Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކަފުނަށް މިހިތް އަދި ނުލާކަން ޔަގީން…10

leyfa Level 110 Stories
September 19, 2014 4 Mins Read
32 Comments

ދެ ޚިޔާލެއްގައި ހުރެފައި ނިޝްވާ ކުރިޔަށް ހިނގައިގަތެވެ. ދެކޮޅު ބަލާފައި ތަޅުދަނޑި ނަގާ ޖީބަށް ލިއެވެ. ވަށައިގެން ހޯދަމުން ކުރިޔަށް ހިނގަމުން ދިޔައެވެ. އެއީ ހަމަ ޅިޔަނު ބާވައެވެ. ތަޅުދަނޑި އެހެން މީހަކު ވެސް ހަމަ ގެނެސްފާނެތާއެވެ. އެރުވެސް ނިޝްވާމެން ގެ މިސްރާބު ހުރީދޮންވެލި ގަނޑުމަތީގައި ތިބި ޖޯޑަށެވެ.

ނިޝްވާމެން ތިބީ ގަހުގެ ނިވަލުގައެވެ. ވަރުބަލި ފިލުވާލަން ގަހެއްގެ ދަށުގައި ދައްސާލަން ތިބީއެވެ. އޭރުވެސް ނިޝްވާ ގެ ލޯ އަމާޒު ވެފައި ވަނީ އެހެން ދިމާލަކަށެވެ. އެއީ ކޮންބައެއްތޯ ޔަގީން ކުރަން އޭނާ ބޭނުމެވެ. ދައްތައަށް ޓަކައެވެ. ކުއްލިޔަކަށް ގަހެއްގެ ދަށުގައި ޕާކު ކޮށްފައި ހުރި ވޭވް ސައިކަލް ލޮލުގައި އަޅައިގަތެވެ. އެއީ ދެވަނަ މީހެއްގެ ސައިކަލެއް ނޫނެވެ. ޒާހިރުގެ ސައިކަލު ނަންބަރެވެ.

” ޒާރުބެ ގެ ސައިކަލް.. ޒާރުބެގެ ތަޅުދަނޑި.. މީ ކޮންކަހަލަ ކަންތައް ގަނޑެއް ބާ؟ ” ނިޝްވާ އަމިއްލަ ނަފުސާ މުޚާތަބު ކުރަމުން ބުނެލިއެވެ.

ނަޝާޔާ ގެ ނަންބަރަށް ޑައިލް ކޮއްލީ ޒާހިރު ގޭގައި ހުރިތޯ ބަލާލާށެވެ. ތިންހަތަރު ފަހަރު ގުޅި އިރުވެސް ފޯނެއް ނުނެގިއެވެ. އުއްމީދު ކަނޑާލާފައި ނިޝްވާ ގެޔާއި ދިމާލަށް މިސްރާބު ޖެހިއެވެ. އޭރުވެސް ދޮންވެލި ގަނޑުމަތީގައި ތިބި ދެމީހުން އެމީހުން ގެ އަމިއްލަ ދުނިޔޭގައި ތިއްބެވެ.

އާދުވަހަކަށް ދުނިޔެ މަރުހަބާ ކީ ނަޝާޔާއަށް ކަންބޮޑު ވުން ތަކަކާއި އެކީގައެވެ. ލޯބިވާ ފިރިމީހާ ގެ ސައިކަލް ތަޅުދަނޑި ގެއްލުނު ޚަބަރުން އެންމެން ގެ ހިތް ތަކުގައި އެތަކެއް ސުވާލު ތަކެއް އެނބުރެމުން ދިޔައެވެ. މަސްބާނަން ގޮސް ތޮށިގަނޑުމަތީގައި ސައިކަލު ބެހެއްޓިއިރު ހަނދާން ނެތިގެން ތަޅުދަނޑި ނުނަގާ ހުރެވުނީ އެވެ. އެންމެން ވެސް ހައިރާންވީ ސައިކަލަށް ގެއްލުމެއް ލިބިފައި ނެތުމުންނެވެ.

“ދަރިފުޅާ ޒާހިރު… އެތަޅުދަނޑި ފާހަގަ ވާނެ ނިޝާނެއް ވެސް ނެތްތަ؟ ” ލުތުފީ ލޯތްބާއެކު އަހައިލިއެވެ.

” އޭގަ އެލުވާފަ އޮންނާނެ ކުޑަ ވަކަރު މަހެއް… ހިޔެއް ނުވޭ ފެންނާނެ ހެނެއް…. ކޮންމެ ވެސް މީހަކު ލަނޑުދޭން ކުރި ކަމަކަށް ވާނީ.. ” ޒާހިރު އުއްމީދު ކަނޑައިލިއެވެ.

ނިޝްވާ އައިސް ޕާކު ވިއު އަށް ވަނީ އެވަގުތުގައެވެ. އެންމެން ޖަމާވެފައި ތިބުމުން ކޮންމެ ވެސް ކަމެއް ހިނގައިފި ކަން އޭނާގެ ހަވަނަ ހިއްސު ބުނެދިނެވެ. މިއަދު އޭނާ އެ އައީވެސް ރޭގައި ފެނުނު ކަންތައްްތަކުގެ ހަގީގަތް ހޯދުމުގެ ނިޔަތުގައެވެ.

” މަންމާ… ކިހިނެތް ވީ ތަ އެންމެންނަށް… ” ނިޝްވާ އައި ގޮތަށް އައިސް މަންމަ ގައިގައި ބައްދާލިއެވެ.

” ހުނ މީހަކާ އިނދެވުނު އިރު ވެސް ނިޝް ބޮޑެއް ނުވޭ ދޯ…. މި އުޅެނީ ޒަރުބޭ ގެ ތަޅުދަނޑި ވީ ތަނެއް ނޭގިގެން…” މަރީނާ އޮޅުން ފިލުވައިދިނެވެ.

” ކޮންތާކު ބޭއްވީ؟ ތި ވާނީ ކޮންމެ ވެސް ތަނަކަށް އެއްލާ ލާފައި އައީ ކަމަށް…” ނިޝްވާ ހީލާފައި ޒާހިރާއި މުޚާތަބު ކުރިއެވެ. ހަގީގަތް އެނގޭތީވެ އޭނައަށް ހުރެވެނީ މޫނު ކުނި ކޮށްގެންނެވެ.

” ހުރި ގޮތްކުޑަ ކަން ބަލާބަލަ! ރޭގަ ބޮޑުމަސް ބޭނިތަން މަ ދުށީމޭ..” ނިޝްވާ ތުން ތަޅުވަމުން ދިޔައެވެ.

“ނިޝް… ކީކޭތަ ތިކީ… ކަމަކުތަ ތި އައީ… ” ނަޝާޔާ ނިޝްވާ އަތުގައި ހިފާފައި ދަމާލިއެވެ.

“އާނ ކަމަކު.. އަހަރެން މިއައީ ޒާރު ބެ ގެ ވާހަކައެއް އަހާލަން… ހިނގާބަލަ އެއްފަރާތަކަށް.. ” ނިޝްވާ ވާހަކަ ދެއްކީ ވައިއަޑުންނެވެ.

ނިޝްވާ ހުރިހާ ކަމެއް އޭނާއަށް އެނގުނު މިންވަރުން ހާމަ ކޮށްދިނެވެ. އޭނާ ގަބޫލު ކުރާގޮތުގައި ސިއްރު ކުރުމުން އެކަން ތަހައްމަލު ކުރަން ޖެހޭ މީހާއަށް ލިބޭ ދެރަ މާ ބޮޑު ވާނެއެވެ. ޒާހިރު ގެ ތަޅުދަނޑި ނެގީ އޭނާ ކަމާއި ތުނޑިން ފެނުނު ކަންތައްް ވެސް ބަޔާންކޮށް ދިނެވެ. އެންމެ ފަހުން ޖީބުން ތަޅުދަނޑި ނަގާފައި ނަޝާޔާ ގެ އަތުތެރެއަށް ލައިދިނެވެ.

“ދައްތާ.. މަށަން ފެނޭ އަދި އިތުރަށް ހަގީގަތް ހޯދަން … މަށަށް އެފެނުނު މީހާއަކީ ޒާރުބެ ކަމެއް ބުނާކަށް ނޭގެ… އޭނަގެ ސައިކަލާއި ތަޅުދަނޑި.. ” ނިޝްވާ ހުރީ ވަރަށް ދެރަވެފައެވެ. ހުރި ހަމައެކަނި ދައްތަގެ ހިތުގައި އަޅާ ވޭން އޭނާއަށް އިހުސާސް ކުރެވެއެވެ. ހިތްވަރުގަދަ ކަމުން މީހުންގެ ކުރިމަތީގައި ރޮއި ނެހެދިޔަސް ނަޝަޔާ ގެ ފެންކަޅި ވެފައި ވާ ދެލޮލުން އެނާގެ ހިތަށް ކޮށްފައިވާ އަސަރު ފެންނަން ހުއްޓެވެ.

 

ނަޝާޔާގެ ލޮލަށް ކަރުނަތައް ޖަމާވަމުން ދިޔައެވެ. ފެފައި ކުރިޔަށް ބާރުލާފައި ކޮޓަރިޔާއި ހަމައަށް ދިޔައީ ރޮވެން ފެށުމުން ނެވެ. ކޮޓަރީގެ ދޮރު ލެއްޕުމާއެކު އޭނާ ބަޑި ފަޅައިގެން ހިނގައްޖެއެވެ. އެނދުމައްޗަށް ވެއްޓިގަނެގެން އޮވެ ރޮމުން ދިޔައީ އެ ނިކަމެތި ހިތަށް ކެތް ނުވެގެންނެވެ. މިއަދާއި ޖެހެންދެން ވެސް ޒާހިރު ގެ އެއްވެސް ކަމެއް އެ ކޮޓަރީގެ ހަތަރު ފާރުން ބޭރުވެފައެއް ނެތެވެ. މިއަދު އޭނާ ލަދުގަނެއްޖެއެވެ. ފިރިމީހާގެ ވިޔާނުދާ އުޅުމުގެ ސަބަބުން އޭނާގެ ފަސްބައި ވެސް ކިލަނބު ވަނީއެވެ. ކޮންމެ ގޮތެއް ވިޔަސް އެއީ ފިރިމީހާއެވެ. ނިޝްވާއަށް ޝައްކުވިޔަސް އޭނާއަށް މިހާރު ޔަގީން ވެއްޖެއެވެ.ރޭގައި ޒާހިރުގެ ގަމީހުގައި ރަތްކުލައިގެ ލިޕްްސްޓިކު ހުރުމުން ސުވާލު އުފެދުނެވެ. ޒާހިރު އެއީ ދުފާފައި ތުން ފޮހެވުނީ ކަމަށް ބުނެ އޮޅުވާލިޔަސް މިހާރު އޭނާގެ ޒަމީރު ނިޝްވާގެ ވާހަކަތަށް ގަބޫލު ކުރުމަށް މަޖުބޫރު ކޮށްފިއެވެ. އެހެނަސް ކުރާނެ ފައިދާއެއް ނެތެވެ. ޒާހިރާއި އެކު އުޅެން އޭނާ ބޭނުމެވެ. އޭނާ ގެ ސަަބަބުން އާޒަށް ބަފައެއްގެ ލޯބި ގެއްލޭކަށް އޭނާ ބޭނުމެއް ނޫނެވެ.

ކޮޓަރީގެ ދޮރު ހުޅުވާލާފައި ޒާހިރު ވަން އަޑަށް ނަޝަޔާ ދެލޯ ފޮހެލާފައި އެނދުގައި އިށީނދެ ހަމަ ޖެހިލިއެވެ.ޒާހިރު ރޭގައި އުޅުނު ތަނަކާއި ކުރިކަމަކާއި ބެހޭގޮތުން ސުވާލުކުރަން ފެށިއެވެ. ކަންތައްވީ ނަޝާޔާ ހީކުރި ގޮތަށެވެ. ޒާހިރު އެއްބަހެއްނުވިއެވެ. އޭނާ ބުނި ގޮތުގައި ބަޔަކު ރާވައިގެން ދޮގުވާހަކަތަކެއް ފަތުރަނީއެވެ. ނަޝާޔާގެ ހިތުގައި ވަސްވާސް އުފައްދަނީއެވެ. ތަޅުދަނޑި ނަގާފައި ދިނުމުން ޒާހިރު ހައިރާން ވިޔަސް މޫނު ގެ ކުލަވަރުން ހަމަ ޖެހޭގޮތް ދައްކަން މަސައްކަތް ކުރަން ފެށިއެވެ. ތަޅުދަނޑި ދިނީ ކާކުތޯ ސުވާލު ކުރަން ފެށިއެވެ. ނަޝާޔާ ހިމޭނުން އިނެވެ. ޒާހިރާއި ޒުވާބު ކުރުމުގެ ބޭނުމެއް ނެތެވެ. އެންމެ ފަހުން އަނގައިން ނުބުނުން ތިޔައީ ނަޝާޔާ ދެކެ މާ ހިތާވާ މީހަކު ރޭވި ރޭވުމެކޭ ބުނެފައި ނުކުމެގެން ދިޔައީއެވެ.

ސިކުނޑިއަށް ލިބިފައިވާ ނުތަނަވަސް ކަން ފިލުވާލުމުގެ ނިޔަތުގައި ނިޝްވާ ގެ ލެޕްޓޮޕް ހުޅުވާލިއެވެ. ކޮލެޖުގެ އެސައިންމެންޓް ތައް ނިންމުމަށް ލެޕްޓޮޕް ގެނެސްފައި ހުރިކަން ނަސީބެކެވެ. ޒާހިރު ގެގައި ނެތުމާއެކު ނަޝާޔާ ފޭސްބުކަށް ވަނެވެ. ޒާހިރުގެ ހާޒިރުގައި އެއީ ކުރުން މަނާކަމަކަށް ވުމުން ގިނަފަހަރަށް ފޭސްބުކަށް ވަދެއުޅެނީ ކޮލެޖް ކޮންޕިއުޓަރ ލެބުންނެވެ. ފޭސް ބުކް ހުޅުވާލުމާއެކު ދެލޯ ބޮޑުވެގެން ދިޔައީ އެކުވެރިން ގެ ލިސްޓް ދިގުކަމުންނެވެ. އެހާމެ ގިނަ މެސެޖްތައް ހުއްޓެވެ. ނަޝާޔާ ފަހަރަކު މެސެޖެއް ބަލަން ފެށީ ހައިރާން ކަމާއެކުގައެވެ. ހައްތަހާ ވެސް ނުދަންނަ މީހުންނެވެ. އޭނާގެ ނަމުގައި އެކި މީހުނަށް ހުތުރު ބަހުން މެސެޖް ކޮށްފައި ހުރިތަން ފެނުމުން އެއީ ޒާހިރު އޭނައަށް ސިއްރުން ކޮށްފައިވާ ކަމެއްކަން ޔަގީން ވިއެވެ. ކައިވެނި ކުރިތާ ކުރީ ކޮޅު އެކަކު އަނެކަކު ގެ ޕާސްވޯޑް ބުންޏާސް ޒާހިރު އެއަށް ވަދެއުޅޭކަން މީގެ ކުރިން އޭނައަށް ރޭކާ ލާފައެއް ނެތެވެ. އައިރުޅީގައި ލެޕްޓޮޕް ލައްޕާލެވުނީ ރިހޭފައި މައްޗަށް ފޮއެ ވެއްޓުނީމައެވެ. ޒާހިރު އެދަނީ ކަތުރު ފަންޏެއް ހެން އޭނާގެ ހަޔާތް ވީދާ ކަމުން ހުސްކުރަމުންނެވެ.

އޭގެ އެއްހަފްތާ ފަހެވެ. ނަޝާޔާ ބަލިވާން ފެށިއެވެ. ބޮލުގައި ރިއްސުމާއި ބޯއެނބުރުން އާންމު ކަމަކަށް ވާން ފެށިއެވެ. މައިގްރޭން ގެ އަސަރު ކަމަށް ގަބޫޅޫ ކުރެވޭތީ އަޅާނުލާ ހުއްޓާ ދުވަހެއް ދުވަހަކަށް އޭނާގެ ހާލު ދެރަވާން ފެށިއެވެ. މޭނުބައި ކުރުމާއި ހޮޑުލުން ދުވަހުގެ ޝެޑިއުލް ގައި ހިމެނިފައި ވާ ކަހަލައެވެ. ގައިގެ ބާރު ދޫވަމުން ދާކަން ނަޝާޔާއަށް އިހުސާސް ވަމުން ދިޔައެވެ. ޑޮކްޓާރެއްގެ މަޝްވަރާ ހޯދަން އޭނާ ނިންމީ ބަލިބޮޑުވެ އެނދުމަތި ކުރާ ހިސާބަށް ހާލު ދެރަވަމުންނެވެ.

ނަޝާޔާ ޑޮކްޓަރަށް ދެއްކުމާއެކު ޓެސްޓް ތައް ކުރެވެން ފެށުނެވެ. އެތަކެއް ޓެސްޓް ތަކަށް ފަހު ޑޮކްޓަރުން އޭނާއަށް ދިނީ އޭނާ އުއްމީދު ކުރިފަދަ ޚަބަރެއް ނޫނެވެ. އޭނާގެ ހަތަރު އުދަރެސް ފެނު ޖެހުނެވެ

ނުނިމޭ.

Share Article

Follow Me Written By

leyfa

Level 110 Stories

Other Articles

Previous

އޯގާވީ ހިތަކުން…52 (ފަހުބައި)

Next

12 އަހަރު ފުރުނުދުވަހު ގެއްލުނު މުޙައްމަދު ނަޒީހު އަދިވެސް ނުފެނޭ.

Next
September 22, 2014

12 އަހަރު ފުރުނުދުވަހު ގެއްލުނު މުޙައްމަދު ނަޒީހު އަދިވެސް ނުފެނޭ.

Previews
September 8, 2014

އޯގާވީ ހިތަކުން…52 (ފަހުބައި)

32 Comments!

  1. yaantey says:
    September 19, 2014 at 1:08 am

    maa kuru mi part!! aharaku eh faharu kahala gothakah genes dhey iru ves dhigu koh nukeveyy!!:/

  2. yaantey says:
    September 19, 2014 at 1:09 am

    *dhigu koh nulevey*

  3. meena says:
    September 19, 2014 at 1:19 am

    thankolheh kureeeee…!!!

  4. lampyyyyy says:
    September 19, 2014 at 8:47 am

    kobaa tha ekugaa vaan edhemey vaahaka

  5. neynge says:
    September 19, 2014 at 10:30 am

    avahah up nukureveythaan ga adhi ehaa kuru… thi varun vaahaka nuliye huhtaalan v nu…

  6. j boki says:
    September 19, 2014 at 11:50 am

    avaha up nukureye bunaa iru konme week aku mivaahaka up eba kurey…. kiya hiy vaa varun kuru hen heevany hen masha heevany …. neyge ah hama ekache ves neygenee thaa dhoa… i like the story keep it up…

  7. leyfa says:
    September 19, 2014 at 11:51 am

    lampy … lefa ge vahaka eh nunennu thi vaahaka a kee….

  8. leyfa says:
    September 19, 2014 at 11:53 am

    mi part kuri part ah vune dhiguvaane .. thanks any ways for reading… mi waahaka akee weekly upload kuraa vahaka eh… kome week aku ves up eba kuramennu.. 🙁

  9. faroo says:
    September 19, 2014 at 1:05 pm

    Varah reethi vaahakaeh. …

  10. fahthaa says:
    September 19, 2014 at 5:32 pm

    nasha preg vee dho 🙁 alhe leyfa nasha a dhera gothe nahadhachey..makaruveri zaaru a kommeves gothe hadhaalaba

  11. kamana says:
    September 19, 2014 at 5:37 pm

    kuria dhaa goi vara reethi..nasha divorce vey thi moya soru kairin :@

  12. zaaru says:
    September 19, 2014 at 5:43 pm

    leyfa theethi kada ey..ma faleehai kurany..aburuge dhauvaa kuran nimmai fin :p but vara reethi ingey vaahaka..keep it up

  13. Usha says:
    September 21, 2014 at 8:00 am

    mihar kyhve tha reethi stories tahah nunikunnany????????????

  14. MEENA says:
    September 21, 2014 at 11:54 am

    MI VAAHAKA NULAAHIKU REETHI….

  15. aisha says:
    September 21, 2014 at 4:16 pm

    Varah reethi vaahaka eh 🙂

  16. zaana says:
    September 23, 2014 at 1:16 pm

    layfa bunedhybala ekuvaan edhemeyge liyuntheriyaa layaa ah contact kureveynegotheh plx

  17. Leyfa says:
    September 23, 2014 at 11:20 pm

    ZAANA ,, leyfa aka hama neyge contacts eh 🙁

  18. rimie says:
    September 24, 2014 at 10:06 am

    reethi story eh

  19. rimie says:
    September 24, 2014 at 10:09 am

    story aneh bai kon irakun

  20. aish says:
    September 24, 2014 at 10:42 pm

    very nice story.. loved it…. keep it up

  21. yuaa says:
    September 25, 2014 at 5:35 pm

    ok vaahakaeh! bt heevanee kudhn kudhn bunaahen maaa kuru hen.. mi buny ehen vaahaka thakaa balaafa. kuru koh genes dhn ya hafthaa aku 2 3 n faharu genesdhn feney…!!!

  22. lam says:
    September 25, 2014 at 5:42 pm

    nice bt it wud have been bettr if yew cud present it more often readers might like it.. compared to some writers this story is a bit short i guesss… anyway keep it up.. hope yu will take dis in to consideration… hope to c sum positive chnges.. god bless.!!!

  23. ????? says:
    September 30, 2014 at 4:34 pm

    kobaiyyo mi vaahaka! hafthaaku eh faharu ves nugenes dhevunennu!

  24. wellwisher says:
    October 1, 2014 at 8:55 am

    alhe kobaaathrr aneh part??? weekly upload eh nukureve ehnnu…. kiyaaahih jassaaafa thihen upload nukuraaathi v hihnhama nujehey… 🙁

  25. lol says:
    October 1, 2014 at 5:57 pm

    manje, alhe varu bali v tha mihaaru huttaalee.. dhn fashaniyyo?? aneh site ge feshi vaahakaves 2 part genesdheefa vassalaam.. kihineh kihineko mi vanee!!! 😉 waitn…! tick tock

  26. leyfa says:
    October 1, 2014 at 7:21 pm

    lol kon wahaka eh tha up nukurany???? i dont know may be u are confused…

  27. Aanth says:
    October 4, 2014 at 2:48 pm

    myhun confuse ves vaane noon leyfa maa varu gadha vahaka ea v yaa .. thikahala zahiru hattahaaves .. v reethi vahaka kuriya dhaa goh .. keep it up .. avaha up kurachea 🙂

  28. love love says:
    October 4, 2014 at 6:55 pm

    why ol the readers comment without getting much information about the writer… i realy dont think it is good to comment like that ….bcox thats even kind a insult…for leyfa my comment is , u are a great writer with full capability of writing and im sure u will complite ol ur stories and clear a path for ur bright future in writing………………………and for pple who think leyfa have some stories kept uncomplete…dear readers thix ix the only story which leyfa is writing at the moment…and which ever story she have writen she have finished it….becox i hve read ol her stories till end which ever she have written…ol d best leyfa…

  29. fia says:
    October 7, 2014 at 6:56 pm

    ehen kamah vanya dhn part eh ves genes dheyn ehaa laheh nuvaane! heevanee writer amihlayah comment kohfa iny hen! dhn ok no intention of hurtn any1!

  30. lol says:
    October 7, 2014 at 7:02 pm

    oh ehentha! e ee aslu aneh site ga mivaahaka genesdheny ainth namuga.. hama e namuga complte nuvaa vaahakaeh hureema i thought… anyways sorry hykuran mi vaahaka ehen nuvaane kamah!! lol

  31. meena says:
    October 11, 2014 at 7:25 pm

    mi vaahaka huttaa lee tha?

  32. kada vaaahaka says:
    November 9, 2014 at 6:00 pm

    Mivaru meehun vaahaka nulnuliyaanee.

Comments are closed.


All Right Reserved!