Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކަފުނަށް މިހިތް އަދި ނުލާކަން ޔަގީން..7

leyfa Level 110 Stories
August 18, 2014 3 Mins Read
12 Comments

ނަޝާޔާ އިނީ ގޭގެ ބިއްދޮށުގައި ހުރި ފެން ތާނގީ ބުޑު މަތީގައެވެ. ގޭގެ އިންފާރާއި ތާނގީ އާ ދޭތެރޭގައި ކުރުގެޅިގެން އިންގޮތުން ހީވަނީ މުޅި ދުނިޔެއަށް ވެސް ފިލަން އުޅެނީހެންނެވެ. ދާނެ ވަކި މަންޒިލެއް ނެތި މަގު ގެއްލިފައިވާ މީހެއް ފަދައެވެ. އާޒް އަކީ އޭނާގެ ފުރާނައެވެ. ޒާހިރާއި އާޒް ވަކިވެއްޖެނަމަ އާޒް ދެރަވާނެއެވެ. ޒާހިރު އޭނާ ވަރިކުރަން އުޅެނީ ބާވައެވެ. އޭނާއަށް ޒާހިރާއި ނުލައި އުޅެވިދާނެއެވެ. ބޭނުންވަނީ ވެސް އެގޮތެވެ. އެހެނަސް ދުނިޔޭގެ ލަދަށްޓަކައި ނަމަވެސް އޭނާ ޒާހިރުގެ ވަކި ތެރޭގައި ގައިދުވެގެން އިނދެފާނެއެވެ. އެކަމަކު އެހާ ސިއްރުން ޒާހިރު ކައިވެނި ކުރަން އެއުޅެނީ ކީއްވެބާއެވެ؟ އެ ބަދުނަސީބު ވެރިޔަކީ ކާކު ބާވައެވެ. އެތަކެއް ސުވާލުމާކު ތަކެއް އޭނާގެ ބޯހާސްކުރަމުން ދިޔައެވެ. ޒާހިރުގެ ނިންމުންތައް ހާމަ ވެފައި ނެތުމުން ނަޝާޔާއަކަށް އެއްވެސް ކަމެއް ސާފުވާނެ މަގެއްނެތެވެ. ކޮންމެ ގޮތެއް ވިޔަސް އާޒަކަށް ދޮންމަންމައެއް ހޯދައި ދޭކަށް އޭނާ ބޭނުމެއް ނޫނެވެ.

ފުން ޚިޔާލެއްގައި އިން ނަޝާޔާ ސިއްސައިގެން ދިޔައީ ނިޝްވާ ގެ އަޑަށެވެ. ނިޝްވާ އިނީ ފޯނެއްގައެވެ. އަނބުގަސް ދޮށުގައި އިން އިރު ކައިރީގައި ހައްދާފައި ހުރި ގަސްތަކުން ފަހަރަކު ފަތެއް ބިންމައްޗަށް ވެރެމުން ދިޔައެވެ. ނިޝްވާ ބޭއިޚްތިޔާރުގައި ގަސްތައް ނޮޅަމުން ވާހަކަ ދައްކަމުން ދިޔައިރު މީހާ ތުރުތުރު އަޅައެވެ. ނަޝާޔަ މަޑުމަޑުން އެދިމާލަށް މިސްރާބު ޖެހިއެވެ. ކޮއްކޮއަށް ވެގެން މިއުޅެނީ ކިހިނެއްބާވައޭ ހިތަށް އަރަމުން ދިޔައެވެ.

“އަންމަޑޭ! މަށަކަށް އެގެޔަކަށް ބަދަލެއް ނުވެވޭނެ! އަންމަޑޭ ވެސް ރަށަކު ހުންނަނީ އެއް ނޫނެއްނު…” ނިޝްވާ ވާހަކަ ދައްކަމުން ދިޔައީ އޭނާގެ ފިރިމީހާ އަހުމަދާއެވެ.

” އެކަމަކު ވެސް…. ކޮންމެ ގޮތެއްވިޔަސް މަށެއް މަންމަ ދޫކޮށްލާފައެއް ނުދާނަން… އެހެންނޫނަސް އަންމަޑޭ ގެ ގޭގެ ޚަރަދު ބަލަހައްޓަން ޖެހޭނީ މަށެއް ނޫނެއްނު” ނިޝްވާ ރުޅި ގަދަވެގެން ގޮސް ތުރުތުރު އަޅާއެވެ. ފޯނު ކަނޑާލާފައި ގަސްދޮށުގައި ހުރި ޖޯއްޔަށް އެއްލާލިއެވެ. ނަޝާޔާ ކޮއްކޮ ގެ ކޮނޑުގައި ހިފާލިއެވެ.

“ދައްތާ!….. އަންމަޑޭ ބޭނުންވަނީ އަހަރެން އެގެޔަށް ބަދަލުވާށޯ..” ނިޝްވާ ނަޝާޔާ ގައިގައި އޮޅުލައިގަތެވެ.

” ކޮއްކޯ.. ދެން އެހެން ގޮތެއް ނެތިއްޔާ ދާންވީނު… އަހަރުމެން އަންނާނަމޭ ކޮންމެ ހުކުރަކު!” ނިޝްވާއަށް ވިސްނައިދޭން ނަޝާޔާ މަސައްކަތް ކުރަމުން ދިޔައީ ވާނުވާ ނޭގޭ ހާލުގައެވެ. އަންމަޑޭ އާއި ނިޝް އިނދެގެން އުޅޭތާ ނުވަމަސް ވީއިރުވެސް އަރައިރުން ވާ ތަނެއް ޒުވާބު ކުރާ އަޑެއް އިވިފައެއް ނެތެވެ. އެދެމަފިރިން އުޅެމުން ދިޔައީ ނުލާހިކު ލޯބިންނެވެ.އަހުމަދު ރަށުގައި އުޅޭލެއް މަދުކަމުން ނިޝްވާވެސް އުޅެނީ ގޭގައެވެ. ކޮއްކޮގެ ދިރިއުޅުން ހައިޖާނަކަށް މިވެއްޓުނީ ކާކު ގެ އެސްފީނާއެއް ބާވައެވެ.

“ކޮއްކޯ… ތިހާވަރަށް ނުރޮއި ވީގޮތް ކިޔާދީބަލަ! މަންމަމެންނަށް އަޑު އިވިއްޖެއްޔާ ވަރަށް ކަންބޮޑު ވާނެ” ނަޝާޔާ ކޮއްކޮ އަށް ހިތްވަރު ދެމުން ދިޔައެވެ.

” މައްސަލައަކީ މަގޭ މުސާރަ އަތުލާތީވެ! ކުރިން ލާރި ދިނީ އޭނަ ކޮއްކޮ ކިޔަވަން … މިހާރު  އަންމަޑޭ އަށް ކޯހެއް ލިބިއްޖެ! އަހަންނަށް ޖެހެނީ އޭނާ އެނބުރި އަންނަންދެން އެގޭގައި ދިރިއުޅެން… ނުލާހިކު އަރައިރުން ގިނަ ގެއެއް …. ކިހިނެތް އެގޭގެ ޚަރަދު ބަލަހައްޓާނީ… ނުވާނެ! ” ނިޝްވާ ފައްޗަކަށް އަމުނާލިއެވެ. ކުޑައިރުއްސުރެ އޭނާ އަކީ ބޯހަރު ކުއްޖެއް ކަމުން އޭނާ ނިންމައިފި ނިންމުމެއް ބަދަލު ކުރުވުމަކީ އުނދަގޫ ކަމެއް ކަން ނަޝާޔާއަށް އެނގެއެވެ. ރުޅީމައިތިރި ވަންދެން ބައިންދާފައި ގޭތެރެއަށް ހިނގައިގަތީ ވިސްނިގެން އަންނާނެ ކަމުގެ އުއްމީދުގައެވެ.

އިރުކޮޅެއްފަހެވެ. ނިޝްވާ ވައިސޫރިއެއް ހެން ގޭތެރެއަށް ވަދެގެން އައެވެ. ރުޅިއައިސްފައި ވާ ސިންގާއެއް ޝިކާރައެއް ހޯދަން އުޅޭ ކަހަލައެވެ. ފިލްމުބަލަން ސިޓިން ރޫމުގައި ތިބި ނަބާ އާއި މަންހާ ގުޑިލަން ވެސް ނުކެރިފައެވެ. ދޮންތަ އެހާ ރުޅިގަދަވެފައި ހުއްޓާ މިހާތަނަށް އެދެބެއެއިންނަށް ފެނިފައި ނެތެވެ.

“ދައްތާ! އަހަރެން ހިތަށް އަރާ ދައްތަ ފަދަ ކެތްތެރި ރުޅި މަޑު މީހަކަށް އަހަރެންވެސް ވާނެ ނަމައޭ! އެކަމަކު އަހަންނަކީ ދައްތައެއް ނޫން …. ގޮތެއް ދުލެއްނުކުރާނެ… ރުޅި ވެސް މަޑެއް ނުވާނެ….  ” ނިޝްވާ މޮޔަގޮވަން ފެށީބާވައެވެ. ނަޝާޔާ ދުވެފައި ގޮސް ކޮއްކޮ ގައިގައި އޮޅުލައިގަތެވެ. ދެ ކޮނޑުގައި ހިފާތަޅުވައިގަތެވެ. ކޮއްކޯއެވެ. ރުޅިމަޑު ކުރާށެވެ. އޭރު ނިޝްވާ ގެ ދެލޮލުން ހޯސްލާފައި ކަރުނައިގެ ސާލެއް ފައިބަމުން ދިޔައެވެ.

ފިހާރަދޮށުގައި އިނދެލާފައި މަރީނާ ގެޔަށް އައީ ލުތުފީ އަންނަން ވާއިރަށް ކެއުން ތައްޔާރު ކުރުމަށެވެ. ގޭގައި އެއްވެސް ކަމެއް ހިނގާކަމުގެ އިޝާރާތެއް ވެސް ލިބިފައި ނެތެވެ. ސިޓިން ރޫމްގެ ދޮރު ހުޅުވާލުމާއެކު މީހާ ގަނޑުވިއެވެ. ބޮޑުވެފައި ތިބި ދެ އަންހެންދަރިން އަޑުހަރުކޮށް ރޮއިހޭރެނީއެވެ. ކޮއްކޯ އޭ ކެތްކުރާށޭ އެކަކު ގޮވަމުން ދިޔައިރު މަށެއް ނުދާނަމޭ ބުނެ އަނެކަކު ބުނަމުން ދިޔައެވެ. ކުޅިބަލަން ތިބި ދެބެއިން ތިބީ ގަންނާން ކުރެއްވި ބިރުން ސޯފާގެ ގޮދަޑި ދަށަށް ވަދެފައެވެ.

މަރީނާ…. ލުތުފީ ފަހަތުން އައިސް ދޮރުގައި ހިފާލިއެވެގޭތެރޭގެ އަޑުފަށް ގަނޑު މާ ގަދަވުމުން ވީގޮތް އަހާލިއެވެ. އެއާއެކު މަރީނާ ލުތުފީގެ ކޮނޑުގައި ބޯއަޅައިގެން ރޯންފެށިއެވެ. ވެގެން އުޅޭގޮތެއް އެނގޭވަރެއް ނޫނެވެ. ނިޝްވާ!… ނަޝާ! … ނަބާ.. ލުތުފީ އެންމެންނަށް ގޮވަން ފެށިއެވެ.

މަރީނާ ހަމަޖެހިބަލަ….. ވެގެން އުޅޭގޮތެއް ވެސް އެނގޭނީ އޭރުންނެއްނު..”

ނަޝާޔާ ހިއްވަރު ކޮށްފައި  އޭނާއަށް އެނގިފައިވާ މިންވަރުން ބައްޕައަށް ހުރިހާ ވާހަކައެއް ކިޔައިނެވެ.ނިޝްވާ އެގެއިން ދާން ޖެހޭ ވާހަކަ އާއި އަހުމަދަށް ކޯސް ލިބުނު ވާހަކައެވެ. އެއީ

” ތިއީ  އަދި ރޯވަރު ކަމެއް ނޫން… ބައްޕަ ހީކުރީ ފައްޅިއަށް ދާން ގުރުން ހޮވުނީ ކަމަށް..ކިރިޔާ ބިިރުން ހަލާކު ނުވީ…” ލުތުފީ ނިޝްވާ ގެނެސް ކައިރީގައި ބޭންދިއެވެ.ދަރިފުޅަށް ނަސޭހަތްތެރިވިއެވެ. ފިރިމީހާގެ ނިންމުންތަކަށް ބޯލަނބައި ކިޔަމަންވުމަށެވެ. ފިރިމީހާ ގެ ގޭގައި އުޅުނަސް އެއްރަށެއް ގައި އުޅުމުން ފަސޭހަ ކަމާއެކު  ބައްދަލުވެ އުޅެވޭނެކަން ވިސްނައިދިނެވެ.އެންމެ ފަހުން ނިޝްވާ ގޮތް ދޫކުރުމަށް ފަހު ފިރިމީހާގެޔަށް ބަދަލުވާން ނިންމިއެވެ.

ހިނގައިދިޔަ ކަންތައްގަނޑު ގެ ސަބަބުން ނަޝާޔާގެ ރިހޭފައި މައްޗަށް ފޮއި ވެއްޓިފައި ވާފަދައެވެ. ހިތާމައަކަށް ފަހު ހިތާމައެކެވެ. ޒާހިރާއެކު މުޅިއުމުރަށް ގަނަތެޅެން ވީ ބާވައޭ ހިތާ ހިތާ ސުވާލު ކޮށްލެވުނެވެ. ޗުއްޓީ ދުވަހެއް ކަމުން އަރާމު ކޮށްލުމަށާއި، ދަރިފުޅު ނިންދަވަން ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. އެއީ ހުރަގެއެކެވެ. ކުޑަވަރެއްގެ ޖަލެކެވެ. އެހެނަސް ދުނިޔޭގެ ނަޒަރުގައި އެއީ ޗާލު މާތަކުން ފަރިވަމުން ދާ ގުލްޒާރެކެވެ.

“މަންމާ!… ބީބި ނިދަން… ” އުރުގައި އިން އާޒް ނަޝާޔާގައިގައި ކޮއްޓާލިއެވެ.ކޮޓަރި ދޮރަށް ބަލަހައްޓައިގެން މާގިނައިރު ހުރެވުނީމައެވެ.

“ހިނގާ ނިދަން ރަންކޮޅާ…” އާޒް އެނދުގައި ބޭއްވުމަށް ފަހު ކައިރީގައި ނަޝާޔާ ވެސް އޮށޯވެލިއެވެ.އިސާހިތަކު އެދެމައިން ނިދީގެ ތެރެއަށް ޣަރަގުވެގެން ދިޔައެވެ.

ނުނިމޭ

Tags:

ހަގީގީ

Share Article

Follow Me Written By

leyfa

Level 110 Stories

Other Articles

Previous

އޯގާވީ ހިތަކުން…42

Next

ފުރަތަމަ ލޯބި (ފަހުބައި)

Next
August 18, 2014

ފުރަތަމަ ލޯބި (ފަހުބައި)

Previews
August 17, 2014

އޯގާވީ ހިތަކުން…42

12 Comments!

  1. fahthaa says:
    August 18, 2014 at 11:54 pm

    zaaru kalo den araany endhu dhashun..dhe thiki pee..salhi mi part ves

  2. mikko says:
    August 18, 2014 at 11:57 pm

    gud..knms varakah typing n spelling mistakes hurikan faahaga kurevey,,,ekanthah rangalhu kohlahchey next part ehga…….waiting fr the next part…….

  3. kudooo says:
    August 19, 2014 at 9:03 pm

    mee kon ehchh sehtha alheyney vaahaka yw,,, araa rulhinnaa vaa foohin gaaimu

    1. nash says:
      August 20, 2014 at 8:28 am

      !!ebunaahen miyah tha kiyany waahaka. ahannah engifa eh nei. thanfukeh boduwaru mee waahaka liyax miwarun dhn waahaka nuliye huttaalan wehje ehnu. emyhakah nuwaakanthah nukuriyyaa rangalhuwaany

    2. supr villain says:
      August 20, 2014 at 7:24 pm

      nash miyah kiyany vaahaka…yes with the capital V … bt what to do this is not a cup of tea for villans…eni ways leyfa this story is suprb…just go on with ur stories and dont worry about pple lyk dis…they r jus made for it…we ol r with u…realy love ur stories and fully from heart belives dat u r a capable and great writer…and surely u will b in top and dats even soon…my Allah bless u with ol the success

    3. shat up says:
      August 26, 2014 at 11:36 am

      kaleyiyaa hinnivanyaa dhen nukiyaa hunnanveenun doh…?kaakubunee kiyan kommehen kaley nukiyas mivaahaka kiyaa mihu n madheh nuvaane inshaa allaah….thibunaahaa furihama yah liyanbeynumiyyaa amillayah liyegen vaahaka kiyan veenundhoh….? 🙂

    4. tumaari naani says:
      August 20, 2014 at 7:14 pm

      kudooooooooo syms lyk u r even a writer…bt floped….hahaahaaaa…..v majaa

  4. oooo says:
    August 19, 2014 at 10:49 pm

    alhey thihaa rulhi annanya nukiyan vee nu dho ….vaahaka reethi

  5. nahu says:
    August 20, 2014 at 8:29 am

    leyfage miwaahakavx v rythi. keep it up. eagerly waiting for the next part.

  6. Khushy says:
    August 20, 2014 at 12:26 pm

    mi vaaahaka hama salhi.. kudhin kudhin j boki vaavareh dhw.. thivaru meehun vaahaka nukeema v ennu.. keke.. next part thankolheh dhigu vaaane kamah ummeeedh kurann..

  7. leyfa says:
    August 20, 2014 at 4:16 pm

    thank u everyone…

  8. shat up says:
    August 26, 2014 at 11:38 am

    mibunee nash ge vaahaka ham ehkani ehhenmeehegge vaahaka egnnu

Comments are closed.


All Right Reserved!