އެކަމަކު އަންހެން ކުއްޖަކާ ފިރިހެން ކުއްޖެއްގެ ދެމެދުގައި އުފެދިފައި އޮންނަ އެކުވެރި ކަމުގެ ގުޅުން ބަދަލު ވުމަށް ލައްކަ ލަހެއް ވާނެ ހެއްޔެވެ؟ ނިލާމްގެ ނަން އެކީ އެކަށް ފުހެވިގެން ނުދިޔަ ނަމަވެސް ޝިޒާނަށްޓަކައި މިހިތުން ޖާގައެއް ޚާއްޞަވިއެވެ. ކުރިން ފަހަރެކޭ އެއްގޮތަށް މިފަހަރުވެސް ހިތްކިޔާކަން ފާޅު ނުކޮށް އެކުވެރިކަމުގެ ގުޅުމުގައި ދެމިހުރީމެވެ. ޝިޒާންވެސް، އަހަރެންގެ ހިތް ގަދަބާރުން އޭނާއަށް ލަންބުވާކަށް މަސައްކަތެއް ނުކުރެއެވެ. އޭނާ ކުރިހާވެސް ކަމަކީ މިންވަރެއް ނުވާ ވަރަށް އަހަންނަށް ލޯބި ދިންކަމެވެ. […]
ނިލާމް އޭނާއާ ރައްޓެހިވީ ކީއްކުރަން ހެއްޔެވެ؟ އަހަރެންވެސް މިހުރީ ނޫން ހެއްޔެވެ؟ އެކަމަކު…އެކަން ނިލާމްއަށް އެނގޭނީވެސް ކިހިނެތް ހެއްޔެވެ؟ އަހަރެން ބޭނުންވީ އަމިއްލައަށް އެއްވެސް އެއްޗެއް ނުބުނެ ހުރެ ހުރިހާ ކަމެއް ނިލާމް ލައްވާ ކުރުވާށެވެ. އޭގެ ފަހުންވެސް އަހަރެމެން ވާހަކަ ދެއްކީމެވެ. އަހަރެން އެހާ ބޮޑަށް އެވާހަކަ އޮޅުންފިލުވާ ހިތެއް ނުވިއެވެ. އެފުރުސަތު ނުވެސް ލިބުނީއެވެ. ނިލާމް އަހަރެން މާޔޫސް ވިޔަ ނުދިނީއެވެ. އޭނާ އަދިވެސް އެއެދެނީ އޭނާއާ އަހަރެން ގުޅުމަށެވެ. އަހަރެން އެންމެ ފަހަރަކުވެސް […]
ދުވަސްތައް ފާއިތުވަމުން ދެއެވެ. އަހަރެމެންގެ ގުޅުމަށް މާބޮޑު ބަދަލެއް ނާދެއެވެ. ކުރިއެކޭ އެއްގޮތަށް ވާހަކަ ދެކެވެމުން ދިޔައެވެ. އޭގެ ދުވަސްކޮޅެއް ފަހެވެ. އޭނާ އަހަރެންގެ ފޯނަށް ގުޅާ، މެސެޖު ކުރަން ފެށިއެވެ. ނަމްބަރު ހޯދިގޮތް އޮޅުންފިލުވިއިރު އެނގުނީ އެއީ ގާތް އެކުވެރިއަކު ކުރިކަމެއްކަމުގައެވެ. އާންމު ގޮތެއްގައި އެހެން ކަންތައް ވީނަމަ އަހަރެން ހިތްހަމަނުޖެހުނީހެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ؟ ނަމްބަރު ދިނީ ނިލާމަށް ވިއްޔާއެވެ. ސިއްރުން ނަމަވެސް މިހިތް ގޮވަމުން ދިޔައީ އޭނާއަށް ވިއްޔާއެވެ.އެކުވެރިޔާއަށް ފާޅުގައި ނުބުނިކަމުގައިވިޔަސް އަހަރެން […]
އެއީ ލޯތްބެވެ. އަހަރެންގެ ފުރަތަމަ ލޯތްބެވެ. ފުރަތަމަ ފަހަރަށް މިހިތުގައި ލޯބީގެ ވިންދެއް ޖަހަންފެށީ އެހިސާބުންނެވެ. އެއީ ފޮނި، އެހެނަސް ހިތި އަސަރުތަކެކެވެ. އަހަރެންގެ ޙަޔާތުގެ ޑައިރީގައި ލިޔެވިފައިވާ، އެހެނަސް އެސަފުޙާތައް އަލުން ބަލުން އިޔާދަ ކުރުމުގެ ބޭނުމެއް ނެތް މާޒީއެވެ. އޭރު އަހަރެންގެ އުމުރުން ވާނީ ސާދަފަނަރަ ވަރަކަށް އަހަރެވެ.ފުރާވަރުގެ ޖޯޝާ، ޅައުމުރުގެ މަޖަލުގައި އުޅެމުންދިޔަ ދުވަސްވަރެވެ. ސާނަވީ ތަޢުލީމުގެ ފަހު ހަރުފަތްތައް ގިރާކޮށް މައިންބަފައިން ފަޚުރުވެރި ވާނޭފަދަ ދަރިއަކަށް ވުމަށްޓަކައި އަހަރެން ގަދަ އަޅާ […]