Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އުޅެން އުމުރަށް ލޯބިން އެކީ…2

naaya Level 1
July 28, 2014 4 Mins Read
16 Comments

       ލިބޭ ހުސްވަގުތު ތަކުގައި އަހަރެން އަޔާޒްގެ ގާތަށް ދަމެވެ. ހާލުއޮޅުން ފިލުވާހަދަމެވެ. ބައެއް ދުވަސް ދުވަހު އަޔާޒް އަށް ހާއްސަކޮއްގެން އަހަރެންގެ އަތުން ކައްކައިގެން ގެންގޮސް ދެމެވެ. ދެމީހުންގެ ދެމެދުގައި އޮތް އެކުވެރިކަން އިތުރަށް ކުރިލައި ފޯދެމުން ދިޔައީ ހިވެސް ނުކުރާހަ ބާރުމިނުގައެވެ. އަޔާޒްގެ އެކަނިވެރިކަމަށް ހަމުދަރުދީ ވުމަށް ދިއްކޮއްލެވުނު އަތް މިއަދު އަނބުރާގެންނަން އޭރު އަހަރެންގެ ހިތް ދެކޮޅުހަދަން ފަށައިފިއެވެ. ގިނަވަގުތު އޭނާގެ ދޮން މޫނަށް ބަލަން ހުންނަން އަހަރެންބޭނުންވިއެވެ. ބައެއް ދުވަހު ބަހަނާއެއްގެ ގޮތުން އަޔާޒް ގާތުގައި އަހަރެން ކޮންމެވެސް އެއްޗެއް ބާއްވާފަ އަންނަމެވެ. އެނބުރި އެހޯދުމުގެ ބަހަނާގައި އޭނާގެ ކުރިމައްޗަށް ހުއްޓިލެވޭތޯއެވެ. ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ހިތުގައި އުފެދެމުން ދިޔަ ޝުޢޫރުތަށް އަޔާޒްގެ ފައިބުޑަށް ބަންޑުން ކޮއްލަން އިންތިހާއަށް އަހަރެން ދިޔައީ ބޭނުންވަމުން ދިޔައެވެ.

    އެހިތް އެދެމުން ދިޔަކަންނަން ކާމިޔާބު ކުރުމުގައި އަހަރެން ލަހެއްނުކުރަމެވެ. ބައެއް މީހުންގެ ނަޒަރުގައި އަންހެންކުއްޖަކު ލޯބިހުށަހެޅުން އެއީ ކަޑަކަމަކަށް ވިޔަސް އަހަންނަށް އެކަންވީ ބުނެދޭން ނޭގޭފަދަ އުފަލަކަށެވެ. އަޔާޒް އަހަރެންގެ ލޯތްބަށް އާބަސް ބުންޏެވެ. އެހާހިސާބުން ކެނޑިނޭޅި އަހަރެން މަސައްކަތް ކުރަމުން ދިޔައީ ލޯބިވެރިޔާއަށް ޝިފާއެއް ހޯދައި ދެވޭނެފަދަ މަގެއް ހޯދޭތޯއެވެ. އަހަރެންގެ ނަސިބު އަތުގައި ހިފިއެވެ. އެފަދަމަގެއްވެސް ފެނުނެވެ. އިންޑިއާގެ ޗެންނާއިގައި ދިރިއުޅޭ އަހަރެންގެ އެކުވެރިއަކު ކޮށައިދިން މަގެއްގެ ޒަރިއްޔާއިންނެވެ. ވީ އެންމެ އަވަހަކަށް އަޔާޒް އިންޑިއާއަށް ފޮނުވުމަށް އަހަރެންގެ އެކުވެރިޔާ އެދުނެވެ. ބޭސްފަރުވާއަށް ބެނުންވާ ހުރިހާ ލިޔެކިޔުމެއް ހަމަޖެއްސީމެވެ. އަޔާޒްގެ ބަލިހާލަތާއި ބެހޭ އެންމެފަހުގެ ރިޕޯޓުތަށް ތައްޔާތު ކުރީމެވެ.

 އަހަރެމެން ފުރަން ހަފުތާއަކަށް ވީ ތަނާ އަހަންނަށް ވަޒީފާއަށް ނިކުންނަން އަލުން އަންގައިފިއެވެ. އަށުގައި ބޭރަށް ހިނގުމާއި ގަދައަށް ހުންއައުންފަދަ ބަލިމަޑުކަމެއް ފެތުރިފައިވުމުންނެވެ. އެންމެ ޑޮކްޓަރަކުން ފުއްދާލެވެން ނެތުމުން އަހަންނަށް ޖެހުނީ މަޑުކުރާށެވެ. ވަރަށް ދެރަވިއެވެ. ހިތުގައި ޖެހުނެވެ. އަޔާޒް އަހަރެންގެ ހާލަތު ދެނަގަތެވެ. އޭނާ ބޭނުން ވީ ކައިވެނިކުރާށެވެ. ފުރުމުގެ ކުރިންނެވެ. އަހަރެން ދެކޮޅެއްނަހަދަމެވެ. އެކަމަކީ އަހަރެންވެސް ނިހާޔަތަށް ބޭނުންވެފައިވާ ކަމެކެވެ.

     ކައިވެނީގެ ވާހަކަދެކެވުމުން އަހަރެން ބޯހާސްވާފެށީ ފަހުންނެވެ. އަހަރެންގެ ބައްޕަ މިކައިވެންޏަށް ދުވަހަކުވެސް ނުރުހޭނެކަން އަހަންނަށް އެނގެއެވެ. އަމުދުން އަޔާޒްގެ ބަލިހާލަތު ހުރިގޮތުންވެސް އާބަސް ނުދޭނެކަން ކަށަވަރެވެ. އެކަންވީވެސް އެގޮތަށެވެ. އެޙަބަރު ލިބުމުން އަހަރެންގެ މައިންބަފައިން އަހަންނާއި ގުޅުން ކަނޑައިލިއެވެ. އެކަމާ އަހަރެން މާޔޫސް ވިކަން ގައިމެވެ. ދުނިޔޭގައި މައިންބަފައިންނާއި ދެކޮޅަށް ކައިވެނި ކުރާ ޖޯޑުތަކުގެ ލިސްޓަށް އަހަރެމެންވެސް އެރިއެވެ.

    ކޯޓުގައި ކައިވެނީގެ ކަންތަށް ނިމިގެންދިޔައެވެ. ކުޑަވަރެއްގެ ހަފްލާއެއް ބޭއްވުނެވެ. ބައެއް މީހުން އަޔާޒް އަށް ބަލަމުން ދިޔައީ މަލާމާތުގެ ނަޒަރަކުންނެވެ. އަހަރެންގެ ހިތް އޭރު ބުނަމުން ދިޔައެވެ. އެމީހުންނަށް އަދި އިސްޖަހާލަން ޖެހޭނެއެވެ. އަހަރެންގެ އަޔާޒް އަދި ރަނގަޅުވާނެއެވެ. އަދި އޭނާވެސް އެހެންމީހުން ފަދައިން އަމިއްލަ ދެފައިގެ ބޭނުން ކުރާނެއެވެ.

    ކައިވެންޏަށް ފަހު ޖެހިގެންއައި ދުވަހު އަހަރެން އަޔާޒް ފުރުވާލީމެވެ. ލޯބިވާ ފިރިމީހާއާއި އެކީގައި ވުމަށް ހިތް އެދެމުން ދިޔައެވެ. އަޔާޒް ފުރުމުން އަހަރެން މުޅިން އެކަނި ވިއެވެ. ވަޒީފާއަށް ނިކުތަސް އަޔާޒް ގެ ހަނދާންތަށް އަހަރެންވަށާލައެވެ. އަޔާޒްގެ ހީލުމެވެ. އޭނާގެ އެރީތި މޫނެވެ. ކިޔާލާ މޮޅެތި ޖޯކުތަކެވެ. އަހަރެން ހެއްވާލާގޮތެވެ. ހުރިހާ ހަނދާންތަކެއް އުނދަގޫކުރަމުން ދިޔައެވެ. ބައެއްފަހަރު ވަޒީފާ ދޫކޮއް ހިންގައިދާނަމޭ ހިތަށް އަރާވަރު ވެއެވެ.

    އަހަރެން އަޔާޒް އަށް ގަވައިދުން ގުޅަމެވެ. ހާލުބަލައި ދަތިއުދަގުލެއް ވޭތޯ ހޯދާ ބަލަމެވެ. އަހަރެންގެ އެކުވެރިޔާވެސް އަހަންނަށް ގުޅައެވެ. އަޔާޒްގެ ބޭސް ފަރުވާ ކުރިޔަށް ދާގޮތުގެ ފުރިހަމަ މައުލޫމާތު އޭނާ އަބަދުވެސް ތަފުސީލުކޮށް އަހަންނަށް ދެމުން ދިޔައެވެ. ހުރިހާކަމެއް ކުރިޔަށް ދިޔައީ އަހަރެމެން ރޭވިގޮތަށް ފުރިހަމައަށެވެ.

     އޮޕްރޭޝަނަށް ފަހު ތިންހަފުތާ ފާއިތުވިއިރު އަޔާޒް އަށް އަލުން ވަނީ ހިނގުމުގެ ނިޢުމަށްލިބިފައެވެ. ޑރ.ބަޓްގެ މިތްނެތް މަސައްކަތުން އަހަރެންގެ ފިތިމީހާއަށް ދުޅަހެޔޮ ސައްޙަތެއްލުބުނެވެ. ކެތްތެރިކަމެއް ނެތް ހާލު އަހަރެން އިންތިޒާރު ކުރަމުން ދިޔައީ އަޔާޒް އެނބުރި އަންނާނެ އިރަކަށެވެ. އަހަރެންގެ ލޮލުގެ ކުރިމަތީ ހިނގާލާފައި އަންނާނެ އިރެއްގެ އިންތިޒާރުގައެވެ.

     އަޔާޒް ރަށަށް އަނަން ދެދުވަހަށް ވި ދުވަހެވެ. އަހަރެން ޑިއުޓީ ނިންމާލުމަށް ފަހު ގެއަށް އައިސް ވަނީ ހަވީރު ފަހެއް ޖެހިތަނާއެވެ. އަތުގައި އޮތްދަބަސް ފަރުވާ ކުޑަގޮތަކަށް އެދުމަށްޗަށް ހޫރާލަމުން އަހަރެން އޮށޯވެލީމެވެ. ނިދީގެ ތެރެއަށް އަހަރެން މަޑުމަޑުން ގެނބެން ފެށިއެވެ.

“އަޔާޒްގެ ލޯބީގައި ތިފަނާވަނީ އެކީ ކާކުކަންވެސް އެގިލުމެއްނެތި….ތީގެ ނަތީޖާ ވަރަށް ހިތިވާނެ މައިޝާ…ވަރަށް ހިތިވާނެ..”

   ފުންމައިގެން އަހަންނަށް ކޮއްޅަށް ތެދުވެވުނެވެ. ހުވަފެނުގައި ކާކުކަށް ނޭގޭ އެމީހަކު އަހަންނާއި މުޙާތަބު ކުރަމުން ދެއްކި ވާހަކަތަށް އަހަރެންގެ ކަންފަތުގައި ގުގުމަން ފެށިއެވެ. އަހަރެންގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. މުޅިމީހާ ވަނީ ދާހިތްލާ ފޯވެފައެވެ. އަހަންނަށް ހަމައަކަށް އެޅެން އިރުކޮޅެއްނެގިއެވެ. ހުވެފެނަކީ ބިލާހެކޭ މީހުން ބުންޏަސް އެއީ ދޮގެއް ކަމަށް އަހަރެން ހިތަށް ވިސްނައި ދިނީމެވެ. އަޔާޒް އަހަރެންދެކެ ލޯބިވެއެވެ. އެހެންވީއިރުން އޭނާ އަހަންނަށް އޮޅުވާލުމުގެ އެއްވެސް ބޭނުމެއް ނެތެވެ.

    އެރޭގެ ވަގުތެވެ. އަހަރެން އިނީ ބޭރު ޖޯލިފަތީގައެވެ. ޖެހެމުންދިޔަ ވައިރޯޅިތަށް އަހަރެންގެ އިސްތަށިގަނޑާއި ކުޅެމުން ދިޔައެވެ. ސާދަވިލޭރޭގެ ހަނދުވެސް އެންމެ ބުރުސޫރަ ރީތި ގޮތުގައި ފާޅުވެފައި ހުއްޓެވެ. އެހެން އިންއިރު އަހަރެންގެ ސިކުނޑި އޭރުވެސް ހަވީރު ފެނުނު ހުވަފެން މަތިން ހަނދާން ކުރަމުން ދިޔައެވެ.

 “އަޔާޒް މައިންބަފައިން އޭނާ ކުޑައިރު މަރުވެއްޖެ …ބަލާބޮޑުކުރި މާމަވެސް ތިން އަހަރު ކުރިން ނިޔާވީ….މިހުރިހާ ކަމެއް އެނގޭއިރު ކީއްވެ އަހަރެންގެ ހިތަށް ހިތްހަމަޖެހުމެއް ނުލިބެނީ….”

  އަހަރެންގެ ހިތާއި އަހަރެން ސުވާލު ކުރަމުން ދިޔައީމެވެ. ޖަވާބެއް ނުލިބުނެވެ. އެހިތަށް ޖަވާބު ލިބެނީ އަހަންނަށް އޭގެ ޖަވާބު އެނގޭނަމަތާއެވެ.އިރުކޮޅާކު އެހެން އޮތުމަށް ފަހު އަހަރެން ގޭތެރެއަށް ވަންނަން ތެދުވީމެވެ. އެވަގުތު ގޭ ދޮރާށިން މީހަކު އެތެރެއަށް ވަންއަޑަށް އަހަރެން އެދިމާއަށް ބަލއިލީމެވެ.

“އައިޝް…” އެކުވެރިޔާ ފެނުމުން އަހަންނަށް އުފަލުން ހިނިތުން ވެލެވުނެވެ.

“އާ..އަހަންނޭމީ…ބަލާބަލަ ތިކޮއްލި ކަމެއް އަހަރެން ރަށުގަ ނެތީސް…” ވައިސޫރިއެއް ފަދައިން އައިޝް އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. އަދި އެސިކުން ތުަކުންތުގައި ދުރަށް ޖެހިލަމުން ޝަކުވާ ފޮށި ހުޅުވާލިއެވެ.

” ކީއްވެ މެރީ ކުރިއިރު އަންގާނުލީ …އަހަރެން ދިޔައީ ތިންމަސް ދުވަހަށް ވިއްޔާ އަހަރެން އަންނަންދެން މަޑުކޮއްލިނަމަ…”

“ސާބަސް ހުރިހާ ސުވާލެއްގެ ޖަވާބު ހޯދާނީ މިތާބޭރުގައި ކޮޅަށް ހުރެތަ…ހިނގާބަލަ އެތެރެއަށް ކޮންމެވެސް އެއްޗެއް ބޯލަން އެއަށް ފަހު ހަމަޖެހިގެން ތިސުވާލުތަކަށް ޖަވާބު ދޭނަން…”

   އެރޭ އައިޝް ގެއަށް ދިޔުމުން އަހަރެންވެސް ގޭގެ ދޮރުތަށް ލެއްޕުމަށްފަހު ނިދަން ކޮޓަރިއަށް ދިޔައީމެވެ. އަހަރެންގެ ތުންފަތް މައްޗަށް އޭރުވަނީ ހިނިތުންވުމެއް ވެރިވެފައެވެ. އެކުވެރިއާއި ވާހަކަދައްކައި ލެވުމުން ހިތަށްވަނީ ފުދޭވަރެއްގެ ހިތްހަމަޖެހުމެއް ލިބިފައެވެ. އަހަރެން ފާޙާނާއިން ނިކުތުމަށްފަހު ނިދޭތޯ އެނދުގައި އޮށޯވެލީމެވެ. ދެލޮލަށް ދިނީގެ އަސަރެއް ކުރާކަށް ނޫޅުނެވެ. އަހަރެން މަޑުމަޑުން އެނދުން ތެދުވުނީމެވެ. އަޔާޒް އަށް ގުޅާލަން އަހަރެން ފޯނުހިފައިގެން ކޮޓަރިން ބޭރަށް ނިކުތީމެވެ.

  ދެފަހަރަކު އަހަރެން ގުޅާލީމެވެ. ފޯނަކަށް ޖަވާބުނުދެއެވެ. އަހަރެން ގަޑިއަށް ބަލައި ލީމެވެ. މިވަގުތު އަޔާޒް އޮންނާނީ ނިދާފައެވެ. އަހަރެން ފޯނުބޭއްވުމަށްފަހު އަނެއްކާވެސް ކޮޓަރިއަށް ދިޔުމަށް ހިގައި ގަތީމެވެ. ކޮޓަރި ދޮރާއި ހަމައަށް ދިޔުމަށް ފަހު އަހަރެންގެ މިސްރާބު ބަދަލުވެގެން ދިޔައީ އެތާހުރި ފޮތް ފޮށިގަނޑަކާއި ދިމާލަށެވެ. އެއީ އަޔާޒް ގެ ހުސްވަގުތުގެ އެކުވެރިންނެވެ. ފޮށިގަނޑު ފުރެންދެން ހުރީ އެކިވައްތަރުގެ ވާހަކަ ތަކުން ފުތާލާފައެވެ. ފަހަރެއްގައި އަހަރެންގެ އެކަނި ވެރިކަންވެސް އެވާހަކަ ތަކުގެ ސަބަބުން ފިލައި ދިޔުމަކީ އެކަށީގެންވާކަމެކެވެ. އެތަނުން ދެވާހަކައެއް ހިފައިގެން އައިސް އަހަރެން ކޮޓަރިއަށްވަދެ އެނދުގައި ހަމަޖެހިލައިގެން އިށީނީމެވެ.

  ވާހަކަ ކިޔަން ފެށުމުން ގަޑިގެ ކަށި އެނބުރެން ފެށި ގޮތެއްވެސް އަހަރެން ދުދެނެހުރީމެވެ. ފޮތުގެ މެދަކައި ހިސާބަށް ދިޔަތަނާ އަހަރެންގެ އަތުން ދުވެގެން ވާހަކަ ބިންމައްޗަށް ވެއްޓުނެވެ. ދުވަސްވެ ފައިވާ ފޮތެއްކަމުން ފޮތުގެ ގަނޑުތަށް މުޅި ކޮޓަރިއަށް ފެތުރިގެން ދިޔައެވެ. ފަހަރަކު ގަނޑެއް ހޮވުމަށް ފަހު އަހަރެން ފޮތް ލައްޕާލީމެވެ. އެއަށް ފަހު އެނދުގެ އެއްފަރާތުގައި ހުރި ކަބަޑުމަތީ ވާހަކަތަށް ބޭއްވުމަށް ފަހު އޮށޯވެލީމެވެ.

ނުނިމޭ

Share Article

Follow Me Written By

naaya

Level 1

Other Articles

Previous

ކަފުނަށް މިހިތް އަދި ނުލާކަން ޔަގީން..2

Next

ފުރަތަމަ ލޯބި

Next
July 30, 2014

ފުރަތަމަ ލޯބި

Previews
July 27, 2014

ކަފުނަށް މިހިތް އަދި ނުލާކަން ޔަގީން..2

16 Comments!

  1. Anonymous says:
    July 28, 2014 at 9:10 pm

    vvv salhi knirakun dhen up kohdheyni

  2. naaya says:
    July 28, 2014 at 11:51 pm

    soon….nd thnks

    1. yoon says:
      July 31, 2014 at 11:40 am

      slm…..eid mubaarik… mashaa allaah thi stry varah nice…but hama hiyaaleh ingey….?
      thi stry liyefa upld kurumuge kuri ehfaharu rangalhah chek koffa kollaathi ingey.. bt mi hibura kamakah nahadhahchey… baeh than than kolhuga mstyk ehbahuri….ehkahala kudhi kudhi kuhthah rangalhukolleema mashaa allaah v reethi vaane….ok FEE AMAANILLAAH

  3. shaph says:
    July 29, 2014 at 12:14 am

    mi part wes nice . waitttinggg

  4. naaya says:
    July 29, 2014 at 7:18 am

    thnks shaph …as far as it goes it will get more intresting….

  5. faai says:
    July 29, 2014 at 6:05 pm

    Wow, v salhi dhen oi part awahah up kohdhehchey

  6. Nabee says:
    July 30, 2014 at 12:45 am

    Wow very nice this story. Dhen koniraku up kohdheyni

  7. mihaaxaa says:
    July 30, 2014 at 5:15 am

    Vtv salhi

  8. mihaaxaa says:
    July 30, 2014 at 5:15 am

    V salhi

  9. yama says:
    July 30, 2014 at 6:46 am

    v salhi … best of luck… avahah up kohdehchey…

  10. yoon says:
    July 31, 2014 at 11:39 am

    slm…..eid mubaarik… mashaa allaah thi stry varah nice…but hama hiyaaleh ingey….?
    thi stry liyefa upld kurumuge kuri ehfaharu rangalhah chek koffa kollaathi ingey.. bt mi hibura kamakah nahadhahchey… baeh than than kolhuga mstyk ehbahuri….ehkahala kudhi kudhi kuhthah rangalhukolleema mashaa allaah v reethi vaane….ok FEE AMAANILLAAH… 🙂

    1. naaya says:
      July 31, 2014 at 8:01 pm

      eid mubaarik yoon…and ill surely remembr your comment next time…and once again thanks for your idea…for others even who hve commented to my story thanks a lot..for me knwin d mistakes i do will make us best..so plx every one comment aftr readin d story….once again EID MUBAARIK every one

  11. shaph says:
    August 1, 2014 at 12:02 am

    kobaa tha next part ???? plxx awahah up kohba … waittigg

  12. inu says:
    August 1, 2014 at 8:20 pm

    vara reethi vaanehen hevahnyy .. nxt part avaha up kurane kama umydhu kuran

  13. shahee says:
    August 6, 2014 at 5:33 pm

    v nice story.next part kiyaalhan kenmadhuvefa mihuree.

  14. naaya says:
    August 6, 2014 at 7:29 pm

    shahee i hve olready uploaded

Comments are closed.



All Right Reserved!