…..ރިހާދެކެ ޒީޝާން ލޯބިވާކަން އެނގުނު ފަހުން ރިހާ ވަނީ ޒީޝާނާއި ދުރުވެފައެވެ. ކުރިން އެކުގައި މަސައްކަތްކޮށް ހީ ސަކަރާތްޖެހާ އުޅުނު ނަމަވެސް މިހާރު ރިހާ ކޮންމެހެން ބުނަން ޖެހިއްޖެ އެއްޗެއް ނޫނީ ނުބުނެއެވެ. މިއަދުވެސް އެތައްފަހަރަކު ރިހާއަށް ގުޅިއްޖެއެވެ. ނަމަވެސް އެއިން އެއްފަހަރުވެސް ފޯނަށް ޖަވާބު ނުދެއެވެ. އެ ދުރުހެލިކަން ޒީޝާނަށް ވީ ކެތްކުރަންދަތި ވޭނަކަށެވެ. އޮފީސް ނިންމާލުމަށްފަހު އައިގޮތަށް ޒީޝާން އޮތީ އެނދުމަތީގައެވެ. ޒީޝާން ހޯދަމުން އައި އޭނާގެ މަންމަ، ސަމީރާ އެކޮޓަރި […]
”އަނހާ، ޝިޔާރާ….” ބޮޑުކޮޓަރިއަށް ވަދެގެން އައި ޝިޔާރާ ފެނުމުން މުނީރާ ސޯފާއިން ތެދުވެލަމުން އެކުވެރިޔަކާ ދައްކަން އިން ވާހަކަ މެދުކަނޑާލައިފިއެވެ. ޝިޔާރާ އަވަސް ފިޔަވަޅުތަކެއްގައި އައިސް ހުއްޓުލިއިރު މޫނުމަތި ހީވަނީ އަނގުރު އަލިފާންކޮޅެއް ހެންނެވެ. ތުންފަތަށް ހުތުރު ވައްތަރެއް ޖައްސާލައިގެން ހުރިއިރު އެސޫރަ ފެނުނަސް މީހަކު ބިރުން ހަލާކުވާނެއެވެ. މުނީރާއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. ޝިޔާރާ އެހާ ވަރަށް ރުޅިއައިސްފައި ހުރި ސަބަބެއް އޮޅުން ފިލުވާލަން އޭނަ ސުވާލުކޮށްލިއެވެ. ”މިއުޅޭ ޑިޒައިނަރުން ހާދަ ކަޑައޭ. ކޯސްހަދައިގެން ތިއްބަސް […]
އަވަސް ފަރުވާދޭ ޔުނިޓްގެ ތެރެއަށް ވަދެވުމާއެކު ފުލުހުންގެ އިސްވެރިއެއް ޒުލްފާގެ ކޮނޑުގައި އަތްބާއްވައިލިއެވެ. ކައިރީގައި އަންހެން ދެ ފުލުހުން ތިއްބެވެ. އެމީހުންގެ މޫނުމަތީގެ ހަރަކާތްތަކުން ކޮންމެވެސް ބޮޑުކަމެއް ވީކަން ހާމަވަމުންދިޔައެވެ. ނަރުހުންނާއި ޑޮކްޓަރުން ހޭލަމޭލަވުންތަކުން މުޅި އެމަޖަންސީ ރޫމު އޮތީ ހަލަބޮލިވެފައެވެ. އެންމެންގެ ނަޒަރު ހުއްޓިފައިވަނީ ޒުލްފާއަށެވެ. ނުދަންމީހުންނާއި ކުރިން އެތަނުގައި އެނދުމަތުކޮށްފައިވާ އެތައްބައެއްގެ ކަޅި ހުއްޓިފައިވަނީ ސީދާ ޒުލްފާއަށެވެ. އެހެންވެ އޭނާ ހާސްކަން އިންތިހާއަށް ބޮޑުވަމުން ދިޔައެވެ. ޒުލްފާ ގެންގޮސް ބޭންދީ ތަންކޮޅެއް ދުރުގައި ފަރުވާދޭން […]
“..ބޮލުގަރިހުމާއި، ހޮޑުލުން، ގައިގަ ރިހުމާއި ހުންއައުން މިކަންތައްތަކަކީ އެޗްއައިވީ ވައިރަސް ހަށިގަނޑަށް ވާސިލްވުމަށްފަހު ފުރަތަމަ މަރުހަލާގައި މެދުވެރިވާނެ ކަންތައްތައް..” އަހަރެން ޑޮކްޓަރ ދެއްކިވާހަކަތައް ލޫޠުއާ ހިއްސާކުރަމުން ދިޔައީމެވެ. އަހަރެންނާއި ލޫޠު ތިބީ އައިޖީއެމްއެޗް ލެބޯޓަރީ ކުރިމަތީގައި ހުރި ގޮނޑިބަރީގައެވެ. “..އެހެންވެ ދޮނާއަށް ހަމަހީވަނީ ރިޕޯޓްތައް ރަނގަޅުހެން..” އަހަރެން ވާހަކަ ދެއްކީ ދުރު ބަލަހައްޓައިގެން އިނދެއެވެ. “..ލޫޠުއަށް އިނގޭތަ.. މިހާރު ދޮނާގެ ގައިގަ ބިހިވެސް ނަގަން ފަށާފި.. ޑޮކްޓަރ ބުނި ބިހިވެސް ނަގާނެކަމަށް.. ދޮނާއަށް ހަމަ ފީލްވަނީ ދޮނާގެ […]
އަހަރެންގެ ލޯބި ޤުރުބާން ކުރަން ޖެހުން މީ އަހަރެންގެ ހިތަށް ފަސޭހަ ކަމެއް ނޫނެވެ. އަހަރެންގެ ހިތުގައި އެޚިޔާލު އާވާ ކޮންމެ ފަހަރަކު އާވަމުންދާ ވޭނަކީ ކެތްކުރަން އުނދަގޫ ވޭނެކެވެ. އެޚިޔާލުގައި ހުއްޓާ ސްކައިޕިޔާއެ ރީތި މަލަމަތި ދައްކާލައިފިއެވެ. އަހަރެން ބޮޑުވާއިނގިލިން ލޮލުތެރޭގައި ގިނަވެފައިވާ ކަރުނަތައް ފުހެލީމެވެ. މާދަމާރެއަށް ތައްޔާރުވަމުންދާ 30 ފަންގިފިލާގެ ބޮޑު މި ހޮޓަލް ތައްޔާރުކޮށްފައިވާލެއް ފުރިހަމަކަމުން އަހަރުމެން އެންމެންނަށް ތިބެވުނީ އަންތަރީސް ވެފައެވެ. ބޮޑު ކޮމްޕައުންޑެއް ލާފައިވާ ހޮޓެލްގެ ތެރޭގައިއެކިހިސާބުގައި ސްވިމިންގް ޕޫލް […]
އީނާގެ ހިތުގެ ތެޅުން އަވަސް ވެގެން ދިޔައީ ވަކިވަރެއް ބަލާފައެއް ނޫނެވެ. މޭގައި އުފެދިގެން ދިޔަ ތޫނު ރިހުމާއެކު މޭކަށިގަނޑު ފަޅާލާފައި ހިތް ދެންމެ ދެންމެ ނިކުމެދާނެހެން ހީވިއެވެ. އުނދަގުލާއެކު އީނާ ދޫހަރަކާތްކުރަން މަސައްކަތް ކުރިއެވެ. އެއްވެސް ގޮތަކަށް ފަހަތަށް ޖެހެން އޭނަ ބޭނުމެއް ނޫނެވެ. އިސްވެ އަލްޔަސްއަށް ގުޅީ އޭނައެވެ. ދެން ވާހަކަ ނުދައްކާ ހުރެވޭނީ ކިހިނެއް ހެއްޔެވެ؟ ލިބިފައިވާ ފުރުސަތު ގެއްލިއްޖެނަމަ ފަހުން ވާނެ ގޮތެއް އެނގެނީކީ ނޫނެވެ. ”އަލްޔަސް….” އީނާއަށް ބުނެވުނީ ނިކަން […]
”އަހަރެންދެކެ ރުޅިއަޔަސް ވަރިހަމަ، އަލްޔަސްތީ އަހަރެންގެ މީހެއް، ދެން ހަމަޖެހުމުގެ ނޭވާއެއް ނުލާނަން އަލްޔަސްއާ ކައިވެނިކޮށްފަ ނޫނީ، ކޮން އީނާއެއް، އެބިޗްގެ ނަންވެސް ތި ހިތުން ނެރެ އެއްލާލާނަން، އަލްޔަސްއަށް ނުފެނޭތަ އަހަރެން އަޔަސްދެކެ ލޯބިވާވަރު، އައި ލަވް ޔޫ ސޯ މަޗް!…. މިހިތް ނަގާފަ ދެއްކޭނެނަމަ، ތީ އަހަރެންގެ މީހެއް، މޮޔަވެއްޖެޔޭ ބުންޏަސް ވަރިހަމަ، އަހަރުމެން ދެމީހުން ބައްދަލުވީވެސް ސަބަބުތަކެއް އޮތީމަ…. ޔޫ އާރ މައިން، އޮންލީ މައިން….” އަލްޔަސް ސައިކަލު ދުއްވާލުމުން ޒެލީން ހިތާހިތުން […]
“ސޯ އައި މިސްޑް އޯލް ދަ ފަން…. މުޙައްމަދުބެ އެހެން ބުނިއިރު ޒެން ގެ މޫނު ހުންނާނެގޮތް އިމޭޖިން ކުރެވޭ މިހާރުވެސް… ހަ ހަހަ” އިޝީ ހެމުން ޒާނިޝް އާއި ދިމާކޮށްލިއެވެ. އެއާއިއެކު އެންމެންގެ ހުނުމުގެ އަޑު ގުގުމާލިއެވެ. އާޓިފިޝަލް ބީޗް ޑައިނަމޯގައި އަހަރުމެން ތިބީ ސަބްމެރީން އަށް އިންސާފު ކުރާށެވެ. ޕިއްޒާގެ ޚިޔާލު ބަދަލުވީއެވެ. ގިނަމީހުން ބޭނުންވި ގޮތަށް ބަދަލުކޮށްލީއެވެ. ޝައިހާ ނޫން ހުރިހާ އެންމެން ހަމައަށް ތިއްބެވެ. އަޔާން އާއި ރަނާ، ރިޔާ އާއި […]
“ސާޅީސް… މި ހާލުގައި ސާޅީސް ދުވަސް! އަނެއްކާ އަނެއް އިމްތިހާނުތަ؟ މި އުޅެނީ ބައްޕަގެ ފުރަތަމަ އިމްތިހާނުން ވެސް އަހަރެން ފާސް ނުވެގެން! އަނެއްކާ އިތުރު އިމްތިހާނެއް!” “ސާޅީސް ދުވަހަކީ މުޅި އުމުރަށް ދެމިގެންވާ ނިޢުމަތެއް ހޯދައިގަތުމަށް ގިނަ ދުވަހެއް ނޫން! ސާޅީސް ދުވަހަކީ ނިއުމަތްތަކެއްގެ ފޮނިކަން ހޯދައިގަތުމަށް ކުޑަ ވަގުތުކޮޅެއް! ސާޅީސް ދުވަހަކީ ޖީލެއްގެ ބިންގާ އެޅުމަށް ތައްޔާރުވާން ކުޑަ ހިނދުކޮޅެއް! ދަރިފުޅު ތިޔައީ ކެތްތެރި މައިންބަފައިންގެ ބަސް ޤަބޫކުކުރާ ކުއްޖެއްނު! ކުރިމަތިލާ… ބައްޕަ އަބަދުވެސް […]