Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކަފުނަށް މިހިތް އަދި ނުލާކަން ޔަގީން…3

leyfa Level 110 Stories
August 1, 2014 3 Mins Read
10 Comments

މަރީނާއަށް ވާހަކަ ދައްކަން ވެސް އުދަގޫވިއެވެ. އޭނާ ވަކި ބުނާނީފަހެ ކީކޭ ހެއްޔެވެ. ލޯބިވާ ދަރިފުޅުގެ ފިރިމީހާ އަކީ މަކަރުވެރިޔެކޭ ހެއްޔެވެ؟

އެއީ ހަގީގަތެވެ. އެ ކަރުދާސް ފެންނަން ދެން ނަޝާޔާށް ޒާހިރު އޮޅުވާލުން ތަކެއް ނޭގެއެވެ. ޒާހިރުވަނީ އޭނާއަށް އުމުރު ވެސް ސިއްރު ކޮށްފައެވެ. އެންމެ ހަ އަހަރުގެ ތަފާތު ކަމަށް ބުނަމުން ދިޔައިރު ހަގީގަތް އެއޮތީ ހާމަ އަށެވެ. ޒާހިރާއި ނަޝާޔާގެ އެގާރަ އަހަރުގެ ތަފާތު އެބަހުއްޓެވެ. ކައިވެނި ކުރެވުނު ދުވަހު ފޯމް ހިފައިގެން ދިޔައީ އެހެންވެ ތާއޭ ނަޝާޔާ ހިތަށް އެރިއެވެ. ނަޝާޔާ ރޯން ފެށިއެވެ. ޒާހިރު މުސްކުޅި ވެގެނެއް ނޫނެވެ.

ލޯބިވާ ފިރިމީހާ އޮޅުވާލައިގެން ކައިވެނިކުރީތީ އެވެ. މަރީނާ ދަރިފުޅު އަތުލަފި ކޮށްލައިގެން އައިސް އެނދުގައި ބޭންދިއެވެ. އެނދުގެ ކައިރީ ހުރި މޭޒުމަތިން ފެން ތައްޓެއް ނަގާ ތުނބުގައި ޖައްސާލަ ދިނެވެ. ބުރަކަށީގައި ފިރުމާލަ ފިރުމާލާ މަރީނާ އިނީ ފިކުރު ބޮޑުވެފައެވެ. އެމީހުންގެ ލޯބިވާ ދަރިފުޅު ކެހިވެރި އަކާއި ހަވާލު ކުރެވުނު ކަމަށްޓަކައި އަމިއްލަ ނަފުސު ކުށްވެރި ކުރެވިފައިވާ ހާލެއްގައެވެ. މިއީ ފެށުމަކަށް ނުވުން އެދި މަރީނާ ދިޔައީ ހިތާއި ހިތުން ދުޢާ ކުރަމުންނެވ

ލުތުފީ ޒާހިރަށް ގޮވަމުން އައިސް ނަޝާޔާގެ ކޮޓަރި ދޮރު ހުޅުވާލުމާއެކެ މަރީނާ ބަޑިފަޅާއިގެން ހިނގައްޖެއެވެ. ލުތުފީ ދުއްވައިގަތީ ނަޝާޔާއާއި ދިމާލަށެވެ

“ދަރިފުޅާ! ކިހިނެއްވީ؟” ލުތުފީ ހުރީ ހާސްވެފައެވެ

“ލުތުފީ! އެ ޒާހިރަކީ ކެހިވެރިޔެއް! ދޮގުވެރިޔެއް!” ލުތުފީގެ ކަންފަތަށް މަރީނާގެ އަޑއައީ  ވޭނީ ހަޅޭކެއްގެ ސިފައިގައެވެ

މަރީނާ ރުއިމުގެ ތެރެއިން ޒާހިރުގެ އޮޅުވާލެވިފައިވަ ސިއްރު ބޭޒާރު ކޮށްލިއެވެ. ނަޝާޔާށް އިނދެވުނީ މަންޒަރު ބަލާށެވެ. މީހާ އިނީ ގަނޑުވެފައެވެ. ލޮލުގައި އިތުރަށް އަންނާނެ ކަރުނަ ތިއްކެއް ވެސް ނެތް ކަހަލައެވެ. ހޭވެރިކަން ވީ ލުތުފީ އައިސް ދަރިފުޅާއޭ ކިޔައި ކޮނޑުގައި ހިފާ ތަޅުވާލުމުންނެވެ

“ބައްޕާ……………..!” ނަޝާޔާއަށް ގިސްލެވެން ފެށުނެވެ

“ދަރިފުޅާ!….. ހިތްވަރު ކުރަންވާނެ!…….. ބަނޑުގައި މިވާ ދަރިފުޅަށްޓަކާ!”

ލުތުފީއާއި މަރީނާ ގެ އެތަކެއް ނަޞޭހަތަކަށް ފަހު ނަޝާޔާ ހަމައަކަށް އެޅުނެވެ. ޒާހިރު މަޑު ހިނގުމެއްގައި އައިސް ދޮރު ހުޅުވާލާފައި އެތެރެއަށް ދެމިގަތީ  ނަޝާޔާ ދެބަ ދޭތެރޭގައި އޮތްވައެވެ.ނަޝާޔާ ގެ ދެލޯ ތަންމިނަށް ހުޅުވިގެން ދިޔައެވެ. ފުންމައިގެން ގޮސް ޒާހިރުގެ ކުރިމައްޗަށް ޖެހިގަތް އިރު ދުވަސް ފުރިފައި އިން މާބަނޑު މީހެއް ހެނެއް ހިޔެއްނުވެއެވެ. އޭނާއަށް ލިބިފައި ހުރީ ކޮންކަހަލަ ބާރެއް ކަމެއް ނޭގެއެވެ

.ޒާރު! ނަޝާޔާ ފުރަތަމަ ފަހަރަށް ޒާހިރާއި ކުރިމަތިލިއެވެ

ނަޝާ! ކިހިނެއްވީ؟ ނަޝާޔާގެ އަޑަށް ކޮޓާރިތެރެއަށް ދެމިގަތް ޒާހިރު ދިޔައީ ސިއްސައިގެންނެވެ. އެއްވެސް ކަމެއް މޭރުމެއް ނުވާ ހާލު ޒާހިރު ސުވާލު ކުރީ ހައިރާން ވެފައެވެ.

“މާ މާތް މީހަކަށް ވެގެން އެބަހުއްޓެއްނު!… މަށަށް އޮޅުވާލައިގެން……. މަށާ ކައިވެނި ނުރުމުގެ ބޭނުމަކީ ކޮބާ؟ އަހަންނަށް މިހާރު ޒާހިރުގެ އުމުރު ފަޅާއަރައިފި!…. ބުޅާ ގޯނިން ބޭރު ވެއްޖެ!………..” ނަޝާޔާ ގެ ހިތުގެ އުދާސްތައް ފައްޗަކަށް އަމުނާފައި ބޭރު ކޮށްލިއެވެ.

“މިގޭ މީހުން ހޭލައްވަން ހަޅޭއްނުލަވާ ނިދަން ދާންވީނު! މަ ކިތަންމެ މުސްކުޅިއަކަސް މަ މީ  ތިކަމަނާގެ ފިރިމީހާ!………” ޒާހިރަކަށް މާބޮޑު ކަމަކަށް ނުވިއެވެ. ނަޝާޔާ ހިންދިރުވާލިއެވެ. ހުރި ފިޔަވަޅު މަތިން ގުޑާވެސް ނުލިއެވެ.

“މާ ގަދަ ކޮށް ގެން ހުންނާނެ ކަމެއްނެއް!.. ދަރިއެއް ވެސް ދީފަ ތިހިރީ……… މަ ހެދިގޮތަކަށް ހެދިގެން މަށާ އެކީ އުޅުން ނަޝާޔާ ލުތުފީ އަށް އެންމެ ރަނގަޅުވާނީ…!” ޒާހިރު ނަޝާޔާ އަތުގައި ހިފާ އެނދުމައްޗަށް ހޫރާލިއެވެ.ނަޝާޔާއަށް ވީތަދާއި އެކު ބަނޑުގައި އަތް އަޅައިގެން އޮވެ ހަޅޭއްލަވައިގަތެވެ. އޭނައަށް ވީގޮތް ފެނިފައި ޒާހިރު ވެސް ހާސްވިއެވެ.  ނަޝާޔާގެ މައިންބަފައިންނަށް ގޮވާލާ ވަގުތުން ޓެކްސީއެއްގައި ހޮސްޕިޓަލަށް ފޮނުވީ ވެސް ހަމަ އަނިޔާވެރިޔާއެވެ. ހީވަނީ ޒާހިރުގެ ޑާބަލް ރޯލެއް ވާހެންނެވެ. އެއްއަތުން އަނިޔާކޮށް ފައި އަނެއް އަތުން ކަރުނަ ފޮހެލަދެމުން އެ ދަނީ މަތިއޮމާން ކުރަމުންނެވެ. މީހުން ބުނަނީ ހަމަ  ތެދެކެވެ. ނުމޮށޭ ގުރާ ބާރަށް ދައިގަންނާނެއެވެ. ޒާހިރަކީވެސް ހަޅޭއްލަވަމުން އަޑުގަދަ ކޮށް ހަދާ މީހެއްނޫނެވެ. އެހެނަސް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާތަކެއް ދެމުން އެދަނީ އަލަތު އަނބިމީހާ އަށެވެ.

ނަޝާޔާ އޭނާގެ އެންމެ އުފާވެރި ހަނދާން ތަކުގެ ތެރޭގައި ފީނަމުން ދިޔައެވެ. އަލަތު ދަރިފުޅު ލިބުނު ދުވަހަކީ ހަނދާނުން ފޮހެ ނުލެވޭނެ އުފާވެރި ހަނދާނެކެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނު ތާ 2ވަނަ އަށް ވީ ދުވަހު ދަރިފުޅު ނެގީ ކާމިޔާބު ކުއްލި އޮޕަރޭޝަނުންނެވެ. އެދަރިފުޅު މެޔާލާ ބޮނޑި ކޮށްގެން އޭނާއަށް އޮވެވުނީ ކިހާ އިރަކު ކަމެއް ނޭގެއެވެ. ހޭވެރިކަން ވީ ލޮލުން ވެއްޓުނު ކަރުނަ ތިކި ދަރިފުޅު ގެ މޫނުގައި ޖެހުމުން ކުކުރާ ލުމުންނެވެ. އެއީ އުފާވެރިކަމުގެ ކަރުނައެވެ. ދުރުގައި ތިބި މަރީނާއާއި ލުތުފީގެ ލޮލުން ވެސް ކަރުނަ ފާއްދާލިއެވެ.

ދަރިފުޅަށް ނަންކިޔުމަށް ގޭގައި ކުޑަ ރަސްމިއްޔާތެއް ބޭވުނެވެ. ޒާހިރު ގެ އާއިލާ މީހުން ދަރިފުޅު ވިހޭ ދުވަހު ޒިޔާރަތް ކުރަން ދިޔަ ފަހުން ދައްކާލީ އެދުވަހުގައެވެ. އެކި މީހުން ނަންތައް ކިޔަމުން ދިޔައެވެ. ނަޝާޔާ ބޭނުން ނަމެއް ގެ ވާހަކަ އެކަކުވެސް ނާހައެވެ. އެންމެފަހުން ނީނދެވިގެން ނަޝާޔާ މި ދަރިފުޅަށް އިބްރާހިމް ޔޫސުފް ޒާހިރު ކިޔަން އެދުނެވެ. އަބަދުވެސް ނަޝާޔާ ބޭނުން ވި ނަމަކީ އެއީ އެވެ.

“ތި ނަން މާ މުސްކުޅި! މަގޭ ދަރިޔަށް ކިޔާނީ އާޒް. “ޒާހިރު ތަންކޮޅެއް ބާރަށް ބުންޏެވ

“އާނ… ތި ނަން ވަރަށް ރީތި … ކޮންތަނަކުން ހޯދީ؟ ” މައިދައިތަ އަހައިލިއެވެ.

ވަރަށް މޮޅު ލިޔުންތެރިއެއް ހުންނާނެ މި ނަން ކިޔާ… މަށަށް ހަމަ ވަރަށް ރީތި! ދޯ ނަޝާ! “ޒާހިރު ނަޝާޔާ ގެ ކޮނޑަށް އަތް އެއްލާލުމުން ދޯ ދިނެވެ. ބަލަންތިބި ބަޔަކަށް އެއީ ޒާހިރުގެ ލޯތްބެވެ. އެހެނަސްނަޝާޔާ ގެ ކޮނޑު ކަށިގަނޑު ލުއްސައިގެން ނުދިޔައީ ކިރިޔާއެވެ. ނަޝާޔަ އިސްޖަހާލި ތަންފެނުމުން އެންމެން ދިމާކުރީ  ލަދު ގަތީކަމަށް ހީ ކޮށެވެ.

“ޒާހިރު ހާދަ ހާދަ ޔޭ…….. ލޯބި ވިޔަސް އަހަރެމެން ތިބިކަން ވެސް ހަނދަން ކޮށްބަލަ! ” ތިމާގެ މީހަކު ދިމާކޮއްލިއެވެ

“ލޯބި ؟…ތިޔަށް ކިޔަނީ ހޭބަލިވުން…  ” ދުލުކުރިޔަށް ނައި ނަމަވެސް ނަޝާޔާ ހިތް ޒާހިރަށް ރައްދު ދިނެވެ

” އެހެންވީމަ ނަން ފާސް ވީތާ! އިބްރާހިމް އާޒް ޒާހިރު! ” ދަރިފުޅުގެ ކޮލުގައި ކޮށްޓައި ލަމުން ބޮޑުދައިތަ ބުނެލިއެވެ

.ޒާހިރުގެ ގަދަ ބަދަވިކަމުން އޭނާ ބޭނުން ވާ ގޮތަށް ހުރިހާ ކަމެއްވެސް ނިންމަމުން ދިޔައެވެ. އެނާ ދެކޭގޮތުގައި ނަޝާޔާ އެއީ ކަނޑު ކޮހެކެވެ. ޒާހިރު ގެ ކުރިމަތީގައި އޭނަގެ ބަހެއް ނުވިކެއެވެ

ނުނިމޭ

Tags:

ހަގީގީ

Share Article

Follow Me Written By

leyfa

Level 110 Stories

Other Articles

Previous

ފުރަތަމަ ލޯބި (2ވަނަ ބައި)

Next

ޙަޔާތުގެ ދަތުރު

Next
August 2, 2014

ޙަޔާތުގެ ދަތުރު

Previews
July 30, 2014

ފުރަތަމަ ލޯބި (2ވަނަ ބައި)

10 Comments!

  1. fahtha says:
    August 1, 2014 at 12:35 am

    ..zahir,misora rangalhu lande libeyne

  2. fahtha says:
    August 1, 2014 at 12:35 am

    ..zahir,misora rangalhu lande libeyne

  3. maee says:
    August 1, 2014 at 12:39 am

    hehe ma ka gina iraku inthixaruga innakah nujehunutha!!!vahaka kuriah dha goi hama v reethi..KYP GOING ON!!u can b a gud writer!!!!wish u a bright future

    1. leyfa says:
      August 1, 2014 at 1:43 pm

      thank u maee

  4. maree says:
    August 1, 2014 at 12:41 am

    thee hama rangalha ves heybalivun..dhethiki pee

  5. shaph says:
    August 1, 2014 at 2:25 am

    mi part wes nice .. vaahaka kuriah dhaa goy w nice 😀 hope 2 see the next part soon

  6. enemy of zahir says:
    August 1, 2014 at 6:27 pm

    hahahaaaa zahir hama heybalivanee….dont even fit for dis century… :p

  7. mish says:
    August 2, 2014 at 7:30 pm

    vvv reethi mi vaahaka….avahah up kohdhyba…..pls leyfa

  8. lol says:
    August 3, 2014 at 8:09 pm

    Hahah. Thi zaahirah hey oh landeh libun edhen

  9. aana says:
    August 3, 2014 at 11:05 pm

    Lovely..waitingfr di next part^^:-)

Comments are closed.


All Right Reserved!