ކުޑަވަރެއްގެ ދޯންޏެކެވެ. ގިނަދުވަސްވުމުގެ ސަބަބުން ދޯނީގެ މަޑޫތައްވަނީ ފީވަން ފަށާފައެވެ. އެކި ދިމަދިމާލުން ފަނިތައް ކައި ހުސްކުރަމުންދަނީއެވެ. އެދޯނީގައި ރާޅަކަށް ކެތްކޮށްލާނެ ވަރުވެސް ނުހުންނާނެކަން ގައިމެވެ. އެހެންވެގެން ކަންނޭނގެއެވެ ދޯނިވަނީ އެއްގަމަށް އެހެލާފައެވެ. އަހަރެން ވަށައިގެން ބަލައިލީމެވެ. ދީފައިވާ ތޫނު ހަނދުވަރުގެ ތެރެއިން ދިގުދެމިގެންވާ ތުނޑިއެއް ނޫން އެހެން އެއްޗެއް ފެންނާކަށް ނެތެވެ ދޯނިން ފުންމާލައިގެން އަހަރެން ހިނގައިގަތީމެވެ. ވަކި މަންޒިލެއްނެތެވެ. މީ އަހަރެން ނުދަންނަ ބިމެކެވެ. ފަސްގަނޑުގަޢި ފައި ޖެހުމުން ފިނިކަމެއް އިހުސާސް ކުރެވުނެވެ. ތެތްފިނި […]
”އަހަރެން ވަރަށް ބޮޑަށް ލޯބިވޭ ރޫޔާ ދެކެ، އައި ވިލް ޑޫ އެނީތިންގް ފޯރ ހާރ….” އީނާގެ ވާހަކަތަކުން ނަޒްޔަކްއަށް އިތުރު ހިތްވަރެއް ލިބުނެވެ. އޭނަ ދެން ހުއްޓާލާނީ ރޫޔާގެ ހިތް މިލްކުކޮށްފައެވެ. ރޫޔާ އުފަލުގައި ބަހައްޓަން އޭނަ ކޮންމެ ކަމެއް ވެސް ކުރާނެއެވެ. އެލޮބުވެތި ހިނިތުންވުމުން އޭނައަށް ލިބޭ އުފަލާއި ހިތްހަމަޖެހުން ދުލަކުން ބަޔާންކޮށެއް ނުދެވޭނެއެވެ. ”ހޫމްމްމް، ދެން މާ އޯވާރ ވާނެ ކަމެއް ނެތޭ، ތިހެން ބުނާނެ ރައްޓެހިވެގެން އުޅޭއިރު އެކަމަކަމު ކައިވެނި ކުރުމަށްފަހު […]
ކައިވެނީގެ ހަފްލާ އޮތީ ޓްރޮޕިކަލް އައިލޭންޑް ރިޒޯޓް ގައެވެ. ރިޒޯޓްގެ ރެސްޓޯރެންޓް އޮތީ ކައިވެނީގެ ހަފްލާއަށް ހާއްސަކޮށް ޒީނަތްތެރި ކުރެވިފައެވެ. އުއްބައްތިތަކުގެ ފަނޑުއަލިކަން ފަތުރާލާފައި އޮތް އިރު ވިރެމުން ދިޔަ އުށްތަކުގެ މީރުވަސް އޮތީ މުޅި ތަނަށް ފެތުރިލާފައެވެ. ރެސްޓޯރެންޓްގެ އެކި ދިމަދިމާލުގައި ބަހައްޓާފައި ހުރި މޭޒުތަކުގެ ދޮށުގައި އިށީންދެލައިގެން ކެއުމާއިގެ ކުރިއަށް ދިޔަ މީހުންތައް ވެސް ދައްކަމުން ދިޔައީ ހަފްލާގެ ރީތިކަމުގެ ވާހަކައެވެ. ކުލަކުލައިގެ މާތަކުން މޭޒުތަކުގެ ފަޅުކަން ފިލުވާލަދީފައި ވާއިރު ހުދާއި ނުލުގެ ފޮތިތަކުން […]
ކުޑަވަރެއްގެ ދޯނިގަނޑެކެވެ. ދޯނީގެ ތެރޭގައިވަނީ ފަޅުކަމެވެ. ދޯނި އޮތީ ފަރެއްގެ ބޭރަށް އަރާ ހިކިފައެވެ. ދޭތެރެ ދޭތެރެއިން ދޯނީގެ ތެރެއަށް ބިޔަ ރާޅުތައް ބިންދާލައެވެ. ބިންދާލާ ކޮންމެ ރާޅަކަށް ދޯނީގެ ކުރީކޮޅުގައި ހަދާފައިހުރި ގެގަޑު މަތީގައި ތިބި މެހިތައް އުދުއްސާ ގަންނާތީ ފެނެއެވެ. އެއީ އާދަޔާ ހިލާފަށް ބޮޑެތި މެހިތަކެއް ކަމަށް ލަފާކުރެވެއެވެ. އެ ގެގަޑު މަތީގައި ލޭގެ ކޯރެއް ހެދިފައި އޮތެވެ. މެހިތައް އިށީދެގެންތިބީ އެލޭގެ ކޯރުތެރޭގައި އޮތް އެއްޗެއްގެ މަތީގައެވެ. އެ ކޯންޗެއް ބާވައެވެ؟ […]
އަހަރެންގެ އަާއިލާގައި ތިބެނީ 4 މެމްބަރުންނެވެ. އެއީ މަންމަ އާއި ބައްޕަ އާއި އަހަރެންގެ އިތުރުން އަހަރެންގެ ކޮއްކޮއެވެ. ކޮއްކޮ އަހަރެންނައްވުރެ ކުޑަ ނަމަވެސް އަހަރެމެން ދެ ބެން އުޅެނީ އެއް ގުރޭޑްއެއްގައެވެ. ބައްޕަ އަކީ ރާއްޖޭގައި ނަން ވިކޭ މަގުބޫލު ވިޔަފާރި ވެރިއެކެވެ . ބައްޕަގެ ފިހާރަތައް މާލޭގަޔާއި ރާއްޖެ ތެރޭގައި ވަރައް ގިނައެވެ . އެހެން ކަމުން އަހަރެންނާއި ކޮއްކޮ ބޮޑު ވަމުން އައީ އެއްވެސް ދަތިކަމަކާ ނުލާ ބޭނުންވާހާ އެއްޗެއް ލިބިގެންނެވެ […]
މަޑުން މަޑުން ދުއްވައިފައި ދިޔަ ދޯންޏެކެވެ. ދޯނީގެ ކުރީކޮޅުގައި އެއިނީ އަހުމަދުފުޅެވެ. އޭނާ އިނީ ފުރަގަސްދީގެނެވެ. ކުރާކަމެއް ބުނެދޭކަށް ނޭނގެއެވެ. ގޮވާލަންވީކަން ނޭނގެއެވެ. ކީއްކުރަން؟ ދޯނީގެ އެހެން މީހަކު އުޅޭތޯ ބަލައިލަންވީކަން ނޭނގެއެވެ. އަހުމަދުފުޅު އެއިނީ ކުޑަކަމުދާން ނިކުމެ ކަން ނޭނގެއެވެ. ކައިރީގައި ފެން ހަމެއް އެބަހުއްޓެވެ. އާންމުކޮށް ދޯނިފަހަރުގައި އެޒާތުގެ އަމަލުތައް ހިންގަނީ ފުރަގަސްދީގެންނެވެ. އެންމެ ރަނގަޅުވާނީ އުދަނގު ނުކުރިއްޔާއެވެ މި ދޯނި އެދަނީ ކޮންތާކަށްބާވައެވެ. ދޯނީގެ ތެރޭގައި މީހުން ހޭލަމޭލައަށް އުޅޭތީއެއް ނުފެނެއެވެ. ދިރުބާކޮޅާއި […]
”އަހަރެންގެ ދަރިފުޅުގެ ޤާތިލުން މި ހާދިސާގެ ނާޖާއިޒް ފައިދާ ނަގާނެކަން އިނގޭތީ އަހަރެން އައީ! އަޑުއިވިއްޖެތަ؟…” ވީނާ ހުރީ އޭނަގެ ގޮތުގައެވެ. އެތަނުން ދާ ޚިޔާލެއް އޭނަގެ ނެތެވެ. ރޫޔާ ހީވަނީ ރުޅިއައިސް ރޫޅިދާނެހެންނެވެ. ވީނާގެ ވިހަ ދޫގެ ސަބަބުން އޭނަގެ މަންމައަށް ކަމެއް ވެއްޖެނަމަ އޭނަ އެއަންހެނާއަށް ދުވަހަކު މާފެއް ނުކުރާނެއެވެ. ރޫޔާ ލޮލުން ފޭބި ކަރުނަތަށް ފޮހެލަމުން އެތާ ހުރި ގޮނޑިބަރިއެއްގައި އިށީނެވެ. ރޫޔާގެ ފަހަތުން އީނާ ވެސް އިށީނެވެ. އޭނަ ރޫޔާއަށް ހިތްވަރު […]
އެކަމަކު އަންހެން ކުއްޖަކާ ފިރިހެން ކުއްޖެއްގެ ދެމެދުގައި އުފެދިފައި އޮންނަ އެކުވެރި ކަމުގެ ގުޅުން ބަދަލު ވުމަށް ލައްކަ ލަހެއް ވާނެ ހެއްޔެވެ؟ ނިލާމްގެ ނަން އެކީ އެކަށް ފުހެވިގެން ނުދިޔަ ނަމަވެސް ޝިޒާނަށްޓަކައި މިހިތުން ޖާގައެއް ޚާއްޞަވިއެވެ. ކުރިން ފަހަރެކޭ އެއްގޮތަށް މިފަހަރުވެސް ހިތްކިޔާކަން ފާޅު ނުކޮށް އެކުވެރިކަމުގެ ގުޅުމުގައި ދެމިހުރީމެވެ. ޝިޒާންވެސް، އަހަރެންގެ ހިތް ގަދަބާރުން އޭނާއަށް ލަންބުވާކަށް މަސައްކަތެއް ނުކުރެއެވެ. އޭނާ ކުރިހާވެސް ކަމަކީ މިންވަރެއް ނުވާ ވަރަށް އަހަންނަށް ލޯބި ދިންކަމެވެ. […]
ނަޝާޔާ އިނީ ގޭގެ ބިއްދޮށުގައި ހުރި ފެން ތާނގީ ބުޑު މަތީގައެވެ. ގޭގެ އިންފާރާއި ތާނގީ އާ ދޭތެރޭގައި ކުރުގެޅިގެން އިންގޮތުން ހީވަނީ މުޅި ދުނިޔެއަށް ވެސް ފިލަން އުޅެނީހެންނެވެ. ދާނެ ވަކި މަންޒިލެއް ނެތި މަގު ގެއްލިފައިވާ މީހެއް ފަދައެވެ. އާޒް އަކީ އޭނާގެ ފުރާނައެވެ. ޒާހިރާއި އާޒް ވަކިވެއްޖެނަމަ އާޒް ދެރަވާނެއެވެ. ޒާހިރު އޭނާ ވަރިކުރަން އުޅެނީ ބާވައެވެ. އޭނާއަށް ޒާހިރާއި ނުލައި އުޅެވިދާނެއެވެ. ބޭނުންވަނީ ވެސް އެގޮތެވެ. އެހެނަސް ދުނިޔޭގެ ލަދަށްޓަކައި ނަމަވެސް […]