Skip to content
އެސްފިޔަ

ޝަކުވާ- 1

އަހަރެންގެ  އަާއިލާގައި  ތިބެނީ  4  މެމްބަރުންނެވެ. އެއީ  މަންމަ  އާއި  ބައްޕަ  އާއި  އަހަރެންގެ  އިތުރުން  އަހަރެންގެ  ކޮއްކޮއެވެ.   ކޮއްކޮ  އަހަރެންނައްވުރެ  ކުޑަ  ނަމަވެސް  އަހަރެމެން  ދެ ބެން  އުޅެނީ  އެއް  ގުރޭޑްއެއްގައެވެ.  ބައްޕަ  އަކީ  ރާއްޖޭގައި  ނަން  ވިކޭ  މަގުބޫލު  ވިޔަފާރި  ވެރިއެކެވެ .  ބައްޕަގެ  ފިހާރަތައް  މާލޭގަޔާއި  ރާއްޖެ  ތެރޭގައި  ވަރައް ގިނައެވެ .  އެހެން  ކަމުން  އަހަރެންނާއި  ކޮއްކޮ  ބޮޑު  ވަމުން  އައީ  އެއްވެސް  ދަތިކަމަކާ  ނުލާ  ބޭނުންވާހާ  އެއްޗެއް  ލިބިގެންނެވެ .

މަންމަ  އަބަދުވެސް  އަހަރެންނާއި  ކޮއްކޮ   ތަފާތު  ކުރާކަން  އަހަރެންނައް  ފާހަގަ  ކުރެވެއެވެ  ބައްޕަ  އަހަރެމެންނައް  ކުޅޭ  އެއްޗެއް  ގެނެސް  ދިނަސް  ކޮއްކޮ  ބޭނުންވާ  އެތި ނެގުމައް  ފަހުުގައު  ނޫނީ އަހަންނަކައް  ނުލިބޭނެއެވެ. އަހަރެން  ދޫ  ނުދީފިނަމަ  މަންމަ  އަހަރެން  ކައިރީ  ބުނެގެންވިޔަސް  ކޮއްކޮއައް  ކޮއްކޮ  ބޭނުންވާ  އެއްޗެއް  ހޯދަދެއެވެ   ކޮންމެ  ގޮތެއް  ވިޔަސް  އެއީ  އަހަރެންގެ  ކޮއްކޮ    އަހަރެން  ކޮއްކޮ  ދެކެ  ވަރަށް  ލޯބިވަން

އަހަރެން  ކިތައް  ފަހަރު  ބުނެފިންތަ ނިޝާ  ކައިރީ  ސަނާއާ  ދިމާއައް  ހަޅޭއް ނުލަވާށޭ.  އޭނަވެސް  ދެރަވާނެޔޭ، ބަލަ އެއީވެސް  އަހަރެންގެ  ދަރިއެކޭ. އަހަންނަކަށް  ކެތެއް  ނުވާނެ  ނިޝާ  އަހަރެން ކުރިމަތީ  އަހަރެންގެ  ކުރިމަތީ  އަހަރެންގެ ދެކުދިން  ތަފާތު  ކުރަމުން  ދާތަން  ދެކޭކަށް،  މީއަހަރެން  ބުނާ  އެންމެ  ފަހުފަހަރު  ސަނާ  ރޯތަން  ދެން  އަހަންނައް  ފެނިއްގެއްޔާ  އަހަރެން  ސަނާ  ގޮވައިގއން  މިގެއިން  ނުކުމެގެން  ދާނަން.”އަހަރެންގެ  ކޮޓަރި  ހުންނަނީ  މަންމަ  އަދި  ބައްޕަގެ  ކޮޓަރިއާ  ޖެހިގެންކަމުން  މަންމައާއި  ބައްޕަގެ  ކޯޅުންތައް  އަހަންނައް  ވަރައްވެސް   ރީއްޗައް  އަޑު  އިވެއެވެ  އެދުވަހު  މަންމަ  އަހަރެންނާ  ދިމާއައް  ހަޅޭއް  ލެވީ  އަހަރެންގެ  އަތުން  ތައްޓެއް  ތަޅައިގެން  ދިޔުމުންނެވެ  ގޭގަ  ގެންގުޅޭ  މަރީ ަ   އަހަރެންނައް  ގެނެސް  ދިން  ޖޫސް  އަހަރެން  އަތުން  ވެއްޓި  ތެޅުނީވެސް  މަންމަ  ގައިގާ  ޖެހިކަމުން  މަންމަގެ  ރުޅި  އިތުރައް  ގަދަވާ  ގޮތް  ވިޔެވެ  ނަމަވެސް  އަހަރެން  ދުވަހަކުވެސް  މަންމަ  ކުރިމަތީ  އެއްޗެއް  ނުބުނަމެވެ

އެރޭ  އަހަރެން  ކޮޓަރިއައް  ވަތް  ގޮތައް  އަހަރެންނައް  ނިދުނީއެވެ  ހެނދުނު  އަހަރެންނައް  ހޭލެވުނީ  ބައްޕަ  އަހަރެންނައް  ސްކޫލައް  ދާން  ގޮވީމައެވެ  އަހަރެން  ތެދުވެގެން  ފެންވަރައި  ތައްޔާރު  ވެގެން  ނުކުތް  އިރު  މަންމަ އާއި  ބައްޕަ  އަދި  ކޮއްކޮވެސް  ހެނދުނުގެ  ނާސްތާ  އައް  ތައްޔާރުވެގެން  މޭޒު  ކައިރީ  ތިއްބެވެ  “ދަރިފުޅުގެ    އިންތިޒާރުގަ  ބައްޕަމެން  މިތިބީ  “ގުޑް  މޯރނިންގ  ސިސް  އަހަރެން  ފެނުމާއެކީ  ކޮއްކޮ  އަހަރެންނައް  ގޮވާލިއެވެ  އަހަރެން  ކޮއްކޮ  އަށް  ހިނިތުންވުމެއް  ދިނުމައް  ފަހު  މަންމަ  އަށް  ބަލާލީމެވެ  އަހަރެން  ބަލާލުމާ    އެކީ  މަންމަ  މޫނު  އަނެއް  ފަރާތައް  ބަލާލީ  ނުރުހުން  ވަމުންނެވެ

ސައިބޮއެގެން  ސުކޫލަށް  ދިއުމަށް  ކާރަށް   އެރުމާ  އެކީ  ކޮއްކޮވެސް  އަހަރެން  ކައިރީ   އިށީނީ  އަހަރެންގެ  މޫނައް  ރަނގަޅައް  ބަލާލަމުންނެވެ.  “ސިސްގެ ލޯ  ހާދަ  ރަތޭ! އެނީތިނގް  ރޯނގް؟”  އަހަރެން  ދެ  ފަރާތައް  ބޯ ހޫރާލީ  ނޫނެކޭ   ބުނުމަށެވެ

ސުކޫލް  ނިމުން  ގަޑީގައި  އަހަރެންނާއި  ކޮއްކޮވެސް  މަޑު  ކުރީ  އިނގްލިޝް  ކްލަބް  އަށެވެ  އެގަޑީގައި  ސްކޫލްގައި  ކުދިން  ވަރަށް  މަދެވެ  އަހަރެން  ދބަސް  ތައްޔާރު  ކުރަމުން  ދިޔައީ  އަވަހައް  ގެއައް  ދިއުމަށެވެ  ނަމަވެސް  ކޮއްކޮ  އަދިވެސް  ފެންނާކަށް  ނެތެވެ  އަހަރެންގެ  މިސްރާބު  ހުރީ  ސްޓޭޖް  ކަިރީ  ހުރި  ބެންޗަށެވެ

ކުއްލިޔަކައް  އަހަރެން  ގައިގާ  މީހަކު  އައިސް  ޖެހުމުން  އަހަރެން  ފައި  އަރިއަޅައިލައިގެން  ގޮސް  އަތުގަ  ހުރި  ފޮތް  ތަކާއެކު  އަހަރެން  ކޮމްޕައުންޑް ގެ  މެދައް  ވެއްޓިއްޖެއެވެ” އޭސަނާ! ބަލައިގެން  އުޅޭކަށް   ނޭންގޭތަ؟ އޯ! މަންމަ  ދަހެއް  ނުކޮއްދޭދޯ” ރަނާ  އަހަރެންނައް  އެއްޗިސް  ކީމަަ  އެކަމާ  އަޅާ  ނުލާ  ހުރެވޭތޯ  އަހަރެން   ބެލިނަމަވެސް  މަންމައޭ  ބުނުމުން  އަހަރެންގެ  ހިތަށް  ތަދުވިއެވެ. އެއަޑު  އިވުމާއެކު .އަހަރެންގެ  ދެލޯ  ފެންކަޅި  ވިއެވެ  އަހަރެންގެ  ކަރުނަ  އެހެން  މީހުންނައް  ނުދެއްކުމައް  އަހަރެން  މޫނު މަތީ  އަތް  އެޅުމާއެކު  އަހަރެންގެ  ލޮލުގައި  ހުރި  ކަރުނަތައް  ފާބައިގަތެވެ.”ސިސް” އެއީ  ކޮއްކޮގެ  އަޑެވެ  އަހަރެން  ދިޔައީ  ސިއްސައިގެންނެވެ  ފަސް  އެނބުރި  އަހަރެންނައް  ބަލާލެވުނީ  ބޭއިޙްތިޔާރުގައެވެ  އޭރު  ކޮއްކޮ  އޮތީ  ސްޓެއާރސް  ކައިރިއަށް  ގުޅަ  އަކަށް  ޖެހިފައެވެ  އަހަރެން  ދުވެފައި  ކޮއްކޮ ކައިރިއަށް  ދިޔައިރު  ކޮއްކޮ  އޮތީ  ލޯ  މެރިފަ  އެވެ

 

 

Comments (7)

  1. Ishmy moosa

    (-: mihaaru hurihaa kudhinnahvx fennaane. check it

  2. Gems

    Kamakunudhey. Full stop kiyaa ehcheh dhannantha?

  3. Eye-shaa

    nice.. n waiting for da nxt part <3

  4. aishaa

    space ves maa gina. ekm dhn ok

  5. Ishmy moosa

    thanks guys and i will try my best to make part 2 as you want. and i will try to avoid more space and write fullstop also. than you

  6. naanu naany

    hey ih….varah rethi..my naanu ky ih ge first story….n v nice…loabikan..

  7. thaany

    keep it up… waitin for next part…

Comments are closed.