Skip to content
އެސްފިޔަ

ޔާރާއޭ… (ތިން ވަނަ ބައި )

ލައުހާގެ މިހަރަކާތުގެ ސަބަބުން ހައިކަލްއަށް ލިބުނީ ކުއްލި ސިހުމެެކެވެ..ޖެހިބުދެން ހެން ހިރިލާން ވެސް ނޭނގިފައި ހައިކަލް އަށް އިނދެވުނެވެ..ހައިކަލްގެ ހިތްބުނާކަހަލައެވެ.. “އަޖައިބެއްފަދަ އަންހެންކުއްޖެކެވެ… މިކުއްޖާއަށް އަހަރެންގެ ނަން އެނގުނީ ކިހިނެތް ހެއްޔެވެ..”ހައިކަލްގެ ހިތް ނުތަނަވަސް ވިއެވެ..ހައިކަލް ލައުހާގެ ކޮނޑުގައި ހިފާ މަޑުމަޑުން ލައުހާ ގަޔާ ދުރުކޮށްލިއެވެ..ކަރުނައިން ފުރިގެންވާ ދެލޮލުން ލައުހާ ހައިކަލް އަށް ބަލަން އިނެވެ..”ކިހިނެތް އަހަރެންގެ ނަން އެނގުނީ…ލައުހާ…ލައުހާ ދޯ ކިޔަނީ…އަހަރެން ދަންނަންތަ..” ލައުހާ އަށް އިނދެވުނީ ހަައިކަލްއަށް ބަަލަހައްޓައިގެންނެވެ..ހައިކަލް އަށް ލައުހާ ނޭނގެން ވީ  ކީއްވެހެއްޔެވެ… މިއީ ކޮންފަދަ ބޮޑު ސަމާސާއެއް ހެއްޔެވެ..

” ކިހިނެތް އަހަރެން އެނގުނީ..؟ ހައިކަލް އަނެއްކާވެސް ސުވާލުތަކުރާރުކޮށްލިއެވެ…ސުވާލުން ފުރިގެންވާ ނަޒަރަކުން ލައުހާއަށް ބަލަމުންދިޔައެވެ… ހައިކަލްގެ ހިތުގައި އަނެއްކާވެސް ސުވާލުގެ ބޮޅެއް އިތުރުވީއެވެ…މިއީ ކޮންކަހަލަ ކުއްޖެއް ހެއްޔެވެ..؟ލައުހާއަށް ހައިކަލް އެގެންވީ އެއްވެސް ސަބަބެއް ހައިކަލް އަކަށް ނުވިސްނެއެވެ… އެހެނީ މިއީ ހައިކަލް  ރާއްޖެއައި ފުރަތަމަ ފަހަރެވެ… އެދެލޮލުން ލައުހާއަށް ބަލަމުންދިޔައިރު ލައުހާގެ މޫނުމަތިން ފެންނަމުންދިޔަ އުދާސްކަންވެސް ހާމަވަމުންދިޔައެވެ…އަނެއްކާވެސް އެދެލޮލަށް ކަރުނަތަށް ޖަމާވާންފެށީއެވެ…ހީވަނީ ދެންމެދެންމެ އޮރިހިގަންނަން އުޅޭހެންނެވެ….

” ނޭނގެ…ކިހިނެތް ކަމެއް އެނގުނީ…ތީ ޑރ ހައިކަލް އެއް ނޫންތަ…ނިއުރޯސާޖަން؟” ލައުހާ ހާސްވެފައި ހުރެ ކޮންމެވެސް ކަހަލަ ޖަވާބެއްދިނެވެ…ހައިކަލް އަށް ލައުހާ ނޭނގެނީއެވެ… އެހާ އަވަހަށް ހަދާން ނެތުނީއެވެ… ލައުހާގެ ހިތުގައި ޖެހި ރޮވެން ފެށުނެވެ…. ރޭގެ ހާދިސާވެސް ސިފަވާންފެށިއެވެ…އެއާއެކު ލައުހާގެ ގިސްލުން ވީ ގަަދައެވެ…

ލައުހާ ރޯން ފެށުމުން  ހައިކަލް ދެރަވިއެވެ… ” އައި އޭމް ސޮރީ… ޓީވީން ފެނިފަ ދޯ ހުރީ..އެހެންވެ ދޯ އެނގުނީ… އައި އެމް އަ ފޫލް…ރިއަލީ ސޮރީ…..” ހައިކަލް ހަމަގަސްތުގައި ލައުހާ ހަމައަކަށް އެޅުވުމަށްޓާކައި ކުރީގެ މައުލޫއާއި ގެން ކުރިއަށް ދިޔައެވެ… ލައުހާ އެހާ ހިތާމަ ކުރަނީ ކީއްވެކަން ހައިކަލްއަށް ވިސްނޭފަދައެވެ…

“އިޓްސް އޯކޭ… ތޭންކްސް..ހައިކަލް…” ރޮވިފައިނަމަވެސް ލައުހާ ހައިކަލް އަށް ބަލަމުން ޝުކުރުއަދާކުރިއެވެ…”ރޭގަ ވީކަންތަކުން ކޮންމެވެސް ވަރަކަށް އެހީއެއް ވެދިނީތީ…ހައިކަލް ނައިނަމަ ނޭގެ ޖެހޭނީ ކޮންފަދަ ހާލެއްގައިކަމެއްވެސް..”ކަރުނަތަށް ފޮހެލައި ހަމަޖެހެން މަސައްކަތް ކުރަމުން ލައުހާ ވާހަކަ ދައްކަމުން ދިޔައެވެ…ހިނިތުންވުމާއިއެކީ ލައުހާ ވާހަކަ ދައްކަމުން ދިޔައިރު ހައިކަލްއަށް ބަލައިގެން ހުރެވުނީއެވެ… ލައުހާގެ ކެތްތެރިކަން ފެނިފައި ހައިކަލް ހައިރާންވިއެވެ..އެހެން ކުދިން މިފަދަ ހާލަތްތަކުން އަތުން ފައިން ގޯސް ހަދާނީއެވެ…އެހެނަސް ލައުހާ އިސްކުރީ ކެތްތެރިކަމެވެ…

” ސޮރީ…ތަންކޮޅެއް ކުރިން އާދެވުނު ނަމަ އަހަންނަށް އެކަންތައް ހުއްޓުވުނީސް ކަންނޭނގެ…ލައުހާގެ އާއިލަގެ މީހުންކޮބާ…؟ މިހާ ލަސްވީމަ އާއިލާގެ މީހުން ކަންބޮޑު ނުވާނެތަ…އެހާ ދަން ގަނޑިއެއްގައި އެކަނި މާއެކަނީ ކީއްވެ ބޭރުގަ އުޅުނީ..؟ ހައިކަލް ހުރިހާ ސުވާލެއްއެއްފަހަރާ ކޮށްލޮއިއެވެ..އެފިރިހެންވަންތަ އަޑުގައިވަނީ މަޑުމައިތިރިކަމެވެ…

” ވާން ހުރި ކަމެއް އެއްވެސް މީހާކަށް ނުހުއްޓުވޭނެ…އެއީ އަހަންނަށް ހުރި ގޮތް…” ގިނައިރު ރުއިމުގެ ސަބަބުން އެއަޑު ވަނީ ކުރަކި ވެފައެވެ…” އަހަންނަކީ ހައިކަލް ތި ހީކުރާ ކަހަލަ މީހެއް ނޫން…އަހަންނަކީ ގޯސް ގޮތްތަކަށް އުޅޭ އަންހެނެއް ނޫން…ހާލަތު ނިޔާކުރިގޮތުން ކުއްލިއަކަށް އަހަރެންގެ ހިޔާވަހިކަން ގެއްލުނީ އަހަރެން ބިކަވީ..އަޅާލާނެ މީހެއް ނެތި ވަންނާނެތަނެއް ނެތި ހާލުގައި ޖެހުނީ…އަހަރެންގެ މައިންބަފައިންނެއް މިދުނިޔެއަކު ނެތް… އިތުރަށް އަހަންނާ މެދު ފިކުރުކޮށް ކަންބޮޑުވާނއ” އިސްޖަހައިގެން އިނދެ ވާހަކަ ދައްކަމުން ދިޔައިރު އެދެލޮލުން ކަރުނަތަށް ހުހެއް ނުވެއެވެ…ކޯރެއްފައިން ދެމިގެން ދިޔައީ އެ ރިތި ކޯތާފަތް ތެންމަމުން ނެވެ…

ލައުހާގެ ހާލަތު ހައިކަލް އަށް ވިސްނެން ފެށިއެވެ…ކޮންފަދަ ނިކަމެތި ކަމެއް ޖެހިފައިވާ ކުއްޖެއް ހެއްޔެވެ…ހައިކަލް ގެ ހިތުގައި ލައުހާއަށް ޓަކައި ހަމްދަރްދީ އިތުރުވިއެވެ..” ލާއުހާ މިގޭގައި އުޅެންވީނު…ބޭނުން ދުވަހަކަށް އުޅެވިދާނެ..ލައުހާއަށް ކަމަކަށް ދަތިވަންޏާ އަހަރެން ގާތު ބުނަންވީ..ވީއާރ ފްރެންޑްސް ރައިޓް..” ހައިކަލް ސަލާން ކުރުމަށް އަތް ދިއްކޮށްލަމުން ލައުހާއަށް ބަލަން އިނެވެ.. އެއަތުގައި ހިފާނީ ހޭ ނޫނީ ނުހިފާނީހޭ  ލައުހާ ހިތަށް އަރަމުން ދިޔައެވެ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (7)

  1. look

    Lauha rape kohleetha. Alhe Haikal keevetha Kurin naee. Vaahaka v v v reethi. Nimendhen upload vaane kamah unmeedh kuran.

  2. niusha

    alhey cant wait for the next part. vrh riithi..

  3. saraa

    Maaa.kuree … Bt v nyc .. Next part knirakun… cnt wait…

  4. mal

    V salhi mibaives…..

  5. athoo

    hifaaney.

  6. zayaa

    nyc story…. btw e bunaahen maa kury.. thankolheh dhigu koh goss huhtaba

  7. saeeda

    v salhi ebunaahen maa kuree dho

Comments are closed.