Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ހައްވާ – 3

nim Level 1
August 25, 2014 3 Mins Read
3 Comments

ކުޑަވަރެއްގެ ދޯންޏެކެވެ. ގިނަދުވަސްވުމުގެ ސަބަބުން ދޯނީގެ މަޑޫތައްވަނީ ފީވަން ފަށާފައެވެ. އެކި ދިމަދިމާލުން ފަނިތައް ކައި ހުސްކުރަމުންދަނީއެވެ. އެދޯނީގައި ރާޅަކަށް ކެތްކޮށްލާނެ ވަރުވެސް ނުހުންނާނެކަން ގައިމެވެ. އެހެންވެގެން ކަންނޭނގެއެވެ ދޯނިވަނީ އެއްގަމަށް އެހެލާފައެވެ. އަހަރެން ވަށައިގެން ބަލައިލީމެވެ. ދީފައިވާ ތޫނު ހަނދުވަރުގެ ތެރެއިން ދިގުދެމިގެންވާ ތުނޑިއެއް ނޫން އެހެން އެއްޗެއް ފެންނާކަށް ނެތެވެ

ދޯނިން ފުންމާލައިގެން އަހަރެން ހިނގައިގަތީމެވެ. ވަކި މަންޒިލެއްނެތެވެ. މީ އަހަރެން ނުދަންނަ ބިމެކެވެ. ފަސްގަނޑުގަޢި ފައި ޖެހުމުން ފިނިކަމެއް އިހުސާސް ކުރެވުނެވެ. ތެތްފިނި ރެއެއްކަމުގައި ވާތިވެސް ކަމަށް ވެދާނެއެވެ. އަހަރެން އެތައް އިރަކު ހިނގީމެވެ. ވަރުބަލި ވަންދެނެވެ. މީ ނިމުމެއް ނެތް ވެލިގަނޑެއް ބާވައެވެ. ވަށައިގެން އޮތީ ވެއްޔެވެ. ރުކެއް ގަހެއް ނެތެވެ. އަހަރެން ފަހަތް ބަލައިލީމެވެ

ލިބުނީ ހައިރާންކަމެކެވެ. ވީރާނާ ވެފައިވާ ކުޑަ ދޯނިގަނޑު އަހަރެންގެ ދާދި ކައިރީގައި އޮތެވެ. ކީއްވެބާވައެވެ؟ ނޭނގެއެވެ. ބުނެދޭކަށް ނޭނގެއެވެ. ކުއްލިއަކަށް ކާޅެއް ގޮވާލިއަޑު އިވުނެވެ. ކޮން ދިމާލަކުން ކަމެއް ނޭނގެއެވެ. ބަލާލެވުނު ދިމާލެއްވެސް ނޭނގެއެވެ. ލޮލުގައި އަޅައިގަތީ އަހަރެންނަށް ފުރަގަސްދީގެން ހިނގައިފައިދިޔަ މީހެކެވެ. ބަލާބެލުމަށް އަންހެނެއްހެން ހީވެއެވެ. އަހަރެންވެސް ހިނގައިގަތީމެވެ. އެއާއެކު ފިނިވައިރޯޅިއެއް އަހަރެންގެ ހިއްސުތަކާ ކުޅެލިއެވެ. ގައިން ހީބިހި ނަގައިގަތެވެ. ލޯ ހުޅުވައިލެވުނެވެ

ލިބުނީ ސިހުމެކެވެ. އަހަރެންނާ ދިމާލަށް ގުދުވެގެން އަންހެނަކުއޮތެވެ. މޫނުމަތީގައި ދެކެފަރިތަ ކަމެއް ހުއްޓެވެ. ކާކުބާވައެވެ؟ އޭނާ އަހަރެންނަން ހިނިތުންވެލިއެވެ. ތެދުވެ އިށީދެލީމެވެ. ޖެހޭނުޖެހޭ ހިސާބުގައި އޭނާވެސް އިށީނެވެ. އެއީ ކާކުބާވައެވެ. ‘ނޭނގުނު ދޯ!’ އެތައް އިރަކު އަހަރެންނާ ދިމާލަށް ބަލަހައްޓައިގެން އިނުމަށްފަހު އޭނާ ސުވާލު ކުރިއެވެ. އަހަރެން ބޯ ޖަހާލީމެވެ. ކާކުކަން އެނގިހުރެއެވެ. އެއީ ހައްވާއެވެ. ސިފަޔަށް ކިތަންމެ ބަދަލެއް އަޔަސް އެ އަޑެއް އަހަރެންނަކަށް ނޯޅޭނެއެވެ. އެއީ ކިތަންމެ ރެއަކު އަހަރެން އަހާފައިވާ އަޑެކެވެ

ހަނދާން އިޔާދަވާން ފެށިއެވެ. އެހެނަސް މަޑުމަޑުންނެވެ. އެއީ މީގެ 14 އަހަރު ކުރިއެވެ. އެއީ ހައްވާގެ ރީތިކަން އަހަރެންގެ ލޮލުގައި އަޅައިގެން ދުވަހެވެ. އެއީ އިއްތިފާޤެކެވެ. ކުޅެން ގެންގުޅުނު ބޯޅަނަގަން ގިފިލިތެރެއަށް ފުންމާލި ވަގުތު ހައްވާ ފެންވަރަން ހުރިކަމެއް އަހަރެން ނުދެނަހުރީމެވެ. ދެނެ ހުރިނަމަ އަހަރެން ނުފުންމާލީމުއެވެ. އެއަށްވުރެ އަހަރެންމީ އަޤީދާ ވަރުގަދަމީހެކެވެ. ނަމަވެސް ފާފައެއް ކުރެވޭހިދު އެ ވަރުގަދަ އަޤީދާގެ މަތިން ހަނދާނެއް ނުހުރެއެވެ. އެހެން ނޫނަސް އަހަރެންމީ ހަނދާނެތުމުގެ މައްސަލަ އެންމެ ކުޑައިރުންސުރެ ހުންނަ މީހަކީމެވެ. ވީވެސް އެހެނެވެ. ހައްވަގެ ރީތި ހަށިގަނޑަށާއި އެ ހަށިގަނޑުގައިވާ ވަނާތަކައް ބަލަހައްޓައިގެން އެތައް އިރަކު ހުރީމެވެ. ހައްވާ އަކަށް އަހަރެންނެއް ނުފެނެއެވެ. އަހަރެންގެ ބޮލުގައި ދާނީގެ ދަނޑިންޖެހުނުއިރުވެސް ހައްވާއަށް ރޭކާއެއް ނުލައެވެ. ހޭވެރިކަންވީ އަހަރެނަށެވެ. އަވަސް އަވަހަށް އަހަރެން ފާރުމަތިން ގިފިލިން ބޭރަށް ފުންމާލީމެވެ. މީހަކަށް އެނގިއްޖިއްޔާ ދެ އާއިލާ ދެމެދުގެ މަސްރަހު ވަރަށް ގޯސްވާނެކަން ގައިމެވެ

ހައްވާގެ ރީތިސިފައާއި ވަނާތައް ހިތު ފިލުވާލެވޭތޯ އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. ނަމަވެސް އިބިލީސް އެއަށްވުރެ އަހަރެނާ ރަށްޓެއްސެވެ. އަހަރެނަށް ކެތްކޮށްލެވުނީ ދެތިން ދުވަހުއެވެ. އިބިލީހުގެ ހިތްވަރާއެކު އަހަރެން ހައްވާގެ ނިވާކަމެއްނެތް ރީތިސޫރަ ބެލުމަށް ނުކުރަނީ ކޮންކަމެއް ހެއްޔެވެ؟ ފުޅަށް މަތިން ބޯ އަރުވަމެވެ. ދެ ފުޅައް ދޭތެރޭން ފެނޭތޯ ބަލަމެވެ. ގަސްގަހުގެ ކުރިއަށް އަރަމެވެ. އެއީ ކޮންފަދަ ރީތި ކަމެއް ހެއްޔެވެ؟ ދުލަކުން ގަލަމަކުން ބަޔާން ކުރުމެއް ނެތެވެ

އޭގެ އަހަރެއްހާ ދުވަސްފަހެވެ. އަހަރެންގެ ސިކުނޑިއަށް މޮޅުހިޔާލެއް ވެރިވެގަތެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. އަހަރެންނާ އަހުމަދުފުޅަކީ ދަމުހިނގާ ދެމީހުނީމުއެވެ. އެއީ ރުއްރުކުންވެރޭ ކާށިހޮވުމަށެވެ. އެހެން އުޅުނު އުޅުމުގައި އަހަރެންގެ ކަންފަތުގައި ބައެއްގެ ކުކުރުމުގެ އަޑު ޖެހުނެވެ. އަހަރެން އެއަޑު އަންނަ ދިމާލަށް ދިޔާމެވެ. އަހަރެނަށް ފެނުނީ ހިތްގައިމު މަންޒަރެކެވެ. ދެ ލޯބިވެރިންގެ ލޯބީގެ ކުޅިވަރެވެ. އަހަރެން ބޭނުންވީ އެކަންތައް އަޖުމަ ބަލާލުމަށެވެ

އަހުމަދުފުޅައެކު ދަމުހިނގަށް އުޅުމަށްފަހު ކޮންމެރެއަކުވެސް ނިދަންދާ ދިއުން އަހަރެން ބަދަލުކޮށްލީމެވެ. އެއާއެކު ހިނގާމަގާއެކު ވަންނަގެވެސް ބަދަލުވިއެވެ. އެއީ އަލިދީދީކަތީބުބެގެ ގެއެވެ. ފުރަތަމަ ދުވަސްކޮޅު އަހަރެން ވަރަށް ބިރުގަތެވެ. ފަޅާއަރާ ފާނެތީއެވެ. ވަޅުކައްޓަފުޅި ދާންޏަށް ހޭނޭ އުސޫލުން އަހަރެންވެސް އެކަމަށް ހޭނުނެވެ. ސަބަބުތައް ބައިވަރެވެ. ހައްވާގެ ކިބައިން ކޮންމެ ރެއަކުހެން އަރާމު ހޯދަމުންދާއިރު ކުޑަކޮށްވެސް ހައްވާއަށް ރޭކާނުލުން އެއީ އެއްސަބަބެވެ. އަނެއް ސަބަބަކީ ކޮންމެ ގަޑިއެއްގައިވެސް އެގެއަށް ފަސޭހަ ކަމާއެކު ވަދެވެން ހުރުމެވެ

ކިތަންމެ ރަނގަޅަކަށް ކަމަކަށް ހޭނުނަސް ކަތި ފިޔަވަޅެއް އެޅިދާނެކަން އެއީ އެންމެންވެސް ދަންނަކަމެކެވެ. ކެޔޮޅުން އަތުން ބުޅިވެސް ކެނޑެއެވެ. ދުނިޔޭގެ އެއްވެސްކަމެއް ދާއިމަކަށް ދެމިއެއް ނޯވެއެވެ. އެއީ އެންމެންނަށްވެސް ރަނގަޅަކަށް ކަމުގައިވެސް ވެދާނެއެވެ. އަހަރެންގެ އަމަލުތައް ފަޅާއަރާކަށް މާގިނަ ދުވަހެއް ނުނެގިއެވެ. އަހަރެންނަށް އިންކާރު ކުރެވޭނެ ޖާގައެއްވެސް ނުލިބުނެވެ. ފެނުނީ ސީދާ ކަތީބުބެއަށެވެ. އޭރުވެސް ހައްވާ އަށްއޮތީ ނިދިފައެވެ. އެރޭ ތަންގަނޑު އެންމެން އެއްކޮށް ޅަބުޅާގަނޑެއްހެން ބޭރުކުރިގޮތް ދެންމެވީކަމެއްހެން ހަނދާން އެބަހުއްޓެވެ

އެއީ އަހަރެން ލަދުގަތްރެއެކެވެ. ދެންއައީ އެއަށްވުރެ ލަދުގަތް ދުވަހެކެވެ. އަހަރެން ރަށުއެންމެން ކުރިމަތީ ތަޢްޒީރު ކުރިދުވަހެވެ. އެތާނެތީ ފަހެކާކު ހެއްޔެވެ؟ އަހަރެންގެ ބައްޕާވެސް ހުއްޓެވެ. ހައްވާގެ މޫނުމަތީގައި ހުރި ރުޅިވެރިކަން އެހެން އެންމެންނަށްވުރެ ބޮޑެވެ. އިބިލީހުގެ ބަހަށް ނުހެއްލެވުނު ނަމައޭ އެވަގުތު ހިތަށްއެރިއެވެ

ކުރެވުނު ހުކުމާއެއްގޮތަށް އަހަރެން އަރުވާ ލެވުނެވެ. އެދުވަހު އަހަރެން އަޒުމު ކަނޑައެޅީ މާޒީ ހަނދާން ނައްތާލުމަށްފަހު އަލުން އައު ފެށުމަކުން ފަށާށެވެ. ނަމަވެސް ހުރިހާކަމެއްހެން މިވަނީ އެފުއް މިފުށައް ޖެހިފައެވެ

“ހަސަނާ….” އަނެއްކާވެސް އެއަޑެވެ. ސިއްސައިގެންގޮސް ބަލައިލެވުނެވެ. “ހައްވާ….” އަހަރެންނަށް ބޭ އިހުތިޔާރުގައި ބުނެވުނެވެ. ލަދުން އިދެއެވެ. “އަހަރެންނަށް މާފުކުރޭ….” ހައްވަގެ ޖަންބުކުލައިގެ ދެކޮލަށް ނަޒަރު ހިންގާލަމުން އާދޭހާއެކު އަހަރެން އެދުނީމެވެ. “އަހަރެން މާފުކޮށްފިން…….” ރީތި ހިނިތުންވުމެއް އެވަގުތު އަހަރެންނަށް ފެނުނެވެ. މަޑުމަޑުން ފަޑުވަމުން ދަނިކޮށެވެ. އޭގެ ފަހަތުގައިވާ ހިތާމައިގެ ކުލަވަރުތައް ފޮރުވޭތޯ މަސައްކަތް ކުރާކަހަލައެވެ

އެރޭ ހައްވާ ކިޔާދިން ވާހަކަތަކުން އެ ހިނިތުންވުމުގައި ފޮރުވިފައިވާ ހިތާމަތައް އަހަރެންގެ ކުރިމަތީގައި ހާމަވެގެންދިޔައެވެ. އަހަރެން މި އަނދިރި ގޮޅީގައި މިކުރަނީ ކީއްކަމާއި، ހައްވާގެ ބޮޑުބޭބޭގެ ބޭނުމަކީ ކޮބައިކަންވެސް ހާމަވެގެންދިޔައެވެ. ހައްވާގެ ވާހަކަތަކުން އަހަރެންނަށް ލިބުނީ ސިހުމެކެވެ. އެހާބޮޑު ބަދަލެއް ބޮޑުބޭބެ އަށް އަންނަންވީ ސަބަބެއް އަހަރެންނަކަށް ނުވިސްނުނެވެ.  ދުނިޔޭގެ ދަޅައަށް ހެއްލިއްޖިއްޔާ ކޮންމެފަދަ ކަމެއް ކޮންފާނެކަން އަހަރެންނަށް ޤަބޫލުކުރެވުނެވެ. އަހަރެންގެ މާޒީ އެކަމެއް ހެކިދެއެވެ

ކުއްލިއަކަށްހައްވާއިންތަނުންތެދުވެގެންދުއްވައިގަތެވެ. “ހައްވާ….” އެއާއެކު ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. “އަހަރެން ސަލާމަތްކޮށްދީ…….. އާދޭސްކުރަން…….” ހައްވާ އަނެއްކާވެސް ހިނގައިގަތެވެ. މަޑު ފިޔަވަޅުތަކެއްގައެވެ. އަނދިރީގެ ތެރެއަށް ގޮސްގެއްލެއްދެން ބަލަހައްޓައިގެން އިނދެވުނެވެ

އަހަރެން އެތައްއިރަކު ވިސްނީމެވެ. ހައްވާ އެދެއްކި ވާހަކަތަކާމެދުއެވެ.ވިސްނުމުގެ ތެރޭގައިހުރެ އަހަރެން ތެދުވެގެން ހައްވާ ދިޔަމަގުން ބޭރަށް ނިކުމެވޭތޯ ހިނގައިގަތީމެވެ. އޭރު އަހަރެންގެ ހަށީގަނޑުގައިވާ ލޮޑުކަންވެސް އަހަރެން ހަނދާންވެސް ނެތްކަހަލައެވެ. ހިތުގައިވަނީ އެންމެ އަޒުމެކެވެ. އަހަރެންގެ ފުށުން ހައްވާއަށް ލިބުނުދެރައިގެ ބަދަލު ކޮންމެވެސް ގޮތަކުން ހޯދައިދިނުމެވެ

އިތުރު ބަޔަކަށް އިންތިޒާރު ކޮށްލައްވާ

Share Article

Follow Me Written By

nim

Level 1

Other Articles

Previous

އޯގާވީ ހިތަކުން…45

Next

އޭރުހިތް ޔާރާދީފާ 1

Next
August 26, 2014

އޭރުހިތް ޔާރާދީފާ 1

Previews
August 25, 2014

އޯގާވީ ހިތަކުން…45

3 Comments!

  1. mal says:
    August 25, 2014 at 8:10 am

    Nice story. ….keep it up. ….nim

  2. mall says:
    August 25, 2014 at 9:25 pm

    heheh thee gifili balaa soreh dhoh….nice 🙂

  3. aika says:
    July 10, 2015 at 4:47 am

    Koba meege anehbai?

Comments are closed.



All Right Reserved!