އަހަރެންގެ އަާއިލާގައި ތިބެނީ 4 މެމްބަރުންނެވެ. އެއީ މަންމަ އާއި ބައްޕަ އާއި އަހަރެންގެ އިތުރުން އަހަރެންގެ ކޮއްކޮއެވެ. ކޮއްކޮ އަހަރެންނައްވުރެ ކުޑަ ނަމަވެސް އަހަރެމެން ދެ ބެން އުޅެނީ އެއް ގުރޭޑްއެއްގައެވެ. ބައްޕަ އަކީ ރާއްޖޭގައި ނަން ވިކޭ މަގުބޫލު ވިޔަފާރި ވެރިއެކެވެ . ބައްޕަގެ ފިހާރަތައް މާލޭގަޔާއި ރާއްޖެ ތެރޭގައި ވަރައް ގިނައެވެ . އެހެން ކަމުން އަހަރެންނާއި ކޮއްކޮ ބޮޑު ވަމުން އައީ އެއްވެސް ދަތިކަމަކާ ނުލާ ބޭނުންވާހާ އެއްޗެއް ލިބިގެންނެވެ […]