީފާ އެދުނީ ސާހިލްއާއި ދެމީހުން ތިރިއަށް އައުމަށެވެ. ސާހިލްގެ މޫނުންވެސް އޭނާއަށް ވެގެން އުޅޭގޮތެއް ނޭގޭކަން އެގެއެވެ. މިރާން ހާސްވާގޮތްވިއެވެ. އަނެއްކާ އެމީހުންނަށް އޭނާ ކުރަން އުޅޭ ކަންތައް އެގި ހިތްހަމަނުޖެހުނީ ހެއްޔެވެ. ޖެހިލުންވެ ހުރެވެސް މިރާން ހަނީފާގެ ފަހަތުން ގޮސް ސޯފާގައި އިށީނެވެ. ސާހިލްވެސް ހުރީ މަންމަ ދައްކަން އުޅެނީ ކޮންވާހަކައެއްކަން ނޭގޭތީ ހާސްވެފައެވެ.

” ވަރަށް ކުއްލިގޮތަކަށް މާދަން މަންމަމެން މާލެ ދާން ޖެހިއްޖެ…ސާހިލްގެ މާމަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން..” މިރާން އާއި ސާހިލްއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ. ހަނީފާ ދެއްކީ އެކޮޅުގައި ދެތިން ހަފްތާވެދާނެތީ އޭނާ ކަންބޮޑުވާ ވާހަކައެވެ. މިރާން އައިތާ މާގިނަ ދުވަހެއް ނުވެ އެހާގިނަ ދުވަހަށް ދުރަށް ދާންޖެހުމުން އޭނާ ދެރަވިއެވެ. އެހެންނަމަވެސް މައިމީހާ ދެކެލަންދާންވެސް އޭނާ ބޭނުމެވެ. މިރާން ކައިރިން ހަނީފާ އެދުނީ އޭނާ އަންނަންދެން ސާހިލްއާއި ދެމީހުން ރަގަޅަށް އުޅުމަށެވެ. ހަނީފާއަށް އޭނާގެ ތަރުބީއްޔަތާމެދު ފުރިހަމަ އިތުބާރު އޮތެވެ. އޭނާގެ ފިރިހެން ދަރިން އޭނާ ލަދުގަންނަން ޖެހޭ އެއްވެސް ކަމެއް ނުކުރާނެކަން އޭނާއަށް އެގެއެވެ. ކެއުން ބުއިމުގެ ކަންތައް ރާދާ ކޮށްދޭނެކަމާއި ،މާ ލަސްނުވަނީސް ގެއަށް އައުމަށާއި ފަސްވަގުތު ނާޅާ ނަމާދު ކުރުމަށް ނަސޭހަތްތެރިވިއެވެ. ޒަރީރު ބޭނުންވީ ސާހިލް އާއި މިރާންވެސް ގޮވައިގެން ދިޔުމަށެވެ. އެހެންހަމަވެސް މިރާން ކުރައި މަސަތްކަތަށް ބުރޫ އަރާފާނެތީ އެހިޔާލު ދޫކޮށްލީއެވެ.

މިރާންއަށް ކޮޓަރިއަށް އެބުރިދެވުނު ގަޑިން ދޭއް ޖަހަން އުޅެނީއެވެ. އެންމެފުރަތަމަވެސް އޭނާއަށް ނިކުމެވުނީ ބެލްކަންޏަށެވެ. ކުރީރެއާ ހިލާފަށް މިރޭ އެކޮޓަރީގެ ދޮރުލައްޕާ ފޮތިގަނޑުވެސް ވަނީ ކަހާލެވިފައެވެ. މިރާންގެ ހިތް މާޔޫސްވިއެވެ. އަނެއްކާ އެކުއްޖާ ހިތްހަމަނުޖެހުނީހެއްޔެވެ. ވާނީ ވެސް އެހެންތާއެވެ. ފިރިމީހާ ހިތްހަމަނުޖެހިދާނެތީ ޖެހިލުންވީކަންނޭގެއޭ އޭނާގެ ހިތްބުނެލިއެވެ. މިރާންއަށް އޭނާގެ ނިއްކުރީގައި އަތްހިންގާލެވުނެވެ. އޭނާއަށް މިވަނީ ކީއްހެއްޔެވެ؟ ކާކުކަން ނުވެސް އެގޭ ކުއްޖަކާ ދޭތެރޭ މިހާ ވިސްނެންވީ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ.

ޖެހިގެންއައި ދުވަހު މެންދުރުގެ ވަގުތެއްގައި ޒަރީރުގެ ދެމަފިރިންފުރައިގެން ދިޔައެވެ. އެއާއެކު ސާހިލްއާއި މިރާންގެ މަސައްކަތް ފެށިގެންދިޔައީ ވަރަށްވެސް މިނިވަންކަމާއެކުގައެވެ. ކޮންމެދުވަހަކު އެހިސާބުގެ އުޅޭ އޮޓޯދުއްވާމީހުންކައިރިން މައުލޫމާތު ހޯދަމުންދިޔައެވެ. ރަޝީދުގެ ފިރިހެންދަރިފުޅަށް އާންމުކޮށް ކިޔާއުޅެނީ އަހުމަދުކަމުން އޭނާހޯދަން އެހާފަސޭހައެއްނުވިއެވެ. ލަންކާއަކީ މިހާރު ދިވެހިން އެންމެ ގިނައިން އުޅޭ އެއްގައުމެވެ. އަހްމަދު ކިޔާ އެތައް ބައެއްގެ ތެރެއިން ރަޝީދުގެ ދަރިފުޅު ހޯދުމަކީ ފަސޭހަމަކަށްނުވިއެވެ. އެހެންނަމަވެސް މިރާންގެ އަޒުމަކަށް ބަދަލެއް ނާދެއެވެ. އޭނާ ލަންކާއިން ފުރައިގެންދާނީ ކުރަން އައި ކަންތައް ކުރުމަށްފަހުގައެވެ.

އެހެންދުވަހާ ހިލާފަށް ތާރާ މުޅިންވެސް އުޅުނީ ކޮޓަރީގައެވެ. ބެލްކަންޏަށް ނިކުންނަންބޭނުންނުވިތާ އެދޮރު ހުޅުވާލަންވެސް ތާރާބޭނުމެއްނުވިއެވެ. ތާރާގެ އެއަމަލުން ކޮންމެވެސް ކަމެއް ވެއްޖެކަން ޖަމީލާގެ ސިނކުޑިއަށް ނަގައިގަނެވުނެވެ. އެތައްފަހަރަކު އެހުމުންވެސް ތާރާގެ ޖަވާބަކަށްވީ އެއްޖަވާބެކެވެ. އެއްވެސް ކަމެއްނުވެއެވެ. ކުރީރޭގެ ހާދިސާ އެއްވެސް މީހަކަށް އެގޭކަށް  ތާރާ ބޭނުމެއްނުވިއެވެ. އޭނާ ވިސްނާގޮތަށް ފަހަރެއްގައި އެހެންމީހުންނަށް ނުވިސްނިދާނެއެވެ. ބުނެވޭ އެއްޗަކުން އެޒުވާނާއާއި ދިމާއަށް މީހަކު ނުރުހުމުގެ ބަހެއް ބުނެލަން އޭނާގެ ހިތެއް ނޭދެއެވެ. އެ ފިރިހެންވަންތަ އަޑު އޭނާގެ ހިތާ ސިކުނޑިއާއި ރަނގަޅަށްވެސް ކުޅެލައިފިއެވެ.

ތިންދުވަސް ފާއިތުވެގެން ދިޔައީ މިރާންގެ މަސަތްކަތަށް މާބޮޑު ކުރިއެރުމެއް ނުލިބިއެވެ. އެކަމާ މިހާރު އޭނާ ބޯގޮވާހިސާބަށް ގޮސްފިއެވެ. ލަންކާގައި އަތްފުނާއަޅއިގެން އޭނާ އެމީހަކު ހޯދާނެއެވެ. ހިތުގައި އުފެދިފައިވާ ނަޕްރަތުގެ ހުޅުގަނޑު ދުވަހެއް ދުވަހަކަށް ދިޔައީ ބޮޑުވަމުންނެވެ. އަނެއްކޮޅުން ކޮންމެ ރެއަކު އޭނާ އެތައް ގަޑިއިރެއް ބޭލްކަނީގައި ވޭތުކުރަމުންދިޔައީ ހަމަ އެންމެ ބޭނުމެއްގައެވެ. އެއަންހެންކުއްޖާ ދެކިލާހިތުން އެތަނަށް ނިކުމެވެނީ ކިތައް ފަހަރު ކަމެއް ނޭގެއެވެ. ކިރިޔާ މިއުޒިކެއްގެ އަޑު އިވުނަސް ބޭރަށް ނިކުމެ ހޯދާލެވެނީ އެސޫރަ ދެކިލާހިތުންނެވެ. ކޮންމެފަހަރަކު މާޔުސްވާންވެފެށުމުން  މިކުރެވެނީ ބޭކާރު ކަމެކޭ ވިސްނެންފެށުނެވެ. އެހެންނަމަވެސް ހިތް އެކަމާ އެއްބަސްވާގޮތެއްނުވިއެވެ. ކީއްވެ ކަމެއް ނޭގެއެވެ.

ބެލްކަނީ ދޮރުހުޅުވާލުމާއެކު އެޖެހުނު ފިނި ފިނި ވައިރޯޅިން ހުރިހާލޯލިތައް ކޮޅަށްޖެހުނު ކަހަލައެވެ. ދާހިއްލާފޯވަފައިވާއިރުވެސް އެފަދަ ފިނި ވައިރޯޅިއަކުން މީހާއެއްކޮށް ފިނިވެގެންދިޔައެވެ. މުޅިިގެއިން ކަރަންޓު ކަނޑައިގެން ދިޔުމާއެކުވެސް ތާރާހުރީ ބެލްކަންޏަށް ނުނިކުންނަންވެގެންނެވެ. އެންމެފަހުން ކެތްނުވެގެން ނިކުތީއެވެ. އެތައް ދުވަހަކަށްފަހު ތާޒާވައިގެ ތެރެއަށް ނިކުމެވުމުން ހިތުގައި އުފެދިފައިހުރި އުދާސްކަންވެސް ފިލައިގެންދިޔަ ކަހަލައެވެ. އޭނާ ފިލައިގެން މިއުޅެވެނީ ކާކަށްބާވައޭ ހިތައްއެރިއެވެ. އެމީހަކު އޭނާމަތިން ހަނދާންހުރި ބާވައެވެ. އެކި އެކި ހިޔާލުތަކުގައި ހުރެ ކަންފަތަށް ހެޑްސެޓްޖަހާލަމުން ލަވައަޑުއަހަންފެށި ކުރެވޭ ހިޔާލުތައް އެހެންދިމާއަކަށް އަނބުރާލެވޭތޯއޭވެ.

ޖަމީލާ އައިކް ނިދާފައި އޮތުމުން ކޮނޑުމަތީ ބާއްވާލައިގެން ދެކޮޅަށް ހިގާލަ ހިގާލާހުއްޓެވެ. ވަރުބަލިވާންފެށުމުން އެންމެފަހުން އެތަނުން އޮށޯވެލައިގެން އޮވެވޭ ކަހަލަ ގޮނޑިއެއްގައި ތަންމަތި އަޅާލުމަށްފަހު އައިކް ބާއްވާލިއެވެ. އައިކް މިހާރަކަށްއައިސް މާބޮޑަށް ފުރޮޅޭތީވެ ޖަމީލާއެއްއަތް އައިކް ގައިމަތީ ބާއްވާލަމުން ގޮނޑީގައި ހަމަޖެހިލިއެވެ.

“ޖަމީލާ…. ޖަމީލާ….” ލޯމާރާލައިގެންއޮތް ޖަމީލާގެ ކަންފަތަށް ތަރަފްގެ އަޑުޖެހުމާއެކު އޭނާއަވަސް ވެގަތީ އެތެރެއަށްދިޔުމަށެވެ. ވަރަށް ސިއްރުން އައިކްގައިމަތީގައި އޮތްއަތް ނަގަމުން ބާލިސްރަގަޅުކޮށްލާ ތާރާކޮބައިތޯ ބަލާލިއެވެ.                                    “ތާރާ ދައްތަ އަންނާނަން  ތަރަފް ގޮވަނީ ކީއްކުރަންތޯ ބަލާލާފަ …. މިތާ އައިކް ކައިރީ އައިސް އިށީންނަންވީނުން… މާގިނައިރެއްނުވޭ ހޭލާނެ ހެން ހީވަނީ ..އެހާވަރަށް އެބަ ތޮޅޭވީއްޔާ…” ޖަމީލާއަށް އެހެންބުނެލުމަށްފަހު ބާރަކަށް އެތަނުންދިޔައީ ދެވަނަފަހަރަށް ތަރަފްގެ އަޑު އިވުމުންނެވެ. ޖަމީލާއަށް ނޭގުނީ ތާރާހުރީ ހެޑްސެޓްޖަހައިގެން ލަވައަޑުއަހަންކަމެވެ. އެވަގުތާ ދިމާކޮށް ތާރާގެ އަނގައިން މިއުޒިކާއެއްވަރަށް ނިކުތް ހޫނ ހޫނ ޖަމީލާއަށް ނަގައިގަނެވުނީ އެއީ ތާރާއަށް އޭނާދެއްކިވަހަކައަށް ބުނި އެއްޗެއްކަމުގައެވެ. ލަވައަޑުއަހަން ހުރި ކަމުގައި ވިޔަސް ތާރާގެ ހިޔާލްހުރީ އެހެންދިމާއަކަށް މިސްރާބްޖަހާފައެވެ. ކުރިއަށްވުރެ ބޮޑަށް ލަވައިގެ އަޑުބާރުކޮށްލަމުން ތާރާ ލަވައާއިއެއްވަރަށް އެލަވަ ކިޔަމުންދިޔައެވެ.

ހެނދުނުއްސުރެން ބޮލުގައި ރިއްސާފަ ހުންވައްތަރު ވެފައިހުރުމުން މެންދުރުކާލައިގެން މިރާން ޖައްސާލީ ނިދާލާށެވެ. ފުންނިންޖެއްގައި ނިދާލާފައި އޮތްވާ ހޭލެވުނީ ހޫނުވާންފެށުމުންނެވެ. އެވަރުންވެސް ތެދުވާހިތްނުވެފައި އޮތީ އަދިވެސް ރަގަޅު ނޫންހެން ހީވުމުންނެވެ. އެންމެފަހުން ތެދުވީ  ހޫނުވެފައިހުރިވަރުން ފެންވަރާލުމަށެވެ. މާގިނައިރެއްނުވަނީސް ކުޑަކުއްޖެއްޖެ ރުއިމުގެ އަޑުކަންޕަތުގައި ޖެހުމާއެކު އެއީ ކުރީ ދުވަހު ފެނުނު ކުއްޖާކަން އެގުނެވެ. މިގަޑީގައި އެއަންހެން ކުއްޖާވެސް އެތާހުރެދާނެއޭ ހިތައް އެރުމުންވެސް ނިކުންނަންނޭގިފައި ހުރެވުނީ ފިނިފެންކޮށްލަންބޭނުންވެފައި ހުރިވަރުންނެވެ. ޝަވަރަށް ދޫކޮށްލައިގެން އެހެންހުންނަތާ ދިހަމިނެޓްވެގެން ދިޔައިރުވެސް އެކުއްޖާގެ ރުއިމުގެ އަޑުއިވެއެވެ. މިރާން ފާހާނާއިން ނިކުތީ އެކުއްޖާއެހާވަރަށް ރޯތީވެ ވީކީއްތޯ ބަލާލަންވެގެންނެވެ. އަތްމަތި އަވަސްކޮށްލައިގެން ހަމައެކަނި ސޯޓްބުރިއެއް ލައިގެން ބެލްކަންޏަށް ނިކުމެލިއެވެ. އެއާއެކު ފެނުނު މަންޒަރުން ހިތުގެ ހިނގުންހުއްޓުނު ކަހަލައެވެ. ގައިގަ ހުރިހާ ލޯލިތައް ކޮޅަށް ޖެހުނެވެ.

މިރާން ބަލާކަށް ނުހުރެ ދުވެފައިގޮސް އެބެލްކަންޏަށް އެރިއެވެ. އެހިސާބަށް އެހާބާރަށް އޭނާދެވުނީ ކިހިނެތްކަމެއް ނޭގެއެވެ. އެހިސާބަށް ދެވުނީ ހަމަ ކިރިޔާއެވެ. އެންމެ މިނެޓެއް ލަސްވިނަމަވެސް އައިކް އެގޮނޑިން ވެއްޓުނީސްކަން ޔަގީނެވެ. އެހާތިރި ގޮނޑިއަކަށް ނުވެފައި އައިކް އޮތްގޮތުން އެކުއްޖާވެއްޓުނުނަމަ އެންމެފުރަތަމަ ޖެހޭނީ ބޮލެވެ. އެހެންނޫނީ ކޮންމެވެސް ތަނެއް ބިންދައިގެންދާނެއެވެ. މިރާން އެ ތުއްތުމޫނަށް ބަލާލިއެވެ. ގިސްލަ ގިސްލާފައި ރޮމުންގެންދިޔައިރު މީހަކު ހިތައް އަސަރު ނުކޮށެއް ނުދާނެއެވެ. ވަގުތުން މިރާން ގެ މޫނުރަތްވެގެން ދިޔައީ އައި ރުޅީންނެވެ. ކަންފަތަށް ހެޑްސެޓްޖަހައިގެން ހުރި ތާރާ ފެނުނީ ދެނެވެ.

ލަވައިގެ ދުނިޔެއަށް ގެއްލިފައި އިން ތާރާއަށް ބާރަކަށް ހަޅޭއްލަވައިގަނެވުނީ މީހަކު މާބަރަށް އޭނަގެ މުލައްދަޑީގައި ހިފާ އަބުރާލުމުންނެވެ. އެއާއެކު ކަންފަތަށްވެސް ތަދުވެގެން ދިޔައީ އެމީހަކު ހެޑްސެޓް ދަމައިގަތްލެއް ބާރުކަމުންނެވެ. ފޯނުގައި ބާރަށް ހިފަހައްޓާލެވިފައި ހުރުމުން ފޯނުވެސް ނުވެއްޓުނީހަމަ ކިރިޔާއެވެ.. އެހެންނޫންނަމަ ހެޑްސެޓާއެއްކޮށް މިހަރު އެވެސް އޮންނާނީ އެކަތިން ތިނެއްޗަށް ވެފައެވެ. އައިކުގެ ރުއިމުގެ އަޑު ކަންފަތުގައި ޖެހުމާއެއްކޮށް ތާރާއަށް އައިކުއަށް ގޮވާލެވުނެވެ.

“ދަރިއަކު ހުރިކަން އެނގިޖެއްދޯ… ދަރިން ނުބެލެންޏާ ކީއްކުރަން ދަރިން ހޯދަނީ.. މިއަދު މިކުއްޖާއަށް ކަމެއްވިނަމަ ކާކު އޭގޭ ޒިންމާނަގަންޖެހޭނީ…. ތީ ކޮންކަހަލަ މައެއްތަ ..އެއްފަހަރުވެސް ވިސްނާލިންތަ އެކުއްޖާނިންދަވާފަ ލަވަ އަޑުއަހަންހުރިއިރު އޭނާހޭލަފާނެކަމާމެދު.. އެއްޗެއްވިސްނޭވަރަށްވުރެ މީހާއަށް މީހާފެނިގެންތިއުޅެނީ… ތަންކޮޅެއްރީތިކޮށް ލަވަކިޔޭތީވެ ދަރި މަތިންވެސް ހަނދާންނެތުނީދޯ…” މިރާން ރުޅިއައިސްފައި ހުރިވަރުން ކިޔޭ ނުކިޔޭއެއްޗެއްވެސް ނޭގެއެވެ.

ތާރާ އައިކްކާރިއަށް ދާންނެގި ފިޔަވަޅު ހުއްޓުނީ މިރާންގެއަޑު ޖެހުމުންނެވެ. މިރާންގެ ބަސްތައް ވިހަ ތީރު ތަކެއްފަދައިން ތާރާގެ ހިތައް ހެރެމުންދިޔައެވެ. އިސްޖަހާލެވުނީ ލޮލަށްޖަމާވި ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުންނެވެ. އޭނާގެ ކުށެއްނެތި އަނެއްކާވެސް ކުއްވެރިވީއެވެ.

“އަދިވެސް ތިހެންހުންނަނީތަ… މިކުއްޖާރޯއަޑު އަދިވެސް ނީވެނީތަ..ކަންފަތް ބީރީތަ ނޫނީ ލޯއަނދިރީތަ މިކުއްޖާގެ ހާލަތު ނުފެންނަން.. ޔޫނޯވަޓް ޔޫޑޯން ޑިސާވް ޓުބީއަ މަމް..ދަރިއަކު ނުލިބެންވާ މީހަކަށް ދަރިއަކު ލިބުނީމަ ވާނެގޮތްމީ..” ނުރޯންވެގެން ތުންފިއްތާލައިގެން ހުރި ތާރާގެ ކެތްތެރިކަން ކޮޅުން ލީދެނެވެ. މޭމަތީ އަތްއަޅާލައިގެން ހުރިތަނަށް އޭނާތިރިވީ ހިތައްކުރި އަސަރެއްގެ ބޮޑުކަމުންނެވެ.

“ކިހިނެތްވެގެން މިއުޅެނީ….” ފަހަތުން އަންހެނެއްގެ އަޑު އިވުމުން މިރާން އެދިމާއަށް އެބުރުނު އިރުވެސް އޭނާގެ ރުޅި ކޮންޓްރޯލް ވާގޮތެއް ނުވިއެވެ.

ނުނިމޭ

Share Article

Follow Me Written By

fiza

Level 1

m a student and when i get free time i love writing .. this is my very first story , so i hope everyone likes it n i wud appreciate if everyone gives their views about my story

Other Articles

Previous

ހިތްމިއެދޭ ސޫރައޭތީ މަގޭ 10

Next

އެކުގައިވާން އެދެމޭ… 19

Next
March 5, 2014

އެކުގައިވާން އެދެމޭ… 19

Previews
March 4, 2014

ހިތްމިއެދޭ ސޫރައޭތީ މަގޭ 10

11 Comments!

  1. fiza says:
    March 5, 2014 at 3:09 am

    hope u will like this part n just share ur views too 🙂 .. … n i m sorry for the late update..
    ..usually i can update my stories after 9 .. thats maldivian time 11 cox we are two hours behind
    so goonightes… n hoping to get u the next part on 7th

  2. fiza says:
    March 5, 2014 at 3:12 am

    i think i have messed the song part sorry about that 🙁 .. sorry again ..

  3. aisha says:
    March 5, 2014 at 7:03 am

    vara reethi

  4. inaaa says:
    March 5, 2014 at 11:55 am

    mivaahaka vr vr vr vr vr v reeeeeeeeeeeeeethi

  5. bookworm says:
    March 5, 2014 at 1:07 pm

    vaahaka varah reeethi really enjoyed alot!! waiting eagerly for the next part. keep it up <3 jus love it

  6. fiza says:
    March 5, 2014 at 1:41 pm

    thanx aisha, inaa , bookworm… 🙂

  7. maahy says:
    March 5, 2014 at 5:31 pm

    ………..v v v v reethi waiting 4 da next part

  8. aju says:
    March 6, 2014 at 2:39 am

    V interesting…. waiting for the 7 th

  9. mary says:
    March 7, 2014 at 4:53 pm

    v v v salhi mi part ves avahah up kohdhehchey..plz..

  10. fiza says:
    March 8, 2014 at 1:06 am

    thanx mary , aju and maahy…. <3 <3

  11. shai says:
    March 10, 2014 at 3:36 pm

    nice

Comments are closed.


All Right Reserved!