Skip to content
އެސްފިޔަ

ހަހަރު

   ޒީޝާ ފޮތަކަށްފަހު ފޮތެއް ދަބަހަށް އަޅަމުންގެންދިޔައީ ފަރިތަކަމާއެކު، އަވަސް އަވަހަށެވެ. އިސްކޫލައް ދާގަޑި ކައިރިވަމުންދާތީވެސް މެއެވެ. ހޫނުކޮށް ހުރި ކޮފީތަށީގެ މަތީފަށުގައި ދެތިން ފަހަރަކު އެ ފިޔާތޮށި ކުލައިގެ ތުންފަތް ޖައްސާލުމަށްފަހު، އެއް އަތުން ނޫކުލައިގެ ދެފޮތް ބަނޑާލައި ހެޔޮވަރު ކޮށްލިއެވެ. އެނެއް އަތުން ކަޅުކުލައިގެ ގޯޏެއްފަދަ ދަބަސް ނަގައި ކޮނޑުގައި އަޅުވަމުން ހިނގައިގަތެވެ. ހެނދުނު ހެނދުނާ އެހާ ކުރިން ޒީޝާ ގެއިން ނުކުތީ އިސްކޫލަށް ދާންޖެހޭ ފުރަތަމަ ދުވަސްކަމަށް ވުމުންނެއް ނޫނެވެ. ޒީޝާގެ ގޭ އިސްކޫލާ އެހާ ދުރުގައި ހުންނާތީއެވެ.

   ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި ހުރި ޗަކަސްކަމަށް ބޮޑު އިންޤިލާބެއް އައިސްފައިވުމުން އުނދަގޫތަކާ ކުރިމަތިލުމުގެ ބަދަލުގައި ފަސޭހަމަގުތަކަށް ޒީޝާގެ ވިސްނުން ބެހެއްޓިއެވެ. ހެނދުނުގެ ހިތްގައިމުކަން ފޫދުއްވަމުން ދިޔައީ ގޭގެއިން ކުނި ނަގަމުންދާ ކުނި”ޕިކަޕެވެ.” އެހެނަސް ޒީޝާގެ ޚިޔާލްތައް ހުރީ މަތިން އުދުހިލާފައިދާ ކޮވެލިތަކާއި ކާޅުތަކުގެ ގޮވެލީގެ އަޑަށެވެ.

   ކުއްލިއަކަށް މީހަކު މާބާރަކަށް އައިސް ޒީޝާގެ ގައިގާ ޖެހުމުން، އަވަސް އަވަހަށް ބަލައި ލެވުނެވެ. ޒީޝާގެ ތުންފަތަށް ހިނިތުންވުމެއް ގެނެސް، ހިނިފަޅައިގެން ދިޔައެވެ. އަމީރާއަކީ ކުޑައިރުންސުރެއް ޒީޝާޔާއެކު އިސްކޫލަށް ހިނގާ ކުއްޖެކެވެ. ދެކުދިންވެސް ކިޔަވަމުންދަނީ އެއްކިލާހެއްގައެވެ. “ގުރޭޑް”ހަޔަކުން ފަށައިގެން އަށަކާ ހަމައަށް އާދެވުނުއިރު އެކަކު އެނެއްކެއްގެ ދެމެދުގައި ފޮރުވާ ރައްކާކުރަން ޖެހޭ އެއްވެސް އެއްޗެއް ނެތެވެ.

   މަޑުމައިތިރިއެއްކަމުގައި ޒީޝާ ވީކަމުގައިވިއަސް އަމީރާއަކީ، އެޔާ ޚިލާފަށް ވަރަށް ހަލަނިކޮށް މަޖާގޮތެއް ހުންނަ ރަނގަޅު ކުއްޖެކެވެ. ދެކުދިން ތުން ގުޅުވައިލައިގެން ވާހަކަޔަކަށްފަހު ވާހަކައެއް ވިހުއްވަމުން ދަނިކޮށް، އިސާހިތަކު ރަށުގެ ބޮޑުމަގަށް އެކި ހޮރު ހޮރުން ހުދުމީދާ ނިކުންނަހެން އިސްކޫލް ދަރިވަރުންތައް ނުކުންނަށް ފަށައިފިއެވެ.

   ކިލާހަށް އައިސްވަދެވުނު އިރުވެސް އަމީރާގެ އެ ހުދުދަތްތައް ހުރީ ހާމައަށް ފެންނާނެހެން “ސޭލް”ކޮށްފައެވެ. ދަތްތައް ފެންނަގޮތައް އަމީރާއަށް ވެލެވޭ ހިނިތުވުމުގެ އަވާގައި އެތައް ކުއްޖަކު ޖެހި، އޮޔާ ގޮއްސައިވެއެވެ. ޠަބީޢީގޮތުން ލިބިފައިވާ ޖާދޫގެ ބޭނުން އަމީރާ ހިފަން ބޭނުން ނުވާކަން އަންގައިދެނީ ފިރިހެންކުދިން ކުރި މައްޗަށް އައިސް ހުއްޓުމުން ހުރުވާލާ ބޮލުގެ ސަބަބުންނެވެ. ކިޔަވަނީއޭ ބުނެ، ބުނާ ޖުމުލަތަކުންނެވެ.

   ފަހު ރަނގަބީލުގެ އަޑުން މުޅި އިސްކޫލް ގުގުމާލިއިރު ކިލާހަށް ކުދިން އައިސް ހަމަވިއެވެ. ޒީޝާ މުޅި ކިލާހަށް ނަޒަރު ހިންގާލިއިރު މުޅިން އައު ކުދިންވެސް ކިލާހުގައި ތިއްބެވެ.

   “ގަޔާވާ ކުއްޖަކު ނެތް ދޯ؟” އަމީރާ، ޒިޝާއަށް ލޯ ކުޑަކޮށްލަމުން ދިމާކޮށްލިއެވެ.

   ޒީޝާ ތުންފަތް އޫކޮށްލަމުން ބުންޏެވެ. “މަ ނޫޅެން.”

   މުދައްރިސް ކިލާހުގެ ޤަވާޢިދުތަކާއި އިސްކޫލުގެ އުސޫލުތައް ކޮންމެވެސް ވަރަކަށް އަލުން ބަލުން ކުދިންތަކަށް ކިޔާދެއްވަން ފައްޓަވައި އިރުކޮޅެއް ނުވަނީސް، ކުއްޖަކު ވަރަށް ބާރަށް އައިސް ދޮރަށް ޖެހިގަތުމުން ހުރިހާ ކުދިންނަށް ކަހަލައިން އެއްފަހަރާ އެދިމާއަށް ބަލައިލެވުނެވެ.

   ޒީޝާއަށް ބަލައިލުމުގެ ބަދަލުގައި ސިއްސައިގަތެވުނީއެވެ. ނުރުހުމުގެ ލޮލަކުން އެދިމާއަށް އަވަހަށް ބަލައިލެވުނެވެ. އެއީ ކުރިން ދަންނަ ކުއްޖެއް ނޫނެވެ. ރަށަށްވެސް އައު ކުއްޖެއްކަމަށް ޒީޝާއަށް ޤަބޫލުކުރަން ޖެހުނީ އަރީޒް ދުވަހަކުވެސް އިހަވަންދޫއިން ފެނިފައި ނުވާތީވެއެވެ. އެހެންނަމަވެސް ކަންތައްވީ މުޅިން އެޔާ ދިމާ އިދިކޮޅަށެވެ. އަރީޒަކީ ހަތަރުކަށިމަތި އިހަވަންދޫ ކުއްޖެކެވެ. އަރީޒްމެންގެ ޢާއިލާވަނީ މާލެއަށް ބަދަލުވެފައެވެ. ތަހުޒީބާއި ތަމައްދުންގައި ކުރިއަރާފައިވާތަނަކަށް މުއްސަނދިން އަބަދުވެސް ދަތުރުކުރާ ބީދައިންނެވެ.

   އަރީޒް ކައިރީ މުދައްރިސް ކުރަމުން ދިޔަ ސުވާލުތަކަށް، ބައެއް ކުދިން ހެމުން ދިޔައިރު، ޒީޝާއަށް އިދެވުނީ އަރީޒްގެ ފަންއިސްތަށިގަނޑުގައި އޭނާގެ އަމިއްލަ އަތުން ފުނާ އަޅަމުންދާގޮތް ބަލަން ހުއްޓުން އަރާފައެވެ. ބައެއްފަހަރު ކުރު ކުރު އިލި ތުބުޅީގައި އަރީޒް އަތް ކާއްތައިލުމުން ޒީޝާއަށް ރަކި ހިނިތުންވެލުމެއް އެދިމާއަށް ދެވެއެވެ. އަރީޒްގެ މޫނަށް ބަލަހައްޓައިގެން ހެވިފައި ޒީޝާ އިންދައި، މީހަކު މޫނު މަތީ އަތް ހޫރުވައިލުމުން ޚިޔާލީ ދުނިޔެއިން ހޭލެވުނެވެ.

   “ވާވް، ވަޓް އަ ޑްރީމީ ގާރލް؟ މިފަހަރު ހަމަ ރަގަޅަށްވެސް ހިތް ކިޔާފި.” ފޮނިފޮނި ކޮށް ލަފުޒުތަކަށް ދަމާލަމުން އަމީރާ ބުންޏެވެ.

   “މަށަކަށް ނޭނގެ.” ޒީޝާ ހެދީ ކުރިންވެސް ހަދާހެން، ނޭނގޭ ކަމަށެވެ.

   އަރީޒް ޤަތުލުކޮށްލީ ހަމައެކަނި ޒީޝާގެ ހިތް އެކެންޏެއް ނޫނެވެ. ކިލާހުގެ ގިނަ ޢަދަދެއްގެ އަންހެން ކުދިންތައް ތިބީ އަނގައިން ބަސް ހުއްޓިފައެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ. އަރީޒް ހަމަ އެހާވެސް ރީތިވީމައެވެ. ބައެއް ފިރިހެން ކުދިން އޭނާއާ ދިމާ ކުރަމުން ގެންދިޔައީ މަލާމާތްކުރުމުގެ ބޭނުމުގައެވެ.

   ފިލާވަޅު ހަދަން އިށީން ގޮތަށް އަދިވެސް ޒީޝާ އެއިނީ ފުން ޚިޔާލީ ކަނޑަކަށް ގެނބިފައެވެ. ގަލަމުގައި ދަތްގަނެގެންނެވެ. ބަލަމުން ދިޔައީ ފާރާ ދިމާއަށެވެ. ހީވަނީ ފާރުގެ ތެރެއިން ކޮންމެވެސް އެއްޗެއް ފެންނަހެންނެވެ. ނޫނީ ސިފަވާހެންނެވެ. ބައެއްފަހަރަށް ބޯ ކުޑަކޮށް އަރިކޮށްލައި، އެ ފިޔާތޮށި ދެ ތުންފަތުގެ ތެރެއިން ސާފު ހުދު ދަތްތައް ދައްކާލައެވެ. އެދިމާއަށް ހިނިތުންވެލެވެއެވެ. ކައިރީގައި ދިއްލާފައިހުރި ހޮޅިބުރީގެ އަލިން ޒީޝާގެ އެދޮންދޮން މޫނުގެ ރީތިކަން ހާމަވާން ހުއްޓެވެ. އެ ފަންފަން ރާޅުބާނި އިސްތަށިގަނޑުވަނީ ވައްޓާލާފައެވެ. ކުއްލިއަކަށް ދޮރު ހުޅުވިގެން ދިޔައެވެ. ޒީޝާއަށް ސިއްސައިގެން ގޮސް އެދިމާއަށް ބަލައިލެވުނެވެ

(ނުނިމޭ)

Comments (12)

  1. laala

    a nice storyy. avahaha up kohdhehcheyy…

  2. shaph

    wowww …. 😀 STARTING HAMA AWSOME… plxx plxxx up ASAP …. WAITINGG

  3. އަންތު

    it’s a cool story. waiting for the next part!

  4. shanaayaa

    starting vr vr habeys… heevany mi story vr salhivaanehen… waiting for the next part… 😀

  5. yoohaa

    Heevanee successfull story akah vaanehen dhn avahah anehbaa genesdhehchey

  6. manje

    “hoky koky”…. kuriyah kuriyah balaigen kuriyah…….

  7. sanfa

    dhn ok ok
    ekamaku vx hama obinexxx
    waitng for the next part :’)

  8. manje

    meege enehbai kobaa…..
    dhn nunikumannanee dhw…..
    nunikumehjaaa dhn ma nukiyaanan ASAD ge story eh……..

  9. testing carried

    kiaraa ah heavanee short hen ?

  10. Asad

    in sha allah kuriah huri partha post kuraanan. kudakoh busyveema, ehkoh liyenihmaafa nerenkameh mi madukuranee. hehe. tnx all. will try to make it more nice in sha allah. 🙂

  11. Liu

    Dhn kon iraku nimeny ……… alhe haadha lahey

    1. Asad
      Liu

      Asad mi story liyaanan vaguthukoleheh hoadhaigen igey @liu ; )

Comments are closed.