
ލަހެއްނުވެއެވެ! 2
ލޯހުޅުވާލުމާއި އެކު މާޝާ
އަހަރެންގެ މޫނުގައި ފިރުމާލިއެވެ. އަނގައިން ބަހެއް ނުބުނެ އަހަރެންގެ މޭމަތީ ބޯއަޅާއިގެން ރޯން އޮތް
މުސްކުޅިމާމަގެ އަތުގައި ހިފާލީމެވެ. މިއޮވުނީ ހޮސްޕިޓަލުގައިކަން އެނގުނީ އިރުކޮޅެއްފަހުންނެވެ. މާމަ އަހަރެންގެ ގައިގާ އޮޅުލަ އޮޅުލަފާއި ރޮއި އިރު މަޝާވެސް ހުރީ ފެންކަޅި ވެފައެވެ. އެހާ މަތިން ވެއްޓުމުންވެސް ބޯފަޅައިގެން ދިޔުން ފިޔަވައި މަބޮޑު ގެއްލުމެއް ނުލިބުނު ކަން އެއީ އަހަރެންގެ ނަސީބެވެ. ނަމަވެސް ކަނަތުފައިގެ ކަށިގަނޑުގައި ރެނދުލިއެވެ.އަހަރެން އެންމެ އުފާވީ އެތުއްތު ފުރާނައަށް އެއްވެސް އަނިޔާއެއްނުވެ ސަލާމަތްވީކަން އެގުުމުންނެވެ.
ފައިގާ ޕްލާސްޓަރު އަޅައިގެން އޮންނަން ޖެހުމުން އަހަންނަށް ހީވީ ޤިޔާމަތް ލައިގަތް ހެންނެވެ. ވެއްޓި ޖެހުނު ގޮތުން ފޯނުވެސް ހަލާކުވީ އެވެ. ޓީވީ ގަނޑު ފިޔަފަވައި ފޫހި ފިލުވާނެ ގޮތެއް ނެތެވެ. ފޯނެއްގަންނަން ފޮނުވޭނީވެސް ރައްޓިއްސަކުވެސް ވަދެލާނަމަތާއެވެ. ގެޔަށް ދޫކޮށްލި ދުވަހު އަންމަޑޭ ގެނަސްދިން ދެ ސިނގިރޭޓް ފޮށިވެސް ހުސްވަނީއެވެ. ދެދުވަސް ފަހުން އޭނާ މަސްތުވާ އެއްޗިއްސާއެކު ހައްޔަރު ކުރިވާހަަކަ މާމަކިޔެވެ.
މާޝާ ދޭތެރެ ދޭތެރެއިން އަހަންނަށް ގޮވާލަން އާދެއެވެ. އެހެންކަމުން ދެމީހުންގެ ގުޅުން މަޑުމަޑުން ބަދަހިވަމުންނެވެ. ނަމަވެސް އަހަރެން ހައިރާންވާންފެށީ ގޯޅިގަނޑުގައި އުޅޭ އެހެންމީހުންވެސް ބައެއްފަހަރު އަހަންނާތީވެއެވެ. މީގެ ކުރިންވެސް އަހަރެން ބަލިވެއެވެ. ނަމަވެސް އެކަކުވެސް އަހަންނަށް ގޮވާލާކަށް ނާދެއެވެ. ހަތަރުދަމު ހޭލާ ހުންނަނީ ލޯބިވާ މާމާއެވެ.
އެކި ދުވަސް މަތިން މާޝާ އައިސް އަނގަ ތަޅަން އިނދެއެވެ. އަހަރެން ކަހަލަ ޕާޓޭ އަކާވާހަކަދައްކަން އަންނައިރުވެސް މާޝާގެ މަންމަމެން އަޅާ ނުލަނީ ކީއްވެބާއޭ އަހަރެން ހިތަށް އަރައެވެ.
” މަންމަ އަށް އެގޭނެ މަށަކަށް ކަމެއް ނުކުރާނެކަން، އަނެއްކާ މާމަވެސް އެބަ އުޅެއެއްނު، މަސަލާމަތް ކުރަން ހެހެހެހެ.” އަހަރެން ސުވާލު ކުރުމުން ހިނިގަނޑަކާއި އެކު މާޝާ ބުނެލިއެވެ. ވޭތުވެދިޔަ ދުވަސްތަކުގައިވެސް އަހަންނަށް ފާހަގަ ކުރެވުނީ މާޝާ އަހަންނާއި މުޚާތަބު ކުރަން އެއްވެސް ނަމެއް ބޭނުން ނުކުރާކަމެވެ. ނަމަވެސް މާމައަށް ގޮވަނީ މާމައޭ ކިޔާފައެވެ. މާޝާ އުޅޭގޮތުން އަހަރެން ހައިރާންވެއެވެ. އަހަންނާ ފިތިގެންވެސް އިށީނދެލާފާނެއެވެ. އަންނަ އިރު އަހަރެންގެ ތުނބުގައި ސިނގިރެޓޭއް އޮތިއްޔާ ދަމައިގަންނާނެއެވެ. އަދި އެވަރަކުން ނުފުދޭނެއެވެ. ޓިޝޫ އަކުން އަނގަމަތި ފުހެދެމުން އެހާ އެއްޗިހި ކިޔާނެއެވެ. ބައެއްދުވަސް ދުވަހު މާޝާ މާމައަށްވުރެވެސް މުސްކުޅިއޭ އަހަރެން ކިޔަވެމެވެ. ބުނާއިރަށް ފުފިގެން އައިސް އަހަރެންގެ ކުޅަނދުރު ހަތައެއްކަހަލަ އިސްތަށިގަނޑުގައި ހިފައި ގަންނާނެއެވެ. ފުރަތަަމަކޮޅު ރުޅިއަޔަސް ފަހުން އަހަންނަށް އެކަމުން ލިބެނީ އުފަލެކެވެ. އެގޭގައި މީރު އެއްޗެއް ހަދައިފިނަމަ އަހަންނަށާއި މާމައަށްވެސް ގެނަސްދޭނެއެވެ.
“އާބިދާ! މަށަށް ހީވަނީ އެސޮރު ބަފަޔަށް އަންގަންވީހެން” ހޭލެވުނު އިރު އަހަންނަށް އިވުނީ ގޯޅިތެރޭގައި އުޅޭ އިބްރާހީމްބެ ގެ އަޑެވެ. ހިސާބުގަނޑުން މާމަޔާ އެންމެ ރީތިކޮށް ވާހަކަ ދައްކާމީހަކީ އިބްރާހީމްބެއެވެ. އަހަރެން ގެޔަށް ދޫކޮށްލިތަނާ ފާޚާނައަށް ގެންގޮސްދެންވެސް އަންނަނީ އިބްރާހިމްބެއެވެ. ސަކީނާ ހުންނަނީ އަބަދުވެސް މާމައާއި ޖައްސާލާފައެވެ. ދެން ހުންނަމީހުންނާ މާމަޔާ ދޭތެރެ ޖައްސާމީހަކީވެސް ހަމަ ސަކީނައެވެ.
“މަށަކަށް ވާ ނުކެރޭނެ. މަލީކް ކަހަލަ ރަނގަޅު ދަނބިދަރިޔަކު ދޫކޮށްލެވުނުކަން އެއީ މަށަށް ކުރެވުނު އެންމެ މޮޔަ ކަންތައް. މަށަށް ޤަބޫލު ކުރެވުނީ މަގޭދަރި ދެއްކި ވާހަކަ. ކީއްކުރާނީ” މާމަ ނޭފަތް ދަމާލަމުން ވާހަކަ ދެއްކިއެވެ.
“މިދަރިފުޅުވެސް ހަލާކުވެގެން މިދިޔައީ.މަގޭ މީކާއިލް ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރެވޭތޯ މަކުރި މަސައްކަތް ދެނަވޮޑިގެން ވާނީ މާތްކަލާންގެ” މާމަ ރޮއި ރޮއިފާ ދައްކަމުންދިޔަ ވާހަކައިން އަހަރެންގެ ލޮލުން ކަރުނަ ހިލުވާލިއެވެ. އަހަރެން ސިހުނީ ހިމަހިމަ އިނގިލިތަކެއް ކޯތާފަތްމަތީ ހަރަކާތް ކޮށްލީމައެވެ. އަހަރެން ފަހަތް ބަލާލިއިރު މާޝާވެސް ހުރީ ފެންކަޅިވެފައެވެ. އަހަންނަށް ބޭއިހްތިޔާރުގައި މާޝާގެ އަތުގައި ހިފާލެވުނެވެ.
“އަހަރެން އަސްލު ހީކުރީ ބައްޕަ ގޯސްކަމުން އަހަރެން ދޫކޮށްލާފައި ދިޔައީ ކަމަށް އަދި ކިރިޔާ މި އެނގުނީ ވީގޮތް.” އަހަންނަށް ގިސްލެވެން ފެށިއެވެ. މާޝާ އެތައްވާހަކައެއް ދައްކައިގެން އަރެން ލައްވާ ވައުދު ކުރުވީ ކުރީގެ ދިރިއުޅުން ދޫކޮށް ރަނގަޅުމީހަކަށް ވުމަށެވެ. ފަޔަށް ރަނގަޅުވިހާ އަވަހަކަށް ވަޒީފާއަކަށް ދިޔުމަށްވެސް އެދުނެވެ. އަހަރެން އެއްބަސްވީމެވެ. ހަމަ އެކަނި އޭނާ އަހަންނަށް އަޅާލާތީއެއް ނޫނެވެ. ކޮންމެވެސް އެހެން ސަބަބަކާހުރެ އޭނާ އަހަންނަށް ޚާއްސަވީތީއެވެ.
ރޭގަނޑުގެ ވަގުތެވެ. އަހަންނަށް ހޭލެވުނީ އަންހެންކުއްޖެއްގެ ގިސްލުމުގެ އަޑަށެވެ. ފާއިތުވި ތިންރޭވެސް ހަމަ އެގޮތަށް އެއަޑު އަހަންނަށް އިވުނެވެ. މިހާރު ފައިވެސް ކުޑަކޮށް ރަނގަޅުވެފައިވުުމާއި އެކު އަހަރެން މަޑުމަޑުން ހިނގާލާފައި ގޯތިތެރެއަށް ނުކުތީމެވެ. އޭރު ގިސްލިމުގެ އަޑު ތަންކޮޅެއްބާރަށް އިވެއެވެ. އެއަޑު އަންނަނީ ސަކީނާގެ ގޯއްޗާއި އިންވެގެން ހުރި ފާރާ ދިމާއިންނެވެ. އަހަރެންގެ ގެޔެކޭ އެއްގޮތަށް ސަކީނާގެ ގޭގައިވެސް ގޯތިތެރޭ ކުޑަތަންކޮޅެއް އޮވެއެވެ. ހިތްވަރު ކޮށްލާފައި އަހަރެން ހިނގައިގަތީ ދަނޑިގަނޑު ވިއްދަމުންނެވެ. ފާރުކައިރީގައި ހުރި އިހުގެ ފުޑާދަޔަކަށް ސަލާމަތުން އޮތްފައިލާފައި ފާރުމަތިން ބޯދިއްކޮއްލައިފީމެވެ. ސަކީނާގެންގުޅޭ ބަންގްލަދޭޝް އަންހެންކުއްޖާ އެތާހުރި އުނދޯލީގައި ރޯންއިނެވެ. ފަނޑު އަލީގެތެރެއިންވެސް އެދޮން ހަށިގަނޑުގައި ނޫފައިގެންފައި ހުރިތަންތަން އަހަންނަށްފެނުނެވެ. ލަތާ ކޮންމެސް ކަމެއްކޮށްގެން މޮޔަ އާދަނު އަނިޔާ ކުރީ ކަންނޭނގެއެވެ. ލަތާ އާއި މެދު ހަމްދަރުދީ އުފެދުނު ނަމަވެސް އަހަރެން އެނބުރި ގޭތެރެއަށްވަނީއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް މަހެއްހާ ދުވަސްވީއިރު އަހަރެން ވަރަށްބޮޑަށް ރަނގަޅުވެއްޖެ އެވެ. ނަމަވެސްބޮލުގައި ނުފިލާތަދެއް ހުންނަކަން އަހަންނަށް ފާހަގަވެއެވެ. މާޝާ ވަދެގެން އައިއިރު އަހަރެން އޮތީ ގޯތިތެރޭހުރި އުނދޯލީގައެވެ.
“ކޮންކަމަކާ ތުންދަމާފަ!” މާޝާގެ މޫނު ފެނުމާއި އެކު އަހަންނަށް އަހާލެވުނެވެ.
“މަށަށް ހެލްޕެއް ބޭނުންވޭ އެބަ” އަހަރެންގެ ދެލޮލަށް ބަލާލަމުން މާޝާ ބުނެލިއެވެ.
“ވިދާޅުވޭ!މަސާހިބާ!” އަހަރެން މޭގައި އަތް އަޅާފައި ކުޑަކޮށް ކުރިޔަށް ގުދުވެލީ މާޝާ ހެއްވާލުމަށެވެ. ގޭދޮރު މައްޗަށް ނިކުތްމާމަވެސް ހީލާފައި އެތެރެއަށް ދެމިގަތެވެ. ނަމަވެސް މާޝާގެ މޫނު މަތީގައިވަނީ ސީރިޔަސް ކަމެވެ.
“ކިޔާބަ” އަހަރެން ސީރިޔަސްވެލީމެވެ.
މާޝާ ބުނިވާހަކައަކުން އަހަރެން ހައިރާންވިއެވެ. ސަކީނާ އަހަރެންގެ މަންމައާ ދިމާއަށް އެތިވަރުގޮވާއިރު އޭނަގެ ހުރި ނުބައިކަން އަދި މިފެނުނީއެވެ. މާޝާ އެދުނީ ސަކީނާ ބަސްޓް ކޮށްލަން އެހީތެރިވެދިނުމަށެވެ. ެ.އެނާ އަށް އެކަމަށް ޝައްކުވެގެން ލަތާ އާއި އެކި ގޮތްގޮތަށް ވާހަކަ ދައްކައިގެން ހަޤީޤަތް ހޯދީއެވ އެގޭގައި ހިންގާ މުޑުދާރު އަމަލްތައް ފުލުހުންނާ ހަމައަށް ގެންދަން ބޭނުންވަނީ ސާބިތު ހެއްކާއެކު ކަމަށް ބުނެލިއެވ ެ. މާޝާގެ ހިތްވަރަށް އަހަރެން ތައުރީފު ކުރީމެވެ. އަންމަޑޭ ހައްޔަރު ކުރީވެސް މާޝާގެ އެހީތެރިކަމާއެކުކަންވެސް އެނގުނީ އެދުވަހުއެވެ.
“އެބައޮތް ސަޕްރައިޒެއް! ހިނގާބަލަ ބޭރަށް!” އިރުކޮޅަކުވާހަކަ ދައްކަން ހުރެފައި މާޝާ ބުނެލިއެވެ. އަހަންނަށް ގޮވާލެވުނީ މާމަ އަށެވެ. ފައި ހަލާކުވުމަށްފަހު އަހަރެން ބޭރަށް މިދަނީ އަލަށެވެ. މާމަގާތު ބޭރަށް ދާން ހުއްދަ މި އެހީ ހަޔާތުގައިވެސް އަލަށެވެ. އަހަރެމެން ނިކުތް އިރު މާމަގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ ނީރާލައިފިއެވެ.
މާޝާ އަަހަރެން ގެންގޮސް ވެއްދީ ކައިރީގައި ހުރި ބޯކޮށާތަނަކަށެވެ. ބޯލާއި ތުނބުޅި މަތިމަސް ހެދީމާޝާ ބުނިގޮތަކަށެވެ. ހިމޭންވެފައި އަހަރެން ހުރީއެވެ. ލޯގަނޑުން މީހާގެ ސޫރަ ފެނުނު އިރު އަހަރެން ހައިރާންވިއެވެ. ހާދަ ތަފާތެވެ. އަހަންނަށް ތަފާތު ރޫހާނީ އުފާވެރި ކަމެއް އިހްސާސްވިއެވެ.
ގެޔަށް އައިސް ވަންއިރު މާމަ ހުރީ ރީތިކޮށް އިސްތިރކޮށްފައި ހުރި ނޫކުލައިގެ އަތްދިގު ގަމީހެއް ހިފައިގެންނެވެ. އަހަރެން ހައިރާންވިއެވެ. މިދެމީހުންގެ ރޭވުމެއްތާއެވެ.
ފެންވަރާނަލަވެގެން ނޫކުލައިގެ އަތްދިގުގަމީހާއި ކަޅުކުލައިގެ ފަޓްލޫނުގައި އަަހަރެން ނިކުތުމާއިއެކު ދެމީހުން ކަޅިޖަހައި ނުލާ އަހަންނަށް ބަލަން ފެށިއެވެ. އެވަގުތު މާމަގެ ދެލޮލުން ފައިބައިގަތް ކަރުނަތައް ފެނިފައި ދުވެފައި ގޮސް މާމަ މެޔާލައި ބޮޑިކޮށްލެވުނެވެ.
“އޭ އިމޯޝަނަލް ވާނެ ކަމެއްނެތް! އިންޓަވިޔު ގަޑި ޖެހެނީ! އަވަސްކުރޭ!” އަހަރެން ބަލާލިއިރު މާޝާ ހުރީ އަހަރެންގެ ސެޓިފިކޭޓް ފައިލް ހިފައިގެންނެވެ.
“ވަޓް؟” އަހަންނަށް ބުނެވުނީ ތަންކޮޅެއްބާރަށެވެ.
ވެގެންއުޅޭގޮތް އޮޅުން ފިލުވައިދީފައި މާޝާ ދިޔައީ ގުޑްލަކް އޭ ކިކާފައި އަހަރެންގައިގާ ކުޑަކޮށް ބައްދާލާފައެވެ.
އަނެއްކާ މާޝާ އަހަރެން ދެކެ ލޯބި ވަނީ ބާވައެވެ؟ ނުވާނަމަ މިހުރިހާ ކަމެއް ކުރީ ކީއްވެހެއްޔެވެ؟ އެކަމަކު އޭނަ ހާދަ ކުޑައެވެ. އަހަންނަށް ދެކެވެނީ ކޮއްކޮއެއްގެ ގޮތަށެވެ. މާތްކަލާކޯއެވެ! މިވާ ގޮތުން އެފަކީރުގެ ހިތް ހަލާކުވެދާނެއެވެ. ޓެކްސީ ގޮސް ޕާރލް ޕްރައިވެޓް ލިމިޓެޑްގެ ކުރިމައްޗަށް ހުއްޓިއިރުވެސް އަހަރެން ގެ ބޮލުގައި އެނބުރެނީ ސުވާލުތަކެވެ.
އޮފީހަށް ވަދެގެން ދިޔައިރު އެންމެންގެ ނަޒަރު އަހަންނަށް ހުއްޓެމުން ދިޔައެވެ. މާޝާގެ ބައްޕަގެ އޮފީސް މިހާ ބޮޑުވެދާނެ ކަމަކަށް އަހަރެން ހިޔެއް ނުކުރަމަވެ.
“މީކާއިލް! އަވަހަށް އިށީންނަވާ! މިއީ ފާރޫޤް” ފާރުޤު ސަލާމް ކޮށްލުމަށްފަހު އިށީނުމަށް އިޝާރާތް ކުރިއެވެ. އަދި މަސައްކަތައި ބެހޭވާހަކަތަކެއް ހިއްސާކުރިއެވެ. ހީވަނީ އަހަރެންމީ ވަޒީފާއަށް ހޮވިގެން ގެނައި މީހެއްހެނެވެ. އިރުކޮޅަކުން އަހަރެން މިހިސާބަށް ގެނަސްދިން ރިސެޕްޝަނިސްޓް އައިސް އިޝާރާތެއް ކޮއްލިއެވެ.
“ހިންގަވާ! ” ފާރޫގު ތެދުވެ ހިނގައި ގަތެވެ. ވަކިން ހުރި ކެބިނެއްގެ ދޮރު ހުޅުވާލުމަށްފަހު މިއީ މީކާއިލްގެ ކެބިން އޭ ބުނެލިއެވެ. އަދި އައިޓީ މެނޭޖަރުގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތަކުގެ ބަޔާނެއް ދިނުމަށް ފަހު އިތުރު ކަމެއް ބޭނުންވެސްޖިއްޔާ ގުޅާލާށޭ ބުނެފައި ހިގައްޖެވެ.
އޮފީސްގަޑި ނިންމާލާފައި އަހަރެން ގެޔަށް އައީ މަޝާ ބުނި ކަހަލަ ކުޑަ ކެމެރާއެއް ގަނެގެނެވެ. ރޭވުމާއި އެއްގޮތަށް ލަތާ ހުރީ ގޭގެ ދޮރުމަތީ އެވެ.
“މަންޖެ ހާދަ ރީއްޗޭ!” އަހަރެން ލަތާ އާއި މައްލަވަ ކުރާކަމަށް ހެދިފައި ކެމެރާ ލަތާގެ އަތަށް ލައިދިނީމެވެ. އެވަގުތު ސަކީނާ ނުކުމެ ހަޅޭލަވައިގަތެވެ.
“ހުމް ޓާއީ އަޅާފަ ބޫޓަށް އެރިޔަސް ތިވާނީ ހަމަ ތިޔަށް. ކިތަންމެ ދޮންކުރިޔަސް ދުނބުރިޔެއް އަނބަކަށް ނުވާނެ!” ސަކީނާ ހަޅޭލަވައިގަތުމުން އަހަރެން ލަތާގެ ކޮލުގައި ފިރުމާލީ އިތުރަށް އޭނަ ރުޅިއެރުވުމަށެވެ.
އޭރު ސަކީނާގެ ހަޅޭކުގެ އަޑަށް މާމައާއި މާޝާމެންގޭގެ މީހުންވެސް ބޯދިއްކޮށްލައިފިއެވެ.
އަހަރެން މާޝާއަށް ހަނާ އަޅާލުމަށްފަހު ގޮސް ގެޔަށްވަނީމެވެ.
“އިންނާނެ މީހަކު ނުވެގެންތަ އެކަލޭގެ ފަހަތުން ތިދުވަނީ. ތީ ކޫޑިއެއްދޯ” ކޮޓަރިއަށް ވަދެވަދެ ހުއްޓައި އިވުނު އަޑަކުން އަހަންނަށް ހުއްޓެވުނެވެ.
“މަނޫޅެން އިންނާނެ މީހަކު ހޯދާކަށް އަދި ހަށިވިއްކުވާނެ އަންހެން ކުއްޖަކު ހޯދާކަށެއްވެސް.” މާޝާގެ އަޑު އިވުމާއިއެކު ސަކީނާ އެއްޗިހިކީ މާޝާއަށް ކަން އަހަންނަށް ވިސްނުނެވެ. އަހަރެންގެ ލޭތައް ކެކި ގަތީ ތިޔަހެނެއް ބަލާފައެއްނޫނެވެ.
13 Comments!
Comments are closed.
vvvvvv salhi ingey mi part thaya….waitin 4 the next part
thanks Mish next part is last part
salhi mi part ves…..wait kuran next part ah ves
mi part wes w reethi .hope 2 see the next part soon
thanks Mish next part is last part
vvv nice story eh.vvv gulhey mi zamaanaa waiting 4 next part
Thanks for the comment
Athi v boda shukuriyya
vvv salhi mi prt…kn dhuvahakun nxt prt…thn kolheiii avahah up koh dhechey
🙂 🙂 🙂 🙂 🙂 🙂 🙂
v salhi waitn 4 next part
Thanks Unaan and Rio and others who commented here. I am so happy that you guys liked it. In Sha Allah next part will be on wednesday I hope you all will read and comment it. love you all
ThaYa haadha molhey. mi vvv rewthi vaahakaeh. Thank you ThaYa 🙂
Masha engey nimey iru vaane goith. Maashaa maraalaanee magumathin ais gayah valhi haraa. Hama mi consept ah in 2 vaahaka keen kurinves