Skip to content
އެސްފިޔަ

ފުރަތަމަ ލޯބި

އެއީ ލޯތްބެވެ. އަހަރެންގެ ފުރަތަމަ ލޯތްބެވެ. ފުރަތަމަ ފަހަރަށް މިހިތުގައި ލޯބީގެ ވިންދެއް ޖަހަންފެށީ އެހިސާބުންނެވެ. އެއީ ފޮނި، އެހެނަސް ހިތި އަސަރުތަކެކެވެ. އަހަރެންގެ ޙަޔާތުގެ ޑައިރީގައި ލިޔެވިފައިވާ، އެހެނަސް އެސަފުޙާތައް އަލުން ބަލުން އިޔާދަ ކުރުމުގެ ބޭނުމެއް ނެތް މާޒީއެވެ.

އޭރު އަހަރެންގެ އުމުރުން ވާނީ ސާދަފަނަރަ ވަރަކަށް އަހަރެވެ.ފުރާވަރުގެ ޖޯޝާ، ޅައުމުރުގެ މަޖަލުގައި އުޅެމުންދިޔަ ދުވަސްވަރެވެ. ސާނަވީ ތަޢުލީމުގެ ފަހު ހަރުފަތްތައް ގިރާކޮށް މައިންބަފައިން ފަޚުރުވެރި ވާނޭފަދަ ދަރިއަކަށް ވުމަށްޓަކައި އަހަރެން ގަދަ އަޅާ މަސައްކަތް ކުރަމުން ދިޔައިމެވެ. ކުޅިވަރާ އިތުރު ޙަރަކާތްތަކުގައި ބައިވެރިވުމަށް އޮތް ބަހަނާ ކަމުގައި އެކަމެއް ނުހަދަމެވެ. މައިންބަފައިންނާ، ޢާއިލާ އަދި އެކުވެރިންގެ ފަރާތުން މެދުކެނޑުމެއްނެތި އެހީތެރިކަމާ އެއްބާރުލުން ލިބެމުން ދިޔައެވެ. އަހަރެންގެ ދިރިއުޅުން ދުވަހެއް ދުވަހަކަށް އުޖާލާ ކުރަމުންނެވެ. ނަމަވެސް އުނިވަމުން ދިޔަ ކަމެއް އޮތެވެ. ހަމަ އެންމެ ކަމެކެވެ. އަހަރެންގެ ދިރިއުޅުން ފުރިހަމަކޮށްދޭނޭ ލޯތްބެކެވެ.

އުމުރުގެ ހަގުކަމާ، އަބަދުވެސް އިވެމުންދާ ލޯބީގެ ޖަޒުބާތީ ވާހަކަތަކުން އަހަރެން އެކަން ތަޖުރިބާ ކޮށްލާނެ ފުރުސަތެއް ލިބުމަށްއެދި އިންތިޒާރުކުރަމުން ދިޔައިމެވެ. ކެތްތެރި ކަމާއެކުއެވެ. ހުވަފެންތަކުގައި ދެކެމުން އައި ޒުވާނާ ޙަޤީޤަތަކަށްވެ އަހަރެންގެ ޙަޔާތަށް އޭނާ އަންނާނެކަމުގެ އެއްމީދުގައެވެ. ބޭނުންވަނީ އަޅާލާނެ، ހިތްހެޔޮ ޒުވާނެކެވެ. އިސްކޮޅުން ދިގު، ހަމުގެ ކުލަ އަލި، ހައިބަތު ހުރި ފިރިހެނެކެވެ. ލޯބީގެ ކުލަ ރީތި އެކި މަންޒަރުތައް ދައްކައިދިނުމުގައި ދެމިހުންނާނޭ ލޯބިވެރިއެކެވެ. ނޫންނަމަ ކޮންމެ އަންހެން ކުއްޖެއްވެސް ‘ލިސްޓް’ގައި އެހިމަނާލާ ސިފަތަކާ ކުޅަދާނަކަން ހުރި ބައިވެރިއެކެވެ.

މިޒަމާނަކީ ސޯޝަލް މީޑިއާއިން މުޅި ދުނިޔެ ގުޅާލާފައިވާ ދުވަސްވަރެއްކަމުން އަހަރެންވެސް އެއާ އަހުލުވެރިވަމުން ދިޔައިމެވެ. ތިމާގެ މީހުންނާ، އެކުވެރިންނާ، ދެންވެސް ދަންނަ މީހުންގެ އިތުރުން ނުދަންނަ  ބީރައްޓެހިންނާވެސް ވާހަކަ ދެކެވި ހީ ސަމާސާ ކުރަމުން ދިޔައިމެވެ. ސޯޝަލް މީޑިއާގެ ‘ބިރުވެރި’ ކަމާމެދު ސަމާލުވުމަށް ދެމުން ދިޔަ ނަޞޭޙަތްތަކަށް އަހަރެން ބީރުކަންފަތެއް ނުދެމެވެ. ޙާލަތާ މުޖުތަމަޢަށް ފެތެމުން، ދިމާވަމުންދިޔަ ތަފާތު މީހުންގެ ގޮތް ފޮތް ދެނެގަންނަމުން ދޔަދިޔުމުގައި ދިމާވީ ނިލާމްއެވެ. އެއީ އަހަރެންގެ އެކުވެރިންގެ ފަރާތުން ކޮންމެވެސް ވަރަކަށް ދަންނަ، އެމީހުންގެ ރައްޓެއްސެކެވެ.

އާދައިގެ މަތިން އަހަރެން އޭނާއާ ވާހަކަ ދައްކަމުން ދިޔައިމެވެ.ނަމަވެސް އޭނާ އަހަރެންނާމެދު ދެކެމުން އައި ގޮތް ތަފާތެވެ. ސީދާ ލޯބި ހުށަހެޅީއެއް ނޫނެވެ. ނަމަވެސް އޭނާއަށް އަހަރެން ކަމުދާންފެށިކަމުގައި ބުނުމީ ދޮގެއް ނޫނެވެ. ކޮންމެއަކަސް އޭނާ އެހާމަ ކުރީ، ސަމާސާއެއްގެ ގޮތުގައި ގިނަ މީހުން ދައްކާ ވާހަކައަކަސް އޭނާގެ ވާހަކައިން ތެދުވެރިކަމުގެ އަސަރު ފެނެއޭ ހިތަށް އަރަމުންދިޔައެވެ. ކީއްވެ ކަމެއް ނޭނގުނެވެ.އެހެނަސް، ބައެއްފަހަރަށް އޭނާގެ ވާހަކަ ޤަބޫލުކުރަން ހިތަށް އަރާ ކަމާމެދުވެސް މޮޔަ ހީވެ، އޭނާއާމެދު ޝައްކާ ވަހުމު އުފެއްދީމެވެ. އަހަރެންގެ ކިބައިގައި ވަކި ހުރީ ފިރިހެނަކު ހިތްކިޔާފަދަ ކޮން ސިފައެއްބާއޭ ހިތާހިތާ ސުވާލުކުރީމެވެ. އަހަންނަކީ ލޫޅާފަތި، ހިމަތޮޅި ހަށިގަނޑެއްގެ ވެރިއެއް ނޫނެވެ. ޖަންބު ކުލައަރާ ކޯތާފަތެއްގެ ވެރި، ދޮން ބައްޓެއްވެސް ނޫނެވެ. އެކަމަކު މީހަކު އަހަރެން ހުތުރޭ ބުނެފިނަމަ އެކަން އޮތީ އެގޮތަށްކަމަށްވެސް ޤަބޫލެއް ނުމެކުރާނަމެވެ. އަހަރެންގެ ނަޒަރުގައި އަހަރެން ރީއްޗެވެ. އެކަމަކު އޭނާއަށް ފެނުނީ ކޮންރީތިކަމެއް ބާވައެވެ؟ މީގެ ޖަވާބު އަދިއަދަށް ދާންދެންވެސް ނޭނގެއެވެ.

އޭނާގެ ވާހަކަ އަހަރެން ކަނުލާ އަޑު އަހަމުން ދިޔައިރުވެސް އޭނާއަށް އެކަމެއް ނުދައްކަމެވެ. އޭނާއަށް ދެލޯ ފާރަލައި ބަލަމުން ދިޔަނަމަވެސް ފެނިދެނިވެ، ދިމާވާން ބޭނުމެއް ނޫނޭ ބުނީމެވެ. އަހަރެންގެ ހިތް ވަށައި އޭނާ މުގޯލި އަޅަމުން ދިޔައިރު، އެލޯބީގައި ޖެހެވެމުން ދިޔަކަން އޭރު ކުޑަކޮށްވެސް ނުދައްކަމެވެ. ފޫހިވެގެން ދާން ދޫކޮށްލީއެވެ. އަހަރެންގެ އިހުސާސުތަކާމެދު ޔަޤީންކަން ނެތުމާވެސް އެކުގައެވެ. އެއީ ތެދުވެރި ލޯބިކަން ކަށަވަރު ނުވާތީ، ބޭކާރު ގޮތުގައި ނިލާމްއަށް ދެރައެއް ދޭން ބޭނުން ނެތީމައެވެ. އަހަރެން ކުރިމަތިލާންއޮތް ތަޤުދީރުގެ މޮޅު ރޭވުންގަނޑުގެ ހިލަމެއް ވެފައިވެސް ނުވާތީއެވެ. ނިލާމް އެއީ އަހަރެންގެ ފުރަތަމަ އަދި އެންމެ ފަހުގެ ލޯބި ކަމުގައި ވާނެ ބާވައެވެ؟  ނުވަތަ އަހަރެން އެދިއެދި ހުރި ފުރުޞަތު ދޮރުގައި ޓަކިދިން އިރު އެކަމަށް ފުރަގަސް ދިނުން މިއީ އަހަންނަށް އެޅުނު ޅައެއްޗެއްބާވައެވެ؟

 

(ނުނިމޭ)

.

Comments (20)

  1. maee

    masha allah!! v salhi feshun..hadha kurukoh thi genesdiny!!!.aneh part ah wait kuran

  2. Aimy

    . thank you
    vaavaruge kamehtho balailan mifeshy..dhen anna part dhigu koh genesdheveytho balaanan

  3. shaph

    aimy hama w molhu hen shaph ah heewany mi part kiyaalaaafa . mi part wes w nice . plxx up ASAP 😀 THis story looks like areal one . anehkaa mee kuhjehge life r relate kohfa in story ehtha ??? hama ahaallyy

  4. Aimy

    tnx.yes it is based on a true story

  5. Aimy

    ?once a week upload kuryma ok vaanee dho

    1. shaph
      Aimy

      hehe .shaph w molhu dho guess kuran .:D HAMA kiyaalaa irah heewehje true story akah baes kohfakan 😀 E waru maa las . atleast week aku 3 / 4 parts up kurewey tho balahchey … ehen noony readers foohi waane . plllxxxxxx awahah up kurahchey

  6. angel girl

    noooooooooo…… update daily : )

  7. maee

    hey Aimy!!new kuhjeh viyya mash allah!!hama v.molhu ingey…me v.dhigu story ehtha??v.avahah aneh part up kohdhehchey!!waiting 4 da next part

  8. ހުސެއިން.

    ކަމުދާނެ ހެން ހިޥާނީ. ފާޑުވެރިކަން އެބަހުރި

  9. leen

    wot??once in a wyk?? no way..atleast twice in a wyk

  10. Aimy

    tnx all.aan shaph vrh molhu 🙂

  11. Aimy

    kiyuntherige hiyaalu huri gotheh balaily ey..so mi try kurany maadhamaa ah leveytho

  12. Aimy

    maee adhi neyge kihaa dhigu vaane kameh.liyamun gendhaa varakah engeyny.n it totally depends on u guys’ responses

  13. Aimy

    ran’galhu kollan v kanthah faahaga kolla dhevvun edhen.mi part kuru v ma dhn faharkun ekan ran’galhu kollaanan

  14. thorig

    salhi ekam maa kuru

  15. Aksham

    Reethi vaanehen heevany.. mi part varah reethi.. thankolheh dhigu koh genesdheythi ingey 🙂

  16. lammuna

    wow aimy…v nyc mi part…hope readers bore nuvaahaa avahah up kohdheyne kamah aimy..v beynun mi story ehkon kiyaalan..v interest eba huri 🙂

  17. lammunaa

    wow AIMY V nice….v kiyan beynun mi story nimen dhn..bore nuvaa avahah up kohdheythi..aimy kon age eh tha….

  18. Aimy

    Thnx thorig aksham n lammuna. 2vana bai in varu kurutha

  19. Aimy

    Yes i will try avahah genesdheveytho.. Age muhinmutha :p

Comments are closed.