Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ދީވާނާ ލޯބިން ވެއްޖޭ. . [19]

GuDuMeena Level 310 Stories500 Comments100 Comments
May 28, 2014 7 Mins Read
15 Comments

“ސޯ އައި މިސްޑް އޯލް ދަ ފަން…. މުޙައްމަދުބެ އެހެން ބުނިއިރު ޒެން ގެ މޫނު ހުންނާނެގޮތް އިމޭޖިން ކުރެވޭ މިހާރުވެސް… ހަ ހަހަ” އިޝީ ހެމުން ޒާނިޝް އާއި ދިމާކޮށްލިއެވެ. އެއާއިއެކު އެންމެންގެ ހުނުމުގެ އަޑު ގުގުމާލިއެވެ. އާޓިފިޝަލް ބީޗް ޑައިނަމޯގައި އަހަރުމެން ތިބީ ސަބްމެރީން އަށް އިންސާފު ކުރާށެވެ. ޕިއްޒާގެ ޚިޔާލު ބަދަލުވީއެވެ. ގިނަމީހުން ބޭނުންވި ގޮތަށް ބަދަލުކޮށްލީއެވެ. ޝައިހާ ނޫން ހުރިހާ އެންމެން ހަމައަށް ތިއްބެވެ. އަޔާން އާއި ރަނާ، ރިޔާ އާއި ޒާނިޝް، އަހަރެނަނާއި ޝާޔާ އަދި އިޝީ ހުރިއިރު އިޝީ އާއި އެއްކޮށްއައި އެހެން ފިރިހެން ކުއްޖެއް ވެސް އައިސް އިނެވެ.
“މީ އިޝީގެ ބީއެފް ތަ.. އިންޓްރޯ ވެސް ނުކޮށްދެމެންނު އަދި..” އަހަރެން ޝަކުވާ ކޮށްލީމެވެ.

އެއާއިއެކު އެކުއްޖާވެސް ބަލާލާފައި ހިނިތުން ވެލިއެވެ.
“އޯހް.. ހަނދާން ނެތިފައޭ މިހުރީ.. މިއީ އާހިދާ ދައްތަމެންގޭގަ ހުންނަ ކުއްޖެއް.. އަކްޔަން ކިޔަނީ..” އިޝީ އަކްޔަން ތަޢާރަފް ކޮށްދިނެވެ. އަހަރުމެން އެންމެންވެސް އަކްޔަން އާއި ތަޢާރަފް ވެލީމެވެ. އަކްޔަން އަކީހަށިގަނޑުން ބިޔަކޮށް ހުރި ވަރަށް ހޭންޑްސަމް ކުއްޖެކެވެ. ނަމަވެސް މޫނުމަތީގެ އުޖާލާ ކަމެއް ނެތެވެ. މިލާފައި ވާކަހަލައެވެ. އުފާވެރިކަން ގެއްލިފައި ވާކަހަލައެވެ. ބަސްމަދުކަން ފާހަގަ ކުރެވުނެވެ. ނަމަވެސް އަކްޔަން އާހިދާ ދައްތަ މެންގޭގައި ހުންނަނީ ކީއްކުރަން ބާއެވެ؟ އާހިދާ ދައްތަ އަކީ ބައްޕަގެ ފެމެލީގެ އެންމެ ހަގު މެމްބަރެވެ. އަހަރެންގެ ބޮޑުދައިތައެކެވެ. އަހަރެންގެ ކުޑާއްތައެވެ. އެގެ އަހަރުމެންގެއާއި އެހާ ދުރެއްވެސް ނުވާނެއެވެ. ހ.ބްލޫ ޕާލް އެވެ. ކުޑާއްތަގެ އާޔާ ނިޔާވީ ދާދި ފަހުންނެވެ. އަހަރެން ހީކޮށްގެން ހުރީ އެ ހިތާމަވެރި ޙާދިސާއަށްފަހު ކުޑާއްތަ އޮސްޓްރޭލިޔާއަށް ބަދަލުވީ ކަމަށެވެ. އެގޭގައި ކުޑާއްތައާއި އެކު އާއިލާގެ އެހެން އެއްވެސް މީހަކު ނެތެވެ. އެހެން ވީއިރު ނުގޮސް މަޑުކުރީ ކީއްވެ ބާއެވެ؟ އަހަރެންގެ ސިކުނޑީގައި ބައިވަރު ސުވާލު ތަކެއް އުފެދެން ފެށިއެވެ.
“އަކްޔަން އެގޭގަ ހުންނަން ދިމާވީ ކިހިނެއް..؟ އެއީ އަހަރެންގެ ކުޑާއްތަ.. އަހަރެންނަށް ކިޔަނީ ސިއާން.. ޝޯން ކިޔާ، އޭރު ރަނގަޅުވާނެ..” އަހަރެން އަކްޔަން އަށް ތަޢާރަފް ވެލީމެވެ. އަކްޔަން އަކީ ވަރަށް ހިތްހެޔޮ މިޒާޖެއްގެ ކުއްޖެއް ހެން ހީވެއެވެ.
“ޓީޗިން ހަދަނީ، ދިވެހި ލެންގްއެޖް.. އެގޭގަ ހުންނަނީ ކިޔަވަން..އަހަރެން އާހިދާ ދައްތަ ދަންނަނީ އާޔާގެ ފަރާތުން.. ވީ ވަރ ވެރީ ކްލޯޒް..” އަކްޔަން އެހިސާބަށް ކިޔައިދިން އިރު އަކްޔަންގެ މޫނުމަތިން ހިތާމައިގެ އަސަރު ވަރަށް ރީތިކޮށް ފެންނަން ހުއްޓެވެ.
“ޝީ ވޯޒް ހިސް ގާލް ފްރެންޑް.. އާޔާ ނިޔާވިފަހުން އެގޭގަ ހުންނަނީ” އިޝީ އިތުރު ކޮށްލިއެވެ. އަހަރުމެން އެންމެންގެ ހިތްވެސް ބަންޑުންވީ ޙަމްދަރުދީ އިންނެވެ. އާހިދާ ދައްތަ އަކްޔަން އެގޭގައި ކިޔަވަން ބަހައްޓާނީ އަކްޔަންއަށް ކިހާ އިތުބާރު ކުރާތީހެއްޔެވެ.
“ޔޫމަސްޓް ބީ ތްރޫ އަލޮޓް..” އަޔާންވެސް އަކްޔަންގެ ޙާލާ ދޭތެރޭ ހަމްދަރުދީ ވިއެވެ.
“އޯހް ޔާ.. ހެލް އޮފް އަ ލޮޓް..” އަކްޔަން ހިނިގަނޑަކާއެކު އިޙްސާސްތައް ފޮރުވައިލަމުން ބުނެލިއެވެ.
“ހާދަ ދެރައޭ ދޯ.. އިންނާ ލިއްލާހި ވަ އިންނާ އިލައިހި ރާޖިޢޫން..” ރިޔާ ވެސް އެވާހަކައިން އަސަރު ކުރިއެވެ. “އަކްޔަން ގެ ލަވް ސްޓޯރީ ވަރަށް އަޑުއަހާލާ ހިތްވެ..” ރިޔާގެ ވާހަކައާއި އެކު އަހަރުމެން އެންމެންވެސް އެކަމާ ވަރަށް ޝަޢުޤުވެރިވިއެވެ.
“ނޫނޭ.. އިޓްސް އޯކޭ.. އެއީ އެހާ ކިޔައިދޭން ފަސޭހަ ވާހަކަ ތަކަކަށް ނުވާނެ ކަންނޭނގެ..” ޒާނިޝް އަށް ކެތް ނުކުރެވިގެން ބުނެލިއެވެ.
“އިޓްސް އޯކޭ.. އަނެއްކާ މާ ރަނގަޅަކަށްނު މި ދިމާވީވެސް، ކުލާހުން އައިގޮތަށް މިތަނަށް އަންނަން ވެގެން ބޭގް ވެސް ހިފައިގެން މި އާދެވުނީ..” އަކްޔަން ސައިޑް ބޭގް ތެރެ ހާވަމުން ވާހަކަދެއްކިއެވެ. “އަން މިއޮތީ އެންމެފަހުން އަހަރުމެން ނަށް ދިން ޕްރޮޖެކްޓް.. ވާހަކައެއް ލިޔަން ޖެހުނީ.. އަހަރެން ހިތަށްއެރީ އަހަރެންގެ ލަވް ސްޓޯރީ ލިޔެލާނީއޭ.. ކިޔާލާފަ ހަވާލުކޮށްލަދީ.. އޭރު އެވާހަކަ ވެސް އެނގުނީތާ..” އަކްޔަން ދަބަހުގެ ތެރެއަން ބައިންޑް ކޮށްފައި އޮތް ފޮތެއް ދިއްކޮށްލިއެވެ. ފަންސަވީހަކަށް ސޮފްޙާގެ ވާހަކައެކެވެ. ރިޔާ އެފޮތުގެ ނަން ކިޔައިލިއެވެ. “އިންތިހާއަށް ލޯބިދީފާ..” އެވެ. ރިޔާ އެފޮތް އަތްދަބަސް ތެރެއަށް ފަރުވާތެރިކަމާއިއެކު ލިއެވެ. އެކިވާހަކަ މަޖަލުގައި ވަގުތު ދިޔަގޮތްވެސް ނޭނގުނެވެ. އެކުވެރިކަމާއި، ލޯތްބާއި، މަސްހުނިވެފައިވާ އިޙްސާސް ތަކަކާއިއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރެވުނެވެ.
ހެނދުނު އިރު އަރައިގެން ދިޔައީ އެހެން ދުވަސްތަކާއި ޚިލާފަށް ގޭތެރެ ހަލަބޮލިކޮށް އޮވެއެވެ. ފެންނަމުން ދިޔައީ ފުރުމުގެ ތައްޔާރީ ތަކުގައި ތިން ޢާއިލާއިން ހޭބޯ ނާރާ އުޅޭ މަންޒަރެވެ. ފޮށިތަންމަތި ނެރޭ މަންޒަރެވެ. އަހަރެން އަޔާން އާއި ޒާނިޝްއަށް ގުޅާ، އެދެމީހުން ހޭލެވުނުކަން ޔަޤީން ކުރީމެވެ. ތައްޔާރުވެލައިގެން ނިކުމެ ހުރިއިރު އަހަރެންނަށް އިރު އިރުކޮޅާ ގަޑިއަށް ބަލައިލެވެއެވެ. މިފަހަރުގެ ދަތުރުގައިވެސް ދޮންބެ ނުގޮސް މަޑުކުރަނީ ކުންފުނީގެ މިކޮޅުގެ ބްރާންޗް ބަލަހައްޓަން ޖެހޭނެތީއެވެ. އަހަރެން އެނބުރި މިކޮޅަށް އައުމުން ދޮންބެވެސް އެކޮޅަށް ދާން އޮތީ ހަމަޖެހިފައެވެ. ނަމަވެސް އަހަރުމެންގެ ހުރިހާ ކަމެއްގައި އެހީވެދީ އުޅޭއިރު ދޮންބެ ހުރީ މިދަތުރުގައި ވަރަށް ބައިވެރިވާ ހިތުންކަން އެނގެއެވެ.
ހެނދުނުގެ ފްލައިޓުން ކޮލަންބޯއަށް ދެވުނުއިރު ހަތްގަޑިބައި ވަނީއެވެ. ސިންގަޕޯރއަށް ދާ ފަލައިޓްގެ ޑީޕާޗާ އޮތީ ނުވައެއްޖަހާއިރުއެވެ. އެހާއިރަށް ކައިރި ރެސްޓޯރެންޓެއްގައި ހެނދުނުގެ ސަޔަށް އިންސާފުކުރަމުންދިޔައީމެވެ. އަޔާން އާއި ޒާނިޝްގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަން އެންމެ ހިނދުކޮޅަކަށް ވެސް ފަނޑުވެގެން ނުދެއެވެ. ޒާނިޝް ދިން ސަޕްރައިޒްއަށްފަހު އަޔާން ރާވަނީ ކޮންކަމެއްކަމެއް އެނގޭނެ އެހެން މީހެއް ނެތެވެ. އަހަރެންގެ ފަރާތުންވެސް ސަޕްރައިޒް އެއް ދަނީ ފެންނަން ތައްޔާރުވަމުންނެވެ. ނަމަވެސް އެއީ އެހެންބަޔަކަށް އުފާވެރިކަމެއް، ހިތްހަމަ ޖެހުމެއް ގެނުވާނެ ސަޕްރައިޒެއް ނޫނެކެވެ. އަހަރެންނަށް ގެނައި ލަވާޒާ މިލްކުން އެތިފޮދެއް އަރުން އެތެރެ ކޮށްލުމަށް ފަހު ބަލައިލީ ދާދި ކައިރީގައި ހުރި މޭޒުގައި ނާސްތާކުރަމުންދާ ޝާޔާއަށެވެ. ބްރެކްފާސްޓަކަށް އިންސާފުކުރަމުން ދިޔައިރު އިރުއިރުކޮޅާ އަހަރެންނަށް ބަލައިލައެވެ. ދެމިހުންގެ ހަތަރުކަޅި ހަމަވުމާއިއެކު ޝާޔާ ރަކިވެ އިސްޖެހުނެވެ. ނަމަވެސް ޝާޔާގެ މޫނުމަތިން ނުތަނަވަސްކަމެއް ފާހަގަވާން ހުއްޓެވެ.
“ޑޫޑް އެމަންޖެއަށް ދެން ތިހާވަރަށް ނުބަލާ. . އިތުރަށް އެމަންޖެ ހިތުގަ ޖައްސަން ނޫޅޭ.. މިހާރުވެސް ތިއުޅެނީ މީހަކާ އިންނަން އަޒުމު ކަނޑައަޅައިގެން..” އަޔާން ހަމަހިމޭންކަން ފޫދުއްވާލިއެވެ.
“އައި ހެވް އަ މޯރ އެންޓަރޓެއިނިންގ ނިއުސް..” އަހަރެންވެސް ގަޔާވެލާފައި ބުނެލީމެވެ. “މައި ޑޭޑް ހެޒް ފިކްސްޑް މައި މެރިއެޖް.. މޮމް ކައިރީވެސް ނާހާ.. ކާކާކަމެއްވެސް ނޭނގެ.. ސޯ އައި ކާންޓް އިވެން ޕްރެޑިކްޓް މައި ފިއުޗަރ..” އަހަރެންގެ ޚަބަރުވީ ރާއްޖެއަށް ބާޣީން އެރިވާހަކަ ބުނުން ކަހަލަ ޚަބަރަކަށެވެ. ސިހިގެން ދިޔަވަރުން ޒާނިޝްގެ ދެލޯހީވީ މޫނު ދޫކޮށް ނިކުތްހެނެވެ. ކިތަންމެ ވަރަކަށް ސުވާލު އަޔަސް ދޭނެ މާބައިވަރު ޖަވާބުތަކެއްވެސް ނެތެވެ.
ނުވައެއްގެ ފްލައިޓުން ސިންގަޕޯރގެ ޗަންގީ އިންޓަރނެޝަނަލް އެއަރޕޯރޓްއަށް ދެވުނުއިރު ބާރަ ވެސް ޖަހައިފިއެވެ. ދިގު ދަތުރަކަށްފަހު އެންމެން އެއްކޮށް ބައްދަލުވިއެވެ. ބަކުރުބެގެ ދެމަފިރިން އުމުރުން ދުވަސްވެފައިވާތީއާއި، މިއީ އެއާއިލާގެ ހުރިހާ މެންބަރުންހެން ރާއްޖެއިން ބޭރަށް ކުރާ ފުރަތަމަ ދަތުރަށް ވާތީ މަތިން ދަތުރު ކުރަން ޖެހުމުން ތިބީ ފުދޭވަރަކަށް ޖެހިލުންވެފައެވެ. ޝާޔާ އަހަރެންގެ ކޮނޑުގައި ބޯއަޅައިގެން ދެގަޑިއިރެއްހާ އިރުގެ ނިދިގަނޑެއް އަޅާލާފައި ތެދުވިއިރު މޫނުކޮޅު ހުރިގޮތުން އަހަރެންނަށް ވަރަށް މަޖާވިއެވެ. ޝާޔާއިތުރަށް ބޭބީހެން ހީވިއެވެ. ސިންގަރޕޯރގެ އެއަރޕޯރޓަކީ އެފަދަ ދެވަނައެއްނުވާ ރީތި އިމާރާތްކުރުމުގެ ނަމޫނާ އެއަރޕޯރޓެކެވެ. ކައުންޓަރު ތަކުގެ މަސައްކަތް ހަލުއިވެފައި މުނިފޫހި ފިލުވަން އެންމެ ހިތްގައިމު ސިނަމާތަކާއި، ޑިއުޓީ ފްރީ ފިހާރަތަކުން ފުރާލާފައި ވާއިރު ގަނެފައި ނުގަންނަން ވީ އެއްޗެއް ނޭނގިފައި ހުންނަން ޖެހެއެވެ. ގުދުރަތީ ރީތިކަމުގެ އިތުރުން އިމާރާތްތަކުގެ ރީތި ފަރުމާއާއިއެކު ފޮޓޯ ނަގާލަން މަޑުކޮށްލާ ހިތްވާކަހަލަ އެތައް ބައިވަރު ލޮކޭޝަންތަކެއް ހުއްޓެވެ. ކަސްޓަމަރުންގެ ކޮންމެ ބޭނުމެއް ފަސޭހަ ކަމާއިއެކު ފުދޭނެހެން ތައްޔާރުކޮށްފައި ވާ ތަނެކެވެ. ތަނުގެ ރީތިކަން ބަލަން އާގަމަވެފައި އަލަށް އައި އެންމެން ތިބިގޮތް ފެނި ބައެއްފަހަރު ހިނިވެސް އާދެވެއެވެ. ޝައިހާގެ ކަމަކީ އެކި ޕޯސްތަކުގައި ރީތި ލޮކޭޝަންތަކުގައި ހުއްޓި ހުރެ ފޮޓޯ ނެގުމެވެ. ޝާޔާ ޝައިހާގެ ފޮޓޯ ނަގަމުން ދިޔައިރު އެދެމެދުގައި އެއްވެސްކަހަލަގެ ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަހަލައެވެ. ސިންގަޕޯރއަށް އާދެވުނުއިރު ބައްޕަގެ އެޖެންޓުން އަހަރުމެން ބަލާ އައިސް ތިއްބެވެ. އެއަރޕޯރޓް ތެރެއިން އަހަރުމެން ތިބުމަށް ފެންވަރު ރަނގަޅު ހޮޓަލަކުން ތިން ކޮޓަރި ހަމަޖެހުނެވެ. އަދި ދަތުރަށް ފުރުން އެރޭ އަށްގަޑި ފަނަރައަށް އޮތްއިރު ޗެކިންއަށް ހަތެއް ޖަހަން ވާއިރަށް ދާން ޖެހޭތީ އާއިއެކު އެހާއިރު ވަންދެން އަރާމުކޮށްލާ، ނަމާދުކޮށްލާ ހަދާލަން އެންމެންވެސް މަޑުކޮށްލީއެވެ.
އަހަރެންނާއި ޒާނިޝް އަދި އަޔާން އާއި މުޙައްމަދުބެ އެއްކޮޓަރީގައި ތިބިއިރު އަނެއް ކޮޓަރީގައި އައިޝާ ދައްތައާއި މަންމަ އަދި ރަނާ އާއި ރިޔާ ތިއްބެވެ. އަދި ޖެހިގެން ހުރި ކޮޓަރީގައި ތިބީ ޙައްވާ ދައްތައާއި ބަކުރުބެ އަދި ޝާޔާ އާއި ޝައިހާ އެވެ.
ކުޑަކޮށް ތާޒާ ވެލައިގެން މެންދުރުގެ ކެއުމަށް ހޮޓެލްގެ ޑައިނިންގް އޭރިއާއަށް ދާން ތައްޔާރުވަމުން އަހަރުމެން ދިޔައީމެވެ. މުޙައްމަދުބެ ހުރުމާއިއެކު އަޔާން އާއި ޒާނިޝް ތިބީ އަނގަމަޑު މިތުރު ހެދިފައެވެ. އެދެމީހުން އުޅޭގޮތުން އަހަރެންނަށް ނުހީ ހުރެވެނީ ހަމަ ކިރިޔާއެވެ.
“މިހާރު ބައްޕަ ކިޔަން ޖެހިފައޮތަސް ތިހާ ލަދުން އަނގައިން ނުބުނެ ހުންނަންވީމަ އެއްގޮތަކަށްވެސް ނުގުޅޭ..” މުޙައްމަދުބެ އައިސް ސޯފާގައި ސްޓާކީނަށް އަރަން އިން ޒާނިޝްގެ ކޮނޑުގައި އަތް ޖަހާލަމުން ބުނެލިއެވެ. “ތީ މިހެން ދަތުރުކޮށް ބާވެފަ ތިބި ބައެއް، އެހެންވީމަ އުޅެންވީނު ތަންތަން ދައްކާލާ ހަދާލަން ދާން..” އެހެން ބުނެފައި މުޙައްމަދުބެ ކޮޓަރިން ނިކުމެ ބޭރުގައި މަޑުކޮށްލިއެވެ.
“ހީޒް އަ ކޫލް ޑޫޑް.. އަހަރެން ޒާނިޝް އާއި ކައިރިވެލާފައި ބުނެލީމެވެ. “އެހެންވީމަ އުޅެންވީނު ހަވީރުގެ ޓުއަރއަށް ރަޖިސްޓްރީ ކުރަން މުޙައްމަދުބެ ހުންނާނެ ސޮނި ވެއްޓިފަ..” އަހަރެން ރަނގަޅު ޚިޔާލެއް ދިނީމެވެ.
“ރަނާ އާއި ރިޔާވެސް ދަންޏާ މަޖާވާނީ..” ޒާނިޝްގެ ޚިޔާލު ދިނެވެ. “އެހެންނޫނީ ބަފާބެ އާއިއެކު މިހެން ހޫރެންވީމަ ހާދަ އޮކްވާޑޭ..” ޒާނިޝް މޫނުމައްޗަށް ވައްތަރެއް ޖައްސައިލިއެވެ. އެހުރިހާ މަންޒަރެއް ބަލަން އިން އަޔާން ވެސް ކުޑަކޮށް ހިނިއައިސްފައި އިނެވެ.
މެންދުރު ކެއުމުން އެންމެން ދިމާވުމުން އަހަރެން އެ ޚިޔާލު ދިނީމެވެ. ހުރިހާ އެންމެންވެސް ބޭނުންވީ އޮސްޓްރޭލިޔާއަށް ދިއުމުގެ ކުރިން ސިންގަޕޯރ ތެރެ ކުޑަކޮށް ބަލައިލާ ހަދާލަން ހެރިޓޭޖް ޓުއަރ ގައި ބައިވެރިވާށެވެ. އެހެންކަމުން ކައިނިމުމާއިއެކު އަހަރެންނާއި ޒާނިޝް އަދި އަޔާން ދިޔައީ “ޓާރމިނަލް 3″ ގެ ދެވަނަބުރީގައި ހުރި “ޓްރާންސިޓް މޯލް ނޯތް” ގެ “ޓްރާންސްފަރ ލޯންޖް ބީ” އަށެވެ. އެތަނުން “ފްރީ ސިންގަޕޯރ ޓުއާރސް”ގެ ސްޓާފުންގެ ކައުންޓަރުގައި އަހަރުމެންގެ 12 މީހުން ރަޖިސްޓްރީ ކުރެވުނެވެ. އަހަރުމެންގެ ޓުއަރ ފެށޭގަޑިއަކީ 4 ޖަހާއިރެވެ. އޭރު ގަޑިން ދެގަޑި ބައިވަނީއެވެ. އެވާހަކަ މަންމައަށް އަންގާލާފައި އަހަރުމެން އެމޯލްގެ ވެއިޓިން އޭރިޔާގައި ތިބީމެވެ.
ދެގަޑިއިރުގެ ޓުއަރ އަށް ނައްޓާލެވުނުއިރު އެންމެންވެސް ހަމައަށް ތިއްބެވެ. ޓުއަރގެ ފުރަތަމަ މަންޒިލަކަށްވީ ‘މަރލިއޮން ޕާކެވެ.’ މި ޕާކުގައި ނިކުމެލާ އުޅެން ވަގުތުކޮޅެއް ލިބުނެވެ. މިޕާކުގައި ތިބޭއިރުގައި ސިންގަޕޯރ ގެ ޚާއްސަ ބިނާތައް ކަމަށްވާ ‘މެރީނާ ބޭ ސޭންޑްސް’ އާއި، ‘ސިންގަޕޯރ ފްލަޔަރ’ އަދި ‘ގާރޑަންސް ބައި ދަ ބޭ’ ގެ ހިތްގައިމު މަލަމަތި ފެންނަން ހުރެއެވެ. އެއަށްފަހު ދަތުރުގެ ތެރެއިން ދުނިޔޭގެ އެންމެ ބޮޑު ފެންއަރުވާ ވަޑާން ކަމަށްވާ ސިންގަޕޯރގެ ‘ދަ ފައުންޓެން އޮފް ވެލްތް’ ގެ ހިތްގައިމު މަންޒަރު ފެނިގެން ދިޔައެވެ. އެއަށްފަހު ސިންގަޕޯރ ގެ ޚާއްސަ އެއް އިމާރާތް ކަމަށްވާ ‘ދަ އެސްޕަލެނޭޑް’ ފެނިގެން ދިޔައެވެ. ސިންގަޕޯރ ގައި ހެދޭ ޒާތުގެ މޭވާއެއް ކަމަށްވާ ޑޫރިއަން ގެ ބައްޓަމަށް ހެދިފައިވާ މި އިމާރާތަކީ ތަފާތު އެކިވައްތަރުގެ ތިއޭޓަރ ތަކުން ފުރާލެވިފައިވާ ޕްރިމިއަރ އާރޓްސްގެ އެއް މަންޒިލެވެ. މުޅި ދަތުރުގެ ތެރެއިން ސިންގަޕޯރގެ ތާރީޚީ އަދި ޒަމާނީ އެކި ކުލަކުލަ ފެނިގެން ދިޔައެވެ. ސިންގަޕޯރގެ އެކިކަހަލަ ސަޤާފަތްތައް ރަމްޒުކޮށްދޭ އެކި ހިސާބުތަކާއި ޢިމާރާތްތައް ފެނިގެން ދިޔައެވެ. ޒާހިން އާއި އަޔާން، ރަނާ އާއި ރިޔާއަށް ތަންތަން ދައްކަމުން ކިޔައިދެމުން ދިޔައިރު މަންމަގެ ފަހަތުން ޝާޔާ ދިޔައީ މަންމަ ކިޔައިދޭ އެއްޗިހި އަޑުއަހަމުންނެވެ.
ދެގަޑިއިރުގެ ދަތުރު ނިންމާލުމަށްފަހު އާދެވުނުއިރު ހައެއް ޖަހައިފިއެވެ. އެންމެންގެ ދުލުން އޮހެމުން ދިޔައީ ތަޢުރީފުގެ ބަސްތަކެވެ. ސިންގަރޕޯރގެ ރީތި ވާހަކައާއި ފެނުނު އެކިއެކި ރީތި މަންޒަރުތަކުގެ ވާހަކައެވެ.
“ބޭބެ ދުވަހަކުވެސް ހިތަކަށް ނާރާ މިހާރީތި ބޭރުގެ ތަންތަން ބަލާލަން އާދެވިދާނެކަމަކަށް.. ހީވަނީ ހުވަފެނެއްގަ އުޅެވޭހެން..” ބަކުރުބެ އެހެން ބުނިއިރުގައި ބަކުރުބެގެ ލޮލުން ކަރުނަ ފާއްދާލާފައި ވެއެވެ. އެއީ އުފާވެރިކަމުގެ ކަރުނައެވެ. އުމުރުން އެހާދުވަސް ވުމަށް ފަހު މިކަހަލަ މަންޒަރުތައް ބަލައިލާ ހަދާލަން ލިބުމުން ބަކުރުބެ ހުރީ އިންތިހާ އަށް އުފާ ވެފައިކަން އެނގެއެވެ. އެހެން ހުރިހާ އެންމެންގެ ޙާލަކީވެސް މިއެވެ. އާގަމަވެފައި އެހުރިހާ މަންޒަރެއް ބަލަމުންދިޔަ ޝާޔާވެސް އުރީ އުފަލުން ފޮޅިފައެވެ. މިނިވަން ދޫންޏެއް ފަދައިން އުދުހި އުޅޭކަހަލައެވެ. ޝާޔާ އެހާ އުފާވެފައި ހުއްޓާ ފެނުމުން އަހަރެންގެ ހިތް އުފަލުން ފުރުނެވެ. އަބަދުވެސް ޝާޔާ އެހާ އުފަލުގައި ބެހެއްޓޭނެ ނަމައެވެ. ނަމަވެސް އަހަރެންގެ ނަސީބު ހާދަ ދެރައެވެ.
ރޭގަނޑު އަށްގަޑި ފަނަރަވީއިރު ސިންގަޕޯރ އިން އޮސްޓްރޭލިޔާއަށް ދިއުމަށް ސިންގަޕޯރ އެއަރލައިންގެ ފްލައިޓަކުން ސިޑްނީ އެރަޕޯރޓަށް ނައްޓާލެވިއްޖެއެވެ. ދިގު ދަތުރަކަށް ވުމާއިއެކު އާދައިގެ ފްލައިޓަކަށްވުރެ ފަލައިޓް ބޮޑުވެފައި ކޮންމެ މީހަކަށް ގޮނޑި ތިރިކޮށްލައިގެން އޮށޯވެލެވޭހެން ހެދެން ހުރެއެވެ. ރޭގަނޑުގެ ކެއުންވެސް ފްލައިޓުން ލިބުނެވެ. ހަތް ގަޑިއިރާއި ތިރީސް ފަސް މިނެޓްގެ ދަތުރަކަށްފަހު ސިޑްނީ އެއަރޕޯރޓަށް ފްލައިޓް ޖެއްސީ އޮސްޓްރޭލިޔާ ގަޑީން ފަސްގަޑި ފަންސާހުގައެވެ. އޭރު އަދި އިރުއަރަން ގާތެއް ނުވެއެވެ. އޮސްޓްރޭލިޔާ އޮންނަ ހިސާބުގެ ގޮތުން ދުވާލުގެ ދިގުމިނަކީ ދިހަ ގަޑިއިރަށް ވާތީ އިރު އަރާނީ ހަގަޑި ސާޅިސް ވާ ފަހުންނެވެ. އަނެއްކޮޅުން ފަހެއް ޖަހަން ވާއިރަށް އިރު އޮއްސެއެވެ. ވަގުތަކީ ފަތިހުގެ ފިނި ވަގުތަކަށް ވުމާއިއެކު އޭރުގެ ފިނިހޫނުމިން ހުރީ ބާރަ ޑިގްރީ ސެލްޝިއަސްގައެވެ. އެހެންކަމުން އެންމެންވެސް ނިކުތީ ސިންގަޕޯރ އިން ގަތް ފިނިހެނދުން ލައިގެނެވެ. ފިނި ހެނދުމުގެ ތެރޭގައި ފޮރުވިގެން ތިބިއިރުވެސް އަންހެންވެރިން ހީކަރުވާފައި ތިބޭއިތު ދަތްކޮޅު ފައިބާހާވެއެވެ. ސިންގަޕޯރ އެއަރޕޯރޓްހާ ކަސްޓަމަރ ފަރެންޑްލީ ނޫންކަމުގައި ވިޔަސް ބައިގަޑީއެއްހާ އިރު ތެރޭގައި ސަލާމަތްވެގެން ނިކުމެވޭވަރު ވެއްޖެއެވެ. އެއަރޕޯރޓުން ނިކުތްއިރު އަހަރުމެން ބަލައި ބައްޕަމެން އައިސް ތިއްބެވެ.
” ވެލްކަމް ސަން..” ބައްޕަ އައިސް އަހަރެންގައިގައި ބައްދާލިއެވެ. އަހަރެން ބައްޕަދެކެ ކިތަންމެ ނުރުހިފައި ހުއްޓަސް ބައްޕައާއި ދެކޮޅަށް އެއްޗެއް ބުނާކަށް ނުކެރެއެވެ. ނަމަވެސް ބުނަން ޖެހިއްޖެނަމަ އެކަންވެސް ކުރާނަމެވެ.
“ތެންކްސް ޑޭޑް..” އަހަރެން ބުނެލީމެވެ. “ފްލައިޓްގަ ރަނގަޅަށް ނިދާވެސް ނުލެވުނު.. އަނެއްކޮޅުން އެންމެން މިތިބީ ވަރަށް ހީކަރުވާފަ.. ސޯ ލެޓްސް މޫވް..” ޝާޔާ ތުރުތުރުލާތަން ފެނިފައި އަހަރެން ބުނެލީމެވެ. އެއާއިއެކު ސަލާން ގަލާން ކޮށްލާފައި އަހަރުމެން ބަލައި އައިސްފައިވާ ކޮމްޕެނީގެ ބަހާއިދިމާލަށް ދިޔައީމެވެ. ލަގެޖްތަކާއި އެއްޗިހިއެރުވުމުގެ މަސައްކަތުގައި “ސްކައިޕިޔާ”ގެ ޔުނީފޯމަގައި ތިބި ތިން މުވައްޒަފަކު ހަރަކާތްތެރިވިއެވެ.
“ކިހާ ހިސާބެއްގައިތޯ ރެސްޓޯރެންޓް ހުންނަނީ..” އަހަރެން ބައްޕައާއި ސުވާލުކޮށްލީމެވެ. “އިޓްސް ބީން އޯވަރ ހާފެން އަވަރ”
“އަދި ތިން ގަޑިއެއްހާއިރު ވާނެ..” ބައްޕަ ޖަވާބުދިނެވެ. “އިޓްސް އިން މެލްބޯރން ސިޓީ..” ބައްޕަ ހިނިތުންވެލަމުން ބުނެލިއެވެ. އެއީ ސިޑްނީ ޖެހިގެން އިރަށް ދެވަނައަށް އޮންނަ ސިޓީއެވެ. މިހާ ބާރަށް ބަސް ދަތުރުކުރާތީ ހަތަރު ގަޑިއިރު ނުވަނީސް ދެވުނަސް ވެސް އެހިސާބަށް ޓްރެފިކް ބޮޑު އިރަކު އެހާ އަވަހަކަށް ނުދެވޭނެއެވެ. ބަހުގެ ތެރޭގައި ހެނދުނުގެ ނާސްތާވެސް ކުރެވުނެވެ. ސޭންޑްވިޗް އާއި ކޮފީ އަދި އެމީހެއް ބޭނުންވި ވައްތަރެއްގެ ބުއިމެއްވެސް ލިބެން ހުއްޓެވެ. އޮސްޓްރޭލިޔާގެ މަގުތަކުގެ މަތިން ދުއްވަމުން ދިޔައިރު އެޤައުމުގެ ގުދުރަތީ ރީތިކަމާއި ހިތްގައިމު ފަޒާއަށް އަހަރެންގެ ޝަޢުޤުވެރިކަން ހުއްޓިފައި ވިއެވެ. އެހާ ދުވަސް ފަހުން އޮސްޓްރޭލިޔާއަށް އާދެވުމުން އަހަރެންގެ ހިތުގެ ތެޅުން ބާރުވެފައިވެއެވެ. އުފާވެރިކަމަށްވުރެ ބޮޑަށް ކުރިމަތިވާން އުޅޭ ކަންތަކާއިދޭތެރޭ ވިސްނިފައެވެ. ނަޝީއާއި ބައްދަލުކޮށް ކަމުގެ ޙަޤީގަތް އޮޅުންފިލުވުމަކީ އަހަރެންގެ އެންމެ ފުރަތަމަ ކަމެވެ. ޝާޔާ ޑޮކްޓަރަށް ދައްކައި ވެގެން އުޅޭގޮތް އޮޅުން ފިލުވުމަށްފަހު ފަރުވާ ލިބުނުހާއަވަހަކަށް އެވާހަކަތައް ކިޔައިދޭން ބޭނުމެވެ. އިތުރަށް އެމައުސޫމު ހިތައް ވޭނެއް ދޭން މަޑުކުރާކަށް އަހަރެންނަކަށް ނުކެރޭނެއެވެ. އަހަރެންގެ ލޯބި ޤުރުބާން ކުރަން ޖެހުން މީ އަހަރެންގެ ހިތަށް ފަސޭހަ ކަމެއް ނޫނެވެ. އަހަރެންގެ ހިތުގައި އެޚިޔާލު އާވާ ކޮންމެ ފަހަރަކު އާވަމުންދާ ވޭނަކީ ކެތްކުރަން އުނދަގޫ ވޭނެކެވެ. އެޚިޔާލުގައި ހުއްޓާ ސްކައިޕިޔާއެ ރީތި މަލަމަތި ދައްކާލައިފިއެވެ. އަހަރެން ބޮޑުވާއިނގިލިން ލޮލުތެރޭގައި ގިނަވެފައިވާ ކަރުނަތައް ފުހެލީމެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

GuDuMeena

Level 310 Stories500 Comments100 Comments

Other Articles

Previous

ސާޅީސް (ތިންވަނަބައި)

Next

އޯގާވީ ހިތަކުން…31

Next
May 29, 2014

އޯގާވީ ހިތަކުން…31

Previews
May 28, 2014

ސާޅީސް (ތިންވަނަބައި)

15 Comments!

  1. GuDuMeena says:
    May 28, 2014 at 7:39 pm

    އަޅުގަނޑަށް ވާހަކަ ލިޔަން ވަގުތު ނުވުމާއިއެކު ވާހަކައިގެ އާބައެއް ގެނެސްދޭން ކުޑަ ދުވަސްކޮޅެއް ނަގާނެ ވާހަކަ ހިތާމައާއިއެކު ދަންނަވަން.. 🙁 އަދި އަޅުގަނޑަށް އަނެއްބައި ލިޔެވުނުހާ އަވަހަކަށް އަޕް ކޮށްދޭނެ ވާހަކަ ވެސް ދަންނަވަނސް..
    އިންޝާ ﷲ ރޯދައިގެ ކުރިން ވާޙަކަ ލިޔެ ނިންމާލަދޭނަން. .

  2. naj says:
    May 28, 2014 at 9:14 pm

    uhh .. plxxxxxxx .. mihaaru gudu maa gina dhuvass naganyy .. mihaaru kudakoh mivaahaka mathin fohhivess vehje .. mi hen bunyy ma anehkaa roanyy kyy noon 😛 .. dont feel bad ingeyy .. ingeyy bxyy vyyma knavess .. ekam vess hama .. dhw .. gudu ah ingey ne ehn vyyma vaa goi .. so asd .. ekam mipart v reethi ingeyy 🙂 describe kohdheefa huri goiyy v furihama 🙂 gudu ge site in kiyaalin .. ekam cmmnet eh nukuran .. keep up the good work 🙂

  3. Dhaa. says:
    May 29, 2014 at 9:03 am

    Vaahaka varah varah reethi. v kiyaa hithun mihunnany.
    varah hithaamaveri habareh GuDu thidhiny. alhe pls v emme avahakah upkohdhehche.

  4. nishan says:
    May 29, 2014 at 10:33 am

    akyan ge name ivunii ma heevi konmeves thaakun adu ivunu namekey.. dhanna meeheh hen eba heeve ey.. mivaahakaige e nan kiyaa meeheh ulhun handhaaneh nuvi handhaan koh koh vs.. enme fahun inthihaa ah loabi dheefaa ey buneliima get vee akyan mee kaaku kan aslu .. 😛 mibaives reethi.. keep it up..

  5. mus says:
    May 29, 2014 at 12:54 pm

    vvvvv reethi

  6. Shai says:
    May 30, 2014 at 11:53 am

    VAHAKA varah reethi. GUDU mashah ves kiyany SHAIHA eyyy…..

  7. Shai says:
    May 30, 2014 at 11:53 am

    VAHAKA varah reethi. GUDU mashah ves kiyany SHAIHA eyyy…..

  8. Shai says:
    May 30, 2014 at 11:54 am

    . GUDU mashah ves kiyany SHAIHA eyyy…..

  9. jee says:
    June 1, 2014 at 11:17 am

    Thivarah nubunyas mihaaru engijey thy shaiha eh kn pis pis thivaru than fukeh oduvaru

  10. ainth says:
    June 11, 2014 at 3:53 pm

    mivaahaka v reethi v kiyaahithun mihiry avavaha up kohdhyba

  11. ainth says:
    June 11, 2014 at 3:53 pm

    mivaahaka v reethi v kiyaahithun mihiry avavaha up kohdhyba

  12. ainth says:
    June 11, 2014 at 3:53 pm

    mivaahaka v reethi v kiyaahithun mihiry avavaha up kohdhyba

  13. ainth says:
    June 11, 2014 at 3:53 pm

    mivaahaka v reethi v kiyaahithun mihiry avavaha up kohdhyba

  14. jee says:
    June 17, 2014 at 4:42 pm

    Riadha mas miih jehuniinu guduu dhn roadhaige kurin ninman vehjiya last part ekani tha gennan thiulheny nioony mihisaabun nimunytho mi vaahaka??????????

  15. nillu says:
    April 19, 2015 at 7:58 pm

    varah reethi mi waahaka… 🙂 hope u’ll upload it sooon =D

Comments are closed.

Next Episodeދީވާނާ ލޯބިން ވެއްޖޭ. . [20]←


All Right Reserved!